Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ވާށޭ މަށާ އެކީ-9

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
April 12, 2020 5 Mins Read
11 Comments

އިރުފެނުން ތޮޅެލި އިރު ރައިހާ މަސައްކަތް ކުރަމުން ދިޔައީ މަރުކަޒަށް ދާން ތައްޔާރުވާށެވެ. ރޭގެ މަސައްކަތްތައް ވެސް ނުނިމި ހުންނާނެތީ އެހެން ދުވަސްތަކަށް ވުރެ އަަވަހަށް މަރުކަޒަށް ދާން އޭނާ ބޭނުންވިއެވެ.

ލޯގަނޑު ކައިރި ހުއްޓި މޫނު ބަލައިލިއިރު ރަނގަޅަށް ނުނިދުމުގެ ސަބަބުން ލޯކައިރި ކޮންމެވެސް ވަރަކަށް ކަޅުވެފައި ހުއްޓެވެ. ޗޮކެއް ކަނޑާލަމުން ލޯކައިރިީ ކޮންސީލާ ކޮޅެއް ރައިހާ އުނގުޅާލިއެވެ.

ބޮލުގައި ޝޯލް އޮޅަމުން ދިޔަ ރައިހާ ރުޅިގަދަ ވަމުން ދިޔައީ އޭނާ ބޭނުންވާގޮތަށް އެކަންވެސް ވަމުން ނުދާތީއެވެ. އެންމެ ފަހުން ޝޯލް ނަގާ އެނދަށް ޖަހަމުން އެނދުގެ ފައިލާ ކޮޅުގައި ރައިހާ އިށީނެވެ. ފުންނޭވާތަކެއް ލަމުން ދިޔައީ އޭނާގެ ޖިސްމު ހަމަޔަކަށް އެޅުވުމަށެވެ. އިރުކޮޅެއްފަހުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުމުން އަނެއްކާވެސް ރައިހާ ޝޯލް އެޅުމުގެ މަސައްކަތަށް އެނބުރިދިޔައެވެ.

ހުރިހާ ކަމެއް ނިމުމުން ރައިހާ ލޯގަނޑަށް ބަލައިލިއެވެ. އަދިވެސް އެއްފަހަރު އަޅާފައިވާ ޝޯލްގެ ނިއްކޮޅު ރީތި ކޮށްލިއެވެ. ދެންވެސް ހިތްހަމަ ނުޖެހުމުން މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކެއް ނަގަމުން ތުންފަތް ފަވާލިއެވެ. އެއަށްފަހު ފަރާތް ފަރާތަށް ހުއްޓި ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށް ބަލަމުން ދިޔައެވެ.

އިރުކޮޅެއް ފަހުން އެހުރިހާ ކަމެއް ހުއްޓާލަމުން އަމިއްލަ ނަފްސަށް ކުދިކިޔާލިއެވެ. މިއީ އޭނާ ދުވަހަކުވެސް އުޅުނު ގޮތެއް ނޫނެވެ. ދެތިން މިނެޓުން ރީތި ވާ މީހަކަށް މިއަދު ގަޑިއިރަކުން ވެސް ހިތްހަމައެއްނުޖެހުނެވެ. ކުރިން ފިރިހެނެއްގެ ނަޒަރު އޭނާއަށް ހުއްޓުމުން ރައިހާއަށް އުނދަގޫވެއެވެ. ނަމަވެސް މިއަދު މަންޒަރު ތަފާތެވެ. ކައިލްގެ ނަޒަރު އޭނާއަށް ހުއްޓެން ބޭނުންވިއެވެ. އޭނާގެ ރީތިކަމަށް ތަޢުރީފު ކޮށްލާނެނަމައޭ ހިތަށް އެރިއެވެ. އެ ޚިޔާލާއެކު ރައިހާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. މިހުރިހާ ކަމަކީވެސް ވެގެން ނުވާނޭ ކަންކަން ކަމަށް ސިކުނޑިއަށް އޭނާ ވިސްނައިދެމުން ދިޔައެވެ. އޭނާ އަކީ މިތަނަށް އައިސްގެން ހުރި ދެތިން ދުވަހެއްގެ މެހެމާނެކެވެ. އެފަދަ ޚިޔާލުތައް އޭނާގެ ނަފްސުގެ މައްޗަށް ގަދަވެގެންފިނަމަ ފަހުން ދެރަވަން ޖެހިދާނެއެވެ. އެހެންނޫނަސް ތިމާ ފަރުވާ ކުރާ ބަލިމީހާ އާއި މެދު އެފަދަ ނަޒަރަކުން ދެކުމަކީ ކިހާ ގޮތެއް ފޮތެއް ނެތް ކަމެއް ހެއްޔެވެ.

އެންމެފަހުން ރައިހާ އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ. އެެއީ ކައިލް އާއި މެދު ޕޭޝަންޓެއްގެ ނަޒަރުން ފިޔަވާ އިތުރު ގޮތަކަށް ނުދެކުމަށެވެ. މަރުކަޒަށް ދާން އޭނާ ހިނގައިގަތީ ހިތުގައި އުފެދެމުން ދިޔަ އިހުސާސްތައް ފަސްއަޅާ ފޮރުވާލުމަށް ފަހުއެވެ.

ހެނދުނުގަޑީގައި މިއަދުވެސް ކުރިއަށް ދިޔައީ އިތުރު ބަލިމީހުންގެ ސިކުނޑީގެ ސްކޭންތައް ހެއްދުމުގެ މަސައްކަތެވެ. ސްކޭން ކުރާ ރޫމްއަށް ކައިލް ވެއްދުމާއެކު އެތަނުގައި ހުއްޓިލައިގެން ހުރި ރައިހާ އަށް ބޭއިޚްތިޔާރުގައި ކައިލްއަށް ނަޒަރެއް ދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަވަހަށް އިސްޖަހާލީ އޭނާގެ ހިތުގެ އިޙުސާސްތަކުގެ މައްޗަށް ގަދަވެގަތުމުގެ ގޮތުންނެވެ.

އެމް.އާރް.އައި ހެއްދުމަށް ކައިލް އެނދުގައި ބާއްވާފައި އޮތްއިރު ރައިހާ އާއި ދިމާއަށް ބަލާހެން ހީވިނަމަވެސް ރައިހާ މަސައްކަތް ކުރީ އެކަން ނޭނގޭ ކަމަށް ހެދުމަށެވެ. ކައިލްގެ ބޯ މެޝިނަށް ލައްވާލުމަށްފަހު މެޝިން ހުންނަ ބަޔާ ބިއްލޫރިން ވަކި ކުރެވިފައިވާ ކޮމްޕިއުޓަރު ރޫމް އަށް ރައިހާ ވަނެވެ. އަދި ކޮމްޕިއުޓަރުން ކައިލްގެ ސިކުނޑީގެ ތަސްވީރަށް ބަލައިލިއެވެ.
********

އެނދުގެ ބޯލާ ކޮޅުގައި ލައްވެލައިގެން އިން ކައިލް އިރުއިރުކޮޅާ ކޮޓަރީގެ ދޮރަށް ބަލައިލައެވެ. އެންމެ ފަހުން އެނދުގައި ވެސް ނީނދެވިގެން ކޮޓަރީގައި ދެފަރާތަށް ހިނގަން ފެށިއެވެ. އެވަގުތު ކައިލްގެ ސަމާލުކަން ހުއްޓުނީ ކޮޓަރީގެ ދޮރުހުޅުވުމުންނެވެ. ނަމަވެސް ކާއެއްޗެހި ހިފައިގެން ކޮޓަރިއަށް ވަތް ނަރުސްކުއްޖާ ފެނުމުން އޭނާ މާޔޫސްވިއެވެ.

މޭޒުމަތީގައި ޓްރޭ ބަހައްޓައިފާ ނަރުސް ކުއްޖާ ދިޔުމުން ކައިލް ގޮނޑީގައި އިށީނދެލިއެވެ. އޭނާ ހީކޮށްގެން ހުރީ މިއަދުވެސް ކެއުން ހިފައިގެން އަންނާނީ ރައިހާ ކަމަށެވެ. މިއަދު ސްކޭނިންގެ ރޫމް ގައި ރައިހާ އެންމެ ފަހަރަކުވެސް ކައިލް އަށް ނުބަލާކަން އޭނާ އަށް ފާހަގަ ކުރެވުނެވެ. އެހެންޏާމު އަބަދުވެސް އޭނާއަށް ރީތި ހިނިތުން ވުމެއް ހަދިޔާކޮށްގެން ހުންނަ އަންހެން ކުއްޖާ މިއަދު ހުރީ އިސްޖަހާލައިގެންނެވެ. ޤަބޫލު ކުރަން ބޭނުން ނުވިޔަސް އެހިނިތުންވުމުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ.

ރައިހާގެ ހާލަކީ ކޮބައިތޯއެވެ. މެންދުރު ކެއުމުގެ ޝައުޤުވެރިކަން ވެސް ވަނީ ކެނޑިފައެވެ. މޫނު މަތީ އެއްވެސް ކަހަލަ ތާޒާ ކަމެއް ނުވެއެވެ. ކުރާ ކޮންމެ މަސައްކަތެއްވެސް ކުރަނީ އަމިއްލަ ނަފްސަށް މަޖުބޫރު ކުރުވައިގެންނެވެ. ކައިލްގެ ސޫރަ ދެކިލުމަށް އެހިތް އެދި ގޮވަމުން ދާއިރު އޭނާގެ ޒަމީރު އެކަމަށް އަޑުލާ ހަދަމުން ދިޔައެވެ.
*****

ހަވީރުގެ ވަގުތެވެ. މިއަދު ކައިލް ހުސްބިމަށް ނިކުތީ ރައިހާ އޭނާއަށް ކުރަހަން ދިންގަނޑުވެސް ހިފައިގެންނެވެ. އާންމުކޮށް އޭނާ ބޭނުންކުރާ ބެންޗުގައި އިށީނދެލީ އޭނާ ހޯދަން ރައިހާ އަށް ފަސޭހަވާނީ އެގޮތުގެ މަތިން ކަމަށް ވާތީއެވެ.

ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކުން ސަލާމަތް ވުމަށް ހުރިހާ ކަމަކާ މެދުވެސް ރަނގަޅަށް ހީކުރުމަށް ކައިލް ނިންމިއެވެ. މެންދުރު ރައިހާ އަށް އޭނާގެ ކައިރިއަށް ނާދެވުނީ މާ ބުރަކޮށް އުޅެންޖެހުމުން ކަމަށް ވެދާނެކަމަށް އޭނާގެ ހިތަށް ވިސްނައިދިނެވެ.

ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އުދަރެހަށް ކައިލް ނަޒަރު ހުއްޓާލިއެވެ. އިންތިޒާރު ކުރެވެމުން ދިޔައީ އޭނާއަށް އުންމީދު ގެ އަލިކަމެއް ދިއްލާލަދިން އަންހެން ކުއްޖާ ފެންނާނެ އިރަކަށެވެ.
*********

މިޝަލީ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ އަމާޒަށް ވާސިލުވާނެ ރަނގަޅު ދަނޑިވަޅެއް ލިބޭތޯއެވެ. ކުރަންއުޅޭ ކަންތައް އޭނާ އަކަށް މާ ލަސްކުރެވޭކަށްވެސް ނެތެވެ. ފާއިތުވެގެން ދާ ކޮންމެ ހިނދުކޮޅަކީ އޭނާ ބޭޒާރު ވުމަށް ކައިރިވެގެން ދާ ވަގުތެކެވެ. ވިސްނުމެއްގައި ހުރުމަށްފަހު މިޝަލީ ވޯކް ޓޭބަލްގެ ވަތްގަނޑު ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތް ސިރިންޖަށް ބަލައިލިއިރު އޭނާގެ ތުންފަތުގައި ވަނީ ނުލަފާ ހިނިތުން ވުމެކެވެ.
********

މިނެޓަކަށް ފަހު މިނެޓެއް ފާއިތުވަމުން ގޮސް ގަޑިން ހައެއް ޖަހަނީއެވެ. އެއިރުވެސް ކައިލް އެއިން ގޮތަށް ބެންޗުގައި އިށީނދެގެން އިނެވެ. ނަމަވެސް ތަފާތަކީ މިހާރު އެމޫނުމަތިން އެއްވެސް ކަހަލަ ދިރުމެއް ފެންނަން ނެތުމެވެ.

އުދަރެސް މަތީ ރަތްވިލާ ލަމުން ދިޔަ މަންޒަރު ފެނި ކައިލް ބެންޗުން ތެދުވިއެވެ. އުޑުގައިވާ ރީތި ކުލަތަކަށް ބަލައިލި އިރު އެ ތުންފަތުގައިވަނީ ހިތި ހިނިތުންވުމެކެވެ. އޭނާގެ ކަޅު އަނދިރި ދިރިއުޅުމާ އެ ޗާލު ކުލަތަކާ އަޅާ ކިޔާލެވުނީ ކަންނޭނގެއެވެ.

ދެން ފެނުނީ ކައިލް ހުސްބިމުގެ އެއްފަރާތެއްގައި ހުރި ޑަސްބިން ކައިރިއަށް މިސްރާބުޖެހިތަނެވެ. ޑަސްބިނާ ކައިރި ވެލުމަށްފަހު އަތުގައި އޮތް ގަނޑަށް ބަލައިލިއެވެ. އާއެކެވެ. އޭނާ އަށް ހަޤީޤަތަކަށް ވުމެއްނެތް އަވާމެންދުރެއްގެ އަވައިގާ ޖެހެވުނީއެވެ. ލޯތްބާއި އަޅާލުމަށް ފެންބޮވައިގެންފައިވަނިކޮށް އެފަދަ އިޝާރަތެއް ފެނުމުން އެފަދަ ކަމަކަށް އެދެވުނީއެވެ. އަންހެން ކުއްޖެއްގެ އެންމެ ހިނިތުންވުމަކާއެކު އޭނާގެ ވިއްސިވިހާލިވެފައިވާ ހަޔާތަށް އާރޯކަން ލިބޭނޭ ކަމަށް އުންމީދުކުރެވުނީއެވެ. ދިރިއުޅުމަކީ ކިހާ ނާއިންސާފު ވެރި ތަނެއްކަން އޭނާ ހަނދާން ނެތުނިއްޔެވެ. އެހުރިހާ ކަމަކަށް އެދެވުން އެއީ އޭނާއަށް ކުރެވުނު ކުށެކެވެ.

“ތިއީ ޕްލާސްޓިކް އަޅަން ހާއްސަކޮށްފައި ހުރި ޑަސްބިނެއް. ކަރުދާސް އަޅާ ޑަސްބިންވީ މިހާރު ކުނި އުކާލަން ގެންގޮށްސަ. ގެނެވެންދެން އެހަށް ތި ގަނޑު ބާއްވާލާ.” ޑަސްބިން ތެރެއަށް ގަނޑުލާން އުޅުނު ކައިލް އަށް އަޑު އިވޭނެހެން އޭނާގެ ކައިރި ހުއްޓިލި މަރުކަޒުގެ ސްޓާފަކު ބުންޏެވެ. އިތުރު އެއްޗެއް ބުނުމެއްނެތި ކައިލް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ.

ގަނޑަށް ބަލަހައްޓައިގެން ހޯލްވޭއިން ހިނގަމުން ދިޔަ ކައިލް ހުއްޓުނީ އިތުރު ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. ކުރިމަތި ބަލައިލި އިރު ރައިހާ އޭނާ އާ ދިމާއަށް އަންނަނީއެވެ. ނަމަވެސް ރައިހާވެސް ހުރީ އަތުގައި އޮތް ގަނޑުތަކަކަށް ބަލަހައްޓައިގެން ކަމުން ކައިލް އެއް ނުފެނެއެވެ. އެއައި ބާރު މިނުގައި އައިސް ރައިހާ ލައްވީ ކައިލްގެ ގައިގައެވެ.

އަތުގައި ހުރި ގަނޑުތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ރައިހާ އަވަސް ފިޔަވަޅުތަކުގައި ހިނގަމުން ދިޔައީ އެ ގަނޑުތައް ފާތުމް އަށް ހަވާލު ކުރަން ޖެހޭ ގަޑި ކުޑަތަން ވަމުން ދާތީއެވެ. ނަމަވެސް ދެވަަނަ ސިކުންތުގައި އޭނާ މީހެއްގެ ގައިގާ ވަރަށް ބާރަށް ޖެހުނެވެ.އަވަސް އަަވަހަށް އިސްއުފުލާލުމަށްފަހު މަޢާފަށް އެދެން އުޅުނު ރައިހާ ދެލޯބޮޑުކޮށްލީ ނުހަނު ގާތުގައި ހުރި ކައިލް ފެނުމުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ތިރިކޮށްލަމުން ބާރު ބާރަށް ކައިލް އާ ދުރަށް ހިނގައިގަތެވެ.

ދުވެފައި ކަަހަލަ ގޮތަކަށް ގޮސް ފާރާ ނިވާވެލި އިރު ރައިހާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ. އެހާ ކައިރިން ކައިލް ފެނުމުން އޭނާ އަށް މިވަނީ ކިހިނެއްހެއްޔެވެ. ރައިހާ ހަނދާންވީ ފުރަތަމަ ކައިލް ފެނުނު ގޮތެވެ. އެދުވަހުވެސް ރައިހާ ގޮސް ލައިގަތީ ކައިލްގެ ގައިގައެވެ. އެދުވަހު ކައިލް އޭނާ އަށް ބަލަހައްޓައިގެން ހުރި ރުޅިވެރި ނަޒަރު ސިފަވެގެން ދިޔައެވެ. ނަމަވެސް މިއަދު ކައިލްގެ ލޮލުގައިވީ ނަޒަރު ތަފާތެވެ. އެލޮލުން ރައިހާ އަށް ފެނުނީ ޝަކުވާއެވެ. އެހިނދު ރައިހާގެ ހިތަށް ތަދުވީ އޭނާގެ ފަރާތުން ކައިލް އަށް ދެރައެއް ދެވޭ ކަމަށް ޤަބޫލު ކުރެވުމުންނެވެ. ނަމަވެސް ދެފަރާތަށް ބޯހޫރުވާލަމުން އެޚިޔާލު ބޮލުން ނެރިލިއެވެ. ކައިލް އާމެދު ގާތްކޮށް ދެކެވިއްޖެނަމަ ފަހުން އޭނާ އަށް ދެވޭނެ ދެރަ މާބޮޑުވާނެކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނެވެ.
********

ކެތްތެރިކަން ކުޑަ ގޮތަކަށް މޭޒުގައި އިނގިލިތައް ތަޅާލަ ތަޅާލަ އިން މިޝަލީ ތެދުވީ ގަޑިން 12 ޖެހުމުންނެވެ. މިގަޑީގައި މަރުކަޒުގެ ހުރިހާ މަސައްކަތެއް ނިމިފައިވާނޭ ކަން އޭނާ އަށް ޔަޤީނެވެ. އެ ސިކުންތުގައި ވަތްގަނޑު ހުޅުވާލާފައި އޭނާ ސިރިންޖުނެގިއެވެ. އަދި މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކެބިން އިން ނިކުތެވެ.

މުޅި ތަނަށް ވެރިވެފައިވަނީ ކަނު އަނދިރިކަމެވެ. މިޝަލީ ފުރަތަމަވެސް ގާތް ވެލީ ރައިހާގެ ކެބިންގެ ކައިރިއަށެވެ. ކެބިންގައި ރައިހާ ނެތްކަން އިނގުމުން ވިހަ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިވިއެވެ. އޭނާ ކައިލްގެ ދުވަސް ދުއްވާލާނީ ފަސޭހަ ކަމާއެކު ދިރޭ ފުރާނަޔަކަށްވެސް ނޭނގޭނެހެންނެވެ. އިރު އެރުމާއެކު ކައިލްގެ ހަށިގަނޑު ފެނުމުން ކުށްވެރިވާނީ ހަމަ ކައިލް ބެލެހެއްޓުމަަށް ހަވާލުވެ ހުރި މީހެކެވެ.

“ރައިހާ ހީކުރީތަ އަހަރެން އަތުން ކައިލް އަތުލީމަ މޮޅުތަކެއް ވާނެއޭ. އަހަރެން ކުރަން އުޅޭ ކަމަކަށް ހުރަސް އެޅީމަ ވާގޮތް ދައްކާލާނަން. ތިއޮތީ އަމިއްލައަށް މާ ގަޓުވެގެން އުޅުނީމަ ބޮނޑި ބޮވިފަ” އެވަގުތުވެސް މިޝަލީ ދިޔައީ އޭނާގެ ހިތުތެރޭ ރައިހާ އަށް އެއްޗެތި ގޮވަމުންނެވެ. އޭނާގެ މިސްރާބު ދެން އަމާޒުކުރީ ކައިލްގެ ކޮޓަރިއާއި ދިމާއަށެވެ.
******

އެނދުގައި ފުރޮޅި ފުރޮޅި އޮތް ރައިހާ އަށް ނިދޭ ގޮތެއް ނުވިއެވެ. އޭނާގެ ލޮލަށް ސިފަވަމުން ދިޔައީ ކައިލްއެވެ. އެމާޔޫސީ މޫނާއި ދެލޯ ފެންނަ ކޮންމެ ފަހަރަކު ރައިހާގެ ހިތަށް ތަދުވެއެވެ. ކައިލް އާމެދު އޭނާއަށް މިއަދު ކަންތައްކުރެވުނީ ގޯސްކޮށް ކަމުގައި އޭނާގެ ހިތް ވިސްނައި ދެމުން ދިޔައެވެ. ކައިލް އާއި ދުރަށް ފިލަން ދުވި ވަރަކަށް ހިތުގައި އެ ސޫރަ ބިންވަޅުނެގޭލެއް ފުންވަމުން ދިޔައެވެ.

އެންމެފަހުން ރައިހާ އެނދުން ތެދުވެއްޖެއެވެ. ލައިގެން ހުރި ފުޅާ އަތްކުރު ޓީޝާޓް ގެ މަތިން ސްވެޓާ ޖެކެޓް އެއް ލިޔެވެ. އަވަސް އަވަހަށް ބޮލުގައި ޝޯލް އޮޅާލުމަށްފަހު ރައިހާ ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ކައިލް އާއި ބައްދަލު ނުކޮށް އޭނާ އަށް ދެން ހަމަޖެހުމެއް ނުލިބޭނެކަން ވިސްނުނެވެ. ހިތުގައި އުފެދެމުން ދިޔަ އިޙްސާސަތަކަށް ފިލަން މަސައްކަތް ކޮށްކޮށް އޭނާ ވަރުބަލިވެއްޖެއެވެ. އޭނާގެ ހިތުގައި ކައިލްއަށްޓަކައި އުފެދިފައިވަނީ ލޯބިކަން އިޙްސާސްކުރެވިއްޖެއެވެ.

-ނުނިމޭ-

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އަބަދުވެސް މި ހިތުގާ ވެޔޭ (4)

Next

އަހަރެންގެ ވާހަކަ… 5 (ފަސްވަނަބައި) ޕާރޓް 1

Next
April 12, 2020

އަހަރެންގެ ވާހަކަ… 5 (ފަސްވަނަބައި) ޕާރޓް 1

Previews
April 11, 2020

އަބަދުވެސް މި ހިތުގާ ވެޔޭ (4)

11 Comments!

  1. Wonder says:
    April 12, 2020 at 5:45 am

    Salaam readers. First of all i wanna apologize for the delay. But i hope u all will like this part too.. feel free to tell me ur views. Enjoy!❤❤?

  2. Nau says:
    April 12, 2020 at 8:32 am

    ❤❤❤❤❤❤❤❤❤

    1. Wonder says:
      April 12, 2020 at 9:26 am

      Thank u Nau?❤❤

  3. Izabell says:
    April 12, 2020 at 8:46 am

    Mi part vx varah reethi hama. Ma Sha Allah ✨✨✨✨❤??? Kon irakun next part up kollaani. Avahah up kollahche ??

    1. Wonder says:
      April 12, 2020 at 9:28 am

      Thank u Izabell. so happy u liked this part too. mihaaru next part liyamun midhany.. im trying to submit it tonight In sha Allah. ?❤❤

  4. Sherher says:
    April 12, 2020 at 9:53 am

    Nice…whn nxt part??

    1. Wonder says:
      April 12, 2020 at 11:26 am

      Thank u Sher her. glad u liked this part. In sha Allah mirey submit kureveythoa mibalany. ?❤❤

  5. ??tweety?? says:
    April 12, 2020 at 2:10 pm

    very nice curiously waiting

    1. Wonder says:
      April 12, 2020 at 2:56 pm

      Thank u tweety. so happy that u liked this part. Next part In sha Allah v avahah kiyaalan libeyne?❤❤

  6. Aish says:
    April 12, 2020 at 8:23 pm

    Vvvvv Nice ❤️❤️❤️ curiously waiting for the next part ??

    1. Wonder says:
      April 14, 2020 at 9:58 am

      Thank u Aish. so happy that u liked this part too. next part submit kohlaafa vaanyy mihaaru. Admin publish kohlihaa avahakah kiyaalan libeyne?❤

Comments are closed.


All Right Reserved!