Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-32

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
December 5, 2020 4 Mins Read
1 Comment

ޒޯޔާ ޒަފަރް އާ ކައިވެނި ކުރަން ނިންމި ޚަބަރު ލިބުމާއެކު ސޯބިރާއަށް ލިބުނީ ހައިރާންކަމެވެ. ވަޤުތުން ދަރިފުޅު ކުރެން އިތުރަށް އޮޅުން ފިލުވަން ސޯބިރާ އެތަކެއް ސުވާލެއް ކުރަން ފެށިއެވެ. ނަމަވެސް ޒޯޔާ އެއްވެސްކަމެއް ހާމައެއް ނުކުރެއެވެ. ދިރިއުޅުމުގައި ކުރިމަތިވެފައިވާ މަޖުބޫރީގެ ހާލަތު މަންމައަށް އަންގާކަށް ޒޯޔާ ބޭނުމެއް ނޫނެވެ.

ޒޯޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނު ނަމަވެސް ސޯބިރާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކުއްލި ގޮތަކަށް އޭނާގެ ދަރިފުޅު ޒަފަރް އާ ކައިވެނި ކުރަން ނިންމި ސަބަބު ޒޯޔާ ނުބުންޏަސް އޭނާއަށް ވިސްނުނެވެ. ޒަފަރްގެ އަތުން ނެގިފައިވާ ލޯނު ހަލާސްކުރަން ޖެހޭ މުއްދަތު ކުޑަތަންވަމުން އަންނަ އިރު އެދެމައިންގެ ހާލަތު ހުރިިގޮތް ސޯބިރާއަށް ވިސްނުނެވެ. މޭގައި އަތް އަޅާލެވުނު ސޯބިރާއަށް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބުޖެހުނީ ޒޯޔާގެ ކޮޓަރިއާ ދިމާއަށެވެ.

ދޮރުގައި ޓަކި ޖަހަމުން ޒޯޔާއަށް ސޯބިރާ ގޮވާލިއެވެ. އިރުކޮޅަކުން ދޮރު ހުޅުވާލި ޒޯޔާ މަންމައަށް ބަލާލުމަށްފަހު އެނބުރިގޮސް އެނދުގައި އިށީނެވެ. ދަރިފުޅުގެ މޫނުމަތިން ފެނުނު ހިތާމައާއި މޮޅިވަރިކަން ސޯބިރާއަކަށް ސިއްރެއްނުވިއެވެ. ޒޯޔާ އޭނާގެ މޫނަށް ނުބަލަން އުޅޭކަންވެސް ސޯބިރާއަށް ފާހަގަ ކުރެވުނެވެ.

“ދަރިފުޅާ.. ތީ އަދި އެންމެ ރަނގަޅު ނިންމުމެއް ނުން.. އިރާދަ ކުރެއްވިއްޔާ މަންމަ މެންނަށް މި ދަތިކަމުން އަރައިގަނެވޭނެ.. ދަރިފުޅު މިކަމުގައި އަމިއްލަ އުފާތައް ޤުރުބާން ކުރަން ނަހަދާ.. އޭރުން މި މަންމައަށް ދުވަހަކުވެސް އަމިއްލަ ނަފްސަކަށް މަޢާފެއް ނުކުރެވޭނެ.. ދަރިފުޅުގެ ބައްޕަ އަށް މަންމަ ދައްކާނީ ކޮން މޫނެއް..” ޒޯޔާގެ ދެއަތުގައި ހިފަހައްޓާލަމުން ސޯބިރާ އާދޭސް ކުރަން ފެށިއެވެ.

“މަންމާ… ތިހީކުރަނީ ގޯސްކޮށް..އަހަރެން ޒަފަރް އާކައިވެނި ކުރަން ނިންމީ މަޖުބޫރުވެގެނެއް ނޫނޭ.. އޭނަ އަކީ ގޯސް މީހެއް ނޫން.. އެއީ އަހަރެމެން ދެމަައިން ބެލޭނެފަދަ ތަނަވަސްކަން ލިބިގެންވާ މީހެއް.. ޒަފަރް އާ ކައިވެނި ކުރުމުން ހުރިހާ ކަމެއްވެސް ހަމަޔަކަށް އެޅޭނެ..” އަމިއްލަ ހިތުގެ ހާލަތު ފަރުދާކޮށްލަމުން ޒޯޔާ ހާމަކުރިއެވެ.
******

ދެ ހަފްތާގެ ތެރޭގައި ޒޯޔާއާ ޒަފަރްގެ ކައިވެނި ކުރެވިގެން ދިޔައެވެ. ސޯބިރާއަށް ޒޯޔާ ޒަފަރް އާ ކައިވެނި ކުރި ހަޤީޤީ މަޤްސަދު އިނގިގެން ދިޔައީ ކައިވެނީގެ ރެޔެވެ. ޒަފަރް ޒޯޔާއާ ވަކިން ދެއްކި ވާހަކަ އޭނާއަށް އަޑު އިވުނެވެ. ޒޯޔާ އޭނާގެ އަންބެތްގެ ގޮތުގައި ހުރިހާ ދުވަހަކު ގޭގެ ބިން އަތުނުލާނެ ކަމުގަައި ޒަފަރް ބުނެލިއެވެ. ޒޯޔާއަށް ބިރުދެއްކުމުގެ މަސައްކަތް ކަައިވެނީގެ ފުރަތަމަ ރެއިންވެސް ޒަފަރް ފަށައިފިއެވެ. އޭނާގެ ކޮންމެ ދުއްތުރާއަކަށްވެސް ޒޯޔާ ކެތްކުރާނެ އުކުޅު ޒަފަރް ދަނެގެންފައި ވާފަދައެވެ.

އެރޭ ޒޯޔާ އާ ވަކިން ބައްދަލު ކޮށްގެން ސޯބިރާ އާދޭސްކުރިއެވެ. އަމިއްލަ ނަފްސަށް މަޖުބޫރު ނުކުރުމަށެވެ. އެހެނަސް ޒޯޔާ ދައްކާލީ ކައިވެނީގެ ސެޓްފިކެޓެވެ. ހުރިހާ ކަމެއްވެސް ވާން ޖެހޭ ގޮތަށް ވެ ނިމިއްޖެ ކަމުގައި ޒޯޔާ ބުންޏެވެ. އޭނާއާ މެދު ހާސްނުވުމަށް ސޯބިރާގެ ފަރާތުން އެދުނެވެ. އޭނާ އުޅެމުންދާނި އުފާވެރި ދިރިއުޅުމެއްކަމުގައި ބުނެލި ނަމަވެސް ޒޯޔާގެ މޫނުމަތިން އުފާވެރި ކަމުގެ ރޫޙެއް ފާޅެއް ނުވިއެވެ. ކުޑަ ސަޔެއްވެސް ބާވާ ނުލާ ކުރެވުނު ކައިވެންޏަށްފަހު ޒޯޔާއަށް މަޖުބޫރުވީ ޒަފަރްގެ ގެޔަށް ދިރިއުޅުން ބަދަލު ވުމަށެވެ. އެއާއެކު ޒޯޔާގެ ދިރިއުޅުން އަނިޔާވެރިކަމާއި ބިރުވެރި ކަމުގެ ހުރަގެޔަކަށް ބަދަލު ވެގެން ދިޔައެވެ.
*****

ޒޯޔާގެ ވާހަކަ ނިމިގެން ދިޔައިރު އޭނާގެ ދެލޯ އަނެއްކާވެސް ވަނީ ކަރުނުން ފުރިފައެވެ. އެތަން ފެނުނު އައިވިން އަވަސް އަވަހަށް ޒޯޔާގެ ދެލޯ ފޮހެދެމުން ކޯތާފަތުގައި ހިފާލިއެވެ.

“ޒޯ ދެން ދެރަނުވޭ.. ދެން ޒަފަރް ބޭނުންހާ ގޮތެއް ޒޯ އަކަށް ނެހެދޭނެ.. ޒޯ ވެސް ޖެހޭނެ ވަރަށް ހިތްވަރުގަދަވަން.. އިރާދަކުރެއްވިއްޔާ އަހަރެން ޒޯ އާ ބޭބީއަށް ދެރަގޮތެއްވިޔަކަ ނުދޭނަން.. ވީ ވިލް ފައިޓް ދިސް.. ޓުގެދަރ..” އައިވިން ޒޯޔާގެ ދެލޮލަށް ބަލައިލަމުން ވާހަކަ ދެއްކި އިރު އެ އަޑުގައިވަނީ ސާބިތުކަމެވެ. އެއާއެކު ޒޯޔާއަށް ބުނެދެން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. މަޑު މަޑުުން ބޯ ޖަހާލި ޒޯޔާގެ ތުންފަތަށް ކުޑަ ނަމަވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އައިވިންގެ ސަބަބުން އުންމީދު އަލިވެ އޭނާގެ އަޒުމް ވަރުގަދަ ވެއްޖެއެވެ.
********

އަނގަ ތަންމިނަށް ހުޅުވި އާޝޯޚުވެފައި ހުރި ޒޯޔާ ފެނުނު އައިވިން އަށް ހިނިގަނޑެއް ޖަހާލެވުނެވެ. ޒޯޔާ ހިއްސާކުރި ވާހަކަތަކަށްފަހު ނުތަނަވަސް ކަމުގެ މާހައުލު އެއްފަރާތް ކޮށްލަން އައިވިން ބޭނުންވީއެވެ. ތަވާ ތެރޭގައިހުރި ސްޕެގެޓީތައް ދޭފަތުން އެއްކޮށްލުމަށްފަހު ތަވާގެ މުއްގަނޑުގައި ހިފާ އަލިފާންގަނޑުގެ މައްޗަށް ހިތްލާލުމަށްފަހު ދެފަރާތައް ހަލުވާލިއެވެ. މޮޅު ކައްކާއެއްގެ ފަރާތުން ފެންނާނެ ވައްޓަފާޅި އައިވިންގެ ހަރަކާތްތަކުން ފާޅުވަމުން ދިޔައެވެ. އައިވިންގެ ފަރާތުން ކުރިން ނުފެންނަ ސިފައެއް ފެނުމުން ޒޯޔަ ހުރީ ހައިރާންވެފައެވެ.

“އަހަންނަށް ކައްކަން އިނގޭތީ ހަމަ އެހާ ހައިރާން ވެއްޖެތަ..؟” އައިވިން ސަމާސާ ރާގަކަށް އަހާލިއެވެ. ޝައުޤުވެރިކަމާއެކު އައިވިންގެ ހަރަކާތްތައް ބަލަންހުރި ޒޯޔާ ބޯ ޖަހާލިއެވެ.

“މިހާރު މިގޮތަށް ނުކެއްކޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ.. ރާއްޖޭން ބޭރުގަ ކިޔަވަން ހުރި ދުވަސްވަރު ކައްކަން ދަސްކުރީވެސް.. އަބަދު ބޭރުން ކާން ފޫހިވެގެން.. އެކަމަކު އަނެއްކާވެސް މާލެ އައިއްސަ ސޯބިރައްތަ ހަދާ އެއްޗެއް ނޫނީ ނުކެވެ… ހަޤީޤަތުގަ ފިރިހެނުންނަށްވެސް މީ ވަކި ދަސްކުރަން އުނދަގޫ ކަމެއް ނޫނޭ..” އައިވިން އެކި ކަހަލައިގެ ހާބްސް ގެ ވައްތަރުތައް ތަވާގެ ތެރެއަށް އަޅަމުން ވާހަކަ ދެއްކިއެވެ.

“އުނދަގޫ ކަމަކަށްވާތީ އެއްނޫނޭ.. އެކަމަކު ގިނަ ފިރިހެނުން ދެކޭގޮތުގަ އެމީހުން ކެއްކުމަކީ ހުތުރު ކަމެއް.. އެއީ ހަމައެކަނި އަންހެނުން ކުރަން ޖެހޭ ކަމެއް..” ޒޯޔާ ބުންޏެވެ.

” ތިއީ ރާއްޖޭގެ ފިރިހެނުން ޤަބޫލު ކުރާ ނާތަހުޒީބު ވާހަކައެއް.. ކެއްކުމަކީ ކޮންމެ ޖިންސެއްގެ މީހަކަށްވެސް އިނގެން ޖެހޭނެ ކަމެއް ގޮތުގަ އަހަރެން ދެކެނީ..” އައިވިން ވާހަކަ ނިންމާލިއިރު އޭނާ ކެއްކި ސްޕެގެޓީ އެތިވެސް ހުރީ ނިމިފައެވެ. އޭގެން އަރަމުން ދިޔަ މީރުވަހުން ޒޯޔާވެސް އިނީ ކުޅުދިޔާ ވެފައެވެ.

“މިއީ އައިވިން ސްޕެޝަލް އިނގޭ.. ކޮންމެ ކޮންމެ މީހަކަށް ރަހައެއް ނުލިބޭނެ.. ޒޯ ވަރަށް ނަސީބު ގަދަ..” ޒޯޔާ އިށީނދެގެން އިން ގޮނޑި ކުރިމަތީ ހުރި ތައްޓަށް ސްޕެގެޓީ އަޅައިދެމުން އައިވިން ފޮނިވެލާފައި ބުނެލިއެވެ.

“އައިމް ޓުރޫލީ އޮނަރޑް..” ޒޯޔާވެސް ހިނިތުންވެލަމުން އައިވިންގެ ސަމާސާގައި ބައިވެެެރި ވެލިއެވެ.

އައިވިން މަޑުކޮށްލައިގެން އިނީ ޒޯޔާ އޭނާ ކެއްކި އެއްޗެހި ރަހަބަލަން ދެނެވެ. ފުރަތަމަ ރަހަބަލާލުމާއެކުވެސް ޒޯޔާ ދެލޯ ބޮޑު ކޮށްލަމުން ބޮޑުވައި އިނގިލި ހިއްލައިލިއެވެ. ޒޯޔާއަށް ކެޔުން ކަމުގޮސްފިކަން އެނގުމުން އައިވިންގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

“ވަރަށް މީރު.. ރެސިޕީ ނެތްތަ ޝެއަރ ކުރެވޭކަށް..” ޒޯޔާ އަނެއްކާވެސް އެތިކޮޅެއް ކާލަމުން ސުވާލުކުރިއެވެ.

“މިއީ ސީކްރެޓް ރެސިޕީއެއް އިނގޭ.. އެކަމް ޒޯ އަށް ކިޔައިދީފާނަން.. ފަހުން ދަސްކުރާނީ ދޯ..” އައިވިން ބުނެލުމާއެކު ޒޯޔާ އަވަހަށް ބޯ ޖަހާލިއެވެ. ހަޤީޤަތުގައިވެސް އޭނާއަށް އެކެޔުން ވަރަށް ކަމު ގޮސްފިޔެވެ.
******

ޒޯޔާ ހުއްޓިލައިގެން ހުރީ ހާމަފެންޑާގައި މާލޭގެ އިމާރާތްތައް ފެންނާނެހެންނެވެ. ވައިގެ ހަމަލާތަކަށް އިސްތަށިގަނޑު ދޫކޮށްލެވިފައި ވާއިރު އިރުކޮޅަކާ އެ އިސްތަށިތައް ޒޯޔާގެ މޫނުގައި ބޮސްދެއެވެ. ފިނި ފިނި ވައިރޯޅިތައް ޖެހެމުން ދިޔަ އެހިތްގައިމު މާހައުލުގައި ހުރިނަމަވެސް ޒޯޔާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. މާޔޫސްކަން މޫނުމަތިން ހާމަވޭވޭ ހުއްޓެވެ.

“ކޮބާ ޒޯ..؟” ގެޔަށް ވަދެގެން އައި އައިވިން ސުވާލު ކުރީ ކާގެއިން ނިކުން ނަޖުމާއާއެވެ. އެހިނދު ނަޖުމާ ފަސްޖެހޭ ގޮތްވިއެވެ. އިރުކޮޅަކު ވިސްނާލަން ހުރެވުނީ އައިވިން އަށް ހުރިހާ ވާހަކައެއް ކިޔައިދެންވީބާއޭ ހިތަށް އަރާފައެވެ.

“ހާމަ ފެންޑާގަ ވެއްޖެ..” ނަޖުމާ ވިސްނުމަކަށް ގެއްލި ހުރެ ބުންޏެވެ.

ކައިގެންތަ އެހުރީ..؟” މެންދުރު ވަޤުތު ފަހަނަ އަޅާ ގޮސްފައި ވުމުން ހާމަފެންޑާއަށް ދިޔުމުގެ ކުރިން އައިވިން ސުވާލު ކުރިއެވެ.

“އަދި ނުކައި..” ނަޖުމާ ތެދު ހާމަކުރިއެވެ.

“އެއީ ކިހިނެއްވީ ހާދަ ލަސްވި އިރުވެސް ނުކަނީ..؟” އައިވިންގެ ނިތްކުރިޔަށް ރޫތައް ޖަމާވެގެން ދިޔައެވެ. ނަޖުމާގެ ފަރާތުން ޖެހިލުންވުމުގެ އަސަރު ފާޅުވަމުން ދާހެން ހީވެ އައިވިން ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.

“ދައްތަ އަކަށް ނޭނގެ މިވާހަކަ ދެއްކުން ރަނގަޅުވާނެ ކަމެއް..” ނަޖުމާ އޭނާގެ ދެއަތް ދެއަތާ ޖޯޑު ކޮށްލަމުން ވާހަކަ ދެއްކިއެވެ.

“ޒޯ އަށް ކަމެއްވީތަ..؟ ނަޖުމާއްތަ ބުނެބަލަ..؟” އައިވިން އަށް ކުއްލިއަކަށް ހާސްކަން ލިބިގެން ދިޔައެވެ.

-ނުނިމޭ-

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިތް ރޮއްވާނުލާ

Next

މަންޒިލް 21

Next
December 6, 2020

މަންޒިލް 21

Previews
December 5, 2020

ހިތް ރޮއްވާނުލާ

One Comment

  1. ?Ril? says:
    December 6, 2020 at 8:36 am

    Wow vrh Sali mi part vsss❤️❤️❤️
    Masha Allah sis❤️❤️❤️❤️❤️❤️
    Aleyyy so sad Zoya ah vee gothun vrh dera???????????
    Hahahah aivin vrh molu ingeyy kahkan , aivin kaari bunaathi Ril ah vss recipe share ??????kohlaachey hahahahhaa???????????????
    Kihineh vee baa Zoya ah so curious❤️❤️
    Waiting for the next part ❤️❤️❤️
    Love u sooo much sis❤️❤️❤️❤️
    Stay safe and take care❤️❤️❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-33←


All Right Reserved!