Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހީވޭ ކަލާވާހެން -1

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
August 18, 2021 4 Mins Read
2 Comments

ފަނޑު އަލިކަމެއް ވެރިވެފައިވާ  ތަނަވަސް ކޮޓަރިއެއްގެ އެނދުގައި ނިދާފައި އޮތް ޒުވާނާގެ ނިތްކުރީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭސީން ވަމުން ދިޔަ ކަށިތައް ތޮރުފާލާފަދަ ފިނިކަންވެސް އެ ޒުވާނާއަށް މަދަދުގާރެއް ނުވިއެވެ.  ދެފަރާތައް މޫނު އަނބުރަމުން ދިޔަ ޒުވާނާގެ ދެލޯ ތަގުޅި ކޮށްލެވިފައިވާ އިރު ނިތްކުރި މައްޗަށް ވެރިވެފައިވާ ރޫތަކުން ހުވަފެނަކުން ވަމުންދިޔަ އުނދަގޫތަކެއްކަން ދޭހަވަމުން ދިޔައެވެ. 

ކުއްލިއަކަށް ޒުވާނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައިރު ފުންކޮށް ނޭވާ ލަމުން ދިޔައެވެ. ނަފްސު ހަމަޖެހިލުމަށް ވަޤުތުކޮޅެއްވެސް ނުދީ ފުންވެފައިވާ ނޭވާތަކާއެކު އެނދުން ތެދުވަމުން އެނދުގެ އެއްފަޅީގައި ހުރި ސައިޑް ކަބަޑު ހުޅުވާލުމަށްފަހު ހުދުކުލައިގެ ބޯ ގަނޑެއް ނެގިއެވެ. ފެންނަ ފެނުމަށް ސްކެޗް ގަނޑެއްހެން ހީވާ އޭ ތްރީ ސައިޒްގެ ގަނޑާއި  ފަންސޫރެއް ނަގަމުން އެ ޒުވާނާ އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.  ގޮށްޖެހިފައިވާ ދެބޮމައިގެ ތިރިން ހިމަކޮށްލެވިފައިވާ ދެލޮލުން ގަނޑަށް ނަޒަރުހުއްޓާލަމުން ފަރުވާތެރިކަމާއެކު  އެޒުވާނާ ގަނޑުގައި ކުރަހަަމުން ދިޔައެވެ. ކުރިން ގަނޑުގައި ކުރަހަން ފަށައިފާވާ މޫނެއްގެ ތަސްވީރު ފުރިހަމަ ކުރަން މަސައްކަތް ކުރަމުން ދިޔައިރު  އެއީ އެ ޒުވާނާ ގަނޑުގައި ކުރަހާ ފުރަތަމަ ފަހަރު ނޫންކަން ހާމަވަމުން ދިޔެެވެ.

 ތަސްވީރު ކުރަހަަމުން ދިޔައިރު އެ ޒުވާނާގެ ލޮލުގައިވަނީ ބުނެދޭން އުނދަގޫ އަސަރު ތަކެކެވެ. ބޭގަރާރުކަމާއި ކެތްތެރިކަން ކުޑަވެފައިވާ ކަމުގެ މަސްހުނި އަސަރެކެވެ. ކުޑަ ތަންކޮޅެއްް ކުރެހުމާއެކު ކުއްލިއަކަށް ފަންސޫރުގެ ތުނޑު ހަރަކާތް ކުރުން ހުއްޓިއްޖެއެވެ. އިތުރަށް ކުރަހަންވީ އެއްޗެއް އެ ޒުވާނާއަށް ނޭނގުން ފަދައެވެ. ހާސްކަމާއެކު އެ ޒުވާނާ ދެލޯ މަރާ ބާރުކޮށްލިއެވެ. ސިކުނޑީގެ ކަނެއްގައި އޭނާ ކުރަހަމުންދިޔަ ތަސްވީރު ރައްކާކުރެވިފައި ވޭތޯ ހޯދަމުން ދާފަދައެވެ. އެހެނަސް މާޔޫސްކަން ވެރިވެފައިވާ މޫނަކާއެކު ދެލޯ ހުޅުވާލަމުން އެ ޒުވާނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ބުރިކޮށްލެވުނު ވާފަށެއް ފަދައިން އެ ކުލަ ހުވަފެން އަނދިރިވެގެން ހިނގައްޖެއެވެ. ހަނދާން ކުރަން ސިކުނޑިއަށް ކިތަންމެ ބާރުލީ ނަމަވެސް އެ ހިތްގައިމު  ޖާދުވީ މޫނު ސިފަކުރަން އޭނާއަށް ނުކުޅެދުނެވެ. އެއާއެކު އެ ޒުވާނާގެ ހިތަށް ބުނެދެން ނޭނގޭ ހުސްކަމެއް ވެރިވެގެން ދިޔައެވެ. ހަށިގަނޑުގެ އެއްބައި މަދުވެގެން ދިޔަފަދަ އިޙްސާސެއް ކުރެވިގެން ދިޔައެވެ. 

“ހޫ އަރ ޔޫ..؟” އުނގުމަތީގައި ބާއްވާލެވިފައިވާ ގަނޑުގައި  ނުނިމި މަޑުޖެހިފައިވާ ކުރެހުމަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު ގަނޑުގައި ނިތްކުރި ޖައްސާލަމުން އެ ޒުވާނާ ވައި އަޑުން ވޭނާއެކު ސުވާލު ކޮށްލިއެވެ.

*********

އަތޮޅުގެ ޑޮމެސްޓިކް އެއަރޕޯޓުގެ އެރީވަލް އިން ނިކުމެގެން އައި ޒުވާނާއަށް ގިނަ ބަޔެއްގެ ލޯތައް އަމާޒުވަމުން ދިޔައެވެ. ޒުވާނާގެ ދިގު އިސްކޮޅާ ގުޅޭ ރޫފައާއެކު ކުރުކޮށް ކޮށާލެވިފައިވާ އިސްތށިގަނޑާއި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެމުން ދިޔައެވެ. ހަރުދަނާކަން ހާމަވާ ހިނގުމާއި ހަރާކަތްތަކުގައި އަބުއިކަން އެކުލެވިފައި ވެއެވެ. ދެލޯ ފޮރުވާލެވިފައިވާ އަގުބޮޑު އަވި އައިނުން އިތުރު ހިތްގައިމުކަމެއް އެ ޒުވާނާގެ މޫނަށް ވެރިވެފައިވެއެވެ. އޭނާއަށް ބަލައިލާ ކޮންމެ މީހަކަށް ރީތި ހިނިތުންވުމެއް ހަދިޔާ ކުރަމުން އެ ޒުވާނާ ދިޔައެވެ.

“މިސްޓަރ ކޭ..” ފަހަތުން އިވިގެން ދިޔަ އަޑުން ދިޔާންގެ ފިޔަވަޅުތައް ވަޤުތުކޮޅަކަށް ހުއްޓިގެން ދިޔައެވެ. އޭރު ހަލީ ހިނގުމުގައި އައިސް އޭނާއާ އަރާ ހަމަކުރި މެދު އުމުރައްދާ އޭނާގެ ޕީއޭ ދިޔާން އަށް ފޯނެއް ދިއްކޮށްލަނީއެވެ.

ފޯނުގެ ސްކްރީނަށް އަރާފައިވާ ޕްރެޒިޑެންޓް ގެ ނަން ފެނުމާއެކު އެގުޅީ އޭނާގެ ބައްޕަކަން ދިޔާން އަށް ނަގައިގަނެވުނެވެ. އަމިއްލަ ފޯނު ނިއްވާލިގޮތަށް ހުޅުވަން ހަނދާން ނެތިފައި އޮތްކަން ރެޔަކާލީ ދެނެވެ. ޗޮކެއް ކަނޑާލަމުން ޕީއޭ ދިއްކޮށްލި ފޯނު ކަންފަތުގައި ޖައްސާލަމުން ދިޔާން ވާހަކަ ދައްކަން ފެށިއިރު އޭނާގެ ހިނގުންވެސް ދިޔައީ ކުރިއަށެވެ.
********

“އަންނަ މަހު ހުޅުވޭވަރު ވާނެކަމަށް މިބަލަނީ.. އެކަމަކު ބައްޕަމެން އައީމަ ނޫނީ ހަފްލާ ބާއްވާކަށް އަޅުގަނޑު ގަސްތެއް ނުކުރަން..” އޭނާގެ ޕީއޭ ހުޅުވާލަދިން ކާރުގެ ދޮރުން އެތެރެއަށް ވަދެ ސީޓުގައި ހަމަޖެހިލަމުން ދިޔާން ބުންޏެވެ.

“އެންމެ ރަނގަޅު.. ލައްބަ.. މަންމައަށް އަޅުގަނޑުގެ ސަލާމް ބުނެދޭތި..” ދިޔާން ފޯނު ކޯލު ކުރުކޮށްލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. މަންޒިލަށް ދެވެންދެން ސީޓުގައި ލެނގިލަމުން ދިޔާން ދެލޯ މަރާލިއެވެ.
*****

ހޮޓެލްގެ ރޫމަށް އާދެވުމާއެކު ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށް ފެންވަރާ ތާޒާވެލައިގެން ދިޔާން އެނދުގައި ޖައްސާލިއެވެ. ހަވީރުގެ ވަގުތު އޭނާގެ މަސައްކަތް ފަށަން ޖެހޭނެތީވެ އޭގެ ކުރިން ވަޤުތުކޮޅަކަށް އަރާމު ކޮށްލަން ދިޔާން ނިންމިއެވެ.

އަސްރު ވަޤުތުވެގެން އައި އިރު ދިޔާން ތައްޔާރު ވަމުން ދިޔައީ ނަމާދު ކޮށްލައިގެން ކޮންސްޓްރަކްޝަން ސައިޓަށް ދިޔުމަށް ތައްޔާރު ވުމަށެވެ.
އޮފީހުގެ މާހައުލު ނޫން ނަމަވެސް ފުރަތަމަ ދުވަސްކަމުން ދިޔާން ގަސްތު ކުރީ ރަސްމީ ގޮތުގައި ދިޔުމަށެވެ.

ހުދުކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނުގައި ބެގީ ކުރެވިފައިވާ އިރު ދިޔާންގެ ހަރުދަނާކަން ފާޅުވަމުން ދިޔައެވެ. ފޯނު ރިންގް ވުމާއެކު ދިޔާން ފޯނު ނަގަމުން މިދަނީ ކަމަށް ބުނެލިއެވެ.

ދިޔާން އޭނާގެ ޕީއޭ އާއެކު ދާންޖެހޭ މަންޒިލަށް ދަތުރު ފެށިއެވެ. ފަނަރަ ވަރަކަށް މިނެޓުގެ ދަތުރަށް ފަހު ރަށުގައި އަލަށް މީހުން އާބާދުވާން ފަށާފައިވާ ސަރަހައްދަށް ކާރު މަޑުކޮށްލިއެވެ. ދިޔާން ކާރުން ފައިބަމުން ސަރަހައްދަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ. ވަށައިގެން ހިތްކާފައިވާ ބިމުގައި މަދު މަދުން ގެތައް އަޅަން ފަށާފައިވާ މަންޒަރު ފެންނަމުން ދިޔައެވެ.

އިރުކޮޅެއްގެ ތެރޭގައި ޒުވާނަކު އައިސް ދިޔާންގެ ކުރިމަތީ ހުއްޓެމުން ސަލާމަށް އަތްދިއްކޮށްލިއެވެ.

“ދިޔާން ދެއްތޯ…؟” ޔަޤީންކޮށްލުމުގެ ގޮތުން ޒުވާނާ އަހާލުމާއެކު ދިޔާން ބޯޖަހާލަމުން ސަލާމް ބަލައިގަތެވެ.

“އަޅުގަނޑަކީ ސަދޫފް.. ޕްރޮޖެކްޓުގެ އެސިސްޓެންޓް މެނޭޖަރ” ސަދޫފް އޭނާގެ ތަޢާރަފެއް ދެމުން އިމާރާތުގެ މަސައްކަތް ކުރެވެމުންދާ ސަރަހައްދު ދިޔާން އަށް ދައްކާލިއެވެ.

ދިޔާނަކީ ނަން މަޝްހޫރު އަރކިޓެކްޓް ކުންފުންޏެއްގެ ވަައިސް ޕްރެޒިޑެންޓެވެ. އެ ކޮމްޕެނީއިން ފަރުމާކުރެވިގެން އިމާރާތް ކުރެވެމުންދިޔަ ހައުސިންގް ޔުނިޓްގް މަސައްކަތްތައް ބެލުމަށް އިސްވެ އެ ރަށަށް ޒިޔާރާތް ކުރީ ދިޔާން އެެވެ. ސަރުކާރާއި ގުޅިގެން ރަށުގައި ހިންގޭ މަޝްރޫޢެއް ކަމުން ކަންތައްތައް ކުރިއަށް ދާގޮތް ގާތުން ބަލަން ޖެހޭތީއެވެ.

ދުވަހަށް ރޭވިފައިވާ މަސައްކަތް ނިމުމާއެކު ދިޔާން އަނބުރާ އައީ ހޮޓެލަށެވެ. ފެންވަރާ ތާޒާވެލައިގެން ދިޔާން ނަންބަރަކަށް ޑަޔަލް ކޮށްލިއެވެ. ގުޅުއްވި ނަންބަރުން ޖަވާބެއް ނުދޭކަމަށް ބުނުމުން ދިޔާންގެ ނިތަށް ރޫތަށް ޖަމާވެގެން ދިޔައެވެ. އަދިވެސް އެއްފަހަރު އަނެއްކާވެސް އެ ނަންބަރަށް ގުޅަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

“ހަލޯ..” އެކޮޅުން މިފަހަރަު ފޯނު ނެގުމާއެކު އަވަސް އަވަހަށް ދިޔާން ބުނެލިއެވެ.

“ކީއްކުރަނީ..؟ އޮފީހުގެ ކަންތައްތައް ކިހިނެއް…؟” ދިޔާން ރާއްޖެތެރެއަށް އައިސްގެން އުޅުނު ނަމަވެސް އޮފީހުގެ މަސައްކަތް ކުރިޔަށްދާގޮތް ބެލުމަކީ އަމިއްލަ ޒިންމާކަމުގައި ދެެކުނެވެ. އޭނާގެ ބައްޕަ ރާއްޖޭގައި ނެތްދުވަސް ވަރެއްގައި އޮފީހުގެ މަސައްކަތްތައް ބޮއްސުން ލައިފިނަމަ ޒިންމާވާންޖެހޭނީ އޭނާކަން ދިޔާން ހަނދާނުގައި ބެހެއްޓިއެވެ. ކުޑައިރުކޮޅަކު އޮފީހުގެ ކަންކަން ކުރިޔަށްދާ ގޮތާމެދު ވާހަކަ ދެއްކުމަށްފަހު ދިޔާން ފޯނު ބާއްވާލީ މާ ލަސްވުމުގެ ކުރިން ނިދަން އޮށޯތުމަށެވެ.

*******

ނިދަން އޮވެ އެނދުގެ ދެފަރާތައް ފުރޮޅި ފުރޮޅިވެސް ދިޔާންގެ ދެލޮލަށް ނިދީގެ އަސަރެއް ވެރިއެއް ނުވިއެވެ. މެންދުރުގަޑީގައި ނިދުމުގެ ސަބަބުން ކަމަށް ވުންވެސް އެކަށީގެންވެއެެވެ. އެންމެންފަހުން އެނދުގައި އޮވެ އޮވެ ފޫހިވެގެން ދިޔާން ތެދުވިއެވެ. ޓީޝާޓެއް ގަޔަށް މަހާލަމުން ދިޔާން ނިކުމެލީ ބޭރަށެވެ. އާ ރަށެއް ކަމުން ދާނެ ހާއްސަތަނެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން ދިޔާން ގަސްތު ކުރީ ރަށުގެ މަގުތަކުގައި ކުޑަކޮށް ހިނގާލުމަށެވެ. ހޮޓެލުން ނިކުމެގެން އައިސް އެންމެ ކައިރިން ޖެހުނު މަގުން ހިނގާފައި ގޮސް ގޯޅިއަކަށް ނިކުމެވުމާއެކު ދިޔާންގެ ނޭފަތުގައި ލުއި ލުއި މީރުވަހެއް ޖެހިގެން ދިޔައެވެ.

ވަސް އަންނަކަމަށް ލަފާ ކުރެވޭ ދިމާއަށް ދިޔާން ހިނގަމުން ދިޔައެވެ. މާދުރަށް ނުދެވެނީސް ކުރިމަތީގައި ވަށާފާރެއްނެތް ގެއެއްގެ ދޮރުމަތީ ހައްދާފައިވާ ހުދުކުލައިގެ ލިލީމާ ގަސްތަކެއް ދިޔާންގެ ލޮލުގައި އަޅައިގަތެވެ. މީހެއްގެ ބެލުމުގެދަށުން ި ފަރުވާތެރިކަމާއެކު ހައްދާފައިވާ އެގަސްތަކުގައި ބަރާވެފައިވާ ލިލީމާތައް ފެނުމުން ދިޔާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނާއަށް ދުވިމީރުވަހަކީ އެމާތަކުން އައި ވަސްކަން ޔަޤީންވެގެން ދިޔައެވެ.

އިރުކޮޅަކު މާތަކަށް ބަލަން ހުރުމަަށްފަހު ދިޔާން އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ. ކޮންމެ ދިމާއަކުން ފެންނަމުންދިޔަ މަންޒަރުތަކަށް ފަރުވާތެރި ނަޒަރެއް ދެމުން ދިޔާން ކުރިއަށް ދިޔައެވެ.
********

“ބާއި..” ޑޭކެއަރގެ ދޮރު ތަޅުލުމަށްފަހު ދެއަންހެން ކުދިން އެކަކު އަނެކަކާ ވަކިވެލިއެވެ. ލިލިއަންވެސް އޭނާގެ އެކުވެރިޔާއާ ރޭގަނޑުގެ ސަލާމް ކޮށްލުމަށްފަހު ގެއަށް ދާން ހިނގައިގަތެވެ. ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމާއެކު އޭނާގެ ކަނދުރާއާއި ކަރާ ދެމެދު އަތް ހިންގާލިއެވެ. ކުޑަކުދިންނާ އެކު ވަޤުތު ހޭދަކުރުމަކީ އޭނާ ނުހަނު ކުރާހިތްވާ ކަމެއް ނަމަވެސް އެއީ ބުރަ މަސައްކަތެކެވެ. ހަށިގަނޑުގެ އިތުރުން ސިކުނޑީގެެ ހަކަތަ ދަށްކޮށްލާ ކަމެކެވެ. ފޯނު ނަގާ ގަޑި ބަލާލުމަށްފަހު ލިލިއަން ފުންނޭވާއެއް ދޫކޮށްލިއެވެ. ރޭގަނޑު އޭނާ އެއްގޮތަކަށްވެސް ގެއަށް ވަންނާކަށް ބޭނުމެއްނޫނެވެ. އެހެނަސް ގެއަށް ނުވަދެ އޭނާ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ؟ މަގުގެ އެއްފަރާތަކުން މީހަކު ތުންފުންމާލި އަޑު އިވުނީ ދެނެވެ. ކުޑަކޮށް ސިހުން ލިބުނު ނަމަވެސް ލިލިއަން އޭނާގެ ހިނގުން މަޑެއް ނުކުރެއެވެ. އަޑު އައި ދިމާއަށް ބަލާލުމެއްނެތި އޭނާ ކުރިއަށް ހިނގަމުން ދިޔައެވެ.

“ފަރިހިނގުމެއްގާ މިތުރާ ދާއިރު.. ފަރި މިތުރާ އުފަލުން ދާއިރު..”
ނުދަންނަ ތިން ޒުވާނުން ލިލިއަން ކައިރިއަށް އައިސް ލަވައެއްގެ ބައިތުތައް ކިޔަން ފެށިއެވެ. ލިލިއަންގެ ދެބޮމަ ގޮށްޖެހިގެން ދިޔައިރު ދަތްކުނޑި ވިކާލެވުނެވެ. އެހެނަސް ވާހަކަ ދައްކައިފިނަމަ އިތުރަަސް ގޯސްވާނެކަން އިނގޭތީވެ ލިލިއަން އޭނާގެ ހިނގުން ބާރު ކޮށްލިއެވެ.

“ތިހާ ރީތި ކުއްޖެއް އެކަނި ނުވާނެ އެންނު ގެއަށް ދާކަށް.. ހިނގާ އަހަރެމެން ގެއަަށް ލާދޭނަން.. އޭރުން ފަހަރުގަ ތިގޭގެ އަހަރެމެންނަށްވެސް މަޖާކޮށްލަން ފުރުސަތެއް ލިބިދާނެ އެންނު..” އެތަނުން އެކަކުގެ ވާހަކައާއެކު ތިން ޒުވާނުން އެއްފަހަރާ މަލާމާތާއެކު ހޭންފެށިއެވެ.

ލިލިއަން އަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އެމީހުން ދެއްކި ވާހަކައިގެ ފަހަތުގައިވީ ކީކޭކަން އޭނާއަށް ރަނގަޅަށް ދޭހަވިއެވެ. ދެއަތް މުށްކަވާ ބާރުކޮށްލެވުނު އިރު ދެލޯ ފެންކަޅިވެގެން ދިޔައެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ދެލޮލަށް ޖަމާވާ ކަރުނައަކީ ލިލިއަން ދެކޭގޮތުގައި އޭނާ އަށް އިސްލާހު ނުކުރެވުނު ‘އުނިކަމެކެވެ.’ ހޭންތިބި ތިން ފިރިހެނުންނާ ދިމާއަށް އެނބުރި އަނގަ ހުޅުވާލިތަނާ ކުއްލިއަކަށް ލިލިއަންގެ ގޮނޑުގައި މީހަކު އަތްބާއްވާލި ކަމުގެ އިޙްސާސްކުރެވިގެން ދިޔައެވެ.

“ދެއަރ ޔޫ އަރ.. އައިވް ބީން ލުކިންގް އެވްރީ ވެއަރ ފޯ ޔޫ..” ފިރިހެންވަންތަ އަޑެއް ލިލިއަންގެ ކަންފަތުގައި ޖެހުނު އިރު އޭނާގެ ކައިރީ ތިބި ތިން ފިރިހެނުންގެ ހުނުންވެސް ހުއްޓި ދެމެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ލިލިއަންގެ އިތުރުން ތިން ޒުވާނުންގެ ނަޒަރުވެސް ހުއްޓިފައިވަނީ ލިލިއަންގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރި ޒުވާނާއަށެވެ. ހިތްތައް ފަތަހަ ކޮށްލާފަދަ ހިނިތުންވުމެއްގައި ހުރި އިރު އެ ޒުވާނާގެ ދެލޯ އަމާޒުވެފައިވަނީ ލިލިއަން އަށެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސަވީސް ވަނަ ބައި)

Next

ތި ސޫރަ ނޫން 10

Next
August 19, 2021

ތި ސޫރަ ނޫން 10

Previews
August 18, 2021

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސަވީސް ވަނަ ބައި)

2 Comments!

  1. ?YEOJA? says:
    August 18, 2021 at 1:07 pm

    Hlw sis
    fainally the first part heheh i’ve been waitting for this soo much
    Masha Allah vrh nice furathama bai
    Names tha vxx vrh lwbi hama dhiyaan and lilian nice ingeyy sis
    vrh interesting kuriah dhiyagoi , curiouse hama for next part
    waitting for it patiently
    stay safe and tvgc
    luwsyaaa
    btw sis mee Ril ingey u knw dhw

    1. Wonder says:
      August 18, 2021 at 5:28 pm

      Thank u soo much Ril. Awwn.. Im really sorry it took so much of time.. Last week was really hectic so I couldn’t concentrate on the story.. In sha Allah i will try to do better in the future.. v ufaavejje furathama bai kamudhiyaeema.. n really happy u liked the names.. lymmmmmm.. u too b safe.. YESSS!!! I knew u were Ril heheh?❤️

Comments are closed.

Next Episodeހީވޭ ކަލާވާހެން-2←


All Right Reserved!