Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް…(16ވަނަ ބައި)

writer Level 310 Stories100 Comments
May 6, 2017 7 Mins Read
29 Comments

މިކަމުން އެއްވެސް އަސަރެއް ނުކުރީ ޖެނީއަށެވެ. ނަތީޤްއާއި ހެދި މީހުން އުޅެގޮތް ފެނުމުން ވީ ފޫއްސެވެ. އެންމެންވެސް ދެން މިވަރަކުގެ ކަމެއްނެތިގެން މިއުޅެނީ ކީއްވެހެއްޔެވެ. ޖެނީގެ މީހަކަށް ނަކީލް ހަދަން އެކިގޮތްގޮތުން ކުރަމުން އައި މަސައްކަތްފެނަށް ވެދިޔައީ މިކުއްޖާގެ ސަބަބުން ކަމަށް ދެކެއެވެ. ކޮންމެ ގޮތެއްވިޔަސް ނަކީލް މިލްކުކުރަން ޖެނީ ބޭނުމެވެ. މާޔާއާއި އިދެގެން އުޅެނީވެސް މިކުއްޖާގަނޑުގެ ސަބަބުންތާއެވެ. ހިތަށްވެރިވި ނުބައި ހިޔާލަކުން މޫނުމަތިން ދުވެލީ ވިހަ ހިނިތުންވުމެކެވެ. އެހާ ފަސޭހައަކުން މާޔާއަކަށް ދެނެއް ނަކީލްއެއް ނުލިބޭނެއެވެ.

ހެދުނުގެ ނާސްތާކުރިއަށް ދިޔައިރު ނަތީޤް އިނީ ނިހާލްގެ އުނގުގައެވެ. އެހެން ދުވަސްދުވަހު ކެއުމަށް އިންސާފުކުރާ އިރު ހިމޭންކަން އިހްތިޔާރުކުރާ މީހާ މިއަދު ދިޔައީ ނަތީޤްއާއި ހީސަމާސާކޮށް ކާންދެމުންނެވެ. މަންމަ އާއި ބައްޕަގެ ބަދަލުވަމުންދާ މިޒާޖްފެނި ނަކީލް އުފާވިއެވެ. އެހެން ނުވާންވީ ސަބަބެއްވެސްނެތެވެ. ބައްޕައާއި މަންމަ މިގޮތަށް މަޖާކޮށް އުޅުނު ދުވަހެއް ނަކީލްގެ ހަދާނަކަށް ނާދެއެވެ. ހެދުނުގެ ނާސްތާ ނިމުމުން ނަތީޤް ދުވެފައިގޮސް ނަކީލް ކައިރީ މަޑުކޮށްލީ  އިރުކޮޅެއްކުރިން ނަކީލް ދެއްކިވާހަކަ ހަނދާންވުމުންނެވެ.

” ޑެޑީ… ކޮބާ ދެކުދީން ނުދޭތަ…” ނުހަނު މައުސޫމްކަމާއި އެކީ ނަކީލްގެ ލޮލަށް ބަލަމުން ބުނެލިގޮތުން ނަކީލްއަށް ހެވުނެވެ.

“ދެން ޑެޑީ ހާދަ ސްލޯއޭ… މަންމީ ހޭލައިފިއްޔާ ދެކުދިންނަށް ނުދެވޭނެ އެއްނު…” ނަތީޤް އަކީ އައިސްކްރީމް ބުއިމަށް ވަަރުހުންނަ ކުއްޖެއްކަމުން ބެލީ އަވަަހަށް ދެވޭތޯއެވެ. ނަކީލް ބޫޓަށް އަރާލެއްވެސް ލަސްވެގެން އުޅޭފަދައެވެ.

” ޑެޑީ ހަމަ ރެޑީ… ހިނގާ އަވަހަށް ދެކުދިން އެޑްވެންޗަރ އަށް ދާން ދޯ… ” މިހެން ބުނެ ނަތީޤް އުރާލީއެވެ.ދެން އިވިގެން ދިޔައީ ނަތީޤްގެ ހުނުމުގެ އަޑެވެ.

މެލިސާއަށް ކެތްވީ ނަކީލްއާއި ނަތީޤް ކުރިމަތިން ގެއްލެންދެނެވެ. މާޔާ އަދިވެސް ނުހޭލާކަން އެގުމުން އައީ ފާއްޑެއްގެ ސިނގުރުޅިއެވެ. ޖެނީއާއި މާޔާއާއި މެދު އަޅާކިޔާލެވުނީ މާޔާއަށް އެތިވަރުގޮވަމުންނެވެ.

…………………………………………………………………………….

މާޔާ އަށް ހޭލެވުނީ ކޮޓަރިތެރެއަށް އިރުގެ އަލި އެޅިފައިހުރުމުންނެވެ. ބޮލުގައި އަތްހިންގަމުން ކޮޓަރިތެރެ ހޯދަންފެށީ ނަތީޤްގެ އެއްވެސް ހިލަމެއް ނުވުމުންނެވެ. ފާރުގައި އިން ގަނޑިއަށް ބަލާލި އިރު ގަނޑިން ދިހައެއްޖަހައި ބޮޑުވިކަން އެނގުމުން މާޔާއަށް ވީގޮތެއްވެސް ނޭނގުނެވެ. ފުއްމައިތެން ތެދުވި ގޮތުން ބޮލަށް އަނެއްކާވެސް ތަދެއް އެރިކަހަލައެވެ. އެހެން ކަމުން ބޮލުގައި ހިފަހައްޓައިގެން އިރުކޮޅެއްވަންދެން އިށީނީ ލުއެއް ލިބޭތޯއެވެ. އެހެންނަމަވެސް އިރުއިރުކޮޅާ ރިހުން ގަދަވުން ނޫން އިތުރުކަމެއް ނުވުމުން ހިތްވަރުކޮށްފައި ތެދުވީ ނަތީޤް ވީތަނެއް ބެލުމަށެވެ. ފާޙަނައާއި ދިމާލަށްދާން ހިނގައިގަންނަށް އުޅުނު ތަނާ މީހަކު ދޮރުގައި ޓަކިޖެހިހެން ހީވެގެން ބަލާލި އިރު އެއީ ލީ އެވެ.

” ނަކީލް ސަރަ ބުނުއްވީ މޭމްގެ ކެއުން ގެނެސް ދިނުމަށް… އިތުރު އެއްޗެއް ބޭނުންތަ މޭމް..” ލީ  ކާއެއްޗެހި ހުރި ޓްރޭ ސޯފާކައިރީ ހުރި ކުޑަ މޭޒުމަތީ ބަހައްޓަމުން ބުނެލިއެވެ.

” މްްމް.. މީ… ނަތީޤް ވީ ތަނެއް އެނގޭތަ…” މާޔާ ލީ އާއި ސުވާލުކޮށްލީ ލީއަށް އެނގޭނެ ހެން ހީވާތީއެވެ. ކަންވީވެސް އެހެންނެވެ.

” ބޭބީ ވީ ނަކީލް ސާރ އާ އެކީ ބޭރަށްގޮސް…ދެތިން އަވާސް ކުރިން..” މާޔާގެ ސުވާލަށް ޖަވާބު ދިނުމަށްފަހު ލީވެސް ބެލީ އެތަނުން އަވަހަށް ދެވޭތޯއެވެ. މިހެން މާޔާ އާއި ވާހަކަ ދައްކަން ހުއްޓާ ފެނިއްޖެނަމަ އެކަމުގެ ނަތީޖާ ހިތިވާނެހެން ހީވާތީއެވެ.

ލީ ދިއުމުން މާޔާ ފާހަނައަށް ވަދެ ކުޑަކޮށް ފްރެޝް ވެލައިގެން ނިކުމެ ކާންފެށީ ގައިގައި ވަރުޖެހޭތޯއެވެ. މާޔާ ކިތަންމެ ކާން ބޭނުންވިޔަސް ކެވުނީ ކުޑަ އެތިކޮޅެކެވެ. މޭނުބައި ކުރުވާވަރުން އެންމެ ފަހުން އޯކާ ދެމެން ފެށުމުން ފާހަނައަށް ދެވުނީ ކިރިޔާއެވެ. މާޔާ އަކީ އާއްމުކޮށް ހޮނޑުލައި އުޅޭމީހެއް ނޫންކަމުން ހޮނޑުލެވިއްޖިޔާ ގައިގައި ހަކަތައެއް ނުހުރެއެވެ. ފާހަނާއިގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނިކުތީ ނަތެއްގައި ހަމަޖެހިގެން އޮށޯވެލުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އެނދާއި ހަމައަށް ނުދެވެނީސް މާޔާގެ މޫނުމައްޗަށް އަދިރިވާންފެށިއެވެ. ހަމައެއާއި އެކު ބޮލުގެ ރިހުން ދެގުނައަށް ގަދަ ވިހެންވެސް ހީވިއެވެ.

……………………………………………………………………………….

ނަތީޤްއާއި އެކީ ބޭރަށްދިޔުމަށްފަހު ނަކީލް ގެއަށް އައީ ބާރަޖަހަން ކައިރިވެފައިވަނިކޮށެވެ. މިހާރު މާޔާ ހޭލާފާނެކަން އެނގޭތީ އަވަހަށް ނަތީޤްގެއަށް ގެންނަން ބޭނުންވީއެވެ. ދެއަތަށް ބޮޑު ދެކުޅޭ ކާރު ލައިގެން ހުރި ނަތީޤްވެސް ހެވިފައި ހުރީ މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުގެ ބޭނުމުގައެވެ. އެއްފަހަރުވެސް ނަތީޤްގެ އަނގައިން ވާހަކަ ހުސްވާހެން ހިއެއްނުވެއެވެ. ބަދިގެއިން ނިކުމެގެން އައި މެލިސާ ފެނުމުން ނަކީލްގެ އަތުން ވީއްލިގެން ދުއްވާފައި ދިޔައީ މާމާއާއި މިއަދުގެ ވާހަކަތައް ހިއްސާކުރުމަށެވެ.

މެލިސާވެސް ނަތީޤް ގޮވައިގެން ކާގެއަށްވަދެ ޖޫސްތައްޓެއްނަމަވެސް ދެވޭތޯ ބެލިއެވެ. މާމަ ދަރިފުޅާއި އެކީ ވަގުތު ހުސްކުރަށް މެލިސާާ ކިތަންމެ ހާވެސް ބޭނުމެވެ. މިހުރިހާ އަހަރެއްގައި އަމިއްލަ އަތުން ނިގުޅައިގަތް އުފާލަކީ ކޮބައިކަން މެލިސާއަށް އިހްސާސް ވާފައެވެ. އެހެންނަމަވެސް މާޔާއާއި މެދު ދުވަހަކުވެސް ހިތްހެޔޮ ކުރާކަށްބޭނުން ނުވާފައެވެ. ނަސްލީގޮތުން ތަފާތު ބަޔަކަށްްވުމުން މާޔާއާށް އަންނަ ރުޅި ހިތުން ފިލުވަން ބޭނުންނުވަނީއެވެ. މާޔާއަކީ އެމީހުނާއި އެއްފެންވަރެއްގެ މީހެއްކަމަށް ދެކެން ދުވަހަކުވެސް ބޭނުންނުވާފަދައެވެ. ޖެނީއާއި ނަތީޤް ކައިރިކޮށް މާޔާއާއި ދުރުކުރުވަންވީއެވެ. އޭރުން މާޔާގެ ބޭނުން ކެނޑިގެންދާނެތާއެވެ. އެހެންނަމަވެސް މެލިސާއަށް ނުވިސްނުނު އެއްޗަކީ ލޯތްބަކީ ވަކި ބައެއްގެ ތެރޭ އޮންނަންޖެހޭ އިހްސާސެއްނޫންކަމެވެ. އަދި މަޔަކާއި ދަރިއަކާއި މެދު އޮންނަ ގުޅުމަކީ އެހާފަސޭހައިން ހީނަރުވެދާނޭ ގުޅުމެއްނޫންކަމެވެ.

ނަތީޤް މެލިސާއާއި އެކީ ދިޔަތަން ބަލަން ހުރުމަށްފަހު ނަކީލްވެސް ކޮޓަރިއާއި ދިމާލަށް ދިޔައީ މަންމައަށް އޮންނަ އިތުބާރެއްގެ ބޮޑުކަމުންނެވެ. ނަތީޤްދެކެ ވާ ލޯބި ފެނުމުން މަންމަމެންނަށް އެފުރުސަތު ދޭން ޖެހޭނެތާއެވެ.

ނަކީލްގޮސް މަޑުމަޑުން ދޮރުހުޅުވާ ބަލާލީ މާޔާ ނިދާފައި އޮތްތޯއެވެ. އެދުގައި މާޔާ ނެތުމުން ނަކީލްއައިސް އެނދުގައި އިށީނީ ވަރުބަލި ފިލުވުމަށެވެ. މޭޒުމަތީހުރި ޓްރޭގައ ކާއެއްޗެހި އަދިވެސް ހުރުމުން މާޔާ ނުކަނީ ކަމަށް ހިތައި މަޑޫކޮށްލީ ފާހަނައިން މާޔާ ނިކުންނަން ދެނެއެވެ. އިރުކޮޅެއްވީއިރުވެސް މާޔާގެ ހިލަމެއް ނުވުމުން ނަކީލް އެނދުންތެދުވެގެން ފާހަނާއާއި ދިމާލަށް ހިނގައިގަތީ މާޔާ ފާހަނާގައި ހުރިތޯ ޔަޤީންކުރާށެވެ. އެހެންނަމަވެސް ކުޑަ ތަންކޮޅަކަށް ދެވުނު ދަތާ ބިންމަތީ އެއްޗެއް އޮތްހެން ހީވެގެން ބަލާލި އިރު ފެނުނު މަންޒަރުން ނަކީލް ސިހުނެވެ. މާޔާ ވެއްޓިފައިވީއިރު އެފަން އިސްތަށިތަކުން މޫނުވަނީ ފޮރުވިފައެވެ.

ނަކީލް ދުވެފައި ކަހަަލަ ގޮތަކަށް މަޔާކައިރިއަށް ގޮސް އިށީނެވެ. އަދި މޫނުމައްޗަށް އެޅިފައި އޮތް އިސްތަށިކޮޅުތަށް އެއްފަރާތްކޮށްލާ މާޔާއަށް ގޮވަންފެށިއެވެ. އެންމެ ފަހުން އަތަށް ފެން އެޅުމަށްފަހު މޫނުގައި ހޭކުމުންވެސް މާޔާ ހޭނޭރުމުން ނަކީލް އިތުރަށް ހާސްވިއެވެ. ރޭގަވެސް އެއްފަހަރު މިގޮތަށް ހޭނެތުމަށް ފަހު ދެވަނަ ފަހަރަށް މިހެން ވެދާނެއެކޭ ކުޑަކޮށްވެސް ނަކީލް އަށް ހީވެފައިނެތީއެވެ. އެހެން ނޫންނަމަ މާޔާ އެކަނި ކޮށްފައި ނުދިޔައީހެވެ.

ނަކީލް ހާސްވެފައި ހުރި ވަރުން މާޔާ އަތްމަށްޗަށް އުފުލާލައިގެން ކޮޓަރިން ނުކުމުގެން ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. މިކަހަލަ ގަނޑިއެއްގައި އެއްބިއުލާސްއަށް ގުޅަންވެސް ހަދާންނެތްފަދައެވެ.ނަކީލް މާޔާ ގޮވައިގެން ގޮސް ކާރަށް އަރައި ފަހަތު ސީޓުގައި މާޔާ ބޭއްވިއެވެ. އަދި އެއްފަހަރު މާޔާއަށް ބަލާލުމަށްފަހު ގޮސް ކުރީ ސީޓަށް އަރާ ކާތު ސްޓާޓް ކޮށްލީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް ގެންދެވޭތޯއެވެ.

އާންމު ގޮތެއްގައި ދުއްވާވަރަށް ވުރެ ބާރަށް ކާރު ދުއްވަމުން ދިޔައިރު ނަކީލްގެ ސިކުނޑި ރަގަޅަށް މަސައްކަތްނުކުރާފަދައެވެ. އެކި އެކި ތަފާތު ހިޔާލުތަކުން ހިތް ފުރިފައިވީއިރު އުމުރަށް މާޔާ ގެއްލިދާނެ ކަމުގެ ބިރުވެސް އަށަގެންފިކަހަލައެވެ. ނޫނެކެވެ. މާޔާއަށް އެފަދަ ދެރަގޮތެއް މެދުވެރިއެއްނުވާނެއެވެ. މިހުރިހާ ދުވަހު ދުރުގައި ހުރެގެން ވެސް ކެތްކުރީ މާޔާ ސަލާމަތުން ހުރި ކަން އިހްސާސް ވާތީއެވެ. މާޔާ ނެތް ދުނިޔެއްގައި ނަކީލްވަކި ކުރާނީ ކީއްހެއްޔެވެ.ނޫނެކެވެ. މާޔާ އަށް އެއްކަމެއްވެސް ނުވާނެއެވެ. އެއީ އެހިތުގެ ދިރުމެވެ. ވިންދެވެ.

” ނަތިންގް ވިލް ހެޕަން ޓު ޔޫ ބޭބީ… އައި ވޯންޓް ލެޓް އެނީ ތިންގް ހެފަން ޓުޔޫ ބޭބީ”  ކާރުގެ ލޯގަނޑުން މާޔާއަށް ބަލާލަމުން ނަކީލް އަމިއްލަ ހިތަށް ވިސްނައިދިންފަދައެވެ.

ބައިގަނޑިއިރުގެ ދަތުރަކަށްފަހު ހޮސްޕިޓަލްއަށް ދެވުމުން ނަކީލް ދުވެފައި ކަހަލަގޮތަކަށް ގޮސް ކާރުން ނިކުމެ މާޔާ އަތްމަަަައްޗަށް އުފުލާލަމުން އެމަޖެންސީ ޑީޕާޓްމެންޓަށް ވަނެވެ.  ބަލިމީހަކު ގޮވައިގެން އައި ނަކީލް ފެނިފައި ހޮސްޕިޓަލްގައި މަސައްކަތްކުރާ ސްޓާފެއް އައިސް ސްޓެރެޗަރ އެއް ގެނެސްދީ މާޔާ ބޭއްވުމަށް އެހީވެދިނެވެ. ހަމަ އެވަގުތު އެތަނަށް ޑިއުޓީގައި ހުރި ޑޮކްޓަރެއް އައިސް މާޔާ އަށް ފަރުވާ ދިނުމަށް އަވަސް ވެގަތެވެ.

” ޑޮކްޓަރ ފްލީޒް ސޭވް ހަރ..” ނަކީލް މިހެން ބުނެލީ މާޔާއަށް ފަރުވާ ދިނުމަށް ވަތް  ދެވަނަ ޑޮކްޓަރ ކައިރީގައެވެ.

ހިތްއަވަސް ވެފައި ހުރި ވަރުން ނަކީލްއަށް އެއީ ދަންނަ މީހެއްކަންވެސް ހަދާންނެއްނެތެވެ. އެހެންނަމަވެސް ވަގުތުގެ ނާޒުކް ކަމުން އެމީހަކުވެސް ނަކީލްއަށް ހިނިތުން ވުމެއް ހަދިޔާކުރުމަށްފަހު މަސައްކަތާއިގެން ކުރިއަށް ދިޔައީ މާޔާ ސްޓޭބަލް ކުރެވޭތޯއެވެ.

އޭރުވެސް ނަކީލް ހުރީ ހާސްވެ ދެކޮޅަށް ހިނގާލާ ހިނގާލާއެވެ.މިއަދު ކަންތައް މިހެން ދާންޖެހުނީ ނަކީލްގެ ފަރުވާކުޑަކަމުންނޭ ހިތައި އަމިއްލަނަފްސު ކުށްވެރިކުރެވުނު ވަރެއްވެސް ނޭނގެއެވެ. މާޔާ އަށް ކަމެއްވިއްުޔާ ނަކީލް މޮޔަވެދާނެއެވެ.  ޑޮކްޓަރުން މާޔާއަށް ފަރުވާދޭން އުޅޭ ގޮތް ފެނުމުން ހައްތަހާވެސް ހިތަށް ވެރިވަމުން ދިޔައީ ނުބައި ހިޔާލުތަކެވެ.މާޔާއާއި އެކީ ނަކީލްއާށް ހޭދަކުވުނު އުފާވެރި ދުވަސްތަށް ހިތަށް އައުމުން އެހިތުގައި ރިއްސާލީ ދެން އޭނގެ ފުރުސަތެއް ނުލިބިދާނެއޭ ހީވުމުންނެވެ.ހަމައެހެންމެ ނަކީލް ކައިރީ މާޔާ ރުއި ރުއިމާއި ކުރި އާދޭސް ހިތަށް އައުމުން ފެންކަޅިވިއެވެ. މާޔާއަށް ހާދަ ހިތާމައެއް ދެވިއްޖެ ހެއްޔެވެ. މާޔާ ރަގަޅު ވެ ހެޔޮ ހާލުގައި ނަކީލްއަށް ލިބިއްޖިއްޔާ ނަކީލް މާޔާއަށްގެ ކުށް އޮތްކަމުގައި ވިޔަސް ނެތްކަމުގައިވިޔަސް މާޔާއަށް އިތުރު ފުރުސަތެއް ދޭން ނިންމިއެވެ. އިންސާނަކަށް ކެތްވާނީވެސް ވަކި ވަރަކަށްތާއެވެ. މާޔާއަށް ކިތަންމެ ނަފްރަތުކުރަން ބޭނުންވިޔަސް އެކަން ނުވަނީ އެހިތުގައި ފޮރުވިފައި އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

” އައި ލަވް ޔޫ ބޭބީ…ޕްލީޒް ކަމް ބެކް ޓު މީ..” ނަކީލް އަށް ވައިއަޑުން އެހެން ބުނެވުނީ އިހްތިޔާރުންވެސް ބޭރުގައެވެ. އެއާއި އެކު އެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.  ކައިރީ ހުރި ގޮނޑިބަރިއެއްގައި އިށީނީ ކަކުލުން ވާގުދޫވާހެން ހީވުމުންނެވެ. މޫނުގައި އަތްއަޅައި މޫނު ފޮރުވާލީ އެހިތަށް ކުރަމުންދާ އިހްސާސްތަށް އިތުރު މީހަކަށް ނުދައްކަން ކަންނޭނގެއެވެ.

ފަނަރަ މިނިޓް ފަސް…..

ނަކީލް އަދިވެސް އިނީ ކުރިންވެސް އިންގޮތަށެވެ.މީހާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައިވީނަމަވެސް އަދިވެސް ސިކުނޑިވަނީ ތަފާތު ހިޔާލުތަކުން ފުރިބާރުވެފައެވެ. ނަކީލް ކައިރިއަށް މީހަކު އައިސް މަޑުޖެހިލިހެން ހީވުމުން އިސްފުލުލާ ބާލީއެވެ. އޭރު މާޔާއަށް ފަރުވާ ދިން ޑޮކްޓަރ ނަކީލްކައިރީގައި ހުރި ގޮނޑީގައި އިށީންނަނީއެވެ.

” ޑޯންޓް ވޮރީ… ޝީ އިޒް ސޭފް…” ނަކީލްގެ ކޮނޑުމަތީ މަޑުމަޑުން އަތުން ޖަހާލަމުން ޔަޤީންކަންދިއެވެ. ނަކީލް ޑޮކްޓަރާއި ދިމާލަށް ރަގަޅަށް ބަލާއިލެވުނީ އަދިކިރިޔާއެވެ.

” އަހަރެން ވަކި ކުރާކަށް ވެސް ނޭނގުނު ދޯ… ސީ ޖުން… ހެހެ …” ޑރ ސީ ޖުން ކުޑަކޮށް ހެމުން މިހެން ބުނެލީ ނަކީލްއަށް ނޭނގުމުންނެވެ.

” ނޭނގޭނެ އެއްނު މީހަ ތިހިރީ މުޅިން ބަދަލުވެފަ ވިއްޔާ.. އެކަމް ވާހަކަ އެހަށް ބާއްވާ.. މާޔާ ކިހިނެތްތަ.. ރަގަޅުތަ… އެ ކިހިނެތްވިކަމެއްތަ..”ނަކީލްގެ ސުވާލުތަށް ސީ ޖުން އާއި ކުރިމަތިވާންފެށިއެވެ.

” ތިއަށް ވަކި އެއްޗެއް ބުނަން ޖެހޭނީ އިތުރު ޓެސްޓްތަކެއް ހެދުމަށްފަހު… އެމް އާރް އައި އަކާއި އިތުރު ބްލަޑް ޓެސްޓަކެއް ހެއްދުމަށްފަހު… އިރުކޮޅަކުން މާޔާ ހޭ އަރާނެ…ދާންވީނު އެތެރެއަށް…” ސީ ޖުން މޫނު މަތިން ހާސްކަން ފޮރުވަމުން ނަކީލްއަށް ޖަވާބުދިނީ މިވަގުތަށް ބުނަންވީ އެއްޗެއް ނޭނގުމުންނެވެ.

ނަކީލް މާޔާގެ އެނދުކައިރިއަށް ގޮސް އިށީނީގެ އަތުގައި ހިފަމުންނެވެ. އަދި ތުންފަތް މާޔާގެ އަތުގައި ޖައްސައި އެއަށް ވުރެވެސް ބޮޑަށް މާޔާގެ އަތަށް ފިއްތާލިއެވެ. އަދި މާޔާއާއި ދިމާލަށް ބަލަންހުރީ އެތަކެއް ވައުދުތަކެއް ހިތާއިހިތުން ވަމުންނެވެ.

ކުޑައިރުކޮޅެއް ފަހުން މާޔާ ހޭއެރިއެވެ. މާޔާ ލޯހުޅުވާލިތަން ފެނުމުން ނަކީލް މާޔާ ކައިރިން މިހާރު ކިހިނެތްހޭ އެހިއެވެ.

” ކުޑަކޮށް ބޮލަށް ތަދުވޭ… މީ ކޮންތަނެއް..” މާޔާ އަށް އޮވެވުނީ ކޮޓަރީގައި ނޫންކަން ދެނެގަންނަން ކުޑަ އިރުކޮޅެއް ނެނގިއެވެ.

“ކާކު ނަތީޤް ކައިރީ ހުރީ..” މާޔާ ނަތީޤްގެ ވާހަކަ ދެއްކުމުން ނަކީލްއަށްވެސް ހަދާންވީދެނެވެ. މިހުރިހާ ކަމެއް ހިނގައި ދިޔައިރު ނަތީޤް މަތިން ހަދާނެއްވެސް ނެތެވެ.

” މަންމަ ކައިރީ ވީ… ދެން ތިހުރިހާ ކަމަކާ ފިކުރު ނުކޮށް އަރާމުކޮށްބަ..މައި އަށް ކަމެއް ވިއްޔާ އަހަންނަށް ކިހިނެތްވާނީ…” ނަކީލް އޯގާތެރިކަމާއިއެކު އެހެން ބުނުމުން މާޔާއަށް އިދެވުނީ ނަކީލްއަށް ބަލާށެވެ.

ނަކީލް ބުނި އެއްޗަކާއި މެދު ޔަޤީން ނުވެފައެވެ. ރެއިން ފެށިގެން ނަކީލްގެ ބަދަލުވެފައިވާ މިޒާޖުން ކޮންމެވެސް ކަމެއް މާޔާއަށް ބުނެދޭން އުޅޭފަދައެވެ.ކޮންމެ ގޮތެއް ވިޔަސް ނަކީލް އެ ބަހައްޓާ ގާތްކަން މާޔާ ކިތަންމެހާވެސް ބޭނުމެވެ.

ނަކީލް އަށް ވާހަކަ ދައްކާނެ ފުރުސަތެެއް ނުލިބުނީ މާޔާގެ ޓެސްޓްތަށް ހެއްދުމަށް ނަރުސްކުއްޖަކު އައުމުންނެވެ. އަދި މާޔާގެ އެމް އާރް އައިއަކާއި އިތުރު ޓެސްޓްތަކެއް ހެއްދިގެން ދިޔައެވެ. މިހާ ބައިވަރު ޓެސްޓްތަށް ހަދަމުންދާތީ މާޔާ އިނީ ވާނުވާ ނޭނގިފައެވެ. ދެން ކުޑަކޮށް ބަލިވިޔަސް މިވަރަށް ޓެސްޓްކުރަންޖެހޭ ހެއްޔެވެ. އެހެންނަމަވެސް ނަކީލް ކައިރީ ހުރުމުން އެއްޗެށް  ބުނަން ނުކެރުނެވެ. ނަކީލްވެސް އުޅޭ ގޮތުން ހީވަނީ މާޔާ ވަރަށް ބޮޑަށް ބަލިހެންނެވެ. އެހެން ކަމުން މާޔާ އިނީ ކުޑަކޮށްހިތްހަމަ ނުޖެހުފައެވެ.

ޓެސްޓް ތަށް ނިމި ހަމައަކަށް އެޅުނު އިރު މާޔާ ހުރީ ވަރުބަލިވެފައެވެ. ނަކީލްދެކެ ހިތްހަމަ ނުޖެހިފައި ހުރުމުން ނަކީލްއާއި ވާހަކަދައްކަންވެސް ބޭނުން ނުވިއެވެ. އެހެން ނަމަވެސް ނަތީޤްގެ ހަބަރެއް ވެސް އެނގެން ބޭނުންވިއެއްކަމަކު ކެތްކޮށްގެން އޮތީ އިސްވެ ވާހަކަ ނުދައްކާށެވެ.

“މައި ކިތަންމެ ރުޅިއަޔަސް ކުރަން ޖެހޭ ޓެސްޓެއް ވިއްޔާ ކުރާނެތާ ދޯ… ދެން ކުޑަކުޖެއްހެން ތުން ދިނގުކޮށްގެން ނީނދެ އޮށޯވެލާބަ…އެހެން ނޫނީ މިތާ އޮންނަން ޖެހޭނީ މުސްކުޅިވަންދެން…” ނަކީލް ބޭނުމަކަށްވީ މާޔާ އިތުރަށް ރުޅިއެރުވުމެވެ. ކުރިންވެސް މާޔާ ބަލިވެއްޖިއްޔާ އުޅޭނީ މިކަހަަލަ ގޮތަކަށެވެ. ޑޮކްޓަރަށް ދައްކަން ބުންޏަސް އަންނާނީ ރުޅިއެވެ.ދެން އަދި އެ ހުރިހާ ޓެސްޓްތަށް ހެދުމުން ކިހިނެތް ވާނެހެއްޔެވެ.

” އެހެންވިއްޔާ މައި އަށް ވުރެ އަވަހަށް ކީލް މުސްކުޅިވާނީ..” ނަކީލްއަށް ލޯ އަޅާލަމުން މާޔާ ބުނެލިއެވެ. ވަކި ނަކީލްއަށް ދޫކުރާކަށް މާޔާވެސް ބޭނުމެއްނޫނެވެ. ހިޓްލަރ ހެން ހުރިހާ ޓެސްޓެއް ހަދަންދެން ބަލަން ހުރީ ތާއެވެ.

” ހަލޯ މަންމާ… އާން…. ކީއްކޭ… ހްމްްމް… އެބަ އަންނަން… ” ނަކީލްއަށް ފޯނެއް އައުމުން ފޯނަށް ޖަވާބުދިނެވެ. ނަކީލް ކޮންމެވެސް ތާކަށް ދާންޖެހިއްޖެކަން ދެއްކިވާހަކައިން ދޭހަވުމުން މާޔާ ކުޑަކޮށް ހިތްއަވަސްވިއެވެ.އެކަނި މިތާ އޮންނާނީވެސް ކިހިނެތް ހެއްޔެވެ.

“ހެއި އައި ވިލް ބީ ބޭކް ސޫން…މަންމަ ގުޅީ ނަތީޤް މާޔާ ހޯދަން ރޯވަރުން… ހަމައަކަށް ނޭޅިގެން…އެބަ އަންނަން ވަރަށް އަވަހަށް … ދެ ބޭބީސް ގެންގުޅެން ޖެހުނީމަ ވާނީވެސް މިކަހަލަ ގޮތެއްތާ..”މާޔާ އަށް ވީގޮތް ކިޔައިދިނުމަށްފަހު މާޔާގެ ނޭފަތުގައި ކުޑަކޮށް ހިފާލަމުން ނަކީލް ބުނެލިއެވެ. ނަކީލް މާޔާއާއި މެދު ދެކޭގޮތް ކޮންމެވެސް ވަރަކަށް ބަދަލްވެފައިވުމުން މާޔާ ހިތްހަަމަޖެހެއެވެ.އެ ގާތްކަމަށް އެދެވެއެވެ. އެއީ އެތަށް ދުވަހެއްގެ ހަމަޖެހުން ނަގާލައިގެން ކުރި އުއްމީދެވެ.

ނަކީލް ދިޔަތާ އިރުކޮޅެއްފަހުން ޑރ ސީ ޖުން މާޔާ އޮތް އެނދުކައިރިއަށް އައީ ރިޕޯޓްތަށް ބެލުމަށް ފަހުގައެވެ. ސީ ޖުން ފެނުމުން ތެދުވަން އުޅުނު ނަމަވެސް އަތުގެ އިޝާރާތުން  މާޔާ ކައިރީ އޮށޯތުމަށް އެންގިއެވެ.

“ނަކީލް ކޮބައިތޯ…” ސީ ޖުން ނަކީލް ފެންނަން ނެތުމުން ސުވާލުކޮށްލިއެވެ.

“ނަކީލް ވީ މުހިއްމު ކަމަކު ބޭރަށް ގޮސް… ނޭނގެ އަންނާނެ އިރެއް..” މާޔާއަށް އެނގޭވަރަށް ކޮރެއާ ބަހުން ވާހަކަ ދެއްކިއިރު ނުފަރިތަކަމެއް ހުއްޓެވެ.

” މިއައީ މާޔާގެ ރިޕޯޓްތަށް ހިފައިގެން… ނަކީލް އައުމުން ޑރ ހޯދި ވާހަކަ ބުނެލަދެއްޗޭ..” ސީޖުން ބެލީ އެތާ ގިނައިރު މަޑުުނުކޮށްދެވޭތޯއެވެ. އެހެން ނަމަވެސް  މަޑުކުރަން ޖެހުނީ މާޔާ ވާހަަކަ ދައްކަން ފެށުމުންނެވެ.

” ކޭން އައި ސީ އިޓް…” ސީ ޖުން ކައިރީ މާޔާ އެދުނީ ރިޕޯޓްތަށް ދިނުމަށެވެ. މާޔާއަތަށް ހުރިހާ ރިޕޯޓްތަކެއް ދިނީ އެވެސް ދެކޮޅުހެދުމެއް ނެތިއެވެ. އާދައިގެ ބަލިމީހަކަށް ރިޕޯޓެއް ބަލައިގެން ވަކި އެގޭނީވެސް ކޯއްޗެއްހޭ ހިތައެވެ. ސީ ޖުން އަށް މާޔާ އަކީ ޑޮކްޓަރެއްކަން ކުޑަކޮށްވެސް އެނގޭނަމަ އެ ރިޕޯޓް ނުދިނީހެވެ.

މާޔާވެސް ފަރުވާތެރިކަމާއި އެކު ރިޕޯޓްތަށް ބަލަމުން ދިޔައިރު ލޮލުގައި އަޅައިގަތީ ހަދާފައިވާ ބްރެއިން އެމްއާރއައި ގެ ގަނޑެވެ. އެހިދު މާޔާގެ ދުނިޔެ ހުއްޓުނުފަދައެވެ. މީހާގެ ގައިގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. މާޔާގެ ލޮލަށް ކަރުނަ ޖަމާވެ މަންޒަރު ފުސްވާންފެށީ ޤަބޫލުކުރަން ދަތި ހަޤީޤަތެއް އޭގައިވުމުންނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

އެދެމޭކަލާޔާ ގާތުގާ ވުމަށް (ތިންވަނަބައި)

Next

ލޯބި އަހަރެން ވާނަމޭ (2)

Next
May 6, 2017

ލޯބި އަހަރެން ވާނަމޭ (2)

Previews
May 5, 2017

އެދެމޭކަލާޔާ ގާތުގާ ވުމަށް (ތިންވަނަބައި)

29 Comments!

  1. writer says:
    May 6, 2017 at 12:33 am

    hello readers.. here it is part 16… next episodes thah upload kurevumugai thankolheh las vedhaane becox i have exams dhen oi week ga and eyge aneh week ga ves… but i ll try my best to upload soon… happy reading.. hope u like it

  2. writer says:
    May 6, 2017 at 12:36 am

    and i would appreciate it if u point out my mistakes… i knw my stories are not perfect ehnve…

  3. Chum handi says:
    May 6, 2017 at 12:38 am

    Wow… vrh salhi… but maya ah keeh thi kury… gdnyt..

    1. Chum handi says:
      May 6, 2017 at 12:39 am

      Me 1st dho?

    2. writer says:
      May 6, 2017 at 12:48 am

      congratulations … you are first Chum handi…
      maaya kudakoh bali v dhw…
      sleep tight

  4. blume says:
    May 6, 2017 at 12:50 am

    Me second dhw

    1. writer says:
      May 6, 2017 at 12:52 am

      yh second.. keep reading 😀

  5. blume says:
    May 6, 2017 at 12:54 am

    Oh god.. Please maya ah bodu bayeh nujahsachey..Nd Jenny aai Melysaa aai Nakil ge bappa haadha annoying eyy..

    1. writer says:
      May 6, 2017 at 9:56 am

      maya ah v gotheh balamaa dhw… aslu ves dhw…

  6. ithoo says:
    May 6, 2017 at 1:31 am

    Mi part vx v reethi dearr…kuda kuda kon typin mistake eba huri ingey..rangalhu kohlan bunela dheyshey bunyma ingey mi bunela dhinee..keep it up my dearr☺☺??

    1. writer says:
      May 6, 2017 at 9:57 am

      thanks ithoo bunela dhinyma… next time ekan improve kohlevey dhw balaanan.. wish u good luck

  7. Ithoo's fan☺☺☺ says:
    May 6, 2017 at 6:19 am

    Dhw Ithooooo
    V salhi
    God work

    1. writer says:
      May 6, 2017 at 9:58 am

      thnk you

  8. ssss? says:
    May 6, 2017 at 6:52 am

    V V rythi

    1. writer says:
      May 6, 2017 at 9:59 am

      thank you… keep reading

  9. AKI says:
    May 6, 2017 at 7:01 am

    v reethi vaahaka ge mibai ves …next part avahah up kohla dhey thi pls

    1. writer says:
      May 6, 2017 at 10:00 am

      thank you… i ll try ingey ekam thankolheh udhagu vaane

  10. Anonymous says:
    May 6, 2017 at 7:34 am

    Mri e Kn bayyeh?? Anyway v Nice story…,

    1. writer says:
      May 6, 2017 at 10:01 am

      MRI aky bayyeh noon test eh.. thank you… keep reading.

  11. Mu says:
    May 6, 2017 at 7:35 am

    Adhi1 part up kodheefa exams dhey

    1. writer says:
      May 6, 2017 at 10:01 am

      thikan veytho mibalany..hehe…

  12. Maree says:
    May 6, 2017 at 9:53 am

    vv reethi

    1. writer says:
      May 6, 2017 at 10:02 am

      thank you..keep reading

  13. haw shia shaba shi r says:
    May 6, 2017 at 10:06 am

    Mashaa Allah v reethi mi part ves,keep it up, next part soon plx,mayaa maraanulaathi plx ,nice story

    1. writer says:
      May 6, 2017 at 2:44 pm

      thank you… keep reading to find out what happens to maayaa..

  14. Yax says:
    May 6, 2017 at 10:27 am

    Writer your a school student right!!!
    And if you are;you write damn good for a school student!!
    Good work!!!
    But always remember studies comes first!!
    Keep it up?

    1. writer says:
      May 6, 2017 at 12:26 pm

      i am not a school student… i am a medical student…
      thank you

  15. Zee says:
    May 7, 2017 at 7:29 pm

    Mi vaahakaa ge 3 vana bayaa jehigen innany 12 vana bai thr.. Ehnve vaanuvaa eh nengey

    1. writer says:
      May 10, 2017 at 4:50 pm

      mivaahaka aslu kurin genes medhu kadaa levifa othy . continue kuran nahadhaa anehkaaves alun 1 part in feshigen upload kury but readers ge request aa ehgothah medhu ked hisaabun mifeshy… u can actually read rest of episodes by clicking on my name and go to page 3 or so… thankyou faahaga kohla dhinythy..and i am sorry for it 🙂

Comments are closed.

Next Episodeދުރުގައިވިޔަސް… (17 ވަަނަ ބައި)←


All Right Reserved!