
ވާށޭ މަށާ އެކީ-11
ކައިލްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިން އިރު ރައިހާ އިންތިޒާރު ކުރަމުން ދިޔައީ ކައިލް ހޭއަރާނެ ވަޤުތަކަށެވެ.
“ހަލޯ” ރައިހާ އަށް އައި ފޯނު ކޯލު ނަގަމުން ޖަވާބު ދިނެވެ. “މިދަނީ މިހާރު” އެކޮޅުން ދެއްކި ވާހަކަތަކާއެކު ރައިހާ ގޮނޑިން ތެދުވެލިއެވެ. އޭނާ ބަލަހައްޓަމުން ގެންދާ ބަލިމީހެއްގެ އާއިލާ ބައްދަލުކޮށްލަން އައި ވާހަކަ ސެކިިއުރިޓީން ބުނުމުން ރައިހާ ހިނގައިގަތީ ކޮޓަރިން ބޭރަަށެވެ. ރައިހާ އަށް ނުފެނުނީ އެވަގުތުކޮޅު ކައިލްގެ އިނގިލިތައް ހަރަަކާތް ކޮށްލިތަނެވެ.
އަނބުރާ އަވަސް ފަރުވާދޭ ކޮޓަރިއަށް ރައިހާ އައީ އޭގެ ފަނަރަ ވަރަކަށް މިނެޓު ފަހުންނެެވެ. ނަމަވެސް ކޮޓަރިއަށް ވަނުމާއެކު ދެލޯ ބޮޑު ކޮށްލައިގެން އޭނާއަށް ބަލަން އޮތް ކައިލް ފެނުމުން ރައިހާ ހުއްޓުން އެރިއެވެ. ހަމަ އެވުގުތު ދުވެލާފައި އައިސް ކައިލްގެ އެނދުކައިރީ ރައިހާ މަޑުކޮށްލިއެވެ.
” ކައިލް. ކޮން އިރަކު ހޭ އެރީ؟ ވަރަށް ގިނަ އިރުވެއްޖެތަ ތިހެން އޮންނަތާ؟ އެއްވެސް ތާކަށް ތަދުވޭތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟” ކައިލް ގެ ކަނާއަތް ފަރާތުގައި ހުއްޓިލި ރައިހާ ހާސްކަމާއެކު ސުވާލުތައް އެއްފައްޗަކަށް އަމުނާލިއެވެ. ނަމަވެސް އެސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ކައިލް އޮތީ އެސްފިޔައެއް ވެސް ޖަހާލުމެއް ނެތި ރައިހާ އަށް ބަލަހައްޓައިގެންނެވެ.
ކައިލްގެ މޫނުން ކަމެއް ދިރާސާކުރާ ފަދައިން ރައިހާ ވެސް އެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އިރުކޮޅަކުން ޑޮކްޓަރަކަށް ނުގޮވޭކަން ރައިހާ ހަނދާން ވިއެވެ. އެހެން ކަމުން ރޫމުގައި ހަރުކުރެވިފައިވާ ސްވިޗަށް އޮބާލިއެވެ. އިރުކޮޅެއްގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހެއް ކޮޓަރިއަށް ވަދެގެން އައެވެ.
ޑޮކްޓަރު އައިސް ކައިލް އެކި ގޮތްގޮތަށް އެގްޒަމިން ކުރިއެވެ. ” އެއްވެސް މައްސަލަ އެއް އުޅޭ ކަމަކަށް ނުފެނޭ އަޅުގަނޑު މެންނަކަށް. އިރުކޮޅަކުން ވޯޑަށް ބަދަލު ކުރެވޭނެ.” ޑޮކްޓަރުގެ މޫނު މަތިން ފެންނަމުން ދިޔަ ހިތްހަމަޖެހުމުގެ އަސަރުން ރައިހާގެ ހިތަށް ވެސް ފިނިކަން ލިބިގެން ދިޔައެވެ.
ޑޮކްޓަރު ދިޔުމުން ރައިހާ އަނެއްކާވެސް ކައިލް އަށް ނަޒަރެއް ދިނެވެ. އޭރު ކައިލް އޮތީ މައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ކައިލް މިތަނަށް ގެނެވުނީ ކީއްވެ ކަން އިނގޭތަ؟” ރައިހާ ކައިލް އަށް ބަލައިލަމުން ސުވާލު ކުރިއެވެ.
އެވަގުތު ކައިލްގެ ނަޒަރު ރައިހާ އަށް ހުއްޓުނެވެ. ހަޤީޤަތަކީ އޭނާއަށް މީޝަލީ އިންޖިކްޝަން ޖެހިގަޑީ ހޭލެވުންކަމެވެ.
. އެވަގުތަކީ ރައިހާވެސް ހަޅޭއްލަވައިގެން ވަގުތެވެ. ރައިހާ ރުއި ރުއިމާއި ދެއްކި ވާހަކަތައް ދެބަ ދޭތެރެއިން ކައިލްއަށް އިވެމުން ދިޔައެވެ.
އެއްވެސް އެއްޗެކޭ ނުބުނެ ކައިލް އޮންނަން ފެށުމުން ރައިހާ ކަންބޮޑުވި އެވެ.އޭނާ އާމެދު ހިތްހަމަ ނުޖެހިފައި ކަމަށް ހީކުރެވުނެވެ.
” އަހަންނަށް މަޢާފް ކުރޭ. މިހެން މިދިމާވީ އަހަރެން މާ ބޮޑަށް ފަރުވާކުޑަ ކޮށްލެވުނީމަ. އަހަންނަށް ރަނގަޅު ޑޮކްޓަރަކަށް ނުވެވުނުތާ ރަނގަޅު އިންސާނަކަށް ވެސް ނުވެވުން” ރައިހާ އެހެން ބުނި ވަގުތު އެދެލޯ ފެންކަޅިވިތަން ކައިލް އަށް ފެނުނެވެ.
ދެފަރާތަށް ބޯހޫރު ވާލަމުން ކައިލް އެކަމާ ދެކޮޅު ހެދިއެވެ. ރައިހާގެ ސަބަބުން ހިނދުކޮޅަކަށް އޭނާ އަށް މާޔޫސްކަން ލިބުނު ނަމަވެސް އޭގެ ބަދަލުގައި މަރުގެ ތުންފަތް މަތިން އޭނާ ސަލާމަތް ކޮށްދީ އޭނާ އާއި އެކު ކައިރީގައި މިހާރުވެސް އެއިނީ ހަމަ އެރައިހާ ކަން ކައިލް ހަނދާނެއް ނުނައްތާލައެވެ.
ދުވަސް ދެބައިވެގެން ދިޔައިރު ކައިލް ވަނީ ވޯޑަށް ބަދަލު ކުރެވިފައެވެ. ހުސް ގަޑިއެއް ލިބޭ އިރަށް ރައިހާ ކައިލްގެ ގާތަށް އާދެއެވެ. ދެމީހުންގެ ދޭތެރޭ މާގިނަ ވާހަކައެއް ދެކިވެގެން ނުދިޔަ ނަމަވެސް ދެމީހުންނަށް ވެސް އެކަކު އަނެކެއްގެ ފެެނިލުމުން ހިތްހަމަޖެހުން ލިބެމުން ދިޔައެވެ.
އެރޭގެ ވަގުތެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ކައިލްގެ ކައިރިއަށް ދާން އުޅެފައިވެސް ރައިހާ މިސްރާބު ބަދަލު ކޮށްލީ މިޝަލީ އާ ބައްދަލު ކުރުމަށެވެ. މިޝަލީ ކުށުގައި ބެދުނު ނަމަވެސް ކައިލް މިދުނިޔޭން ނެތި ކޮށްލަން ބޭނުންވާ އެހެން ބަޔަކު ވާކަން ރައިހާއަށް އެނގެއެވެ.
މިޝަލީއާ ދެކޮޅަށް އުފުލާފައި ވަނީ ގަސްތުގައި މީހަކު މަރާލަން އުޅުމުގެ ދަޢުވާއެކެވެ. އިތުރަށް މައްސަލަ ތަޙުޤީޤު ކުރުމަށް މަރުކަޒުގައި ފުލުހުން ވެސް ހަރަކާތް ތެރި ވަމުން ދިޔައެވެ. ތަޙުޤީޤު ނިމެންދެން ފުލުހުންވަނީ މޝަލީ މަރުކަޒުގެ ކޮޓަރިއެއްގައި ބަންދު ކުރެވިފައެވެ. ގޭ ބަންދުގެ އުސޫލުންނެވެ.
ފުލުހުންގެ ހުއްދަޔާ އެކު ރައިހާ އަށް މިޝަލީ އާއި ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ. ޝަރުތަކީ މާގިނަ އިރު ނުކުރުމެވެ. އެ ޝަރުތާ އެއްބަސް ވުމުން ފުލުހުން އެ ކޮޓަރީގެ ދޮރު ހުޅުވައި ދިނެވެެ.
ރައިހާ ވަނުމާއެކު ފަހަތުން ކޮޓަރީގެ ދޮރު ލެއްޕުނު އަޑު އިވިގެން ދިޔައެވެ. ކޮޓަރި ތެރެ ހޯދާ ބަލައިލި އިރު އެނދުގައި އިސްޖަލާލައިގެން އިން މިޝަލީ ރައިހާގެ ލޮލުގައި އަޅައިގަތެވެ.
ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލައިގެން އިން މިޝަލީ އިސް އުފުލާލާ ބަލައިލީ އޭނާ އާ ދިމާއަށް މީހަކު އަންނަހެން ހީވުމުންނެވެ. އިސް އުފުލާލިއިރު ކުރިމަތީ ހުއްޓިގެން ހުރި ރައިހާ ފެނުމުން މިޝަލީގެ މޫނަށް ވެރިވީ ފޫހި ކަމެވެ.
ކޮޓަރީގައި ހުރި ގޮނޑިއެއް ހިފައިގެން އައިސް ރައިހާ އިށީނީ މިޝަލީގެ ކައިރީއެވެ. ރައިހާ ހަދާގޮތެއް ބަލަން އިން މިޝަލީ ވަގުތުން ދުރުބަލަން ފެށިއެވެ. ރައިހާ ކޮށްފާނެ ސުވާލުތައް އޭނާ އަށް އަންދާޒާ ކޮށްލެވުނީ ކަންނޭނގެއެވެ.
” ކީއްވެ އެވަރު ކަމެއް މިޝަލީ ކުރީ؟” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ރައިހާ ސުވާލު ކުރިއެވެ. ދުރުބަލަހައްޓައިގެން އިން މިޝަލީ އެ ސުވާލަށް ޖަވާބު ދޭކަށް ގަސްތެއް ނުކުރިއެވެ.
“އަހަންނަށް އިނގޭ މިޝަލީ އެކަންތައް ކުރީ ފުރަގަހުގަ އިތުރު ފަރާތެއްގެ އަތެއްވެސް އޮވެގެންކަން. މިހާރު އެންމެ ރަނގަޅު ވާނީ މިޝަލީ ވެސް ކުށް ޤަބޫލުކޮށް ޕޮލިހުންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދިނުން. އެހެން މީހަކަށް ދެރައެއް ދޭން އުޅޭ މީހަކަށް ދުވަހަކުވެސް ހެވެއް ނުލިބޭނެ. އަދި އެފަދަ ކަމެއް ކުރަން މިޝަލީ ކައިރި ބުނި މީހަކުވެސް ޚުދު މިޝަލީ އަކަށް ހެވެއް ނޭދޭނެ. ކޮންމެވެސް ދުވަހަކުން އެކަމުގެ ކޮޅުކެހި ލިބޭނެ.” ރައިހާ ބެލީ މިޝަލީ އަށް ކުރެވުނީ ކިހާ ވިޔާ ނުދާކަމެއްކަން ވިސްނައިދީ ދެންވެސް ހެދި ދާނެ ގޯހަކުން އޭނާ ސަލާމަތް ކުރުމަށެވެ.
ނަމަވެސް ރައިހާ ދެއްކި ވާހަކަ އަކީ އެއްވެސް އަގެއް ނެތް ވާހަކަ އެއްކަން ދޭހަވީ މިޝަލީ ނުލަފާ ގޮތަކަަށް ހޭން ފެށުމުންނެވެ. ބޯ ހާވައިލައިގެން އިނދެ މިޝަލީ ހޭން ފެށި ގޮތުން އެއީ ސިކުނޑި ހަމަޖެހޭ މީހެކޭ މީހަކު ނުބުނާނެ އެވެ. ރައިހާ ވެސް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
އެވަގުތު ޕޮލިހަކު ދޮރު ހުޅުވާލަމުން ބައްދަލުވުން ނިންމާލަން އެދުނެވެ. މިޝަލީ އަށް ބަލަމުން ކަހަލަ ގޮތަކަށް ރައިހާ ކޮޓަރިން ނިކުތެވެ.
ރައިހާ ނިކުތުމާއެކު މިޝަލީ އޭނާގެ ހުނުން މަޑުޖައްސާލިއެވެ. ނަމަވެސް މޫނު މައްޗަށް ވެރިވެފައިވާ ނުލަފާ ހިނިތުން ވުމެއް ފިލައިގެނެއް ނުދިޔައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ކަރުހިތްކުން ހެވާއި ނުބައިގެ މައްޗަށް ގަދަވެގަނެއްޖެއެވެ. މިޝަލީ ހީކުރި ގޮތުގައި ޖަލުހުކުމަކަށް ނުގޮސް އޭނާގެ “އާންޓް” އެނާ ސަލާމަތް ކޮށްދޭނެއެވެ. ފައިސާ އާއި ބާރު އޮތް އޭނާގެ ބޮޑު ދައިތަ އަށް އެއީ މާ ބޮޑުކަމަކަށް ނުވާނެއެވެ. މިޝަލީ އަށް ނޭނގުނު ކަމަކީ އޭނާގެ ހީކުރުންތަކަކީ ކިހާ ހަޤީޤަތާ ދުރު ހީކުރުންތަކެއް ކަމެވެ. އޭނާގެ ބޮޑު ދައިތަ ވެސް އިސްކަންދޭނީ އަމިއްލަ ސަލާމަތަށް ކަމެއް މިޝަލީ އަކަށް ނުވިސްނުނެވެ.
***********
ޖެހިގެން އައި ދުވަހު ކައިލް ފަރުވާދޭ ބައިން ދޫކޮށްލެވުނެވެ. އެހުރިހާ ވަޤުތަކުވެސް އޭނާގެ އެންމެ ގާތުގައި ހުރި ފަރާތަކީ ރައިހާ އެވެ.
އެދުވަހު ހަވީރު ކައިލް އާއި އެކު ރައިހާ އަތިިރިމައްޗަށް ނިކުތެވެ. އިސްވެ އެކަމަށް އެދުނީވެސް ރައިހާ އެވެ. ކުރެހުމުގެ ބާކީ ބައި ފުރިހަމަ ކުރުމުގެ ބަހަނާގައެވެ. ހަޤީޤަތަކީ ރައިހާ ގިނަ ވަޤުތު ކައިލް އާއެކު ހޭދަކުރަން ބޭނުންވުމެވެ.
ހުދު ދޮންވެލި ގަނޑުގައި ދެމީހުން ހިނގަމުން ދިޔަ އިރު ފުރަތަމަ އެތަނަށް އައި އިރު އޮތް މާ ވެޔޮގަނޑު ކައިލްގެ ލޮލުގައި އަޅައިގަތެވެ.
ކުއްލި އަކަށް ކައިލް މާ ވެޔޮ ގަނޑާ ދިމާއަށް މިސްރާބު ޖެހުމުން ރައިހާ ހުރީ ވާނުވާ ނޭނގިފައެވެ. ކައިލް އެދިޔަ ގޮތަށް ގޮސް ރީއްޗަށް ފޮޅިފައި އިން ތާޒާ މަލެއް ބިނދެލިއެވެ.
“ޝުކުރިއްޔާ އަހަރެން ސަލާމަތް ކޮށްދިނީތީ.” ރައިހާ އަށް މާ ދިއްކޮށްލަމުން ކައިލް ބުންޏެވެ. ނަމަވެސް ރައިހާގެ ލޮލުގައި އަޅައިގަތީ ކައިލް ދިއްކޮށްލި މަލެއް ނޫނެވެ. ކައިލް ހަދިޔާ ކޮށްލި ފުރިހަމަ ހިނިތުންވުމެވެ. އެހިނދު ކައިލްގެ ވާ އަތު ކޮލަށް އެޅުނު އަޑިކޮޅު ރައިހާގެ ހިތް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދިއެވެ.
” މަލުގަ ވަހެއް ނެތީމަ ކަމު ނުދިޔައީތަ؟” އެސްފިޔަވެސް ޖަހާ ނުލާ ރައިހާ ކައިލް އަށް ބަލަން ހުރުމުން އޭނާ ލަދުގަންނަ ގޮތްވިއެވެ.
“ނުން..” އަވަސް އަވަހަށް މަލުގައި ހިފަމުން ރައިހާ ބުންޏެވެ. “ވަރަށް ރީތި” ދެމާނަ އެކުލެވޭ ގޮތަށް ރައިހާ ބުނެލި ޖުމްލަ ކައިލް ނެގީ މަލުގެ ރީތި ކަމުގެ މާނައިގައެވެ. ނަމަވެސް އެ ޖުމްލައިގެ ހަޤީޤީ މާނަ ވަނީ ރައިހާގެ ހިތުގައި ފޮރުވިފަ އެވެ.
ދެމީހުންނަށް މަރުކަޒަށް އާދެވުނު އިރު އުދަރެސް މަތި އަނދިރިވެއްޖެއެވެ. މަޑު ފިޔަވަޅުތަކެއްގައި މަރުކަޒަށް ވަދެގެން އައި ރައިހާގެ ހިތުގައިވި އުފާވެރިކަން ތުންފަތުގައިވީ ރީތި ހިނިތުން ވުމުން ފެންނަން ހުއްޓެވެ. ކައިލްގެ ފަރާތުން އެ ލިބުނު ހަދިޔާ އަކީ އޭނާގެ ހިތުގައި ކުރިފަޅާ ހެދެމުން ދިޔަ ލޯތްބަށް ދެވުނު ފެނެކެވެ.
ނަމަވެސް ރައިހާގެ ތުންފަތުގައިވީ ހިނިތުންވުން ފިލާ ބިރުވެރިކަން އެހިތަށް ވަދެގެން ދިޔައީ ހިނދުކޮޅެއްގެ ތެރޭގައެވެ.
“ނޫން!” މަރުކަޒުގެ އިމާރާތުގެ މައްޗަށް ބަލަހައްޓައިގެން ހުރި ރައިހާ އެސިކުންތުގައި އިމާރާތުގެ ތެރެއަށް ވަނުމަށްޓަކައި ދުށްވައިގަތެވެ.
-ނުނިމޭ-
11 Comments!
Comments are closed.
salaam readers. mihaaru miothyy 11th part of vaasheyy mashaa ekyy up vefa. hurihaa kiyun therinnahves mibai kamudhaane kamah heekuran. adhi miee alhuganduge furathama vaahaka ah vefai mivaahaka hafthaage magubooluga himenifai vumun hurihaa kiyuntherin ves mivaahaka ah thidhey support ah shukuru adhaa kuran beynun. Thank u and B safe all??❤❤
مشاء الله mibaives hama varah varah varah reethi mi mihaaru enme inthixaaru kurevey vaahaka? kon irakun next part?
Stayhome
Thank u so much Sher. Enme inthizaaru kuraa vaahaka ey bunyma varah ufaavejje. In sha Allah tomorrow next part submit kohlaanan. Thidhey support ah shukuriyya❤?❤
Mi bai ves vvvvvvvv reeethi mashaa allah
Thank u so much princess. Couldn’t have done this without u. Thidhey support ah shukuriyya.❤?❤
Mi part vx varah reethi, مشاء الله❤❤❤❤❤❤❤❤❤ varah kiyaa hithun indhaaa e nimuny, plus story thi gendhaa goiyy hama varah interesting, ???? mi hama eh vanaige vaahaka eh ??? keep it up ?? btw, next part avahah up kolla dhehche, can’t wait to read next part. #stayhome
Thank u so much Izabell. Story ehaa kamudhiyaeema v ufaavejje. Glad u like the way story is going. Thidhey support ah shukuriyya. Yes In sha Allah next part v avahah up kureveythoa masaihkah kuraanan. B safe?❤?
Vvvv reethi mi part vx… Whn is next part… Curiously waiting for next part… N wonder you are so talented…. Maashaallah…. ?????
Thank u LAZY_QUEENY. v ufaavejje mi part ves kamudhiyaeema. Thank u for the compliment. Next part In sha Allah tomorrow submit kohalaana. ❤?❤
Hello wonder! Kon irakun next part up kollaani? Can’t wait ?
Woww Hama ? Kon irakun 13