Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-59

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
May 13, 2021 5 Mins Read
11 Comments

ކޮފީ ޖޯޑުން އެތިފޮދެއް ބޯލަމުން ހަސަން އައިވިން އާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ފަރާތުން އެއްވެސް ކަމެއް އިތުރަށް އައިވިން އަށް ސިއްރުކުރުމުގެ ވިސްނުމެއް ހަސަންގެ ނެތެވެ. މީގެ ކުރިންވެސް ހަސަން ގަސްތުކޮށްގެން ހުރީ އައިވިން ސުވާލުކޮށްފިނަމަ ހަޤީޤަތް ކިޔައިދިނުމަށެވެ. ނަމަވެސް އައިވިންގެ ފަރާތުން އެފަދަ އިޝާރާތެއް ލިބޭނެކަމަކަށް ހަސަން އުންމީދެއް ނުކުރެއެވެ.

“ދަރިފުޅުގެ މަންމައާ ބައްޕަ ކައިވެނި ކުރީ އުމުރުން އެންމެ ވިހި އަހަރުގަ.. އޭރު ބައްޕަ ހީކުރީ ކައިވެނި ކުރެވުމާ ހިސާބުން ހުރިހާ ކަމެއް ނިމުނީކަމަށް.. އެކަމަކު ކައިވެނި ދަމަހައްޓަށް ކުރަން ޖެހޭ މަސައްކަތަކީ އެއަށްވުރެ ބޮޑު މަސައްކަތެއްކަން ބައްޕަ އަށް ވިސްނުނީ މާފަހުން… ދަރިފުޅަށްވެސް މަންމަގެ ގޮތް ރަނގަޅަށް އެނގޭނެ.. މަންމަ ބޭނުންވާ ގޮތަކަށް ހުރިހާ ކަމެއްވެސް ވާންޖެހޭނެ.. އޭރު ބައްޕަ އަކީ ފްރީލޭންސް ކޮށް މަސައްކަތް ކުރާ މީހެއް…. އޭރު މަންމަވެސް ދިޔައީ ލޯޔަރަކަށް ވުމަށް ކިޔަވަމުން.. ދަރިފުޅުގެ މަންމަގެ އާއިލާގެ ތަނަވަސްކަމުގެ އެހީގައި މަންމައަށް އެއީ މާބޮޑު ކަމަކަށް ނުވި.. އެކަމަކު.. ބައްޕަ އަށް އެގޮތް ކަމު ނުދިޔައީ.. ކައިވެނި ކުރުމަށްފަހު ދަރިފުޅުގެ މަންމަގެ އާއިލާގެ ފައިސާގަ ޖެހިގެން އުޅެން ބައްޕަ ބޭނުން ނުވީ.. ބައްޕަގެ ވިސްނުމާ ޚިލާފަށް ކައިވެނިކޮށްގެން ދިރިއުޅެން ވެސް ދަރިފުޅުގެ މަންމަ ބޭނުންވީ ދަރިފުޅުގެ ކާފަގެ ހިޔާވަހި ކަމުގަ.. މަންމަ އާ ބައްޕަ އަށް ދުވަހަކުވެސް އެއްވެސް މައްސަލައެއްގަ އެއްގަލަކަށް އެރޭ ގޮތެއް ނުވި.. ދަރިފުޅު ލިބުމަށްފަހު މަންމަގެ ޝަކުވާތަށް އިތުރަށް ގިނަވާން ފެށި.. ފައިސާގެ މައްސަލައާ އިތުރު މައްސަލަތައް ޖެހެންފެށި.. މަންމަ ބޭނުންވާފަދަ މަތީ ފަންތީގެ ފުދުންތެރި މީހަކަށް ބައްޕަ އަކަށް ނުވެވުން…” ހަސަން ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަތައް މަޑު ޖައްސާލިއެވެ.

ފަޒްލާ އަކީ އޭނާގެ އަލަތު ލޯތްބެވެ. ގިނަ ދުވަހު ރައްޓެހިވެގެން އުޅުމެއްނެތި ފަޒްލާ އާ ކައިވެނި ކުރީ އޭނާގެ މީހަކަށް ފަޒްލާ ހަދަން ބޭނުންވީލެއް ބޮޑުކަމުންނެވެ. ފަޒްލާއަށްވެސް ހަސަންގެ ބޭރުފުށުގެ ރީތިކަންފެނި އޭނާގެ އެދުމަށް އިންކާރެއް ނުކުރިއެވެ. ދެމީހުންގެ މިޒާޖާއި ވިސްނުމުގެ ތަފާތުކަން ހަސަން އަށް ވިސްނުނީ ކައިވެނީގެ ފަހުންނެވެ. ކިތަންމެ ކުޑަ މައްސަލަައެއްވެސް ޒުވާބަކަށް ނުގޮސް ހައްލުކުރެވޭތަނެއް ހަސަން އަކަށް ނުފެނުނެވެ. ފަޒްލާއަށް ކަމުދިޔަ ހަސަން ގެ ބޭރުފުށުގެ ސިފައިން ހަމައެކަނި ފުއްދައިގެން އޭނާއަކަށް ނުހުރެވުނެވެ. ހަސަންގެ އާދައިގެ ވަޒީފާއިން ދިރިއުޅެން ލިބޭ މެދުފަންތީގެ ދިރިއުޅުން ފަޒްލާއަށް ކަމަކު ނުދިޔައެވެ. ދެމީހުންގެ ގުޅުން ދުވަހެއް ދުވަހަކަށް ހީނަރު ވަމުންގޮސް އެންމެ ފަހުން ވަރިއާ ހަމައަށް ދާންޖެހުނީ އެހެންވެއެވެ.

“ދަރިފުޅުގެ މަންމައާ ވަކިވުމަށްފަހު ދަރިފުޅުގެ އެއްވެސް ކަމެއްގައި ބައްޕަ ޝާމިލުވާކަށް މަންމަ ބޭނުމެއް ނުވި.. ދަރިފުޅާ ބައްދަލު ކުރަންދާ ކޮންމެ ފަހަރަކު ބައްޕަ އެނބުރި އަންނަންޖެހެނީ ދަރިފުޅުގެ މޫނުވެސް ފެނިނުލާ.. ފަހަރުގައި މަންމަ އެގޮތަށް ކަންތައް އެކުރީ ދަރިފުޅު ވިސްނޭ އުމުރަށް އެޅުމުން މަންމަގެ ބަދަލުގައި ބައްޕަ އިޚްތިޔާރު ކޮށްފާނެތީ ކަމުގައި ވެދާނެ.. އޭރުން މަންމަ ބޭނުންވާފަދަ ރަނގަޅު ތަނަވަސް ދިރިއުޅުމެއް ދަރިފުޅަކަށް މަންމަ އަށް ހޯދައެއް ނުދެވުނީސް… ” ހަސަންގެ ވާހަކަތައް އަޑުއަހަން އިން އައިވިންގެ މޫނުމައްޗަށް ސިހުން ވެރިވިއެވެ. އޭނާއާ ބައްޕަގެ އޮތް ހީނަރު ގުޅުމުގެ  ފަހަތުގައިވަނީ އޭނާގެ މަންމަ ހެއްޔެވެ؟ އޭނާ ތުއްތު އިރު ބައްޕަ އަށް އެދި ރޯން ފެށުމުން ބައްޕަ އޭނާ ދޫކޮށް ދިޔައީ ކަމަށް ބުނެ ބައްޕަގެ ގޯސްވާހަކަ ދެއްކި އޭނާގެ މަންމަ ހެއްޔެވެ؟ ބައްޕަ ހޯދަން އައިވިން އެދޭ ކޮންމެ ފަހަރަކު ފަޒްލާ އޭނާގެ ބައްޕަ އާ މެދު ދައްކާ ވާހަކަތަކުން އައިވިންވެސް އެގޮތަށް ޤަބޫލުކުރީއެވެ. ހަޤީޤަތުގައިވެސް ބައްޕަ އޭނާ ދެކެން ބޭނުން ނުވަނީ ކަމުގައި ނިންމީއެވެ.

“ބައްޕަ އެކަމަކާ ދެކޮޅެއްވެސް ނުހަދާނަން.. ބައްޕަގެ ގާތުގައި ހުރެ ދަރިފުޅު ބޮޑުވި ނަމަ ދަރިފުޅަށް މިހާރު އައިސް ތިހުރި ހިސާބާ ގާތަށްވެސް ނާދެވުނީސް.. އެކަމަކު..” ހަސަން ޖުމްލަ މެދު ކަނޑާލުމުން އައިވިންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

“ދަރިފުޅު ބެލެހެއްޓުމުގެ ފުލް ކަސްޓަޑީ މަންމައާ ކޯޓުން ހަވާލު ކުރުމުން ބައްޕަ ވަރަށް ހިތްހަމަ ނުޖެހުން.. ބައްޕަ ކޯޓުގައި އެތައް ގޮތަކަށް އެކަން ބަދަލު ކުރެވޭތޯ މަސައްކަތް ކުރިން.. އެކަމަކު ދަރިފުޅަށް ވެސް އެނގޭނެ ކުއްޖާ ބެލެހެއްޓުން ހަވާލު ކުރުމުގައި މަންމައާއި މަންމަ ފަރާތު އާއިލާއަށް އިސްކަން ދެވޭކަން.. އަނެއްކޮޅުން އޭރު އެއީ ދަރިފުޅުގެ މަންމަ ވަކީލު ކަމުގައި އެންމެ ވިދާލި ދުވަސްވަރު.. މަންމަ ބޭނުންވާގޮތަށް އެކޭސް އަނބުރާލާކަށް މާ އުނދަގުލެއް ނުވާނެ..” ހަސަންގެ ފަރާތުން އިނގެމުން ދިޔަ ކޮންމެ ހަޤީޤަތަކާއެކު އައިވިންގެ ބަސްހުއްޓިގެން ދިޔައެވެ. މަންމަ އެފަދައިން ކަންތައް ކުރި ސަބަބަކާމެދު އައިވިންގެ ހިތުގައި އިންތިހާ ދަރަޖައިގެ ޝަކުވާ އުފެދުނެވެ. އޭނާ ބައްޕަ ބޭނުންވެގެން ރުއި ރުއިން އެންމެ ރަނގަޅަށް އެނގޭނީ ފަޒްލާ އަށެވެ. އެހެނަސް މިއަދާ ހަމައަށްވެސް އޭނާ އަނދިރީގައި ބަހައްޓަން މަންއަށް ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟

“ބައްޕަ ތިދެއްކި ވާހަކަ ތަކުގެ ތެދުކަން އަހަންނަށް އެނގޭނީ ކިހިނެތް..؟ މިހުރިހާ ދުވަސްފަހުން ތިވާހަކަތައް ދެއްކުމުން އަހަރެން ޤަބޫލު ކުރާނީ ކިހިނެތް..؟” އައިވިން އަށް އޭނާގެ ބައްޕަ ހާމަކުރި ހުރިހާ ވާހަތަކެއް ޤަބޫލުކުރަން އުނދަގޫވިއެވެ.

“ބައްޕަ އަށް މާކުރިންވެސް އިނގޭ މިހުރިހާ ކަމެއް ޤަބޫލުކުރަން ދަރިފުޅަށް އުނދަގޫވާނެ ކަން.. އެކަމަށް ދަރިފުޅަށް މަޖުބޫރެއްވެސް ނުކުރާނަން.. އެކަމަކު ދަރިފުޅު ކަމުގެ ޙަޤީޤަތް ތިހާ ހޯދަން ބޭނުންވާނަމަ ދަރިފުޅުގެ މަންމަ ކައިރި ކަންވީގޮތް ތެދު ތެދަށް ކިޔައިދިނުމަށް އެދޭ.. އެއަށްފަހު ދަރިފުޅު ބޭނުން ގޮތަކަށް  ޤަބޫލު ކުރިޔަސް ބައްޕަގެ މައްސަލަ އެއް ނެތް.. ކޮންމެ ގޮތަކަށް ދަރިފުޅު ޤަބޫލު ކުރިޔަސް ބައްޕަ އަށް ބައްޕަ އެއްގެ ޒިންމާ ރަނގަޅު ގޮތުގައި އަދާ ނުކުރެވޭ ކަން ޤަބޫލުކުރަން..” ހަސަން އަށް އޭނާގެ ޙަޔާތުގެ އެންމެ ބޮޑު ނާކާމިޔާބީގެ ގޮތުގައި ދުށް ކަމަކީ އެއީއެވެ. އޭނާގެ ދަރިފުޅަށް ބައްޕަ އެއްގެ ލޯބި ނުދެވުމެވެ. އޭނާ އިތުރަށް މަސައްކަތް ކުރި ނަމަ ދަރިފުޅާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރެވުނީސް ކަމުގައި ހަސަން އަށް ފަހަކަށް އައިސް ވިސްނެމުން ދިޔައެވެ. ނަމަވެސް އައިވިން ފުރާ ފުރިހަމަވެ އާންމުން ދަންނަ ޤަދަރުވެރި މަޤާމަކަށް އާދެވި އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު އޭނާފަދަ ނާޤާބިލު ބައްޕަ އެއް ދުށުމަށް އައިވިން ނޭދޭނެކަމުގައި ހަސަން ނިންމީއެވެ.
*******

ކޮފީ ޝޮޕުން ނިކުމެވުމާއެކު ހަސަން އައިވިން އަށް ބަލައިލިއެވެ.
“ދަރިފުޅު ބައްޕަ އާ ބައްދަލުކުރަން ބޭނުންވެއްޖެނަމަ މި ނަންބަރަށް ގުޅާ..” ހަސަން އޭނާގެ ނަންބަރާއި އެޑްރެސް ޖަހާފައިވާ ގަނޑުކޮޅެއް ދިއްކޮށްލުމުން އައިވިން އޭގައި ހިފިއެވެ. އައިވިންގެ ޢަމަލުން ހިތަށް ހިތްހަމަޖެހުން ލިބުނު ހަސަންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ދެބަފައިންގެ ދެމެދުގައި އޮތް ގުޅުން އިތުރަށް އާލާވެގެންދާން ހަސަން އިންތިހާއަށް އެވަޤުތު ބޭނުންވިއެވެ. އެތައް ދުވަހަކަށްފަހު ދަރިފުޅާ ބައްދަލުވުމުން ހީވެސް ނުކުރާފަދަ ބޮޑު އުފާވެރިކަމާއި ހިތްހަމަޖެހުން އެހިތަށް ލިބިގެންދިޔައެވެ. ދަރިފުޅުގެ މޫނުފެނުމާއެކު ދިރިއުޅުމުގައިވާ ހުސްކަން ފޮހެވިގެން ހިނގައްޖެ ކަމުގެ އިޙްސާސްކުރެވުނެވެ.

“އައިވިން..” އައިވިން އޭނާއާ ފުރަގަސްދީ ހިނގައިގަތުމުން ހަސަން އަށް  ގޮވާލެވުނެވެ. އައިވިން ބަލައިލުމާއެކު ހަސަން ފުންނޭވާއެއް ދޫކޮށްލިއެވެ.

“ބައްޕަ.. ވަރަށް އުފާވެއްޖެ އައިވިން އާ ބައްދަލުވީމަ.. އެވެސް ދަރިފުޅު އިސްވެ ބައްޕަ އާ ބައްދަލު ކުރީމަ.. ބައްޕަގެ ޒިންމާ ދަރިފުޅު ތިއަދާކުރީ..” މާނަފުން ބެލުމަކުން ހަސަން އައިވިން އަށް ބަލައިލަމުން އޭނާ ފަސްދީ ހިނގައިގަތެވެ. ހަސަން ލޮލު ކޮޅަށް އޮބާލަންދެން އައިވިން އަށް ބަލަހައްޓައިގެން ހުރެވުނެވެ. ފުރަގަސްދީ ދަމުންދިޔަ އޭނާގެ ބައްޕައަށް ބަލަން ހުރި އައިވިންގެ ހިތުގައި އެތަކެއް ޖަޒުބާތުތަކެއް ދައުރުވަމުންދިޔައެވެ.

********

ކާރުގައި އައިވިން ގެއާ ދިމާއަށް މިސްރާބުޖެހި އިރު އޭނާގެ ބައްޕަ އާ ދެކެވުނު ވާހަކަތައް ސިކުނޑިން ފޮހެވިގެން ނުދެއެވެ. ބައްޕައާ މެދު ހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާއެއް ނެތިގެން ނުދިޔަނަމަވެސް އެހިތުގެ ކަނަކުން ބައްޕަގެ ހާލަތު އައިވިން އަށް ފަޙުމްވިއެވެ. ކާރުގެ ދުވެލި ބާރު ކޮށްލެވުނު އިރު އައިވިން ކެތްމަދުވެފައިވީ އޭނާގެ މަންމައާ ބައްދަލުކޮށް ވީ ހުރިހާ ކަމެއް އޮޅުން ފިލުވުމަށެވެ. މަންމަގެ ފަރާތުން ވީހުރިހާކަމެއް ތެދުތެދަށް ނުކިޔައިދެނީސް އައިވިން ހުއްޓާނުލުމަށް ނިންމިއެވެ.

އައިވިން ފަޒްލާ ދިރިއުޅޭ ފަންގިފިލާގައި ބެލް އަޅާލުމާއެކު ގޭގެ އިސްޚާދިމާ ދޮރު ހުޅުވާލިއެވެ. އެވަޤުތު ފަޒްލާ ގޭގައި ނޫޅޭ ކަމަށް ބުނުމުން އައިވިން އިތުރަށް މަޑުނުކޮށް އައިސް ވަނީ އޭނާގެ ޕެންޓް ހައުސް އަށެވެ. ގިނަ ވަޤުތުތަކެއް ގެއިން ބޭރުގައި ހޭދަކުރެވުމުން އައިވިން ފުރަތަމަވެސް ވަނީ އިވާންގެ ނާސަރީ އަށެވެ. ކުޑަ އެނދުގައި ނިދާފައި އޮތް އޭނާގެ ދަރިފުޅަށް ބަލައިލަމުން ލިބުނު ހިތްހަމަ ޖެހުމާއެކު އައިވިން ދެން މިސްރާބުޖެހީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރި ހުޅުވާލުމާއެކު އޭނާއާ ބައްދަލު ކުރީ ހަމަހިމޭންކަމެވެ. އަދިވެސް ޖޫން ގެއަށް ނާންނަނީކަމުގައި ހީވުމުން އައިވިންގެ ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. ހިތްހަމަ ނުޖެހު ހުރެ ކޮޓަރީގެ ދޮރު ތަންކޮޅެއް ބާރަަށް ލައްޕާލަމުން ނިކުން އައިވިން އަށް އެރުނީ ނަޖުމާގެ ކުރިމައްޗަށެވެ.

“ޖޫން އަދިވެސް ގެއަށް ނާންނަނީތަ..؟”އައިވިންގެ ބަނަވެފައިވާ މޫނާއި އަޑުގައިވާ ހިތްހަމަ ނުޖެހުން ނަޖުމާއަށް އިޚްސާސް ކުރެވިގެން ދިޔައެވެ.

“ނޫން.. އިރުކޮޅެއް ވެއްޖެ ޖޫން ގެއަށް އައިތާ.. އައިވިން މަންމަ ދެންމެއަކު އައީމަ ދެމީހުން ޓެރަސް މައްޗަށް އެެރީ..” އައިވިން އަށް އޭނާގެ މަންމަ ގޭގައި ހުރިކަން އެނގުމުން ހައިރާންކަން ލިބިގެން ދިޔައެވެ. މަންމައާއި އަވަހަށް ބައްދަލުކުރަން ބޭނުންވެ ހުރެ ހާމަފެންޑާއަށް ނިކުމެވެން ހުރި ސިޑިއާ ދިމާއަށް އައިވިން މިސްރާބު ޖެހިއެވެ.

*******
” މަންމަ ސުވާލެއް ކޮށްލަންތަ..؟” ހާމަފެންޑާގައި ހުރި ލައުންޖްގައި ހަމަޖެހިލަމުން ފަޒްލާ ޖޫންގެ ކުރެން ސުވާލު ކުރިއެވެ.

ޖޫން ލަސްލަހުން ބޯޖަހާލި އިރު ފަޒްލާ ކުރާނެ ސުވާލަކާމެދު ހާސްވިއެވެ.

“މަންމައަކަށް އަދިވެސް ޖޫންގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނޭ.. އައިވިން ދަރިފުޅަށް ގޯހީތަ…؟” ފުންނަޒަރަކުން ޖޫންގެ މޫނަށް ނަޒަރު ހިންގާލަމުން ފަޒްލާ ސުވާލު ކުރިއެވެ.

ފަޒްލާގެ ސުވާލަށް ދޭނެ ޖަވާބަކާމެދު ޖޫން ކަންބޮޑުވެގެން ދިޔައެވެ. ދެމީހުންގެ ދެމެދުގައިވާ ގުޅުން ކުރިއަށްވުރެ ހީނަރުވެފައިވާ އިރު އޭނާއަށް ވަނީ އައިވިން އަށް ބޭވަފާތެރިވެފައެވެ. އޭނާގެ ޢަމަލުތަކާމެދު މިހާރު އައިވިންގެ ހިތުގައި ޝައްކު އުފެދިފައި ހުރެދާނެ ކަމުގެ ބިރުވެސް ޖޫންގެ ހިތުގައިވަނީ އާލާވެފައެވެ. އައިވިންގެ މަންމަ ކުރިމަތީ އޭނާގެ އަގުވެއްޓިގެން ދާކަށް ޖޫން ބޭނުމެއް ނޫނެވެ. އެހެންކަމުން މަތިއޮމާންކޮށް ވާހަކަދެއްކޭނެ ގޮތަކާމެދު ޖޫން ވިސްނަމުން ދިޔައެވެ.

“ޖޫން މަންމައަށް ދޮގު ނަހަދައްޗޭ.. އިނގޭ ދޯ ޖޫން ބުނާ ކޮންމެ ވާހަކައެއްވެސް މަންމަ ޤަބޫލު ކުރާނެކަން.. މަންމަ އަބަދުވެސް ޖޫން އަށް ހެޔޮއެދޭކަން ދަންނައްޗޭ..” ޖޫންގެ ފަރާތުން ފެނިގެން ދިޔަ ނުތަނަވަސް ކަމާއެކު ފަޒްލާ ޖޫން ހިތްހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ.

“މަންމާ.. އައިވިން އަދިވެސް އަޅުގަނޑު ދެކެ އެއްވެސް ވަރަކަށް ލޯބިވާ ހެނެއް ހިޔެއްނުވޭ.. މިހުރިހާ ދުވަސްވެގެން ދިޔައިރުވެސް އެއްވެސް ކަމެއް ބަދަލެއް ނުވޭ.. މަންމަ ބުނި ހުރިހާ ގޮތަކަށް ކަންތައް ކުރި އިރުވެސް.. އައިވިން އަދިވެސް ލޯބިވަނީ.. ޒޯޔާ ދެކެ… ” ޖޫން އަސަރާއެކު ހާމަކުރިއެވެ. ޒޯޔާގެ ނަން އަޑު އިވުމާއެކުވެސް ފަޒްލާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

“ތިކަމުގެ މަންމަގެ ކުށްވެސް އެބެއް.. އޭރުވެސް ޒޯޔާގެ ބޮލަށް އެރިގެން އައިވިންގެ ފަރާތުން ވަރިއަށް އެދެވުނު ނަމަ… މަންމަ ހީކުރީ ދެމީހުން ދުރު ކުރެވުމުން އައިވިން އަމިއްލައަށް ޒޯޔާ ވަރިކުރާނެކަމަށް … އެކަމަކު އައިވިންވެސް ޒޯޔާ ވަރިކުރާކަށް ނޫޅުން.. ” ފަޒްލާ އޭނާގެ ނިތްކުރީގައި އިނގިލިތައް ޖައްސާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ.

“މަންމަ ތިބުނީ ކީކޭ.. ޒޯޔާގެ ބޮލަށް އެރިގެންނޭ..” ޖޫން އަށް ކުއްލިއަކަށް ފަޒްލާގެ ވާހަކަތަކަށް ސަމާލުކަން ދެވުނެވެ. އޭނާއަށް ހަޤީޤަތް ނޭނގޭ ވާހަކަތަކެއް ފޮރުވިފައިވާ ކަމުގައި ހިތްބުނަން ފެށިއެވެ.

“އާން.. މިއީ މަންމަ ޖޫން ކައިރިވެސް ނުބުނެ އޮތް ވާހަކައެއް.. ދަރިފުޅުވެސް ހީކުރީ ޒޯޔާ އަމިއްލައަށް އައިވިން ދޫކޮށްލާފައި ދިޔައީ ކަމަކަންނު.. ހަޤީޤަތުގަ ކަންތައްވީކީ އެހެއްނެއް ނޫން..” ފަޒްލާ ފުރަތަމަ ފަހަރަށް އޭނާ ޒޯޔާއާ މެދު ކަންތައް ކުރިގޮތް ކިޔައިދެމުން ދިޔައެވެ. ޒޯޔާއަށް އޭނާ ޖެއްސި މަޖުބޫރު ހާލަތު އެއްވެސް އަސަރެއްނެތި ޖޫން އަށް ފަޒްލާ ކިޔައިދިނެވެ. އެ ސިއްރު ޖޫން އަށް ހާމަކުރިއަސް ލިބޭނެ އެއްވެސް ގެއްލުމެއް ނެތްކަމުގައި ފަޒްލާ ޔަޤީންކުރިއެވެ. އެހެނަސް އޭނާއަށް ނޭނގުނު ކަމަކީ އެވާހަކަތައް އަޑުއަހަން އެދެމީހުންގެ އިތުރަށް ތިންވަނަ ފަރާތެއް އެތާނގައި ހުރިކަމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ހިތް ބޭނުމޭ ދުލުން 2

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (27)

Next
May 13, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (27)

Previews
May 12, 2021

ހިތް ބޭނުމޭ ދުލުން 2

11 Comments!

  1. Wonder says:
    May 13, 2021 at 9:26 pm

    Eid Mubarak to all dear readers.. Enjoy reading❤️❤️

  2. zahuu says:
    May 14, 2021 at 11:54 am

    Wonder this part is awesome♥️♥️ Masha Allah ♥️♥️
    Lyssmm❤️♥️
    Take care ……stay safe…….❤️♥️

    1. Wonder says:
      May 14, 2021 at 4:51 pm

      Thank u soo much Zahuu. V ufaavejje mi bai ves kamudhiyaeema.. lymmm dear.. u too stay save and tvgc?❤️

  3. Naju / Amy says:
    May 14, 2021 at 12:28 pm

    Varah reethi Masha Allah
    Avahah aneh part up kohla dheyne kamah unmeedhu kuran.. ?
    Zoya aa aivin aa gulhuvaba

    1. Wonder says:
      May 14, 2021 at 4:56 pm

      Thank u soo much Naju / Amy. V ufaavejje mi bai kamudhiyaeema.. In sha Alah v masahkaih kuraanan dhn oih part avahah up kohlan. Hingaa dhw zoayaa aa Aivin aa gulheythoa balamaa. Be safe?❤️

  4. imkko says:
    May 14, 2021 at 2:43 pm

    Maasha allah .. mi baivx v reethi .. and whoohoo, aivin ah adu ivunee thwche .. cant wait for next part .. curiously gonna wait ? stay safe ?

    1. Wonder says:
      May 14, 2021 at 4:58 pm

      Thank u soo much imkko. V ufaavejje dear ah mi bai ves kamudhiyaeema.. hingaa dhw eii aivin thoa balamaa. Next part avas kohleveythoa masakiah kuraanan ingey.. u too b safe dear?❤️

  5. Reeen says:
    May 14, 2021 at 3:42 pm

    Wow. ?

    1. Wonder says:
      May 14, 2021 at 4:59 pm

      Thank u soo much Reeen. V ufaavejje mi bai kamudhiyaeema.. b safe?❤️

    2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 15, 2021 at 10:24 am

      Reeenoooo mail eh kurin ngey Reesh

  6. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 15, 2021 at 10:23 am

    Waa Waa wonder dhooneeeeee eid mubaarak ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
    How are you dhoonigandu ?????
    Alheyyyyyyyyyyy eyru vx hithah eriey Zao edhiyaee mi fazeelaaa fodaru bunegen ney ????ey pohhh Fazla kumar…. Thithaa manje ge dhari eba huhttey… Koya v nurahkka kameh ngey thi kuree….
    Alhey soooooooooooooooooo curious dhooniii next part avahah sub kohdhehchey ???
    Lyssmmmmmmmm

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-60←


All Right Reserved!