Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-21

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
October 23, 2020 6 Mins Read
21 Comments

ޒޯޔާއަށް އައިވިން ބުނި ވާހަކަ ފަޙުމް ވާގޮތެއް ނުވިއެވެ. އައިވިން އާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީ އެފަދަ ގޮތަކަށެވެ.

“އަހަރެން ޒޯޔާ އާއި ޒޯޔާގެ ދަރިފުޅު ބަލަހައްޓާނަން.. ތިދެމައިންނަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..” އައިވިންގެ ދެލޮލުންވެސް އޭނާގެ ބަހުގައިވާ އިތުބާރު ފާޅުވަމުން ދިޔައެވެ. އަމިއްލަ ހިތުގެ ހާލަތު ޒޯޔާގެ ކުރިމަތީ ސާފު ސީދާކޮށް ބަންޑުންކޮށް ނުކުޅެދުނު ނަމަވެސް އެހިތުގެ އެދުން އައިވިން ހާމަކުރެއެވެ. ޒޯޔާއާ މެދު ހިތުގައި އުފެދިފައިވާ އިޙްސާސްތައް ބުނަން އައިވިން ޖެހިލުންވަނީ ޒޯޔާގެ ހިތުގައި ވަނީ ކީކޭކަން ނޭނގޭތީއެވެ. އޭނާގެ އެދުމަށް ޒޯޔާ ދޭނެ ޖަވާބަކަށް ކެތްމަދުވެފައިވީ އެކަމުން ޒޯޔާގެ ހިތުގައިވާ އިޙްސާސްތަކުގެ ކުޑަ މިންވަރެއްވެސް އިނގިދާނެކަމަށް އައިވިން ޤަބޫލު ކުރާތީއެވެ.

“އައިވިން އަށް ތި ދެއްކޭ ވާހަކައެއް އެބަ އެނގޭތަ..؟” ޒޯޔާއަށް އަދިވެސް ޤަބޫލު ކުރަން އުނދަގޫވިއެވެ. އަނެއްކާ އައިވިންގެ ސިކުނޑިއަށް ނުބައި އަސަރެއް ކޮށްފައިވަނީހެއްޔެވެ؟

” އަހަންނަށް އެނގެޔޭ އަހަރެން މިދައްކާ ވާހަކަ.. ޒޯޔާ ތިއުޅެނީ އުފަލުގަ ނޫންކަންވެސް އަހަންނަށް އެނގޭ.. ޒޯޔާ ބޭނުންނަމަ ޒަފަރް ކައިރިން ވަރި ވެވޭނެ ގޮތް އަހަރެން ހަމަޖައްސާނަން.. ހުރިހާ ކަމެއް ސިއްރުކޮށްގެން ލިބޭ އަނިޔާތަކަށް ކެތްކޮށްގެން ޒޯޔާ ހުންނާނީ ކިހާދުވަހެއް ވަންދެންތަ؟ ޔޫ ޑިޒަރވްް މޯ ދެން ދެޓް..” އައިވިން އާދޭހާއެކު ވާހަކަ ދައްކަމުން ދިޔައިރު އެ އަޑުގައިވަނީ ޒޯޔާއަށް ކަމެއް ވިސްނަދޭން މަސައްކަތް ކުރާ ކަމުގެ އަސަރުތަކެވެ. އޭނާގެ ނަފްސު ކެތްތެރި ކަމުން ކޮޅުން ލުމުގެ ކުރިން ޒޯޔާ އޭނާގެ ބަދުނަސީބުކަމުން ސަލާމަތް ކޮށްދެން އައިވިން ބޭނުންވެއެވެ. އައިވިން އާއެކު ޒޯޔާ ހުރުމަށް އެހިތް އެދެމުން ދިޔައީ ކެތްނުކުރެވޭ ދަރަޖައަކަށެވެ. ޒޯޔާ އާ ނުލާ އޭނާ މާލެ ގޮއްސި ނަމަ އޭނާގެ ދިރިއުޅުން ވޭނަކަށް ވާނޭކަން ޔަޤީނެވެ. އޭނާ ޒޯޔާއާ ވަކިވާކަށް ނޭދެއެވެ.

“ނޫން ނޫން އައިވިން.. އަހަރެން.. އަހަރެންގެ އަމިއްލަ ޙާލަށް ދޫކޮށްލާ.. އަހަރެންނަަށް އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދެވޭނެ.. އައިވިންގެ އެހީތެރި ކަމެއްް އަހަރެން ބޭނުމެއްނޫން.. އަހަރެން އެދެނީވެސް އައިވިން އަހަންނާމެދު ވިސްނާ ނަފްސުގެ ހަމަޖެހުން ނަގާނުލުން.. ކޮންމެ މީހަކަށްވެސް އިމްތިޙާން ތައް ކުރިމަތި ވާނެ.. އަހަރެން އަހަންނަށް ލިބުނު މިންވަރަށް ޝުކުރު ކުރާނަން..” ޒޯޔާ އަވަސް އަވަހަށް އައިވިން އާ ފަހަތަށް އެނބުރި ބުނެލިއެވެ. އޭނާގެ ދެއަތް ދެއަތާ މޮޑެމުން ދިޔައިރު ޒޯޔާ ވަނީ ހާސްވެފައެވެ. އައިވިން އާ ޒަފަރް އާ ދެމެދު ގަދަ ހިފުމަކަށް ދާކަށް އޭނާ ބޭނުމެއްނުވެއެވެ. މޮޅުވާނީ ޒަފަރްގެ ކޮޅު ކަމުގައި އަބަދުވެސް ޤަބޫލު ކުރެވޭތީއެވެ. އަނެއްކޮޅުން އައިވިންގެ ހިތުގައި އޭނާއާމެދު ވަނީ ހަމްދަރުދީ ކަމުގައި ޒޯޔާ ޤަބޫލު ކުރިއެވެ. އެފަދަ އިޙްސާސެއްގެ މައްޗަށް ޒޯޔާ އޭނާގެ ހިތް ދީލާލާކަށް ބޭނުމެއް ނޫނެވެ.

“ޒޯޔާ ކީއްވެތަ ނުވިސްނެނީ.. ތިބުނާ ޝުކުރު ވެރިވުމަކީ ލިބޭހާ އަނިޔާއަކާ ވޭނެއް ފޮރުވައިގެން ހަނުހުރުންތަ..؟ އަމިއްލަ ދިރިއުޅުން އަޑިގުޑަން ގަނޑަކަށް ވެއްޓުމުން އޭގެ މާނައަކީ ދެއަތް އުރާލާފަ އެތާ ޖެހުނު ހާލަށް ޝުކުރުވެރި ވެލައިގެން އޮތުމެއް ނޫނެންނު.. އެ އަޑި ގުޑަން ގަނޑުން އެރުމަށް މަސައްކަތް ކޮށް އުފާވެރި ކަމަށް މިސްރާބު ޖެހުމެންނު ބުއްދިވެރި ގޮތަކީ..” އައިވިންގެ ވާހަކަތައް އަޑު އަހަން ހުރި ޒޯޔާއަށް ދެލޯ މަރާލެވުނެވެ. ހުދު އޭނާއަކަށްވެސް ކަންތައްކުރަންވީ ރަނގަޅު ގޮތެއް ނޭނގެއެވެ. އެހެނަސް އޭނާ ޖެހިލުންވަނީއެވެ. އެތައް ސަބަބު ތަކަކައްޓަކައެވެ.

“ޒޯ..” މޫދުން އަރައިގެން އައި ނަޔާ ޒޯޔާއަށް ގޮވާލަމުން އެދިމާއަށް އައެވެ.

“އަނެއްކާ މާލަސްވެއްޖެތަ..؟ ގަޑިތަކުން ވީ ކިހާއިރެއްތަ..؟” ނަޔާއައިސް ޒޯޔާގެ ކައިރީ ހުއްޓެމުން ސޮސެޖެއް ނަގާ ކާން ފެށިއެވެ. އޭނާއަށް އައިވިން އާއި ޒޯޔާއާ ދެމެދު ވީކަންތަކުގެ ހިލަމެއްވެސް ނުވެއެވެ.

“ލަހެއް ނުވެއޭ.. ދޭއްޖެހީ ގަޑިން..” ޒޯޔާ ނުތަނަވަސްކަން ފޮރުވާލަމުން ގަދަކަމުން ތުންފަތައް ހިނިތުންވުމެއް ވެރިކުރުވިއެވެ.

ތަށިތައް ހިފައިގެން ނަޔާއާއެކު ހިނގައިގަންނަމުން ޒޯޔާ އައިވިންއަށް ނަޒަރު ހިންގާލިއެވެ. އައިވިން އަށް ބަލާލުމާއެކު ޒޯޔާގެ ހިތައް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ. އައިވިން ޒޯޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު އެދެލޮލުގައި އެތައް އިޙްސާސެއް ފޮރުވިފައިވާ ފަދައެވެ. އޭނާގެ ހިތުގައިވާ އާދޭހާއި ހިތާމައާއި ޝަކުވާ ކަނޑެއްފަދަ އެދެލޮލަށް ބަލާލި މީހަކަށް ތަސައްވަރު ވާނޭކަން ގައިމެވެ.

****

ފެންވަރާލައިގެން އައިސް އެނދުގައި ޒޯޔާ އޮށޯވެލިއެވެ. އޭނާގެ ސިކުނޑިއަށް ބަރުވެފައިވަނީ އައިވިން ދެއްކި ވާހަކަ ތަކުންނެވެ. އެދަޢުވަތު ޤަބޫލު ކުރުމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔަނަމަވެސް އޭގެ ފަހުގައި ބޯމަތިވެދާނެ ކޮޅިގަނޑަކާ މެދު އޭނާގެ ނަފްސު ވަނީ ހާސްކަމެއްގެ ތެރޭގައެވެ.

ވިސްނުމުގައި އޮތް ޒޯޔާއަށް ސިހުންގެނުވީ އެޕާޓްމެންޓުގެ މައިދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އަވަސް އަވަހަށް އެނދުންް ތެދުވެގެން ކޮޓަރިން ނިކުންނަން އޭނާ ހިނގައިގަތެވެ.

ކޮޓަރިން ނިކުން ޒޯޔާއަށް ގޭތެރެއަށް ވަދެގެން އަންނަ ޒަފަރް ލޮލުގައި އަޅައިގަތެވެ.

“ކާން ތައްޔާރު ކުރަންވީތަ..؟” ޒޯޔާ ޒަފަރް އަށް ނުބަލަން ވެގެން އިސްޖަހާލައިގެން ހުރެ އެއްސެވެ.

“ތަނެއްގަ ބަކަ ޖަހަ ޖަހާފަ ގަންނަ ގަނޑެއް ގަނެގެން އައިސް ކީއްކުރަން ކާން ހަދަންހޭ ތިއަހަނީ… އަދިވެސް މަޖާ ނަގަން ތަންތަނަށް ދާންވީނު ތިމާ ވަރުގެ މީހެއް ނެތިގެން..”

ޒަފަރް އޭނާގެ ނުރުޙުމުގެ ބަސްތައް ޒޯޔާ އާ ޢަމާޒު ކޮށްލިއެވެ. ނަޔާ ބުނުމުން ފާޅުގައި ދެކޮޅު ހަދަން ޒަފަރް ބޭނުން ނުވީއެވެ. އެހެނަސް އޭނާ ހުރީ ޒޯޔާ ބޭރަށް ދިއުމުން ހިތްހަަމަ ނުޖެހިފައެވެ.

ޒޯޔާއަށް އިސްޖަހައިގެން ހުރެ ހިންދިރުވާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. ޒަފަރް ޒޯޔާގެ ފަހަތުން އަޅާފައި ގޮސް ކޮޓަރިއަށްް ވަދެ ދޮރުލެއްޕި އަޑު އިވިގެން ދިޔައެވެ.

ރޭގަނޑު ފާއިތުވެގެން ގޮސް އާދުވަހަކަށް އިރު އަރައިގެން އައި އިރު އައިވިން އާއި ޒޯޔާގެ ހިތުގައިވަނީ ބޮޑު ހައިޖާނު ގަނޑެއް އުފެދިފައެވެ. ދެހިތުގެ ހަމަޖެހުންވެސް ގެއްލިފައިވާ ފަދައެވެ.

ފޮއްޓަށް ފަހަރަކު އެއްޗެއް އަޅަމުން ދިޔަ އައިވިންގެ މޫނުމަތިން އެކަމާ ގަޔާނުވެފައި އިންކަން ފާޅުވޭވޭ ހުއްޓެވެ. އިޙްސާސްތައް ނުހިފެހެއްޓިގެން އަތުގައި އޮތް ޓީ ޝާޓު އެނދު މައްޗަށް ހޫރާލިއެވެ. ދެއަތުންް ބޮލުގައި ހިފަހައްޓައިގެން ހުރެ ފުންނޭވާތަކެއް ލަމުން ދިޔަ އައިވިން އޭނާގެ ނަފްސު ހަމައަކަށް އެޅުވުމަށް މަސައްކަތްކުރަމުން ދިޔައެވެ.

“އަހަރެން ކިހިނެއްތަ ޒޯޔާ އަށް ވިސްނާ ދޭނީ.. ހަމަ އެންމެ ފަހަރަކު ނަމަވެސް.. ކުޑަ ކުޑަ އިޝާރާތެއްވިޔަސް ކޮށްލާނެ ނަމަ.. އެންމެ ފިޔަވަޅެއްވެސް އަހަރެންނާ ގާތަށް އަޅާނެނަމަ.. އޭރުން ޒޯޔާ ހުންނާނީ އަހަރެންގެ އަތު ތެރޭގެ..ދުވަހަކުވެސް ދޫކޮށް ނުލާނަން… ޒޯޔާއާ ނުލާ ދިރިއުޅޭނެ ގޮތެއް އަހަންނަކަށް ނޭނގެ..އެއަށްވުރެ އަހަރެންގެ ހިތުގައި ޒޯޔާއަށް އޮތް އިޙްސާސްތައް ފުންވެއްޖެ.. ޒޯޔާ އަށް އެނގޭނެނަމަ.. އަހަރެން ޒޯޔާ ދެކެ ލޯބިވާވަރު އެނގޭނެނަމަ..” އިސްދަށަށް ޖަހާ ދެއަތުގެ ތެރޭ މޫނު ފޮރުވާލި އައިވިންގެ ދެލޯ ފެންކަޅި ވެއްޖެއެވެ. އޭނާއަށް ދެން ހަދަންވީ ގޮތެއް ނުވިސްނުނެވެ. އޭނާގެ ގޮތް ހުސްވެފައިވާ ހާލާ މެދު މުޅި ދުނިޔެވެސް މަލާމާތް ކުރަމުން ދާހެން އައިވިން އަށް ހީވާން ފެށިއެވެ.

މުޅި ދުވަހު އައިވިން ޒޯޔާ ހޯދަން މަސައްކަތް ކުރިއެވެ. މެދު ނުކެނޑި ބެލްކަންޏަށް ނިކުމެލާ ބޭރު ބަލާލައެވެ. ބެލްކަނިން ނުފެނި ހުރެދާނެ ކަމުގެ ބިރަށް ތިރިއަށް ފައިބައިގެން ހުރެވެސް އެތައްފަހަރަކު ބެލިއެވެ. ޒޯޔާގެ އަތުގައި މިހާރު ފޯނެއް ނޯންނާތީ އޭނާއަށް ގުޅޭނެ ގޮތެއް އައިވިން އަކަށް ނުވިއެވެ. ޒޯޔާގެ މޫނުވެސް ނުފެނި ފުރައިގެން ދާންޖެހިދާނެ ކަމުގެ ބިރަށް އައިވިން ހާސްކަމައެކު ނަޔާއަށް ގުޅިއެވެ.ނޫންގޮތަކަށް ފުރުމުގެ ކުރިން ބައްދަލު ވެލަންވާނެ ކަމުގައި ބުނީ ނަޔާއާއެކު ހަމަގައިމުވެސް ޒޯޔާ ހުންނާނެކަން އޭނާއަށް އެނގޭތީއެވެ.

ފުރާވަޤުތު ކައިރިވީ ވަރަކަށް އައިވިންގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދިޔައެވެ. ކުއްލި އަކަށް ފޯނު ރިންގް ވުމާއެކު އައިވިން އަވަސް އަވަހަށް ފޯނު ނަގާ ބަލާލިއެވެ. ގުޅަނީ ނަޔާކަމުގައި ވުމުން ލަސްނުކޮށް އައިވިން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ގޭގެ ދޮރުމަތީ އޭނާ ހުރިކަމަަށް ބުނުމުން އައިވިން މިދަނީ ކަމުގައި ބުނެ ތިރިއަށް ފައިބަންފެށީ އޭނާ އަތުން ހިފަންޖެހޭ ހުރިހާ އެއްޗެއް ހަމަކުރުމަށްފަހު އެނބުރި ކޮޓަރިއަށް ނާންނަ ގޮތަށެވެ. އޭނާގެ ބޮޑީގަރޑް އަށް ގުޅުމަށްފަހު ޓެކްސީ އައުމުން ބޭރަށް އައުމަށް ބުނެ އައިވިން ސިޑިން ފައިބަން ފެށިއެވެ. ޒޯޔާ ހުންނާނެބާއޭ ހިތަށް އަރާ އެހިތާ އެތަކެއް ފަހަރު އައިވިން އެސުވާލު ތަކުރާރުކޮށް ކުރަމުން ދިޔައެވެ.

ގޭގެ ހުސްބިމުން ލައިފާ ނިކުން އައިވިން އަށް ދޮރުމަތީ ހުއްޓިލައިގެން ތިބި ނަޔާއާ ޒޯޔާ ލޮލުގައި އަޅައިގަތެވެ. ނަޔާ އަށްް އަވަސް ނަޒަރެއް ދިން އައިވިންގެ ލޯ ޒޯޔާއާ ކަސިޔާރު ނުވެއެވެ. ހީވަނީ ފަހުފަހަރަށް ޒޯޔާގެ ކޮންމެ ތަފްސީލެއް އެހިތުގަައި ފޮރުވާލަން މަސަައްކަތް ކުރާ ހެންނެވެ.

“އައިވިން ދިޔައީމަ ވަރަށް ފަޅުވާނެ އިނގޭ.. އަދި ވާނެ މިރަށަށް އަންނަން..” އައިވިން ކައިރިއަށް އައި ވަޤުތު އިސްވެ ވާހަކަ ދެއްކީ ނަޔާއެވެ. ޒޯޔާ އިސްޖަހާލައިގެން އޭނާގެ އަތުގައި އޮތް ފައިލު މެޔާލާ ބައްދާލައިގެން ހުއްޓެވެ.

އައިވިން ހިނިތުންވުމެއް ބަދަލުކުރަމުން ބޯޖަހާލިީ އަދި ބައްދަލުވާނެ ކަމަށްބުނަމުންނެވެ. ވަދާޢުގެ ސަލާމް ނަޔާއާ ކޮށްލުމަށްފަހު އޭނާ އަނެއްކާވެސް ޒޯޔާއަށް ބަލައިލިއެވެ. ޒޯޔާގެ އަޑު އަހާލަންވެސް އައިވިން ކެތްމަދުވެފައިހުރި ފަދައެވެ.

“އައިވިން ދެން ވަރަށް ހިތްހެޔޮ ކުރާތި.. އަހަންނަކަށް ނެތް ހުރެވޭކަށްވެސް.. ޑިއުޓީގަ ހުރެފަ މިއައީވެސް ޒޯޔާ ސްކޭން ކޮށްފަ ހޮސްޕިޓަލުން އައި ގަޑީގަ..”ނަޔާ އައިވިން އާއި ޒޯޔާއަށް ނަޒަރެއް ދެމުން ބުނެލިއެވެ.

ނަޔާ މަގުމައްޗަށް ނިކުމެގެން ދިޔުމާއެކު އައިވިން އާއި ޒޯޔާގެ ދެމެދަށް މަރުފަދަ ހަމަހިމޭންކަމެއް ވެރިވެގެން ދިޔައެވެ.

“ބޭބީ ރަނގަޅުތަ..؟” އައިވިން މަޑު މަޑުން ސުވާލު ކޮށްލީ ނަޔާގެ ފަރާތުން ޒޯޔާ އެއައީ ސްކޭން ކޮށްފައިކަން އެނގުމުންނެވެ. އެއްޗެކޭ ނުބުނެ ޒޯޔާ ބޯ ޖަހާލިއެވެ. އެތަން ފެނުނު އައިވިން އަށް ފިނި ނޭވާއެއްް ދޫކޮށްލެވުނެވެ.

“ވަރަށް ވައިގަދަ ދޯ.. ވިއްސާރަ ވާން ކަންނޭނގެ އެއުޅެނީ.. އެވަރުންވެސް ފުރުން ކެންސަލެއް ނުވާނެ..” މާޔޫސީ ގޮތަކަށް އައިވިން ބުނެލި އިރު ހީވަނީ އޭނާ އެކަމަށް އެދެމުން ދިޔަހެންނެވެ. ޒޯޔާއަށް އިސްއުފުލާ އައިވިންގެ މޫނަށް ބަލާލިއެވެ. ބޭރު ފުށުން ނުފެނުނަސް އެހިތް ގިސްލާ ރޮނީއެވެ. އައިވިންގެ އަތުގައި ހިފާ ހުއްޓުވަން އެހިތް ތެޅިފޮޅެމުން ދިޔައެވެ.

ޒޯޔާ ބަލަހައްޓައިގެން ހުރިގޮތް ފެނުމުން އައިވިން އަށް ޒޯޔާ ދެރަވެފައި ހުރިހެން ހީވިއެވެ. އެދެލޮލުން މާޔޫސްކަން ފާޅުވާހެން ހީވިއެވެ.

“ޒޯޔާ.. އަހަރެން ދެއްކި ވާހަކަތަކާމެދު އެއްވެސް ވަރަކަށް ވިސްނިންތަ..؟ އަހަރެން ޒޯޔާއަށް އަސްލެއް ނުވާ ހުވަފެންތަކެއް ދައްކަން މަސައްކަތް ކުރަނިއްްޔެއް ނޫން.. ޒޯޔާއަށް އުފާވެރިކަން ހޯދަދޭން އަހަރެން ބޭނުން.. އަހަރެން…” އައިވިންގެ ވަހަކަތައް ފުރިހަމަ ނުވަނީސް ޒޯޔާ ވާހަކަ ދައްކަން ފެށިއެވެ.

“ދެން ހުއްޓާލާ އައިވިން.. މިހާރު މާގިނަ ވާހަކަ ދެއްކިއްޖެ.. އަހަންނަކީ އަދިވެސް މީހެއްގެ އަންބެތް.. އޭނާ ނޫން ހިލޭ ފިރިހެނަކާއެކު ދާށޭތަ ތިބުނަނީ.. އަހަރެން މީ އެހާ ގޮތެއް ފޮތެއް ނެތް މީހެއް ނޫން.. އަހަަރެންގެ ފިރިމީހާ ނުރުހޭ ކަމެއް އަހަންނެއް ނުކުރާނަން..” ޒޯޔާގެ ވާހަކަތައް އިވުމާއެކު އައިވިންގެ ހިތުގައި ރިއްސާލިއެވެ. ޒޯޔާގެ ހިތުގައިވަނީ ކީކޭކަން އޭނާއަށް ސާފު ވެއްޖެއެވެ. އޭނާއަކީ ރަޙްމަތްތެެރިއެއްގެ ދަރަޖަވެސް ނުލިބުން “ހިލޭ” މީހެކެވެ.

ގެސްޓްހައުސް އިން ފައިބައިގެން އައި އޭނާގެ ބޮޑީ ގަރޑް އައިވިން އަށް ފެނުނީ އެވަޤުތުއެވެ. ޓެކްސީ އައިސް ގޭ ދޮރުމަތީ މަޑުކޮށްލީވެސް ދާދި އެއްވަޤުތެއްގައެވެ. ގެސްޓް ހައުސްގެ ދެ މުވައްޒަފަކު ފޮށިތަކާއެއްޗެހި ކާރަށް އެރުވުމުގައި ބޮޑީގަރޑް އާއެކު ހަރަކާތްތެރިވިއެވެ. ހުރިހާކަމެއްކޮށް ނިމުނީ ދާދި ކުޑަ ހިނދުކޮޅެއް ތެރޭގައެވެ. ބޮޑީގަރޑް އައިވިންގެ ކައިރިއަށް ޖެހިލާ ޓެކްސީ އޮތީ ތައްޔާރަށް ކަމުގައި ބުނެލިއެވެ.

އައިވިން ބޯ ޖަހާލުމާއެކު ބޮޑީގަރޑްގެ ފަހަތުން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް އޭނާގެ ފިޔަވަޅުތައް މަޑު ޖެހިއްޖެއެވެ. ފަސް އެނބުރި ޒޯޔާއަށް ބަލައިލި އިރު އޭނާވެސް ހުރީ އައިވިން އަށް ބަލާށެވެ. ބަސްމޮށުން ތެރި ކަމެއްނެތި ދެމީހުންގެ ލޮލުންވެސް އެތަކެއް ވާހަކަތަކެއް ބުނެދެމުން ދިޔައިރުވެސް ދެމީހުންގެ ސިކުނޑި އެވާހަކަތަައް ތަރުޖަމާ ކުރުމަށް ނުކުޅެދިފައިވާފަދައެވެ.

އައިވިން އޭނާ އެންމެ ފަހު ފަހަރަށް ބަލާލާހެން ޒޯޔާއަށް ބަލައިލިއެވެ. އޭނާގެ ހިތަށް ތޫނު ހަންޖަަރުތަކެއް ހެރެމުން ދާހެން ހީވީ އޭނާގެ ހިތުގެ މަލިކާ ކިތަންމެ ގާތުގައި ވީނަމަވެސް އަތްނުފޯރާހާ ދުރުގައިވީތީއެވެ. އެހެނަސް އޭނާއަކަށް ގަދަކަަމުން މަޖުބޫރުކޮށްގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. އެއީ އޭނާގެ އުސޫލުތަކާ މުޅިން ޚިލާފުވެސް ކަމެކެވެ. ޒޯޔާއަށް ބަލަންހުރި އައިވިން އިސްތިރި ކޮށްލަމުން ކުރިއަށް ހިނގައިގަތެވެ. އޭނާގެ ހަށިގަނޑު ކުރިއަށް ދިޔަނަމަވެސް އޭނާގެ ރޫޙު މިރަށުގައި ޒޯޔާގެ ގާތުގައި ވަޅުލެވިއްޖެއެވެ.

އައިވިން ކާރަށް އެރުމާއެކު ބޮޑީގަރޑް ކުރީ ސީޓަށް އެެިރިއެވެ. އެހިނދު ކާރު ޒޯޔާގެ ލޯކުރިމަތިން ގެއްލެން ނެގީ މަދު ސިކުންތު ކޮޅެކެވެ. ހުއްޓުން އަރާފައި ހުރި ހިލަ ބުދެއްހެން ޒޯޔާ ހުއްޓެވެ. އޭނާގެ މޫނަކުން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. މަޑު ހިނގުމެއްގައި އައިސް ގޮތިތެރޭގައި ހުރި ޖޯލިފަތީގައި ޒޯޔާ އިށީނެވެ. އޭނާއަށް އައިވިން ފުރަތަމަ ފެނުނު ދުވަހު އައިވިން އިށީނދެގެން އިން ޖޯލީގައެވެ. އަނދިރި ކަމާއި ހުސްކަމުގެ ތެރެއަށް ގެއްލިފައި އިން މީހެއްހެން ޒޯޔާ އިރުގަނޑަކު އިނެވެ. އޭރުވެސް އޭނާގެ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާކަން ޔަޤީނެވެ. ކުއްލި އަކަށް ބޯކޮށް ވާރޭ އޮށްސައިގަތީ އެވަޤުތުއެވެ. ޖޯލިން ފުންމައިގެން ތެދުވެ ޒޯޔާ ގޭގެ ދޮރު ހުޅުވާލާފައި ވަނެވެ. ލިފްޓު ގޮސް ތިންވަނަ ފަންގިފިލާއަށް ހުއްޓުމާއެކު ޒޯޔާ ނިކުމެ އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ.

އިޙްސާސެއް ނެތް މީހެއްހެން މަޑުހިނގުމެއްގައި ޒޯޔާ މިސްރާބު ޖެހީ އޭނާގެ ކޮޓަރިއަށެވެ. އެހެނަސް ކުއްލިއަކަށް ޒޯޔާއަށް ހުއްޓުން އެރީ އެޕާޓްމެންޓްގެ ބިއްދޮށް ކޮޓަރިން އަޑެއް އިވުނުހެން ހީވުމުންނެވެ. ވަށައިގެން ގޭތެރެ ހޯދާލީ ޒަފަރް ގޭގަައި އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ފެނޭތޯއެވެ. ޒޯޔާ މަޑު ހިނގުމެއްގައި އައިސް ކޮޓަރީގެ ދޮރު ކުރިމަތީ ހުއްޓުނެވެ. ޚިޔާލެއް ނެތި ދޮރުގެ ތަޅު އަނބުރާލުމާއެކު އެތެރެއަށް ކޮށްޕާލިއެވެ. ތަޅުނުލާ ހުރުމުގެ ސަބަބުން ދޮރު އެތެރެއަަށް ފޭވެގެން ދިޔައެވެ. އެހެނަސް ކޮޓަރީގެ ތެރެއިން ފެނުނު މަންޒަރުން ހީވީ ޒޯޔާގެ ދެފައިގާ ކަސްތަޅު ލެވުނު ހެންނެވެ. ދެލޯ ބޮޑުކޮށްފައި އޭނާއަށް ބަލާލެވުނީ ކޮޓަރީގައި ހުރި އެނދުގައި އޮތް އޭނާގެ ހަލާލު ފިރިމީހާއާއި އޭނާގެ ގައިމަތީ އެއްވެސް ނިވާކަމެއްނެތި އޮތް ޅަނދޮޅު އަންހެން ކުއްޖާއަށެވެ. ޒޯޔާގެ ބޮލަށް ހިވީ އުޑުގެ މަތިން ފަރުބަދައެއް ވެއްޓުން ހެންނެވެ. ލޮލަށް އަނދިރިވާން އުޅުނުހެން ހީވެ ދޮރު ކަަނީގައި އަތުން ޒޯޔާއަށް ހިފަހައްޓާލެވުނެވެ. އެހެެނަސް ދެވަނަ ސިކުންތުގައި ކޮޓަރިއާ ދުރަށް ޒޯޔާއަށް ދުއްވައި ގަނެވިއްކެއެވެެ. އެތެރޭން ޒަފަރް އޭނާއަށް ގޮވާލިހެންވެސް ހީވިއެވެ. އެހެނަސް ޒޯޔާ މަޑު ކުރާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވީ އެނަޖިސް ތަނުން ދެވުނުހާ ދުރަކަށް ދާށެވެ.

ޒޯޔާއަށް ގެއިިން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު ވާރޭގެ ހަމަލާތައް އެއްވެސް ރަޙުމެއްނެތި އައިސް ޒޯޔާ ތެތްމާލައިފިއެވެ. ގޯތިތެރޭގެ މެދަކަށް ދެވުމާއެކު ހީވީ ޒޯޔާގެ ހަތަރު ފަރާތް ބެދިގެން އައިހެންނެވެ. ސިކުނޑީގައި ވެގެން ދިޔަ ހުރިހާކަމެއް އެނބުރި ގަތުމާއެކު ޒޯޔާއަށް ތިރިވެެ ބިމުގައި ކުޑަ ކަކޫ ޖަހާލެވުނެވެ. އޭނާގެ ވޭނުން ފުރިގެންވީ ގިސްލުމުގެ އަޑު ވާރޭގެ ތެރެއަށް ހިނދެމުން ދިޔައެވެ. ވާރެއާ އެކުވަމުން ދިޔަ ހުސްވުމެއްނެތް ކަރުނަތައް އޭނާގެ ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔައެވެ. ވޭނުން ފުރިގެންވީ މަޑު އާހަކާއެކު އޭނާގެ ދެތުންފަތްް ފޫއަޅުވާލާ ނިކުތީ އައިވިންގެ ނަމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

އިންތިހާ – 14

Next

މޮޔަ ވިސްނުން

Next
October 23, 2020

މޮޔަ ވިސްނުން

Previews
October 23, 2020

އިންތިހާ – 14

21 Comments!

  1. ?Ril? says:
    October 23, 2020 at 4:57 pm

    Mi part nimuny?? thr egen nuves ingunu nimunukameh
    Hehheheh???????
    Vrh sali Mi part ❤️❤️❤️?????????
    Masha Allah keep it up❤️❤️❤️❤️ ?????????
    Hama best ingeyy❤️❤️❤️❤️?????????
    Aley Hama Zoya ehbahe nuvi dhw so sad?????
    Aivin ves dhany thr ???????
    Ragalee nudevuny aa vihsaaraa aa hadhaagen??
    Ewwwwww ahchee zafar ge huri ladu kudakan balaaba
    Hiley anhenaakaa ehkoh dhw ?????????????????????????
    Vrh foohi zafar deke adhi mihaaru maa foohiveyy ?????????????????????
    Waiting dhen Zoya dhaanee aivin kaari Ah kaneyge dhw❤️❤️❤️❤️❤️❤️???❤️❤️
    Hurihaa kameh❤️❤️❤️❤️
    Ragalah vey thooo duaa kuraana❤️❤️❤️
    Waiting for the next part ❤️❤️❤️❤️
    Love u sooo muc sis❤️❤️❤️
    Stay safe ❤️❤️❤️❤️and take care ❤️❤️❤️
    Sis avaha up kohladeychey kiyaa hithun hama❤️❤️❤️❤️
    ???????????????????????

    1. ?Ril? says:
      October 23, 2020 at 4:58 pm

      An i am the first dhw yeyeyey???????????????????????????????????

    2. Wonder says:
      October 23, 2020 at 8:05 pm

      Yess u r first Ril. Congrats!❤️?

    3. Wonder says:
      October 23, 2020 at 8:04 pm

      Hehehe. Ril ah maabodah story there ah vadhefa inyma kanneynge neynguny.. dhn jeheyny next part ah inthizaaru kuran dhw.. wonder balaanan ingey avahah up kohla dheveythoa. Hingaa dhe aivin dhoyaeethoa balamaa.. DHWW.. zafar dheke hahthahaa foohi vaagoih mi vany . Yes let’s hopw for the best always!. Lymmm dear. U too b safe n tvgc?❤️

  2. Sher says:
    October 23, 2020 at 6:06 pm

    Alhey wonderrrr???????????????????????? Aivin aa Zoa ulhey gothu hama roveneee????????? vissaara kamun Aivin ah nufurigen aiss Zoa gendhebaa pleeeeeeeaaaassssseee??????????????? Nuni Zoa dhuvefa viyas dheyba falhu balaalan Aivin fureetho??????ماشاءالله???????????? Wonder thee hama enme best❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Mi part ves varah furihama❤️❤️❤️ sifa kurunthah reethi kamun kanneynge eha asaru kuranee kiyaa irah?????????????????????

    1. Wonder says:
      October 23, 2020 at 8:07 pm

      Alheyy..Anehkaa ehaa bodah Sher nurohchey.. vaahaka kiyaa iru wondee ah ves baeh faharu v gadha ah rovey. Hehe. Hingaa dhw dhn aivin and zoa hadhaa gotheh ves balamaa. Awwn.. thank u soo much dear.. v ufaavejje mi bai ehaa kamudhiyaeema ?❤️

  3. ?LamHaa? says:
    October 23, 2020 at 6:44 pm

    ❤️❤️Wow maasha allah v reethi mi part vx sisoo
    Alhey.. Zoya Aivin aa ehkon Male nudhiya Dhw.. ?Kihineh Dhw dhaane vx.. Ahchi Zafaru gandu..? Hiley anhenakaa ehkon..?? Adhi vx Zoya aa dhimaa ehchihi kiyaa.. ?Zoya Dhn avahah Zafar kairin varivegen Aivin kairiah dheyba.. Plx
    Curiously waiting for nxt part
    Stay safe n Tc
    ❤️❤️Lyyysssmmm

    1. ?LamHaa? says:
      October 23, 2020 at 6:48 pm

      Aivin akah nudheveyne kaneyge Male eh vihssaara vegen.. Aivin dhaairu Zoya govaigen dheyba.. Zoya n Zoya ge baby Aivin maa loabin gengulheyne.. Avahah Zafaru kibain salaamaiy vey.. Mihaaru Zoya ah Thi fenunee Zafar ge aslu goiy.. Dhn vx avahah Thi gein vx nikumey.. Zoya plx

    2. Wonder says:
      October 23, 2020 at 8:11 pm

      I hope for the same Lam.. Asluves Aivin would b better dhw zoa n baby ah ves.. let’s hope for the best.. n dear ge pending comment wonder up nukury mi comments huryma ingey.. but i read it?❤️

    3. Wonder says:
      October 23, 2020 at 8:09 pm

      Thank u soo much Lam! V ufaavejje mi bai ves dear ah kamudhiyaeema. Hingaa dhw dhn zoa hadhaa gotheh ves balamaa.. i also hope dhe goes to Aivin.. zafar doesn’t deserve her.. u too stay safe n tvgc..lymmm dear?❤️

  4. Rani says:
    October 23, 2020 at 7:25 pm

    I think aivin akah nufureyne hen……… Varah salhi Mi part vx

    1. Wonder says:
      October 23, 2020 at 8:12 pm

      Alhe hingaa dhw balamaa Rani. Dear thi buni hen ves hama vedhaane.. vihsaara ves vee viyya dhw.. thank u soo much dear. V ufaavejje mi part ves kamudhiyaeema ?❤️

  5. Maany says:
    October 23, 2020 at 7:39 pm

    Sis mi part vx varah reethi masha Allah
    Alhey zoya ehbaheh nuvi dhw
    Mi zafar haadha gotheh fotheh nethee dhw ???
    Waiting for the next
    Luv uuu ❤️❤️❤️

    1. Wonder says:
      October 23, 2020 at 8:14 pm

      Thank u soo much Maany.. ya.. zoa is too afraid.. hingaa dhw ekam dhn vaagotheh ves balamaa. Yes! Zafar dheke foohi nuvan hunna meehaa ves foohi vaane eulhey gothun. Next part avahah up kohleveythoa balaanan.. like before or at tuesday.Lymm dear?❤️

  6. Ishoo says:
    October 23, 2020 at 8:42 pm

    Alhey zoa dhw aivin a ekon diyanama???
    By the way story is very nice?❤?
    Luv u???
    Stay safe???

    1. Ishoo says:
      October 23, 2020 at 8:48 pm

      Wonderrrrr ishoo mi inee zoa a aivin a ulhey gothun fenkalhivefa?kihine bavanee zoa a dhen
      Ragalhee zafaru dheke foohivejeya and aivin a ekon male gos a life e fashafiya
      Wonderrr ur best

    2. Wonder says:
      October 24, 2020 at 11:02 pm

      Aww Ishoo.. anehkaa Dear nurohchey ingey ehaa bodah.. hingaa dhw dhn vaagotheh ves balamaa. Thank u dear?❤️

    3. Wonder says:
      October 24, 2020 at 11:01 pm

      Thank u soo much Ishoo.. v ufaavejje dear ah story kamudhiyaeema.. asluves dhww.. maa eangalhuvees dhiyanama.. u too stay safe n lymm?❤️

  7. Kai says:
    October 23, 2020 at 9:24 pm

    Wowwwww???mi part vx varah varah rythi…. Zafar vx dhw.. Ughhh .. He’s so bad…..hope Zoya will go aivin r ehkoh male ah… Varah nice mi part..keep up the good work wonder… Eagerly waiting for the next part ??❤❤❤?????

    1. Wonder says:
      October 24, 2020 at 11:03 pm

      Thank u soo much Kai. V ufaavejje mi bai kamudhiyaeema. Ya dhw.. Zafar is hama the worst. Same dear.. I hope so too.. thank youu. Next part liyamun midhany.?❤️

  8. Yal-ver says:
    October 25, 2020 at 1:27 pm

    ޒަފަރު ކަހަލަ ނުލަފާ ޝައިޠާނަކާއި ޒޯޔާ ކަހަލަ މައުސޫމް އެކަށީގެންނުވޭ…. އެ ޒަފަރު އެއީ އިންސާނެއްގެ ސިިފައިގައި ހުރިި ނުބައި ނުލަފާ ޝައިޠާނެއް… ޒޯވެސް ދެން ރޯން ނީނދެ އައިވިން ނުފުރަނީސް އޭނަ ފަހަތުން ދޭބަ… ވޮންޑަރ ދޫނީ ވާހަކަ ވަރަށް ރީތި އިިނގޭ…ހަމަ ވަރަށް އިިންޓްރެސްޓިންގ… ދެން އޮޮތްބައި ކޮން އިިރަކުން… އަދި އެއްވާހަކަ… ވޮންޑަރ އެފްބީ ނޫނީ އިންސްޓާ ވިޔަސް ބޭނުންކުރަންޏާމު އައިިޑީ ދީބަ.
    އަޅުގަނޑުމެން ކްލާސް ކުދިން ވަރަށް ބޭނުންވޭ ވޮންޑާރގެ އިންސްޓާ ނޫނީ އެފްބީ އައިޑީ… އޮތިއްޔާމު ދެއްޗޭ އެކަމް ވޮންޑަރ ބޭނުމިއްޔާ…

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-22←


All Right Reserved!