ވާށޭ މަށާ އެކީ-7
މިޝަލީ އަށް ހުރެވުނީ ރައިހާ ބުނި ޖުމްލަ ޤަބޫލު ނުކުރެވިފައެވެ. އެއް އިރެއްގައި އޭނާ ރައިހާ އާއި ދިމާއަށް ތީރެއްހެން ދޫކޮށްލި ބަސް އަމާޒުން ކަސިޔާރުވެ އެވަނީ މިޝަލީގެ މެޔަށް ހެެރިފައެވެ.
“އަހަންނަށް ނޭނގި އަހަރެންގެ ޕޭޝަންޓެއް އެހެން މީހަކަށް ލިބެން ވީ ގޮތެއް ނުވިސްނުން. މަޤާމު އޮޅުނީތަ؟” ޗޮކެއް ކަނޑާލަމުން މިޝަލީ ބުންޏެވެ.
” ގަބޫލު ނުކުރެވެންޏާ މިއޮތީ ފައިލް. ރޭގަ ފާތުމް އަހަންނާ ހަވާލުކުރީ އަހަރެން ބޭނުން ކޭސްތަކެއް ނެގުމަށް. އަހަރެން ކައިލްގެ ކޭސް ވެސް ވާނީ ނަގާފަ.” ރައިހާގެ ވާހަކަ އަޑު އިވުމުން މިޝަލީގެ މޫނު ހުދު ވެގެން ދިޔައެވެ. އޭނާގެ ރޭވުން ކާމިޔާބާ ހަމައަށް ވާސިލްވާން އެހާ ކައިރިވެފައި ވަނިކޮށް މިވީ ކިހިނެއްހެއްޔެވެ؟ މިއީ އެއްވެސް ވަރަކަށް އޭނާ އުންމީދު ކުރިކަމެއް ނޫނެވެ.
މިޝަލީއަށް ލިބިފައިވާ އެންމެ ބޮޑު ބާރަކީ އޭނާއަކީ ކައިލްގެ ޑޮކްޓަރަށް ވުމެވެ. އޭނާ މަރުކަޒަށް ވަތް އިރު ކައިލް ބެލެހެއްޓުމަށް ހަވާލުވެ ހުރި ޖޫނީ އަކީ މިޝަލީ ހީކުރި ވަރަށްވުރެ “ބޯކާލަން” ފަސޭހަ މީހެކެވެ. ލާރިއަށްޓަކައި އޭނާ ހުރީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށެވެ.
” ޔޫ ވޯންޓް ގެޓް އަވޭ ވިތް ދިސް” ރައިހާގެ ބަސްތައް ހަޖަމް ނުކުރެވިފައި ހުރި މިޝަލީ އޭރު ރުޅި އައިސްގެން ގޮސް ތުރުތުރު އަޅަމުން ދިޔައެވެ.
” އަހަރެން ދިރިހުއްޓަކާ ކައިލް އަށް އެއްވެސް ކަމެއް ވެދިޔަކަ ނުދޭނަން. ޑޮކްޓަރެއްގެ ޒިންމާ ނޭނގޭ މީހަކަށް މިފަދަ ތަނެއްގައި މަސައްކަތް ކުރުން ހައްޤެއްވެސް ނޫން. އައި ނޯ ވަޓް ޔޫ ޑިޑް މިޝަލީ” މިޝަލީގެ އަތުން ދޫކޮށްލުމަށްފަހު ރައިހާ ފަސްދީ ހިނގައިގަތެވެ.
ރައިހާ ހިނގައި ގަތުމުންވެސް މިޝަލީ އަށް ހުރެވުނީ ގަބުވެފައެވެ. ރައިހާ އެބުނަނީ އޭނާ ކޮންކަމެއް ކުރިކަން އިނގޭ ވާހަކައެއް ހެއްޔެވެ؟ އެ ސުވާލާއެކު މިޝަލީގެ ހަމަޖެހުން ގެއްލިގެން ދިޔައެވެ.
*******
ދުވަސް ފެށިގެން ދިޔައީ ރައިހާ އަށް ނުހަނު ބުރަ ދުވަހެއްގެ ގޮތުގައެވެ. ބަލިމީހުންގެ ޓެސްޓުތައް ރިވިއު ކުރުމުގެ ގޮތުން ގިނަ ފަރާތްތަކުގެ ސިކުނޑީގެ ތަފާތު ސްކޭންތައް ކުރެވިގެން ދިޔައެވެ. ނޭވާލާނެ ވަގުތުވެސް ރައިހާ އަށް ލިބުނީ މެންދުރު ވީ ފަހުންނެވެ.
ކެއުމަށް އިންސާފުކުރަން ކެންޓީނަށް ދާން އުޅުނު ރައިހާ އަށް ކައިލްގެ ކޮޓަރިއަށް ވަންނަންދިޔަ ނަރުސް ކުއްޖާ ފެނުނެވެ. އޭރު އޭނާ ޓްރޭއެއް ހިފައިގެން ހުރުމުން އެދަނީ ކައިލް އަށް ކެއުން ހިފައިގެން ކަން ރައިހާ ދެނެގަތެވެ. މިސްރާބު ބަދަލުކޮށްލަމުން ރައިހާ ހިނގައިގަތީ ނަރުސްކުއްޖާއާއި ދިމާއަށެވެ.
“ސިސްޓަރ ގެނޭ އަހަރެން މިއަދު ކައިލް އަށް ކެއުން ގެންގޮސްދޭނީ.” ނަރުސްކުއްޖާ އަށް ހިނިތުން ވެލަމުން ރައިހާ ބުންޏެވެ. ފުރަތަމަ އޭނާގެ މޫނު މައްޗަށް ވެރިވީ ހައިރާން ކަމެވެ. ނަމަވެސް ކައިލް ބައްލަވާ ޑޮކްޓަރު ބަދަލުވީކަމަށް ރައިހާ ބުނުމުން ހިނިތުން ވެލަމުން ރައިހާއާ ޓްރޭ ހަވާލު ކުރުމަށްފަހު އެތަނުން އޭނާ ދިޔައެވެ.
ނަރުސްކުއްޖާ ދިޔަތަން ބަލަން ހުރުމަށްފަހު ރައިހާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެ ވުމާއެކު އެނދުގައި އިން ކައިލް އޭނާގެ ލޮލުގައި އަޅައިގަތެވެ. އޭރު ކައިލް އިނީ އެނދުގައި ދެފައި ކުރުކޮށްލައިގެން ފާރުގަައި ބުރަކަށި ޖައްސާލައިގެން ނެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އިން ކައިލް ބަލައިލީ މީހަކު ކޮޓަރިއަށް ވަތްހެން ހީވުމުންނެވެ.
ޓްރޭ އަތަށް ލައިގެން ކޮޓަރިއަށް ވަތް ރައިހާ ފެނުމުން ކައިލް އަށް ލިބުނީ ހައިރާން ކަމެކެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި މޭޒުގައި ރައިހާ ޓްރޭ ބެހެއްޓި އިރުވެސް ކައިލް އަށް ހުރެވުނީ ފާޑަކަށް ރައިހާ އަށް ބަލާށެވެ.
މޭޒުކައިރީ ހުރި ގޮނޑި ދަމާލަމުން އެތަނަށް އައުމަށް ބޮލުގެ އިށާރާތުން ރައިހާ އެދުނެވެ. މަޑު ފިޔަވަޅުތަކެއްގައި އައިސް ގޮނޑީގައި އިށީނުމުން ރައިހާ ރީތި ހިނިތުން ވުމެއް ކައިލް އަށް ރައްދު ކުރިއެވެ. އެތަން ފެނި ކައިލް އަވަސް އަވަހަށް އިސްޖަހާލިއެވެ. ކައިލްގެ ލަދުވެތިކަން ފެނުމުން ރައިހާ ހިނިއަންނަ ގޮތް ވީނަމަވެސް އަވަސް އަވަހަށް އެތެރެ އަށް ހިންދާލިއެވެ.
“ކާން ފަށަންވީނު” ކާން ނުފަށާ ގިނަ އިރުވުމުން ކައިލްއާ ގާތަށް ޓްރޭ ޖައްސާލަމުން ރައިހާ ބުންޏެވެ.
“އަހަންނަށް އެކަނިވެސް ކެވޭނެ” ކާން ގެނައުމަށްފަހު ވެސް ރައިހާ ނުގޮސް ހުރުމުން ކައިލް ބުންޏެވެ. ހަޤީޤަތުގައި އެހެން މީހަކު ހުންނަ ތަނެއްގައި އެއްވެސް ކަމެއް ކުރަން އޭނާ ފަސްޖެހެއެވެ. އެކަނިވެެރި ދިރިއުޅުމަށް އޭނާ ވަނީ އާދަވެފައެވެ. ކައިލްގެ ޖުމްލައާއި އެކު މާހައުލަށް ވެެރިވީ ރައިހާގެ މަޑު ހުނުމުގެ އަޑެވެ.
“އިނގެޔޭ ކައިލް އަށް އެކަނި ކެވޭނެކަން. އެކަމް ކައިލްގެ ސައިކޮލޮޖިސްޓް ޖެހޭނެ އެންނު ކައިލް ކުރާ ހުރިހާ ކަމެއް މޮނިޓަރ ކުރަން.” ރައިހާގެ ވާހަކައާއި އެކު ކައިލްގެ މޫނުމައްޗަށް ވެރިވީ ހައިރާން ކަމެވެ.
” ޔެސް. މިހާރު ކައިލް ގެ ތެރެޕިސްޓަކީ މިއީ. ކިހިނެއްވީ؟ ޑޮކްޓަރަކަށް ނުވީމަ ކަމުނުދިޔައީތަ؟” ކައިލްގެ މޫނުމަތިން ހައިރާންކަން ފެނުމުން މަޖަލަކަށް ރައިހާ ބުންޏެވެ. ރައިހާގެ ވާހަކަ އަށް އެއްޗެއް ނުބުނެ ކައިލް ކާންފެށިއެވެ.
” މިއަދު ހަވީރު ވާނެ ކޮންމެވެސް ކުޅިވަރެއްގައި ބައިވެރިވަން.” ހަވީރު ގަޑީގައި ކައިލް އެކަނި އިންނަތަން ސިފަވުމުން ރައިހާ ބުންޏެވެ.
” އަހަރެން ނުވެ ކުޅޭހިތެއް” ކައިލްގެ އަޑުން އެކަމާ ގަޔާނުވާކަން ހާމަވެއެވެ. ރައިހާ އަށް އެއީ މާކުރިންވެސް ވެދާނެ ގޮތެއްކަން ލަފާކޮށްލެވުނެވެ. މޫޑް ޑިސްއޯޑަރސް ހުންނަ މީހުން ކަންކަމަށް ދޭ ޝައުގުވެރިކަން އާދައިގެ މީހުންނަށް ވުރެ ކުޑަ ވާނެއެވެ.
” ދެން އެހެންވިއްޔާ ކައިލް ކުރާ ހިތްވަނީ ކޮންކަމެއް؟” ރައިހާގެ ސުވާލާއެކު ކައިލްއަށް ރައިހާގެ މޫނަށް ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އޭނާގެ ކުރިމަތީގައި މިއިން އަންހެން ކުއްޖާގެ ލޮލުން ކޮންމެވެސް ކަމެއް ދެނެގަންނަން މަސައްކަތް ކުރާފަދައެވެ. މަރުކަޒުގައި އޭނާ ހޭދަކުރި 11 އަހަރު ތެރޭ އެތަކެއް ޑޮކްޓަރުންނާއި ތެރަޕިސްޓުންނާއި ދިމާވެއްޖެއެވެ. އެކަމަކު އެ ސުވާލު އޭނާއާ މީހަކު އެ އަމާޒުކުރީ އަލަށެވެ. ކުރިން މުޅިންވެސް ކުޅި ވަރާ ގަޔާނުވާ ވާހަކަ ކައިލް ބުނުމުން އެހެން މީހުން ބަލަނީ އެކި ކުޅިވަރުތައް ކައިލް އަށް ކިޔައިދީ އެއިން ކަމަކާ ޝައުޤުވެެރިކުރެވޭތޯއެވެ.
ކެއުން ހުއްޓާލާފައި ކައިލް އިސްޖަހައިގެން އިނުމުން ރައިހާ މާޔޫސްވިއެވެ. އޭނާ އަށް ސުވާލުތައް މިއަމާޒު ކުރެވެނީ ނުބައި ގަޑިއެއްގަައި ކަމުގައި ހިތް ބުނަމުންދިޔައެވެ. ހަޤީޤަތުގައި ރައިހާގެ ބޭނުމަކީ ކައިލް ގަޔާވާ އެއްވެސް ކަމެއް ހުރިތޯ ބެލުމެވެ. އެފަދަ ކިތަންމެ ކުޑަކަމެއް އިނގުނަސް އެއީ ކައިލްގެ ބަލި ހާލަތު ރަނގަޅު ކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާ ކުރާނެކަމެކެވެ.
“ސޮރީ ކައިލްގެ ކެއުން ހަރާބުކޮށްލެވުނީމަ. މިއީ މިވަގުތައް ނުދައްކާ ވާހަކައެއް ކަމުގައި ހީކޮށްލާ. އިރުކޮޅަކުން ނަރުހެއް ފޮނުވާނަން ޓްރޭ ބަލާ.” ކައިލް އެކަނި ވެލުމަށް ފުރުސަތު ދެމުން ރައިހާ ބޭރަށް ނިކުންނަން ހިނގައިގަތެވެ.
“ކާއެއްޗެހި ހުސްކުރަން މަސައްކަތް ކުރައްޗޭ” ދޮރާއި ދިމާއަށް ހިނގައިގަތްފައިވެސް އެނބުރި ކައިލް އަށް ރައިހާ ބުންޏެވެ. ގިނަ ނަފްސާނީ ބަލިތަކަކީ ކެއުމާ ދުރުހެލިކޮށްލާ ބަލިތަކެއް ކަމުން ރައިހާ ބޭނުންވީ އެއިން ކޮންމެ ކަމެއްގައި ވެސް ކައިލް އަށް ހިތްވަރު ދިނުމަށެވެ.
“ކުރެހުން…” ދޮރުގެ ތަޅުގައ ހިފަން ރައިހާ އުފުލާލި އަތް ތިރިކޮށްލަން ޖެހުނީ ކައިލް ވާހަކަ ދެއްކުމުންނެވެ.
“އަހަރެން ކުރާހިތްވާ ކަމަކީ ކުރެހުން” ސުވާލުގެ ނަޒަރަކުން ރައިހާ ބަަލަން ހުރުމުން ކައިލް އިތުރަށް ބުންޏެވެ.
ރައިހާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައި ކައިލް އަށް ބަލަހައްޓައިގެންނެވެ. އޭރު އެ ތުންފަތުގައި ވަނީ މާނަވީ ހިނިތުންވުމެކެވެ. މިހާ އަވަހަށް ކައިލްގެ ފަރާތުން ކުރިއެރުމެއް ލިބުނީތީ އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ.
“ޝުކުރިއްޔާ އަހަންނާ ތިކަން ހިއްސާކުރީތީ. އިރާދަ ކުރެއްވިއްޔާ ކައިލް ކުރާހިތްވާކަމެއް ކައިލް އަށް ކުރެވޭނެ ގޮތް އަހަރެން ހަދައިދޭނަން.”
**********
ކެބިންގެ ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މިޝަލީ އިރު އިރުކޮޅާ ފޯނަށް ބަލައިލައެވެ. ހީވާގޮތުން ކޮންމެވެސް މީހެއްގެ ފޯނު ކޯލަކަށް އިންތިޒާރު ކުރަނީއެވެ. އޭރު މިޝަލީގެ މޫނުމަތިން ހާސްކަމާއި ރުޅިވެރިކަން ފާޅުވަމުންދިޔައެވެ.
ކުއްލިއަކަށް ފޯނު ރިންގް ވާން ފެށުމުން އަވަސް އަވަހަށް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖަައްސާލިއެވެ. އޭނާގެ ހަރަކާތްތަކުންވެސް ކެތްތެރިކަން ކުޑަވެފައި ހުރިކަންހާމަވެއެވެ.
” ހެލޯ އާންޓް. އަހަރެމެންގެ ޕްލޭން އެއްކޮށް ފެއިލްވެއްޖެ. މިތަނަށް އަލަށް ޖޮއިން ވި ފާޑެއްގެ ސައިކޮލޮޖިސްޓެއް. ހިތުން މާ މޮޅުމީހެކޯ. ޝީ ސްޓޯލް ކައިލް ފްރޮމް މީިިި. އައި ސްވެއާ. ދެޓް ބިޗް އިޒް ގޮނަ ޑައި ފްރޮމް މައި ހޭންޑްސް.” މިޝަލީގެ ރުޅިގަނޑު ހީފަނީ ފަޅައިގެން ދާން އުޅޭހެންނެވެ.
“ވީ ހޭވް ޓު ޑޫ ސަމްތިންގް. އެހެންނޫނީ އަހަރެމެން ކުރި ހުރިހާ ކަމެއް ފަޅާއަރާނެ. އޭނަ މިހާރު އެދަނީ ކައިލްގެ ކޭސް ރިވިއު ކުރަމުން. އަދި އެއުޅޭ ޖޫނީވެސް އަހަރެންގެ ބޮލުގަ އެބަ ކޮށާ ރުފިޔާ ކޮބާހޭ ކިޔާފަ. ވަަރަށް ގިނަ ދުވަސްވެއްޖެ އޭނަ އެވޮއިޑް ކުރާތާވެސް. މިވަރުން އަހަރެން ބޯ ފަޅައިގެން ދާނީ. އަހަރެން ބޭނުން އަވަހަށް މިކަން ވަކި ކޮޅެއްގަ ޖައްސަން.”
މިޝަލީގެ ވާހަކަތައް ނިމުމުން އެކޮޅުން ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އެޔާއެކު މިޝަލީގެ ތުންފަތުގައި ދުވެލީ ވިހަ ހިނިތުންވުމެކެވެ.
-ނުނިމޭ-
4 Comments!
Comments are closed.
Hellow readers. Here is the 7th part of Vaashey mashaa Eky. Hope you all will like this part too.. Feel free to tell me your opinions about the story. Have a nice day?❤
whn next
In sha Allah tommorow Tweety. Happy to see ur comment again.B safe dear?❤
Masha Allah this part is soooooo nice ?