ނޭދެމޭ ވަކިވުމެއް-14

- by - 87- September 25, 2020

“ތި ލިޔުމުގަ ތިއޮތީ އޭނާގެ ހުރިހާ މަޢުލޫމާތެއް.. ޔަޢުޤޫބް ކުރަންވީ ކަމަކީ އައިވިންގެ ފަތިފުށް ރަނގަޅަށް ހޯދާ ބަލަންވީ.. ނުހިއްލާ އެންމެ ގަލެއްވެސް ދޫކޮށްގެންނުވާނެ.. އޭނާގެ ފައިސާގެ މުޢާމަލާތްތަކާ މިލްކިއްޔާތު ރަނގަޅަށް ބަލާތި.. ރައްޔިތުންގެ ކުރިމަތީ އޭނާ ފަޟީހަތްކޮށްލުމަކީ މާއުނދަގޫ ކަމަކަށްނުވާނެ..” ޒަފަރް ކަންތައްކުރަންވީ ގޮތުގެ ފުރިހަމަ އިރުޝާދު ޔަޢުޤޫބަށް ދިނެވެ.
******

ރޭގަނޑު ބެލްކަނީގައި ހުއްޓިލައިގެން ހުރި އައިވިން އަށް ބަލަހައްޓައިގެން ހުރެވުނީ ޒޯޔާގެ ކޮޓަރިއާ ދިމާއަށެވެ. ޒަފަރް ގޭގައި ނޫޅޭކަން ޔަޤީންކޮށްފައި އައިވިން ޒޯޔާގެ ފޯނަށް ގުޅަންވެސް ގުޅިއެވެ. ބައްދަލުކޮށްލުމަށް ބެލްކަންޏަށް ނިކުމެލަދިނުމަށް އެދިއެވެ. އެހެނަސް ޒޯޔާ އޭނާގެ ފޯނަކަށް ޖަވާބެއް ނުދެއެވެ. އޭނާއަށް ޗުއްޓީގެ ގޮތުގައި ލިބުނީ ދިހަ ދުވަހެވެ. އެ ދިހަ ދުވަހުގެ ތެރޭގައި އޭނާ ބޭނުންވާގޮތައް އެއްވެސް ކަމެއް ބަދަލުވެގެން ދާނެބާއެވެ؟ ނުވަތަ އޭނާ ފުރައިގެން ދާންޖެހޭނީ ހުސް އަތާ މާޔޫސްކަން މަތީގަ ހެއްޔެވެ؟

ގޮތް ހުސްވެފައިވާ މީހެއްހެން އައިވިން ދެ ބެލްކަނީގެ ދެމެދުގައި ހުރި ދުރުމިންވެސް އަންދާޒާކޮށްލީ އެބެލްކަންޏަށް ފުންމާލަން ބޭނުންވީ ވަރުންނެވެ. އައިވިން އަށް އޭނާގެ އިސްތަށިގަނޑުގައި ހިފަހައްޓާލީ އޭނާ ހަމަ ރަނގަޅަށްވެސް މޮޔަވީބާއޭ ހިތަށް އަރަމުންނެވެ.

އެގޮތުގައި ހުއްޓާ އައިވިންގެ ފޯން ރިންްގް ވާން ފެށުމުން އޭނާ އަވަސް އަވަހަށް ބަލައިލީ އެއީ ޒޯޔާގެ ފޯނު ކޯލަކަށް އުންމީދުކޮށެވެ. އެހެނަސް ފޯނުގެ ސްކްރީނަށް އަރާފަައިވާ މަންމަގެ ނަން ފެނުމުން އައިވިން ކޮންމެވެސް ވަރަކަށް މާޔޫސްވިއެވެ. ނަމަވެސް މަޑުނުކޮށް ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.

“ދަރިފުޅު އަންނަން ބުނި ދުވަހަށް އަދިވެސް މާލެ ނާންނާންތީ މަންމަ މިގުޅާލީ..” ފަޒްލާގެ ވާހަކަ ފެށުނީ އައިވިން ހީކޮށްގެން ހުރި ގޮތަށެވެ. އޭނާއަށް މަންމަ އެގުޅީ އެސުވާލުކުރަންކަން މާކުރިންވެސް އިނގެއެވެ.

“ދުވަސްކޮޅަކު މިރަށުގަ މަޑުކޮށްލާފަ މާލެ ދާނީ.. މަންމަ ކިހިނެތް..؟” އައިވިން ބެލީ އަވަހަށް ވާހަކަ އޮޅުވާލެވޭތޯއެވެ. އެހެނަސް ދަރިފުޅުގެ ޖަވާބާއެކު ފަޒްލާގެ ސުވާލުތައް ވީ އިތުރެވެ.

“އެކަމަކު..ކީއްވެ..؟ ތީ ދަރިފުޅު ދުވަހަކުވެސް ކުރި ކަމެއް ނޫނެންނު..ރަށްރަށަށް ދާން އައިވިން ނުލާހިކު ފޫހިވާކަން މަންމައަށް އިނގޭ..” ފަޒްލާ އަކަށް އޭނާގެ ދަރިފުޅަށް މިއައި ބަދަލެއް ނުވިސްނުނެވެ.

“މަންމާ..އަބަދަކު އަޅުގަނޑުވެސް އެއްގޮތެއް ނުވާނެ އެންނު… މިރަށް ވަރަށް ހިތްފަސޭހަވެފަ ހިތްގައިމު..” އައިވިން އުޑުގައި ފިޔަ ޖަހަމުން ދިޔަ ތަރިތަކަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

“އެކަމަކު ދަރިފުޅު ވިސްނާލަބަލަ.. ދަރިފުޅަކީ ކިހާ ބޮޑު މަސްޢޫލިއްޔަތެއް ބޮލުގަ އަޅައިގެން އުޅޭ މީހެއްކަން.. އުމުރުން ހަގަކަސް ދަރިފުޅަށްވަނީ ރައްޔިތުންގެ އިތުބާރު ލިބިފަ.. ތިގޮތަށް މަޖިލީސް ބަންދު ނޫން ދުވަސްވަރަކު ދަރިފުޅުގެ ޒިންމާ އަދާނުކޮށް ހުރުމަކީ މަންމަ ރުހޭކަމެއް ނޫން..” ފަޒްނާއަކަށް އޭނާގެ ދަރިފުޅުގެ ނިންމުން ކަމަކު ނުދިޔައެވެ.

“އަޅުގަނޑު ގިނަ ދުވަހެއް ނުވާނެއޭ މަންމާ.. ޗުއްޓީވެސް މިހާރު ލިބިއްޖެ.. އަޅުގަނޑުގެ ޒިންމާތައް ހަނދާނެއް ނުނައްތާލާނަމޭ..” އައިވިން މަންމައަށް ވިސްނަދޭފަދައިން ބުނެލިއެވެ.

“ހޫން ދެން މައްސަލައެއްނެތް.. އެކަމަކު ދަރިފުޅު ތާކަށް ދަންޏާ ބޮޑީގަރޑާ އެކު ދާތި.. ރަށްފުށުގަ އުޅޭމީހުންގެ ގޮތެއް ނޭނގޭނެ..” މަންމަގެ ވާހަކައަށް އައިވިން ހޫން ލައްވާލީ ފަޒްލާ ހިތްހަމަޖައްސާދިނުމަށެވެ. އިރުކޮޅަކު ވާހަކަ ދައްކާލުމަށްފަހު ފަޒްލާ މަގުމަތީގައި ކަމަށް ބުނެ ފޯނު ކުރުކޮށްލިއެވެ.

މަޖީދީ މަގުގެ އެއްފަރާތު ދުވާރު މަތީގައި ހުއްޓިލައިގެން ހުރި ފަޒްލާ ނިމިދިޔަ ފޯނު ކޯލަށް ބަލައިލިއެވެ. ކީއްވެ ކަމެއް ނޭނގި އޭނާގެ ދަރިފުޅަށް ބަދަލުތަކެއް އަތުވެއްޖެ ކަމުގައި ފަޒްލާގެ ސިކުނޑި ވިސްނައިދޭން ފެށިއެވެ. އެބަދަލު އޭނާއަށް އެންމެ ފަސޭހައިން ގުޅުވާލެވުނީ އަންހެންކުއްޖަކާއެވެ. އެހިނދު ފަޒްލާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާނިތަކެއް ދައުރުވާން ފެށިއެވެ. އޭނާގެ ދަރިފުޅަށް ބޭނުންވަނީ ރަށްފުށުގެ “ކަޓު” އަންހެން ކުއްޖެއްނޫނެވެ. މާލޭގެ ޤަދަރުވެރި އާއިލާއެއްގެ ކުއްޖަކާ އައިވިން ގުޅުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ.
*******

ޒޯޔާ އޭނާގެ ވަޤުތުތައް ހޭދަކުރަމުން ދިޔައީ އައިވިން އާ ވީހާވެސް ދުރުގައި، އޭނާއަށް ފިލައިގެންނެވެ. ތިންދުވަސް އެކީ ވޭތުވެގެން ދިޔައިރު އައިވިން އެތައް ފަހަރެއްގެ މަތިން ޒޯޔާއަށް ގުޅާ އެތައް މެސެޖެއް ކުރިއެވެ. އެންމެ ފަހަރަކު ނަމަވެސް އޭނާ ފެންނަ ހިސާބަށް އައިސް ދިނުމަށް އައިވިން އެދުނެވެ. ޒަފަރްގެ ކިބައިން އޭނާ މިނިވަންކޮށްދޭން އެހީވާނެ ކަމުގައި އައިވިން ބުންޏެވެ. އެެހެނަސް ކޮންމެ މެސެޖެއް ކިޔުމަށްފަހުވެސް ޒޯޔާ މެސެޖު ޑިލީޓު ކޮށްލަނީ ޖަވާބެއް ދިނުމެެއް ނެތިއެވެ. އޭނާ އައިވިންގެ ޙަމްދަރުދީއެއް ބޭނުމެއްނޫނެވެ. އޭރުން އޭނާ އިތުރަށް ބަލިކަށިވެދާނެއެވެ. އެހިތް އިތުރަށް އައިވިންގެ މައްޗަށް ލެނބިގެން ދާނެކަން ޔަޤީނެވެ. އެހެން ވެއްޖެނަމަ ފަހުވަގު އެހިތަށް އިތުރު ވޭނާއި ހިތްދަތިކަން ނޫން އެއްޗެއް ނުލިބޭނެއެވެ.
*******

އައިވިން އަށް ބެލްކަނީގެ ފާރުގައި ދެއަތް އަޅުވާލާ ބާރުކޮށްލެވުނެވެ. އޭނާގެ ލޯމަތިން ޒޯޔާ އެއްކޮށް ގެއްލުނީހެއްޔެވެ؟ ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ އޭނާގެ އަތުން ބީވެގެންދާ ފުރުސަތެެކެވެ. އެހާވަރުން ޗުއްޓީނަގައިގެން ރަށުގައި މަޑުކުރި މަޑުކުރުން ބޭކާރުވެގެން ދާކަށް އޭނާ ނޭދެއެވެ. އެހެނަސް ޒޯޔާ ވަނީ އޭނާ މުޅިން ދުރުކޮށްލާ އެ ދިރިއުޅުމުން ބޭރުކޮށްލާފައެވެ. ދެން ކަންތައްކުރަންވީ ގޮތެއް ވިސްނާ ވިސްނާވެސް އައިވިން އަކަށް ނުވިސްނުނެވެ.
*****

ޒޯޔާ އެނދުގެ ހެޑް ބޯޑުގައި ލައްވެލައިގެން އިނީ ޝަބާ އާއި ވާހަކަ ދައްކާށެވެ. މާލޭގެ ކަންތައްތައް ހުރި ގޮތާއި މަންމަގެ ބޭސްފަރުވާ ކުރިއަށް ދާގޮތް ޝަބާ ޒޯޔާއާ ހިއްސާކުރިއެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޒަފަރް އެތެރެއަށް ވަދެގެން އައީ އެވަޤުތުއެވެ. ޒޯޔާ އަވަސް އަވަހަށް ފޯނު ކުރުކޮށްލީ ޒަފަރް އަށް ސަމާލުކަން ނުދީފިނަމަ އޭނާ ރުޅިއަންނާނެކަން އިނގޭތީއެވެ.

“ކާކު ގުޅީ..؟” ޝައްކުގެ ނަޒަރަކުން ޒޯޔާއަށް ބަލާލަމުން ޒަފަރް އެއްސެވެ.

“އެ..އެއީ ޝަބާ..” ޒޯޔާ ދޮގު ހެދުމެއްނެތި ތެދު ހާމަކުރިއަސް އެ އަޑުގައިވަނީ ޖެހިލުންވުމެވެ. ޒަފަރްގެ ކިބައިން އިވިގެން ދާނެ ބަހަކަށް ނުވަތަ ލިބިގެންދާނެ ހަމަލާއަކަށް ޒޯޔާ ހުންނަނީ ސިހި ސިހި އެވެ. ޤަބޫލު ކުރަން ބޭނުންނުވިޔަސް ޒަފަރް ދެމުންދާ އަނިޔާތަކުގެ ސަބަބުން ޒޯޔާއަށްވަނީ ނަފްސާނީ ގޮތުން ގެއްލުންވެފައެވެ. ޒޯޔާގެ ލޮލުގައިވާ ސިހުމާއި އަޑުގައިވާ ތުރުތުރުލުން އެކަމަށް ހެކިދެއެވެ.

“ޝަބާ ނަމަ ކީއްވެ އަހަރެން އަންނަ އިރަށް ތި ފޯނު ކަނޑާލީ.. އުޅެގަތް ވައްތަރުން މާރީއްޗަށްވެސް އިނގިއްޖެ އަހަންނަށް ސިއްރު ކުރަންކަން ފޯނު ކަނޑާލީ..” ޒަފަރް އަށް ހީވީ ޒޯޔާ ވާހަކަ ދައްކަމުން ދިޔައީ ފިރިހެނަކާ ކަމަށެވެ.

“ނޫން..އެއީ..” ޒޯޔާ ބެލީ އޭނާގެ ކުށެއް ނެތްކަން ހާމަކޮށްދެވޭތޯއެވެ. އެހެނަސް އެ ފުރުޞަތު އޭނާއަށް ނުދީ ޒަފަރް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“ކޮންމެެހެން ކަލޭގެ މާތްކަން ދައްކަން އުޅޭނެ ކަމެއްނެތް.. އަހަރެން މާ ދޫދީގެން އުޅޭތީ ދޯ ތިފާޑަށް ތިއުޅެނީ.. މަށަށް މިހާރު ޝައްކު ކަލޭ ބަނޑުގެ ތިއޮތީ އަހަރެންގެ ދަރިއެއް ކަމާމެދުވެސް..” ޒަފަރްގެ ވިހަގަދަ ބަސްތަކާއެކު ޒޯޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އޭނާގެ ބޮލުގައި އެފަދަ ހަޑިމުޑުދާރު ޢިލްޒާމެއް އެޅުވުމުން ޒޯޔާއަށް ކެތްނުވީއެވެ.

“ޒަފަރް ތިހެން ނުބުނޭ.. އަހަންނަކީ ތިހީކުރާ ކަހަލަ ވިޔާނުދާ މީހެއްނޫން.. މިއީ ޒަފަރްގެ ވެސް ލޭ ހިނގާ ފުރާނައެއް..” ޒޯޔާ ގިސްލަމުން ބަނޑުގައި އަތްޖައްސާލިއެވެ. ހަޤީޤަތުގައިވެސް އޭނާގެ ހިތަށްވަނީ ވަރަށް އަސަރުކޮށްފައެެވެ.

“ވިޔާ ނުދާ މީހެއްނޫނޭ..؟ ކަލެ އާއި ކަލޭގެ އާއިލާ ހާ ވިޔާނުދާ ސުންޕާ ބައެއް އަހަރެން ދުވަހަކުވެސް ނުދެކެން.. އަހަރެން އިތުރަށް ރުޅިއަރުވަން ހަދާނެ ކަމެއް ނެތް..ގެނޭ ތިފޯނުގަނޑު!” ޒަފަރް ވަޤުތުން އަމުރު ކުރިއެވެ.

” އަޑެއްނީވޭތަ.. ތިފޯނު ދޭށޭ!” ހަރަކާތެއް ކޮށްނުލާ އިން ޒޯޔާއާ ދިމާއަށް ޒަފަރް ހަޅޭއްލަވައިގަތުމަށްފަހު އިސްތަށިގަނޑުގައި ހިފާ އެނދުން ވައްޓާލިއެވެ. ތިރިއަށް ވެއްޓުނު ފޯނު ހިފައިގެން ޒަފަރް ނިކުމެ ބަންލާފައި ދޮރު ޖެހި އިރު ޒޯޔާ އޮތީ ވީ ތަދުން ހިރިނުލެވިފައެވެ.

ބެލްކަނީގައި ހުރި އައިވިން އަށް ގެއިން ނިކުމެގެން ދިޔަ ޒަފަރް ފެނުމާއެކީ ބެލްކަނިން އަތް ދޫކޮށްލެވުނެވެ. އޭނާ ދެއަތް އުރާލައިގެން ހުއްޓަކަސް ޒޯޔާ ނުފެންނާނެކަމުގައި ސިކުނޑި ވިސްނައިދިނެވެ. ކުރިއަށް ފިޔަވަޅެއް އެޅުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ މިއީ ކަަމަށް ހިތް ބުނެލިއެވެ. އަވަސް އަވަހަށް ކޮޓަރި ތެރެއަށް ވެދެގެން ގޮސް ގެސްޓް ހައުސްގެ ތިރިއަށް އައިވިން ފޭބިއެވެ. ގެސްޓް ހައުސްއާއި އިންވެގެން ހުރި ޒަފަރްގެ ގޭގެތެ އައިވިން ވަދެ ލިފްޓަށް އެރުމަށްފަހު ތިންވަނަ ފަންގިފިލާއަށް ފިއްތާލިއެވެ. ލިފްޓު ގޮސް ހުއްޓުމާއެކު އައިވިން ލިފްޓުން ފައިބާ ކުރިމަތީގައި ހުރި ދޮރަށް ނަޒަރެއް ދިނެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު ގޭގެ ބެލްއަށް އައިވިން ފިއްތާލިއެވެ. އިރުކޮޅެއްވުމުންވެސް ދޮރު ނުހުޅުވުމުން އައިވިން ކެތްތެރިކަން ކުޑަ ގޮތަކަށް ވިދިވިދިގެން ދެތިން ފަހަރަކު ބެލްއަޅާލިއެވެ. ކުއްލިއަކަށް ގޭގެ ދޮރުހުޅުވިގެން ދިޔަ އަޑަށް އައިވިންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

”ޒޯ..” ކުރިމަތިން ފެނިގެން ދިޔަ ޒޯޔާއަށް އައިވިން އުޅުނީ ގޮވާލާށެވެ. އެހެނަސް ޒޯޔާގެ މެރެމުން ދިޔަ ދެލޮލާއެކު ތިރިއަށް ވެއްޓެން ދިޔުމާއެކު އައިވިންގެ ދެލޯ ބޮޑުވިއެވެ. ޒޯޔާގެ ގައިގާ އޭނާއަށް ހިފަހައްޓާލެވުނީ ކިިރިޔަ ކިރިޔާއެވެ.

“އައިވިން…އަހަ…އަހަރެންގެ ދަރި..ފުޅު…” ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔަ ޒޯޔާގެ ދެލޯ މެރެމުން ދިޔަ ވަޤުތު ލަސް ލަހުން ޒޯޔާ ބުނެލިއެވެ. އަދިވެސް ލިބުނު ޝޮކުގައި ހުރި އައިވިން ގެ ހިތް ހުއްޓުނުހެން ހީވީ ޒޯޔާގެ ދެލޯ މެރިގެން ދިޔުމުންނެވެ.

“ޒޯޔާ!!” ހާސްކަމާއި ކަންބޮޑުވުމުން ފުރިގެންދިޔަ އައިވިން އަށް ޒޯޔާގެ ކޯތާފަތުގައި ޖަހާލަމުން ޒޯޔާގެ ނަމުން ގޮވާލެވުނެވެ. އެހެނަސް އައިވިން އަށް ހުއްޓުން އެރީ އޭނާގެ ފަޓުލޫނު ތެމެމުން ދާކަމުގެ އިޙްސާސް ވުމުންނެވެ. ތިރިއަށް ބަލާލި އިރު ޒޯޔާގެ ދެފައި ދޭތެރެއިން ލޭތައް ފައިބަމުން ދިޔަ ތަން ފެނުމާއެކު އައިވިންގެ ދެލޯ ބޮޑުވިއެވެ.

-ނުނިމޭ-

87

Wonder

- Writing is an art. And Art is a way of survival- Author of vaashey mashaa eky.

You may also like...

24 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Hellow dear readers? How are you all? Hope everything is well. Here is 14th part of Neydhemey vakivumeh. Hope all will enjoy reading this part. Let me know what readers think about this part. I humbly thank you all for your endless support for this story.. ly all n have a safe night😊❤❤

    1. Yes Princess..U r first this time.. congrats!! Thank u soo much.. v ufaavejje mi bai dear ah kamudhiyaeema 😊❤

    1. Yes u r second this time Starlight vixx. Thank u soo much.. v ufaavejje mi bai dear ah kamudhiyaeema.. next part In sha Allah avahah up kohleveythoa balaanan😊❤

  2. Wow mi part vx varah reethi mi zafar haadha nulafaee dhw hithah araa hama moonu matheega jehijeheenun moonu Matheega Kokaa enburee varu kuran
    Anyways Waiting for the next
    Ly ❤️❤️❤️

    1. Thank u soo much Maany. V ufaavejje dear ah mi part kamudhiyaeema.. hehe. Asluves Zafar ah thikahala adhabeh dheyn jehey eba mihaaru😂. Next part In sha Allah avahah up kohleveythoa balaanan.. lym dear😊❤

  3. Omg woaaahhhhhhhhh😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ماشاءالله😍😍😍♥️♥️♥️😍😍😍♥️♥️♥️ Alhey anekka mi Fazlaa mee anekaku🤦‍♀️🤦‍♀️🤦‍♀️ Rahfushu viyya katoala🙄🙄🙄 huh varah foohivey😒😒😒 mulhi male’ aiyy funaa elhiyas Aivin aa gulhuvan Zoya kahala loabi kujjeh nufennnaane yaqeen😎😎😎 dhen hunnaani Rai ekam Rai eh nulibeynu💛💛 ei adhi maa loabi dhekudhin viyya♥️♥️ Zafar gandakaa hure rulhi aisgen moyavaavaruvey huvaa😠😠😠 hithah araa goss fahaigenfaanamey🙄🙄🙄 edhiyaee Zoya ge phone hifain anekka aneh kameh kuran thoahche bodu kamehnu😠😠rangalhah viyya Zoya dheke rulhi annani kamakaa ves nulaa😠😠 Alhey Aivin♥️😢😢😢💔💔💔Aivin dhera vaairah Sher ves dheravey😔😥😭♥️♥️ Zoya ah gotheh nuhadhaathi ingey Wonder🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗💞💞💞💞💞💞💞💞♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ Stay safe❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹💕💕💕

    1. Thank u soo much sher.. soo happy u liked this part.. Hehe..Aivin mamma ah nuvisneny ey dhw hama.. Anehkaa sher rulhi aigen gos dhunnikunna varu nuvahchey.. hehe.. wonder ves gendhahchey ingey zafar fahaigannan dhaa iru😂. Awwn.. sher dhera nuvahchey.. adhi Aivin Happy vaane In sha Allah.. hingaa dhw dhn vaagotheh ves balamaa.. let’s hope for the best. Rai eii kail ge kujjekey dhw..ehnveema nulibeyne ennu😂💛 u too stay safe dear😊❤

  4. Wow mi part ves vrh Sali as usual❤️❤️❤️
    Vvvvvvvvv Sali ingey❤️❤️❤️
    Aley dhen mi Zafar gadu ah gothe nahadaaeh nethehnu vaakah dhw 😡😡😡😂😅
    Aivin ge mom ves haadha uncool ey dhw 😡😡😡😡😡
    Pis pis keekuraanee dhw baeh meehunge visnun hunagothey ey😡😡😡😡
    Hehehheheheh😅😅😂😂
    Zafar ah eheree rageeney shaku Bali jehifaa thooche hehhe Hama gere dhw sis 🤣🤣😅😅😂😂😅😅😅🤣🤣
    Zoyaa vihan uleny dhw omg 😃😃😃❤️❤️
    Ril dhaan veee kaneyge dhw aivin ah help eh vedeyn Dhw sis ves dhanmenu Ril aaehko 😂😂😅😅😂😂😁😁😍🥰🥰
    Vrh beynun Zoya ge darifulu uraalan hehhehehe🤣🤣🤣😂😂😂😂
    Btw waiting for the next part❤️❤️❤️
    Love uuu big koh❤️❤️❤️
    Stay safe❤️❤️
    ސިސް ސިސް ގެ ހާލު ރާނގަޅު ތަ
    😃😃😃😃😃😃😃

    1. Thank u soo much Ril.. v ufaavejje dear ah mi part ves kamudhiyaeema. Hehe.. yes zafar ah eba jehey varugadha kameh kuran..v gina readers eba molhethi ideas dhey 😂. Wonder ves baiveri kohgen kuraa kameh kurahchey mikiyany..hehe. ya dhw.. Aivin mom ah nuvisneny eyy.. yess.. Ril bunaa irah wonder hunnaany readyga ingey dhaan. Hingaa dhw zoaya vihan ulhenythoa balamaa.. awwn..Zoa kairi bunaana ingey Ril ah dhehchey uraalan. Lymm dear.. u too stay safe.. im doing great Al’hamdhulillah 😊❤

    2. Kiriyaa siss baaveri nukoshe mikameh nuvaane dhw ekakunugendiyayas si gendhaanamaey 😃😃😃😃😃😃
      Hehehehehe Zafar ah hadhaan vaane hadhaanunnufilaa varu gothe ingey sis aa bunaakah hehe
      Yh sis bunaachey Zoya kaari Ril vrh kudakudhin uraahie vey the❤️❤️❤️❤️❤️❤️😅😅😅😂🥰🥰🥰😃😃😃😃😃😃

    3. Okay..mihaarun fashaigen zafar ah hadhaane hurihaa gotheh practice kohfa bahahtaathi😂😂. Yess bunaanan ingey.. awwn same dear..wonder ves Ril gothah v kudakudhin uraahihvey.. that’s one of the best feelings

    4. Yh mihaaru migen practice kuranee Zafar fenaduvahun kulivareh dakaalaan ingeyyy hehehh
      Ohh sis ves dhw
      I love children’s soo much aslu ves best feeling ever😃😃😃😃😃😃

  5. omg omg omg alhey zoya 😭😭😭 aivin haadha dhera vaaneyey😭😭😭hama rangalhah vs rovihjje mi part kiyaafa😭
    mi zafar gandah hama rangalhah vs kameh kuran vehjje😡😡😡 adhi kon fazlaa ekoo ais mi ulheny huh
    wonder sissoo zoya ah dhera gotheh nuhadhahchey
    btw waiting for the next part 😀😀
    stay safe
    luv u❤❤❤

    1. Alhey..Mickey anehkaa ehaa bodah nurohchey. Yes.. Aivin v dheravaane dhw. Hehe..zafar ah kuran huri kanthakuge bodu listeh ebeh mihaaruves😂. Aivin mom ves understanding nama dhw *sigh* . In sha Allah. let’s hope for the best dhw. Next part avahah up kohleveythoa masahkaih kuraanan ingey. U too stay safe dear..lym😊❤

  6. ❤️❤️❤️Wow Maasha allah V reethi Mi part vx
    Zoya ge baby ah kihineh vee.. Zafar gadu hama maraalan vee
    Curiously waiting For nxt part sisoo
    Stay safe n Tc
    ❤️❤️❤️Lyyysssmmm

    1. Thank u soo much LamHaa.. v ufaavejje dear ah mi part ves kamudhiyaeema..hingaa dhw zoaya ge baby ah veegotheh balamaa. Hehe.. zafar ah v gina goih goih aba jehey hadhan😂. Next part In sha Allah avahah up kohleveythoa balaanan. U too tvgc n stay safe. Lymmm😊❤

  7. Oh my God😯😯😯… Dhn Aivin kihineh Zoya ah hadhaany.. 😮😮😮😮😮😮😮😮😮😮😮😮😮😮😮
    Baby is getting close Dhw.😁😁😁😁😁😁😁😁😁😁😁. Zafar ah ekan engihjihyaa 🙁🙁🙁🙁🙁🙁🙁🙁🙁🙁🙁
    Kihinehba hadhaany…. BTW vvvvvvvvvvvvvvvvvvvvvvvvvvv
    Wonder Mi prt ves😘😘😘😘😘😘😘😘😘😘😘😘😘😘😘😘… Hope nxt part will be come soon..💗💗💗💗💗💗💗
    Curiously waiting…. TC.. Keep it up… ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🖤

    1. Thank u soo much BLACK PINK. V ufaavejje dear ah mi part ves kamudhiyaeema..hingaa dhw Aivin hadhaagotheh ves balamaa. N zafar hadhaagotheh ves. Yes In sha Allah..next part avahah up kohleveythoa balaanan ingey. U too tvgc dear😊❤

  8. Zafar gandu mee haadha Nubai meeehekeyy 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡 mihaaru vejje Zafar gandah varu gadha bondii eh dheyn😠😠😠😠😠😠 Btw mi part ves Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️maa sha Allah ❤️❤️❤️❤️❤️ curiously waiting waiting for the next part.❤️❤️❤️❤️ love you wonder ❤️❤️❤️ Take care ❤️❤️❤️
    ❤️❤️❤️ Stay home and stay safe ❤️❤️❤️

  9. Maashaa Allah………. Oh I’m so so so curious………. This part is also very very very nice……..You are so great at writing stories…….. I’m very curious….That jerk hit her…….I think something wrong will happen to the baby….. I feel so sad for Aivin and Zoya.………….keep it up…. Love you my sisyyy….

  10. ހާއި ސިސް.. ސިސް ގެ ހާލު ކިހިނެއް ތައް?؟އަލްޙަމްދުﷲ އަޅުގަނޑުގެ ޙާލު ހަމަ ރަނގަޅު.
    މާޝާ ﷲ ވަރަށް ރީތި މި ޕާރޓް ވެސް.. ސިސް އޮކޭތަ ޒަފަރުގެ އަތް ބިންދައި ލިޔަސް މިހާރު މާ މައްޗަށް ށޭ އެ ދަނީ.. ހަމަ ހުވާ މިބުނީ ރުޅިއައިސްގެން ގޮސް ރަތް އާފަލާކަށްވެއްޖެ😠😠ދެން ދުވަސްކޮޅަކުން ބޮލުން ދުން ނުކުންނަ ތަން ފެންނަނީ ހުވާ މިބުނީ 😡😡😠😠😂🤣ރުޅި ފަށެއް އާދެ ޒަފަރުގެ ނަން ފެނުނަސް 😠😠
    ބޮޑިއެއް ނުބޮވިގެން އެ އުޅެނީ.. ހުރެބަލަ ނިކަން މަގޭ އަތުން ތި ސޮރު ވަރުގަދަ ބޮޑިއެއް ބޯނެ 😠😠😠😠😂🤣
    އަޅޭ ޒޯޔާ އަށް ކިހިނެށް އެ ވީ؟ވަރަށް ކިއުރިސް ވެއްޖެ ނެސްޓް ޕާރޓް ކިޔަން .
    When nxt part curiously waiting for the nxt part..
    Sis comment nukuriyas baraabarah kiyamey.. Like vx dhen.. Love ur stories ❤️❤️❤️
    Love u more ❤️❤️❤️❤️❤️❤️
    Tc be safe ☺️😊😘😚😍

Leave a Reply

Your email address will not be published.