“ޒަފަރް ހެޔޮ ނުވާނެ.. އަދިވެސް މާޒީގަ ވެދިޔަކަންތަކުގެ މައްޗަށް ތި ހިތް ސާފު ކުރާކަށް ނުވޭތަ..؟” ޒޯޔާގެ އަޑު ނިކުތީ އުނދަގުލުންނެވެ.

“ދުވަހަކުވެސް.. ދުވަހަކުވެސް ނުވާނެ ތިކަމެއް.. އަހަރެން ދިރި ހުރިހާ ދުވަހަކު އެކަން ހަނދާނެއް ނުފިލާނެ.. އަހަންނަށް ލިބުނު ވޭނުގެ ބަދަލު ކަލެޔަށް ދޭނަން..” ޒަފަރްގެ އަޑުގައިވަނީ ބަދަލު ހިފުމުގެ ރޫޙެވެ. އޭނާގެ ކަޅު މާޒީ ލޮލު ކުރިމަތިން ސިފަ ވުމާއެކު އިތުރަަށް އޭނާގެ ރުޅިގަނޑު ކެކިގެން ދިޔައެވެ. ކޮޓަރީގެ އެއްފަރާތަކަށް ޖެހިލާ ރީތިވާ މޭޒު މަތީގައި ހުރި ހުރިހާ އެއްޗެއް އަތުންޖަހާ މުށިތައް މައްޗަށް ވަރާލިއެވެ. ޒޯޔާ އޭނާގެ ދެއަތްތިލަ މޭގައި ޖައްސާ ބާރު ކޮށްލީ ލިބުނު ސިހުމުގެ ބޮޑު ކަމުންނެވެ.

އެނދުގައި އޮށޯވެގެން އޮތް އައިވިން ފުންމައިގެން ތެދުވިއެވެ. ބެލްކަނި ހުޅުވާފައި ހުރުމުން ބޭރުން އިވިގެން ދިޔަ ބާރު އަަޑުފަށްގަނޑު އޭނާގެ ކަންފަތަށް ފޯރިއެވެ. އަވަސް އަވަހަށް ގަޔަށް ޓީޝާޓެއް މަހާލަމުން ބެލްކަންޏަށް އައިވިން ނިކުތެވެ. އެ އަޑު އައީ ޒޯޔާގެ ކޮޓަރިން ކަމުގައި އެހިތް ބުނެލިއެވެ. ނިތްކުރިއަށްް އެރި ރޫ ތަކާއެކު ހާސްކަމާއެކު އައިވިން އަށް ބެލްކަނީގެ ފާރުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އޭނާގެ ކެތްތެރިކަން ކޮޅުން ލާން އުޅޭހެން ހީވެ އައިވިން އަށް ޒޯޔާގެ ކޮޓަރީގެ ބެލްކަނީގެ ދޮރަށް ބަލާލެވުނެވެ.

ޒަފަރް ބަންލާފައި ކޮޓަރީގެ ދޮރު ޖެހުމުން ޒޯޔާއަށް އިރުކޮޅަކު ގަނޑުވެފައި ހުރެވުނެވެ. އެހެނަސް އޭނާއަށް އެއްވެސް އަނިޔާއެއް ނުދިން ކަމަށްޓަކައި ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. ބޭރު ދޮރު ލެއްޕޭ އަޑު ނީވުމުން ޒަފަރް އަދިވެސް ގޭގައި އުޅޭކަން އޭނާއަށް ޔަޤީންވިއެވެ. މުށިތައް މަތި ސާފުކޮށް ރީތިވާ އެއްޗެހި އެއެއްޗެއް ހުންނަތާކު ބެހެއްޓުމަށްފަހު ޒޯޔާއައިސް މަޑު މަޑުން އެނދުގައި އިށީނދެލިއެވެ. ގަޑި ބަލައިލި އިރު ފަތިސްވާން ކައިރި ވެފައި ވުމުން ޒޯޔާ ބެލްކަންޏަށް ނިކުމެލަން ގަސްތުކުރިއެވެ. ލޮލުގައި ނިދީގެ އަސަރެއް ނުވުމާއެކު ހިތަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ހޯދަން އޭނާ ބޭނުންވިއެވެ. ނަޔާ ބުނިފަދައިން އިތުރަށް އޭނާގެ އަމިއްލަ ހަށިގަނޑަށް އަނިޔާވެރިވެ ހިތާމައިގާ ދުވަސްތައް ހޭދަ ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

ބެލްކަނީގެ ދޮރު ހުޅުވާލާފައި ނިކުން ޒޯޔާ ސިއްސައިގެން ދިޔައީ އަނދިރި ކަމުގެ ތެރޭގައި ޖެހިގެން ހުރި ބެލްކަނީގައި މީހަކު ހުއްޓިލައިގެން ހުރިތަން ފެނުމުންނެވެ. ބެލްކަނީގެ ބޮކި އަވަސް އަވަހަށް ޒޯޔާ ދިއްލާލުމާއެކު ތަނަށް ވެރިވި އަލިކަމުގެ ތެރެއިން އައިވިންގެ މޫނު ޒޯޔާއަށް ސާފުވެގެން ދިޔައެވެ.

އައިވިން އަށް ޒޯޔާ ފެނުމާއެކު އޭނާގެ ހަށިގަނޑު ސީދާ ކޮށްލަމުން އަވަސް އަވަހަށް ޒޯޔާއަށް ބަލައިލިއެވެ. އެބެލުމުގައިވަނީ ކަމެއް ދެނެގަންނަން އުޅޭކަމުގެ އަސަރުތަކެވެ.

“ޒޯޔާ.. ނުނިދަނީތަ…؟” އައިވިން ލަސް ލަހުން ސުވާލު ކޮށްލީ ކަމެއް އޮޅުން ފިލުވާ ބީދައިންނެވެ.

ޒޯޔާއަށް ފަސްއެނބުރި ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލެވުނީ ޒަފަރްގެ ހިލަމެއް ވެދާނެ ކަމުގެ ބިރު އޮތްވަރުންނެވެ. އެނބުރި އައިވިން އަށް ކުރިމަތި ލަމުން އަވަހަށް ހޭލެވުނީ ކަމުގައި ބުނެ އެނބުރުނީ ކޮޓަރި ތެރެއަށް ވަނުމަށެވެ. ޒަފަރް އަށް އޭނާ ބެލްކަނީގައި ހުރެ އައިވިން އާ ވާހަކަ ދައްކާކަން އެނގިއްޖެނަމަ މަސްލަޙަތު މާ ރަނގަޅު ނުވާނެ ކަން އޭނާއަށް އެނގެއެވެ.

“ޒޯޔާ.. ” ޒޯޔާ ފުރަގަހަށް އެނބުރުމުން އައިވިން ގޮވާލީ އޭނާ ހުއްޓުވަން ބޭނުންވެ ހުރެއެވެ.

“އައިވިން… މިޤަޑީ އަހަރެންނަށް ހުރެވޭކަށް ނެތް..ފަހުން ވާހަކަ ދައްކާނަން..” އައިވިންގެ ޖަވާބަކަށް މަޑުކޮށްލުމެއްނެތި ޒޯޔާ އެތެރެއަށް ވަދެގެން ދިޔައެވެ. އައިވިން އަށް ފުންނޭވާއެއް ދޫކޮށްލަމުން ހިސާބަކަށް ހޭވިފައި އޮތް އޭނާގެ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލިއެވެ. ޒޯޔާ ހުރީ ހެޔޮހާލުގައިކަން އެނގުމުން އެވަރުން އޭނާ ފުށްދާލިއެވެ.

ފަތިސްނަމާދުން ފޭބުމަށްފަހު ޒޯޔާ ކުޑަކޮށް ދޮރު ހުޅުވާލަމުން ސިޓިންގްރޫމަށް ނަޒަރެއް ދިނެވެ. ޒަފަރްގެ ހިލަމެއް ނުވުމުން އޭނާ އޮންނާނީ ކޮންމެވެސް ކޮޓަރިއެއްގައި ނިދާފަކަން ޒޯޔާއަަށް ދެނެގަނެވުނެވެ. އެ އެޕާޓްމެންޓުގައި ޒޯޔާ ބޭނުންކުރާ ކޮޓަރީގެ އިތުރުން ހަތަރު ކޮޓަރި ހުރެއެވެ. އެއިން ކޮންމެ ކޮޓަރިއެއްވެސް ޖާގައިގެ ގޮތުން ބޮޑުވެފައި އެންމެ މިޒަމާނުގެ ޑިޒައިން ތަކަށް ފަރުމާކުރެވިފައިވެއެވެ. އެއިން ކޮޓަރިއެއް ނިދަން ބޭނުން ކުރުމަކީ ޒަފަރް އަށް އާންމުކަމެކެވެ.
******

ސޯބިރާގެ މަރަށް ދެތިން ދުވަސް ވެގެން ދިޔައިރު ޒޯޔާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅެމުން ދިޔައެވެ. އެހެނަސް އަދިވެސް މީހާ ހުންނަނީ ވާހަކަ ދެއްކުން މަދުވެ ނެގި މަޑުވެފައެވެ. މިދެތިން ދުވަހު އެކި ގޮތްގޮތުން އައިވިން ވެސް ޒޯޔާ އާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އެ ފުރުސަތެއް ޒޯޔާ އައިވިން އަކަށް ނުދެއެވެ.

އާދައިގެ މަތިން ހެނދުނުގެ ވަޤުތުގައި ނަޔާ އައިސް ސައި ހަދައިދޭން އުޅުނެވެ. ޒޯޔާވެސް ނަޔާ ނުރުހުނު ކަމުގައި ވިޔަސް އޭނާއަށް އެހީތެރި ވުމުގައި އުޅުނެވެ.

“ޒޯ ތިއިންނަނީ އަދިވެސް ނެގި މަޑުވެފަ.. ހިނގާބަލަ މިތާ އަތިރި މައްޗަށް ނިކުމެލަން.. މެންދުރަށް ކައްކާފަ ނިކުތީމަ ސަޅި ވާނެ.. މިއަދު މިއީ އަހަރެންގެވެސް އޮފް ދުވަސް… ކަމެއް ކޮށްލެވޭނީ މިކަހަލަ ދުވަހަކު..” ޒޯޔާއަށް ބަލާލަމުން ނަޔާ ވާހަކަ ދެއްކިއެވެ. ގޭގައި އެގޮތަށް އިންނަނަމަ ޒޯޔާގެ ސިކުނޑި ބޭކާރު ޚިޔާލުތަކަށް ޖާގަ ދެވޭނެކަން ނަޔާއަށް ވިސްނެއެވެ.

“މިއަދަކު ނޫން..އެހެން ދުވަހަކުން.. ޒަފަރް ނޭނގެ ހިތްހަމަ ޖެހޭނެކަމެއްވެސް…” ޒޯޔާ އަވަސް އަވަހަށް އެކަމާ ދެކޮޅު ހެދިއެވެ.

“ދެން ޒޯ.!! ކޮންމެ ފަހަރަކުވެސް ބުނާނެ ފަހުންނޭ.. މިއަދު ޖެހޭނީ ދާން ހަމަ.. އަހަރެން ޒަފަރް ކައިރި އަހާފާނަމޭ.. ޔާޒްވެސް ގޮވައިގެން ދޯ ދާނީ..އޭރުން މަޖާވާނެ.. ހިނގާބަލަ މަޖާ ގަނޑެއް ކަހަލަ އެއްޗެއް ހަދަމާ..ނޫނީ ސޮސެޖް ފިހަން ހިނގާ..” ނަޔާ ވަޤުތުން ކުރާނެ ކަންތައްތަކުގެ ބޮޑު ލިސްޓެއް ހަދަން ފަށައިފިއެވެ. ވާހަކައިގާ ހުއްޓާ ޒަފަރް ކޮޓަރިން ނިކުމެ ކާމޭޒު ދޮށަށް އަންނަތަން ޒޯޔާއަށް ފެނުނެވެ. އަވަހަށް މޭޒު މަތީގައި ކޮފީ ޖޯޑު ބޭންދުމަށްފަހު ކާތަށި ކައިރި ކޮށްލަދިނެވެ. ބަހެއް ބުނުމެއް ނެތި ޒަފަރް އައިސް މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ މޫނުމަތިން އަދިވެސް ނިދީގެ އަސަރު ނުފިލައެވެ. ޒަފަރް އައިސް ކާން ތައްޔާރު ވުމާއެކު ނަޔާ ފެށީ އޭނާ މިއަދު ޕްލޭން ކޮށްފައި އޮތް ކަންތަކުގެ ވާހަކައެވެ. އިރުކޮޅަކު އެވާހަކަ ދެއްކުމަށްފަހު ޒޯޔާ ދިޔަޔަަސް އެންމެ ރަނގަޅުދޯއޭ ކިޔާ ނަޔާ ޒަފަރް އަށް ދޯ އެއްލިއެވެ.

ޒަފަރްގެ ކިބައިން އެކަމާ މާ ގަޔާވާކަން ފާހަގަ ނުވިޔަސް އެކަމެއް މަނައެއް ނުކުރެއެވެ. ކައި ނިންމައިގެން ކޮޓަރިއަށް ވަންނަމުން ލަސްނުވެ އަންނަންވާނެކަން ބުނެލީ ކޮންމެވެސް ވަރެއްގެ ހަރުކަށިކަން އެކުލެވިފައިވާ ރާގެއްގައެވެ.

އިރުކޮޅެއް ފަހުން ޒަފަރް ފެނުނީ ކޮޓަރިން ނިކުންތަނެވެ. އޭރު އޭނާ ހުރީ ރަސްމީ ހެދުމުގައި އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ޒޯޔާއަށް ބަލާލުމެއްނެތި އައިސް އެޕާޓްމެންޓްގެ މައިދޮރު ހުޅުވާލާފައި ޒަފަރް ނިކުމެގެން ހިނގައްޖެެއެވެ.

މެންދުރަށް ކައްކާ ނިންމާލުމަށްފަހު ނަޔާއާއި ޒޯޔާވެގެން ސޮސެޖް ފިހުނެވެ. އަދި ކުޅި ރިހާކުރު ގަނޑެއް ހެދުމަށްފަހު ކައިރި އަވައްޓެރި ގެޔަކުން ހުތް ކުންނާރު ހޯދައިގެން އަތިރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ވަކި ހިސާބަކުން ނަޔާ ލޯބިވެރިޔާ ޔާޒްވެސް އައިސް ޒޯޔާ މެންނާ ގުޅުނެވެ.

އަތިރިއަށް ފޭބުމާއެކު އެއްފަރާތުގައި އަޅޮލުންް ހަދާފައި ހުރި އަށްޓެއްގައި އެންމެން އިށީނދެ ގެނައި ކާއެއްޗެހި ބަހައްޓާލިއެވެ. ޖެހެމުން ދިޔަ ހިތްގައިމު ވައިރޯޅިތަކުން މާޔޫސްވެފައިވާ ޒޯޔާގެ ހިތަށް ފިނިކަން ލިބިގެން ދިޔައެވެ.

ޒޯޔާ ސޮސެޖަށް ވުރެ ބޮޑަށް ގަޔާވީ ކުންނާރާ ކުޅި ރިހާކުރަަށެވެ. ބަނޑު ބޮޑު ވުމަށްފަހު އޭނާވެސް ހުތް އެއްޗެހި ކާހިތްވާލެއް ގިނައެވެ.

“އައިވިން!” ނަޔާ ފަހަތަށް ބަލާލަމުން ގޮވާލި ނަމުން ޒޯޔާއަށް ސިހުންގެނުވިއެވެ. އިތުރު ވިސްނުމަކަށް ނުގޮސް ޒޯޔާއަށްވެސް ފަހަތް ބަލާލެވުނެވެ. އޭރު އައިވިން އެމީހުންނާ ދިމާއަށް މަޑު ހިނގުމެއްގައި އާދެއެވެ. ޒޯޔާ ބަލާލުމާއެކު ދެމީހުންގެ ނަޒަރު ބައްދަލު ވެގެންދިޔައެވެ. އެހެނަސް ޒޯޔާ އަވަސް އަވަހަށް ކުރިމައްޗަށް އެނބުރި އިސްޖަހާލިއެވެ.

“އައިވިން އެއައީ އަހަރެން ބުނެގެން އިނގޭ.. ގިނަ މީހުން ތިބީމަ މަޖާ ވާނީ.. އެހެންނޫނަސް މައި ޔާޒް ފޫހިވާނެ ފިރިހެނެއް ނެތިއްޔާ..” ޒޯޔާ ކައިރިއަށް ގުދުވެލަމުން ނަޔާ ސިއްރު ސިއްރުން ބުނެލިއެވެ. ހަޤީޤަތަކީ ނަޔާ އައިވިން ގެނައީ ޒޯޔާ އިނުމުންނެވެ. އައިވިން އެފަދަ ވާހަކައެއް ނުބުނި ކަމުގައިވިޔަސް އައިވިންގެ ފަރާތުން ޒޯޔާދެކެ ގަޔާވާކަން އޭނާއަށް ވަނީ ފެނިފައެވެ. އެކުވެރިޔާގެ ޙަޔާތަށް އެންމެ އެކަށީގެންވަނީ އައިވިން ފަދަމީހެއްކަމުގައި ނަޔާ ދެކެއެވެ. ޒަފަރް އާއެކު އެއުޅޭ ދިރިއުޅުމުން ޒޯޔާއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެކަމުގައި އޭނާ ޤަބޫލު ކުރެއެވެ.

އަޅޯގަނޑު ކައިރީ އައިވިން ހުއްޓިލުމާއެކު މަޑުމަޑު މީރުވަހެއް ޒޯޔާގެ ނޭފަތުގައި ޖެހުނެވެ. އެވަސްދުވީ އައިވިންގެ ގައިންކަން ބުނަން އެނގުނު ނަމަވެސް އެއީ ސެންޓެއްގެ ވަހެއްކަމެއް ނުވަތަ ޝަވަރ ޖެލް ފަދަ އެއްޗެއްގެ ވަހެއްކަމެއް ބުނާކަށް ޒޯޔާއަކަށް ނޭނގުނެވެ. ވައްކަޅިން ޒޯޔާއަށްކައިރީގައި ހުރި އައިވިން އަށް ބަލާލެވުނެވެ. އޭރު ޔާޒް އާއި އައިވިން ވާހަކަތަކެއް ދައްކަނީއެވެ.

ކާކީ ކުލައިގެ ސޯޓަކާއި ވިލު ނޫކުލައިގެ ޓީޝާޓެއްގައި ހުރި އައިވިން އޭނާގެ ދެއަތްތިލަ ހުރީ ސޯޓުގެ އަރިމަތީ ދެޖީބަށް ޖަހާލައިގެންނެވެ. ކުރިން ދުވަހަކުވެސް އައިވިން ސޯޓުގައި ފެނިފާ ނުވާ ޒޯޔާއަށް މިއަދު އައިވިން އިތުރަށް ޒުވާންހެން ހީވިއެވެ. ވަޔާއެކު އެ ފަން އިސްތަށިގަނޑުގެ ނިތްމަތީ އިސްތަށިތައް ނިތްކުރި މައްޗަށް ވެރެވުމުން ދިޔައިރު ހިނިތުންވުމާއެކު އައިވިންގެ ދެތުންފަތް ދެމިލާ ގޮތުން ޒޯޔާގެ ހިތުގެ ހިނގުން އަވަސްކުރުވަމުން ދިޔައެވެ.

ނަޔާ ކާން އައުމަށް ގޮވާލުމާއެކު އައިވިން އާއި ޔާޒް އައިސް ހޮޅުއަށީގައި އިށީނދެއްޖެއެވެ. ދަނޑި ކޮޅަކަށް ޖަހާފައި އިން ސޮސެޖް އެއް ހިފައިގެން އައިވިން އިން އިރު ދޭ ތެރެއަކުން އޭނާ ޒޯޔާއަށް ބަލާލައެވެ. ކެއުން ނިންމާލުމަށްފަހު ޔާޒްގެ ވެސްއެދުމާއެކު ނަޔާ ބޭނުންވީ މޫދު އެރޭށެވެ. ނަޔާ ބޭނުންވީ ޒޯޔާވެސް ގޮވައިގެން މޫދަށް އެރޭށެވެ. ނަމަވެސް އާދޭހާއެކު ޔާޒް އާއި ނަޔާ އެތައް ފަހަރަކު ކިޔުމުންވެސް ޒޯޔާ މޫދަށް އެރޭކަށް ބޭނުމެއްނުވިއެވެ.

“ނަޔާ އާ ޔާޒް ދޭބަލަ މޫދަށް އެރިލަން. އަހަރެން އިންނާނަމޭ ޒޯޔާ ކައިރި..” އައިވިން ހަމަޖެހިލާފައި ބުނެލިއެވެ. ނަޔާ އިރުކޮޅަކު އައިވިން އާއި ޒޯޔާއަށް ބަލަން ހުރުމަށްފަހު އެއްބަސްވެއްޖެއެވެ. ޒޯޔާ ފޫހިވިޔަ ދީގެން ނުވާނެކަމަށް ބުނެ ކުޑަ ވަރެއްގެ އަމުރެއް ކޮށްލުމަށްފަހު ނަޔާ ޔާޒްގެ އަތުގައި ހިފާލަމުން މޫދާ ދިމާއަށް ހިނގައިގަތެވެ. އެވަޤުތު ޔާޒް ނަޔާ އަތްދަނޑި މައްޗަށް އުފުލާލައިގެން މޫދާ ދިމާއަށް ދުއްވައިގަތެވެ. ނަޔާ ތޫލި އަޑުން ހަޅޭއްލަވައިގަންނަމުން އޭނާ ތިރީގައި ބަހައްޓާށޭ ގޮވައިގަތެވެ.
ނަޔާއާއި ޔާޒްގެ ހަރަކާތްތައް ބަލަން އިން ޒޯޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ދިރިއުޅުންފަދަ ޙަޔާތެއް އެކުވެެރިޔާއަށް ނުލިބޭތޯ ޒޯޔާ ދުޢާކުރެއެވެ. ޔާޒް އަކީ ނަޔާއަށް އަޅާލާ ލޯބިދޭނެ މީހެއްކަމަކަށް ޒޯޔާ ޝައްކެއް ނުކުރެއެވެ.

“ޒޯޔާ..” އައިވިންގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒޯޔާގެ ހިނިތުންވުން ފިލާ މޫނު މައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

“ޒޯޔާ އަހަރެން ދެކެ ހިތްހަމަ ނުޖެހިފަތަ..؟” އައިވިންގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.

“ނޫން.. އަހަރެން ކީއްވެ އައިވިން ދެކެ ހިތްހަމަ ނުޖެހެންވީ..” ޒޯޔާ ވާހަކަ ދެއްކިލެއް މަޑުކަމުން އައިވިން އަށް އެ އަޑު އިވުނީވެސް ކިރިޔަ ކިރިޔާއެވެ.

“ދެން ކީއްވެ ޒޯޔާ އަހަންނާ ވާހަކަ ނުދައްކަނީ.. އަހަރެން ފެންނަ އިރަށް ހީވަނީ އަވަހަށް ފިލަން އުޅޭހެން..” އައިވިންގެ އަޑުގައިވަނީ ޝަކުވާއެވެ. ޒޯޔާގެ ޢަމަލުތައް ހުންނަ ގޮތުން އެހިތަށް ތަދުވަމުން ދިޔައެވެ.

“ތީ އައިވިން އަށް ހީވާގޮތް.. އަހަރެން.. އަހަރެން އެބަޖެހޭ ވަރަށް އަވަހަށް ގެޔަށްދާން..މިހާރު މާލަސްވެއްޖެ..” ޒޯޔާ ކުއްލިއަކަށް އަށިން ތެދުވެއްޖެއެވެ. އޭނާގެ މޫނުގައި ދާތިކިތައް މުތީ ތަކެއްހެން ވިދަމުން ދިޔައެވެ. އައިވިންގެ ކުރިމަތީ އޭނާގެ އިޙްސާސްތައް ބަންޑުން ވެދާނެތީ ޒޯޔާ ބިރުގަނެއެވެ.

“ޒޯޔާ އެހަށް މަޑުކޮށްބަލަ..” އައިވިން ޒޯޔާ ހުއްޓުވުމަށްޓަކައި ހިފުނީ އޭނާގެ އަތުގައެވެ. ހާސްކަން މަތީ އެއްފަހަރު އަމިއްލަ އަތަށް އަނެއްފަހަރު އައިވިންގެ މޫނަށް ޒޯޔާއަށް ބަލައިލެވުނެވެ.

“ޕްލީސް.. އަހަރެން ދައްކާ ވާހަކަ އަޑު އަހަން މަޑުކޮށްލަ ދެވިދާނެތަ..” ޒޯޔާގެ އަތުން ދޫކޮށްލަމުން މަޑުމައިތިރި ކަމާއެކު އައިވިން ބުނެލިއެވެ.

އިތުރު ވާހަކައެއް ދެއްކުމެއްނެތި ޒޯޔާ މަޑު މަޑުން އަށީގައި އިށީނެވެ.

“އަހަރެން މާދަން ރޭ މާލެ ފުރަން.. ޗުއްޓީ ހަމަވީމަ އަހަންނަކަށް ނެތް އިތުރަށް މަޑު ކުރެވޭކަށް..” ޒޯޔާ ދިޔައީ އައިވިން ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑު އަހަމުންނެވެ. އައިވިން ފުރަން އުޅޭ ޚަބަރު ލިބުމާއެކު ޒޯޔާގެ ހިތް ކުޑަހިނދު ކޮޅަކަށް ހުއްޓުނުހެން ހީވިއެވެ.

“ޒޯޔާ…ޒޯޔާ އަހަންނާއެކު މާލެ ދާންވީނު..؟” އައިވިން ފަސްޖެހެމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އެހިނދު ހައިރާންކަމާއެކު ޤަބޫލު ނުކުރެވިފައި އައިވިން އާ ދިމާއަށް ޒޯޔާ ބަލައިލިއެވެ.

-ނުނިމޭ-

112

15 Comments

  1. 🌻LamHaa🌻

    October 20, 2020 at 6:53 pm

    Wow maasha allah v reethi mi part vx sisoo
    Alhey Zoya Aivin aa ehkon Male Dhaan ehbas veba.. Plx
    Curiously waiting for nxt part
    Stay safe n Tc sisoo
    Lyyysssmmm

    • 🌻LamHaa🌻

      October 20, 2020 at 7:05 pm

      Zafar e ulheny Kon Kameh ge badhal dheyn vegen tha.. Zafar Zoya ah dhera gotheh hadhaafihyaa dhuvahaku vx maafeh nukuraanan.. Zoya ge kibain badhal hifaa varu Kameh nuhunnane vefa eh.. Zafarooooooo

    • Wonder

      October 20, 2020 at 11:32 pm

      Ehgothakahves neynge Lam.. mi zafar neynge kon moyaeh vegen kameh eulheny.. yess..wonder ves maafeh nukuraanan zafar akah..asluves dhw hiyeh nuve evaru kameh ovedhaane kamakah.

    • Wonder

      October 20, 2020 at 11:31 pm

      Thank u soo much Lam.. v ufaavejje mi baives dear ah kamudhiyaeema.. yess dhw.. Wonder ves v hope kuran eba.. hingaa dhw zoaya hadhaa gotheh ves balamaa. U too tvgc n b safe.. lymmm dear😊❤️

  2. 🌹Ril🌹

    October 20, 2020 at 7:24 pm

    Heiiiii sis❤️❤️❤️❤️❤️
    Mi part ves vrh sali ❤️❤️❤️❤️❤️
    Masha Allah keep it up sis ❤️❤️❤️❤️❤️❤️😀😀😃😃
    What have happen in the past of Zoya and zafar so curious 😯😯😯😯😯😯😀😃😃😃😃😃
    Haadha badal hifaahie vaa soerekey dhw zafar mee😡😡😡😡😡😡😡😡😡
    Hehehehehe🤣🤣🤣🤣🤣🤣🤣
    Aleyyyy Zoya aivin aa eku male dhaanama konfadha dhw sis❤️❤️❤️❤️❤️❤️❤️😃😃😃😃😃😃
    Zoya Ah vess adhi happy life eh libeyne Dhwwww ISA❤️❤️❤️❤️😃😃😃😃😃❤️❤️❤️❤️❤️😃😃😃😃😃
    Waiting for the next part ❤️❤️❤️
    Love uuuu sooo muc❤️❤️❤️
    Stay safe ❤️❤️and take gud care ingeyyy sisoo❤️❤️❤️❤️

    • Wonder

      October 20, 2020 at 11:48 pm

      Thank u soo much Ril. V ufaavejje dear ah mi bai ves kamudhiyaeema.. wonder ah ehgothakah ves neynge kihineh veekameh adhi. Yess.. same dear. I also hope she goes with him. Yes.. In sha Allah. It never rains forever. We all should hope for the best even in our lives. Lymmm dear.. u too b safe n tvgc😊❤️

  3. Maany

    October 20, 2020 at 8:08 pm

    Wow sis mi part ves varah reethi masha Allah Alhey zoya aivin aa ehkon male dhaan ehbas vehjeyya vaa rangalhu
    Zoya aa zafar aa past ga kon kameh vegentha mi zafar migen maa fuhpanee
    So curious
    Waiting for the next
    Luv uuu sis ❤️❤️❤️

    • Wonder

      October 20, 2020 at 11:50 pm

      Thank u soo much Maany.. v ufaavejje dear ah mi bai ves kamudhiyaeema.. yeah dhw.. I also hope she agrees with him.. wonder ah ves adhi neynge ingey..hingaa dhw balamaa past ga kameh hingaafa oihthoa.. lymmm dear😊❤️

  4. Sher

    October 20, 2020 at 8:19 pm

    Zafar 24 gadi iru nidhan veenu🙄🙄🙄 Sahaadheh bodu vejje kamekey ehaa rulhi gadha nuviyas heyo vedhaanu😏😏😏 Amilla ah amilla ehchehi halaaku kuraani moya eh dho🙄🙄🙄 alhe Aivin❤️ Zoa gendhebala vagah viyas😢😢 gengos mammi ah foruvain gengulheyni😀🤪🤪😁😁😁 Zoa aa Aivin ge bai thah varah loaaaabi😍🌹❤️♥️😘😘♥️ sifa kohdhinun huri gothun neynge vaa gothehves ehaa ves loaabivefa furihama🌹♥️💖💯💖🌹♥️🌹💖💯💖🌹♥️🌹💯
    ماشاءالله😍😍😍😍😍😍😍😍😍😍😍😍 Mi part ves hama varah varah varah varah varah varah varah varah loabi💯💯💯💯💯💯💯💯💖💖💖💖🌹🌹🌹🌹🌹♥️♥️♥️♥️😘😘😘😘😘😘😘

    • Wonder

      October 20, 2020 at 11:55 pm

      Hehehe.. Sher bunaahen kidnap kohgen ves Aivin zoa gen gossiya rangalhu.. zafar boa goas vefa ehery.. maa bodah muskulhi vee kanneynge 🤣🤣. Awwn.. thank u soo much dear.. v ufaavejje e baithah kamudhiyaeema.. ❤️😊

  5. 🖤BLACK PINK🖤

    October 21, 2020 at 8:11 am

    Hi my dear wonder… Varah Gina dhuvas vejjey dhw comment eh nukureveyythaa.. So sorry Ingey dear…
    ,,,,,,,,,,,,,,,,,,,,,,,, varah nice Mi part ves.. Mashaa Allah..
    Aivin kairi buney Zoyaa gadha Kamun gendhaashey..
    Ehn noony Zoya eh nudhaane… So pretty early dhekudhin.
    E ZAHARU gandu kairin salaamai kohdhy Zoya.. Badhalu
    Hifan ulhey meehaku kairi Keekuran bahattan V… Huh..
    I hate ZAHARU…. naya, Zoyaa ah thi kohdhey hidhumathah
    Saabas hama… N Zoya kairi buney Aivin aa nufilaashey..
    Rangalhu meehakaa ehkkoh dhiyaeema maa rangalhennu..
    ,,,,,,,,,,,, OMG WONDER VAREH NEH HAMA… Keep it up
    Dear… I’m so so so happy for uploading the parts soon.
    Ur doing great dear… Keep going.. Luv u… Tcc❤️❤️❤️

  6. 🖤BLACK PINK🖤

    October 21, 2020 at 8:19 am

    Emoji ehves laakah Handhaaneh neh liyan huri ehchihi ginakamun……….. Hehehe 💯♥️❤️❤️♥️❤️♥️❤️♥️❤️♥️❤️💝♥️❤️❤️💗🙂🙂😀😀🙂😀🙂😁😂🤣🤣😂😂😁😁☺️❤️♥️❤️💝♥️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎🤗🤗🤗🤗🤗🤗🤗🤗🤗🙂😀😁😁😀🙂😁😀🙂😁😀🙂😃😄😏😏😏😏😏😏😏😏
    Take care…….
    Luv u……
    Wonder is the best……
    ❤️♥️❤️♥️❤️♥️❤️♥️❤️❤️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️♥️❤️

  7. Rani

    October 21, 2020 at 10:06 am

    😱😱zoya Ar aivin marry kureema salhivaane……

  8. Livy

    October 21, 2020 at 10:23 pm

    Alhe Aivin aa eku zoya male’ gendheyy Bala🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 btw mi part ves Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️ ma sha Allah ❤️🥀❤️🥀❤️🥀❤️🥀❤️🥀❤️
    Curiously waiting waiting for the next part 🥀❤️🥀❤️🥀❤️🥀❤️🥀❤️🥀❤️🥀❤️🥀❤️🥀 love you wonder ❤️❤️ take care ❤️❤️
    ❤️❤️❤️Stay home and stay safe ❤️❤️❤️

  9. 🖤BLACK PINK🖤

    October 22, 2020 at 7:08 am

    When next dear..♥️♥️♥️
    Curiously waiting..♥️♥️♥️
    Hope will come soon..♥️♥️♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

Comments are closed.