Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-10

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 16, 2020 4 Mins Read
18 Comments

ކޮޓަރީގެ އޮޓަމެޓިކް ލޮޮކް ހުޅުވާލުމަށްފަހު މިޝަލީ އެތެރެއަށް ވަނީ ބޮނދަބޮނދައިގެންނެވެ. ކައިލް ހޭލައިގެން އުޅެންޏާމު ނުވަތަ މިޝަލީގެ ހަރަކާތަކުން ހޭލައިފި ނަމަ އޭނާގެ ޕްލޭން އެއްކޮށް ފެއިލް ވާނެކަން އިނގޭތީއެވެ.

ކައިލް ނިދާފައި އޮތުމުން މިޝަލީ އަށް ނުހަނު ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.އޭނާގެ މަޤްސަދު ހާސިލް ކުރުމަށް ހައްތަހާ ފަސޭހަވީއެވެ. ސިރިންޖު އަތަށް ހެޔޮވަރު ކޮށްލަމުން ކައިލް ނިދާފައި އޮތް އެނދާ ކައިރި ވަމުން ދިޔައެވެ.

” ގުޑް ބާއި ކައިލް. ކަލެޔާއެކު އަހަރެން ރައިހާ ވެސް ވަޅުލާނަން. ފަހަރެއްގަ އޭނަގެ ހަށިގަނޑު ނޫން ކަމަށް ވެދާނެ. އެކަމަކު މާދެމާއަށްފަހު މީހުން އޭނައަށް ކުރާ ޤަދަރާ އިޚްތިރާމް ވަޅުލެވިގެން ދާނެ. ހަޔާތުގެ ބާކީ އޮތް ބައި އޭނާ ހޭދަ ކުރަން ޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގަ. އެއްގާ ގަނޑުން ޖަހާ ދެ ދޫނި މަރާލުމަކީ އަހަންނަށް މާކަ އުނދަގޫ ކަމެއްނޫން. މިރޭ އަހަރެން އެކަން ސާބިތު ކޮށްދޭންނަން.” ނިދިފައި އޮތް ކައިލްގެ މޫނަށް ބަލަހައްޓައިގެން ދެއްކި ވާހަކަތައް ވަނީ މިޝަލީގެ ހިތުތެރޭގައެވެ.

ރޭގަނޑުގެ ދަންވަރު ވަޤުތު ކަމުން މަގުތައްމަތީގައިވަނީ ހަމަހިމޭންކަމެވެ. އަވަސް ފިޔަވަޅުތަކާއެކު މަރުކަޒުގެ ތެރެއަށް ވަންނަން ދިޔަ ރައިހާ އަށް މިކުރެވެނީ ރަނގަޅުކަމެއްބާއޭ ވެސް އެތައްފަހަރަކު ހިތަށް އަރަމުން ދިޔައެވެ. ހޯލްވޭއަށް ވަދެވުނު އިރު ރަނގަޅަށްވެސް ރައިހާ ހުރީ މާބޫލާފައެވެ. ދެތިން ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ހަމަޖެހެން އޭނާ މަސައްކަތް ކުރިއެވެ.

ރަނގަޅަށް ހަމަޖެހިލުމަށްފަހު ރައިހާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނަމަވެސް އެ ހުރިފިޔަވަޅުމަތީ ރައިހާ ގަނޑުވިކަހަލައެވެ. ދެލޯ ބޮޑުކޮށްލާފައި ރައިހާ އަށް ބަލައިލެވުނީ އެނދުގައި އޮތް ކައިލް އާ ދިމާއަށް ގުދުވެ އޮތް މިޝަލީއަށެވެ. ދެވަނަ ސިކުންތުގައި ކައިލްގެ އަތަށް ހަރާފައިވާ ސިރިންޖު އޭނާގެ ލޮލުގައި އަޅައިގަތެވެ.

“ކައިލް!” އަޑުގެ ކޮޅަށް ރައިހާއަށް ހަޅޭއްލަވައިގަނެވުނެވެ. ދެވަނަ ސިކުންތުގައި ވައިސޫރިއެއްހެން އައިސް ކައިލްގެ އަތަށް ހަރާލެވިފައިވާ ސިރިންޖު ދަމައިގަތެވެ. އޭރު ރައިހާގެ މުޅި ގައި ރޫރޫ އަޅަމުން ދިޔައެވެ.

މިޝަލީއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. އޭނާ އުންމީދުވެސް ނުކޮށްހުއްޓާ ރައިހާ ކޮޓަރިއަށް ވަނުމުން ހަތަރު އުދަރެސް ފެނުޖެހުނެވެ. އަމިއްލަ އަތުން އެހެން މީހަކު ނެތިކޮށްލަން އެއްސި މަޅި އަމިއްލަ ކަރަށް މެހިއްޖެކަން އިޙްސާސްވުމުން މުޅިމީހާ ދާހިއްލާ ފޯވިއެވެ.

ކުއްލިއަކަށް ކައިލް ނޭވާނުލެވިގެން ތެޅިފޮޅެން ފެށިއެވެ. ބިރުގެންފައިވީ ހިތަކާއެކު ރައިހާ އަވަހަށް އެމަރޖެންސީ ސްވިޗް ޖައްސާލިއެވެ. ވަޤުތުން ދެތިން ސްޓާފުން ރޫމްގެ ތެރެއަށް ވަދެގަތެވެ.

ލިބުނު ޝޮކުގައި އަތެއް ފަޔެއް ގުޑުވާލަން ނޭނގިފައި ހުރި މިޝަލީއަށް ރެޔަކާ ލީ ދެނެވެ. ފަޔަށް ލެވުނުާ ބާރެއް ލައިފާ ދޮރާ ދިމާއަށް ދުއްވައިގަތެވެ. ނަމަވެސް ކޮޓަރިއަށް ވަތް ސެކިއުރިޓީ މުވައްޒަފުންނާއެކު ބޭރަށް ނިކުތުމުގެ ދޮރު އޭނައަށް ބަންދުވެގެން ދިޔައެވެ.

އެންމެ އަވަހަށް ވަތް ސްޓާފް ކައިރީ އަންބޫ ބޭގް ގެންނަން އެދުނު އިރު ރައިހާ އަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. އޭނާ ހިފަހަށްޓައިގެން ހުރި ކައިލްގެ އަތުގެ ވިންދު ހިނދެއް ހިނދަކަށް ދިޔައީ ދަށްވަމުންނެވެ. ބޭގް ގެނެވުމާއެކު ރައިހާ އަވަސްވެގަތީ ކައިލް އަށް ފަރުވާ ދޭށެވެ.

ޕްލީސް ..ޕްލީސް ކައިލް.. ސްޓޭ .. ސްޓޭ ވިތް މީ” ބޭގް ޕަންޕް ކުރަމުން ދިޔަ ރައިހާ ރޮމުން ކައިލް އަށް އަޑު އިވޭވަރަށް ކިޔަމުން ދިޔައެވެ. އޭރު އެދެލޮލުން ފާއްދާލި ކަރުނަތައް ކައިލްގެ ގަމީސް ތެންމަމުން ދިޔައެވެ.

“އަހަންނަކީ ޑޮކްޓަރެކޭ. އަހަރެން މިތަނުން ދިޔަ ދީބަލަ” ކޮޓަރީގެ ދޮރު ބަންދުކޮށްގެން ތިބި ސެކިއުރިޓީ މުވައްޒަފުންނަށް މޝަލީ އޭނާގެ އެންމެ ވަރުގަދަ ހަތިޔާރު ކަމުގައި ވާ “ޑޮކްޓަރެއް” ކަން އަންގައިދެމުން ދިޔައެވެ.

‘އޭނާ ދޫކޮށް ނުލާތި. ކައިލް އަށް މިހެން މިވީ އޭނާގެ ސަބަބުން.” ތުރުތުރު އަޅަމުން ދިޔަ އަޑުން ރައިހާ އެހެން ބުނެލި އިރު އެ ދެލޮލުގައި މިޝަލީއަށް ޓަކައި ވީ ރުޅިވެރިކަން ހާމަވަމުން ދިޔައެވެ.

“އަވަސް .ޕޭޝަންޓް އަވަސް ފަރުވާދޭ ރޫމަށް ގެންދޭ. ނަރުހަކާ ޑޮކްޓަރަކަށްވެސް އަންގާ.” ކައިލްގެ ހާލު ދައްވަމުން ދާތީ ކަންބޮޑު ވުމާއެކު ސެކިއުރިޓީންގެ ފަރާތުން ރައިހާ އެދުނެވެ. އެތަނުން އެކަކު ކަންފަތުގައި ހަރުކުރެވިފައިވާ ސްޕީކަރުން އިތުރު މުވައްޒަފުންނަށް އަންގާލިއެވެ. އަދި އަވަސް ފަރުވާދޭ ބަޔަށް ކައިލް ގެންދިޔުމަށް އަވަސް ވެގަތެވެ.

އަވަސް ފަރުވާދޭ ކޮޓަރިއަށް ކައިލް ގެންދެވުމާއެކު ޑޮކްޓަރަކާއި ނަރުހަކުވެސް ދުވެފައި ކޮޓަރިއަށް ވަދެގެން އައެވެ. ދުރަށް ދާން ބޭނުން ނުވެފައި ހުރެވެސް ޑޮކްޓަރަށް ފުރުސަތު ދިނުމަށް ރައިހާ ކައިލް އާ ދުރަށް ޖެހިލިއެވެ.

ޑޮކްޓަރު އަވަސް ހަރަކާތާއެކު ކައިލް އާ އީސީޖީ ގުޅާލިއެވެ. ފެންނަމުން ދިޔަ ހިތުގެ ވިންދަށް ބަލައިލުމުން ޑޮކްޓަރުގެ މޫނުމަތިން ހާސްކަން ފެނުނެވެ.

“އޭނަ ކާޑިއެކް އެރެސްޓަކަށް އެދަނީ. ޑިފިބްރިލޭޓަރ ގެނޭ .. އަވަސް.” ޑޮކްޓަރުގެ އެދުމަށް ކިޔަމަންވުމަށް ނަރުސްކުއްޖާ އަވަސް ވެގަތެވެ.

ޑިފިބްރިލޭޓަރ ގެ އެހީގައި ކައިލްގެ ހިތަށް ފޮނުވާލެވުުނު ކަރަންޓް ޝޮކްތަކުގެ އެހީގައި ހިތުގެ ވިންދު ހަމައަކަށް އެޅިގެން ދިޔައެވެ. އެ ހުރިހާ މަންޒަރެއް ބަލަން ނޭވާ ހިފަހައްޓާލައިގެން ހުރި ރައިހާ ހެއްދެވި ފަރާތައް ޝުކުރުކުރިއެވެ.
*******

އަވަސްފަރުވާދޭ ކޮޓަރީގެ ކައިރީ ހުރި ގޮނޑިބަރީގައި އިށީނދެލައިން އިން ރައިހާ ދެފައި ތަޅުވަމުން ދިޔައީ ކެތްތެރި ކަން ކުޑަ ވެފައިވާމީހެއް ހެންނެވެ. ޑޮކްޓަރުގެ އެދުމަށް އޭނާ އަށްވެސް ޖެހުނީ ފަރުވާދޭ ކޮޓަރިން ނިކުންނާާށެވެ. ހިތުގެ ވިންދު ހަމަޔަކަށް އެޅިފައި ވީނަމަވެސް ކައިލްގެ ހާލު ދުށުމަށް އެހިތް ކެތްމަދު ވަމުން ދިޔައެވެ.

ރައިހާ އަށް ގޮނޑިން ތެދުވެވުނީ އެދިމާއަށް ފާތުމް އަންނަ ތަން ފެނުމުންނެވެ. “ކިހިނެއްވީ؟” ފާތުމް އެއަހަނީ ކައިލްގެ ވާހަކަ ކަން ރައިހާ އަށް ދެނެގަނެވުނެވެ. އެހެންކަމުން އޭނާއަށް ފެނުނު މަންޒަރުތައް ކުރުގޮތަކަށް ކިޔައިދިނެވެ

“މިއޮތީ މިޝަލީ ބޭނުން ކުރި ސިރިންޖު” ޖެކެޓުގެ ޖީބުގެ ތެރެއިން ރައިހާ ސިރިންޖް ނަގަމުން ފާތުމްއާއި ހަވާލު ކުރިއެވެ.

” އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން މިޝަލީގެ ފަރާތުން މިކަހަލަ ކަމެއް ވެދާނެ ކަމަކަށް. މުޅި މަރުކަޒަށްވެސް ކިހާ ހުތުރު ނަމެއް އެލިބުނީ. އަހަރެމެން މިދޭ ފަރުވާޔާ މެދުވެސް ރައްޔިތުން ޝައްކު ކުރަން ފަށާނެ ކަން ޔަޤީން.” ފާތުމްގެ އަޑުގައިވީ ހިތްހަމަނުޖެހުމުގެ އަސަރު ސިއްރެއް ނުވެއެވެ.

“އެކަމަކު ކިހިނެތް ރައިހާ އަށް އާދެވުނީ އެ ކޮޓަރިއަށް. އޭރު ގެޔަށް ވެސް ދިޔައީމެންނު” ރައިހާ ލައިގެން ހުރި އެއްޗިއްސަށް ބަލައިލަމުން ފާތުމްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލު އަމާޒުކުރިއެވެ.

“އަޅުގަނޑު އެއްޗެއް ބާއްވާފަ ދެވުނީމަ ބަލާ އައީ” ދޮގު ހަދަން ޖެހުމުން ރައިހާ ނުތަނަވަސް ވިއެވެ. ނަމަވެސް ކައިލް އާއި މެދު އެހިތުގައވާ އިޙްސާސްތައް ބުނެދޭކަށް ރައިހާ އަދި ތައްޔާރެއް ނޫނެވެ.

ރައިހާ އާއި ފާތުމް ވާހަކައިގާ ތިއްބާ ޑޮކްޓަރު ދޮރު ހުޅުވާލާފައ ނިކުތެވެ. ދެމީހުންވެސް ވަގުތުން ޑޮކްޓަރާއި ކުރިމަތިލީ ކައިލްގެ ހާލަތު އިނގެން ބޭނުންވެފައި ތިބިލެއް ބޮޑުކަމުންނެވެ

“އިރާދަ ކުރެއްވިއްޔާ މިހާރު އެއްވެސް ބިރުވެރި ކަމެއް ނެތް. ހީޒް އައުޓް އޮފް ޑޭންޖަރ. ލަސްނުވެ އަވަހަށް ފަރުވާ ދެވުން ކަން އެއީ އޭނާގެ ނަސީބު. ޔޫ ޑިޑް އަ ގުޑް ޖޮބް” ރައިހާ އަށް ނިސްބަތްކޮށް ޑޮކްޓަރު ބުނެލިއެވެ.

“ޑޮކްޓަރ އަސްލު ކިހިނެއްވެތޯ ކައިލް އަށް މިހެން ދިމާވީ؟” ފާތުމް އެއްސެވެ.

“ޕޭޝަންޓް އޯވަރ ޑޯޒް ވެގެން މިހެން ދިމާވީ. އެއީ ކޮން ޑްރަގެއްކަން ދެނެގަތުމަށް އަޅުގަނޑުމެއް ޓެސްޓުތައް ހެދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އަދި ހޭނޭރި ކަމުގައި ވިޔަސް މިހާރު ބައްދަލު ކޮށްލެވޭން” ހިނިތުންވުމަކާއެކު އެެހެން ބުނުމަށްފަހު ޑޮކްޓަރު ދިޔައީއެވެ.

“ރައިހާ. ކައިލް އަށް ރަނގަޅަށް ބަލާތި. ނުރައްކަލުން ސަލާމަތްވިޔަކަސް ވަރަށް ކައިރިން މޮނިޓަރ ކުރެވެން ޖެހޭނެ. ހޭ އެރީމަ އަހަންނަށް ގުޅާލާތި” ފާތުމް ދެއްކި ވާހަކައަށް ރައިހާ ބޯޖަހާލިއެވެ.

ފާތުމް ދިޔުމުން މަޑުމަޑުން އައިސް ރައިހާ ކައިލް ބޭއްވިފައި އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ވެންޓިލޭޓަރގެ އެހީގައި ނޭވާލަމުން ދިޔަ ކައިލް ފެނުމުން ރައިހާ އަށް ހިންދިރުވާލަންވެސްވީ އުނދަގޫ ކަމަކަށެވެ. އެނދު ކައިރީގާ ހުރި ގޮނޑީގައި އިށީނދެ ކައިލްގެ މޫނަށް ފުންކޮށް ރައިހާއަށް ބަލައިލެވުނެވެ.

ކައިލް އާއި ދުރަށްދާން މަސައްކަތް ކުރެވުނީތީ ރައިހާ ދެރަވިއެވެ. ކައިލްގެ މާޔޫސީ މޫނު ފެނުމަށްފަހުވެސް އަޅާނުލެވުުނު ކަމަށްޓަކައި އަމިއްލަ ނަފްސު ދެކެ ރުޅިއާދެވުނެވެ. އެހެން މީހެއްގެ އެހީ ކައިލް ބޭނުންވީ ވަގުތު ރައިހާ އަށް ދެވުނީ ކަނު ލޮލެކެވެ. މިޝަލީ އާއި ރައިހާގެ ވަކި ތަފާތަކީ ކޮބާހެއްޔެވެ. އެ ޚިޔާލާއެކު ހިފަހައްޓައިގެން ހުރިކަރުނަތައް އޭގެ މަގާމު ދޫކޮށް ރައިހާގެ ކޯތާފަތް ތެންމަމުން ދިޔައެވެ.

“އަހަންނަށް މަޢާފް ކުރޭ ކައިލް. އަހަންނަށް ކައިލް އާއި ދުރަށް ދުވެވުނީ ލޯތްބަކީ ކޯއްޗެއްކަން އަހަންނަށް ނޭނގޭތީ. އަހަރެން ބިރުގަތީ. އެކަމަކު ދެން އިރާދަކުރެއްވިއްޔާ އެހެންނެއް ނުވާނެ. ދެން އަހަރެން އަޅާ ކޮންމެ ފިޔަވަޅެއްވެސް އަޅާނީ ކައިލްްއާ ގާތަށް. އަހަރެން އަބަދުވެސް ކައިލް އާއި އެކު ވާނަން”
ލޮލުގައިވީ ކަރުނަތަކުގެ ތެރެއިން ފުސްކޮށް ފެންނަމުން ދިޔަ ކައިލް އަށް ބަލަހައްޓައިގެން އިން ރައިހާގެ އަޑުގައިވީ ޖަޒުބާތު ހާމަވަމުން ދިޔައެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ތާރާ 2 ވަނަ ބައި

Next

ވަފާތެރިކެހިވެރިޔާ

Next
April 16, 2020

ވަފާތެރިކެހިވެރިޔާ

Previews
April 16, 2020

ތާރާ 2 ވަނަ ބައި

18 Comments!

  1. LAZY_QUEENY says:
    April 16, 2020 at 10:52 am

    Vvvv reethi mi part vx…. Whn is next part… Curiously waiting for next part… Avahah up kohdhehchey next part…. N Me first tha…. Wonder You are so talented… Maashaallah ?????

    1. Wonder says:
      April 16, 2020 at 12:45 pm

      thank you dear. So happy u liked the story. Yes u r first?.next part mihaaru submit kohlaafa vaany. In sha Allah v avahah kiyaalan libeyne❤❤

  2. Aish Noor says:
    April 16, 2020 at 11:26 am

    whn nxt curiously waiting for next part

  3. Hassaan Naeem says:
    April 16, 2020 at 11:51 am

    Yumm

    1. Wonder says:
      April 16, 2020 at 12:47 pm

      Thank u?❤

  4. Wonder says:
    April 16, 2020 at 12:44 pm

    Hellow readers. Welcome to the 10th episode of vaashey mashaa eky. Hope u all will like this part too. And feel free to tell ur opinions abt the story?❤

  5. Aish says:
    April 16, 2020 at 12:56 pm

    Vvv nice.????? When next

  6. Izabell says:
    April 16, 2020 at 2:58 pm

    Hello wonder! Mi part vx varah varah reethi. Ma Sha Allah ????? Varah interesting kollaafa anika vx thi nimmaaly hama. ✨✨??? Hope next part avahah kiyaalan libeyne kamah

  7. Shadow says:
    April 16, 2020 at 3:02 pm

    Alheyyy comment kuriyas admin publish nukurani kyhve tha?

  8. ??? says:
    April 16, 2020 at 3:09 pm

    Kobaaa tha mi site ge admin. Story publish kuranii ehaa lahun nuvithaakah meehun kuraa comment vx publish nukurey

  9. Izabell says:
    April 16, 2020 at 10:55 pm

    Mi part vx hama varah reethi, Ma Sha Allah ❤❤❤❤ varah try kuran eba comment kuran. Varah comment koffin but publish nuvey. ?

    1. Wonder says:
      April 17, 2020 at 1:47 am

      Really ? Im sorry to hear that. wonder ah ves baeh faharu vey ehen. But so happy u like this part❤ v ufaavejje ehaa try kohgenves comment kohlyma ?❤

  10. Izabell says:
    April 16, 2020 at 10:57 pm

    Finally, varah comment kohgen eh comment publish vejje, by the way, varah interesting mi part vx, ?????❤?✨✨ when next part

    1. Wonder says:
      April 17, 2020 at 1:48 am

      Next part submit kohlaifin. In sha Allah v avahah kiyaalan libeyne. Thank u again dear?❤

  11. princess says:
    April 17, 2020 at 12:54 am

    masha allah thissss part is sooo noice…………………<3<3

    1. Wonder says:
      April 17, 2020 at 1:48 am

      Thank u princess. V ufaavejje mi part ves kamudhiyaeema. ?❤

  12. Aish says:
    April 17, 2020 at 2:51 pm

    Masha Allah ♥️♥️♥️ this part is awesome….???? Wonder are you a girl or boy

  13. Aish says:
    April 18, 2020 at 2:07 pm

    Wowwwww vvvvv Nice ❤️ Wonder are you a girl or a boy….. Hehe Hama ahaaly

Comments are closed.


All Right Reserved!