Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-38

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
December 28, 2020 4 Mins Read
1 Comment

“ނިދީތަ..؟ “ޒައިކް އަށް އިޝާރާތް ކޮށްލަމުން އައިވިން އެހިއެވެ. ޒޯޔާ ބޯ ޖަހާލުމާއެކު އައިވިން ބުނީ ނަޖުމާއްތަ ޒޯޔާ ހޯދާ ވާހަކައެވެ. ޒޯޔާ ހައިރާން ކަމާއެކު ކޮޓަރިން ނިކުމެ ސިޓިންގް ރޫމަށް ހިނގަަައިގަތެވެ.

ޒޯޔާ ފެނުމާއެކު ސޯފާގައި އިން ނަޖުމާ ކޮށްޅަށް ތެދުވިއެވެ. ޒޯޔާގެ ކައިރިއަށް އައިސް ހުއްޓި ހިނިތުންވެހުރެ އޭނާގެ އަތުގައި ހިފަހައްޓާލަމުން ގެނެސް ސޯފާގައި ބޭންދިއެވެ.

“ދައްތައަށް އަދި ޒޯޔާއަށް ދޭންވެފަ އޮތް ކައިވެނީގެ ހަދިޔާ ނުދެވޭތީ މިގޮވާލީ..”ނަޖުމާ ބުނެލިއެވެ.

“ނަޖުމާއްތަ ކީއްކުރަން ހަދިޔާ ހޯދުމުގެ ބުރަ އުފުލީ. މިހާރުވެސް ދައްތަ އަހަންނަށް ކޮށްދީފަ ހުރި ކަންކަން މަދެއް ނުވާނެ..” ޒޯޔާ ނަޖުމާ ދޭ ހަދިޔާގައި ހިފުމަށް ލަދުވެތިވިއެވެ.

“ދައްތަ ތި ދެކުދިންނަށް ކޮށްދޭ ކޮންމެ ކަމެއްވެސް ކޮށްދެނީ އެކަމެއް ކޮށްދޭހިތުން.. ތި ދެކުދިންގެ ފަރާތުން ދައްތައަށް ވާ ފައިދާތައްވެސް ވަކި މަދެއް ނުވާނެ.. އައިވިން ދައްތަ މިގެޔަށް ގެނައި ދުވަހުން ފެށިގެން ދައްތަ ބެލީ އެއީ ދައްތަގެ އަމިއްލަ ދަރިއެއްގެ ގޮތުގަ.. އެހެންވީމަ ޒޯޔާ ވާނީ ދައްތަގެ ޅީ ދަރިފުޅަށް.. މިއީ އަމިއްލަ ދަރިއަކަށްދޭ ހަދިޔާއެއް ކަމުގައި ހީކޮށްލާ ..” ނަޖުމާ ގަހަނާ އަޅާ ފޮށްޓެއް ހުޅުވާލަމުން ނެގީ އޭގައި އޮތް ކެވެލި ކޮޅެކެވެ.

“މިއީ ދައްތަގެ އަލަތު ކައިވެނީގެ ރޭ ދައްތަގެ މައިދައިތަ ދިން ކެވެލިކޮޅެއް… ނަޖުމާ ޒޯޔާގެ އަތުގައި ކެވެލި ކޮޅު އަޅުވާލަދެމުން ބުނެލިއެވެ.

“އެކަމަކު ނަޖުމާއްތާ..  ނަޖުމާއްތައަށް ޙާއްސަ މިކަހަލަ އެއްޗެއް އަހަރެން ކިހިނެއް ޤަބޫލު ކުރާނީ..؟” ޒޯޔާ ހާސްކަމާއެކު ބުނެލިއެވެ.

“ކުރިންވެސް ބުނީމެންނު ތިއީ މި މަންމަގެ ޅީދަރިއޭ.. ކައިވެނީގެ ރޭ މަންމަގެ ފަރާތުންދޭ ހަދިޔާ ޖެހޭނެ ޤަބޫލު ކުރަން… ނަޖުމާގެ ވާހަކަ އާއެކު ޒޯޔާއަށް ހިނިތުންވެލެވުނެވެ. އޭނާގެ މަންމަ ނެތުމުގެ ހުސްކަން ނަޖުމާ ކަނޑުވާލަ ދީފިއެވެ.

“ޝުކުރިއްޔާ މަންމާ.. “ ޒޯޔާއަށް ނަޖުމާގެ ގައިގާ ބައްދާލެވުނެވެ. ނަޖުމާވެސް އޭނާގެ ފެންކަޅިވެފައިވާ ދެލޮލާއެކު ޒޯޔާގެ ބުރަކަށީގައި ފިރުމާލިއެވެ.

ޒޯޔާ އޭނާގެ އަތުގައިވާ ކެވެލި ކޮޅަށް ބަލައިލިއެވެ. ރިހި ކުލައިގެ އެ ކެވެލި ކޮޅުގައި ވިދާ ބިއްލޫރިތަކެއްހެން ސިފަވާ ނޫކުލައިގެ އެތިކޮޅުތަކެއް އެލިފައި ހުއްޓެވެ. ޒޯޔާގެ  ތުންފަތަށް ހިނިތުންވުމެއް ވެރިވީ އެކެވެލި ކޮޅު ކަމުދިޔަ ވަރުުންނެވެ.

ނަޖުމާ ޒޯޔާއަށް ނަސޭހަތްތެރިވިއެވެ. އައިވިން އާއެކު އުފާވެރި ޒަވާޖީ ހަޔާތެއް އެކީގައި ކަޑައްތު ކުރުމަށް އެދުނެވެ. ޖެހޭ މައްސަލަތައް ދެމެދުގައި ވާހަކަ ދެކެވިގެން ހައްލަކުރުމަށް ނަސޭޙަތްތެރިވިއެވެ. ކައިވެންޏަކީ ހަމައެކަނި ދެމީހުންގެ ދެމެދުގައިވާ ލޯބިން ދެމެހެއްޓޭނެ ގުޅުމެއް ނޫންކަން ނަޖުމާ ހަނދާންކޮށްދިނެވެ. އެކަކު އަނެކަކަށް އިތުބާރުކޮށް ދޫދީގެން މެނުވީ ކައިވެންޏެއް ނުދެމެހެއްޓޭނެކަން ނަޖުމާގެ ތަޖުރިބާއިން އަންގައިދިނެވެ.
*******

ޒޯޔާ ކޮޓަރިއަށް އައިސް ދޮރުހުޅުވާލި އިރު އައިވިން އިނީ ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލައިގެންނެވެ. ބަލައިލުމުންވެސް އައިވިން އިނީ އެއްޗެހި ބަދަލުކޮށް ތާޒާވެލައިގެންކަން އެނގުނެވެ. ޒޯޔާ ފެނުމާއެކު އައިވިން ސުވާލުކުރީ ނަޖުމާއްތަ ޒޯޔާ ހޯދި ސަބަބާ މެދުއެވެ. ޒޯޔާގެ ފުޅާ ހިނިތުންވުމާއެކު އަތުގައި އަޅުވާފައި އޮތް ކެވެލިކޮޅި ދައްކާލަމުން ވީގޮތް ކިޔައިދިނެވެ.

“ނަޖުމާއްތަ ފެށުނީއްސުރެވެސް ވަރަށް ހިތްހެޔޮ ވާނެ.. އެހެންވެ އަހަންނަށްވެސް ސިފަވީ އެއީ އަހަރެންގެ ދެވަނަ މަންމަގެ ގޮތިގަ..” ނަޖުމާގެ ޢަމަލުން އައިވިންގެ ހިތަށް ހިތްހަމަޖެހުން ވެރިވިއެވެ. އޭނާ ފާޅު ނުކުރި ކަމުގައިވިޔަސް ފަޒްލާ އޭނާގެ ކައިވެނީގައި ބައިވެރި ނުވުމުން އެހިތަށް އުނދަގޫވެފައި ވިއެވެ. ޚުދު ޒޯޔާވެސް މަންމަގެ ޝަޙްސިއްޔަތެއް އެ ޙަފްލާގައި ހުރުމަށް އެދޭނެކަން އައިވިން އަށް އެނގެޔެވެ. ނަޖުމާގެ ސަބަބުން އެހިތަށް ލިބުނު މޮޅިވެރިކަން ފިލާދިޔައެވެ. ޙާއްސަކޮށް ޒޯޔާގެ ތުންފަތުގައިވީ ހިނިތުންވުން ފެނުމުންނެވެ.

“ޒޯ ދާންވީނު ފްރެޝް ވެލަން.. ތި ހެދުމުގަ ގިނައިރު ހުންނަން ވީމަ އުނދަގޫ ވާނެއެންނު..” އައިިވިން ޒޯޔާގެ ކައވެނީގެ ހެދުމަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. ޒޯޔާވެސް ބޯ ޖަހާލަމުން ހިނގައިގަތީ ފާހާނާއާ ދިމާއަށެވެ.

ކޮޓަރީގެ ފާޚާނާ ފަރުމާ ކުރެވިފައިވަނީ ޗޭންޖިންގް ވާޑްރޮބެއްވެސް ހިމެނޭނެ ހެންނެވެ. އެއްބިތުގައިވާ  ބިއްލޫރި ލޯގަނޑެއްފަދަ ދޮރު ކަހާލުމާއެކު ވާޑްރޮބްގެ ތެރެ ފެނިގެންދާނެއެވެ. ފެންވަރާ ބައި ހުންނަނީ ކާޓެއިން އަކުން ވާޑްރޮބް އާ ވަކި ކުރެވިފައެެވެ.

*******

ޒޯޔާ ހެދުން ބަދަލުކޮށްލުމަށްފަހު ފެންވަރާލިއެވެ. ފެންވަރަމުން ދިޔަ އިރުވެސް ޒޯޔާ އަށް ވިސްނެމުން ދިޔައީ މިރޭ ދެން ކަންތައް ވެގެން ދާނެ ގޮތަކާ މެދުއެވެ. ކައިވެނީގެ ފުރަތަަމަ ރޭ ހޭދަވެގެން ދާނެގޮތް ތަސައްވަރު ކުރެވުނު ނަމަވެސް އެެެރެއިން ލިބޭނެ އުފަލާ ހިތްހަމަޖެހުން ޒޯޔާއަށް އިޙްސާސްކުރެވިފައެއް ނެތެވެ. ހިތްބިރު ގަނެ ހުރެ ބާތު ރޮބްގައި ގޮސް ޒޯޔާ ވާޑްރޮބް ހުޅުވާލިއެވެ. އެވަޤުތު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ އޭގައި އިން ކަޅު ރަތްކުލައިގެ ނައިޓީއެވެ.

“ވާޑް ރޮބްގަ އިންނާނެ ގިފްޓެއް އިނގޭ.. އައި ހޯޕް ޔޫ ވެއަރ ދެޓް..” ކައިވެނީގެ ޙަފްލާއަށް އައިސް ތިބި ރަޙުމަތްތެރިންނާ ސަލާމް ކުރަމުން އައިވިން ޒޯޔާގެ ކަންފަތް ބުޑުގައި ބުނެލި ޖުމްލަތައް ޒޯޔާގެ ހަނދާނަށް އައެވެ. ޕާޓީ ނިމުނުފަހުން ޒޯޔާ ހުރީ އެކަން މަތިން ހަނދާން ނެތިިފައެވެ.

ކޮނޑުގައި އަޅުވާފައި ހުރި ނައިޓީ އަތަށް ނަގަމުން ބިއްލޫރި ލޯގަނޑު ދޮރު ކުރިމަތީ ޒޯޔާ ހުއްޓިލިއެވެ. ވަނާތައް ފާޅުވާނޭހެން ހުރި ނިވާކަން ކުޑަ އެހެދުމަށް ބަލަން ހުރި ޒޯޔާއަށް ތުންފަތް ހަފާލެވުނެވެ. އެހެދުން ލައިގެން އައިވިންގެ ކުރިމައްޗަށް އަރަން އޭނާ ލަދުވެތިވިއެވެ. އެހެނަސް މިހާރު އެއީ އޭނާގެ ފިރިމީހާ ކަމުގައި ޒޯޔާގެ ހިތް ބުނެލިއެވެ. އައިވިން ހިތް އެދޭގޮތަށް ކަން ކޮށްދޭން ޒޯޔާގެ ހިތް ގޮވާލިއެވެ.

ފާޚާނާގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް އައިވިން އަށް އެދިމާ ބަލާލެވުނެވެ. އޭނާ އެހުރީ ޒޯޔާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ޒޯޔާ ފެނުމުން އައިވިން ގަނޑުވިފަދައެވެ. އަބަދުވެސް ކަކުލާ ހަމައަަށް އަންނަ ކުރުތާފަދަ ހެދުންލާ އުޅޭ ޒޯޔާ އެފަދަ ހާމަކަން ބޮޑު ގޮތަކަށް އައިވިން އަށް ފެނުނު މީ ފުރަތަމަ ފަހަރެވެ.

އައިވިންގެ ތޫނު ބެލުން ފެނުނު ޒޯޔާ އިސްޖަހާލިއެވެ. އޭނާގެ ދެކޯތާފަތް ހޫނުވަމުން ދާކަން އަމިއްލައަށްވެސް އިޙްސާސްވަމުން ދިޔައެވެ. އުކުޅު ވަޅަށް ވުރ ދެތިން އިންޗި ތިރިއަށް ހުރި އެހެދުމަށް ޒޯޔާއަށް ދަމާލެވުނީ އެފަދަ ކުރު އެއްޗެއް ލުމަށް އޭނާއަށް އާދަވެފައި ނެތުމުންނެވެ.

އައިވިންގެ ހަށިގަނޑު އޭނާގެ އިޚްތިޔާރަކާ ނުލާ ހަރަކާތްކުރިފަދައެވެ. ލަސް ފިޔަވަޅު ތަކެއްގައި އައިވިން އައިސް ހުއްޓުނީ ޒޯޔާގެ ނޭވާ އެޅޭހާ ކައިރީގައެވެ. މަޑު މަޑުން އައިވިންގެ އަތް ހަރަކާތްކުރަމުން ދިޔައެވެ. ޒޯޔާގެ ކޯތާފަތުގައި ފިރުމާލަމުން ތެތް އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. ޒޯޔާއަށް އިސް އުފުލާ އައިވިން އާ ދިމާއަށް ބަލައިލެވުނެވެ. އެދެލޮލުން ޒޯޔާއަށް އެދި ގޮވަމުންދާކަން އެއްވެސް ހުރަހަކާ ނުލާ އަންގައިދެމުން ދިޔައެވެ.

އައިވިންގެ ތުންފަތުގެ ބީހުން ކޯތާފަތުގައި އިޙްސާސްވުމާއެކު ޒޯޔާގެ ހިތުގެ ހިނގުން އަވަސްވެލިއެވެ.

“އައި ލަވް ޔޫ ސޯ މަޗް..” ޒޯޔާގެ ކަރު ދޮށުގައި ބޮސްދެމުން އައިވިން އޭނާގެ ނޭވާ އެތެރެއަށް ދަމާލިއެވެ. ޒޯޔާއަށް އޭނާގެ ދެލޯ މަރާލަމުން އައިވިން ގެ ގަމީހުގައި ހިފާ ބާރު ކޮށްލެވުނެވެ.
******

ޒޯޔާއަަށް އައިވިންގެ ކޮންމެ ބީހުމަކަށް މަރުޙަބާ ކިޔެމުން ދިޔައީ ހިތުން ރުޙުމުންނެވެ. އައިވިންގެ އޯގާތެރި ފިރުމުންތަކުން ލިބިގެން ދިޔައީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެފަދަ ފިރިއެއް މިންވަރު ކުރެއްވި ކަމައްޓަކައި ޒޯޔާއަށް އެތައް ފަހަރަކު ވެެރި ރަސްކަލާނގެއަށް ޙަމްދު ކުރެވުނެވެ.
*******

މެރިފާވާ ދެލޮލުގެ ތެރެއިން ފޭދިގެން ކަރުނަތައް ރޮނގަކަށް ފައިބައިގެން ދިޔައެވެ. އެހެނަސް ދޮރު ހުޅުވިގެން ދިޔަ އަޑަށް ނުހަނު އަވަހަށް އައިވިން އޭނާގެ ދެލޯ ފޮހެލަމުން ފާޚާނާއާ ފުރަގަސްދިނެވެ. ދެލޯ ތަގުޅި ކޮށްލައިގެން އޮތް އިރު ހިތް އެދެމުން ދިޔައީ އެވަޤުތުކޮޅަށް މުޅި ދުނިޔެއަށް ވަންހަނާ ވުމަށެވެ.

އިރުކޮޅެއްނުވެ އެނދަށް ވެރިވި ލޮޅުމާއެކު އޭނާގެ މަގަތުގައި މީހަކު އޮށޯން ކަމުގެ އިޙްސާސް އައިވިން އަށް ކުރެވިގެން ދިޔައެވެ.

“އައިވިން..” އައިވިން އާ ނުހަނު ގާތުން ޖޫންގެ އަޑު އިވިގެން ދިޔައެވެ.

“އަހަންނަށް އެނގޭ ތިއޮތީ ނިދާފަ ނޫންކަން..” އައިވިންގެ ކޮނޑުގައި އަތްޖައްސާލަމުން ޖޫން ބުނެލިއެވެ. އައިވިން އަށް އިތުރަށް އޭނާގެ ދެލޯ މަރާ ބާރުކޮށްލެވުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ.

“ދެން މިކޮޅަށް އެނބުރިބަލަ.. އެހެންނޫނީ އައިވިން މިކޮޅަށް އެނބުރުވާނެ ގޮތް ހަދަން އިނގޭނެ އިނގޭ އަހަންނަށް..” ޖޫން ހީވީ އިންޒާރެއް ކޮށްލިހެންނެވެ. އައިވިންގެ ކޮނޑުގައި ހިފާ އޭނާއާ ވީފަރާތައް އަނބުރަން ޖޫން މަސައްކަތް ކުރަމުން ދިޔައެވެ.

”ޖޫން! އަހަރެން ނިދިޔަ ދީބަލަ..” އައިވިންގެ އަޑު ނިކުތީ އޭނާ ބޭނުންނުވި ނަމަވެސް ހަރުކަށި ކޮންނެވެ. ޖޫންގެ ޢަމަލުތަކުން އޭނާގެ ކެތްތެރިކަން ކޮޅުންލަނީއެވެ. އެހެނަސް އައިވިންގެ ވާހަކައަށް ޖޫންގެ މާބޮޑު ސަމާލު ކަމެއް ދެވުނުހެނެއް ހިޔެއްނުވެއެވެ.

”އައިވިން ކިތަންމެ ނޫންކަމަށް ހަދާފަ ތިހެން އޮތަކަސް ހެވޭ.. އައި ނޯ ބޭބީ.. ޔޫ ކާންޓް ރެސިސްޓް މީ..” ޖޫންގެ ހޫނު ނޭވާ އައިވިންގެ ކަންފަތަށް އެޅިގެން ދިޔައެވެ. އައިވިންގެ ފުރަގަހުން އެދެއަތް ވަށާލި އިރު ޖޫންގެ ގައިގާ އެއްވެސް ފޭރާމެއް ނެތްކަން އިޙްސާސްކުރެވި އައިވިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އިމްތިޙާން 44

Next

މި ހިތުން މަޤާމޭ މި ދެނީ 19

Next
December 28, 2020

މި ހިތުން މަޤާމޭ މި ދެނީ 19

Previews
December 27, 2020

އިމްތިޙާން 44

One Comment

  1. ?Ril? says:
    December 28, 2020 at 8:22 am

    Heii sis♥️♥️♥️♥️♥️?
    Vrh vrh Sali mi part vxxx ♥️♥️♥️♥️
    Masha Allah♥️♥️♥️♥️♥️♥️
    Vrh romantic mi part not Joon ge baa avin aa zoyaa ge baaa ♥️♥️♥️♥️♥️♥️♥️♥️♥️
    But still neyge dhw aivin aslu iny kaakaa kameh ♥️♥️♥️♥️♥️♥️♥️♥️♥️anehkaa Joon aa baa vrh Kada vaane eyrun♥️♥️♥️♥️♥️♥️
    Kiyaa varakah Hama curious vany dhn vaane gothakaa medhu . ♥️♥️♥️♥️♥️
    Waiting for the next part sisoo♥️♥️♥️
    Love u sooo much ♥️♥️♥️♥️
    Stay safe and take good care ♥️♥️♥️♥️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-39←


All Right Reserved!