Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް… (22ވަނަ ބައި)

writer Level 310 Stories100 Comments
June 4, 2017 6 Mins Read
60 Comments

” މައި… ދާން ޖެހިއްޖެ އިނގޭ… އެއްޗެއް ބޭނުން ވިއްޔާ އެތަނުން މީހެއް ކައިރީ ބުނޭ އިނގޭ…އެންމެނަށް ވެސް އިނގިރޭސި އެނގޭނެ…އެހެން ނޫނަސް މައިވެސް މިހާރު ކުރިއަށް ވުރެވެސް ކޮރެއާރ ބަހަށް މޮޅެއްނު…އަންނާނަށް ވަރަށް އަވަހަށް…ލަވް ޔޫ..” ނަކީލް އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާ ލުމަށްފަހު މާޔާގެ ކޮލަށް ބޮސްދިނުމަށް ނިކުމެގެން ދިޔައީ ނިހާލްއާށް ޖަވާބުދާރީވުމަށެވެ.ނިހާލްގެ އަޑުންވެސް ހިތްހަމަނުޖެހިފައިވާ ވަރު ހާމަވިއެވެ. އެހެން ނަމަވެސް އެވަގުތު އެއްވެސް އެއްޗެއް ބުނަން ބޭނުންނުވީ މާޔާ އަށް ޝައްކުވިޔަ ނުދިނުމަށެވެ.  ހަމަޖެހިލަމުން ކާރަށް އަރައި ސްޓާޓްކޮށްލީ އެގެއަށް ދިޔުމަށެވެ.

ނަކީލް ގެއަށް ވަތްއިރު ލިވިން ރޫމްގައި އެންމެން ހަމައަށް ތިއްބެވެ. މެލިސާއާއި ނިހާލްކައިރީ ޖެނީވެސް އިނުމުން އަދިވެސް ނުދަނީތާއޭ ހިތަށް އެރިއެވެ. ނުވަތަ މަންމަމެންނަށް ހަޤީޤަތް ކިޔައިދިނީ ބާވައެވެ. ނަކީލްއަށް ޔަޤީން ނުވި ކަމަކީ މި ހާޒިރްކުރެވުނީ ކޮން ޝަރީއަތެއްގެ މަޖްލީހަކަށް ކަމެވެ. ޖެނީ ވަރިކުރީތީ ކަމެއް ނުނީ މިގެ ދޫކުށް ދިޔުމުންކަމެއް ނުވިސްނުނެވެ. ނަކީލް ވެސް ހަމަޖެހެން މަސައްކަތް ކުރަމުން އައިސް ސޯފާގައި އިށީނީ ނިހާލްއާއި ކުރިމަތިވާގޮތަށެވެ.އެއާއި އެކު ޖެނީ ނަކީލްއަށް ބަލާލިތަން ނަކީލްއަށް ފެނުނެވެ. އެލޮލުގައިވި އަސަރެއް ވަކި ނަކީލްއަކަށް ދެނެގަންނާކަށް ނޭނގުނެވެ.

މެލިސާ ނިހާލްގެ ކޮނޑުގައި އަތް ބޭއްވުމުން ނިހާލް އެއަތްވެސް ފޮޅުވައިލިއެވެ. އެއާއި އެކު ފެނުނީ މެލިސާވެސް އިސްޖަހާލިތަނެވެ.

” ނަކީލް މިހާރު އަމިއްލައަށް ނިންމުންތައް ނިންމަން ފެށީތަ…ބައްޕަމެން މީ ދުނިޔޭގަ ތިބި ބައެއްކަމަށް ހަދާލާކަށް މުހިއްމެއް ނޫންދޯ..” ނިހާލް ވާހަކަ ފެށީ ދުރުދުރުންނެވެ. އެއަޑުގައި ހިތްހަމަ ނުޖެހުމުގެ ކުލަވަރު ހުރި އިރު ހަރުކަށިކަމުންވެސް ނަކީލްއަށް ހިތްދިރުވައިލެވުނެވެ. ނިހާލް ދުރުދުރުން ވާހަކަ ފެށުމުން ނަކީލްއަށް ބައްޕަގެ ރުޅިގަނޑުގެ އަސްލު ސަބަަބު ދެނެގަންނަން އުދަނގޫވިއެވެ.

” ބައްޕަ… ކިހިނެތް ތޯ ވީ… އަޅުގަނޑަކަށް ނުވިސްނުނު..” ނަކީލް ބައްޕައަށް އިހްތިހާމް އަދާކުރަމުން ބުނެލީ އަދަބު ވެރިކަމާއި މަޑުމައިތިރި ކަމާއި އެކުގައެވެ.

” އުހުން އުހުން އުހުން…ކޮންމެހެން ތިހާ އިހްތިރާމް އަދާނުކުރިޔަސް ވެދާނެ… މިއީ ބަފައެއް މައެއް ހުރި މީހެއް ހެން ހިއެއް ނުވޭ… އަމިއްލަ ފެންނަ ގޮތަކަށް ކަންތައްތައް ކުރާއިރު ތިމާ ކުރާ ކަންތަކުން އަސަރު ކުރާނީ އެހެން މީހުންނަށް ކަމެއް ނުވިސްނޭ ކުޑަކުއްޖެއްތަ ތީ…. ބަލަ ..” ނިހާލް އެއްޗެހި ގޮވައިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ.

ނަކީލް އިސްދަށަށް ޖަހައިގެން އިނީ ބުނަން ވީ އެއްޗެއް ނުވިސްނިގެންނެވެ. ގެ ބަދަލުކުރުމުން އެހާ ރުޅިއައިސް ދާނެ ބާވައޭ ހިތަށް އެރިއެވެ. ކައިވެންޏަށް ފަހުގައި ނީލްވެސް އުޅެނީ އެހެން ތަނެއްގަ ވިއްޔާއެވެ. ވަކި ނަކީލް ގެ ބަދަލުކުރުމަކުން އޮތް މައްސަލައަކީ ކޮބައިހެއްޔެވެ. މިހާވަރަށް ތަފާތުކުރަން ވަކި ޖެހޭ ހެއްޔެވެ.

” ބަލަ މި ތާ ހުރި ފަރުނީޗަރ ތަކާއި އެއް ނޫނޭ މިވާހަކަދައްކަނީ ނަކީލް… ނުބުނެ ކަންތައް ކުރަން ކެރެންޏޭ އެއަށް ޖަވާބުދާރީވާންވެސް ކެރެން ޖެހޭނެ…ބުނެބަލަ މި މަލެއް ފަދަ ޖެނީ .. އޭނަ މައިންބަފައި ލޮލުގެ ކޮއި ހެން ބޮޑުކުރި ކުއްޖާ… ވަރިކުރީ ކޯއްޗެއް ނުލިބިގެންތަ…. މިއޮއް ހުރިހާ އިރު ގެއަށް ނައިސް ތިހުންނަނީ ތިކުރި ކަމެއް އަހަރުމެންނަށް ނޭނގޭނެ ކަމަށްތަ…އޭން…” ނިހާލް އަޑުބާރުވިއެވެ. ބައްޕަމެން މިވަރަކުން ރުޅިއައިސްގެން މިއުޅެނީ ޖެނީ ވަރިކުރިކަން އެނގުނީމަ ހެއްޔެވެ. މި މަކަރުވެރި އަންހެނާ އަނެއްކާ ދެއްކީ ކޮން ބަހަނާއެއް ބާވައެވެ.މަކަރާއި ހީލަތުގެ އިންތިހާއެވެ.

” ބައްޕަ އެއީ އަހަރެންގެ ޒާތީ ކަމެއް… ބައްޕަ މިއަަށް އެއްޗެއް ނުބުއްވިއްޔާ ރަގަޅުވަނީ..” ނަކީލް އަދިވެސް އިސްކުރީ މަޑުމައިތިރިމަކެވެ. ބައްޕާއާއި މެދު ހިތުގައި ޝަކުވާ އުފެދުނީ އެހެން މީހެއް ބައްޕައަށް އިސްވުމުންނެވެ.

” ޒާތީ ކަމެކޭ… ކޮން ޒާތީ ކަމެއް… ބަލަ އޭނަ ވަރިކޮށް ގޭން އެއްލާލަން އުޅުނީމަ.. ނަސީބެއްނު މެލިސާއަށް ފެނުނުކަން ގެއިން ނިކުންނަން އުޅެނިކޮށް… ނަކީލް ޖެހޭތަ އަނިޔާކުރަން… ބަލާބަ ލޯކައިރި އެހެރަ ގޮތަށް…ތީ ތިހާ ރަހުމުކުޑަ  މީހެއްތަ..” ނިހާލް އެހެން ބުނުމުން ނަކީލްއަށް ޖެނީއާއި ދިމާލަށް ރަަގަޅަށް ބަލައިލެވުނެވެ. ތެދެކެވެ، ލޯކައިރީ ކަޅުކަމުން ހީވަނީ ނަކީލް އަނިޔާ ކޮށްފައި ހުރިހެންނެވެ. އެކްޓްކުރަންވެސް މޮޅީތާއެވެ. ޖެނީއާއި މެދު ހިތުގައި އޮތް ފޫހި ކަން އިތުރުވެގެން ދިޔައީ އެހެންވެއެވެ.

” އަހަންނެއް ނުބުނަން ގެއިން ނިކުންނާށެކޭވެސް… އަނިޔާއެއްވެސް ނުކުރަން..ބައްޕަ ގަބޫލުކުރަންޏާ ކުރަންވީ ނުކުރިޔަސް އަހަންނަށް ހެޔޮ..” ނަކީލް ރުންކުރު ގޮތަކަށް ބުނެލިއެވެ. ބައްޕަމެންނަށް ވިސްނައިދިނުމަކީވެސް ހަމަ ބޭކާރުކަމެކޭ ހިތަށް އެރިއެވެ. އެންމެ ފަހަރަކު ނަމަވެސް ކުރާކަމަށް ތަރުހީބު ދީ އެއްބާރުލުން ދޭނީ ކޮންދުވަހަކުން ހެއްޔެވެ.

“އެހެންތަ… މިހާރު ދޮގުވެސް ހަދަން ފެށީތަ..އެ ސުންޕާ އަންހެނާ އާއި ޖެހުނު ފަހުން މިހިރަ ފިރިހެނަކަށް ވެފަ މިހުންނަ ގޮތެއް … އަހަރެން ހަމަ އަޖައިބު ވޭ.. ޔަޤީން މިހުރިހާ ކަމަކީވެސް އޭނަގެ ކަންތައް ކަން… އަހަރެމެންެގެ ދިރިއުޅުން ނަރަކައަކަށް ހަދައިފި..މިހިރަ މީހަކު ވިހޭ ދުވަހު މަރާލިނަމަ މިއަދު މިހާ ލަދު ގަންނާކަށް ވެސް ނުޖެނުނީސް…ބަލަ އެގޭތަ ނަކީލް އާ ހުރެ މިވީ ގެއްލުން… ޖެނީގެ ބައްޕަ ކުންފުނިން ހުރިހާ ޑީލް އެއް ކެންސަލް ކުރިކަން…އެތަކެއް މިލިއަން ޑޮލަރެއްގެ ގެއްލުން މި ލިބުނީ… އެހެން ވީމަ ބުނަން ވާހަކައެއް އަދިވެސް މާލަހެއް ނުވޭ… ޖެނީގެ ބައްޕަގެ ޝަރުތުކަކަށް އިޖާބަދީ ޖެނީއާއި އަލުން ގުޅޭ… ނޫނީ އަހަރެންގެ ހުރި ނުބައި ވަރެއް ދައްކާލާނަން..” ނިހާލްގެ ވާހަކަ ތަށް ހުރިގޮތުން ނަކީލް ހުރީ ހުއްޓުން އަރާފައެވެ. މިއީ ހަމަ އަސްލުވެސް ނަކީލްގެ އަސްލު ބައްޕަ ހެއްޔެވެ. ފައިސާ ހުރިހާ އެއްޗަކަށް މުހިއްމީ ކއްވެ ހެއްޔެވެ.

” ބައްޕާ… ބައްޕަ އޭނައާއި އިދެގެން ތިހުރިހާ ޕްރޮފިޓެއް އެއްކުރަންޏާ ކުރޭ… އަހަންނެއް ނޫޅެން އޭނައާއި އިންނާކަށް… ނީންނާނަން… އަޑުއިވިއްޖެ… އަހަރެންގެ ދިރިއުޅުމާއި ބައްޕަ ނުބެހި ހުންނަންވީ…ދިޒް އިޒް މައި ލައިފް..” ނަކީލް ސޯފާއިން ތެދުވަމުން ބުނެލީ ދަތްކުޑިކޮށްގެން ހުރެއެވެ. އޭރު އެލޮލުން އިންތިހާ ދަރަޖައިގެ ރުޅިއާއި ޝަކުވާ ފެންނަން ހުރި އިރު ނިހާލް އަށް އެއީ ފެންނަ އެއްޗެއްކަމަށްވެސް ހަދައި ނުލިއެވެ.

” ހުރި ގޮތްކުޑަކަން…ޖެނީ ހުންނާނީ މިގޭގަ… އަހަރެންގެ ބެލިމުގެ ދަށުގަ…އޭނާ ބޭނުންވާ ދުވަހެއް ވަންދެން… މިތަނުން ނުކުންނަން ޖެހެންޏާ ޖެހޭނީ އެނާސި އަންހެނާ ނިކުންނަން…މިއަދަކީ އޭނަ މިގޭގައި ހޭދަކުރަނެ އެންމެ ފަހު ދުވަސް… އަވަހަށް އެސުންޕާ އަންހެނާ މަރުވެއްޖެއްޔާވެސް ރަގަޅެއްނު..” މެލިސާއަކަށް ވެސް މަޑުން ނީދެވުނެވެ. އެންމެ ފަހުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި މާޔާ ގެއިން ނެރެވޭނެ ގޮތެއް ވޭތޯ ބެލީ ތިމާގެ އަމިއްލަ ދަރީގެ އުފަލަށް އަރައިގަންނަމުންމެވެ.

ނަކީލް އަށް ހުރެވުނީ މަންމަގެ ދުލުން އެހެން އިވުނީތީވެސް ހައިރާންވެފައެވެ. މާޔާއާއި މެދު އެފަދަ ގޮތަކަށް ބަހެއް އައުމުން ރުޅިގަނޑު ހަމައިން ނައްޓަން އުޅޭފަދައެވެ. އެހެން ނަމަވެސް ކުރިމަތީގައި ތިބީ ނަކީލްގެ މާއިންބަފައިންކަން ހަދާންކުރަމުން ނަފްސު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

” ހހެހެހެ… މަންމައާއި ބައްޕަ ދެމީހުން ތި އެދޭ ގޮތަށް އަހަރެން މިއަދު ކަންތައް ކޮށްދީފިން.. ޔެސް.. މާޔާ އެއް ދެނެއެއް ނޫޅޭނެ މިގެޔަކު މަންމަމެންނަށް އުދަނގޫ ކުރާކަށެއް… މަަންމަމެން އެއްފަހަރު އަހަންނާއި މާޔާއާއި ދުރުކޮށްފީމެއްނު…ދެން ނުވާނެ..މިޖެނީ އާއި މަަންމަމެންގެ މަކަރުވެރިކަމުން ހުރިހާ އުފަލެއްވެސް އަހަންނަށް ނަސީބުނުވީ… ނަމަވެސް މިއަދު އަހަންނަށް ޔަޤީންވެއްޖެ އޭގައި މަންމަމެންގެ އަތެއް ވާކަށް… އަހަންނާއި އަހަރެންގެ އަންހެނުންނެއް ނާންނާނެ މިގެއަކަށް މަންމައަކަށް އުދަނގޫ ކުރާކަށެއް… އެކަމަކު މަންމަމެން ބޭނުމިއްޔާ ނަތީޤް ގެނެސްދީފާނަން ކުޑައިރުކޮޅަކަށް … ވީ މޫޥްޓް އައުޓް… ހެޕީ..” ނަކީލް ވާހަކަ ދެއްކިއިރު އެންމެން ތިބީ ހައިރާންވެފައެވެ. ޤަބޫލުކުރަން ދަތިވީ ނަތީޤްވެސް އެމީހުންނާއި ދުރަށް ގެންދިޔައީތީއެވެ. މިއީ އެއްވެސް ވަރަކަށް ވެދާނެކަމަކަށް އެމީހުން ހީކުރި ކަމެއްނޫނެވެ. އަނަމަވެސް ނަތީޤް ގެނެސްދޭނެ ވާހަކަ ބުނުމުން ނިހާލްއާއި މެލިސާގެ ހިތަށް ފިނިކަމެއް ލިބުނީ އެމީހުންނާއި އެކީ ދުރުކުރުވަން ބޭނުންނުވާކަން ޔަޤީންވުމުންނެވެ.

” ވަޓް…  ކޮބާ… ފެނޭ… އާން ހެޔޮ… މިގެއިން ދިޔަ ގޮތަށް ހަދާންކުރާތި… މިއަދުން ފެށިގެން އަހަރެންގެ މި މުދަލުން ޒައްރެއްގެ މިންވަރުވެސް ނަކީލްއަކަށް ނުލިބޭނެ… ދެން ބަލާ އެކަނި ކިހާ ދުވަހަކަށް ތޯ އުޅެވޭނީ..” ނިހާލް ބުނެލީ ފުން ހިނިތުންވުމެއް މޫނު މައްޗަށް ވެރިކުރުވަމުންނެވެ.

” އައި ޑޯންޓް ވޯންޓް އީވެން އަ ސިންގަލް ޕެނީ… ބައްޕަ ހަދާން ނެތީ ކަންނޭނގެ.. އަހަރެންގެ އަމިއްލަ ކުންފުންޏެއް އިންނަކަށް… ބައްޕަގެ ތި މުޅި އެންޕަޔާތަކުން ލިބޭ ހުރިހާ ފައިދާއަަކަށް ވުރެ އޭގެ ހައިބަތުވެސް ބޮޑުވާނެ… ސޯ ޑޭޑް އައި ޑޯންޓް ކެއަރ… އެޓް ލީސްޓް އައި ވޯންޓް ސެލް މައި އޯން ސަން ލައިކް ޔޫ ފޯ ޕްރިޓް… ބައްޕަގެ މުދަލާއި ހުރިހާ އެއްޗެއް ބައްޕައަށް… ވަރަށް ސަލާން..” ނަކީލް ފުޅާ ހިނިތުން ވުމަކާއި އެކު ބުނެލި އިރު އެ އަނޑުގައި ވަނީ ސާބިތުކަމެވެ. އެތާ އެންމެ މިނިޓެއްވެސް މަޑުނުކޮށް ނިކުގެން ދިޔައީ ކިތަންމެ ފޮރުވަން މަސައްކަތްކުރިއަސް ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ.

ނިހާލްއަށްވެސް ހުރެވުނީ ނަކީލް ބުނެވުނު ބަސްތަކުން ޝޮކެއް ޖެހިފައެވެ. ތެދެކެވެ. ނިހާލްމެނާއި ނުލައިވެސް މާ ބޮޑަށްވެސް އުފަލުގައި އުޅެވޭނެ ތަނަވަސްކަން ނަކީލްގެ ހުންނާނެއެވެ. އެހާ ވަރަށް އެދުމުންވެސް އެކުންފުނި ނިހާލްގެ ނަމަށް ބަދަލިނުކުރީ މިހެންވެ ކަންނޭނގެއެވެ. ނިހާލްއަށް އެންމެ އަސަރު ކުރީ ނަކީލް ފަހުން ބުނި ޖުމްލައެވެ. މިހުރިހާ ކަމެއްވެސް ކުރަނީ ހަމަ ނަކީލްއަށް ޓަކައި ނޫންހެއްޔެވެ. ނިހާލް އަށް ނުވިސްނުނީ މިއަރައި ގަނެވެނީ އަމިއްލަ ދަރިފުޅުގެ އުފާތަކަށް ކަމެވެ. ނަކީލްއަށް ފައިސާއިން ދަތިވާނެ އެއްވެސް ނެތްތެވެ. އެހެންނަމަވެސް ލޯތްބަކީ ފައިސާއިން ގަނެވޭނެ އެއްޗެއް ނޫނެވެ. އެއީ ނިހާލްގެ ބިޒްނަސް ޑީލްއެއް ކުރަން އޮތް މުދާގަނޑެއް ނޫންކަމެވެ.

………………………………………………………………………………..

” ހަލޯ…ކީއްކޭ މަންމާ…” ނަތީޤް ހޭލުމުން ކާންދިނުމަށްފަހު ނެނީއާއި ހަވާލުކޮށްފައި ކޮޓަރިއަށް އައިސް ވަތްއިރު މާ  ވަރަކަށް މެލިސާ ގުޅަން ފެށުމުން މާޔާ ފޯން ނެގިއެވެ. އެހެންޏާ ނުގުޅާ މީހަކު މާވަރަކަށް ގުޅަން ފެށުމުން ހީކުރީ ނަތީޤްއާއި ވާހަކަ ދައްކަން ބޭނުންވީކަމަށެވެ. ހަމަ ހޭގައި ހުރެގެން މެލިސާ ދުވަހަކު ވެސް މާޔާއަށް ނުގުޅާނެކަން ޔަޤީނެވެ.

” ކޮން މާންމާއެއް ކިޔާކަށް …ކިތައް ފަހަރުތަ ބުނަންވީ މަށަށް މަންމާއޭ ނުކިޔަން… ވަރަށް އުފަލުން ދޯ ތިހުންނަނީ މަގޭ ދަރިފުޅު ޖަހައިގެންފައި… ހީކުރީތަ އަބަދު ތިގޮތުގައި އުޅެވޭނެއޭ… އަަހަރެން ދިރި ހުއްޓާ ލާހިކެއް ނޫން ތި މާޔާއަކަށް މަގޭ ދަރި ނަކީލް އާއި އެކީ އުޅެވޭކަށް… ތިއުޅެނީ އަދި މަގޭ ހުރި ނުބައިކަން ނޭނގިގެން..” އެކޮޅުން އިވުނީ މެލިސާ ހަޅޭލަވަތްގަތް އަޑެވެ.މާޔާ ކުރިމަތީގައި ހުރިނަމަ މިހާރު ރޮލާކާލީސް ކަން ޔަޤީނެވެ. މެލިސާގެ ވާހަކަތަށް ހުރިގޮތުން މާޔާ ހުރީ ފާޑަކަށް ހުއްޓުން އާރާފައެވެ. ލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަން ފެށީ ހިތުގައި ވޭން އަޅަންފެށުމުންނެވެ. މާޔާ ކިތަންމެ ރަގަޅަކަށް ކަންތައްކުރިޔަސް މެލިސާ ހިތުން ރުހުމުން މާޔާ ބަލައިގަންނާނެ ދުވަހެއް ހަމަ ނާންނާނެބާވައެވެ.

” ކޮންމެހެން މަގޭ ދަރި ހައްލާލައިގެން އޭނަގެ ދިރިއުޅުމަށް ޒަހަރުލައިގެން ތިއުޅެނީ ކިހިނެތް އުޅޭނަމޭ ހިތާތަ.. ރީތި ކޮށް އުޅުނު ދެމަފިރިއެއްގެ ދެމެދަށް ތިފުއްމައިލީ ކޯއްޗެއް ނުލިބިގެންތަ.. ތިއީ ހަމަ ތިކަހަލަ އަންހެނުންގެ ވައްތަރުކަން އެގެއޭ… މިހާރު ހިތް ފުރިއްޖެ އެއްނު… ދެމީހުން ވަރި ކުރުވާފަ… ހީނުކުރާތި މާޔާއަށް ތި ކާމިޔާބު ވީއެކޭ… ކާމިޔާބު ވާނީ އަހަންނަށް.. މަށަށް ކިޔަނީ މެލިސާ…”  މާޔާއަށް ވާނުވާވެސް ރޭކާލާންވީ އަދިކިރިޔާއެވެ. ނަކީލް ޖެނީ ވަރިކުރީ ހެއްޔެވެ. އެއީ މާޔާ އެހެން ބުނުމުން ހެއްޔެވެ.ނޫނީ ނަތީޤް ދެއްކި ވާހަކައަކުން ހެއްޔެވެ. މިވީ ކިހިނެތް ހެއްޔެވެ. ކޮންމެއަކަސް އެހާ އަނިޔާވެރި ދޮންމަންމައެއް ނަތީޤްއަށް ލިބޭކަށް ވެސް މާޔާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް މާޔާ ކައިރީ މީގެއިން އެއްވެސް ވާހަކައެއް ނުބުނުން ސިހުންވީއެވެ. މާޔާގެ އަތުން ދޫވަމުން ދިޔަ ފޯނު ހިފީ ނަކީލް އެވެ. އެވަގުތަކީ ނަކީލްއަށް ވެސް އާދެވުނު ވަގުތުކަމުން މާޔާއަށް ވެފަ ހުރި ވަރު ފެނުމުން ކޮންމެވެސް ގޯހެއް ވެއްޖެކަން ޔަޤީންވިއެވެ.

އޭރު އެކޮޅުން މެލިސާގެ އަޑު ފަޑުކޮށް އިވެމުން ދާތީ ނަކީލް ފޯން ކަންފަތުގައި ޖެއްސީ މަންމަ ދައްކާ ވާހަކައެއް އަޑުއަހާށެވެ. އޭރުވެސް މެލިސާ ދިޔައީ މާޔާއާއި ދިމާލަށް އެއްޗެހި ގޮވަމުންނެވެ. ނަކީލްގެ އަތް މުށްކަވައިލެވުނީ އެހިތަށް ކެތްކުރަން އުދަނގޫ ވުމުންނެވެ.

” މަންމާ…. އެއްޗެހި ނުކިޔާފާނަންތަ… ބަލަ އެއީ އަހަރެންގެ އަންހެނުންނޭ…. މަންމަ ދެން މާޔާއަކަށް ގުޅާނެ ކަމެއް ނެތް.. މިހާރު ހިތްފުރޭވަރު ވެއްޖެއެއްނު.. އަހަރެން ހިތަށް އަރާ މަންމަމެންނަށް އަހަރެންގެ އުފާތަށް މުހިއްމު ވާނީ ކޮންއިރަކުން ބާވައޭ… މަންމަ ހާސް ނުވޭ … މާޔާ އެއް ނޫޅޭ ނަތީޤް މަންމައަށް ނުދައްކާކަށް …. ކޮންމެދުވަހަކުު ނޫނަސް ދެދުވަހުން އެއްދުވަހު ނަމަވެސް ތިގެއަށް ނަތީޤް ދެ ގަނޑިއިރަށް ގެންގޮސްދޭނަން…އެކަމަކު އެޖެނީގެ ސުންޕާ ހިޔަނިވެސް މަގޭ ދަރިފުޅަށް އެޅިއްޖިޔާ ދެން އެކަންތައް ނިމުނީ..” ނަކީލް އައި ރުޅިން ފޯނުވެސް ހޫރައިލިއެވެ.  ފޯނުގޮސް ފާރުގައި ޖެހުނު އަޑަށް މާޔާވެސް ދިޔައީ ސިހިގެންެނެވެ.

” ވައި ޑިޑިންޓް ޔޫ ޓެލް މީ…” މާޔާ ކޮށްލީ ޝަކުވާއެކެވެ. އެހެނަސް އެއަޑު މަޑޫވެފައި ލޮލުން އޭރުވެސް ތާޒާ ކަރުނަ ވިދަމުންދިޔައެވެ.

” މައި ވެސް ނުބުނަމެއްނު ހުރިހާ ވާހަކައެއް.. އެހާ މުހިއްމު މީހެއް ނޫނެއްނު މީ..” ނަކީލްވެސް މާޔާއާއި ކައިރިއަށް ޖެހިލާފައި ސީދާ އެލޮލަށް ބަލަން ހުރެ ކޮށްލީ ހަޤީގަތުގައިވެސް އެހިތުގައި އުފެދިފައިވާ އެންމެ ބޮޑު ޝަކުވާއެވެ. ތެދަށް ބުނަންޏާ ނަކީލް މިހާރު ބޭނުންވަނީ ހިތް ފުރޭވަރަށް ރޯލާށެވެ. އެހިތުގައިވެސް އަޅަމުންދާ ވޭނަށް ކެތްވަނީވެސް ހަމަކިރިޔާއެވެ. އެންމެންގެ އެހީއަށް ބޭނުންވި އިރު ނަކީލްއެވަނީ ބާކީވެފައެވެ. އިންތިހާ އަށް މީހެއް ދެކެ ލޯބިވުމަކީ ކުށަކަށް ވަންޏާ އެކުށުގެ ސަޒާ ލިބެނުންދާތާ އެތަށް އަހަރެއް ވެ ނިމިދަނީއެވެ. މާޔާއާއި ނަކީލް އާއި ދެމެދު ވައިރޯޅިއަކަށްވެސް ވަދެވޭ ހާ ޖާގައެއް ނެތް އިރު މާޔާގެ ހިތްދިޔައީ ނެނގިނނެގި ފައި ޖެހެމުންނެވެ.

“ކޮން… ކޮން ވާހަކައެއް..” މާޔާއަށް އަޅައިގަންނަމުން ކަހަލަ ގޮތަކަށް އެހެން ބުނެވުނީ ސިއްރު ބޭޒާރުވިހެން ހީވުމުންނެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

މަލާކް… 4ވަނަބައި

Next

ލޯބި އަހަރެން ވާނަމޭ (14)

Next
June 5, 2017

ލޯބި އަހަރެން ވާނަމޭ (14)

Previews
June 4, 2017

މަލާކް… 4ވަނަބައި

60 Comments!

  1. writer says:
    June 4, 2017 at 9:27 pm

    dear readers… miothy new episode…. dhn next episode on tuesday In Sha Allah… avahah liyevunyma hithah ery hama genesdheynamey… hope u like it.. kamu nudhaa kankolheh othiya ves faahaga kohla dhechey… typing mistakes huredhaane sorry for that.. happy reading..goodnight

  2. Zyth says:
    June 4, 2017 at 9:27 pm

    first dhw. ?

    1. writer says:
      June 4, 2017 at 9:28 pm

      yh first… congrats 😀

  3. Blume says:
    June 4, 2017 at 9:28 pm

    Me first dhw…Stry v rythi ❤❤nxt prt kon iraku?

    1. writer says:
      June 4, 2017 at 9:29 pm

      thank you… next part on tuesday… maadan vaahaka liyaa varah vure busy vaane…keep reading

  4. Song joong ki... Korean says:
    June 4, 2017 at 9:33 pm

    alhey first athulytha? hehe, hama up kohlaatho mihury! kiyaalaafa comment eh kohlaanan! ? hope it would be nice

    1. writer says:
      June 4, 2017 at 10:39 pm

      Dh reyakun dhw…. looking forward for that

  5. Zish says:
    June 4, 2017 at 9:35 pm

    Me first

    1. writer says:
      June 4, 2017 at 9:38 pm

      hehe

  6. Love says:
    June 4, 2017 at 9:36 pm

    Me first… Varah salhi.. But haadha kurey… ???

    1. writer says:
      June 4, 2017 at 9:39 pm

      hehe… avahah upkohdheyn vegen dhigu nukury…. dhn mi part mihaa hisaabah nimaalan beynun v…

  7. Zish says:
    June 4, 2017 at 9:36 pm

    Third*..asslu furathama nufeney evvescommenteh

    1. writer says:
      June 4, 2017 at 9:45 pm

      its ok next time dhw dhn

  8. Blume says:
    June 4, 2017 at 9:37 pm

    Oh second dhw

    1. writer says:
      June 4, 2017 at 9:46 pm

      next time dhn try kohlachey… 🙂

  9. AKI says:
    June 4, 2017 at 9:45 pm

    writer dhooni haadha rangalhey… mi part ves v reethi ????

    1. writer says:
      June 4, 2017 at 9:47 pm

      hehe… thank you.

  10. yaania says:
    June 4, 2017 at 9:49 pm

    Masha Allah. V reethii. Best of luck writer. Story kiyan hama up vefa inihya.. ekm alah mi story ah comment eh kohly mi.. gud nyt dear..

    1. writer says:
      June 4, 2017 at 9:52 pm

      thank you yaania… comment nukuriyas kiyaa vaahaka bunyma varah ufaa vejje… keep reading

  11. nonns says:
    June 4, 2017 at 9:56 pm

    Woowww. I enjoyed reading this eposide. Thank u writer.. 😀

    1. writer says:
      June 4, 2017 at 10:40 pm

      Thank you… keep reading nonns

  12. Song joong ki... Korean says:
    June 4, 2017 at 10:00 pm

    vvv salhi,

    1. writer says:
      June 5, 2017 at 6:10 am

      Thank you

  13. Naxy says:
    June 4, 2017 at 10:24 pm

    Varah reethi… varah molhu… waiting for the next part

    1. writer says:
      June 4, 2017 at 10:43 pm

      Thank you so much… keep reading.?

    2. Naxy says:
      June 4, 2017 at 11:36 pm

      Nimendhe genesdheefiyya iradhakurehviyya nimendhen kiyaanen… ramadan mubarik

    3. writer says:
      June 4, 2017 at 11:59 pm

      Iraadha kurehviya nimen dhen geneshdeynan… las vedhaane ekam vaahaka geneshdeynan… kuriyah othy vvvv busy vaane dhuwas thakeh… keep reading

  14. Noor says:
    June 4, 2017 at 10:27 pm

    Ohhh wow wow..just amazing…mihaaru enme kiyaa hithun ibthizaaru kurevey vaahaka meee…thanx for bringing such a beautiful story..dear r u a girl??

    1. writer says:
      June 4, 2017 at 10:44 pm

      Thank you Noor… its good to hear that from am excellent writer like u…. i am a girl…hehe

  15. Chif says:
    June 4, 2017 at 10:47 pm

    v. reethi?

    1. writer says:
      June 4, 2017 at 10:51 pm

      Thank you Chif?

  16. Song joong ki... Korean says:
    June 4, 2017 at 10:48 pm

    hehe vvvvvvvvvvvvvvv reethi!

    1. writer says:
      June 5, 2017 at 6:11 am

      Thank you…. hehe

  17. ????? says:
    June 4, 2017 at 10:54 pm

    Mihaaru vvv furihama geness dhey goth vess …avahah vaahaka nereythii vess??

    1. writer says:
      June 5, 2017 at 6:17 am

      Thank you… kamudhiyaethe v ufaa vejje

  18. L££ says:
    June 4, 2017 at 11:08 pm

    Mi part ves v salhi ❤❤

    1. writer says:
      June 4, 2017 at 11:22 pm

      ThNk you

  19. Aisha says:
    June 4, 2017 at 11:12 pm

    Alhey I am secred ? varah reethi mi part ves ❤ waiting igey writer ?

    1. writer says:
      June 5, 2017 at 2:49 pm

      .hehe..ehntha…Thank you

  20. Coool says:
    June 4, 2017 at 11:13 pm

    V salhi…

    1. writer says:
      June 4, 2017 at 11:25 pm

      Thank you

  21. Azoo ahoo says:
    June 4, 2017 at 11:28 pm

    Varah salhi mi part next part h inthizaaru kuran maidhaithayaku ragalh h nuvaany dhuvahakuves firihen dharieh ge anbakah hinhyo nuvaany mivaa hakaaga mivani mihaaru kanthah hingaa goh

    1. writer says:
      June 5, 2017 at 12:02 am

      Thank you… naslee thafaathu kurunthah mee hama ekani vaki gaumakun fenna kanthakeh noon…sadly raajeyga ves mee varah aamu kameh… mamma menah nuwisneythy aslu ehn vany… heyo visney ragalhu meehun ulhey…. thi hiyaalah ves thaaidhu kuran… keep reading

  22. Adha? says:
    June 4, 2017 at 11:32 pm

    Varah salhi mi part ves?

    1. writer says:
      June 5, 2017 at 12:07 am

      Thank you… ur name is special ?

  23. Kuddy says:
    June 4, 2017 at 11:40 pm

    Varah salhi.. ekam thankolheh kury…. ?

    1. writer says:
      June 5, 2017 at 12:09 am

      Thank you…next tine try kohlaanan

  24. Shiu says:
    June 5, 2017 at 12:41 am

    Writer haadha rangalhey….thankyou

    1. writer says:
      June 5, 2017 at 6:20 am

      Ehntha…. thank you

  25. Shiu says:
    June 5, 2017 at 12:41 am

    Story varah nice..keep it up

    1. writer says:
      June 5, 2017 at 6:31 am

      Thank you

  26. Sidhu says:
    June 5, 2017 at 1:01 am

    Mi part vex v salhi. …writer story gendhaa goi v obi…when next part ❤

    1. writer says:
      June 5, 2017 at 6:32 am

      Thank you….. on tuesday

  27. Lim says:
    June 5, 2017 at 2:28 am

    Vvvv salhi.. Thanks writer
    Just one request don’t kill maya in this story

    1. writer says:
      June 5, 2017 at 6:40 am

      Thank you…. lets see dhw what happens to maaya

  28. Luju says:
    June 5, 2017 at 9:29 am

    Wow!!! Awesome story even I love Korean boyx…. But melisaa Yaa hedhi e hiyaalu dhookllan miulheny Hitler mom in law eh libidhaanethy???
    Sweet sweet sweet story?

    1. writer says:
      June 5, 2017 at 10:51 am

      Hehe…. dhw…thank you

  29. Liaa says:
    June 5, 2017 at 3:15 pm

    Reethi.. ☺
    Keep it up ingeyy!

    1. writer says:
      June 5, 2017 at 4:13 pm

      Thank you liaa

  30. Shaya says:
    June 6, 2017 at 10:59 am

    Kobaa…miadhu thankolheh avahah kiyaalan libeyne kamah v inthixaaru kurevey

Comments are closed.


All Right Reserved!