Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-6

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 6, 2020 3 Mins Read
6 Comments

ކައިލް އެހުރި ފިޔަވަޅު މަތީ ހުއްޓުމުން ރައިހާގެ އުންމީދު އާލާވެގެން ދިޔައެވެ. ދުވެފައި ކަހަލަ ގޮތަކަށް އައިސް ރައިހާ ކައިލްގެ ފުރަގަހުގާ މަޑު ކޮށްލިއެވެ.

“އަހަރެންގެ ފަރާތުން ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟” ރައިހާ ހުރި ދިމާއަށް އެނބުރެމުން ކައިލް ސުވާލުކުރިއެވެ..އެއީ ކައިލްގެ އަޑު ފުރަތަމަ ފަހަރަށް ރައިހާ އަށް އިވިގެން ދިޔަވަގުތެވެ. އެފިރިހެން ވަންތަ ބަރު އަޑު އިވިގެން ދިޔުމުން ރައިހާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.

“އަހަރެން ބޭނުންވަނީ ހަމައެކަނި ކައިލް ރަނގަޅުކުރަން..އަހަންނަށް އިނގޭ ކައިލް އާއި މެދު ކަންތައްވަމުން އަންނަނީ ނާއިންސާފުންކަން.. އިރާދަ ކުރެއްވިއްޔާ އަހަރެން ވަރަށް އަވަހަށް މިކަމުން ކައިލް ސަލާމަތް ކުރާނަން..”

ރައިހާ ދެއްކި ވާހަކަތައް އަޑު އަހަން ހުރި ކައިލްގެ ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން އޭނާ ހިނގައިގަތީ ރައިހާ އާއި ދުރަށެވެ..

“އަހަރެން ބުނި ވާހަކަ ޤަބޫލު ނުކުރެވެނީތަ؟” ހަތިޔާރު ބަހައްޓަން ބޭނުންނުވެފައި ހުރި ރައިހާ ސުވާލުކުރިއެވެ.

މިފަހަރު ކައިލް ރައިހާއާއި ދިމާއަށް އެނބުރުނީ ކުއްލިއަކަށެވެ. އަދި ދެއަތުގެ އިނގިލިތަށް ރައިހާގެ މޫނު މައްޗަށް ހުރަސްކޮށްލިއެވެ.

“ދިހަ އަހަރު! ނުން.. ދިހަ އަހަރަށް ވުރެވެސް ގިނަވެއްޖެ އަހަރެން މިތަނުގެ ތެރޭގައި އުޅޭތާ. ތީ އަޑު އަހާ ބާވެފަ އޮތް ވާހަކައެއް. އަހަންނަށް ކޮންމެހެން އެހީވާން ހަދާނެކަމެއް ނެތް.” ކައިލްގެ އަޑުގައި ވަނީ ހަރުކަށިކަމެވެ.

“އެންމެން އެއްގޮތެއް ނުވާނެ. އަަހަންނަށް އިތުބާރު ކުރޭ. އަހަރެންނަށް ވީވަރަކުން ކައިލް އަށް އެހީ ވެދޭނަން. ރައިހާ އަދިވެސް ބަލަމުން އައީ ކައިލް އަށް ވިސްނަދެވޭތޯއެވެ.

“އަހަރެން އެކަަކަށްވެެސް އިތުބާރެއް ނުކުރަން” އަލިފާނުގެ ނަޒަރަކުން ބަލާލުމަށްފަހު ރައިހާ ފަސްދީ ކައިލް ހިނގައިގަތެވެ. މިފަހަރު ކައިލް މަޑުކުރުވާކަށް ރައިހާވެސް މަސައްކަތެއް ނުކުރެއެވެ.

ހަށިފުރާ ލީ ނޭވާޔާއެކު ބެންޗުގެ އެއްފަރާތުގައި ރައިހާ އިށީނދެލިއެވެ. އޭރުވެސް އެތައް ބަޔަކު ކުޅިވަރުތައް ކުޅުމުގައި ޝާމިލްވެ އުޅުނެވެ. ފުދޭ ވަރަކަށް ވައިޖެހޭ ދުވަހެއް ކަމުން ހުސްބިމުގައި އިންދާފައި ހުރި ފިތުރޯނު ގަސްތައް ހެލިލާއިރު ޖެހޭ ފިނި ރޯޅިން ހިތްހަމަ ޖެހުން ގެނެސްދެއެވެ.

ކައިލް އާއި މެދު ވިސްނާލުމުން ރައިހާ ދެރަވިއެވެ. ޒުވާން ކަމުގެ ބޮޑުބައި މި ޖަލެއް ފަދަ ތަނުގައި ހޭދަ ކުރަން ޖެހޭނީ ކުޑަ ކަމެއް ވެގެން ނޫންކަން އޭނާ އަށް އަންދާޒާ ކޮށްލެވުނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ރައިހާ ގަސްތު ކުރީ ކައިލް އަށް އެހީ ވުމަށެވެ. މަސައްކަތް ކޮށްފިއްޔާ ކައިލްގެ އިތުބާރު އަދި ހޯދޭނޭ ކަމަށް އޭނާ ޤަބޫލު ކުރިއެވެ. ހުރިހާވެސް އެއްޗަކީ ވަޤުތެވެ.
**********

އެރޭގެ ވަގުތެއްގައި މަރުކަޒުގައި ކުއްލި ބައްދަލުވުމެއްް ބޭއްވިގެން ދިޔައެވެ. ބޭނުމަކީ ރައިހާގެ ހުށައެޅުން ތަނުގެ އެހެން މުވައްޒަފުންނާއި ހިއްސާކުރުމެވެ. ގިނަ ބައެއްގެ ތަޢުރީފް ރައިހާ އަށްލިބިގެން ދިޔައިރު އެ ހުރިހާ އިރު މިޝަލީ އިނީ ރައިހާ އަށް ލޯ އަޅައިގެންނެވެ.

“އަޅުގަނޑުގެ އެބެއް އޮޕީނިއަން އެއް” އަތް މައްޗަށް ހިއްލާލުމަށްފަހު މިޝަލީ ބުނުމުން މުޅިތަނަށް ހަމަހިމޭން ކަން ވެރިވިއެވެ.

ފާތުމްގެ އިޒުނަ ލިބުމުން މިޝަލީ އޭނާގެ ވާހަކަ ފުރިހަމަ ކުރިއެވެ. ” އަޅުގަނޑަކަށް ހިޔެއް ނުވެ ރައިހާގެ އެ ހުށައެޅުމުން އެއްވެސް ފައިދާއެއް ކުރާނެ ހެނެއް. ބޭސިކަލީ އިޓްސް އަ ވޭސްޓް އޮފް ޓައިމް. މެޑިކަލް އެގްޒަމިނޭޝަން ތައް ރިވިއު ކޮަށްގެން މާ ބޮޑު ބަދަލެއް އަންނާނެހެނެއް ހިޔެއް ނުވޭ. ޕްލަސް މެޑިކޭޝަން ބަދަލުކޮށްގެން ހާލަތު އިތުރަށް ގޯސްވިއްޔާ ކިހިނެއް ހަދާނީ. ވީ ޑޯންޓް ވޯންޓު ޓޭކް އަ ރިސްކް.” މިޝަލީގެ ވާހަކަ ފުރިހަމަ ވުމުން ބައެއް މީހުން އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލާ ތަން ރައިހާ އަށް ފެނުނެވެ.

ދެެެކެވުނު ވާހަކަ އާއި މެދު ވިސްނަން އިނުމަށްފަހު މިޝަލީގެ ވާހަކައަށް އެއްޗެއް ބުނުމަށް ފާތުމް ރައިހާ އަށް ފުރުސަތު ދިނެވެ.

ފުރަތަމަ އަތްފައި ފިނިވެ މުޅި މީހާ ގަނޑު ވިނަމަވެސް ރައިހާ ސާބިތުވެލިއެވެ.

“ފުރަތަމަ މިޝަލީ ފާހަގަ ކޮށްފި ރިވިއު ކުރުމަކީ ބޭކާރު ވަޤުތެކޭ. އަދި މާ ބޮޑު ތަފާތެއް ނާންނާނޭ. އެއަށް ބުނެލަން ބޭނުންވަނީ ޓެސްޓުތައް އަލުން އެގްޒެމިން ކޮށްގެން ކިތަންމެ ކުޑަ ތަފާތެއް ލިބުނަސް އެއީ ބަލިމީހާ އަށް ހީވެސް ނުކުރެވޭނެހާ ބޮޑު ކުރިއެރުމަކަށް ވެދާނެ. ސޯ އިޓްސް ނޮޓް އަ ވޭސްޓް އޮފް ޓައިމް. ދެން އަނެއް ކަމަކީ މެޑިކޭޝަން ބަދަލުކުރުން. ރިސްކް ނަގަން ބޭނުން ނުވާވާހަކަ ބުނީމަ ހިތަށް އަރާ ވަޓް އިޒް ލައިފް ވިތައުޓް ރިސްކް؟ އަޅުގަނޑުމެން މި ޑީލް ކުރަނީ މެންޓަލް އިލްނެސް ތަކާ. އެއީ އެއް ބޭހުން ރަނގަޅު ނުވެއްޖިއްޔާ އަނެއްބޭހަށް ބަދަލު ކުރަން ޖެހޭ ކަންކަން. އެކި މީހުންނަށް ފައިދާ ކުރާނީ އެކި ބޭހުން.. އަޅުގަނޑަށް ވުރެ ބޮޑަށް މިތާ ތިއްބެވި ސައިކޭޓްރިސްޓުންނަށް މިކަން އިނގިލައްވާނެ.” މިޝަލީ އާއި ހަތަރު ކަޅި ހަމަކުރަމުން ރައިހާ ސާބިތު ކަމާއެކު ޖަވާބު ދެމުން ދިޔައެވެ.

” ފަހަރެއްގައިވެސް އަޅުގަނޑުމެން މިއުޅެނީ މީހެއްގެ ފުރާނަ ރިސްކެއްގެ ތެރެއަށް ލާކަށްނޫން. ޓެސްޓުތައް ރިވިއު ކުރުމަށްފަހު އެ ބައްޔަކަށް ކަނޑަ އެޅިފައިވާ ބޭސްތަކުގެ ތެރޭން މެޑިކޭޝަން ކުރިއަށް ގެންދެވޭނީ.”

ރައިހާގެ ވާހަކަ ނިމުމުން މުޅި މާހައުލުގައި ފެތުރުނީ އެންމެންގެ އަތްތަލަބަޑީގެ އަޑެވެ. ލިބުނު ހިތް ހަމަ ޖެހުމާއެކު ރައިހާ އަށް ހިނިތުންވެލެވުނެވެ. މިޝަލީ އަށް ބަލައިލި އިރު އޭނާ އިނީ ހަމަ ރަނގަޅަށްވެސް ހުތްވެފައެވެ .

ދެންކުރިއަށް ދިޔައީ ވޯޓު ލުމުގެ މަރުހަލާއެވެ. ރައިހާގެ ޚިޔާލު ފެންނަ ނުފެންނަކަމަށް ވޯޓު ލެވިގެންދިޔައެވެ. ބޮޑު ތަފާތަކުން ރައިހާގެ ޚިޔާލު ކުރިހޯދިއެވެ. ރައިހާ އަށް ލިބުނު އުފާވެެރިކަން ސިއްރެއްނުވިއެވެ. ހިތުގައިވީ އުންމީދު އާލާވެގެން ދިޔައެވެ.
********

ރޭގަނޑުގެ މަސައްކަތްތައް ނިންމުމަށްފަހު ކެބިންގެ ބޮކި ނިވާލަމުން ހޯލްވޭއަށް ނިކުން ރައިހާ ހުއްޓުން އެރީ ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް މެނޭޖަރ އަރައިފާ ވުމުން އެއީ ފާތުމް ކަން އިނގުނެވެ.

ފާތުމްގެ ކެބިން އަށް ރައިހާ ވަނުމާއެކު އިށީނުމަށް ފާތުމް އެދުނެވެ. މާކުރިން ވެސް ރައިހާގެ އިންތިޒާރުގައި އިންފަދައެވެ.

“މަރުހަބާ..” ފުރަތަމަވެސް ރައިހާގެ މަސައްކަތަށް ފާތުމް ތަޢުރީފު ކޮށްލިއެވެ. ” ރައިހާ މިގެނައީ މި ފައިލް ތައް ހަވާލުކުރަން. ތިއީ މި މަރުކަޒުގެ އެންމެ ކުރިއެރުމެއް ލިބިފައި ނުވާ އަދި އެންމެ ސިވިއަރ ކޭސްތައް. މިއީ ރައިހާ ފަށަން ގަސްތު ކުރި މަސައްކަތަކަށް ވާތީ އަޅުގަނޑު ބޭނުންވީ ފުރަތަމަވެސް ރައިހާ އާއި ހިއްސާކުރަން. މިތަނުން ރައިހާ ބޭނުންވާ ކޭސެސް ޗޫޒް ކުރޭ. ދެން ބާކީ ހުރި ކޭސްތައް އެހެން މުވައްޒަފުންގެ މެދުގައި ބަހާލާނީ” ފާތުމް ދިން ފައިލް ތަކުގައި ހިފަމުން ރައިހާ ޝުކުރު އަދާ ކުރިއެވެ.

އެރޭގެ ބޮޑުބައި ރައިހާ ހޭދަކުރީ ތަފާތު ބަލިމީހުންގެ ކޭސްތައް ބެލުމުގައެވެ. އިޚްތިޔާރަކާ ނުލާވެސް އެ އެންމެންގެ ތެެރެއިން ކައިލްގެ ރިޕޯޓު ބެލުމަށް ރައިހާ އަށް އިސްކަންދެވުނެވެ. ކައިލްގެ ކަންތަކަށް އޭނާ އަށް އެހާ ބޮޑު ސަމާލުކަމެއް ދެވޭތީ ޚުދު ރައިހާވެސް ހައިރާންވިއެވެ.
*********

ހެނދުނުގެ ވަގުތެވެ. މަޑު ހިނގުމެއްގައި ބެލްކަނި ކޮރިޑޯއިން ހިނގާފައި ރައިހާ އައީ އަތުގައި އޮތް ފައިލް އަށް ބަލަމުންނެވެ. ކޮރިޑޯއިން ލަނބާލި ރައިހާގެ ހިނގުން މަޑުޖެހުނީ ކައިލްގެ ކޮޓަރީގެ ދޮރު ކައިރީ މަޑުކޮށްލައިގެން ހުރި މިޝަލީ ފެނުމުންނެވެ.

އޮޓަމެޓިކް ލޮކްގައި ކާޑު ޖައްސާލުމަށްފަހު އެތެރެއަށް ވަންނަން އުޅުނު މިޝަލީ އަށް ސިހުންގެނުވީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ.

” ވަޓް އިޒް ވްރޯންގް ވިތް ޔޫ. ލީވް މައި ހޭންްޑް.” ރުޅި އައިސް ރަތްވެފައި މިޝަލީ އަމުރު ކުރިއެވެ.

“ހީ އިޒް މައި ޕޭޝަންޓް” އަކުރުތަކަށް ބާރުލާފައި މިޝަލީ އާއި ހަތަރު ކަޅި ހަމަކުރަމުން ރައިހާ ބުންޏެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ބީވެދިޔުމުން

Next

މާޒީގެ ހަދާން

Next
April 6, 2020

މާޒީގެ ހަދާން

Previews
April 6, 2020

ބީވެދިޔުމުން

6 Comments!

  1. Wonder says:
    April 6, 2020 at 9:35 am

    Salaam readers. Finally here is the 6th part of the story too. Enjoy reading!❤❤

  2. ❤️tweety❤️ says:
    April 6, 2020 at 6:20 pm

    Whn next

    1. Wonder says:
      April 6, 2020 at 9:04 pm

      In sha Allah i will submit next part tomorrow. Thank u for the comment tweety. Hope u’ll wait for the next part?❤

  3. ??tweety?? says:
    April 7, 2020 at 1:49 pm

    welcome……miadhu kihaa iraku up vaany

    1. Wonder says:
      April 7, 2020 at 3:19 pm

      I have submitted the part now. let’s hope that it’ll b out soon?

  4. Princess says:
    April 11, 2020 at 3:18 pm

    Wooooow mi story v reeethi

Comments are closed.


All Right Reserved!