Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް 21ވަނަ ބައި

writer Level 310 Stories100 Comments
June 3, 2017 7 Mins Read
40 Comments

 

” ތިބުނީ… އޭރުން ޖެނީ އޯ… މަންމަ އޯ… ” ނަކީލް ބުނި އެއްޗެއް ޔަޤީން ނުވެގެން މާޔާ ކޮޅަށް ތެދުވެނެވެ. ނަކީލްގެނައި އަވަސް ހަރަކާތަކުން ދެވަނަ ސިކުންތްގައި މާޔާ އޮތީ ނަކީލްގެ ގައި މާތީގައެވެ. ދެން އިވިގެން ދިޔައީ ނަކީލްގެ މަޑު ހުނުމުގެ  އަޑެވެ.

” ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެއޭ އެކަމް އާފްޓަރ ވީ މޫވް އައުޓް… އެހެންވީމަ ޕެކް ކުރަން ފަށަންވީ ހަމަ މާދައިން ފެށިގެން… އަހަރެން ބޭނުން ވީހާވެސް އަވަހަކަށް މޫވްކުރަން…” ނަކީލް މާޔާގެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވީ ޖެނީގެ ވާހަކާ ކިޔައިދޭން ޖެހިދާނެތީއެވެ. ނަކީލްވެސް ހަަމައަކަށް އެޅެން ކުޑާވަގުތުކޮޅެއް ބޭނުންވާނޭތާއެވެ. ހިތް ރޮމުން ދާއިރު އެއްވެސް ކަމެއްނުވާހެން ހެދިގެން ހުންނަން ޖެހުމަކީވެސް  ފަސޭހަ ކަމެއް ނޫނެވެ.

ނަކީލްގެ އަތުރޭ މާޔާ ނިދާފައި އޮތް އިރު ނަކީލްއާއި ނިދި ވަނީ މިރޭ ރުޅި ހަދާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަކީލްގެ ސިކުނޑިވަނީ އެކިއެކި ހިޔާލުތަކުން ފުރި ބާރުވެފައެވެ.މާޔާގެ ކުށެއް ނެތް އެނގި މާޔާގެ މައްޗަށް ހިތް ސާފުވިއިރު މާޔާ އެދަނީ މަރާއި ހަގުރާމަކުރަމުންނެވެ.ދެމީހުން އެކީ އުފާވެރި ހަޔާތެއްވޭތުކުރުމަށް ދެކެމުން އައި ހުވަފެންތަށް ހަޤީގަތަކަށް ވާނެބާއެވެ. ދިރިއުޅުމުގައި އެކަނި ކޮށްފައި މާޔާ ގޮސްފިނަމަ ދެން ދޮރިއުޅުމާއި ކުރިމަތި ލާނީވެސް ކިހިނެތް ހެއްޔެވެ. މިއީ ކޮންކަހަލަ ލޯތްބެއްހެއްޔެވެ. އެކީގައި ހަމަޖެހިގެން އުޅެވެން ހަމަ ނެތީހެއްޔެވެ. ދުރުގައި ވުމަކީ ދެމީހުންނަށްވެސް ހުރިގޮތްހެއްޔެވެ. ދުރުގައިވިޔަސް ގާތުގައިވިޔަސް ދެގޮތެއް ނެތި އެހިތް ތެޅިފޮޅޭނީ ހަމައެކަނި މާޔާއަށް ކަން ޔަގީނެއެވެ. ނަކީލް އެހާފަސޭހައިން ބަލި ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ.

މާޔާއާއި ދިމާލަށް އިރުއިރުކޮޅާ ބަލައި އެމޫނުގައި ފިރުމާފާނެއެވެ. އެހެން ނޫނީ އެމޫނުގައި ބޮސްދީފާނެއެވެ.ނަކީލްއަށް ވެގެންވާނަމަ މާޔާ މުޅި އުމުރަށްވެސް މިގޮތަށް ނަކީލްގެ އަތުތެރޭ ޤައިދުކޮށްފައި ބާއްވާނައެވެ.ނަކީލް ފޯނު ނަގައި އިންޓަރނެޓް އަށް ވަދެ މާޔާގެ ބައްޔާއި ގުޅޭ މައުލޫމާތު ހޯދަންފެށީ ފަރުވާކުރާނެ ރަގަޅު ތަނެއް ފެނޭތޯއެވެ. މިގޮތުން ނަކީލް ހިތްހަމަ ޖެހޭކަހަލަ ހޮސްޕިޓަލްއެއް ފެނުމުން ދެން ފެށީ މާޔާ ކެއުމުގައި ބޭނުންކުރަންވީ ކާނާއާއި އުޅެންވީގޮތާއި ބޭހޭގޮތުންނެވެ. މާޔާއަކީ ޑޮކްޓަރަކަށް ވެހުރެވެސް އަމިއްލައަށް ފަރުވާ ހޯދަން ނުއުޅުނީތީ ނަކީލް މާޔާއާއި ދިމާލަށް ކުދިކިޔާލެވުނެވެ. ނަކީލްއަށް ބަލި އަންގަން ބޭނުން ނުވި ގޮތަށް އަމިއްލައަށް ފަރުވާ ހޯދަން އުޅުނުނަމަވެސް މިހާރު ބަލި ފަސޭހަވެސް ވެދާނެއެވެ. މާޔާ ބޭނުންވީ ނަކީލްއާއި ދުރަށް ދިޔުމަށް ހެން ނަކީލްއަށް ހީވިއެވެ.

މާޔާ އަމިއްލައަށް ބަލިގަބޫލުކުރީ ކީއްކުރަން ހެއްޔެވެ. ނަކީލް އެހެރީ މާޔާއާއި އެކީ ކެންސަރާއިވެސް ނުނީ ކޮންމެފަދަ މީހަކާއިވެސް ހަޤުރާމަކުރަން ތައްޔާރަށެވެ. ނަކީލްއަށް ވެގެންވާނަމަ މާޔާއަށް އެއްވެސް ތަކްލީފެއްވެސް ނުޖެއްސީހެވެ. އެހެން ނޫންނަމަ ޖެނީއަކާއި މާވަރަކުން ނަކީލް ގުޅުވަން އުޅޭނީވެސް ދެން ކީއްވެހެއްޔެވެ.

މާޔާ ކައިރީ އަހަން ބޭނުންވާ ކިތަންމެ ބައިވަރު ސުވާލުހުއްޓަސް އެސުވާލެއް ކުރަން ނުކެރުނީވެސް އަޑުއަހަން ބޭނުން ނުވާ ވާހަކައެއް އަޑުއެހިދާނެތީއެވެ. މާޔާއަކީ ނަކީލްގެ ހަޔާތުގެ އެއްބަޔަށް ވެފައި މާޔާ އަމިއްލައަށް ދާން ބޭނުންވެއްޖެ ނަމަ ނަކީލް ހަދާނީ ކިހިނެތްހެއްޔެވެ. ނޫނެކެވެ. ދެން މާޔާއާއި ދުރުގައިވުމަކަށް އެހިތެއް ނޭދެއެވެ. ހުވަފެނަކުންވެސް އެއީ ދެން ވުމަށް އެދޭނޭ ކަމެއް ނޫނެވެ.

އާދުވަހަކަށް އިރު އެރީ މާޔާއާއި ނަކީލްގެ ހަޔާތުުގެ އާބާބަކަށް މަރުހަބާކިޔަމުންނެވެ. ހެދުނުގެ ނާސްތާއަށް ފަހު ނަކީލް މާޔާގޮވައިގެން ކޮޓަރިއަށް އައީ ނަތީޤް މެލިސާ ކައިރީ ހުރުމުން ބަހައްޓާފައެވެ. އޭރުވެސް ޖެނީ ކޮޓަރިން ނުނިކުންނާތީ ނަކީލް ހީކުރީ ޖެނީ އެގެއިން ދިޔައީ ކަމަށެވެ. ކޮންމެ ގޮތެއްވިޔަސް ނަކީލްއަށް ފަރުވާލެއް ނެތެވެ. ނަކީލްގެ ހަޔާތާއި ކުޅުނު މީހަކަށް ވަކީ ނަކީލްވެސް ރަހުމްކުރާކަށް އަދި މާފްކުރާކަށްވެސް ބޭނުންނެތެވެ. މާޔާ މަރާއި ހަގުރާމަކުރަމުން ދާއިރުވެސް އެވާހަކަ ނަކީލްކައިރީ ނުބުނީވެސް ޖެނީގެ ސަބަބުން ގެއްލުނު އިތުބާރުގެ ސަބަބުންހެންވެސް ހީވެއެވެ.

ދެފަމަރިފިން މަޖަލާއި ސަކަރާތުގައި ބޭނުންވާ މުހިއްމު ސާމާނުތަށް ޕެކްކުރަމުން ގެންދިޔައިރު ނަކީލް ބެލީ މާޔާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވާ ވޭތޯއެވެ. ނަކީލްގެ އޯގާތެރިކަންފެނި މާޔާގެ ހިތް އުފަލުން ނަށަމުން ދިޔައެއް ކަމަކު އެހެން ބަލައިގެން އިންނަންވެސް ވަކި ފަސޭހައެއްނޫނެވެ. އެހެން ކަމުން އިރުއިރު ކޮޅާއި ނަކީލް ނުބަލާ ހުންނަ އިރު ކޮންމެވެސް މަސައްކަތެއް ކުރަންފަށައެވެ. މިތަން ފެންނަ ކޮންމެ ފަހަރަކު ނަކީލް މާޔާއަށް އަޑުލައިގަންނަނީ އެކަން ހުއްޓާލާ ގޮސް ރީއްޗަށް އިނުމަށެވެ. އެއީ ގެއަށް މޫވްއިން ވުމަށްފަހު ކުރަންޖެހޭ މަސައްކަތް ހުންނާނެއޭ ކިޔައެވެ.

އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި ގޮސް އެދަށް އަރާ ދެފައި ވަށްކޮށްގެން އިށީނީ ތުންފިއްތައިގެންނެވެ. އެއަމަލުންވެސް މާޔާ ހުރީ ހިތްހަމަ ނުޖެހިފައިކަން ހާމަވެއެވެ. ނަކީލްއަށް މިތަން ފެނުނެއް ކަމަކު އަޅައިވެސް ނުލައި ހިނިގަނޑު މަތަކޮށްގެން ހުރީ މާޔާގެ ރުޅިގަނޑު އިތުރަށް ގަދަވެދާނެތީއެވެ. ނަތީޤްއަށް ވެސް ލިބިފައި މިހިރީ މާޔާގެ ރުޅިގަނޑޭ ނަކީލް ހިތަށް އެރިއެވެ.

ނަކީލް ބަލައިވެސް ނުލިތާގައި އަގައިންވެސް ނުބުނުމުން މާޔާ ވީ އިތުރަށް ފޫއްސެވެ. އައި ރުޅިން އެދުން ކުޝަން އެއް ނަގާއި ނަކީލްއާއި ދިމާލަށް ހޫރައިލީ ސަމާލުކަން ހޯދާށެވެ. އެހެން ކަމަކަށް ގެއްލިފައި ހުއްޓާ ބޮލުގައި ކުޝަން އަކުން ޖެހުމުން ނަކީލް ކުޑަކޮށް ސިހުނެވެ.މާބޮޑަށް ތައްޔާރުނުވެ ހުރުމުންނާއި ޖެހުނު ގޮތަކުން ބޮލަށް ކުޑަކޮށް ތަދުވިއަސް ބޮލުގައި ފިރުމައިލާއި މާޔާއާއި ދިމާލަށް ބަލައިވެސް ނުލާ ކުރަން ހުރި މަސައްކަތާއި ގެން މަސްއޫލުވީ ހިނިތުވެ ހުރެއެވެ. މާޔާވެސް އުޅޭގޮތުން ހީވަނީ ކުޑަކުއްޖެއް އުޅޭހެންނެވެ.އެހެން އުޅޭ އިރު މާ ލޯތްބެވެ.

އެންމެފަހުން އެދުން ތެދުވެގެން ގޮސް ނަކީލް ޕެކްކުރަން ހުރި  ފޮށިގަނޑުގައި ހިފައި އެ ބަންޑުން ކޮށްލިއިރު އޭގެއަށް ނަކީލް އެޅި އެކިއެކި އެއްޗެހި ހުރީ ބިންމައްޗަށް އެޅިފައެވެ. އަނގަ ހުޅުވައިގެން މާޔާއާއި ދިމާލަށް ބަލަން ހުރެވުނީ މާޔާ އެހެން ހަދާފާނެއެކޭ ހީތަށްވެސް ގެނުވިފައި ނެތުމުންނެވެ. ރުޅިއައިސް ގެ މާނޭވަ ލެވެމުން ދިިޔައިރު އެއްއަތުން މޫނު މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅު އެއްފަރާތްކޮށްލާ އަތުގެ ކޮޅަށް ފޮށިގަނޑު ހޫރައިލީވެސް ހަމައެެހެން ހުރެއެވެ. ނަކީލް ބަލަމުން ދާކަން އިހްސާސްވުމުން މާޔާ ނަކީލްއާއި ދިމާލަށް ބަލާލީ ދެލޯ ހަނިކޮށްގެން ހުރެއެވެ.

” ހާދަ ވައިލްޑް އޭ ދޯ…ވައިލްޑް ގޯސްޓެއްތަ ތީ އަނެއްކާ…” ނަކީލް ހުރިހާ އެއްޗެހިތަކުގެ މަތިން ލާފައޮ ގޮސް މާޔާ ކައިރީ މަޑުކޮށްލީ އެދެމެދަށް ވައިރޯޅިއަކަށްވެސް ވަދެވޭހާ ޖާގައެއް ނުވާވަރަށެވެ.

ކުރެވުނު ކަންތައް އިހްސާސްވުމުން މާޔާ ވަރަށް އުދަނގުލުން ހިންދިރުވާލި އަޑުނަކީލްއަށް އިވުނެވެ.އެއާއި އެކު ނަކީލް ގާތަށް އައި ނުލަފާ ހިންޏެކެވެ.އެހެންނަމަވެސް އެކަންނުދައްކާ ވޭތޯ ބެލިއެވެ.ރުޅި ގަދަވިޔަސް ނަކީލް ކަމެއް ކޮއްފާނެތީ އެހެރީ ބިރުންކަން ނަކީލްއަށް އެނގުނެވެ.  އޭރު މާޔާ ދެލޯ ހަނިކޮށްގެން ތުންފިއްތައިގެން ނަކީލްއަށް ބަލަން ހުރީ ޖެހިލުން ނުވާކަމަށް ހެދެމުންނެވެ. އެހެންނަމަވެސް ނަކީލް ރުޅިއައިސް ފިއްޔާ މާޔާވެސް އޭނގެ ފޮއްޓަކަށް އަޅައި ޕެކްކޮއްފާނޭއޭމާޔާގެ ހިތަށް އެރުމުން ޖެހިލުންވެސް ވެސް ވިއެވެ.

” ތިހެން ހުންނަ އިރު ހާދަ ހަޑިއޭ…ހީވަނީ މުސްކުޅި މާމަ ގަނޑެހެން…” ނަކީލް އިތުރަށް މާޔާ ރުޅީ އަރުވޭތޯ ބެލިއެވެ. ހަމައެއާއި އެކު މާޔާ ނަކީލްއަށް ލޯ އަޅާލި ގޮތުން ހީވަނީ ދެންމެ ދެންމެ ވަކިއަޅައިގެންފާނެހެންނެވެ.

” ހއްހައް… އެންގްރީ ބާރޑް…” ނަކީލް މާޔާގެ ނޭފަތުގައި ހިފުމުން މާޔާ ނަކީލްގެ އަތް ފޮޅުވައިލާއފައި ދާން އުޅެގަތެވެ. އެހެންނަަމަވެސް މާޔާއަށް ކުރިއަކަށް ނުދެވުނީ ނަކީލްއާ ހުރެއެވެ. މާޔާގެ އުނަގަނޑުގައި އަތް އަޅުވާލައި މާޔާ އައިރިއަށް ދަމާލީ ލުއިފަތެއް ހެންނެވެ. އެއާއި އެކު ނަކީލްގެ މޭގައި މާޔާ ލައްވިއެވެ.

“އެންގްރީ ބާރޑް ތިކުރިކަމަކުން  އަދަބު ދޭން ވެއްޖެ…އެހާވަރަށް ޕެކްކޮށް ނިމި ނިމި ހުއްޓާ މުޅި ފޮށި މިތަނަށް އޮއްސާލީމަ ދެން ޖީ އެސްޓީ އާއި ހުރިހާ އިންޓްރެސްޓްއެއްވެސް ނެނގޭނެ އިނގޭ… ” ނަކީލް ވައި އަޑުން ބުނި ނަމަވެސް އެއަޑުގައި ވި ލާނެތްކަން މާޔާއަކަށް ސިއްރެެއް ނުވިއެވެ. އެހެންކަމުން އެމޫނަށް ޖަންބުކުލަ އަރައިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ.

“ޑާރޓީ މައިންޑެޑް ގޯސްޓް..” ނަކީލް މާާޔާއަށް ވީގޮތް ފެނުމުން އިތުރަށް ލަދުގަންނުވަން ބޭނުންވީ މަޖާވެފައެވެ.

” ހެވޭ….ތީ ޑާރޓީ މައިންޑެޑް މީހަކީ.. މައި އެއްނޫން އައި އެމް ވެރީ ގުޑް..” މާޔާ ރަކިވެފައި ހުރެވެސް ނަކީލްއަށް ދޫދޭކަށް ބޭނުމެއް ނޫނެވެ.

” އެހެންތަ… އެހެންވިއްޔާ ދެން އެނގިދާންތާ ކުރިއަށް އޮތް ތާގައި..” ނަކީލް މާޔާގެ މޫނާއި ކައިރިވެލައި އެ ތުންފަތަށް ދަހިވެތި ނަޒަރަކުން ބަލައިލިއެވެ. ވަރަށް ލޯބިން މާޔާގެ ތުންފަތަށް ބޮސްދެމުން ދިޔައިރު މާޔާވެސް ދިޔައީ އެކަމުގައި ފުރިހަމައަށް ބައިވެރިވަމުންނެވެ. ދެމީހުންގެ ނޭވާ ކުރުވާން ވެފައި ހުއްޓައި ދުރަށްޖެހިލީ މީހަކު ދޮރުގައި ޓަކި ޖަހާހެން ހީވުމުންނެވެ.

ނަކީލް ނޭވާ ހަމައަކަށް އަޅުވަމުން ގޮސް ދޮރުހުޅުވިއިރު ހުރީ ނަތީޤްއެވެ. ކޮޓަރި ތެރެއަށް ވަދެ އުނަގަނޑުގައި އަތްވިއްދައިގެން އަނގަހުޅުވިފައި ބަލަން ހުރިގޮތުން ހީވަނީ ބޮޑުމީހެއްހެންނެވެ.

“އާއްޗީ… މުޅި ރޫމް މިހިރީ ހަޑިވެފަ ނު.. ބަލާބަ.. ޑެޑީ އާއި މަންމީ ކީއްކުރަނީ ތި… ރޫމް ތެރެ އަބަދުވެސް ބަހައްޓަންވާނީ ރީތި ކޮށެއްނު… ކީއްވެ ދެކުދިން ބަސްނާހަނީ…މިހެން ހެދީމަ ކޮއްކީ ޖެހެނީ ހުރިހާ ތަނެއް ސާފުކުރަން…” ބޮޑުމީހަކު ތަޤްރީރެއް އިއްވާހެން ނަތީޤް ބުނެލި އިރު މާޔާއާއި ނަކީލް ތިބީ ދަރިފުޅުގެ މަޖާކަމުން ހިނިތުންވެވިފައެވެ.

” މަންމީ އާއި ބައްޕިމެން މިއުޅެނީ އެހެން ތަނަކަށް ދާން ޑެޑީގެ ޕްރިންސްއާއި ވެސް އެކީ..އެހެންވެ މިހެން މިހުރީ…މަންމިއޭ ކޮޓަރިތެރެ ހަޑިކުރީ… ހިނގާ ދޯ ދެކުދިން ޕެކްކުރަން…މަންމީއާއި ނުލައި” ނަކީލް އައިސް ނަތީޤް ހައްލާލީ ކުރަން ހުރި މަސައްކަތް ފަސޭހަވާނެހެންނެވެ.

ކުޑަކުޑަ  ނަތީޤްވެސް ނުހަނު ފޯރީގައި ކުދިކުދި އެއްޗެހިން އަތްގާތްކޮށްދެމުން ގެންދިޔައެވެ. ހުރިހާ އެއްޗެއް ޕެކްކޮށް ނިމުމުން ނަކީލް ނަކީލް އެއްޗެހި އުފުލާ އުޅަދަކަށް ގުޅާލައި އެމަސައްކަތް އެމީހުނާއި ހަވާލުކޮށްލީ މަސައްކަތް ލުއިކުރުމަށެވެ. އެވަގުތަކީ ގޭގައި އެއްވެސް މީހަކު އުޅޭވަގުތަކަށް ނުވުމުން މިކަމުގެ ހިލަމެއް އެއްވެސް މީހަކަށް ނުވެއެވެ.

މެންދުރުގެ ވަގުތެއްގައި ނަތީޤްއާއި މާޔާ އަދި ނަކީލް ތައްޔރުވެލައިގެން ނިކުތީ އެހެން މަންޒިލަކަށް ދިޔުމަށެވެ.މާޔާ ކިތަންމެ ވަރަކަށް ސުވާލުކުރުމުންވެސް މިދަނީ ކޮންތާކަށް ކަން ނަކީލް ބުނަން ބޭނުންނުވީ ސަޕްރައިޒް އެއް ދޭންވެގެންނެވެ. މެލިސާއަށާއި ނިހާލްއަށް އެ ގެ ދޫކޮށް ދިޔަކަން އެގިއްޖެނަމަ ވާނެވަރު ނަކީލްއަށް އަންދާޒާ ކޮށްލެވެއެވެ.ކުރިން މަންމަމެންނަށް އަންގައި ބޮޑު ޑްރާމާއެއް ކުޅެން ނަކީލްބޭނުން ނުވީ މާޔާއާއި މެދު ވިސްނާފައެވެ. ނަތީޤްއަށް ވެސް އެކަމުން ނޭދެވޭ އަސަރެއް ކުރާކަށް ނަކީލްއެއް ބޭނުމެއްނޫނެވެ. އެމީހުން ދިރިއުޅުމުގެ އާފެށުމެއް ހަމަނުޖެހުމެއްގެ ތެރޭ ފަށާކަށް ނަކީލް ނޭދެއެެވެ.އެހެން ކަމުން މިވަގުތަށް ނިންމެން ހުރި އެންމެ ރަގަޅު ނިންމުމަކީ މިއީ ކަން ނަކީލް ގަބޫލުކުރެއެވެ. މާޔާ އުފަލުގައި ގެންގުޅެން ބޭނުންނަމަ އެގޭގައި ދުވަހަކުވެސް އެކަމެއް ނުވާނެއެވެ.ނިހާލް އާއި މެލިސާގެ ދިރިއުޅުމުގެ މައި މަޤްސަދަކަށް ވެފަ އޮންނަނީ މާޔާ އެތަނުން ބޭރުކުރުމަށެވެ. އެކިއެކި އެއްޗިހި ކިޔައި އެހިތް ކުދިކުދި ކުރުމަށެވެ. ރޭގައި ޖެނީ މެލިސާގެ ނަންކިޔުމުން އެކަން ގަބޫލުކުރަން ބޭނުން ނުވިއަސް މިހާރު އެކަމުގައިވެސް ހަޤީގަތެއް އޮވެދާނެއޭ ނަކީލްގެ ހިތް ބުނެއެވެ.

………………………………………………………………………………

އެއްގަނޑިއިރުގެ ދިގު ދަތުރަކަށްފަހު ނަކީލް ގޮސް ކާރު މަޑުކޮށްލީ ބޮޑު ގޭޓެއްގެ ކުރިމައްޗަށެވެ. އެއާއި އެކު މާޔާވެސް އިސްއުފުލާ ބަލައިލީ ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ރީތިކަން ފެނި އާޝޯހުވެފައެވެ. ގޭގެ ބޭރުން ހީވަނީ ކުޑަވަރެއްގެ ގަނޑުވަރެއްހެންނެވެ. ހެދިފައިވާ ބަގީޗާގެ ރީތި މާގަސްތަކާއި ވެޔޮތަކުން ގެއަށް ވަނީ އިތުރުފުރިހަމަކަމެއް ގެނެސްދީފައެވެ. ފެތުރިފައިވާ ކާޕެޓް ވިނައާއި އެކީ އެކި ދިމަދިމާގައި ހަރުކޮށްފައިވާ ފެއަރީ ލޭމްޕްތަކުން ބަގީޗާގެ ފުރިހަމަކަން އިތުރުކުރުވައެވެ. މެދުން ކުޑަވަރެެއްގެ ފައުންޓެއިން އެއް ހަމާފައި އިންއިރު އެވަށައިގެންވެސް ބަނީ ތަފާތު ވައްތަރުގެ މާތަކުން ޖަރީކޮށްފައެވެ.

ވޮޗަރ ގޭޓް ހުޅުވާލަދިނުމުން ނަކީލް ގޮސް ކާރު މަޑުކޮށްލީ ސީދާ ގޭގޭ ދޮރުމައްޗަށެވެ. މާޔާއަށް ހީވަނީ ހުވަފެނީ ދުނިޔެއެއްގައި އުޅެވޭހެންނެވެ. ނަކީލް ދޮރުހުޅުވުމަށްފަހު ކާރުން ނިކުމެ މާޔާއާއި ވީ ފަރާތުގެ ދޮރުވެސް ހުޅުވާލަދީ މާޔާގެ އުގުގައި ނިދިފައި އޮތް ނަތީޤް އުރާލީ މާޔާއަށްވެސް ނިކުންނަން ފަސޭހަވާނެހެންނެވެ. މާޔާއަށް ވެފަ ހުރި ގޮތް ފެނުމުން ނަކީލްއަށް މަޖާވިއެވެ. މިއީ ކުރިންވެސް މާޔާ ރިއެކްޓް ކުރާނެ ގޮތްކަން ނަކީލްއަށް އެނގެއެވެ.

” ދެން ބޭބީ ގާލް… ތި އަނގަ ލައްޕާ… އެހެން ނޫނީ މެއްސެއް ވަދެފާނެ…އަދު ކުރިއަށް އޮތީ ސަޕްރައިޒްތައް” ނަކީލް މާޔާއާއި ސަމާސާ ކޮށްލިއެވެ.އެ ޖުމްލާގައި ދެމާނައެއް އެކުލެވުނަސް މާޔާއަށް އޭގެއިން އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. މާޔާވެސް ތުން އަބުރާލުމަށްފަހު ކާރުން ނިކުތީ ގޭތެރެ ބަލާލުމަށް ކެތްމަދުވެފައި ހުރެއެވެ.

ނާކީލް ގޮސް ގޭގެ ދޮރު ހުޅުވުމާއި އެކު މާޔާ އެތެރެއަށް ދެމިގަތީ ކެތްމަދުވެފައި ހުރެއެވެ. އެއާއި އެކު ފެންނަމުން ދާ މަންޒަރުތަކުން ބަސްހުއްޓިފައި ހުރެވުނީ މިއީ އަސްލުވެސް ހަމަ ހަޤީޤަތެއް ހޭ ހިތައްއަރާފައެވެ. ހިރަފުސް އަރާ ފައިވާ ތަނެއްގެ ބަދަލުގައި މާޔާއަށް ފެނުނީ ބަލާލި ކޮންމެ ދިމާއަކުންވެސް ސާފުތާހިރުކަމާއި ތަރުތީބުކަމެވެ. ތިރީގައި ލިވިން އޭރިއާއާއި ބަދިގެ އިތުރުން ދެކޮޓަރި ހުރި އިރު މަތީގައިވެސް ތިންކޮޓަރި ހުއްޓެވެ. ގެއަކީ ކުޑަކުޑަ އާއިލާއެއް އުޅުމަށް ފުދޭވަރަކަށް ބޮޑުގެއެއްހެން މާޔާއަށް ހީވިއެވެ. ގެ ފަރުމާކޮށްފައިވާގޮތުން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ އެންމެ ޒަމާނީ އަދި މުއްސަދި ކަމުގެ ކުލަތަކެވެ. ގޭގެތެރޭގައި ހޭލަމޭލާވެ އުޅޭ ނޯކަރުންވެސް އުޅުނީ ކެއުމަށް ތައްޔާރުކުރާށެވެ. މާޔާ ނަކީލްއާއި ދިމާލަށް ބަލާލީ މިއީ ހަޤީޤަތެއްކަން ޤަބޫލުނުކުރެވޭ ހާލުގައެވެ. ޖަވާބުގައި ނަކީލްވެސް ހިނިތުންވެލާ ނިތް އަރުވާލީ ކަމުދޭހޭ އަހާލާ ގޮތަކަށެެވެ.

” މައި ކުއީންގެ ޑްރީމް ހައުސް… އަހަ.. ޑްރީމް ޕެލަސް… ކަމުދޭތަ…” ނާކީލް މާޔާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓަމުން ގަޔާ ކައިރިކޮށްލިއިރު މާޔާ ހުރީ ހަމަރަަގަޅަށް ވެސް ފެންކަޅިވެފައެވެ.

” ކިހިނެތް އެނގުނީ..” މާޔާ ނަކީލްއާއި ދިމާލަށް ބާލާލުމަށް ފަހު ބުނެލިއެވެ. މިއީ ހަމަ އަސްލުވެސް މާޔާގެ ޑްރީމް ހައުސް އެވެ. އެއް އިރެއްގައި މާޔާ އަމިއްލަ ދެއަތުން މޮޑަލެއްގެ ގޮތުގައި ކުރެހި ގެއެކެވެ. އެ ކުރެހުމާއި މި ގެއަކާއިއ އެއްވެސް ތަފާތެއްނެތެވެ. އެންމެ ކުޑަމިނުން ބޭރުގެ ގޭޓްވެސް އިނީ އޭގައި އިން ގޮތަށެވެ. ފަރުނީޗަރާާއި ކުލަވެސް ހުރީ މާޔާ ހަމަ ވިސްނާފައިވި ގޮތަށެވެ.

” ހެހެ… އައި ސޯއިޓް…މިއީ މައި އަށް އެނިވާސަރީ ގިފްޓަކަށް ތައްޔާރުކުރި ގެއެއް…އޮންލީ ފޯޔޫ..އެކަމް އަހަރެންގެ ސަބަބުން މައި އަށް މިގިފްޓް ވެސް ނުދެވުނީ… އިއި އޭމް ސޮރީ..ދެން އެހެން ނުވާނެ…މިގެއަށް ހަމަ އަސްލުވެސް ކިޔަނީ ޑްރީމް ޕެލަސް… ދިސް އިޒް އަވާރ ކިންޑޮމް…” ނަކީލް ބުނޭލީ މާޔާއަށް ހިނިތުންވުމެއް ދީގެން ހުރެއެވެ. އޭރުމާޔާވެސް ލޯފޮހެލުމަށް ފަހު ހިނިތުންވުމެއް ހަދިޔާކޮށްލީ ނަކީލްއަށް ޝުކުރުވެރިވާ ހާލުގައެވެ. ނަކީލް މާޔާގެ ހަޔާާތަށް އެބުރި އައީ ތީ މާޔާ ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ.

ނަކީލްއާއި މާޔާ ނަތީޤް އަށް ހާއްސަކޮށް ހަދާފައިވާ ކޮޓަރީގައި ނަތީޤް ބޭއްވުމަށް ފަހު އެ އެނދުގައި ހަމަޖެހިލީ ވަރުބަލިކަން ފިލުވުމަށެވެ. މުޅިކޮޓަރި ނޫ ކުލައިން ޑިސައިން ކޮށްފައިވާއިރު އެކި އެކި ކަހަލަ ކުޅޭއެއްޗެހިންވަނީ މުތި ތަން ޖަރީކުރެވިފައެވެ. މިއިންވެސް ނަކީލްގެ ހިތުގައި އޭނައަށް ވީ ލޯބި ރަގަޅަށް ހާމަވެގެންދެއެވެ.އެކޮޓަރީގައި ނަތީޤްއަށް މަދުވާނޭ އެއްވެސް އެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފާރުތަކުގައި ވަކީ ކާޓޫން ކާރެކްޓަރއެއް ނޫނީ ބެއާއެއް ފަދަ ބުދު ޒާތުގެ އެއްވެސް އެއްޗެއެއް އެކޮޓަރިއަކުން ނުފެނެއެވެ. އެއީ ނަކީލްވެސް އަދި މާޔާވެސް ނަތީޤްއަށް ދޭން އެހާ ބޭނުން އެއްޗެއް ނޫނެވެ. ދެފަމިރިންވެސް ބޭނުންވަނީ އަހްލާޤް ރަގަޅު ދީންވެރި ކުއްޖެއް ތަރުބިއްޔަތުކުރާށެވެ. އެހެން ކަމުން ނަމާދުގަނޑިތަކުގައި ނަކީލްއަދި މާޔާވެސް ހާއްސަ ސަމާލުކަމެއް ދީގެން ނަތީޤް  އާއި އެކީ ނަމާދުކުރަނީ އެމީހުންގެ ގޭގެ ކޮޓަރީގައެވެ. އެއީ ގެއާއި ކައިރި ހިސާބެއްގައި މިސްކިތެއް ނުުހުންނާތީއާއި އެކީގައެވެ.

ކެއުމަށް އިންސާފުކުރުމަށް ފަހު ދެމަފިރިންވެސް މަޑުކޮށްލީ ނަތީޤް ކޮޓަރީގައެެވެ.އޭރުވެސް ނަތީޤް ނިދާފައި އޮތުމުން އެކަނި އޮއްވާ ހޭލެވިއްޖެނަމަ އެކުޑަ ހިތް ބިރުގެންފާނެހެން ހީވާތީއެވެ. މިއީ ވެސް ނަތީޤް އަށް މުޅިން އާމާހައުލެކެވެ، އެހެން ކަމުން އާތަނަކަށް ހޭނެން ވަގުތުބޭނުންވާނެތާއެވެ.  ނަކީލްހުރީ ނަތީޤްގެ ކަންތައް ބެލުމަށް ވަކީ ނޭނީ އެއްވެސް ހަމަޖައްސާފައެވެ. އެމީހާ މާޔާއަށް ތަޢާރަފްކޮށދިނުމުން މާޔާވެސް ކަންތައް ކުރަންވީގޮތް ބުނެދިނީ ނަކީލްއަށް ޝުކުރުވެރިވާހާލުގައެވެ. ފަހަރަކަށް އައިސް އަބަދުވެސް ވަރިބަލިކަން އިހްސާސްވާތީ މާޔާއަށް ވަނީ ނަތީޤްގެ ކަންތައްކުރުން ވެސް ދަތިވެފައެވެ. ނަކީލް ބޭނުންވަނީ ވީހާވެސް ބޮޑަށް މާޔާއަށް ފަސޭހަވާނެހެން ކަންތައް ކޮށްދިނުމެވެ. މިބޮޑު ގަނޑުވަރުގެ ރާނީއެއް ހެން މާޔާ ގެންގުޅުމަށެވެ. ނަކީލް އަށް ފޯނެއް އައުމުން އެއަށް ޖަވާބުދިނީ އެއީ ނިހާލްގެ ފޯނަކަށް ވީމައެވެ. ގުޅި އިރުވެސް ކަންތަކާ ޖެހުނީއޭ ހިތަށް އެރުމުން ބޯކަހަލާލެވުނެވެ.

” މައި… ދާން ޖެހިއްޖެ އިނގޭ… އެއްޗެއް ބޭނުން ވިއްޔާ އެތަނުން މީހެއް ކައިރީ ބުނޭ އިނގޭ…އެންމެނަށް ވެސް އިނގިރޭސި އެނގޭނެ…އެހެން ނޫނަސް މައިވެސް މިހާރު ކުރިއަށް ވުރެވެސް ކޮރެއާރ ބަހަށް މޮޅެއްނު…އަންނާނަށް ވަރަށް އަވަހަށް…ލަވް ޔޫ..” ނަކީލް އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާ ލުމަށްފަހު މާޔާގެ ކޮލަށް ބޮސްދިނުމަށް ނިކުމެގެން ދިޔައީ ނިހާލްއާށް ޖަވާބުދާރީވުމަށެވެ.ނިހާލްގެ އަޑުންވެސް ހިތްހަމަނުޖެހިފައިވާ ވަރު ހާމަވިއެވެ. އެހެން ނަމަވެސް އެވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީ މާޔާ އަށް ޝައްކުވިޔަ ނުދިނުމަށެވެ.  ހަމަޖެހިލަމުން ކާރަށް އަރައި ސްޓާޓްކޮށްލީ އެގެއަށް ދިޔުމަށެވެ.

 

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

މަންމަ – އަގުހުރި ނިޢުމަތެކެވެ.

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (43)

Next
June 3, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (43)

Previews
June 3, 2017

މަންމަ – އަގުހުރި ނިޢުމަތެކެވެ.

40 Comments!

  1. writer says:
    June 3, 2017 at 3:27 pm

    next part on tuesday Insha allah… mistakes faahaga kohla dhinun edhen… hope u all like it… keep reading… 🙂

  2. ReeXa says:
    June 3, 2017 at 3:38 pm

    Reethi.. bt maaya maraa nulahchey

    1. ReeXa says:
      June 3, 2017 at 3:39 pm

      N me first dhw

    2. writer says:
      June 3, 2017 at 3:45 pm

      yh first… thank you… lets see maaya ah vaagotheh

  3. cya says:
    June 3, 2017 at 3:40 pm

    Me 1st dho mi part ves V reethi ingey

    1. writer says:
      June 3, 2017 at 3:47 pm

      thankyou.. haadha baivaru first ey dhw….

  4. Greeny says:
    June 3, 2017 at 3:44 pm

    Yay me first dhw v salhi mi part ves

  5. Greeny says:
    June 3, 2017 at 3:46 pm

    Sorry kurin neh comment eh nufeney ehenve first ey jehuny me third dhw

    1. writer says:
      June 3, 2017 at 3:48 pm

      next time dhww… thank you

  6. Kal says:
    June 3, 2017 at 3:53 pm

    Vv salhi.. Waiting for next part

    1. writer says:
      June 3, 2017 at 3:57 pm

      thank you

  7. Aisha says:
    June 3, 2017 at 3:53 pm

    Varah reethi story eh miee ? waiting 4 the next part ?

    1. writer says:
      June 3, 2017 at 3:58 pm

      thank you…:)

  8. nonns says:
    June 3, 2017 at 4:16 pm

    Vreethi mi partves. Alhe tuesday ah haadha lahey. Monday ga upkolladhevi dhaane tha. Pls.

    1. writer says:
      June 3, 2017 at 4:18 pm

      Tuesday aa hamayah kiriya liye nimeyny…dhn eyah vure kurin liye nimijya kohdheynan… i ll try… thank you

  9. Sidhu says:
    June 3, 2017 at 4:45 pm

    Salhi ingey…

    1. writer says:
      June 3, 2017 at 5:22 pm

      Thanks

  10. AKI says:
    June 3, 2017 at 5:20 pm

    writer mivaahaka genes dheygoi v reethi. mi part ves v reethi

    1. writer says:
      June 3, 2017 at 5:50 pm

      Thank you aki ?

  11. Kuddy says:
    June 3, 2017 at 5:35 pm

    Adhi alah mi cmmnt kurany… but mi vaahaka feshunyhsuren kiyan… varah salhi mi vaahaka… maayaa maraa nulahche… plxxx.. ?

    1. writer says:
      June 3, 2017 at 7:11 pm

      Thanks kuddy… maaya ah vaagotheh balan kiyachey ithurah… ?

  12. Reen says:
    June 3, 2017 at 7:03 pm

    Vaahaka v reethi maayamaraa nulachey pls pls waiting 4 next part .

    1. writer says:
      June 3, 2017 at 7:12 pm

      Thanks reen…higaa dhw maaya ah vaagotheh balamaa

  13. shau says:
    June 3, 2017 at 8:18 pm

    Varah reethi story eh Mee. Alhe Maya maraa nulahchey

    1. writer says:
      June 3, 2017 at 11:21 pm

      Thank you… lets see dhw

  14. haja says:
    June 3, 2017 at 8:26 pm

    Wow v reethi mi part ves keep it up

    1. writer says:
      June 3, 2017 at 11:22 pm

      Thanks

  15. Noor says:
    June 3, 2017 at 11:03 pm

    Story varah furihama.but plx plx Maya ah dhera gotheh nuhadhachchey…hama neyvaa hifahattaalaigen mibaives mikiyaaly…keep it up dear..???

    1. writer says:
      June 3, 2017 at 11:24 pm

      Thanks Noor… higaa dhw maya ah vaagotheh balamaa…?

  16. Chum handi says:
    June 4, 2017 at 12:03 am

    Speechless ? Waiting for the next part

    1. writer says:
      June 4, 2017 at 12:23 am

      Thank you

  17. Mikku says:
    June 4, 2017 at 11:47 am

    Comment nukurias abadhuess kiyan mi vaahaka..and love ur stories

    1. writer says:
      June 4, 2017 at 1:07 pm

      Thanks mikku…thigothuga dhemi hunaane kamah umeedhukuran

  18. Aishath says:
    June 4, 2017 at 1:51 pm

    Varah salhi part eh…next part avahah up kohladhee…mihuree ley madju vefa hama…

    1. writer says:
      June 4, 2017 at 2:48 pm

      Next part on tuesday… maadan kiyavan feshey dhuwahakah v ma v udhagu vaane liyan… but i ll try…thank yoy

  19. Aishath says:
    June 4, 2017 at 1:53 pm

    *key madhuvefa

  20. Book Lover says:
    June 4, 2017 at 2:23 pm

    Writer… E Nihaal men ves haadha goih dhoo nukureyey dhoo!! Abadhu Maaya aai jassaalaafa! Btw reaaly waiting for the next part… yageen nihal , nakeel aai dhimaa ah shakuvaa thah amunaalaany eh fachhakah kan!!!??

    1. writer says:
      June 4, 2017 at 2:51 pm

      Dhw… keekuraany nihaal men kahala meehunah nuwisneny ae…. higaa dhw dhn vaagotheh balamaa

  21. fary says:
    June 4, 2017 at 10:49 pm

    Vara vara sali

    1. writer says:
      June 5, 2017 at 6:45 am

      Thank you

Comments are closed.


All Right Reserved!