Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-19

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
October 15, 2020 5 Mins Read
37 Comments

ކަށުކަމާކެމީގެ ކަންތައް ކުރިއަށް ދިޔަ އިރުވެސް ޒޯޔާ ހަމައަކަށް ނޭޅެއެވެ. ރުއިން ހުއްޓިފައިވީ ނަމަވެސް މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. ނަޔާގެ ގައިގާ ލެނގިލައިގެން ހުރި އިރު ދޭތެރެއަކުން ޒޯޔާ ނޭފަތް ދަމާލައެވެ.

ކަށު ނަމާދުގައި ޒޯޔާއާއި ނަޔާގެ އިތުރުން އައިވިން ވެސް ބައިވެރި ވިއެވެ. މަންމަގެ ފުރާނައަށް ރަޙްމަތް ލައްވާ ޖަންނަތުލް ފިރްދަޢުސް ދެއްވުން އެދި ޒޯޔާ ދުޢާކުރިއެވެ. އޭނާގެ ރުއިމުގެ ސަބަބުން އެމަންމަގެ ފުރާނައަށް ބުރަކަމެއް ލިބޭކަށް އޭނާ ނޭދެއެވެ. އެހެނަސް ދެން އެދެލޮލަށް ލޯބިވާ މަންމަގެ ސޫރަވެސް ނުފެންނާނެކަން އެނގުންވުމުން ޒޯޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ނީރާލައެވެ.

ވަޅުލުމަށްޓަކައި ސަޙަރާއަށް ސޯބިރާ ގެންދެވުނު ވަޤުތު ޒޯޔާ ވަރަށް ރުޔެވެ. މަންމަ ނުގެންދާށޭ ކިޔާ އެތައް ފަހަރަކު އާދޭސް ކުރިއެވެ. ސަންދޯއް ގެންދެވޭ ދިމާއަށް ބަލަން ހުރި ޒޯޔާ ހީވީ ކުދިކުދިވެގެން ތިރިޔަށް ފޭބިހެންނެވެ. އެމަންޒަރު ފެނުނު މީހެއްގެ ވެސް ހިތެއް އޮތިއްޔާ އަސަރު ކުރާނެކަން ޤައިމެވެ.

ޒޯޔާގެ ގިސްލުމުގެ އަޑުން އައިވިންގެ ހިތް ތޮރުފަމުން ދިޔައެވެ. ނޭނގި ހުއްޓާ އޭނާގެ ދެލޯވެސް ފެންކަޅި ވެއްޖެއެވެ. ޒޯޔާއަށް ޓަކައި އޭނާއަށް ކޮށްދެވޭނެ ކަމެއް ނެތުމުން އެހިތަށް އިތުރު ވޭނެއް ލިބެމުން ދިޔައެވެ. ނޫންނަމަ މިދުވަސް ޒޯޔާ އަށް ނުދައްކަވާ ދުނިޔެ ނުއަތު ބުރަށް އެނބުރުވޭނަމަ އެކަންވެސް އޭނާ ކުރީހެވެ.

ސޯބިރާ ވަޅުލުމަށްފަހު ސަޙަރާއިން ނިކުން އައިވިން ބަލައިލީ ޒޯޔާއާއެކު ހުރި ނަޔާއަށެވެ. ވަށައިގެން ނަޒަރު ހިންގަމުން ދިޔައިރުވެސް ޒަފަރް އޭނާގެ ލޮލަކު އަޅައެއް ނުޤަތެވެ. އައިވިން އަށް އޭނާގެ ދަތްކުނޑި ވިކާލެވުނީ ޒަފަރްގެ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތުމުންނެވެ. ކޮންމެ ގޮތެއްވިޔަސް ސޯބިރާއަކީ ޒަފަރްގެ މަންމަގެ ދަރަޖައިގާ ހުރި މީހެކެވެ. މަންމަގެ ޖަނާޒައިގާ ބައިވެރިނުވި މީހެއްގެ އޮންނާނީ ކޮން ހިތެއްހެއްޔެވެ؟

އައިވިން ނަޔާގެ ފޯނަށް މެސެޖެއް ފޮނުވާލިއެވެ. ޒޯޔާއަށް އަޑުނީވޭނެ ގޮތަށް އޭނާވާހަކައެއް ބުނަން ބޭނުން ވުމުންނެވެ. ނަޔާއަށް އިޝާރާތް ކޮށްލަމުން އައިވިން އެދުނީ ފޯނު ބެލުމަށެވެ. އެތަން ފެނުނު ނަޔާ ފޯނު ހުޅުވާލުމަށްފަހު އައިވިން ފޮނުވި މެސެޖު ކިޔާލިއެވެ. އަދި އަވަސް އަވަހަށް އައިވިން އަށް ބަލާލަމުން ބޯ ޖަހާލީ ކަމަކަށް އެއްބަސްވާ ފަދައިންނެވެ.

މަޑު ހިނގުމެއްގައި ޒޯޔާ ގޮވައިގެން ނަޔާއާއި އައިވިން ގޭކައިރިއަށް އައެވެ. ދެމެދަށް ވެރިވެފައިވާ ހިމޭންކަމާއެކު އައިވިން އަށް އިރުކޮޅު ކޮޅާ ޒޯޔާއަށް ބަލާލެވެއެވެ. ގެއާ ހަމައަށް އާދެވުމާއެކު ޒޯޔާ ހިނގައިގަތީ އެތެރެއަށް ވަނުމަށެވެ. އެވަޤުތު އައިވިން އަވަސް ނަޒަރެއް ނަޔާއަށް ދިނެވެ.

“ނަޔާ..ޓޭކް ކެއަރ އޮފް ހަރ އިނގޭ.. ކަމެއް ގޯސްވެއްޖިއްޔާ އަހަންނަށް ގުޅާތި..” އައިވިންގެ މޫނުމަތިން އޭނާ ޒޯޔާއާ މެދު ހާސްވެފައި ހުރި މިންވަރު ސާފުކޮށް ފެންނަމުން ދިޔައެވެ. ނަޔާ އެންމެ ރަނގަޅު ކަމަށް ބުނުމަށްފަހު އަވަހަށް ޒޯޔާގެ ފަހަތުން ހިނގައިގަތެވެ. ދެމީހުން ގެއަަށް ވަންނަންދެން އައިވިން ބަލަހައްޓައިގެން ހުއްޓެވެ. އުދާސް ކަމުގެ ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު އައިވިން ހިނގައިގަތީ ގެސްޓް ހައުސް އާ ދިމާއަށެވެ.

އެޕާޓްމެންޓަށް ވަދެވުމާއެކު ޒޯޔާ މިސްރާބު ޖެހީ ކޮޓަރިއަށް ދާށެވެ. ކޮޓަރި ހުޅުވާލުމަށްފަހު އައި ގޮތަށް އައިސް ޒޯޔާ އޮށޯވެލީ އެނދުގައެވެ. ދިރުމެއްނެތް މީހެއްފަދައިން ސީލިންގަށް ނަޒަރު ހުއްޓާލައިގެން ޒޯޔާ އޮތެވެ.

ޒޯޔާގެ ހަރަކާތްތަކަށް ބަލަން ދޮރުކުރިމަތީގައި ހުރި ނަޔާ ފުންނޭވާއެއް ދޫކޮށްލަމުުން އައިސް އެނދުގެ މަގަތުގައި އިށީނެވެ.

“ޒޯ ހިނގާ އެއްޗެއް ކާލަން… ހެނދުނު ކޭގޮތަށް އެއްޗެއް ނުކައެންނު ތިހުރީ… މިހާރު ގައިގަ އެއްވެސް ހަކަތައެއް ނުހުންނާނެ…” ޒޯޔާގެ ބޮލުގައި ފިރުމާލަމުން މަންމަ އަކު ދަރިއަކަށް ނަސޭހަތް ދޭފަދައިން ނަޔާ ބުނެލިއެވެ. އައިވިން އޭނާއަށް މެސެޖުކޮށް އެދުނީވެސް އެކަމަށެވެ. ޒޯޔާ އަށް އެއްޗެއްކާންދީ އޭނާއާއެކު ވަޤުތު ކޮޅަކު މަޑުކޮށްލަ ދިނުމަށެވެ.

ޒޯޔާގެ ފަރާތުން ވަކި ޖަވާބެއް ނުލިބުނެވެ. އެހެންކަމުން ނަޔާ ބަދިގެއަށް ވަދެ އައީ ޖޫސް ތައްޓަކާއި ސޭންޑް ވިޗެއް ތައްޔާރު ކޮށްގެންނެވެ. އެނދުގެ ކަނާއަތް ފަރާތުގައި ހުރި ތިރީ ކަބަޑު މަތީ ތަށިތައް ބެހެއްޓުމަށްފަހު ނަޔާ ޒޯޔާއާ ކުރިމަތިލިއެވެ.

“ޒޯ..މިއައީ ކާއެއްޗެއްވެސް ހިފައިގެން..ދެން ތެދުވޭ..” ޒޯޔާގެ ކޮނޑުގައި ހިފާލާ އޭނާ އެނދުން ނެގޭތޯ ނަޔާ މަސައްކަތްކުރިއެވެ.

“އަހަރެން…ކާހިތެއް…ނެތް..” ޒޯޔާ މަޑު މަޑުން ބުނެލިއެވެ. އޭރުވެސް އޭނާގެ އަޑުވަނީ ކުރެހިފައެވެ.

“ޒޯ ތިހެން ކަންތައްކުރާކަން އެނގިއްޖިއްޔާ ސޯބިރައްތަ ކިހާ ދެރަވާނެ.. ސޯބިރައްތަ އަބަދުވެސް ކިޔާނެ ޒޯ މަދުން ކާވާހަކަ.. މާ ބޮޑަށް ހިކޭވާހަކަ..” ނަޔާގެ ވާހަކަ އާއެކު ޒޯޔާގެ ދެލޯ އަނެއްކާވެސް ފެންކަޅިވެގެން ދިޔައެވެ.

“ދެން ނުރޮއެ ޒޯ..ޒޯ މަންމަވެސް ޒޯ ރޯކަށް ބޭނުމެއް ނުވާނެކަން ޔަޤީން.. އަނެއްކާ ޒޯ ރޮންޏާ ބޭބީވެސް ދެރަވާނެ.. އެޓްލީސްޓް ބޭބީއަށް ޓަކައިވެސް ތެދުވޭ އެއްޗެއް ކާލަން…” ނަޔާ އާދޭސްކުރާ ފަދައިން ބުނެލިއެވެ. މިފަހަރު ޒޯޔާ ދެކޮޅު ހަދާކަށް މަސައްކަތެއް ނުކުރެއެވެ. ނަޔާ ދެއްކި ވާހަކަތައް އޭނާއަށްވެސް ޤަބޫލު ކުރެވުނީ ކަންނޭނގެއެވެ. ނަޔާގެ އެހީއާއެކު އެނދުން ތެދުވެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލަމުން މީހާ ސީދާވެލިއެވެ.

“ނަޔޫ ވެސް އެއްޗެއް ނުކައެންނު ތިއުޅެނީ..” ނަޔާ ދިއްކޮށްލި ތަށީގައި ހިފަމުން ޒޯޔާ ނަޔާއަށް ބަލައިލިއެވެ. ނަޔާ އަށް ހިނިތުންވެލެވުނީ އެކުވެެރިޔާގެ އަޑުން ތަންކޮޅެއް ހަމަޖެހިފައި ހުރިކަން ފާހަގަ ކުރެވުނީމައެވެ.

“ޒޯ އެކަމާ ނުވިސްނާ… އެނގެ އެންނު އަހަންނަށް ދެއިރު ހަމައަށްވެސް ނުކައި ނުހުރެވޭނެކަން.. ގެއަށް ގޮސް އަހަރެން ކާނަމޭ..” ނަޔާ އެދުނީ އޭނާއާ މެދު ޒޯޔާ ހާސްނުވުމަށެވެ.
ފަނޑު ހިނިތުންވުމެއް ނަޔާއަށް ރައްދުކުރުމަށްފަހު ޒޯޔާ ޖޫސްތަށީގައި ތުންޖެހިއެވެެ.

ފެންވަރާލައިގެން އެނދަށް ވެއްޓި އޮތް އައިވިން ހަމަޖެހެވޭގޮތެއް ނުވިއެވެ. އިރުކޮޅަކާ އޭނާ އެނދުގައި އޮށޯވެ އޮތް ކޮޅު ބަދަލުކޮށް އަނެއްފަރާތަށް އެނބުރިލައެވެ. އެގޮތުގައިވެސް އައިވިން އަށް އޮވެވެނީ ދެތިން މިނެޓުއެވެ. އޭނާގެ ހަމަޖެހުން ގެއްލިފައިވަނީ ޒޯޔާގެ ސަބަބުންނެވެ. އިރުކޮޅަކު އެގޮތުގައި އޮތުމަށްފަހު އައިވިން ތެދުވެ އެނދުގެ ހެޑްބޯޑުގަޑުގައި ލެނގިލިއެވެ. ފޯނު ނަގަމުން ނަޔާއަށް މެސެޖު ކޮށްލީ ޒޯޔާގެ ހާލު އެނގެން އެހިތް އެދި ގޮވަމުން ދިޔަ ވަރުންނެވެ. އިރުކޮޅެއް ނުވެ ފޯނު ދިއްލިގެން ދިޔުމާއެކު އައިވިން އަވަސް އަވަހަށް ފޯނު ބަލައިލިއެވެ. އޭރު ނަޔާ އައިވިންގެ މެސެޖަށް ރައްދު ދީފައިވެއެވެ. ޒޯޔާ ކައިގެން މިހާރުވީ ފެންވަރަން ވަދެ ކަމަށް ބުނުމުން އައިވިންގެ ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބިގެންދިޔައެވެ. ހެޑްބޯޑުގައި ފުއްކިބަ ޖައްސާލަމުން އައިވިން އޭނާގެ ދެލޯ މަރާލިއެވެ.

“ޒޯޔާ…ދެން ދުވަހަކުވެސް އެގޮތަށް ނުރޯތި.. އަހަންނަކަށް.. އަހަންނަކަށް ކެތެއް ނުވާނެ ޒޯޔާ އެގޮތަށް ރޯތަން ބަލާކަށް..” ދެލޯ މަރާލައިގެން އިން އައިވިން އޭނާގެ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އޭނާގެ ޚިޔާލީ ސްކްރީނުގައި ކުލަ ވަމުން ދިޔައީ ޒޯޔާ ގިސްލަމުން ދިޔަ މަންޒަރެވެ. އައިވިން އަށް އޭނާގެ މޭގައި އަތްޖައްސާލެވުނީ އެހަނދާންތަކުންވެސް އެހިތަށް އަސަރު ކުރަމުން ދިޔައީތީއެވެ.
******

ޒޯޔާ ނިދަން އަރާ އޮށޯތުމުން ނަޔާ އިރުކޮޅަކު ޒޯޔާގެ ކައިރީ އެނދުގައި މަޑުކޮށްލިއެވެ. ޒޯޔާއަށް ފަސޭޙަ ކޮށްލުމަށްޓަކައި ގޭތެރެ ކުނި ކަހާލާ ބަދިގެ ތެރެވެސް އޭނާ ސާފުކޮށްލިއެވެ. އެނބުރި އައިސް ޒޯޔާ ނިދާކޮޓަރި ހުޅުވާލި އިރު ކުރިންވެސް އޮތް ގޮތަށް ދޮރާ ފުރަގަސްދީގެން ޒޯޔާ އޮތެވެ. އިތުރަށް ޔަޤީން ކުރުމަށްޓަކައި ނަޔާ މަޑު މަޑުން ހިނގާލާފައި އައިސް ޒޯޔާގެ މޫނަށް ބަލައިލިއެވެ. ނިދާފައިކަން ޔަޤީން ނުވިނަމަވެސް ޒޯޔާ އޮތީ ދެލޯ މަރައިގެންނެވެ.

އިރުކޮޅަކު ޒޯޔާއަށް ބަލަން ހުރުމަށްފަހު ނިދާފަކަމަށް ނިންމަމުން ނަޔާ ކޮޓަރިން ނިކުމެ އޭނާގެ ފުރަގަހުން ދޮރު ލައްޕާލިއެވެ. ސިޓިންގްރޫމަށް ވެރިވެފައިވާ ހަމަހިމޭން ކަމުގެ ތެރޭގައި ނަޔާ އައިވިން އަށް މެސެޖު ކޮށްލީ ޒޯޔާ އޮށޯތުމުން އޭނާ އެނބުރި ގެއަށް ދަނީ ކަމުގައި ބުނެލުމަށެވެ. ފޯނުން ނަޒަރު ވަކިކޮށްލި ނަޔާ ދެފަރާތަށް ބޯހޫރުވާލި ޒަފަރް އަދިވެސް ގެޔަށް ނާންނާތީއެވެ. އޭނާ ޒޯޔާގެ ކައިރީ މަޑުކުރަން ބޭނުންވި ނަމަވެސް ދުވަސް އެއްކޮށް ގެެއަށް ނުވަދެ އުޅުމުގެ ސަބަބުން އޭނާގެ މަންމަ ގެއަށް އައުމަށް ވަނީ އަންގާފައެވެ. ނަޔާގެ އާއިލާގައި އޭނާގެ އިތުރުން ފަސް ބެއިން ތިބޭއިރު އެ އެންމެން މީހުނާ އިނދެގެން އުޅެނީ އެއްގެއެއްގައެވެ. އާއިލާގެ އެންމެ ހަޤު ކުއްޖާގެ ގޮތުގައި ނަޔާ ވީ އިރު އާއިލާގައި މީހަކާ ނީނދެ ހުރީ އޭނާ އެކަންޏެވެ. އާއިލާ ތެރޭގައި ދެބަސްވުމާއި ޒުވާބު ކުރުން ގިނަ އިރު އޭނާގެ މަންމަވެސް ހުންނަނީ ރުންކުރުވެފައެވެ. ޒަފަރް އާމެދު އޮތް ހިތްހަމަ ނުޖެހުން މޫނުމަތިން ހާމަކުރަމުން ނަޔާ ނިކުތީ މަންމަ އިތުރަށް ރުޅިއައުމުގެ ކުރިން ގެއަށް ދިއުމަށެވެ.
******

ދޮރުލެއްޕުނު އަޑު އިވުމާއެކު ޒޯޔާގެ އެސްފިޔަތައް ޙަރަކާތް ކޮށްލިއެވެ. އެހެނަސް އޭނާ ލޯ ހުޅުވާކަށް ގަސްތެއް ނުކުރެއެވެ. އެއޮތްގޮތަށް ޙަރަކާތެއް ނުގެނެސް އޮށޯވެގެން އޮތެވެ. އެހެނަސް އޭނާގެ ބޮލުގެ ތެރޭގައި އެތަކެއް ޚިޔާލެއް އެނބުރެމުންދިޔައެވެ. އޭނާގެ ދިރިއުޅުގެ ރާސްތާ ކުރިއަށް ގެންދާނެ ދިމާއެއް ނޭނގިފައިވާ ފަދައެވެ. ކޮންމެ ދިމާއެއްގައިވެސް ވީ އަނދިރިކަމާއި ނާމާން ކަމެވެ. އަޑިގުޑަން މަގެއްގައި ހިނގަމުން ދާއިރު އެއްފަހަރު ވެއްޓޭ ވަޅުގަނޑަށްވުރެ ދެން ވެއްޓޭ ވަޅުގަނޑު ފުނެވެ. އެހެނަސް އެ އަނދިރިކަމާއި ހިތްނުތަނަވަސް ކަމުގެ ތެރެއިން އޭނާގެ ޚިޔާލަށް ވެރިވީ އައިވިންއެވެ. ދުރުންނަމަވެސް އެ ބައްތީގެ އަލިކަން އޭނާގެ ޙަޔާތައް ކުޑަ ނަމަވެސް އަލިކަމެއް ދެމުން ދިޔައެވެ. އެ އަލި ކަމުގެ ތެރޭގައި ހިތްހަމަ ޖެހުމާއި ރައްކާތެރިކަން ވެއެވެ. ނަމަވެސް އޭނާގެ ދިރިއެޅުމަށް އެޅިފައިވާ ހިޔަނިތައް އެ ޢަލިކަމުގެ މައްޗަށް އަތްގަދަ ކުރަމުން ދާކަން ޔަޤީނެވެ. ޒޯޔާއަަށް އެގޮތުގައި އޮވެވުނީ ކިހާ އިރެއްވަންދެން ކަމެއްވެސް ނޭނގެއެވެ.ހުވަފެނެއް ކަމެއް ނުވަތަ ސިކުނޑީގައި ކުރެވެމުންދާ ޚިޔާލެއްކަމެއް ނޭނގި މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ ޖިފުޓިގަނޑެއް އުއްބަތިއެއްގެ ފަނޑު އަލިން އަލިވެގެން ދިޔަތަނެވެ. އެހެނަސް އުއްބައްތީގެ އަލިކަމުން އުފެދުނު ހިޔަނިތައް މުޅި ޖިފުޓި ގަނޑު ހިޞާރުކޮށްލިތަނެވެ.

ކުއްލިއަކަށް ޒޯޔާއަަށް ފުންމައިގެން ތެތެދުވެވުނީ މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. އަވަސްވެފައި ހުރި ނޭވާ ހަމައަކަށް އަޅުވަމުން ޒޯޔާ ކޮޓަރިތެރެއަށް ނަޒަރެއް ދިނެވެ. ކޮޓަރި ތެރެއަށް ވެރިވެފައިވީ ނިދާ ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިންވެސް ދެބޮމަ ގޮށްޖަހާލައިގެން ހުރި ޒަފަރްގެ މޫނު އޭނާއަކަަށް ނޯޅުނެވެ.

“ހަތަރު ދަމު ބޭރުގަ ތެޅި ތެޅިފަ އައިސް އަދި އެބައޮތެންނު ދެފައި ދަމައިގެން ނިދަން.. ކަލެއަކަށް ނޭނގޭތަ ގޭގަ ކަލޭ ކުރަން ޖެހޭ މަސައްކަތް ހުންނާނެ ކަމެއް..” ޒަފަރް އޭނާގެ އާންމު ރުޅިވެރި ރާގުގައި ޒޯޔާ އާ ދިމާއަށް އެއްޖެހި ގޮވައިގަތެވެ.”

“ޒަފަރް އަހަރެންގެ މަންމަ..” ޒޯޔާގެ އަޑު ބެދޭގޮތްވިއެވެ. އޭނާ ގެއަށް ނާންނަ ވާހާކަ ބުނި އިރު ޒޯޔާ އެއައީ އޭނާ އުފަންކުރި މައިމީހާ ވަޅުލާފައިކަން ޒަފަރް އަށް ހަމަ ނޭނގެނީބާވައެވެ.

“ކޮން މަންމަ އެކޭ ކިޔާކަށް.. ކަލެޔަށް ދެން ތިވަރު ވަންޏާ ސަހަރާގައި މަންމަ ކައިރި އޮތީމަ ވީނު.. ހަމަ ރަނގަޅަށް އެވީ.. ކަލޭގެ އާއިލާގެ ކޮންމެ މީހެއްގެ ވަކިވެ ދިޔުމާއެކު އަހަރެން އުފާކުރާނަން..” ޒަފަރް އޭނާގެ ދެލޯ ބޮޑުކޮށްލަމުން ތުންފަތައް ވިހަ ހިނިތުންވުމެއް ވެރިކުރުވިއެވެ. ޒަފަރް އަށް ބަލާލާ މީހަކަށް އޭނާ ވައްތަރުވާނީ ބުއްދި ގޯސްވެފައި ހުރި މީހަކާއެވެ. އެހެނަސް އެހުރިހާ ކަމަކަށްވުރެ ޒޯޔާގެ ހިތައް އަސަރު ކުރީ ޒަފަރް އެންމެ ފަހުން ބުނެލި ބަސްތަކެވެ. ހީވީ  މީިހަކު އޭނާގެ މޭކަށިގަނޑު ދެފަޅިއަށް ފޭކޮށްލުމަށްފަހު ހިތުގައި ހިފާ ދަމައިގެންހެންނެވެ. އަނގައިން ނިކުން މަޑު އާހަކާއެކު ޒޯޔާއަށް އޭނާގެ ދެލޯ މަރާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އާޒީން 3

Next

މި ހިތުން މަގާމޭ މި ދެނީ 2

Next
October 15, 2020

މި ހިތުން މަގާމޭ މި ދެނީ 2

Previews
October 15, 2020

އާޒީން 3

37 Comments!

  1. ZoayA says:
    October 15, 2020 at 2:27 pm

    Yayyyyy me firsttt???????????kiyaalaanamooooaaaaa

    1. ZoayA says:
      October 15, 2020 at 3:09 pm

      ސޯބިރައްތަ އަށް ހެޔޮ ދުއާ ސަލާމް ?????އަޅޭ އައިވިން ފަކީރުގެ ސުވާލުތަކަށް ޖަވާބު ނުލިބި އުޅެނީސް އެ ދައްތަ ނިޔާވީ… އައިވިން ކޮއްކޯ އުޅޭނެ ވޮންޑާ ކިޔާ މަންޖެ އެއް.. އެމަންޖެ ކައިރީގައި އަހަލީމަ އިނގިދާނެ އިސާހިތަކު ޒޯ އެ އަލް ޒަރާފާ އިބުނު ހައްކަޓޭ އާ މެރީ ކުރި ސަބަބު?އަސްލު މި ޒޯ ވެސް ވަރަށް ހޯދަން ބޭނުންވާ ކަމެއް އެއީ

      އަޅޭ ނަޔާ ފަކީރު ވެސް އުޅެނީ ވަކި ހަމަޖެހޭ ދިރިއުޅުމެއް ނޫން ދޯ?????????????????????

      ޒޯ ދަރިޔާ ހާސް ކަނޑާލާ ? އައިވިން، ނަޔާ، އެންޑް މި ޒޯޔާއިޒް ނިއާރ ޔޫ… ޑޯންޓް ވޮރީ…. ޒޯ އެހާ ގިނައިން ރޮންޏާ ވަންޏާ މަޖިލީސް މެމްބަރުންގެ ހިތް ވެސް އެއުޅޭ ބުރުމާ ގާސިމު ތޮރުފަޔޯލަ????ކިހާ ދެރަ އެހެންވަންޏާ?????އޭގެތެރޭގަ އެއްކަލަ ހޭންޑްސަމް ގައި ވެސް ހިމެނޭނެ?

      އޭ މިހިރަ ފެންނަ އަލް ޒަރާފާ އިބުނު ހައްކަޓޭ ?????? ކަލޯ ހިތުގަ ރަހުމޭ ހިމްދަރުދީއޭ އެކިޔާ އެތިވެސް ނެތީ އޮތަ؟މަށަކަށް ހިއެއްނުވޭ ކަލޯ ހިތުގަ ލޭ ނާރެއްހާ ހިސާބުވެސް އޮތް ހެނެއް????ކަޅު ލައް ޖަހާފަ ދޯ މިސޮރު ހިތުގަ ހުންނަނީ ??ޕިސް ކަޅު ރޮނގު ދަމާފަ ތޯއްޗެއް?އޭ ކަލޯ ދެން ޒޯޔާ ގައިގާ އިނގިލި ކުރި ކީއްކުރަން ނޭފަތް ކުރި ޖައްސާލިޔަސް ކަލޯ ބޯ ބާލާނަން… ޓުރިމަރަކުން ނޫނޭ… ކަރަންޓު ކީހުން…… އަދި އައިވިން އާ ދިމާލަށް ބުންޏެއްނު ޕަޕެޓުތަކެކޭ?????ކަލޮ އަކަށް ނޭންގޭ ދޯ ކަލޯ ތީ ހައިވާނެއް ކަމެއް?ކަޅު ރޮނގު ޖެހި ކަޅު ނަސްލުގެ ކަޅު އަލް ޒަރާފާ އިބުނު ހައްކަޓޭ ހަނދާންކުރާތި ދެން ޒޯޔާ އާ ދިމާލަށް ބަލައިލިޔަސް ދެލޯ ކޮނެލާ ނަން ???????

      އާޅޭޅޭޅޭޅޭ… މައި ދޫނީ??????????????ހާދަ މައްޗަކަށް އުދުހެން ފަށައިފި އޭ ދޯ??????ދޫނިގަނޑާ އައި މިސް ކަރޯ ދޫނިގަނޑު މަތިން ބޯ ކޮށް????????????????ހަމަ ހަމަ މުޖޭ ބޮހޮތް ބޮހޯތްތްތް ލޯބި ކަރްތާ ހޫންންންނން?????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

      ހަމަ ގޭގަ ތިބެންވީ އިނގޭ????އުދުހެންވެގެން ބޭރަށް ނުނިކުންނާތި ދޫނިގަނޑު ?????ދެންދޭ އަތާ އަނގަޔާ ފަޔާ ނޭފަތާ ދޮވެލަން އިނގޭ ލޯބީ…. ބާއީ.. އަދި އަންނާނަން ??????????????

      ??????????????????????????????????????????????????????❤️??????????????????????❣️???????❤️?????????ތިކުރާ ހިތް ވަރަށް މާއުކަން ????????????????????????????????????❣️❣️?❣️????❣️????????

    2. Wonder says:
      October 15, 2020 at 7:56 pm

      Subuhaanallah Zoayaaaa.. haadha bodu bodu comment ekeyy.. hehehe.. zafar aa dhimaa ah liyefa huri ehchehi kiyaafa wonder ah hama heveny??. I misa youuu too dhoonigandaa.. yess yess.. u too stay at hoomme. Hehe.. hurihaathaneh ves dhovelaanan ingeyy.. awwn.. awwn..thannks forr the flowers..loabiveyy?❤️❤️

    3. ZoayA says:
      October 15, 2020 at 3:16 pm

      އައްދޭ ހަމަ އެއްވެސް ނުޖެހޭ ދޯ?އައިވިން، ނަޔާ، އެންޑް މި ޒޯޔާއިޒް އިޒް ނިއާ ޔޫ އޯ… އާރ ނިއާ ޔޫ އިނގޭ*********************

      ދެން (ރޮންޏާ) އާ (މަޖިލީސް) އާ ދޭތެރޭ އެއިން ވަންޏާ އެއީ ނުފެންނަ އެއްޗެއް ކަމަށް ހަދާލާފަ ކިޔާލީމަ ހަމަ ޖެހޭނެ?

    4. Wonder says:
      October 15, 2020 at 7:59 pm

      Hehe.. hamajehifa eyy huryyy.. kuda kuda mistakes huttas wonder ah ingeyne kiyan?

    5. ZoayA says:
      October 15, 2020 at 3:19 pm

      ދެން އެންމެ ފުރަތަމަ ވެސް ދޫނިގަނޑު ކޮމެންޓު ސެކްށަން ބަލައިލިއިރު ޒޯޔާ ގެ ކޮމެންޓެއް ފެނުނީމަ ކުރެވޭ އިޙުސާސް ތަކަކަކީ ކޮބާތަ؟?

    6. Wonder says:
      October 16, 2020 at 2:25 am

      I was soo sooo happyy to seee yr comment zoayaa.. really missed ur sweet and funny commeents?❤️

    7. Wonder says:
      October 15, 2020 at 7:48 pm

      Yayyy..Zoa ah mifaharu first..hehe.. yes..let me know what u think❤️❤️

  2. ?Ril? says:
    October 15, 2020 at 2:47 pm

    Wow mi part ves vrh sali ❤️❤️❤️❤️❤️
    Masha Allah keep it up sisoo❤️❤️❤️❤️
    Vrh dera vehje Zoya Uley gothun lolun karuna ves eba Ahdeyy ????????????????
    Aleyyyy aivin haadha ragaleyyy he is so sweet❤️❤️❤️❤️??????????☺️☺️☺️❤️❤️❤️❤️❤️
    Suhbooo mee vareh ge soreh?????? balaaba Zoya Aaa dhimaala ehchehi kiyaavaru??????
    Keekey bunaaneee??????. Mihaaru Ril Mee Zoya nama gothe hedymus E zafar kaleyge ah ???????????????????????????
    Btw dhen oi bayah Waiting ingeyyyy sisooo???❤️❤️❤️
    Love uuu ❤️❤️❤️❤️?????
    Stay safe and take care ❤️❤️❤️❤️❤️?????

    1. Wonder says:
      October 15, 2020 at 7:49 pm

      Thank u soo much Ril. V ufaavejje mi bai ves kamudhiyaeema.. yess.. it’s sad dhw.. hehe.. zafar ah beynun gotheh hadhan Ril aaa havaalu ehen veema. Lymm dear. U too stay safe n tvgc❤️❤️

  3. ?Ril? says:
    October 15, 2020 at 2:49 pm

    Wow mi part ves vrh sali ❤️❤️❤️❤️❤️
    Masha Allah keep it up sisoo❤️❤️❤️❤️
    Vrh dera vehje Zoya Uley gothun lolun karuna ves eba Ahdeyy ????????????????
    Aleyyyy aivin haadha ragaleyyy he is so sweet❤️❤️❤️❤️??????????☺️☺️☺️❤️❤️❤️❤️❤️
    Suhbooo mee vareh ge soreh?????? balaaba Zoya Aaa dhimaala ehchehi kiyaavaru??????
    Keekey bunaaneee??????. Mihaaru Ril Mee Zoya nama gothe hedymus E zafar kaleyge ah ???????????????????????????
    Btw dhen oi bayah Waiting ingeyyyy sisooo???❤️❤️❤️
    Love uuu ❤️❤️❤️❤️?????
    Stay safe and take care ❤️❤️❤️❤️❤️?????
    އަޅޭ މި ކޮމެންޓު ޕަބްލިޝް ކޮއްދީބަ އެޑްމިން މީ ރިލް ހާދަ ހިއްވަރަކުން ލިޔުނު ކޮމެންޓު އެކޭ ޕްލީޒް ????????

    1. Wonder says:
      October 15, 2020 at 7:51 pm

      Hehe.. Ril dhn haas vaakah nujeheyne ey comment publish nuvegen.. mihaaru wonder ah approve dheveyne comments ah..so wonder pending ga hunna comments balaalaafa publish kohla dheynan ?❤️

    2. ?Ril? says:
      October 15, 2020 at 9:32 pm

      Hehehe
      Naseebeh thooche sis ah ehen hedeykan dhw
      Ekamku haadabaavarekey mihuree publish koh FAA heeehee halaaku vehje

    3. Wonder says:
      October 16, 2020 at 2:29 am

      Hahaha.. Ril kohfa hurihyaa huri comment eh ehery publish kohdheefa.?❤️

    4. ?Ril? says:
      October 16, 2020 at 9:58 am

      Heheheh sis ah saabas deyvaruvey hehehhe ????????????????

  4. ?Ril? says:
    October 15, 2020 at 3:15 pm

    Wow mi part ves vrh sali ❤️❤️❤️❤️❤️
    Masha Allah keep it up sisoo❤️❤️❤️❤️
    ރިލް ވަރަށް ދެރަ ވެއްޖެ ޒޯޔާ އުޅޭ ގޮތުން ހާދަ ހިތާމަ އެކޭ އެކޮއެ އެ ކުރަނީ ދޯ ސިސް. ހަމަ ރޮވޭ ވަރު ވޭ ޒޯޔާ އުޅޭ ގޮތުން ????????????????
    Aleyyyy aivin haadha ragaleyyy he is so sweet❤️❤️❤️❤️??????????☺️☺️☺️❤️❤️❤️❤️❤️
    Suhbooo mee vareh ge soreh?????? balaaba Zoya Aaa dhimaala ehchehi kiyaavaru??????
    Keekey bunaaneee??????. Mihaaru Ril Mee Zoya nama gothe hedymus E zafar kaleyge ah ??????
    އަޅޭ ޒަފަރް ހަމަ އިންސާނިއްޔަތުކަމެއް ވެސް ނެތީތައެ?????????????????????
    Btw dhen oi bayah Waiting ingeyyyy sisooo???❤️❤️❤️
    ސިސް ދެކެ ވަރަށް ލޯބިވާން އިނގޭ ❤️❤️❤️❤️?????
    ސްޓޭ ސޭފް އެން ޓޭކް ގުޑް ކެއާރ އިނގޭ ސިސޫ❤️❤️❤️❤️❤️?????
    އަޅޭ މި ކޮމެންޓު ޕަބްލިޝް ކޮއްދީބަ އެޑްމިން މީ ރިލް ހާދަ ހިއްވަރަކުން ލިޔުނު ކޮމެންޓު އެކޭ ޕްލީޒް ????????

  5. ?Ril? says:
    October 15, 2020 at 3:24 pm

    ވަރަށް ވަރަށް ވެސް ސަޅި މިބާ ވަރަށް ރީތި??????❤️❤️❤️❤️❤️
    މާޝާ ﷲ ކީޕް އިޓްއަޕް ސިސް. ތި ގޮތަކާ ކުރިއައް ދޭ އިނގޭ ސިސް❤️❤️❤️?????????????❤️❤️❤️❤️
    ރިލް ވަރަށް ދެރަ ވެއްޖެ ޒޯޔާ އުޅޭ ގޮތުން ހާދަ ހިތާމަ އެކޭ އެކޮއެ އެ ކުރަނީ ދޯ ސިސް. ހަމަ ރޮވޭ ވަރު ވޭ ޒޯޔާ އުޅޭ ގޮތުން ????????????????
    އަޅޭއައިވިން ހާދަ ރަނގަޅޭ އެސޮރު ވަރެއް ނެއް ހާދަ ސްވީޓް އޭ އައިވިން ހެހެހެހެހެހެހެ ❤️❤️❤️❤️??????????☺️☺️☺️❤️❤️❤️❤️❤️
    ޒަފަރްމީ ވަރެއްގެ ސޮރެއްކަން ސަހާދެއް ????? ބަލާބަލަ ޒޯޔާ އާ ދިމާއަށް އެއޮއް ކިޔާ އެއްޗެއް ޖަހާ އަނގަޔައް ވެލިފުރާ އަޅާ ތޯ މީ ޒަފަރް ގެ ވަރަށް ރުޅިގަދަ ވެއްޖެ ރިލް ????????
    ކީކޭ ދޯ ވަކި ބުނާނީ ވެސް ޕިސްޕިސް ??????މިހާރު ރިލް މީ ޒޯ ޔާ ނަމަ ސަހާދެއް ޒަފަރް އައްކުޅިއެއްދައްކާލާނަން ??????
    އަޅޭ ޒަފަރް ހަމަ އިންސާނިއްޔަތުކަމެއް ވެސް ނެތީތައެ?????????????????????
    ސިސް ޒަފަރް އަށް ވަރުގަދަ ކުޅިއެއްދައްކާލަބަލަ ނިކަން އެހެން ނޫނީ ލަޑެއްދީ އެސޮރައް?????????????????
    ދެން އޮއްބާ ގެ އިންތިޒާރުގައި އިނގޭ ރިލް މިހުރީ އަވަހަށް އަށް ކޮށްލަދޭއްޖޭ އިނގޭ ސިސޫ???❤️❤️❤️
    ސިސް ދެކެ ވަރަށް ލޯބިވާން އިނގޭ ❤️❤️❤️❤️?????
    ސްޓޭ ސޭފް އެން ޓޭކް ގުޑް ކެއާރ އިނގޭ ސިސޫ❤️❤️❤️❤️❤️?????

    1. ZoayA says:
      October 15, 2020 at 3:34 pm

      ދޯ މަންޖޭ????????މި ކޮއެ ވެސް މިހުންނަނީ ދަތް ގޯންޏަށް ދަތް އަޅާލަ އަޅާލާ???????އެ ޒަފަރެއްތޯ ޒަހަރެއްތޯ އެއްޗެއް ހަމަ އަތުގަ ޖެހޭ އިރަށް ދަތް ގޯނި އޮއްސާލާ ނަން ???????ކޮޔާ މަ ފަކީރު މިއުޅެނީ ރޯގާ ފޮޅަފޮޅާ ރުމާ ތައް ހުސް ވެގެން… މި ދޫނިގަނޑު ހަމަ ރޮއްވަނީ އޭ??????

    2. ?LamHaa? says:
      October 15, 2020 at 7:11 pm

      ލަމް އަތުގަ ތި ޒަފަރެއް އަތު ޖެހޭ ދުވަހު ނޮޅާ ކުދި ކުދި ކޮށްލާފަ ކަނޑު ފައްތާނީ.. ޒޯޔާ ލޯބިކޮޅަށް ހުސް ދެރަ ގޮތްތައް ވިއްޔަ ދިމާވަނީ މި ޒަފަރަކާ ހެދި.. ޒަފަރު ކިޔުމަށް ވުރެ ރަނގަޅު ވާނެ ޒަހަރު އެހެންނޫނީ ޒަރާފާ ކިޔަސް.. އިންސާނެއްގެ ސިފައިގަ ހުރި މިނިކާވަގެއް.. ޒޯޔާ ލޯބިކޮޅު އެ ޒަފަރު ކިބައިން އަވަހަށް ސަލާމަތް ވޭ

    3. Wonder says:
      October 16, 2020 at 2:32 am

      Hehe..btw nice names ingeyy? hama zafar ah kiyan feney. Let’s see dhw dhn kuriyah oithaa vaagotheh ves?❤️

  6. ?Ril? says:
    October 15, 2020 at 3:55 pm

    އާން ކޮޔާ ސަހާދެއް މަމިހުންނަމީ ވެލި ބަސްތާބަސްތާ ތައްޔާރުކޮށްގެން ޒަފަރްއެއް ގަންނަ ސޮރު އަތުޖެހޭއިރައް ކާންދީފާ ވެލި ބޯންދޭން ނޭފަތައްވެސް އަޅާނައް ހުރިހާތާކއްވެސްއަޅާނައް
    ޖައްބާރު ސޮރެއް އެއީ ސަހާދެއް???????????
    އެހެން ތެ ކޮޔާ މަދަންތެ މަގޭގެ ރުމާ ފެކްޓަރީ އިން ރުމާކޮޅެއްހިފާގެން ކޮޔާ ކާރިއައް މަދަން ތެ???
    ނުލާހިކު ކޮލެޓީރަނގަޅު ވާނެ އެރުމާގެ???
    އެއިން ބަޓަރުފޮހެފޮހެ ހުންނައް ޖެހޭނީ ހަޑިވެސް ނުވާނެ އެރުމަލެއް ???????

    1. ZoayA says:
      October 15, 2020 at 4:27 pm

      އައްދޯ ބަޓަރު ދަޅެއް ގަނެފައި އެ ޒަފަރޭ އަށް ކަން ދީ?????ހޫން މިހާރު ގޭގަ ނެއް ބަޓަރު ނެއް އެއްޗެއް?

    2. Anonymous says:
      October 15, 2020 at 5:25 pm

      ހެހެހެހެހެހެހެ އާން ކޮޔާ އައްސާ ބަހައްޓާފާ ބަޓަރު ކާން ދޭނީ މޮޔަވާވަރައް ދޯ ކިޔާ ????????????
      އެހެންދޯ މަމިނައްޓާލަނީ ރުމާ ހިފާގެން ކޮޔާކާރިއައް
      ?????????

    3. ?Ril? says:
      October 15, 2020 at 5:27 pm

      ކަލޭނޭ ކޮބާ ޓެސްޓު މަ ނަން އެ
      އެއީ ރިލް އިނގޭ
      ތިޔަ ނަން ދިޔަތަން ވެސް ހޯދަން ދާން ވެއްޖެ
      ކޮޔާއެބައަންނަ މަ ނަން ހޯދާ ލާގެން
      ???????????

    4. Wonder says:
      October 16, 2020 at 2:34 am

      HAHAHA.. Ril and. Zoaya ge comments kiyaafa wonder ah hama hevenyy mi.. ???.

    5. ?Ril? says:
      October 16, 2020 at 9:57 am

      Hehhehe
      Sis Ril ves mi cmnt kiyaafaa eba hevey heheeh ?????????????

  7. KIMSAMUEL says:
    October 15, 2020 at 7:10 pm

    Alheyyyyyyyy ????. Innna lillah vainnna ilaihi raajioon ? Soabiraa dhahtha maruvyy ey. Oh noooooo. I feel sad for zoya ? Anyway this is my first time commenting on this story. So heartbreaking. Zoya fakeeru Alhe hithaama kuraane varu thasahvaru ves nukurevey ? Mind blowing ?… Gives a good moral too ? Most of all I would like to stay please make aivin rescue zoya once and for all ? And bring that evil zafar’s end ? Oh my gosh ?? This part made me cry so hard. ? Stay safe and secure everyone Much love ❤️

    1. Wonder says:
      October 16, 2020 at 2:28 am

      Ohh thanks KIMSAMUEL. soo happy to c a comment from u for the first time.. yes.. it’s really sad right. Let’s see what happens next dhw.. and how things will turn.. u too stay safe n lym?❤️

  8. ?LamHaa? says:
    October 15, 2020 at 7:14 pm

    Wow maasha allah v reethi mi part vx sisoo.. Hama best
    Aivin gadu ???hamdharudheege kanfulheh vx Neiy
    Stay safe n Tc sisoo
    Lyyysssmmm

    1. Wonder says:
      October 16, 2020 at 2:31 am

      Thank u soo much LamHaa. V ufaavejje mi baives dear ah kamudhiyaeema.. Dear u were gonna say zafar dhw? Aivin ey bunefa inyma mi ahaaly..hehe. yeah.. he’s soo bad dhw. U too b safe n tvgc.. lymmm?❤️

  9. ?Ril? says:
    October 15, 2020 at 7:50 pm

    Omg Ril ge kuri cmnt tha ehuree mihaaru publish vefaa
    Sis srry

  10. Maany says:
    October 16, 2020 at 8:05 am

    Wow mi part vx varah reethi sis masha Allah zoya ulheegothun nuroeh nukurevee hama ???mi zafar haadha nulafaee dhw???
    Waiting for the next
    Luv uuu so so much ❤️❤️❤️

    1. Wonder says:
      October 17, 2020 at 1:32 pm

      Thank u so much Maany.. v ufaavejje mi bai ves dear ah kamudhiyaeema.. yess dhw.. zafar is too much.. In sha Allah next part avahah up kohleveythoa try kuraanan.. lymm dear?❤️

  11. Livy says:
    October 16, 2020 at 1:14 pm

    Zafar Gandakah neyngeyne Buney nubuney ehcheh ves???????????? haadha foossei veyy ????????? btw mi ves Varah Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ma sha Allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ curiously waiting waiting for the next part ❤️❤️❤️❤️❤️❤️ love you wonder ❤️❤️❤️❤️❤️ Take care ❤️❤️❤️❤️ Stay home and stay safe ❤️❤️❤️❤️❤️❤️❤️❤️

    1. Wonder says:
      October 17, 2020 at 1:33 pm

      Thank u soo much Livyy.. yeah dhww.. zafar moyavefa ehery hama. V ufaavejje mi bai ves dear ah kamudhiyaeema.. lymm dear.. u too tvgc n stay safe?❤️

  12. Aru says:
    October 18, 2020 at 12:33 pm

    Vrh salhi
    ragalhah ebuni zahar nooni zaraafaa kiyan v
    Vhk Vrh salhi can’t wait for nxt
    Love u stay safe

  13. Rani says:
    October 19, 2020 at 8:15 pm

    Hii… Rani cmmnt nukuriyass Mi stry kiyamey ingy…… Ekm Hama mibai kiyaafa eulhey safari aku ulhey gothun ehcheh nubune nuhurevuny…. Ekamah zafar ah kulhidhahkaalahchey…. And this part vx ausome…. ❤️❤️❤️❤️❤️tc . Be safe…

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-20←


All Right Reserved!