Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-35

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
December 16, 2020 4 Mins Read
4 Comments

“އަހަރެން ބޭނުން ވަރަށް އަވަހަށް ޒޯ އާ މެރީ ކުރަން.. ޒޯ ވިހާ ގަދަވިހާ އަވަހަކަށް އެކަން ކުރަން ބޭނުން..” އައިވިންގެ އަޑުން އެކަމަށް ކެތްމަދުވެފައިވާކަން ހާމަވެއެވެ. އޭނާގެ ހައްޤަކަށް ޒޯޔާ ވުމީ މިހާރު އައިވިންގެ އެންމެ ބޮޑު އެދުމެވެ.

ޒޯޔާ އައިވިންގެ ނިންމުމަކާ ދެކޮޅެއް ނަހަދައެވެ. އޭނާވެސް ބޭނުންވަނީ އަވަހަށް ކައިވެނިކޮށް ނިންމުމަށެވެ. އައިވިން އޭނާގެ އަތުގައި އަޅުވާލަދިން އަނގޮޓިއަށް ބަލާލުމާއެކު ޒޯޔާގެ ހިތަށް ބުނެދެން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ހާމަފެންޑާގައި އުފާވެރި ވަޤުތު ކޮޅެއް ހޭދަކޮށްލުމަށްފަހު އައިވިން ޒޯޔާ ގޮވައިގެން ތިރިޔަށް ފޭބިއެވެ. ޒޯޔާ އާއެކު ކޮޓަރިއާ ހަމައަށް އައިސް އައިވިން ހުއްޓުނެވެ.

ރޭގަނޑުގެ ސަލާމް ޒޯޔާ ކޮށްލުމުންވެސް އައިވިން ދާކަހަލަ ޚިޔާލެއް ނުކުރިއެވެ. ޒޯޔާ ނުފެންނަ ހިސާބަށް އެންމެ ހިނދުކޮޅަކަށްވެސް ދާން ބޭނުން ނުވާފަދައެވެ. ޙާއްސަކޮށް ޒޯޔާ ވިހަން ކައިރި ވެފައިވަނިކޮށް  ޒޯޔާ އެކަނި ބަހައްޓަން އައިވިން ބިރުގަނެއެވެ.

“ޒޯ ކަމެއް ބޭނުންވެއްޖިއްޔާ އަހަންނާ ގުޅައްޗޭ.. ނަޖުމާއްތަ ކައިރި ބުނަންތަ ޒޯ ކައިރި އޮންނަން އަންނާށޭ..؟” އައިވިންގެ އަޑުގައިވާ ކަންބޮޑު ވުމާއެކު ކުރިންވެސް އޭނާ ދެތިން ފަހަރަކު އަހާފައިވާ ސުވާލު ކޮށްލިއެވެ. ޒޯޔާގެ ޖަވާބު އެނގި ހުރެމެވެސް އައިވިން ބެލީ އިތުރު ގޮތެއް ފެނޭތޯއެވެ.

“ނޫނެކޭ.. އޯކޭވާނެ.. ނަޖުމާއްތައަށް އަނެއްކާ އުނދަގޫ ކުރާކަށް ނުވާނެ އެންނު.. ނަޖުމާއްތަ އަށްވެސް ފަސޭހަކޮށް ނިދާލެވޭނީ އަމިއްލަ ކޮޓަރީގަ އޮވެގެން.. އަހަރެން ކަމެއް ބޭނުންވެއްޖިއްޔާ ގުޅާނަމޭ.. އައިވިން މާބޮޑަށް ތި ހާސްވަނީ..” ޒޯޔާ ބެލީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައައިވިން ހިތްހަމަޖައްސައި ދެވޭތޯއެވެ. ފުންނޭވާއެއް ދޫކޮށްލަމުން އައިވިން ހަތިޔާރު ބެހެއްޓިއެވެ. ފޯނު ކަައިރީގައި ބޭއްވުމަށް އޭނާ ހަނދާންކޮށްލަ ދިނެވެ. އަދި ޒޯޔާގެ ކޯތާފަތުގައި ބޮޑުވައި އިނގިލިން ފިރުމާލަމުން އުފާވެރި ރޭގަނޑަކަށް އެދުނެވެ.

“ގުޑް ނައިޓް ލިޓްލް ވަން..” އައިވިން ޒޯޔާގެ އުނަގަނޑާ ހިސާބަށް ތިރިވެލާފައި ބަނޑުގައި އަތްޖައްސާލަމުން ބުނެލިއެވެ. އެ ޢަމަލުން ޒޯޔާއަށް ހީލެވުނެވެ. އައިވިންވެސް ހިނިތުންވެ ހުރެ ތެދުވެ ޒޯޔާއަށް ހަނާ އަޅާލަމުން ކޮޓަރިއަށް ދާން ހިނގައިގަތެވެ.
*****

އާދައިގެ މަތިން ދުވަސްތައް ފާއިތުވަމުން  ދިޔައެވެ. އައިވިން އޭނާއަށް ލިބޭ ހުރިހާ ހުސްވަޤުތެއްހެން ހޭދަކުރަމުން ދިޔައީ ޒޯޔާ އާ އެކުއެވެ. ޒޯޔާ ކަމެއް ބޭނުންވެދާނެތޯ އައިވިން ހުންނަނީ ބަލަ ބަލައެވެ. ޒޯޔާގެ ދެ އެކުވެރިން ކަމަށްވާ ޝަބާ އާއި ނަޔާއަށް އައިވިންގެ “ޕްރޮޕޯޒަލް” ކިޔައިދިނުމުން ދެ އެކުވެރިންވެސް ޒޯޔާއަށް ޓަކައި ތިބީ ނުހަނު އުފަލުންނެވެ. އެތަކެއް ދުވަހަކަށްފަހު ޒޯޔާގެ ދިރިއުޅުން އުފާވެރިވާނެ ކަމުގައި އެ ދެ އެކުވެރިން ޔަޤީންކުރިއެވެ.
******

ޒޯޔާއަށް ކުއްލިއަކަށް ތެދުވެވުނެވެ.  އެވަޤުތު ބުރަކައްޓާ ދިމާއިން ބަނޑަށާއި އެކު ތަދެއް އަރައިގެން ދިޔައެވެ. ތަދު ހިނދުމަށްފަހު ސިކުންތުކޮޅެއްނުވެ އިތުރަށް ވޭން އިޙްސާސް ކުރެވިގެން ދިޔައެވެ. ދެތުންފަތް ދޭތެރެއިން މަންމާއޭ ކިޔާ ޒޯޔާއަށް ގޮވާލެވުނީ އިޚްތިޔާރަކާ ނުލައެވެ. ހަށިގަނޑުގެ ނާރުތައް އެއްފަހަރާ ބުރިވަނީހެން ހީވިއެވެ. ލިބެމުން ދިޔަ ވޭން ކުޑަ ކުރުމަށްޓަކައި އެނދުގައި ޒޯޔާއަށް ކުރުގެޅިލެވުނެވެ. ފުން ނޭވާތަކެއް ލެވެމުން ދިޔައިރު ހިތްވަރު ކޮށްފައި ބޯ ހިއްލައިލީ ފޯނު އަތުޖެހޭތޯއެވެ. ކައިރީގައި އޮތް ފޯނު އަތުގައި ޖެހުމާއެކު ތުރު ތުރު އަޅަމުން ދިޔަ އަތުން ފޯނު ހުޅުވާލިއެވެ. ޑަޔަލްޕެޑް ހުޅުވާލުމަށްފަހު ނަންބަރު އެކަކަށް އޮބާލިތާ ގިނަ އިރެއް ނުވެ އައިވިންގެ ނަންބަރަށް ގުޅިގެން ދިޔައެވެ.

ފޯނުގެ ރިންގް އަޑާއެކު އައިވިން އަށް ފުންމައިގެން ތެދުވެވުނެވެ. ދެލޯ ހުޅުވަން މަސައްކަތް ކުރަމުން ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ޒޯޔާގެ ނަންބަރު އަރާފައިވުމުން އައިވިން ނިދިވެސް ވަޤުތުން ފިލައިގެން ދިޔައެވެ. އަވަހަށް ފޯނު ނަގަމުން އައިވިން އަށް ހަލޯ އޭ ބުނެވުނެވެ. އޭރުވެސް އޭނާ ހުރީ އެނދުން ފައިބައެވެ.

ފޯނުގެ އަނެއް ފަރާތުން ކުކުރާލި އަޑު އިވުންހެން ހީވެ އައިވިންގެ ހިތުގެ ހިނގުން އަވަސްވިއެވެ. ހާސްކަމާއެކު ދެފަޔަށް ލެވުނުހާ ބާރެއް ލަމުން އައިވިން އަށް ދުއްވައިގަނެވުނީ ޒޯޔާގެ ކޮޓަރިއާ ދިމާއަށެވެ.

ދުވެފައި އައި ގޮތަށް އައިސް އަައިވިން ޒޯޔާގެ ކޮޓަރީގެ ދޮރުގަައި ހިފާލިއެވެ. ތަޅު ނުލާ ހުރުމާއެކު ފަސޭހަ ކަމާއެކު ދޮރު އެތެރެއަށް ހުޅުވިގެން ދިޔައެވެ. އެނދުގައި ކުުރުގެޅިގެން އޮތް ޒޯޔާގެ އަނގައިން ނިކުން ވޭނީ އާހުގެ އަޑު އިވުމާއެކު އައިވިންގެ ހިތް ހުއްޓުނު ފަދައެވެ.

“ޒޯ..” އައިވިން ހާސްކަމާއެކު ޒޯޔާ ނަގަމުން އޭނާގެ ގައިގާ ލައްގެންނުވިއެވެ. އޭސީގެ ފިނިކަމުގައިވެސް ދަލުން ފޯވެފައިވާ ޒޯޔާގެ މޫނު އައިވިން އަށް ފެނިގެން ދިޔައެވެ. ހާސްކަމާއެކު އައިވިން ނަޖުމާއަށް ގުޅާލިއެވެ. ނަސީބަކުން ދެތިން ރިންގާއެކު ފޯނު ނެގި ނަޖުމާ ނުހަނު އަވަހަށް އައިސްފިއެވެ.
*****

ވިހާ ކޮޓަރި ހުޅުވާލުމާއެކު ޒޯޔާ އެކޮޓަރީގެ ތެރެއަށް ވެއްދުމަށް ނަރުހުން އަވަސް ވެޤަތެވެ. ޒޯޔާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އައިވިންގެ އަތް ދޫކޮށްލަން މަޖުބޫރުވީ ދެނެވެ. ހިތް ނުތަނަވަސްވެ ހުރެ އައިވިން އަށް ޒޯޔާއާ ދިމާއަށް ބަލާލެވުނެވެ. ކައިރީގައި ހުއްޓުނު ނަޖުމާ އައިވިން ގެ ކޮނޑުގައި އަތް އަޅުވާލަމުން ހިތްވަރު ލައިދިނެވެ. އައިވިން ބޯ ޖަހާލަމުން އިންތިޒާރުގެ ވަޤުތުތައް ގުނަން ފެށިއެވެ. މޫނުގައި ވީ ދަލުގެ އަސަރުވެސް އައިވިން އަށް އިޙްސާސް ކޮށްލެވުނީ މޫނުގައި އަތް އުނގުޅާލެވުނު ވަޤުތުއެވެ. ކަންތައް ކުރަން ޖެހޭނެ ގޮތް ކުރިން ދެނެގަނެ ދިރާސާ ކޮށްފައިވީނަމަވެސް ވަޤުތު އައިސް ޖެހުމުން އައިވިން އަށް ހާސްކަން ލިބުނީއެވެ. ޒޯޔާގެ މޫނުމަތިން ފެނިގެންދިޔަ ވޭނުގެ އަސަރުން އޭނާގެ ހަމަބުއްދިފިލައިގެން ދިޔަފަދަ އިޙްސާސެއް ކުރެވުނެވެ.

ވިހާ ކޮޓަރީގެ ކުރިމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައިވިންގެ ހަނދާނަށް ކުއްލިއަކަށް އައީ ޝަބާ އާއި ނަޔާއެވެ. ޒޯޔާގެ އެންމެ ގާތް ދެ އެކުވެރިންނަށް އެޚަބަރު އެނގިފައި އޮތުން މުހިންމު ވާނެތީއެވެ. ދަންވަރުގެ ވަޤުތު ކަަމުން ނިދިން މަޙުރޫމް ކުރަން ބޭނުންނުވުމުން އައިވިން އެދެމީހުންނަށް ކޮށްލީ މެސެޖެކެވެ.

ފަތިސް ވެގެން އައި އިރުވެސް ޒޯޔާ ނުވިހައެވެ. އެކަމުގެ ސަބަބުން ހާސްކަން ލިބިފައި ހުރި އައިވިން އަށް ފޯނު ކޯލެއް އައީ ދެނެވެ. ޝަބާ ސުވާލު ކުރީ ޒޯޔާ ގެނައި ހޮސްޕިޓަލާ މެދުއެވެ. އައިވިން ކިޔައިދިނުމުން ލަސްނުވެ ޝަބާ އަންނަނީ ކަމުގައި ބުނެ އޭނާ ފޯނު ކަނޑާލިއެވެ.

******

ޝަބާ އައިސް އައިވިން ކަައިރީ މަޑުކޮށްލިއެވެ. އޭނާގެ މޫނުމަތިންވެސް އެކުވެރިޔާ އާ މެދު ކަންބޮޑު ވެފައިވާކަން ހާމާވެއެވެ. ޝަބާ އައިސް މަޑުކޮށްލިތާ  އިރުކޮޅެއްނުވެ ތުއްތު ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އެންމެންގެ ކަންފަތަށް އިވިގެން ދިޔައެވެ. ވަޤުތުން އައިވިން އަށް ވިހާ ކޮޓަރީގެ ދޮރާ ދިމާއަށް ބަލައިލެވުނެވެ. ކެތްތެރިކަން ކުޑަވެގެން ދިޔަ ހިނދު އެ ދޮރު ހުޅުވޭނޭ ވަޤުތަކަށް ބެލެމުން ދިޔައެވެ.

އިރުކޮޅަކަށްފަހު ނަރުސްކުއްޖެއް އައިސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަނުމަށް ހުއްދަ ލިބުމާއެކު އައިވިން އަށް ކުރިއަށް ޖެހިލެވުނެވެ. ކޮޓަރީގެ ތެރެއަށް ވަދެވުމާއެކު ދަރިފުޅު ގަޔާ ކައިރި ކޮށްލައިގެން އޮތް ޒޯޔާ އޭނާގެ ދެލޮލުގައި އަޅައިގަތެވެ. އައިވިން ކައިރިިއަށް ހުއްޓުމާއެކު ޒޯޔާ އައިވިން އަށް ހިނިތުންވުމެއް ރައްދުކުރިއެވެ. މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔަނަމަވެސް އެހިނިތުންވުމުގައިވަނީ ހިތްހަމަ ޖެހުމެވެ. ނުވަމަސް ދުވަހު އޭނާގެ ހަށިގަނޑުގައި ރައްކާކޮށްގެން އެ ދަރިފުޅަށްޓަކައި އެތަކެއް ހިތާމައަކާއި ވޭނަކަށް ކެތްކުރި ކުޑަ ކުޑަ ފުރާނަ ފެނުމުން ލިބުނު ހިތްހަމަޖެހުމެވެ.

އައިވިން އަށް ޒޯޔާގެ އަތުގައި ހިފާލަމުން  ކައިރީގައި އޮތް އެކުޑަ ކުޑަ މޫނަށް ބަލައިލެވުނެވެ. ރަތްވެފައިވާ ކުޑަ ކުޑަ މަޢުސޫމު މޫނުކޮޅެކެވެ. އައިވިންގެ ދެލޯ ފެންކަޅިވީ އިޚްތިޔާރަކާ ނުލައެވެ. އެއީ އޭނާގެ ލޭ ހިނގާ އަމިއްލަ ހައްޤެއް ނޫން ނަމަވެސް އެ ތުއްތު ފުރާނައަށްޓަކައި އޭނާގެ ހިތް ކުލުނުން ފުރި އުތުރި އަރަމުން ދިޔައެވެ.

“ޒޯ.. ” ޝަބާ އައިސް ޒޯޔާގެ މަގަތުން ހުއްޓިލިއެވެ. އެހިނދު ޒޯޔާ ޝަބާއަަށްވެސް ހިނިތުންވުމެއް ރައްދުކުރިއެވެ.

“ސޯ ކިއުޓް..” ޒޯޔާގެ ދަރިފުޅުގެ ކޮލުގައ ފިރުމާލަމުން ޝަބާ ބުނެލިއެވެ. އެވަޤުތު ނަޖުމާވެސް އައިސް އެތަނަށް ވަނެވެ. ޑޮކްޓަރު އައިސް ޒޯޔާ އާއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނުމުން އެންމެންގެ ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ނަޖުމާ ޒޯޔާގެ ދަރިފުޅު އުރާލުމަށްފަހު އައިވިންގެ އަތަށް ލައިދެން އުޅުނެވެ. ކުޑަ ކުދިން އުރުމަކީ އައިވިން ކޮށް އުޅުނު ކަމަކަށް ނުވުމުން އޭނާ ހުރީ ބިރުގަނެފައެވެ. ނަމަވެސް ނުހަނު ބަލައިގެން އައިވިން ދަރިފުޅު އުރާލިއެވެ.  އަތަށް ލުމާއެކު މޯޅިއަކަށް ދެމިލަމުން ދެލޯ ހުޅުވާފައި ބަލަައިލި ގޮތުން އައިވިން އަށް ހިނިތުންވެލެވުނެވެ.

ޝަބާ ނަޔާ އާ ވީޑިއޯ ކޯލް ހެދިއެވެ. ނަޔާގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ޒޯޔާ އާ އެތައް އިރަކު ވާހަކަ ދައްކަން އިނެވެ. ޒޯޔާގެ ދަރިފުޅު އުރާލަން ވަރަށް ބޭނުންވާ ކަމުގައި ބުނެ ރަށަށް ކުޑަ ދުވަސްކޮޅަކަށް އައުމަށް އެދި ނަޔާ ކުސްތަޅާލިއެވެ. އެންމެ ފަހުން ނަޔާ ފޯނު ބޭއްވީ ޑިއުޓީ ގަޑި ޖެހުމުންނެވެ. އެވަޤުތު އައިވިންގެ އަތުގައި އޮވެފައި ބަނޑުހައިވެގެން ތުއްތު ދަރިފުޅު ރޯން ފެށިއެވެ. ނަޖުމާ ގެނެސް ދަރިފުޅު ޒޯޔާގެ އަތަށް ލައިދިނެވެ. އެވަޤުތު އައިވިން ތެދުވެލަމުން ބޭރަށް ހިނގައިގަތީ ގާތުން ދޭވަޤުތު އައިވިން ހުރެއްޖެނަމަ ޒޯޔާ ލަދުގަންނާނެކަން އެނގޭތީއެވެ.
****

ވަޤުތުތައް ފާއިތުވަމުން ދިޔައެވެ. ޝަބާ ގެއަށް ވަދެލާފައި އަންނާނަން ކަމުގަައި ބުނެ ދިޔައީއެވެ. ނަޖުމާވެސް ވަނީ ޒޯޔާއަށް ކާއެއްޗެއް ތައްޔާރު ކުރުމަށް ގެޔަށް ގޮހެވެ. ޒޯޔާގެ ކައިރީ އިނީ އައިވިން އެކަންޏެވެ. ދެމައިންނަށް ނިދިފައިވާ އިރު އައިވިން  ޒޯޔާ ބާއްވާފައި އޮތް އެނދު ކައިރީ ގޮނޑި ދަމާލައިގެން އިށީނެވެ. މަޑު މަޑުން ޒޯޔާގެ ނިތްކުރީގައި އައިވިންގެ ތުންފަތް ޖައްސާލިއެވެ. އަދި ހަށިގަނޑު ސީދާކޮށްލަމުން އައިވިން ޒޯޔާގެ އިސްތަށިގަނޑުގައި ލޯތްބާއެކު ފިރުމާލިއެވެ. އެވަޤުތު ދެބަ ދޭތެރެއިން ޒޯޔާ ދެލޯ ހުޅުވާލިއެވެ. ފެންނަން ހުރި އައިވިންގެ މޫނަށް ބަލައިލަމުން ހިނިތުންވެލަމުން އަނެއްކާވެސް ޒޯޔާ އޭނާގެ ދެލޯ މަރާލިއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިތި ނިމުން ( ފަހު ބައި )

Next

އެކުއްޖާ 2 – 6

Next
December 16, 2020

އެކުއްޖާ 2 – 6

Previews
December 15, 2020

ހިތި ނިމުން ( ފަހު ބައި )

4 Comments!

  1. shark_shaya says:
    December 16, 2020 at 3:30 am

    This is my first time commenting your story
    This is the best story I have read in esfiya
    This story is very nice
    And I am happy for Zoya
    When would the next part will be ?
    Can’t wait to read the next part

  2. shark_shaya says:
    December 16, 2020 at 3:31 am

    And I am first

  3. shark_shaya says:
    December 16, 2020 at 3:32 am

    And I am first ?

  4. ?Ril? says:
    December 16, 2020 at 8:14 am

    Heyy siss????❤️❤️
    Vrh vrh vrh vrh vxxx sali mi part ❤️❤️❤️❤️
    Hama best ❤️❤️❤️❤️❤️
    Wow Zoya Vihee dhw aleyy so cute ???❤️❤️❤️❤️❤️❤️❤️❤️?????
    Btw girl kuhje tha boy kuhje tha Zoya Vihee
    Stry gaa mention kohfaa netheemaa ahaale ingeyy sisoo❤️❤️❤️❤️??????
    Dhn mi wait kurany zoya and aivin guleyne irakah nope I mean their marriage ah hehhe❤️❤️❤️❤️❤️❤️❤️?????
    Waiting for that ???❤️❤️❤️❤️❤️
    Adhi Zafar ah Zoya vihikan ingihjehyaa kihaavareh hunaanebaa hhahah??????????
    Waiting for the next part ❤️❤️❤️???
    Love uuu sis❤️❤️❤️
    Stay safe and take gud care ❤️❤️❤️

Comments are closed.


All Right Reserved!