Skip to content
އެސްފިޔަ

ނޭދެމޭ ވަކިވުމެއް-31

ކޮޓަރި ތެރެއަށް ވަދެގެން އައި ޒޯޔާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. އެތެރެއިން ދޮރުލައްޕާލުމަށްފަހު ކަނޑާ ވައްޓާލި ރުކެއްހެން އެނދުމައްޗަށް ޒޯޔާ ވެއްޓިގަތެވެ. އެހިނދު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ހަރުލައިގެން ދިޔައީ ޒޯޔާގެ ރުއިމުގެ އަޑެވެ. ބަންޑުން އޮވެ ގިސްލަމުން ދިޔަ ޒޯޔާ އެނދުގައި އަޅާފައި އޮތް މެޑުޝީޓުގައި ހިފަހައްޓާ އަތުގެ ތެރެއަށް ބޮނޑި ކޮށްލިއެވެ. އިރުއޮއްސުނު ވަޤުތުން ފަށައިގެން ވެދިޔަ ހުރިހާ ކަމެއް އެސިކުނޑީގައި އެނބުރެމުން ދިޔައިރު ބޯ ފަޅާ ސިކުނޑި ނިކުންނަން އުޅޭހެން ޒޯޔާއަށް އިޙްސާސް ކުރެވުނެވެ.
******

ހޮސްޕިޓަލުން ގުޅުމާއެކު ނެތް ހިތްވަރު ނެރިގެން ސޯބިރާ އަތުލަފިކޮށްގެންހެން ޒޯޔާ މިސްރާބު ޖެހީ ހޮސްޕިޓަލާ ދިމާއަށެވެ. ހޮސްޕިޓަލުގެ ކުރިމަތީގައިވެސް ފުދޭވަރަކަށް މީހުން ޖަމާވެފައިވާއިރު ޕޮލިހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. މިހުރިހާ މަންޒަރެއް ފެނުނު ޒޯޔާގެ ހިތް އިތުރަށް ނުތަނަވަސް ވާން ފެށިއެވެ.

ހޮސްޕިޓަލުގެ ކައިރީ ހަރަކާތްތެރިވި ޕޮލިހަކަށް ޒޯޔާމެންގެ ދެމައިން ފެނުމާއެކު އެމީހުން ކައިރި ހުއްޓި ކޮންބައެއްކަން އޮޅުންފިލުވިއެވެ. ދެތުންފަތް ތުރު ތުރު ލަމުން ދިޔަ ޒޯޔާއަށް ވާހަކަ ދެއްކުނީވެސް އުނދަގުލުންނެވެ. އެހެނަސް މަންމަގެ ކުރިމަތީ އޭނާ ހިތްވަރު ކުރެވޭތޯ ބެލިއެވެ. އޭނާ ބަލިކަށި ވެއްޖެނަމަ މަންމައަށް ވާނެގޮތް ޒޯޔާއަށް އަންދާޒާކޮށްލެވެއެވެ.

ޒޯޔާ އެދެމީހުންނަކީ ކާކުކަން ބުނުމާއެކު ފުލުސް މީހާ އެދުނީ އޭނާގެ ފަހަތުން އައުމަށެވެ. ލަސްފިޔަވަޅު ތަކެއްގައި އޭނާގެ ފަހަތުން ޒޯޔާ މަންމަ ގޮވައިގެން ހިނގައިގަތެވެ.

ހޮސްޕިޓަލު ތެރޭން ހިނގަމުން އައިސް ފުލުސްމީހާ ހުއްްޓުނީ މޯގް އޭރިއާ ކުރިމަތީގައެވެ. އެތާނގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ދިޔަ އިރު ޑޮކްޓަރުންނާއި ނަރުހުންވެސް ތިއްބެވެ. ފުލުސްމީހާ ޑޮކްޓަރު ކައިރީ ވާހަކަތަކެއް ދެއްކުމާއެކު އޭނާ ބަލައިލީ ޒޯޔާއާ ސޯބިރާއަށެވެ.

އެތަނުގެ ތެރެއަށް ވަންނަން ފުލުސްމީހާ އިޝާރާތްކޮށްލިއެވެ. ޒޯޔާއަށް ލަސް ލަހުން ހިންދިރުވާލެވުނެވެ. ހިތް ތެޅެން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އަދިވެސް ހިތް އެދެމުން ދިޔައީ މިހުރިހާ ކަންތައްގަނޑެއް ބިލާހަކަށް ވުމަށެވެ. ބައްޕަގެ ފުރާނަ ނެތް މަސްގަނޑާ ބައްދަލު ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

ފަރާތަކަށް ކެހިނުލާ ހުއްޓި ހުރި ޒޯޔާ ސިހުނީ ސޯބިރާ އޭނާގެ އަތުގައި ހިފާ ކުރިޔަށް ދަމާލުމުންނެވެ. ކޮންމެ ހާލެއްގައި ފިރިމީހާ ވިޔަސް އޭނާގެ މޫނު ފަހު ފަހަރަށް ދެކިލަން ސޯބިރާ ބޭނުންވެއެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ވީހާވެސް އަވަހަށް ޖަނާޒާގެ ކަންކަން ނިންމާލަން.. ހަށިގަނޑުގެ ބޮޑު އިންސައްތައެއް ފިހިފައިވުމުން މޫނު ބެލުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެ..” ޑޮކްޓަރު ބުނުމުންވެސް ސޯބިރާ ކުރެއް ނުކުރިއެވެ. އެހެންކަމުން ޑޮކްޓަރު ކުރިޔަށް ޖެހިލާ ގައިގާ އަޅާފައިވާ ހުދު ފޮތިގަނޑު ހިއްލާލަމުން މޫނު ދައްކާލިއެވެ. ސޯބިރާއަށް ހަޅޭއްލަވައިގަނެވުނު ހިނދު ޒޯޔާއަށް މޫނު އަނބުރާލެވުނީ އަނެއްފަރާތަށެވެ. ހީވީ މުޅި ޒޯޔާގެ މުޅި ހަށިގަނޑުން ވާގިދޫ ވެގެން ދިޔަހެންނެވެ. މުޅި މީހާ ތުރުތުރުލާން ފެށި އިރު ލޮލު ކުރިމަތިން އޭނާގެ ބައްޕަގެ ސިފަގެއްލި ކަޅުވެފައިވާ މޫނު ފެންނަމުންދާފަދައެވެ. ހިތަށް ކުރި އަސަރާއެކު ލޮލުން ކަރުނަތައް ނީރާލި އިރު ސޯބިރާގެ ހާލަށްވެސް ޒޯޔާއަށް ފަރުވާލެއް ނުދެވުނެވެ.
*******

ކަށުކަމާ ކެމީގެ ކަންކަން އަވަސް ގޮތަކަށް ނިމިގެން ދިޔައިރު ޒޯޔާ މަންމަގެ ގައިގާ ހިފަހައްޓާލައިގެން ހުއްޓެވެ. ކަރުނަ ހިކިފައިވީނަމަވެސް އެދެލޯ ފާރުގަނޑެއް ފަދައެވެ. އެތެރެއިން އަދިވެސް އެހިތް އަޑުލައިފާ ރޮމުން ގެންދިޔައެވެ. ގެޔަށް ދެވުމާއެކު ޒޯޔާ މަޑު މަޑުން އައިސް ވަނީ ކޮޓަރިއަށެވެ. ގެ ކައިރި ދެތިން އަވަށްޓެރިއަކު މަންމަ މަސަލަސް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޒޯޔާ އޭނާގެ ކަރުނުން ފުރި ބަރާވަމުން ދިޔަ ދެލޯ އޭނާގެ މަންމަގެ ބަލިފަޔަށް ވުމަކަށް ނޭދެއެވެ. ކެތްތެެރިކަން ކޮޅުން ލައިގެން ދިޔުމާއެކު ޒޯޔާއަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. ރަށުގައި އެވަޤުތު އޭނާގެ އާއިލާއަށް މަދަދުވެރިވާނެ އެކަކުވެސް ނެތުމުން ވަކިން ހިތުގައި ޖެހޭ ގޮތްވިއެވެ. އެންމެ ގާތް އެކުވެރި ޝަބާއާއި ނަޔާވެސް މާލެއަށް ކިޔަވަން ގޮސް އަދި ރަށަށް ނާދެއެވެ.

*******

ކުއްލިއަކަށް ޒޯޔާއަށް ސިހިފައި ތެދުވެވުނީ ގޭތެރެއިން ބާރު އަޑުފަށްގަނޑެއް އިވުމާއެކުއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައްވެސް ކުއްލިއަކަށް ހުއްޓިއްޖެއެވެ. އަވަސް ހަރަކާތާއެކު އެނދުން ފައިބައިގެން އައިސް ޒޯޔާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ސިޓިންގްރޫމަށް އެޅި ފިޔަވަޅާއެކު ޒޯޔާ ހުއްޓުން އަރާގޮތްވިއެވެ. ހީވަނީ މުޅިތަނަށް ބިންހެލުމެއް އައިސްފައިވާހެންނެވެ. ހިފާ ގެންގުޅޭ އެކި ސާމާނުތައްވަނީ އެކި ތަންތަނަށް އުކާލެވިފައެވެ. އެމަންޒަރު ތަކަށް ގެއްލިފައި ހުރި ޒޯޔާއަށް ރުޅި އައިސް ރަތްވެފައި ހުރި ޒަފަރް ފެނުނީ އިރުކޮޅެއް ފަހުންނެވެ.

ހުއްޓުން އަރާފައި ހުރި ޒޯޔާ ފެނުމާއެކު ވައިސޫރިއެއްހެން ޒަފަރް އައީ ޒޯޔާއާ ދިމާއަށެވެ. ބުޅި ވެފައިވާ ދެއަތް ޒޯޔާއާ ދިމާއަށް ދިއްކޮށްގެން އައި އިރު އެދެލޮލޮގެ ގޮބޮޅިގަނޑުވެސް ހީވަނީ ނިކުމެ ދާނެހެންނެވެ. އައި ގޮތަށް އައިސް ޒޯޔާގެ ކަރުގައި ހިފަން ދިމާކުރި އިރު ހޭބުއްދިފިލާފައިވާ މީހަކާ ތަފާތެއްނެތެވެ.

ޒަފަރް އައި ގޮތަށް އައިސް ޒޯޔާގެ ކަރުގައި ހިފާލިލެއް ބާރުކަމުން ޒޯޔާގެ ދެލޯ ބޮޑުވިއެވެ. ކަރުން ދިލަ ނައިގެން އިރު ނޭވާނުލެވިގެން ތެޅި ފޮޅެން ފެށިއެވެ. މަގޭ ދަރިއޭ ގޮވައިގަންނަމުން ސޯބިރާ ދުވެފައި އައިސް ޒަފަރްގެ އަތުން ޒޯޔާ މިންޖު ކުރެވޭތޯ ބެލިއެވެ. އެވަޤުތު އައި ނައިތަނެއް ނޭނގި ދެތިން ފިރިހެނުންވެގެން ޒަފަރް ގަދަކަމުން ޒޯޔާއާ ދުރައްލިއެވެ.

ޒަފަރްގެ ކިބައިން މިނިވަން ވުމާއެކު ޒޯޔާއަށް ތަޅަންގަނޑުގައި އިށީނދެވުނެވެ. ހިކި ކެއްސުމަކާއެކު އުނދަގޫ ގޮތަކަށް ޒޯޔާ ނޭވާލަމުން ދިޔައެވެ. ރޮމުން ދިޔަ ސޯބިރާ ޒޯޔާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ނޭވާ ލުމަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

“ހަނދާން ކުރާތި.. ކަލޭމެން ދެމީހުންގެ ދިރިއުޅުން ހަލާކު ކޮށްލާނަން.. ކަލޭގެ ބައްޕަގެ ސަބަބުން އަހަރެންގެ މަންމައާއި ބައްޕަ އެވަކިވެ ދިޔައީ..ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އަހަންނަށް ތިދިން ގެއްލުމުގެ ބަދަލު ހިފާނަން..” ޒަފަރް ގަދަ ހަދަމުން އަޑުގެ ކޮޅަށް ގޮވަމުން ދިޔައެވެ. ތިން ފިރިހެނުން އެކީވެސް ޒަފަރް ހިފަހައްޓާލެވެނީ ކިރިޔަ ކިރިޔާއެވެ. ހިންދިރުވާލެވުނު ވަޤުތު ވީ ތަދާއެކު ޒޯޔާއަށް ޒަފަރް އަށް ނަޒަރު ހިންގާލެވުނެވެ. އެބެލުމުގައިވަނީ ޝަކުވާއެވެ. ގެއްލުން ލިބުނީ ޒަފަރް އަށް އެކަންޏެއް ނޫނެވެ. ވަކި ވެގެން އެދިޔައީ އޭނާގެވެސް ހަށިގަނޑުގެ އެއްބައެވެ.

ގަދަކަމުން ޒަފަރް އެގެއިން ނެރެވުނެވެ. އެހެނަސް ޒަފަރްގެ ވާހަކަތަކުން ޒޯޔާގެ ހިތަށް އިތުރު ނުތަނަވަސް ކަމެއް ލިބިގެން ދިޔައެވެ. ޒަފަރްގެ ބާރާ ނުފޫޒާއެކު އެދެމައިންގެ ދިރިއުޅުން ނަރަކައަކަށް ހަދާލުމަކީވެސް މާއުނދަގޫ ކަމަަށް ނުވާއެވެ. އިތުރު މީހެއްގެ އެހީއެއްނެތި އޭނާގެ މަންމަ ރައްކާތެރިކޮށް ބަލަހައްޓާނެ ގޮތަކާމެދު ޒޯޔާއަށް ވިސްނަން މަޖުބޫރުވިއެވެ.

*******

ޖެހިގެން އައި ދުވަސްތައް ޒޯޔާއަށް ވެގެން ދިޔައީ ބޮޑު ތޫފާނަކަށެވެ. ލޯންޗުގެ ވެރިފަރާތުން އަނދާ އަޅިއަށް ވެގެން ދިޔަ ލޯންޗުގެ ބަދަލު ދިނުމަށް އެދުނެެވެ. ޕޮލިހުން މައްސަލަ ބަލައި ނިމުން އިރު އަލިފާން ރޯވީ އިންޖީނުގައި ރޯވެ ގޮވައިގެން ކަމަށް ނިންމުނެވެ. އެންމެންވެސް ކުށްވެރި ކުރީ ލޯންޗުގެ ކައްޕިއެވެ. ޒޯޔާގެ ބައްޕަގެ ފަރުވާ ކުޑަ ކަމުން ވީކަމެއް ކަމުގައި އެންމެން ދެކުނެވެ. އެހާ ބޮޑު ޚަރަދެއް ދައްކާނެ ފައިސާއެއް ޒޯޔާގެ އަތުގައެއް ނެތެވެ. އަނެއްކޮޅުން ގެ ރަނގަޅު ފެންވަރަކަށް ހެދުމަށްޓަކައި އޭނާގެ ބައްޕަ ވަނީ ބޮޑު ލޯނެއްނަގާފައެވެ. ޒޯޔާއަށް އިތުރު ހާސްކަމެއް ލިބިގެންދިޔައީ އެ ލޯނު އޭނާގެ ބައްޕަ ނަގާފައިވަނީ ޒަފަރްގެ އަތުން ކަމަށް ވުމުންނެވެ.

ރަނގަޅު ވިސްނުމެއް ނައިސް އުޅެނިކޮށް ޒޯޔާއަށް ލިބިގެން ދިޔައީ އޭނާގެ ހުރިހާ އުންމީދެއް ފުނޑު ފުނޑުވެެގެން ދިޔަ ޚަބަރެކެވެ. ޒަފަރް ޒޯޔާ ވަޒީފާއިން ވަކި ކުރީއެވެ.  ޒޯޔާ ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައެވެ.

ޒޯޔާގެ ބައްޕަގެ އެކައުންޓުގައި ހުރި ގިނަ ފައިސާއެއްހެން ޚަރަދު ކުރެވުނީ ލޯންޗުގެ ވެރިފަރާތައް ބަދަލު ދިނުމަށެވެ.

ޒަފަރްގެ ފިއްތުންތައް އިތުރުވިއިރު ލޯނު ނުދައްކައިފިނަމަ ރަހުނުގެ ގޮތުގައި ނަގާފައިވާ ޒޯޔާމެން ދިރިއުޅޭގެ އެމީހުން އަތުން އަތުލާނެ ކަމުގައި ޒަފަރް އިންޒާރުދިނެވެ. އެގެ ފިޔަވާ އެދެމައިން ބޯހިޔާވާނެ އިތުރު ހިޔާވައްސެއް ރަށަކު ނެތެވެ. މަންމަ މަގުމަތިވެ ބިކަވެގެން ދާތަން ބަލާކަށް ޒޯޔާއަކަށް ކެތެއް ނުކުރެވޭނެއެވެ.

އެންމެ ފަހުން ޒޯޔާ ނިންމީ ޒަފަރް އާ ބައްދަލު ކުރާށެވެ. ކިތަންމެ ހިތްނޭދުނަސް މިއަދު އޭނާއަކަށް އިތުރު ގޮތެއް ނެތެވެ.
******

ޒޯޔާ ޒަފަރް އާ ބައްދަލު ކުރުމާއެކު އޭނާގެ އާދޭސްތަކަށް ޒަފަރް ދިނީ ބީރުކަންފަތެކެވެ. ލޯނު ދެއްކުން ފަސްކުރެވޭނެ ގޮތެއް ހަދައިފިނުމަށް އެދި ޒޯޔާ އާދޭސްކުރިވެ. އޭނާގެ މަންމަ ގޮވައިގެން ވަންނާނެ އިތުރު ތަނެއް ނެތްކަމުގައި ޒޯޔާ ހާމަކުރިއެވެ.

ޒޯޔާގެ ގޮތް ހުސްވެފައިވާ ހާލު ފެނުމުން ޒަފަރް އަށް ލިބިގެން ދިޔައީ ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެކެވެ.

“އަހަރެން ކުރާ ޝަރުތަކާ އެއްބަސްވެއްޖެނަމަ ޒޯޔާ ބޭނުންގޮތް ހަދައިދޭނަން..” ޒަފަރް ބޮޑާވެލާފައި ބުނެލިއެވެ.

އިސްޖެހި ރޮވިފައި އިން ޒޯޔާއަށް ވަޤުތުން ޒަފަރް އަށް ބަލައިލެވުނެވެ. އުންމީދުގެ ހުޅުކޮޅަކާއެކު އެއީ ކޮންމެ ޝަރުތެއް ނަމަވެސް އެކަމެއް ޤަބޫލު ކުރަން ޒޯޔާ ނިންމިއެވެ.

” ޒޯޔާ އަހަންނާ ކައިވެނި ކުރަންވީ..” ޒަފަރްގެ ޝަރުތު އަޑު އިވުމާއެކު ޒޯޔާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ހީވީ ޒަފަރް ނުބައި ސަމާސާއެއް ކުރަމުން ދާހެންނެވެ. ނޫނެކޭ ބުނެ ހަޅޭއްލަވައިގަންނަން ޒޯޔާ ބޭނުންވި ނަމަވެސް އަޑު ބޭރުވާ ގޮތެއް ނުވިއެވެ.

“މި ކަމާ ޤަބޫލު ނުވެވެންޏާ ހަނދާން ނައްތާލާ.. ތަންމަތި ބޮނޑި ހިފައިގެން ގެއިން ނިކުންނަން ތައްޔާރުވެގެން ތިބޭތި..” ޒަފަރް ގެ ވާހަކަ އާއެކު ޒޯޔާއަށް އަނެއްކާވެސް އިސްޖަހާލެވުނެވެ. މުށްކަވާ ލެވިފައިވާ ދެއަތަށް ބަލަަހައްޓައިގެން އިން ޒޯޔާގެ ހިތް ޝަކުވާއިން ފުރެމުން ދިޔައެވެ. އޭނާއަށް މިނޫންގޮތެއް މިއަދު ނެތީ ހެއްޔެވެ؟

“އަހަރެން..ޒަފަރް އާ އިންނަން.. ތައްޔާރު..” ޒޯޔާ އުނދަގުލާއެކު ހިތްމަތީ ގާގަނޑެއް ބާއްވަމުން ބުނެލިއެވެ. ވަޤުތުން ޒަފަރްގެ ތުންފަތް މައްޗަށް ކާމިޔާބީގެ ހިނިތުންވުން ވެރިވެގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. lodan quin

    Mi part ves varah salhi♥️?? mi zafar ge kanthah ves haadha bodey dhw??.. but varah reethi.. cant wait for next part.. m too excited to read all the parts of this story?…..

    1. Wonder
      lodan quin

      Thank u so much Iodan quin. V ufaavejje mi part ves kamudhiyaeema. Hehe.. im excited to write all the parts of the story too!?❤️

    2. Wonder
      Wonder

      Salaam all the readers.. December ga In sha Allah mi story kuriyah vure gina dhuvasthakuga up kohla dheveythoa wonder v masahkaih kuraanan. In sha Allah hafthaa eku madhuvegen thin dhuvahu up kohla dheynan.. thank u all for the support.. much love!❤️❤️

  2. ?Ril?

    Heii sis
    How’s ya???srry ingeyy cmnt eh nukohleveythee
    And vrh Sali mi part vsss
    Fainally Zoya ge past egemun dhw midhany
    Pis pis kaleyney varehge Zafar gadeh meee huvaa mibuny
    Keekuraany dhw hahahaha
    Waiting for the next part ingeyy sisoo
    Love uu soo much
    Stay safe

    1. Wonder
      ?Ril?

      Helloww Ril. Im good Al’hamdhulillah.. how r u dear.. dhuvaskolheh fahun dhw midhimaaavy. It’s okay dear.. no need to apologise. Bxy vaa dhuvasthah ves annaane.. Really happy that u liked this part too. Lym dear.. u too stay safe?❤️

    2. ?Ril?
      ?Ril?

      Yh sisoooo
      Alhamdhulihlaahi Ril vss Hama fine
      Yesss duvaskoleh fahun dhw
      Yhh busy veemaa aslu cmnt eh nukohlevuny still I keen e part tha hhehehe

  3. Nerr__

    zaraf haadha bad ey. ??
    i would literally punch his face.
    btw.. varah reethi mi part vx.
    keep it up darls ❤️
    been quite long since i posted a comment ?

    1. Wonder
      Nerr__

      Hehe.. same here. I would strangle him to death.? Thank u so much Nerr. V ufaavejje mi part ves kamudhiyaeema..n really happy to c ur comment after a long time.?❤️

Comments are closed.