ބާރު ސްޕީޑުގައި ބްރިޖްމަތިން ކާރު ދުއްވަމުން ދިޔަަ އައިވިންގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ. ޒޯޔާގެ މޫނު ދެކިލުމަށް އެހިތް އެދި ތެޅިފޮޅެމުން ދިޔައެވެ. މިހުރިހާ ދުވަހެއްވީ އިރުވެސް އޭނާއަށް ހަޤީޤަތް ނޭނގި އޮތްކަމުގެ މައްޗަށް އައިވިންގެ އަމިއްލަ ނަފްސު އަޑު ލަމުން ދިޔައެވެ. ޒޯޔާ ގޮތްހުސްވެ އެކަނިވެެރިވާނެ ވަރު އިޙްސާސް ކޮށްލެވުނަސް އައިވިންގެ ސިކުނޑި ސުމަކަށް ދާވަރު ވެއެވެ. ޒޯޔާގެ ދެލޮލުން އޭނާއަށް ފެނުނު ޖަޒުބާތުތަކުގެ ފަހަތުގައިވާ ސިއްރު އައިވިން އަށް ފަހުމްވީ އަދި ކިރިޔާއެވެ. އެދެލޮލުން ފޭދުނު ކަރުނަތައް ކިޔައިދެމުން ދިޔަ ވާހަކަތައް ވިސްނުނީ އަދި ކިރިޔާއެވެ.
ޒޯޔާ ދިރިއުޅޭ އެޑްރެހަށް އާދެވުމާއެކު އައިވިން ހިތް އަވަސްވެ ހުރެ ކާރުން ފޭބިއެވެ. ކުރިމަތިން ފެންނަން ހުރި އިމާރާތައް ބަލާލަމުން އެވަޤުތުވެސް އައިވިންގެ ހިތް އެދެމުންދިޔައީ މަޑު ކުރުމެއްނެތި އިމާރާތުގެ އެތެރެެއަށް ވަދެގެން ދިޔުމަށެވެ. އެހެނަސް ޒޯޔާ އެ އިމާރާތަށް ވަތް ތަން ފެނުނަސް ޒޯޔާ ދިރިއުޅޭ ފަންގިފިލާއެއް އައިވިން އަކަށް ނޭނގެއެވެ.
ދެން ހަދަންވީގޮތެއް ވިސްނަމުންދިޔަ އައިވިން ކެތްތެރިކަން ކުޑަވެހުރެ ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ކުއްލިއަކަށް އިމާރާތުގެ ކުރިމައްޗަށް ހުއްޓުނު ސައިކަލު އައިވިންގެ ލޮލުގައި އަަޅައިގަތީ ދެނެވެ. އެ ސައިކަލަކީ ޒޯޔާ ހޮޓެލުން ބަލާ އައި ސައިކަލުކަން އައިވިން އަށް ވަޤުތުން ދެނެގަނެވުނެވެ. ޒޯޔާ ބަލާ އައި ފިރިހެންމީހާގެ މޫނު މިއަދުވެސް ހެލްމެޓުން ނިވާ ކުރެވިފައި ވާއިރު ސައިކަލު ފަހަތުގައި އޭނާގެ އިތުރުން އަންހެނަކު އިނެވެ. ސައިކަލުން ފައިބަމުން ހެލްމެޓު ނެގުމާއެކު އެ އަންހެނާގެ މޫނު އައިވިން އަށް ކަޝްފު ވެގެން ދިޔައެވެ.
ހެލްމެޓު ނެގުމުން ފެނިގެން ދިޔަ ޝަބާގެ މޫނުން އައިވިން ހުއްޓުން އެރިއެވެ. އެއާއެކު ސައިކަލު ދުއްވަން އިން ޒުވާނާވެސް އުޅަނދު ޕާކު ކުރުމަށްފަހު ބޮލުން ހެލްމެޓު ނެގުމަށްފަހު ސައިކަލުން ފޭބިއެވެ. މަގުމައްޗަށް ނަޒަރެއް ދިން ޝަބާއަށް އެއްލި ކަޅިއަކުން އައިވިން ފެނުނީ އެހިނދުއެވެ. އައިވިންގެ ލޮލާ ނަޒަރު އަމާޒުވުމާއެކު ޝަބާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އައިވިން އެތަނުން ފެނިދާނެ ކަމަކަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާކަން ޝަބާގެ މޫނަށްވެރިވި ކުލަވަރުތަކުން ހާމަވަމުން ދިޔައެވެ.
އައިވިން މަޑު މަޑުން އައިސް ޝަބާގެ ކުރިމަތީ މަޑުކޮށްލިއެވެ. އޭރު ސައިކަލުން ފޭބި ޒުވާނާވެސް ޝަބާގެ ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.
“އައިވިން…” ޝަބާއަށް ލަސްލަހުން އައިވިންގެ ނަން ކިޔާލެވުނެވެ. އައިވިންގެ ކުރިމަތީ ހުންނަން ކުށްވެރިކަމުގެ އިޙްސާސެއް ޝަބާއަށް ކުރެވެމުން ދިޔައެވެ. ޒޯޔާ އައިވިން ދޫކޮށް އޭނާގެ ކައިރިއަށް އައި ފަހުން އައިވިން އެތައް ފަހަރަކު ޝަބާގެ ފޯނަށް ގުޅާ މެސެޖުކޮށް ހެދިއެވެ. އެހެނަސް ޒޯޔާގެ އާދޭހާއެކު އޭނާއަށް އަދި ނަޔާ އަށްވެސް ވެގެން އުޅޭގޮތް އައިވިން އަށް ކިޔައިދޭނެ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން އައިވިން ގެ ހުރިހާ ފޯނުކޯލަކަށާއި މެސެޖަކަށް ކަނު ލޮލެއް ދިނުން ފިޔަވާ އިތުރު ކަމެއް ޝަބާއަކަށް ނުކުރެވުނެވެ.
އައިވިން ޝަބާއަށް ބަލާލަމުން ޝަބާގެ ކައިރީގައި ހުރި ޒުވާނާއަށް ނަޒަރެއް ދިނެވެ. އޭނާގެ ހާޒިރާއެކު އައިވިން އަށް ބުނެދެން ނޭނގޭ އުނދަގުލެއް ވަމުން ދިޔައެވެ. އެ ޒުވާނާ ޒޯޔާގެ އަތުގައި ހިފަމުން ސައިކަލަށް އެރުމަށް އެހީވިގޮތް ސިފަވާ ކޮންމެ ފަހަރަކު ނުބައި އިޙްސާސެއް އައިވިން އަށް ކުރެވިގެން ދެއެވެ. ޒޯޔާ އާ އޭނާ އޮންނަނީ ކޮންކަހަލަ ގުޅުމެއްކަން ވަޤުތުން ވަޤުތައް ހޯދަން އައިވިންގެ ހިތް ތެޅި ފޮޅިގަތެވެ.
“އޯ.. މިއީ އަހަރެންގެ ދޮންބެ ޝިބާން… ދޮންބެ މިއީ އައިވިން.. ޒޯޔާގެ.. ފިރިމީހާ…” އައިވިންގެ ނަޒަރު އޭނާގެ ދޮންބެ އާ އަމާޒުވެފައި ވީތަން ފެނުމުން ޝަބާ އަވަސް އަވަހަށް އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. އެއީ ޝަބާގެ ދޮންބެކަން އެނގުމުން އައިވިން އަށް ބުނެދެން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައެވެ. ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލަމުން ޝިބާން އާ އައިވިން ސަލާމް ކޮށްލިއެވެ. ޒޯޔާގެ ފަރާތުން ޝިބާން އަކީ ކާކުކަން އައިވިން އަށް ކޮންމެވެސް ވަރަކަށް ކުރިންވެސް ވަނީ އިނގިފައެވެ. ފެންނަފެންނުމަށް ދެމީހުންގެ ސިފަ ވައްތަރު ނުވިނަމަވެސް ޝަބާ އާއި ޝިބާން އަކީ އެއް މާބަނޑު ދެބެއިންނެވެ. ދެބެއިން ވިހެއުމަަށްފަހު ޝަބާގެ މަންމަ ނުހަނު ބަލިވިއެވެ. އޭގެ ސަބަބުން ދެކުދިންނަށް ކިރުމައެއްގެ ގޮތުގައި އެހީވެދިނީ ޒޯޔާގެ މަންމަ ސޯބިރާއެވެ. އޭގެ ފަހުން ޒޯޔާ ޝަބާއާއި ޝިބާން ދެކެމުން އައީ އޭނާގެ އާއިލާގެ ގޮތުގައެވެ.
“ބޭބެ އެތެރެއަށް މިވަންނަނީ އިނގޭ..” ފެންނަ ފެނުމަށް ބާޒާރުކޮށްގެން އައި ކޮތަޅުތައް އަތުން ހިފައިގެން ޝިބާން ޝަބާއާ ދިމާއަށް ބަލައިލިއެވެ. ޝަބާ ބޯ ޖަހާލުމާއެކު ދެމީހުންނަށް އެކަނި ވާހަކަދައްކަން ފުރުސަތު ދެމުން ޝިބާން އެތެރެއަށް ހިނގައިގަތެވެ.
“ޝަބާ…. އަހަންނަށް އެނގޭ ޝަބާއަަށް ޒޯޔާ ދިރިއުޅޭތަން އިނގޭނެކަން.. އެންމެ ފަހަރަކު އަހަރެންނަށް ޒޯޔާއާ ބައްދަލު ކޮށްދެވޭނެގޮތް ހަދައިދީ.. އެންމެ ފަހަރަކު..” ޝިބާން ދިޔުމާއެކު އައިވިންގެ އެދުން އޭނާ ފާޅު ކުރިއެވެ. އައިވިންގެ އަޑުގައިވީ އާދޭހާއެކު ޝަބާ ހުއްޓުން އަރާގޮތްވިއެވެ. ހަދާނެ ގޮތެއް ވިސްނުމަށް ޝަބާއަށް ކުޑަ ހިނދުކޮޅެއް ބޭނުންވިއެވެ. އޭނާގެ ނިންމުމާމެދު އެކުވެރިޔާ ހިތްހަމަ ނުޖެހިދާނެ ކަމުގެ މައްޗަށް ހިތް ނުތަނަވަސްވީ ނަމަވެސް އައިވިންގެ އާދޭހަށް ބީރުކަންފަތެއް ދޭނެ ހިތްވަރެއް ޝަބާއަކަށް ނުލިބުނެވެ. ޒޯޔާގެ ހިތާމަތަކަށް ނިމުމެއްގެނެސް ދެވެން އޮތް ހަމައެކަނި މީހަކީ އައިވިން ކަން ޝަބާއަށް އެނގިހުރެ އެ އެދުން ބޮލާލާ ޖަހާކަށް ޝަބާ ބޭނުމެއް ނުވިއެވެ.
ފުންނޭވާއެއް ދޫކޮށްލަމުން ޝަބާ އައިވިން އެދުމަށް އެއްބަސްވިއެވެ. އިމާރާތުގެ ތެރެއަށް ވަދެގެން ގޮސް ހަތަރުވަނަ ފަންގިފިލާއަށް ޝަބާ އައިވިން އާއެކު އެރިއެވެ. ގޭތެރެއަށް ވަނުމަށްފަހު ސިޓިންގް ރޫމުގައި ހުރި ސޯފާތަކަށް ޝަބާ އިޝާރާތް ކުރިއެވެ.
“އެބަ އަންނަން ޒޯޔާ ކޮބާތޯ ބަލާފަަ..” އައިވިން ބޯޖަހާލުމާއެކު ޝަބާ ޒޯޔާގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
ދޮރުގައި ޓަކި ޖަހާލުމާއެކު ޒޯޔާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ޝަބާއަށް ހިނިތުންވެލަމުން އެތެރެއަށް ވަންނަން ޒޯޔާ ތަންދައްކާލިއެވެ.
“ޒޯ… އެބަހުރި ޒޯ އާ ބައްދަލު ކޮށްލަން ބޭނުންވާ މީހަކު އައިސް .. އެންމެ ރަނގަޅުތަ އެތެރެއަށް ވެއްދިޔަސް..؟” ޝަބާ ދުރު ދުރުން ވާހަކަ ދެއްކިއެވެ. އައިވިންގެ ނަން ބުނެފިނަމަ ޒޯޔާ ކަންތައްކުރާނެ ގޮތެއް ލަފާކުރާކަށް ޝަބާއަކަށް ނޭނގުނެވެ.
ޝަބާގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމާއެކު ޒޯޔާއަށް ނިތް އަރުވާލެވުނެވެ. އޭނާ އާ ބައްދަލު ކުރަން އަންނަން ހުންނާނެ މީހެއް ޒޯޔާގެ ހިތަކަށް ނުގެނެވުނެވެ. އަދި ޝަބާގެ މޫނުގައިވާ ހާސްކަމުން ދޭހަކުރަންވީ މާނައެއް ޒޯޔާއަކަށް ނުވިސްނުނެވެ.
“ކާކުތަ..؟ ކޮންތާކު އޭނަ ހުރީ..؟” އިތުރަށް އޮޅުން ފިލުވުމުގެ ގޮތުން ޒޯޔާ ސުވާލު ކުރިއެވެ.
“ސިޓިންގް ރޫމުގަ ހުރީ.. ޒޯޔާ ކައިރީ އަހާފަ ނޫނީ ކޮޓަރިއަށް ނުވައްދަން ވެގެން އަހަރެން ބުނީ އެހަށް މަޑު ކޮށްލާށޭ..” ޝަބާ ކުޑަކޮށް ޖެހިލުންވެ ހުރެ ޖަވާބުދިނެވެ.
“އެހެންވިއްޔާ އަހަރެން މި ނިކުންނަނީ ސިޓިންގް ރޫމަށް.. ކޮޓަރިއަށް ވުރެ ރަނގަޅުވާނެ އެންނު ސިޓިންގް ރޫމުގަ ބައްދަލުކުރިއްޔާ..” ކާކު ކަން ނުވިސްނުނު އެ މީހަކު ހޯދުމުގެ ޝައުޤުވެރިކަން ޒޯޔާގެ ހިތުގައި އުފެދުނެވެ. އެހެނަސް ސިޓިންގް ރޫމަށް ނިކުންނަން ހިނގައިގަތުމާއެކު ޝަބާ ޒޯޔާ ހުއްޓުވިއެވެ.
“އަހަންނަށް ހީވަނީ ތި ދެމީހުން އެކަނި ބައްދަލު ކުރިއްޔާހެން ރަނގަޅުވާނީ.. އަހަރެން އެބަ ގެންނަން އޭނަަ މިތަނަށް.. ޕްލީސް.. އެއްފަހަރު ކަމަށް އަހަރެން ބުނާގޮތް ހަދައިދީ..” ޝަބާ އާދޭހުގެ ރާގަގަކަށް ބުނުމަށްފަހު ކޮޓަރިން ނިކުތެވެ. ވިސްނަންވީ ގޮތެއް ނޭނގި ހުއްޓުން އަރާފައި ޒޯޔާއަށް ހުރެވުނެވެ. ގިނަ އިރެއް ނުވެ ދޮރުގެ ތަޅު އެނބުރުން އަޑަށް ޒޯޔާގެ ނޭވާ ހިފަހައްޓާލެވުނެވެ. ދޮރު ހުޅުވާލުމަށްފަހު ވަދެގެން އަންނާނީ ކާކުކަން ލަފާކޮށްލާކަށްވެސް ޒޯޔާއަކަށް ނޭނގުނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ވަދެގެން އައި އައިވިންގެ މޫނު ފެނުމާއެކު ޒޯޔާގެ ދެލޯ ބޮޑުވިއެވެ. ފެންނަމުންދަނީ ހުވަފެނެއް ކަމުގައި ޒޯޔާ އަށް ހީކުރެވިގެން ދިޔައެވެ. އައިވިންގެ ލޮލުގައިވީ ދެނެގަންނަން އުނދަގޫ އަސަރުތަކާއެކު ޒޯޔާގެ ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުން ދިޔައެވެ.
އެކި ޚިޔާލުތައް ސިކުނޑިއަށް އަރާފައިބަމުން ދިޔަ ޒޯޔާއަށް ސިހުންގެނުވީ އައިވިން ކުއްލިއަކަށް އައިސް އޭނާގެ ގައިގާ ބައްދާލުމުންނެވެ. ދެލޯ ބޮޑު ކޮށްލެވުނު ޒޯޔާއަށް ހަރަކާތެއް ކޮށްލަންވެސް ފަސްޖެހެވުނެވެ.
“އައިމް ސޮރީ ޒޯ.. އަހަންނަށް ޒޯ ރައްކާތެރިއެއް ނުކުރެވުން.. އަހަރެންގެ މަންމަ އެހެން ކަންތައް ކޮށްފާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.. އައި ޝުޑް ހޭވް ބީން މޯ ކެއަރފުލް.. އައި ޝުޑް ހޭވް ޓޭކެން ބެޓަރ ކެއަރ އޮފް ޔޫ.. އައިމް ސޮރީ.. އައިމް ސޮރީ ޔޫ ހޭޑް ޓު ސަފަރ ބިކޮޒް އޮފް މީ.. އައިމް ސޮރީ..” އައިވިންގެ އަޑު ބެދިގެން ދިޔައިރު ހުއްޓާ ނުލާ ޒޯޔާގެ ކިބައިން މަޢާފަށް އެދެވެމުން ދިޔައެވެ.
އައިވިންގެ ވާހަކަތައް އަޑުއަހަމުންދިޔަ ޒޯޔާގެ ދެލޯ ވަޤުތުން ފެންކަޅިވެގެން ދިޔައެވެ. ނަމަވެސް އޭނާއަށް ވީ އެއްވެސް ކަމެއްގައި އައިވިންގެ ކުށެއް ނުވެއެވެ. އެހެންކަމުން އައިވިން މަޢާފަށް އެދޭ ކޮންމެ ފަހަރަކު ޒޯޔާ ދެފަރާތަށް ބޯހޫރުވާލަައެވެ. ކިހިނެއްކަން ނޭނގުނުނަމަވެސް އައިވިން އަށް ހަޤީޤަތް އިނގިއްޖެ ކަން ޒޯޔާއަށް ވިސްނުނެވެ. އެކަމުން ބުނެދެން ނޭނގޭ ހިތްހަމަ ޖެހުމެއް ހިތަށް ވެރިވެގެން ދިޔައެވެ. ނަފްސު ބަނދެވިފައިވާ މަޖުބޫރީއިން ވީއްލި ސިކުނޑިއަށް ލުއިވެގެން ދިޔައެވެ. އިތުރަށް އަމިއްލަ ނަފްސު ހިފެހެއްޓުމުގެ ބޭނުމެއްނެތް ކަން އިޙްސާސްކުރެވި ކަރުނަތައް އޭގެ މަގާމުން ދޫވެގެން ދާން ފުރުސަތު ދެމުން ޒޯޔާ ދެލޯ މަރާލިއެވެ. އައިވިންގެ މެދުހަށީގައި އަތް ވަށާލަމުން އެ މޭތެރޭ މޫނު ފޮރުވާލިއެވެ.
“މަންމީ..” ކުއްލިއަކަށް ޒައިކްގެ އަޑު އިވިގެން ދިޔުމުން ޒޯޔާ ހަމަހޭވެރިކަން ވިއެވެ. އައިވިން އާ ދުރުވެލަމުން ދެލޯ ފޮހެމުން އެނދަން ނަޒަރު ހިންގާލިއެވެ. އޭރު ނިދިފައި އޮތް ޒައިކް ދެލޯ އުނގުޅަމުން ތެދުވެގެން އޭނާއާ ދިމާއަށް އަންނަނީއެވެ. ޒޯޔާގެ ކައިރީ ހުރި އައިވިން ފެނުމާއެކު ޒައިކްގެ ނިދި ވަޤުތުން ފިލައިގެން ދިޔައެވެ.
********
ޒައިކްގެ މަޢުސޫމު ބެލުން އަމާޒުވެފައިވާ ދެލޯ ފެނުމާއެކު އައިވިންގެ ހިތަށް ފިނިވެގެން ދިޔައެވެ. އިޙްތިޔާރެއްނެތި ޒައިކް އާ ދިމާއަށް އޭނާއަށް ފިޔަވަޅެއް އަޅާލެވުނެވެ. އައިވިން ކައިރިވަމުން އައި ވަރަކަށް ޒައިކް ޒޯޔާގެ އުރުގެ ތެރޭ ބޮނޑިވެލިއެވެ. އައިވިންއަކީ ކާކުކަން ދެނެގަންނާކަށް އެ ޅަ ސިކުނޑިއަކަށް ނޭނގުނެވެ.
“ޒައިކް.. މިއީ ޑެޑީއޭ..” ޒޯޔާ ޒައިކް ގޮވައިގެން އިށީނދެ އިން އެނދުގެ ކުރިމަތީ ކުޑަކަކޫ ޖަހާލަމުން އައިވިން ޒައިކްގެ ކޮލުގައި ފިރުމާލިއެވެ. އެހިނދު ހިތުގައި ފުންވަމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އައިވިން އަށް އުނދަގޫވިއެވެ.
“ޑެ..ޑީ…؟” ޒައިކް ސުވާލެއްހެން ލަސްލަހުން ކިޔާލިއެވެ. އައިވިން ވަޤުތުން ބޯ ޖަހާލިއެވެ. އެއީ ތެދެއްތޯ ޔަޤީން ކުރުމަށް ޒައިކް ބަލައިލީ އޭނާގެ މަންމަގެ މޫނަށެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރަމުންދިޔަ ޒޯޔާ މަޑު މަޑުން ބޯޖަހާލިއެވެ.
ޒޯޔާގެ ފަރާތުން ލިބުނު ޖަވާބާއެކު ކުއްލިއަކަށް ޒައިކްގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އުމުރުން ކިތަންމެ ކުޑަޔަސް ބައްޕައަކީ އާއިލާގެ މެންބަރެއްކަން ދެނެގަންނާކަށް ޒައިކް އަކަށް އުނދަގުލެއް ނުވިއެވެ.
އައިވިން ދިއްކޮށްލި އަތުގެ ތެރެއަށް ޒައިކް ވަތްއިރު އެެދެލޯ އުފާވެރިކަމުން ވިދަމުން ދިޔައެވެ.
އައިވިން ޒައިކް އުރާލަމުން ތެދުވެ އެ މޫނަށް ބޮސްދިނެވެ. ޒައިކް އާ މެދު އެހިތުގައިވާ ލޯބި މީހުންނަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. ޒައިކް ގެއްލުމުން އެހިތަށްވެރިވި ހުސްކަން އިތުރު މީހަކަށް އިޙްސާސެއް ނުކުރެވޭނެއެވެ. އެދެމެދުގައިވީ ލޭގެ ގުޅުމަކަށްވުރެ މާ ވަރުގަދަ ގުޅުމެކެވެ. ޒައިކް އަކީ އޭނާއާ ޒޯޔާ ގުޅުވައިދިނުމުގެ އަސްލު ކަމުގައި އައިވިން ދެކެއެވެ.
*******
ކޮފީ ޖޯޑު ހިފައިގެން އައިސް ޒޯޔާ އައިވިން އަށް ދިއްކޮށްލިއެވެ. އައިވިން ހިނިތުންވެލަމުން ޖޯޑުގައި ހިފާ އެތިފޮދެއް ބޯލިއެވެ. އޭރު އައިވިން އިނީ ޒޯޔާ ދިރިއުޅޭ ގޭގެ ކާމޭޒު ދޮށުގައި އިށީނދެގެންނެވެ. ޝަބާ ޒައިކް ގޮވައިގެން ސިޓިންގް ރޫމުގައި ކުޅިވަރެއް ކުޅުމުގައި އުޅުނީ އައިވިން އާއި ޒޯޔާއަށް ވަޤުތު ކޮޅެއް ދެމުންނެވެ.
“ޒޯ.. އަހަރެން ބޭނުން ކުރީގެ ދިރިއުޅުމަށް އަނބުރާ ދާން.. ނޫން.. ކުރިއަށްވުރެ އުފާވެރި ދިރިއުޅުމެއް ޒޯ އާއެކު އުޅެން އަހަރެން ބޭނުން..” އައިވިން ޒޯޔާގެ އަތުގައި ހިފާލަމުން އެދެލޮލަށް ބަލައިލިއެވެ.
“އެކަމަކު ޖޫން..” ޖޫންގެ މަތިން ހަނދާންވުމާއެކު ޒޯޔާއަށް ފަސްޖެހެވުނެވެ. އޭނާ އަކީ އެ އާއިލާގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ މީހެއްގެ ގޮތުގައި ޖޫން އޭނާ ބަލައިގަންނާކަށް ޒޯޔާ ބޭނުމެއް ނޫނެވެ.
“ޖޫން އެއީ މިހާރު މިނިވަނެއް.. ޖޫންގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތް އެނގޭނީ އޭނައަށް..” އައިވިންގެ ވާހަކައާއެކު ޒޯޔާ ހައިރާން ވިއެވެ. ޒޯޔާގެ މޫނުގައިވާ ކުލަވަރު ފެނި އައިވިން ޖޫން އާ ކައިވެނި ކުރަން ޖެހުނު ގޮތުން ފެށިގެން ވީހުރިހާ ކަމެއް ކިޔައިދިނެވެ.
“އަހަރެން ބޭނުމެއް ނޫން އިވާން ޖޫން އާ ހަވާލު ކުރާކަށް.. އަހަންނަކަށް ހިޔެއްނުވެ ޖޫން އިވާން ބޭނުންވާ ހެނެއްވެސް…”
” އަހަރެން މިއުޅެނީ ޖޫން އާ އިވާން ދުރުކުރުވާކަށް ނޫން.. ޖޫން ބޭނުން އިރަކު އިވާން އާ ބައްދަލު ކުރެވޭނެ.. އެކަމަކު އިވާންގެ ބެލެހެއްޓުން ޖޫން ކޯޓަށް ނުދާހާހިނދަކު ޖޫން އާ ހަވާލު ކުރާކަށް އަހަރެން ބޭނުމެއް ނޫން..”
ޒޯޔާގެ މޫނުން ފެނުނު ފަސްޖެހުމުގެ ފަހަތުގައިވަނީ ޖޫން ކަން އެނގިހުރެ އައިވިން އިތުރަށް އޮޅުން ފިލުވައިދިނެވެ. އައިވިންގެ ވާހަކައާއެކު ޒޯޔާ ހަމަޖެހުނުތަން ފެނިގެން ދިޔައެވެ.
” އަހަންނަށް އެނގޭ ޒޯ އަށްވުރެ ރަނގަޅު މަންމައެއް އިވާން އަށް އަހަންނަށް ހޯދައި ނުދެވޭނެކަން.. ޒޯ.. އިވާންގެ މަންމަ އަކަށް ވެދޭނަންތަ..؟” އައިވިންގެ ސުވާލާއެކު ޒޯޔާ އައިވިންގެ ދެލޮލަށް ނަޒަރު ހިންގާލިއެވެ. އައިވިންގެ ދަރިފުޅުގެ މަންމައަކަށް ވާން ޒޯޔާ ހިތް އުފަލާއެކު ރުހޭނެއެވެ. އައިވިން އޭނާގެ ދަރިފުޅު އަމިއްލަ ދަރިއެއްގެ ގޮތުގައި ހިތުން ރުހުމުން ޤަބޫލު ކުރި އިރު ޒޯޔާ އެކަމަށް ނުރުހެންވީ ކީއްވެހެއްޔެވެ؟ ހިނިތުންވެ އިނދެ ޒޯޔާ ބޯޖަހާލިއެވެ. އެހިނދު ދެމީހުންގެ ތުންފަތައް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
********
“އިވާން.. ޒައިކް.. ދެކުދިން ނުދުވެބަލަ އެހާ ބާރަށް.. ވެއްޓިދާނެ…” ބޭނުންވާ އެންމެ ފަހުގެ އެއްޗެހިތައް ދަބަހަށް އަޅަމުން ދިޔަ އައިވިން ސަކަރާތް ޖަހަމުން ދިޔަ ޒައިކް އާއި އިވާން އަށް އަޑު އިވޭވަރަށް ގޮވާލިއެވެ. އައިވިން އާއި ޒޯޔާ މިހާރު އެމީހުންގެ ކުޑަ ކުޑަ އާއިލާއާއެކު ދިރިއުޅެނީ އައިވިން ހުޅުމާލެއިން ގަތް އެޕާޓްމެންޓެއްގައެވެ. އޭނާ މަންމައަށް މަޢާފް ކުރިނަމަވެސް އެ މަންމަގެ ހިޔާވަހި ކަމުގައި އުޅެން ބޭނުންނުވީއެވެ. ހަސަން އާއި އައިވިންގެ ގުޅުން ބަދަހިވަމުން އައި އިރު ކާފަ ދަރިން ދެކެލުމަށް ހަސަން ގިނައިން އެގެޔަށް އައިސް ހަދައެވެ. ހަސަންގެ ހިތުގައި އޭނާގެ ޅީދަރިފުޅަށް އޮތް ލޯބި އަމިއްލަ ދަރިފުޅު ދެކެ ވާ ލޯތްބަށްވުރެވެސް އިތުރު ވެފައިވާ ފަދައެވެ.
އައިވިން ޖޫން ވަރިކުރުމަށްފަހު ޖޫންގެ ފަރާތުން އެއްވެސް ޚަބަރެއް ނުވެއެވެ. އިވާން ދެކެލުމަށްވެސް ޖޫން މަސައްކަތެއް ނުކުރެއެވެ. ރާއްޖޭން ބޭރަށް ޖޫން ދިރިއުޅުން ބަދަލު ކުރިފަދަ ވާހަކައެއްވެސް ބައެއްގެ ފަރާތުން އައިވިން އަށް އަޑުއިވުނެވެ. އެހެނަސް ޖޫން އުޅޭތަނެއް ހޯދާކަށް އޭނާ މަސައްކަތެއް ނުކުރެއެވެ. އިސްވެ އިވާން ދެކެލުމަށް ނޭދޭހާ ހިނދަކު އެކަން ކުރުމުގެ ވިސްނުމެއްވެސް އައިވިންގެ ނެތެވެ.
*******
އައިވިން ގޮވާލުމާއެކު ޒައިކް ހުއްޓުނު ނަމަވެސް ކުޑަ ކުޑަ އިވާން އަދިވެސް ކުޅުމުގެ ޚިޔާލު ދޫކޮށްލާކަށް ނުވިސްނައެވެ. އަތުގައި އޮތް ކުޅޭ ކުޅޭ މަތިންދާބޯޓު ހިފައިގެން އިވާން ދުވަމުން ދިޔައެވެ.
” ކޮން އިރަކުން މަންމި ރަށަށް ދެވޭނީ..؟” ޒައިކް އައިސް އައިވިން ކުރިމަތީ ހުއްޓި ސުވާލު ކުރިއެވެ.
“މިހާރު އެއަރޕޯޓަށް ދާގަޑި ޖެހެނީއޭ އިރުކޮޅަކުން.. ދެ ގަޑިއިރު ތެރޭގަ ދެވޭނެ މަންމި ރަށަށް..” އައިވިން ޒައިކްގެ ކޮލުގައި ހިފާލަމުން ލޯތްބާއެކު ބުނެލިއެވެ. ކުއްލިއަކަށް އިވިގެންދިޔަ އިވާންގެ ރުއިމާއެކު އައިވިން އަށާއި ޒައިކް އަށް އެދިމާއަަށް ބަލާލެވުނެވެ. ކޮޓަރިން ނިކުން ޒޯޔާއަށް ވަޤުތުން އިވާން އާ ދިމާއަށް ދެވުނެވެ.
“ބައްޕަ ބުނީމެންނު އޭރުވެސް އެހާ ބާރަށް ނުދުވާށޭ..” އައިިވިން އައިސް ޒޯޔާގެ ގައިގާ ބައްދައިގެން ރޯންހުރި އިވާންގެ ބޮލުގައި ފިރުމާލިއެވެ.
“ކޮންތަނެއް ޖެހުނީ އިވް..؟ އެއްވެސް ތަނަކަށް ތަދުވިތަ..؟” ޒޯޔާ ހާސްވެހުރެ އިވާންގެ ހަށިގަނޑަށް އަނިޔާއެއް ލިބިފައިވޭތޯ ބަލަމުންދިޔައެވެ.
އިވާން ދެފަރާތަށް ބޯހޫރުވަމުން ރޮމުން ގެންދިޔައެވެ. ޒޯޔާ އިވާން މަސަލަސް ކުރުމަށް ގައިގާ ބައްދާލަމުން ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
“ބޮޑެތި ކުދިން ނުއެއް ރޯނެ އިވް.. ބިގް ބްރަދާ އަކަށް ވަނިކޮށް ރޮންޏާ ބޭބީ ރޯން ދަސްކުރާނެ..” ހަތަރު އަހަރުގެ ޒައިކް އައިސް ބޮޑު މީހެއްހެން އިވާން އަށް ނަސޭހަތް ދޭން ފެށިއެވެ. ޒޯޔާގެ ހަތަރު މަހަށްދާ ކުޑަކޮށް އުފުލިފައިވާ ބަނޑުގައި ޒައިކް އިވާންގެ އަތް ނަގާ ޖައްސާލިއެވެ. ޒައިކް ބުނި ބަހުގެ މާނަ އިވާން އަށް ދޭހަވީ ކަންނޭނގެއެވެ. ވަޤުތުން ކައްޓަކަށް ރުއިން ހުއްޓާލައިފިއެވެ. ކުޑަ ދެމީހުންގެ ހަރަކާތްތަކަށް ބަލަން ތިބި އައިވިން އާއި ޒޯޔާގެ ގާތަށް ހިނި އަންނަގޮތްވިއެވެ.
“ދެޓްސަ މައި ބޯއީސް..” އިވާން ރުއިން ހުއްޓާލުމާއެކު އައިވިން އައިސް ދެކުދިންގެ ގައިގާ ބައްދާލިއެވެ. އިރުކޮޅެއްގެ ތެރޭގައި ދެންމެއަކު ވެއްޓުނު ހެނެއް ހީނުވެ އިވާން ޒައިކް އާއެކު ސަކަރާތް ޖަހަން ފެށިއެވެ.
“އިވް މިއޮތީ ޓޯއީ..” އިވާން އާއި ޒައިކް ބެލުމަށް އައިވިން ޚިޔާރު ކުރި ނެނީ އިވާންގެ އެންމެ ގަޔާވާ ކުޅޭ އެތި ހިފައިގެން އައިސް އިވާން އަށް ދިއްކޮށްލަމުން ބުންޏެވެ. ޒޯޔާ ބަލިވެ އިނުމާއެކު ދެކުދިން ބެލުމަށް އެހީވެދެން އައިވިން ނެނީއެއް ގެންނަ ޚިޔާލު ކުރީއެވެ. ނަސީބަކުން ނަޖުމާގެ އިތުބާރުހުރި ރައްޓެއްސެއްގެ ދަރިފުޅު ޕާޓް ޓައިމް ކޮށް ނެނީ އެއްގެ ވަޒީފާ އަދާކުރުމަށް އެއްބަސްވިއެވެ. ހިތް ހެޔޮ އެންމެންނާ ގުޅޭ މިޒާޖެއްގެ އަންހެން ކުއްޖެއްކަމުން ޒޯޔާގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނެވެ. ނެނީއެއް ޚިޔާރު ކުރިނަމަވެސް އަދިވެސް ދެބެންގެ ގިނަ ކަންކަން ކުރަނީ ޒޯޔާ އަމިއްލަ އަށެވެ. ގިނަފަހަރަށް ނެނީގެ އެހީ ހޯދަނީ އައިވިން ނުވަތަ އޭނާ ގޭގައި ނޫޅޭ ވަޤުތު ދެކުދިން ބަލައިލަ ދިނުމަށެވެ.
ޒޯޔާގެ ރަށަށް ކުރާ ދަތުރުގައި އިތުރުމީހެއްގެ އެހީ ހޯދަން ޖެހިދާނެކަމަށް ޒޯޔާ ގަސްތުކުރީ ނެނީވެސް ގޮވައިގެން ރަށަށް ދިޔުމަށެވެ. ކޮލެޖް ގެ ކިޔެވުން ބަންދު ދުވަސްކޮޅެއްކަމުން އުނދަގުލެއްނެތި ހަފްތާއަކަށް ރާއްޖެތެރެއަށް ދިޔުމަށް އޭނާވެސް އެއްބަސްވިއެވެ.
*******
ކުރު ދަތުރަކަަށްފަހު ޒޯޔާއަށް އޭނާގެ އުފަން ރަށަށް އާދެވުނެވެ. ގިނަ ދުވަސްތަކަކަށް ފަހު އުފަން ފަސްގަނޑަށް އާދެވުމުން އޭނާއަށް ކުރެވުނީ ތަފާތު އިޙްސާސެކެވެ. އުފަލާއި ހިތާމައިގެ އެތަކެއް މަރުޙަލާއެއް އޭނާ ކަޑައްތު ކުރި ތަނަކީ އެއީއެވެ.
“ޒޯ…!” އެރީވަލް އިން ނުކުމެވުމާއެކު ދުވެފައި އައި ނަޔާ ޒޯޔާގެ ގައިގާ ބައްދާލިއެވެ. ގިނަ ދުވަސްތަކެއް ފަހުން އެކުވެރިޔާ ފެނުމުން ދެމީހުންގެވެސް ލޮލުގައިވީ އުފާވެރިކަމުގެ ކަރުނައެވެ.
“ވާއު.. ދެކުދިން ހާދަ ބޮޑު ވެއްޖެޔޭ ދޯ މިހާރު.. ނަޔާއްތަ އަކަށް ނުވެސް އިނގުން.. ” ނަޔާ ޒައިކް އާއި އިވާންގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“މިއީ ބިގް ބްރަދާސް އޭ..” ނަޔާގެ ވާހައަކައާއެކު ދެބެން އެއްފަހަރާ ހަށިގަނޑު ސީދާކޮށްލަމުން ބުނެލިއެވެ. އެއާއެކު ނަޔާއާއި ޒޯޔާއަކަށް އެކުގައި ހެވުނެވެ.
******
ޔާޒްގެ ކާރުގައި އެންމެން ޒޯޔާމެން ތިބެން ހަމަޖެހިފައިވާ މަންޒިލަށް މިސްރާބުޖެހިއެވެ. ކާރު ހުއްޓުމާއެކު ޒޯޔާ ކާރުން ފައިބަމުން އިވާން އާއި ޒައިކް ކާރުން ފޭބުމަށް އެހީވިއެވެ. ބިމުގައި ފައި ޖެހުމާއެކު ދެމީހުން މަޖާވެގެން ދުވަން ފެށި އިރު ނެނީ ދެކުދިންގެ ހަރަކާތްތައް ބެލުމުގައި ކައިރީގައި ހަރަކާތްތެރިވަމުން ދިޔައެވެ.
އާދެވުނު ދަންނަ މާޙައުލަށް ޒޯޔާއަށް ނަޒަރު ހިންގާލެވުނީ ދެނެވެ. ކާރުގައި އައި ވަޤުތުވެސް ޒޯޔާއަށް ބޭރަށް މާބޮޑު ސަމާލުކަމެއް ނުދެވެއެވެ. އެހެނަސް އެމާޙައުލުގައި ވަޅުލެވިފައިވާ ހަނދާންތައް ކުއްލިއަކަށް އޭނާ ވަށާލި ފަދައެވެ. އާއެކެވެ. އޭނާއަށް އާދެވިފައި އެހުރީ އޭނާ އުޅެ ބޮޑުވި ގޭގެ ކުރިމަތީގައެވެ. އެހެނަސް ބާވެ ވީރާނާވެފައިވާ އޭނާ އުޅެ ބޮޑުވި ގޭގެ ބަދަލުގައި އެތާނގައި ހުރީ ތިންބުރީގެ ޒަމާނީ އިމާރާތެކެވެ.
“ސަޕްރައިޒް..” ވިސްނަންވީ ގޮތެއްނޭނގި އިމާރާތައް ގެއްލިފައިހުރި ޒޯޔާ ހޭވެރިކަންވީ އޭނާގެ ކަންފަތް ކައިރިން އިވިގެންދިޔަ އައިވިންގެ އަޑުންނެވެ. ހައިރާންކަމާއެކު ޒޯޔާއަށް އައިވިންގެ މޫނަށް ބަލާލެވުނީ މިވާނުވާއެއް ނޭނގިހުރެއެވެ.
“މިއީ މިހާރު ޒޯގެ އަމިއްލަ ގެ.. ޒޯގެ ނަމަށް މިގެ ރަޖިސްޓްރީ ވެފަ މިހާރު އޮންނާނީ.. އަން… މިއޮތީ ތަޅުދަނޑި..” ދަޅުދަނޑިފައްޗެއް ޒޯޔާގެ އަތައް ލައިދެމުން އައިވިން ހިނިތުންވެލިއެވެ.
“އައިވިން.. މިގެ.. މިހުރިހާ ކަމެއް ކުރީ އައިވިންތަ..؟” އަދިވެސް ޝޮކެއްގައި ހުރި ޒޯޔާއަށް އޭނާ ބޭނުންވާ ގޮތެއް ބަސްތައް އަމުނާލަން އުނދަގޫ ކަމަކަށް ވިއެވެ.
“މްމް.. އެއީ އެހާބޮޑު ކަމެއް ނޫނެންނު.. އެެހެންނޫނަސް މި އިމާރާތުގެ ހައްޤު ވެރިފަރާތަކީ ތިއީ.. އެހެންވީމަ ޒޯގެ ނަމަށް ގެ ރަޖިސްޓްރީ ކުރަން އެހާ އުނދަގުލެއް ނުވި.. ދެން ގެ ބޭނުންނުކޮށް ގިނަ ދުވަހު ހުރީމަ ވަރަށް ބޮޑަށް ވީރާނާވެފަ ހުރީ.. އެހެންވެ މުޅިގެ އަލުން އިމާރާތް ކުރަން ޖެހުނީ.. މިރަށާ ބަލާއިރު މިހާރު މިގެ މިހިރީ ރަނގަޅު ފެންވަރެއް…”
“ތެންކިޔޫ..” އައިވިންގެ ވާހަކަ ފުރިހަމަ ނުވަނީސް ޒޯޔާ އައިވިންގެ ގައިގާ ބައްދާލިއެވެ. އޭރު އެދެލޯ ފެންކަޅިވެއްޖެއެވެ. އައިވިން އޭނާއަށް އެކޮށްދިނީ ހީވެސް ނުކުރާވަރުގެ ބޮޑު ކަމެކެވެ. ބައްޕަ ނިޔާވި ފަހުން އެ އިމާރާތުގެ ރަޖިސްޓްރީ ޒަފަރް ވަނީ އޭނާގެ މިލްކިއްޔާތުގެ ގޮތުގައި ހިފަހައްޓާފައެވެ. މިއަދު އައިވިން އަނބުރާ އޭނާއަށް އެހޯދައިދިނީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި މިލްކިއްޔާތެވެ.
“ޝްޝް.. ޑޯންޓް ކްރައި.. ޒޯ ރޮއްވާލާކަށް ނޫނޭ ސަޕްރައިޒް ދިނީ..” އައިވިން ޒޯޔާގެ ކަރުނަތައް ފޮހެލަދެމުން ހިނިތުންވެލިއެވެ.
“އައިމް ޖަސްޓް ސޯ ހެޕީ… އައި ލަވް ޔޫ..” ލޯތްބާއެކު އައިވިންގެ މޫނަށް ބަލައިލަމުން ޒޯޔާ ބުންޏެވެ. ދިރިއުޅުމުގައި ދިމާވި ހުރިހާ ހިތްދަތި ކަމަކާއި ވޭނަކަށްފަހު އައިވިންގެ ހިތުން އޭނާއަށް ޖާގައެއް ލިބުނު ކަމައްޓަކައި ޒޯޔާ އަބަދުވެސް ޝުކުރުވެރިވިއެވެ. އައިވިން އަކީ އޭނާގެ ހިމާޔަތާއި ތައްކާތެރިކަމެވެ.
“އައި ލަވް ޔޫ މޯ…” ޒޯޔާގެ ފަން އިސްތަށިގަނޑުގައި ފިރުމާލަމުން އައިވިިން ހާމަކުރިއެވެ.
********
“މިރޭ ގަޑިއަށް އަންނަން ހަނދާން ކުރާތި…!”
ޔާޒްގެ އެހީއާއެކު ފޮށިތައް ގެޔަށްވައްދަމުން ދިޔަ އައިވިން އަށް އަމާޒުކޮށް ނަޔާ ބުނެލިއެވެ.
“ޒޯ ގަޑިއަށް ރެޑީ ކުރުމަކީ އައިވިންގެ ކަމެއް..” ނަޔާގެ އަމުރާއެކު އައިވިން ހިނިގަނޑެއް ޖަހާލަމުން ނަޔާއަށް ސެލިއުޓް ކޮށްލިއެވެ. ޕާޓީ ތަކާއި އުފާފާޅު ކުރުންތަކަށް ފޯރި ހުންނަ ނަޔާ ޒޯޔާ ރަށަށް އައުމާއެކު އެކަމުގެ އުފަލުގަ ޕާޓީއެއް ނުބާއްވާ ހިތްހަމައެއް ނުޖެހުނެވެ. ރޭގަނޑު ބާއްވަން ހަމަޖެހިފައި އޮތް ޕާޓީއަށް ގަޑިއަށް އަންނަން ޖެހޭނެކަމަށް އެތައް ފަހަރަކު ބުނުމަށްފަހު ނަޔާ ޔާޒް އާއެކު ކާރުގައި އެގެއިން ނައްޓާލިއެވެ.
***********
އައިވިން ކޮޓަރި ތެރެއަށް ބޯދިއްކޮށްލުމާއެކު ފެނުނު މަންޒަރުން ހިނިތުންވެލެވެވުނެވެ. އެއީ ކިތަންމެ ގިނައިން އެމަންޒަރެއް ފެނުނަސް އޭނާ ބަލާ ފޫހިނުވި މަންޒަރެކެވެ. ޒޯޔާއާއި އޭނާގެ ދެފަރާތުގައި އޮތް ޒައިކް އަށާއި އިވާން އަށް އޮތީ ނިދިފައެވެ. ޒޯޔާގެ އަތުގައި އޮތް ވާހަކަފޮތް މަޑު މަޑުން ނަގާ ސައިޑް ކަމަޑު މަތީގައި ފޮތް ބާވާލިއެވެ. ޒޯޔާ ނިދާފައި އޮތް އަރާމުކަން ފެނި ހޭލައްވަން ބޭނުން ނުވި ނަމަވެސް ޕާޓީއަށް ދާން ލަސްވެއްޖެނަމަ ނަޔާ އޭނާ މަރާލާނެކަން ދަނެހުރެ އައިވިން މަޑު މަޑުން ޒޯޔާއަށް ގޮވާލިއެވެ. ދެތިން ފަހަރަކު ގޮވާލުމާއެކު ޒޯޔާ ލަސްލަހުން ލޯ ހުޅުވާލިއެވެ. އައިވިން ފެނުމާއެކު އުފާވެރި ހިނިތުންވުމަކާއެކު ދެއަތް ފޭކޮށްލިއެވެ. ބަދަލުގައި އައިވިން ވެސް ހިނިތުންވެލަމުން ޒޯޔާގެ ގައިގާ ބައްދާލިއެވެ.
“ދެންމެ ވަރަށް ރީތި ހުވަފެނެއް ފެނުން.. އިވާން އާ ޒައިކް އާ ބޭބީގެ.. ” ޒޯޔާ އައިވިންގެ ކޮނޑުގައި ބޯ އަޅާލަމުން ދެލޯ މަރާލީ އަދިވެސް އެހުވަފެން ހަނދާން ކުރަމުންނެވެ.
“އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ތިހުވަފެން ހަޤީޤަތަކަށް ވާނެ..” އައިވިން ޒޯޔާގެ ބަނޑުގައި ފިރުމާލަމުން ޒޯޔާގެ ކޯތާފަތުގައި ބޮސްދިނެވެ. މިހާރުވެސް އެދެމީހުންގެ ދަރިފުޅު އުފަންވާނެ އިރަކަށް އައިވިން އަށް ހުރެވެނީއެއް ނޫނެވެ. އެ ދަރިފުޅު ވެގެންދާނީ އެދެމީހުންގެ ލޯބީގެ ނިޝާނަކަށެވެ.
*******
“ހޭލައިގެން ރޯން ފަށައިފިއްޔާ ގުޅާލާ އިނގޭ.. ” ޕާޓީއަށް ދާން ނުކުތުމުގެ ކުރިން ޒޯޔާ ނެނީގެ ކައިރިން އިވާން ހޭލައިގެން ރޯން ފަށައިފިނަމަ ގުޅުމަަށް އެދުނެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު ހާސްނުވުމަށް ނެނީ ބުނުމުން ޒޯޔާ ހިނިތުންވެލިއެވެ.
ޕާޓީގެ މާޙައުލުގައި އެންމެންގެ މޫނުން ފެންނަމުން ދިޔައީ އުފާވެރިކަމާއި ހީ ސަމާސާ ކުރުމެވެ. ޓީލް ކުލައިގެ މެކްސީއެއްގައި ލުއި މޭކަޕަކާއެކު ހުރި ޒޯޔާގެ ހިތްގައިމުކަމާއި އެރީތި ހިނިތުންވުމުން ނަޒަރު ވަކިކޮށްލަން އެވަޤުތުކޮޅުވެސް އައިވިން އަށް ދަތި ކަމަކަށްވިއެވެ. އިތުރު މީހަކަށް ޒޯޔާގެ ރީތިކަން ފާހަގަ ނުވިޔަސް އޭނާގެ ލޮލުގައި މުޅި ޕާޓިގެ ތެރެއިންވެސް ފާހަގަވެފައިވަނީ އޭނާގެ އަނބިމީހާގެ ރީތިކަމެވެ.
ފޮޓޯ ނެގުމާއި ކެއުމަށް އިންސާފު ކުރުން ކުރިއަށް ދިޔުމަށްފަހު ދުވަހުގެ “ވެލްކަމް ބެކް” ކޭކު ޒޯޔާ ފެޅިއެވެ. ޒޯޔާއަށް އޭނާގެ ކުޑައިރުގެ ރަޙުމަތްތެރިންނާއެކު ހީކުރިވަރަށްވުރެ ވެސް އުފާވެރި ވަޤުތު ކޮޅެއް ހޭދަކޮށްލެވިގެން ދިޔައެވެ. ހުރިހާ ޝުކުރެއް ނަޔާއަށެވެ.
“ދެން އޮތީ ކަޕްލް ޑާންސް އިނގޭ..” ނަޔާ ފޯރިއާއެކު އަތްޖަހާލަމުން ބުނެލިއެވެ. ޒޯޔާއަށް ހިނިތުންވެލަމުން ބޯހޫރުވާލެވުނީ ނަޔާ ރާވާ ޕާޓީއެއް އެހާ ފަސޭހައިން ނުނިމޭނެކަން އިނގޭތީއެވެ.
އިރުކޮޅެއްގެ ތެރޭގައި މާޙައުލުގައިވާ ބޮކިތަކުގެ ކުލަ ފަނޑުވެގެން ދިޔައިރު ދިވެހި ރީތި ލަވައެއްގެ އަޑު މުޅި މާޙައުލުގައި ހިފާލިއެވެ. ނަޔާގެ އަތުގައި ހިފައިގެން ޔާޒް ނަށަން ފެށިއިރު އިތުރު ޖޯޑުތައް އެމީހުންނާ ގުޅެމުންދިޔައެވެ. ކުރިމަތިން ދިއްކޮށްލެވުނު އަތައް ބަލާލެވުނު ޒޯޔާއަށް ފެނުނީ އައިވިންގެ ލާނެއްކަން އެކުލެވިފައިވާ ހިނިތުންވުމެވެ. ޒޯޔާވެސް ލުުއި ހީލުމަކާއެކު އައިވިންގެ އަތުގައި ހިފިއެވެ.
“ދޫކޮށް ނުދޭ ކައިރީގާ ވޭމަގޭ.. ނޭދެމޭ ވަކިވުމެއް..ހާދަހާ ލޯބިވޭ..
ޖާނާ މަގޭ.. ތަޤުދީރޭތީ އިނގޭ…
ނޭދެމޭ ވަކިވުމެއް.. ހާދަހާ ލޯބިވޭ… ލޯބިން އުފާ.. ހިތް އެދޭހާ ދޭނަމޭ.. ނޭދެމޭ ވަކިވުމެއް.. ހާދަހާ ލޯބިވޭ..”
ޒޯޔާއާއި އައިވިންގެ ދެލޯ އެކަކު އަނެކަކާ އަމާޒުވެފައިވާއިރު ލަވައިގެ ކޮންމެ ބައިތެއް ހީވަނީ އެކަކު އަނެކެއްގެ ހިތުގެ އެދުން ހާމަކުރަމުން ދާ ހެންނެވެ. ދެހިތުގައިވެސް ޖަހަމުންދިޔައީ އެއް ވިންދެކެވެ. ދެލޮލުން ހާމަވަމުން ދިޔައީ އެއް ވާހަކައެވެ. ވަކިވުމެއްނެތި އުމުރަށް އެކުގައި ވާނަންކަމެވެ.
-ނިމުނީ-
8 Comments!
Comments are closed.







salaam dear readers.. Al’hamdhulillah.. furathama ves mi vaahaka ninmumuge thaufeeq dhehvi kamahtakai Allah ah shukuru kuran.. Adhi mi vaahaka ah thi hurihaa kiyuntheringe faraathun libunu ehbaaru lumah hithuge fun minun shukuru adhaakuran.. mi vaahaka ninmumuga thi hurihaa kiyuntheringe comments varah bodu ehee akah vegen dhiya.. wonder ge kuriyah huri vaahakathakah ves readers ge faraathun support libeyne kamah unmeedhu kuran.. neydhemey vakivumeh mi vaahaka akee hurihaa kiyuntherinnah ves kamudhiya vaahaka akah vaane kamah wonder unmeedhu kuran.. vaahaka liyumah kurimathivi dhathi thakaa ekuves wonder ge best dheveythoa varah masahkaih kurin.. kiyuntherin mi vaahaka aa medhu dhekeygoih hama comment kohlan vee.. comments and like dhee adhi vaahaka liyan support dhin hurihaa faraathakah adhives ehfaharu hithuge enme fun minun shukuriyya.. Be safe everyone.. will miss you all veryy much… love you all.. In sha Allah kairi muthagbalehga aa vaahaka akaa eku adhi wonder bahdhalu kohlaanan?❤️❤️❤️❤️
Maasha allah … cant believe mi ee last bsi kameh vx .. v miss vaane mi story mathin … and bunelan othee wonder kahala writers akee v rare baekey so please dhookohnulachey vaahaka liyan … adhivx wonder ge faraathun aa vaahaka thakeh fennaane kamah unmeedhu kuran .. iraadha kureviyyaa mi story thakah dhin sulport hama kuria oi thanuga vx dheynan … and thamk sooo much mikahala reethi vaahaka e share kohleema .. mi vaahakaige bas moshun thetikamaa liyumuge bai ithura sifakurun vx v reethi .. hama rovey ehbai fahara … btw curiously hoping to hear about another good story from you author! ???
Thank u so much imkko.. u have always been a great supporter and ur sweet comments make up my day.. v ufaavey thikahala readers wonder aa eku thibikan engunyma.. same dear.. wonder ves aslu v miss vaane mi story mathin.. ekam konme kamakah ves nimumeh annaanethaa dhw.. In sha Allah kuriyah oihthaa wonder ge stories fennaane.. thank u for the sweet and motivational words. Dear ah mi vaahaka kamudhiyaeema v ufaavejje. Will meet u soon In sha Allah.. b safe.. love n hugs?❤️
Wow Maashallah sis♥️♥️♥️
Adhi kiyunu enme reethi stry thakutherey himeney ne mi stry.. v v reethi?
Last episode kamah gaboolu vx nukurevunu Mee.. v v miss vaane mi stry mathin..
enme fahun zo n aivin happy life eh libihje.. aslu vx zo preg.. ?hehe zaik and ivaan.. v majaa.. joon nuveytha ivaan mathin miss eh vx.. bay eh hunnaane vx handhaaneh neiy kaneyge dhw.. kobaatha mihaaru e zafar gandu.. naseebakun zo ah zafar ge ehvx undhaguleh nujehey dhw?♥️♥️
V avahah sis ge ehn stry eh kiyaalan dhehchey.. mihaarun feshigen mi wait kuran feshee sis ge ehn stry eh kiyaalan libeyne irakah
Lyyyyyyssmm sis?♥️♥️♥️♥️♥️♥️♥️
Stay safe
Thank u so much LamHaa. Vaahaka ah dear ge faraathun libunu support ah varah bodah shukuriyya. Ur comments motivated me a lot too.. same dear.. I will also miss this story a lot.. In sha Allah wonder ge new stories adhi kiyaalan kibeyne.. I actually have an idea of making a sequel of this story.. zaik and ivaan and zoa and Aivin ge babay bodu vegen emyhunge dhiri ulhun dhahkaidhey gothah.. we actually dnt knw much about zafar and joon dhw.. zafar jalun nikuthyma dhn vaane gotheh ves neynge.. so im kind of thinking to write a sequel at some point.. but Im not 100% sure.. faharehga ingey.. sooo until we meet again.. b safe.. love n hugs?❤️
Hello sisoo❤️❤️❤️
Long time dhw❤️❤️
First of all swry for not cmnting regularly. ❤️❤️???❤️❤️❤️
Wow just wow sisoo❤️❤️❤️ last part Hama vrh lwbiii .❤️❤️❤️ No words . ❤️❤️❤️
Masha Allah ❤️❤️keep it up ❤️❤️
I still can’t belive stry nimuny eyy❤️❤️?? . But nimifaa thaa dhw miothy . Hehehhe ????❤️❤️❤️❤️❤️??
Mihaathaana Ril keethanun Hama enme reethi stry therey himeney❤️❤️❤️❤️?????❤️❤️❤️❤️❤️
Aivin ge small family wow vrh Hama Sali. ❤️❤️❤️❤️❤️❤️?????And ofcourse aivin and zoya is the best couple❤️❤️❤️?? . Masha Allah.❤️❤️ Sis ge hurihaa strys eh vxx Hama vrh reechey buneveynee❤️❤️❤️?. I love it .❤️❤️❤️❤️❤️
Btw vrh miss vaane sis mathin ❤️❤️??. Will miss u .??❤️❤️ And aivin and Zoya mathin vxx miss vaane vrh Hama❤️❤️? . Heheheh????❤️❤️❤️
Sis ge dhn liyaa stry eh vxx Hama mihaa reethi❤️ vaanekama unmeedukuran❤️❤️. Hama waiting ingey ❤️❤️. ISA sis ah abaduvxxx Ril ❤️❤️❤️support kuran .❤️❤️ Ur the best❤️
Waiting for sis ge new stry patiently❤️❤️?????❤️❤️❤️
Love uuu sooo ❤️❤️much more.❤️❤️
Stay safe❤️❤️ and tvgc ❤️❤️
Hello sis ❤️❤️❤️❤️
Long time dhw ❤️❤️??
First of all swry for not cmnting regularly????❤️❤️❤️❤️❤️
Wow just wow vrh lwbii ingey last part❤️❤️❤️❤️❤️. No words Hama . ❤️❤️❤️❤️
Masha Allah❤️❤️ keep it up ❤️❤️❤️
I really can’t belive stry nimuny Kan.❤️❤️?? But dhn stry nimifaa thaa dhw miothy . ??❤️❤️❤️❤️❤️???
Sis ge hurihaa strys eh vxx Hama vrh best ❤️❤️❤️❤️❤️Masha Allah . ❤️❤️❤️❤️Ril ge fav writers therey gaa vxx sis himeny and this stry in my fav list.❤️❤️❤️❤️????
Aivin ge small family vrh Sali Hama❤️❤️. And ofcourse aivin and Zoya akee best ❤️❤️❤️couple dhw hehhehe. ❤️❤️❤️?
Willl miss u soo much sisoo. ❤️❤️❤️❤️?????Vrh miss vaane avinu and zoyaa mathin vxx Hama . ❤️❤️❤️Hehhe??❤️❤️❤️❤️❤️❤️❤️❤️
Sis ge ehn stry ehvxx mihaa reethi vaanekama unmeedukuran. ❤️❤️❤️Sis ge stry ah waiting.❤️❤️❤️❤️❤️ Kiyaalan libeyne duvahaka inthizaaru kurany .❤️❤️❤️ And yaa I am supporting u sis I am with u ❤️❤️❤️?
Thank uu for givin us to read such a lovely stry❤️❤️❤️❤️❤️❤️??
Waiting for other stry ingey❤️❤️❤️?
Love u soo much more❤️❤️
Stay safe❤️❤️ and tvgc❤️❤️
Thank u so much Ril.. u have been continuously supporting me throughout the whole story.. Thank u so much for all the motivation and sweet words.. And dear ah kamudhiya vaahaka eh genes dhevunyma v ufaavejje.. I’ll miss the characters of this story too.. but at some point i have to end this right.. In sha Allah.. dhn kuriyah huri stories thakah ves wonder ge best dheveythoa masahakaih kuraanan.. Thank u so much .. b safe .. love n hugs?❤️ And dnt b sorry.. it’s fine if u can’t comment to each part.. I understand busy vaane kan ves.. u did wayy more than enough and I really appreciate pre it❤️