Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-12

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 21, 2020 5 Mins Read
21 Comments

އިމާރާތުގެ ތެރެއަށް ވަދެވުމާއެކު ރައިހާ އަވަސް ވެގަތީ ލިފްޓަށް އަރާށެވެ. ލިފްޓު ތިރިއަށް އަންނަން ނަގާ ވަގުތު ލަސް ވުމުން ކަންބޮޑު ވުމާއެކު ދޮރުގެ ދެކޮޅަށް ހިނގަން ފެށުނެވެ. އެކި ދިމާއަށް އެ ބޮޑު ދެލޯ ހަރަކާތް ކުރަމުން ދިޔަ އިރު މުޅި މީހާ ހުރީ ދާލިތްލާ ފޯވެފައެވެ.

ލިފްޓު އައުން ލަސް ވުމުން އެންމެ ފަހުން ރައިހާ ސިޑިން އަރަން ފެށިއެވެ. އޭރު އޭނާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ . ސިޑިން އަރައިގެން އިމާރާތުގެ ޓެރެސް އަށް ނިކުމެވުނެވެ. ވެފައިވާ ލަހީގެ ސަބަބުން ރައިހާ ދިޔައީ މައިނޭވާ ލެވެމުން ދިޔައެވެ.

އިމާރާތުގެ ޓެރަހަށް ނިކުމެވުމާއެކު ޓެރަހުގެ ކައިރި ފަށުގައި ހުރި ފިރިހެންމީހާ ރައިހާގެ ލޮލުގައި އަޅައިގަތެވެ. ރައިހާ އަށް ފުރަގަސް ދީގެން ހުރުމުން އެމީހާގެ މޫނެއް ނުފެނެއެވެ.

ޓެރަހަކީ ރެއިލިންގް ހަރުކޮށްގެން ހަދާފައި ހުރި ތަނެއް ނޫނެވެ. އޭގެ ބަދަލުގައި ޓެރަހުގެ ވަށައިގެން ކައިރި ފަށުގައި ދެ ފޫޓެއްހާ މައްޗަށް ހުންނާނެހެން ހިމަ ފާރެއް ރޭނިފައިވެ އެވެ. އެ ފިރިހެން މީހާ ހުރީ ފާރު ބުރި މައްޗަށް އަރައިގެންނެވެ. ކިތަންމެ ކުޑަ ގޮތަކަށްވެސް ފައި ނުބައި ދިމާއަކަށް އެނބުރިއްޖެނަމަ ތިރިއަށް ވެއްޓޭނެއެވެ.

“ހަކީމް” ފުދޭވަރެއްގެ ދުރުމިނެއް ދެމެދުގައި ބަހައްޓަމުން ރައިހާ އެމީހަކަށް ގޮވާލިއެވެ.

އެމީހަކު ހަމަ އެކަނި އޭނާގެ މޫނު ރައިހާ އާއި ދިމާއަށް އަނބުރާލިއެވެ. ބޮލުގަައި ހުރި ގިނަ އިސްތަށި ނުރަ ވެފައި ވާއިރު ދެބައި އުމުރުން މަތިވެފައިވާ މީހެއްކަން ބަލާލުމުން އިނގެެއެވެ.

“ހަކީމް. އަވަހަށް ތިތަނުން ފައިބާ ދެން. މިހާރު ކުޅި ވަރު ކުޅޭ ގަޑިވެސް ނިމުނީނު.” އަޑުގައިވީ ތުރު ތުރުއެޅުން ފޮރުވަން މަސައްކަތް ކުރަމުން ކުޑަކުއްޖަކަށް ނަސޭހަތް ދޭހެން ރައިހާ ހަކީމަށް ނަސޭހަތް ދިނެވެ. އޭރު ރައހާގެ އެއް އަތް ހަކީމާ ދިމާއަށް ފޭވެފައި ހުއްޓެވެ. ދެންމެ ދެންމެ ވެސް ހަކީމް ވެއްޓި ދާނެ ކަމުގެ ބިރު އެހިތުގައި އުފެދިފައިވެ އެވެ. ބުނެވޭ އެންމެބަހަކުން ނުވަތަ ކުރެވޭ ކިތަންމެ ކުޑަ ހަރަކާތަކުންވެސް ފާރުން ފުންމާލާކަށް ހަކީމް ފަހަށް ނުޖެހޭނެ ކަން ރައިހާ އަށް އިނގެއެވެ.

” މިތާ ތިރީގަ އެބެއް ވަރަށް ރީތި މޫދެއް. އަހަރެން ބޭނުމީ މޫދަށް ފުންމާލަން. މޫދުގަ މާ މަޖާވާނެ” ދެލޯ ބޮޑު ކޮށްލައިގެން ހުރެ ހަކީމް އެހެން ބުނެލިގޮތުން އޭނާގެ ސިކުނޑި ހަމަ ނުޖެހޭކަން ރަނގަޅަށް އެނގެއެވެ.

“އަހަރެންވެސް ގެންދޭ” އެއްޗެކޭ ބުނުމަށް ރައިހާ ހުޅުވާލި އަނގަ ލެއްޕިގެން ދިޔަ އޭނާގެ ކައިރީ ހުއްޓިލި ކައިލް ބުނި އެއްޗަކުންނެވެ . އޭރު ކައިލް ސީދާ ބަލަހައްޓައިގެން ހުރީ ހަކީމާއި ދިމާއަށެވެ.

“ކައިލް..” ރައިހާގެ އަޑު ނިކުތީ އެންމެ ކައިރީގަ ހުންނަ މީހާ އަށްވެސް ކިރިޔާ އަޑު އިވޭހާ މަޑުންނެވެ. އޭނާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.

” އަހަރެންވެސް ބޭނުން ތި މޫދަކަށް އެރެން. ދެމީހުން އެކީގަ ދިޔައީމަ މާ މަޖާވާނެ” ހަކީމާ ދިމާއަށް އަތް އުފުލާލަމުން ކައިލް ވާހަކަ ދެއްކިއެވެ.

ރައިހާ އަށް ހުރެވުނީ ޖެހި ބުދެއްހެން ހުއްޓުން އަރާފައެވެ. އޭނާ އަކަށް ކައިލްގެ މަޤުސަދު ފަހުމް ވާގޮތެއް ނުވިއެެވެ. ހަަމަ ހަޤީޤަތުގައިވެސް ކައިލް އެއުޅެނީ ހަކީމާއެކު ފުންމާލަންހެއްޔެވެ؟އެހެން ވިއްޔާ ކައިލްގެ މަޤުސަދަކީ އަމިއްލަ އަަށް މަރުވުންހެއްޔެވެ؟ މިވީހާ ދުވަހު ކައިލް އަކީ އަމިއްލަ އަށް މަރުވުންފަދަ ވިސްނުމެއް ނުގެން ގުޅޭ މީހެއްގެ ގޮތުގައ ދެކެވުން އެއީ ރައިހާ އަށް ހެދުނު ގޯހެއް ހެއްޔެވެ.

ހުއްޓުން އަރާފައި ހުރި ރައިހާ އަށް ރެޔަކާ ލީ ހަކީމް ކައިލްގެ އަތުގައި ހިފުމުންނެވެ. ހަކީމްގެ ތުންފަތުގައިވީ ހިނިތުންވުމުން ކައިލްގެ ޚިޔާލު އޭނާ އަށް ވަރަށް ކަމުގޮސްފިކަން ދޭހަވެއެވެ.

“ކައިލް ނޫން!” މުޅި މާހައުލުގައި ގުގުމައިގެން ދިޔައީ ރައިހާގެ ހަޅޭކުގެ އަޑެވެ. އޭނާ ގެ ގާތުގައި ހުއްޓާ ދެވަނަ ފަހަރުވެސް ކައިލް ލޯމަތިން ގެއްލޭތަން ބަލާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ.

ނަމަވެސް ރައިހާ އަށް ލިބިފައިވާ ނުތަނަވަސް ކަން ފިލައިގެން ދިޔައީ ކައިލް ހަކީމުގެ އަތުގައި ހިފަމުން އޭނާ އާއި ދިމާއަށް އަނބުރާލުމުންނެވެ. އެ ބާރު މިނުގައި ނުވިސްނާހުރި ހަކީމު ފާރުން ކައްސާލައިގެން ވެއްޓުނީ ކައިލް ގެ ގައި މައްޗަށެވެ.

އަނގައިގާ އަތް އަޅައިގެން ހުރި ރައިހާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އަވަސް އަވަހަށް ވެއްޓިފައި އޮތް ކައިލްގެ ގާތަށް ޖެހި ހަކީމް ނެގޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ދެމީހުންގެ މަސައްކަތުން ހަކީމް އެއްފަރާތް ކުރެވުނެވެ. ދެން ފެނުނީ ޓެރަހުގެ ތަޅަންގަނޑުގައި ތަޅަމުން ހަކީމް ރޯންފެށި ތަނެވެ. ފުރުސަތުގެ ބޭނުން ކޮށްގެން ރައިހާ އަވަހަށް ސެކިއުރިޓީންނަށް ފޯނުން ގުޅާލިއެވެ. ވެގެން އުޅޭގޮތް ކިޔައި ދިނުމާއެކު ލަސް ނުވެ ތިން މުވައްޒަފަކު ޓެރަހަށް އަރައިގެން އައެވެ.

ހަކީމް އަތުލަފި ކޮށްގެން ގެންދަން ފެށުމުން ރައިހާ ވެސް އަވަސް އަަވަހަށް އެމީހުންގެ ފަހަތުން ދާން ހިނގައިގަތެވެ.ނަމަވެސް ކައިލް ކޮބައިތޯ ހޯދާލި އިރު ތަޅަންގަނޑުގައި އިށީނދެ އިން ގޮތަށް އޭނާ އިނެވެ. ވާއަތުން ކަނާއަތުގެ އޮޅަނބުށީގައި ހިފަހައްޓާ ލައިގެން އިން އިރު މޫނުމަތިން ފާޅުވަމުން ދިޔައީ ތަނަކަށް ތަދުވެގެން އުޅޭފަދަ އަސަރުތަކެކެވެ.

“އަތަށް ތަދުވީތަ؟” ކައިލް ގެ ކުރިމަތީ ކުޑަ ކަކޫ ޖަހާލަމުން ހާސްކަމާއެކު ރައިހާ އެހިއެވެ.

ކައިލް ބޯ ޖަހާލުމުން ގެ ރައިހާގެ ހާސްކަން ވީ ދެގުނައެވެ. މަރުކަޒުގައި ކަށީގެ ޑޮކްޓަރެއް ނުހުންނާނެތީ ރައިހާ އަވަސް ވެގަތީ ކައިލް ގޮވައިގެން ހޮސްޕިޓަލަށް ދިޔުމަށެވެ. ނަމަވެސް ދިޔުމުގެ ކުރިން ވެގެން އުޅޭގޮތް ފާތުމް އަށް ރައިހާ އަންގާލިއެވެ.
********

ހޮސްޕިޓަލުން އާދެވުނު އިރު ގަޑިން އަށެއް ޖަހަން އުޅެނީއެވެ. ޑޮކްޓަރަށް ދެއްކުމުން އިނގުނީ ކައިލްގެ އުޅަނބޮށްޓާ ދިމާ ކަށިގަނޑު ކުޑަކޮށް ރެނދުލައިފާ ވާކަމެވެ. މަރުކަޒަށް އައި ވަޤުތު ފާތުމްގެ އަޑު އިވިގެން ދިޔައެވެ.

” ކީއްވެހޭ އެއްވެސް ސެކިއުރިޓީ މުވައްޒަފަކަށް ނޭނގި އޭނަ އަށް އެހިސާބަށް ދެވެންވީ. އިނގޭތަ އެތަނަށް އެވަގުތު މީހަކަށް ނުދެވުނުނަމަ ވާނެ ގޮތް؟” ފާތުމްގެ އަޑު އެހެންޏާ ވާހަކަ ދައްކާ ވަރަށް ވުރެ ބާރުވެފާ ހަރުކައްޓެވެ. އޭނާގެ ކުރިމަތީ ސެކިއުރިޓީ މުވައްޒަފުން ސަފަކަށް އެތުރިގެން އިސްޖަހާލައިގެން ތިއްބެވެ.

“އެއްފަހަރުކަމަށް އެއްވެސް އަދަބެއް ނުދީ މި ދޫކޮށްލަނީ. އެކަމަކު ދެވަނަ ފަހަރަށް މިކަހަލަ ކަމެއް ވެއްޖިއްޔާމު އިހުމާލުވި ފަރާތެއްގެ ވަޒީފާ އެހިސާބުން ގެއްލުނީ” ފާތުމް އޭނާގެ ފަހުގެ އެންގުން އަންގާލިއެވެ.

އެމީހެއް އެމީހެއްގެ މަސައްކަތަށް އަނބުރާ ފޮނުވާލުމަށްފަހު ފާތުމް އެނބުރިލި ގަޑީ ރައިހާ ފެނުމުން ހުއްޓުނެވެ. އަދި ކައިރީގައި ހުރި ކައިލް އަށް އަވަސް ނަޒަރެއް ދިނެވެ.

” ރައިހާ. އިރުކޮޅަކުން ކެބިން އަށް އައިސް ދެއްޗޭ. އެބަ ޖެހޭ ވާހަކަ އެއް ދައްކާލަން.” ފާތުމް ދެއްކި ވާހަކަ އަށް ބޯ ޖަހާލަމުން ރައިހާ ހިނގައިގަތީ ކައިލް އާއެކު އޭނާގެ ކޮޓަރި އަށެވެ. ކައިލްގެ ކޮޓަރި އާ އަރާ ހަމަވި އިރު ރޭގަނޑުގެ ނާސްތާ ހިފައިގެން ނަރުސްކުއްޖަކު އެހިސާބާ އަރާ ހަމަވަނީއެވެ.

” ކާން ފަށަން ވީނު” ނަރުސް ކުއްޖާ އަތުން ޓްރޭ ހިފައިގެން ކޮޓަރިއަށް ވަންނަމުން ރައިހާ ބުންޏެވެ. އެވަގުތު ކައިލް އޭނާގެ ޕްލާސްޓަރު އެޅިފައިވާ ކަނާ އަތަށް ބަލާލިއެވެ. އެތަން ފެނުމުންް ރައިހާ ގާތަށް އައީ ލާނެއް ހިންޏެކެވެ. ބޭނުމަކީ އޭނާގެ ކައިރީ ކާން ލަވައިދެން ކައިލް އެދުމެވެ.

” ނެތް ކާހިތެތް” ގޮތް ދޫނުކުރަން ކައިލް ބުންޏެވެ.

” އުހުން. ކާން ޖެހޭނެ. ބޭސް ވެސް ކެވޭނީ ކައިގެނެންނު. ” ރައިހާ ވެސް ދޫދޭކަށް ބޭނުމެއް ނުވިއެެވެ. މޭޒުގެ އެއްފަރާތުގައި ގޮނޑި ގެނެސް އިށީނދެލިއެވެ. އަދި ސަމްސަލެއްގެ ފްރައިޑް ރައިސް ނަގަމުން ކައިލް އަށް ދިއްކޮށްލިއެވެ.

“އަން. އަހަރެން ލަވާ ފާނަމޭ.” އިސްވެ ކައިލް އެކަމަށް ނޭދޭނެ ކަން އިނގުމުން ރައިހާ ބުންޏެވެ.

އިރުގަނޑަކު ރައިހާ އަށް ބަލަން ހުރުމަށްފަހު މޭޒުގެ އަނެއްފަޅީގައި ގޮސް ކައިލް އިށީނެވެ. ރައިހާ ވަކިން ބޮޑަށް ސަމްސާ ކައިލްގެ އަނގަޔާ ކައިރިކޮށްލިއެވެ. “ސޭ އާ..” ކުޑަ ކުއްޖަކަށް ކާންދެން އުޅޭހެން ރައިހާ އަނގަ ފުޅާ ކުރަން ވީގޮތް ވެސް ދައްކައި ދެމުން ދިޔައެވެ.

ރައިހާ އުޅޭގޮތް ފެނުމުން ކައިލް ދެލޯ އަޅާލިއެވެ. އަދި އަވަސް އަވަހަށް ސަމްސާގައި އަނގަ ޖެހިއެވެ. ރައިހާގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެވެ.
**********

ކެއުން ނިމުމާއެކު ކައިލް އަަށް ބޭސް ދިނުމަށްފަހު ރައިހާ އަވަސް ވެގަތީ ފާތުމް އާ ބައްދަލު ކުރުމަށެވެ.

” އަނެއްކާވެސް މި އޮތީ މަރުކަޒުގަ ހާދިސާ އެއް ހިނގާފަ. މިފަހަރުވެސް ރައިހާ ނެތްނަމަ ނޭނގެ ވާނެ ގޮތެއްވެސް. ފާތުމް އާއި ރައިހާ ވާހަކަ ދައްކަން ތިބީ ފާތުމް ގެ ކެބިން ގައެވެ.

“މިވިސްނަނީ މަރުކަޒުގެ ސެކިއުރިޓީ ވެސް ވަރުގަދަ ކުރަން. ކުރިން ޚިޔާލަށް ވެސް ގެނެސްފައި ނުވާ އެތައް ކަމެއް މިވަނީ. ” ފާތުމްގެ ނިއްކުރިމަތީ އުފެދިފައިވާ ރޫތަކުން ވަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވެފައިވާކަން އެނގެއެވެ.

“އެކަމަކު ހަމަ ކައިލް ތަ ހަކީމް ސަލާމަތް ކުރީ؟” ފާތުމްގެ މޫނު މަތިން ކުއްލިއަކަށް ފެނިގެން ދިޔައީ ހައިރާން ކަމެވެ.

” ލައްބަ. ކައިލް ނެތްނަމަ އަޅުގަނޑަކަށް ވެސް ނޭނގެ ވާނެ ގޮތެއް” ތުންފަތުގައިވީ ހިނިތުންވުމާއެކު ރައިހާ ޖަވާބު ދިނެވެ. ހަޤީޤަތުގައި އޭނާވެސް ކައިލްގެ ފަރާތުން އެފަދަ ކަމަަކަށް އުންމީދެއް ނުކުރެއެވެ. ނުބައި ޝައްކު ތަކެއް ހިތުގައި އުފެދުނީ އެހެންވެ އެވެ. ނަމަވެސް ކައިލް އެކޮށްދިން ކަންތަށް ރައިހާގެ ހިތަކުން ނުފިލާނެ އެވެ. ކައިލް އާމެދު ރައިހާ ފަޚުރުވެރިވިއެވެ.

“އަސްލު ރައިހާ މިގެނެވުނީ މިޝަލީގެ ވާހަކައެއް ދައްކަން. ވަރަށް އަވަހަށް ކޯޓުގައި އެ މައްސަލަ ބެލިގެން ދާނެ. ރައިހާ އެބަ ޖެހޭ މިޝަލީ އާ ދެކޮޅަށް ހެކިބަސް ދޭން. އަދި މިއޮތީ މިޝަލީ ކޮޓަރި ހޯދާ ބެލި އިރު ފުލުހުންނަށް ފެނުނު އެއްޗެއް” ފާތުމް މޭޒުމަތީގައި ބާއްވާލީ ރައިހާ އަށް އާ އެއްޗެއް ނޫނެވެ.

“މިއީ ޖޫނީ އާ މިޝަލީ އާ ވެވިފައިވާ އެއްބަސް ވުމެއް. ޖޫނީ ހޯދުމުގެ މަސައްކަތް މިހާރު އެބަ ޕޮލިހުން ކުރިއަށް ގެންދޭ” ފާތުމް ދެއްކި ވާހަކަ އަށް އެއްޗެއް ނުބުނެ ރައިހާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ފާތުމް އަށް އެކަން ފާހަގަ ކުރެވުނެވެ.

” އާން. އަދި ރައިހާ އަކަށް ނޭނގޭނެ ދޯ ޖޫނީ އެއް.. ބުނީމެންނު ރައިހާ މިކޮޅަށް ގެނެވުނީ ސައިކޮލޮޖިސްޓެއް ވަކި ވުމާ ގުޅިގެންނޭ” ފާތުމް އެހެން ބުނުމުން އެ މަރުކަޒަށް އައި ފުރަތަމަ ދުވަހު ދެކެވުނު ވާހަކަތައް ރައިހާ ހަނދާން ވިއެވެ.

” އެއީ ޖޫނީ އަކީ. އޭނާ އެއީ ސައިކޮލޮޖިސްޓެއް ނަމަވެސް ޑޮކްޓަރޭޓް ޑިގްރީ އަށް ކިޔަވާފަ ހުރީ. އެހެންވީމަ ބަލިމީހުންނަށް ބޭސް ދިނުމަށްވެސް އޭނަ ޝަރުތު ފުރިހަމަވޭ. އެހެންވެ ކައިލް އަށް ބޭސް ދީ ހުރިހާ ތެރަޕީއެއް ކުރިއަށް ގެންދަން ހަވާލު ކުރީ ޖޫނީ އާ. އެކަމަކު މިހުރިހާ ކަމަކުން މަރުކަޒަށް މި ލިބުނީ ގެއްލުން.” ފާތުމް ދެއްކި ވާހަކަ ތަކުން ރައިހާ ހައިރާން ވިއެވެ. އޭނާ މި މަރުކަޒަށް ގެނެވުނީ ޖޫނީގެ ބަދަލުގައި ކަން އެ އިނގުނީ އަދިކިރިޔާއެވެ. މިއީ ތަޤުދީރު އޭނާ އާ ކުރާ ސަމާސާއެއް ހެއްޔެވެ؟ ނުވަތަ މިހުރިހާ ކަމަކީ އިއްތިފާޤެއް ހެއްޔެވެ؟

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

މަޢާފް – ނަވާވީސްވަނަ ބައި

Next

އަބަދުވެސް މިހިތުގާ ވެޔޭ (6)

Next
April 21, 2020

އަބަދުވެސް މިހިތުގާ ވެޔޭ (6)

Previews
April 21, 2020

މަޢާފް – ނަވާވީސްވަނަ ބައި

21 Comments!

  1. Wonder says:
    April 21, 2020 at 10:47 am

    Salaam readers. here is the 12th part of vaashey mashaa eky. Feel free to tell me ur views n point out the mistakes. I hope u all r doing fine. Stay safe everyone.?❤❤

    1. afffraushyyy says:
      April 21, 2020 at 12:41 pm

      nice❤

  2. afffraushyyy says:
    April 21, 2020 at 11:29 am

    luv it.. ur a amazing writer filled with wonderful stuff.. WONDER!! keep on writing. ?
    Always here to admire ur work❤

  3. Anonymous says:
    April 21, 2020 at 2:08 pm

    Hello wonder. How’s yuh? Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Keep it up ingey ?????????? Kon irakun next part up kollani. Varah kiyaa hiyy vaa vaahaka eh mee. ???????????? Avahah up kollahche next part.
    #Satysafe

  4. Anonymous says:
    April 21, 2020 at 2:20 pm

    Hello wonder! How’s yuh? Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Keep it up ingey ?????????? Kon irakun next part up kollani. Varah kiyaa hiyy vaa vaahaka eh mee. ???????????? Avahah up kollahche next part.
    #Staysafe

  5. Anonymous says:
    April 21, 2020 at 2:30 pm

    Hello wonder!! How’s yuh? Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Keep it up ingey ?????????? Kon irakun next part up kollani. Varah kiyaa hiyy vaa vaahaka eh mee. ???????????? Avahah up kollahche next part
    #staysafe

  6. Izabell says:
    April 21, 2020 at 2:31 pm

    Alheyy kyhve tha comment publish nuvani

    1. Wonder says:
      April 21, 2020 at 2:43 pm

      I also done knw why it’s happening. It happens for me as well. ?

  7. Izabell says:
    April 21, 2020 at 2:33 pm

    Hello wonder! How’s yuh? Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Keep it up ingey ?????????? Kon irakun next part up kollani. Varah kiyaa hiyy vaa vaahaka eh mee. ???????????? Avahah up kollahche next part. Nd stay safe ingey

  8. Izabell says:
    April 21, 2020 at 2:36 pm

    Hello wonder! How’s yuh? Mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Keep it up ingey ?????????? Kon irakun next part up kollani. Varah kiyaa hiyy vaa vaahaka eh mee. ???????????? Avahah up kollahche next part. Nd stay safe

  9. Izabell says:
    April 21, 2020 at 2:37 pm

    Baeh comment eyy publish vani alhe

  10. Izabell says:
    April 21, 2020 at 2:40 pm

    By the way, mi part vx varah varah reethi, Ma Sha Allah ❤❤❤❤❤❤❤❤❤❤❤❤❤❤❤ Kon irakun next part up kollaani? Varah inthizaaru kurevey vaahaka eh mee. ????? Avahah up kollahche. Nd stay safe ingey.

    1. Wonder says:
      April 21, 2020 at 2:45 pm

      Thank u Izabell. Next part liyamun midhany. In sha Allah v avahah up kohladheynan. Thidey support ah v bodah shukuriyya. So happy that u like this story. Tc n b safe?❤?

  11. LAZY_QUEENY says:
    April 21, 2020 at 3:32 pm

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. N wonder you are so talented.. Maashaallah.. ?????

    1. Wonder says:
      April 21, 2020 at 4:30 pm

      Thank u LAZY_QUEENY.so happy that u liked this part. Next part In sha Allah maadhan rey submit kohlaanan. Tc and b safe?❤?

  12. Aish 2 says:
    April 21, 2020 at 4:06 pm

    Where is part 11….. Any mi part ves varah salhi ☺️☺️☺️ varah dhigu inthizaareh he nimun Hui Koh♥️?? hehe

  13. afffraushyyy says:
    April 21, 2020 at 4:58 pm

    ur a amazing writer, filled with wonderful stuff ?.. always here to admire u….❤ love it girrl….

  14. Dhonthy says:
    April 21, 2020 at 9:05 pm

    Wooow ??????❤️❤️❤️❤️ This story is also very beautiful, nice, marvellous, fantastic mihen gos kiyaane kameiy neiy hama vvvvv reethi mi vaahaka Maasha Allah. Story nimendhen regular koh gesdhechche inge wonder. Hama vvvv reethi mi vaahaka. Curiously waiting for the next episode. Ly ?????❤️❤️❤️❤️❤️

    1. Wonder says:
      April 21, 2020 at 9:42 pm

      Thank u soo much dhonthy. V ufaavejje mi comment fenifa. Yes. In sha Allah vaahaka nimendhen regular koh up kohdheynan. so happy that u liked the story. Tc and b safe?❤?

  15. Aish 2 says:
    April 22, 2020 at 2:30 pm

    Mihaaru 10 ah sure Gina faharu comment Koh fin..nueh they???? by the way mi part ves varah salhi ☺️

  16. hayat says:
    May 14, 2020 at 4:08 pm

    Where is part 11?

Comments are closed.


All Right Reserved!