Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-33

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
December 8, 2020 4 Mins Read
2 Comments

“އައިވިންގެ މަންމަ..” ނަޖުމާއަށް އިސް ޖަހާލެވުނެވެ. އާއިލާގެ ތެރޭގައި ހިނގި ކަމެއްގެ ވާހަކަ ދެއްކުން އެންމެ އެކަށީގެން ވޭބާއޭ އޭނާ ހިތަށް އަރަމުން ދިޔައެވެ.

ފަޒްލާގެ ނަން ގަނެވުމާއެކު އައިވިންގެ ހާސްކަން ދެގުނަވިއެވެ. ކެތްތެރިކަން ކުޑަ ގޮތަކަށް އައިވިން އަށް ނަޖުމާގެ ދެއަތުގައި ހިފާލެވުނެވެ.

“ނަޖުމާއްތާ.. އާދޭސްކޮށްފަ މިބުނީ.. ދެން އަހަރެންގެ ހިތްނުތަޅުވަ ވީ ކަމެއް ކިޔައިދީ.. އަހަރެންގެ މަންމަ ކީއްކުރީ..؟” އައިވިންގެ އަޑުގައިވަނީ އާދޭހެވެ. އައިވިން ނަޖުމާ ގޮވައިގެން އައިސް ސޯފާގައި އިށީނެވެ.

“އައިވިން މަންމަ މި ބަޔަށް އައި އިރު ހުރީ ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަ ނުޖެހިފަ.. ނަޖުމައްތަ ފެނުމާއެކު އަހައިފި ޒޯޔާ ކޮބައިތޯ.. އޭރު ޒޯޔާ ސިޓިންގް ރޫމަށް ނިކުންނަނީ..” ނަޖުމާ ކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ދިޔަ އިރު ތެޅި ތެޅިއޮތް ހިތަކާއެކު ވާހަކަ އަޑު އަހަން އައިވިން އިނެވެ.
********

ޒޯޔާގެ ފިޔަވަޅުތައް މަޑު ޖެހުނީ ފަޒްލާގެ ރުޅިވެރި އަޑު އިވުމުންނެވެ. ނަފްސަށް ލިބިފައިވާ ހިތްހަމަ ޖެހުން ހިނދުކޮޅެއްގެ ތެރޭގައި ވަޔަށް ބުރައިގެން ދިޔަ ފަދަ އިޙްސާސެއް އޭނާއަށް ކުރެވިގެން ދިޔައެވެ.

“ކަލެޔާ ހެދި އަހަރުމެންގެ ދިރިއުޅުމަށް ދަތިވެއްޖެ.. ލަދުން ބޯ ހަލާކު.. މީހުންގެ ސުވާލުތަކާ ހެދި ގެއިން ބޭރަށް ނިކުމެލެވެން ނެތް… އަހަރެން ވަރަށް ކެތްކޮށްފިން އެއްޗެއް ނުބުނެ ހުރެވޭތޯ.. އެކަމަކު އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ނަމަށް ކުޑަވެސް ހުތުރުކަމެއް ލިބޭތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ.. އެނގޭތަ މީޑިއާތަކުން އަހަރެންގެ ދަރިފުޅޭ ކިޔައިގެން ޚަބަރު ފަތުރާގޮތް..؟ ހަމަކަލެޔާ ހެދި.. އެހެން މީހުން އޭނާއަށް ކުރާ ޤަދަރު ވެއްޔާ މޮޑެވިގެން ދާނީ.. އެންމެ ފަހުން ކަލޭގެ ބަނޑުގަ ތިއޮތް ދަރިވެސް އެ އެޅުވީ އައިވިންގެ ބޮލުގަ.. މީހުން ހީކުރަނީ އެއީ ކަލެޔާއެކު އައިވިންއަށް ކައިވެނީގެ ބޭރުން ލިބެން އުޅޭ ކުއްޖެއްކަމަކަށް.. އަމިއްލަ ދަރިފުޅާ މެދު އެފަދަ ހުތުރު ވާހަކަ ތަކެއް ދެކެވޭތަން އަޑު އަަހަން މައިމީހާއަށް ކެތްވާނެތަ..!؟” ފަޒްލާގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ގޮސްފައެވެ. ފަޒްލާގެ ދެލޮލުން މިއަދު ޒޯޔާއަށް ފެނުނީ އޭނާއަށްޓަކައިވާ ނުފިލާނެ ނަފުރަތެވެ.

ޒޯޔާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ފަޒްލާގެ ކޮންމެ ވާހަކައެއް އޭނާގެ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. އެއިން އެއްވެސް ވާހަކައަކަށް ދޭނެ ރައްދެއް ޒޯޔާއަކަށް ނުވިސްނުނެވެ. އެންމެ ކުޑަ މިނުން ތުންފަތްވެސް ހަރަކާތްކޮށް ނުލިއެވެ. އެފަދަ ހަޤީޤަތެއް ނެތް ވާހަކަތެއް އައިވިންގެ ބޮލުގައި އެޅިދާނެ ކަމަކަށް ޒޯޔާ އުންމީދެއް ނުކުރެއެވެ. އެހިނދު ޒޯޔާގެ މޭގާ ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. އޭނާގެ އަމިއްލަ އެދުން ބޮޑުކަން ތަސައްވަރު ކޮށްލެވުނެވެ. މިހުރިހާ ދުވަހުވެސް އޭނާއަށް ވިސްނެމުން ދިޔަައީ އޭނާގެ އަމިއްލަ ނަފްސާއި މެދުއެވެ. އައިވިން ކުރިމަތީ ރޮއެ ހިތާމަ ކުރީ އަމިއްލަ ހާލަތާއި މެދުއެވެ. އެހުރިހާ ކަމެއްގެ ތެރެއިން އައިވިން އޭނާއަށް ޓަކަައި ވަމުން އަންނަ ޤުރުބާނީ ޒޯޔާ ހަނދާން ނެތުނީއެވެ.

“އަނގައިން ނުބުނެ މާ މާތް މީހަކަށް ވާން ހުއްޓަސް ދުވަހަކުވެސް ދެން ކަލޭގެ މައްޗަކަށް އަހަރެންގެ ހިތެއް ހެވެއް ނުވާނެ.. ކަލޭ އަބަދުވެސް ވާނީ އަހަންނާ އަހަރެންގެ ދަރިފުޅުގެ ދިރިއުޅުން ހަލާކު ކޮށްލި މީހާއަށް.. އަހަންނަށް ވެގެން ވަންޏާ ކަލޭ މިހާރު މިތަނުން ނެރެ ބޭރުކޮށްފީމުސް.. އަމިއްލައަށް އަމިއްލަ ފެންވަރު އިޙްސާސްވެގެން ނިކުމެގެން ދާނެ ނަމަ ކިހާ ރަނގަޅު..” ފަޒްލާ ޒޯޔާއާ ދިމާއަށް ކަޅި އަޅާލަމުން ބުންޏެވެ. އެއަށްފަހު އިތުރަށް އެތަނުގައި މަޑު ކުރާކަށް އޭނާ ނަހަދައެވެ. ބާރު ހިނގުމުގައި ޕެންޓް ހައުސް އިން ނިކުމެގެން ދިޔައީއެވެ.
********

“އެއަށްފަހު ޒޯޔާ ހުންނަނީ ނެގި މަޑުވެފަ.. ދައްތަ އާދޭސްކޮށްގެންވެސް ކާ ޚިޔާލެއްވެސް ނުކުރި.. ” ނަޖުމާ މާޔޫސްކަމާއެކު ބުނެލިއެވެ.

އައިވިން އަށް ނަޖުމާގެ ވާހަކަތައް އަޑު އިވުމާއެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ. މަންމަގެ ހިތުގައި ޒޯޔާ އާ މެދު ވާ ނަފުރަތު އަންދާޒާ ކޮށްލެވި ހިތުގައި ޝަކުވާ އުފެދުނެވެ. އެފަދަ ގޮތަކަށް ޒޯޔާ އާ މެދު ފަޒްލާ އަމަލުތައް ބަހައްޓަފާނެ ކަމަކަށް އައިވިން އުންމީދެއް ނުކުރެއެވެ.

“ނަޖުމައްތަ ހާސްނުވޭ.. އަހަރެން ޒޯ އާ ވާހަކަ ދައްކާނަން..” އައިވިން ނަޖުމާގެ ނުތަނަވަސްކަމަށް ލުޔެއް ހޯދައިދޭން ބޭނުންވެ ބުނެލިއެވެ. އެއްޗެހިވެސް ބަދަލު ކުރުމެއްނެތި އައިވިން ހިނގައިގަތީ ޒޯޔާ އާ ބައްދަލު ކުރުމަށެވެ.

ސިޑިން މައްޗަށް އެރި އިރު އައިވިން އާ ފުރަގަސްދީގެން ހުރި ޒޯޔާ ލޮލުގައި އަޅައިގަތެވެ. ފުންނޭވާއެއްދޫކޮށް ހަމަޖެހިލަމުން އައިވިން ހިނގައިގަތީ ޒޯޔާއާ ދިމާއަށެވެ.

މީހެއްގެ ހިލަންވެގެން ފަސް އެނބުރި ބަލައިލި ވަޤުތު އައިވިން ފެނުމުން ޒޯޔާ ކޮންމެވެސް ވަރަކަށް ސިހޭގޮތްވިއެވެ. ހިންދިރުވާލެވުނު ހިނދު ޒޯޔާއަށް އިސްޖަހާލެވުނެވެ. އައިވިން އާ ހަތަރު ކަޅި ބައްދަލު ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވެމުން ދިޔައީ އެއަށްވުރެ ބޮޑަށެވެ.

“ޒޯ ނުވެސް ކަޔޯ ތިހުރީ ނަޖުމާއްތަ ބުނީ..؟ އެއީ ކީއްވެ އެހާ ލަސްވި އިރުވެސް ނުކައި ހުރީ..؟ މިހާރު ބޭބީވެސް އޮންނާނީ ބަނޑުހައިވެފަ ޒޯ ނުކައި ހުރީމަ..” އައިވިން ބުނެލިއެވެ.

“ބަނޑުހައި ނުވާތީ.. އިރުކޮޅަކުން ކާނަން..” ޒޯޔާ ގަދަކަމުން ހިނިތުންވުމެއް ރައްދު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ގޭތެރޭގައި ހިނގާދިޔަ އެއްވެސް ކަމެއްގެ ޚަބަރު އައިވިން އަށް އެނގޭކަށް ޒޯޔާ ބޭނުމެއް ނުވިއެވެ. އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވިނަމަވެސް ކުރިން ފެންނަފަދަ އުޖާލާކަމެއް ޒޯޔާގެ މޫނުމަތިން ފެންނާކަށް ނެތެވެ.

“ނޯ މިގަޑީގަ.. ފަހުންނެއް ނޫން.. ހިނގާ ކާން.. އަހަރެންވެސް ޒޯ އާ އެކީ ކާނަމޭ..” އައިވިން ޒޯޔާގެ އަތަށް ދަމާލިއެވެ. އެހެނަސް ޒޯޔާ ކޮޅަކަށް ގުޑިވެސް ނުލިއެވެ. އޭނާގެ ދެލޯ ފުރިގެން އައީ އިޚްްތިޔާރަކާ ނުލައެވެ. އައިވިން ފެނުމާއެކު އެހިތަށް ކެތް ނުވީއެވެ.

“ޒޯ.. ރޮނީ..ތަ؟”އައިވިން އަށް ކެނޑި ކެނޑިގެން ބުނެވުނެވެ. ޒޯޔާ އިސްޖަހާލި އިރު ގިސްލެވިފައިވާތަން ފެނުމުން އެހިތަށް ތަދުވިއެވެ.

“ޒޯ..” ޒޯޔާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން އައިވިން އައިސް ޒޯޔާ އޭނާގެ މޭގައި ލައްކޮށްލިއެވެ.

“އައިވިން ކީއްވެ ތިހާ ރަނގަޅީ..؟ އަހަންނަށް އައިވިން އަށް ކޮށްދެވުނީ ކޮން ކަމެއް..؟ އަހަންނާ ހެދި އައިވިންގެ ދިރިއުޅުންވެސް ހަލާކުވާނީ..” ޒޯޔާގެ އަޑުގައިވާ ހިތްދަތިކަން އިޙްސާސް ވުމާއެކު އައިވިން އަށް ދެލޯ މަރާލެވުނެވެ. ޒޯޔާގެ އުނަގަނޑުގައި އެއް އަތް ވަށާލަމުން އަނެއް އަތުން ޒޯޔާގެ ބޮލުގައި ހިފަހައްޓާލަމުން އެ އަތުތެރޭ ޒޯޔާ ފޮރުވާލިއެވެ.

“ޒޯ ތިދައްކަނީ ކޮންކަހަލަ ވާހަކައެއްތަ..؟ ޒޯގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކުވީކީ ނޫނޭ.. އަހަރެންގެ ދިރިއުޅުން އުފާވެރިވީ..ހިތްހަމަ ޖެހުން ލިބުނީ..” އައިވިން ޒޯޔާގެ ބޮލުގައި ދަތްދޮޅި އަޅުވާލަމުން ބުނެލިއެވެ.

“މަންމަ ކޮންމެ އެއްޗެކޭ ކިޔަސް ޒޯ އަޅާލާނެ ކަމެއް ނެތް..” އައިވިންގެ ވާހަކަ އާއެކު ޒޯޔާ ކުއްލިއަކަށް ސިހުނެވެ. ފަޒްލާގެ ވާހަކަ އައިވިން އަށް އެނގުނު ގޮތަކާ މެދު ސުވާލު އުފެދުނެވެ.

“ނަޖުމާއްތަ ކިޔައިދީފި ވީ ހުރިހާ ކަމެއް.. މަންމަގެ ފަރާތުން ވީ ކަންތަކަށް ވަރަށް ބޮޑަށް ސޮރީ.. އެކަމަކު އަހަރެން ބޭނުމެއް ނޫން އެކަމާ ވިސްނާ ޒޯ ދެރަވެގެން އުޅޭކަށް..ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ މަންމަ.. އެހެންވީމަ އަހަރެން މަންމައަށް ވިސްނަދެވޭތޯ މަސައްކަތް ކުރާނަން.. “އައިވިން ޒޯޔާގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ.

ދެން ހުއްޓާލާ..ބަލާ.. ތިއޮށް މޫނުވެސް ހަޑިވީ މިހާރު..އެކަހަލަ އެއްޗެހި ހީނުކުރައްޗޭ.. ޔޫ އަރ މައި ހެޕިނެސް..” ލޯތްބާއެކު ޒޯޔާގެ ކޯތާފަތް ފޮހެލަ ދެމުން އެދެލޮލަަށް ބަލަހައްޓައިގެން ހުރެ އައިވިން ބުނެލިއެވެ.

“ދެން ހިނގާ ކާން.. މިހާރުވެސް މާ ލަސްވެއްޖެ..” އައިވިން ކުރު ނުކޮށް ކިޔަން ފެށުމާއެކު ޒޯޔާއަށް ޖެހުނީ ހަތިޔާރު ބަހައްޓަމުން އައިވިން އާއެކު ހިނގައިގަންނާށެވެ.

ސިޑިން ފައިބައިގެން އެކީގައި އައި ޒޯޔާ އާ އައިވިން ފެނުމުން ނަޖުމާގެ ހިތަށް ހިތް ހަމަޖެހުން ލިބިގެން ދިޔައެވެ. އޭނާ ހުރީ ޒޯޔާ އާ މެދު ނުހަނު ކަންބޮޑުވެފައެވެ. ވޭތުވެ ދިޔަ ދުވަސް ތަކުގެ ތެރޭގައި ނަޖުމާގެ ހިތުގައި ޒޯޔާ އާ މެދު ވަނީ މައިވަންތަ ކަމުގެ ކުލުނު އުފެދިފައެވެ. އަމިއްލަ ދަރިއެއް ހުރި ކަމުގެ އިޙްސާސް ޒޯޔާގެ ފަރާތުން އޭނާއަށް ކުރެވުނެވެ. އައިވިން އިޝާރާތް ކޮށްލުމާއެކު ނަޖުމާ އަވަސް ވެގަތީ ކާން ތައްޔާރު ކުރުމަށެވެ.
*******

ދުވަސްތައް އޭގެ ބާރުމިނުގައި ފާއިތުވަމުން ދިޔައެވެ. ދުވަސްތައް ހަފްތާތަކަށްވެ ހަފްތާތައް މަސްތަކަށް ބަދަލު ވަމުން ދިޔައެވެ. ޒޯޔާގެ ބަނޑަށް މިހާރު ނުވަމަސް ވަނީއެވެ. ހެލިފެލިވެ އުޅުން  އޭނާއަށްވަނީ ދަތިކަމަށް ވެފައެވެ. ކުރިޔަށްވުރެ ގަައިގާ މަސްޖަހާލާ ހަންގަނޑު އޮމާންވެފައިވުމުން ޒޯޔާ ހުންނަލެތް ނުހަނު ލޯތްބެވެ. ދޭތެރެ ދޭތެރެއިން ޒޯޔާގެ ފުފިފައިވާ ކޮލަށް ދަމާލުމަކީ އައިވިންގެ އާދައެކެވެ. ޒޯޔާގެ އެންމެބޮޑު ހިތްހަމަޖެހުމަކީ އައިވިން އެވެ. އައިވިންގެ ފަރާތުން އޭނާއަށް ދޭ އަޅާލުމާއި އޯގާތެރިކަން ބަދަލުވެގެން ނުދެއެވެ.

*****

ޕެންޓް ހައުސްގައި ވީކަންތަކަށްފަހު  ފަޒްލާގެ ޚަބަރެއް ނުވެއެވެ. އައިވިން ފަޒްލާ އާ ބައްދަލު ކޮށް އެތައް ގޮތަކުން ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ފަޒްލާގެ ވިސްނުން ހުރީ ޒޯޔާގެ މައްޗަށް ހިތް ސާފުވާނެ ފަދަ ގޮތަކަށް ނޫނެވެ. އައިވިންގެ ކުރިމަތީ ފަޒްލާގެ ބަހަކީ އެއްވެސް އަގެއްހުރި އެއްޗެއް ނޫން ކަމުގައި އޭނާ ދެކި، ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. މާޔޫސްކަން މަތީ އައިވިން އަށް ދެއަތް އުރާލަން ޖެހުނު ނަމަވެސް އޭނާ ހުރީ ފަޒްލާ ބޭނުންވާ ގޮތަށް ޒޯޔާ ދޫކޮށްލާކަށް ނޫނެވެ. އެ ހާދިސާއަށްފަހު އައިވިން އޭނާގެ މަންމައާ އޮންނަ ގުޅުން ދިޔައީ ހީނަރު ވަމުންނެވެ.
*****

އާދައިގެ މަތިން ޒޯޔާ ހަވީރު ނަޖުމާއާއެކު ބޭރަށް ހިނގާލަން ދިޔައެވެ. ވިހާ ދުވަސް ކައިރިވީހެން ކޮންމެ ދުވަހަކުވެސް ވަކި ވަޤުތެއްގައި ހިނގާލުމަށް ޑޮކްޓަރު ވަނީ އިރުޝާދު ދީފައެވެ.

ޒޯޔާ އައިވިން އާއެކު ބޭރު ތެރޭ އުޅުމަށް ފަސްޖެހެވެއެވެ. މީހުންގެ ބެލުންތައް އަމާޒުވެ މީސް މީޑިއާގައި އެކި ގޮތްގޮތަށް ޚަބަރު ފެތުރޭނެކަން އެނގޭތީއެވެ. އައިވިންގެ ބަސްތަކުން ހިތްހަމަ ޖެހުން ލިބުނު ނަމަވެސް ފަޒްލާ ދެއްކި ވާހަކަތައް އަދިވެސް އެހިތުން ފިލައިގެން ނުދެއެވެ. ޒޯޔާގެ ކަންބޮޑުވުން އިޙްސާސްކުރެވި އަައިވިން ވެސް ޒޯޔާއާއެކު ބޭރަށް ދާކަށް މަސައްކަތެއް ނުކުރެވެއެވެ. އެހެނަސް ރޭގަނޑު ކާރު ދުއްވާލަން ދެމީހުން އެކުގައި ދިޔުމަކީ އާންމު ކަމެކެވެ. އެވަޤުތު ކޮޅަކީ ދެމީހުންނަށްވެސް ޙާއްސަ ވަޤުތު ކޮޅަމަށް ވަނީ ވެފައެވެ.

ހިނގާލަން ގޮސް އައުމަށްފަހު ޒޯޔާ ކޮޓަރިއަށް ވަނީ ފެންވަރާލުމަށެވެ. ނަމަވެސް އެނދާ ހިސާބަށް އައިސް ޒޯޔާ ހުއްޓުން އެރީ އެނދުމަތީގައި ކުރިން ނެތް އެއްޗެއް އޮތްތަން ފެނުމުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ބޯގަންވިލާ

Next

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 1

Next
December 8, 2020

އޭލިޔަން ސިލްސިލާ – ދިއްލޭ ބޯޅަ 1

Previews
December 7, 2020

ބޯގަންވިލާ

2 Comments!

  1. ?Ril? says:
    December 8, 2020 at 3:16 pm

    Heii sisoo❤️❤️
    Vrh Sali mi part vss ❤️❤️
    Aleyy Zoya ah avaha baby eh liben uleny dhw ❤️❤️waiting for that part ehhehe❤️❤️
    Pis pis fazlaa vss dhw ❤️❤️
    Anehkaa koonche baa edumathee gaa othy ❤️❤️
    Waiting for the next part ❤️❤️
    Love u stay safe sis❤️❤️

    1. Wonder says:
      December 8, 2020 at 10:00 pm

      Thank u so much Ril. V ufaavejje mi bai ves kamudhiyaeema. Yess. Im really excited too. Hingaa dhw endhuga eothy koacheh thoa balamaa. In sha Allah next part avahah up kohla dheynan. Lymm and u too stay safe?❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-34←


All Right Reserved!