Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނޭދެމޭ ވަކިވުމެއް-17

Wonder Level 910 Stories100 Login100 Comments500 Login500 Comments100 Stories
October 6, 2020 5 Mins Read
24 Comments

“ޒޯޔާ މަންމަ ކީކޭތޯ ތިބުނުއްވީ..؟” އައިވިން ހުއްޓުން އަރާފައި އިނދެ ވާހަކަ ދެއްކިއެއެވެ. ސޯބިރާއަށް ޒަފަރްގެ އަނދިރިފަރާތް އިނގިފައި އޮވެދާނެ ކަމަކަށް އައިވިން ފަހަރެއްގައިވެސް އުންމީދެއް ނުކުރެއެވެ.

“ޒަފަރް އާ ޒޯޔާ ކައިވެނި ކުރީ ލޯބިވެގެންނެއްނޫން.. އިތުރު ގޮތެއް ނެތިގެން.. މަންމައަށް އިނގޭ ޒޯޔާ އުޅެނީ އުފަލުގަ ނޫންކަން.. މަންމަގެ ކުރިމަތީގައި އެކަން ނުދެއްކިޔަސް މައިމީހާއަށް ދަރިފުޅު އޮޅޭނެތަ؟ އައިވިން.. މި މަންމައަށް ކަމެއް ކޮށްދެންޏާ ޒޯޔާއަށް އެހީވެވިދާނެތަ..؟ މި މަންމަ މިހުރީ މުސްކުޅިވެ އަސުރަށް އަޅާފަ.. މާދަމާ ނޫންކަމެއް ނޭނގެ މިދެލޯ މަރާލާފަ ދުނިޔެ ދޫކޮށް ދާންޖެހޭނީ..އެކަމަކު.. ޒޯޔާ އެމަޖުބޫރީގައި ބަނދެވިފައިވަނިކޮށް މި މަންމަގެ ރޫޙަށް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެ..” ސޯބިރާގެ އަޑު ބެދޭގޮތްވެއްޖެއެވެ. އެދެލޮލުގައިވީ ކަރުނަތައް ލޮލުގެ ކަރުނަވަޅަށް ޖަމާވަމުން ދިޔައެވެ.

“އެއީ ކޮން މަޖުބޫރީއެއްތޯ..؟ ޒޯޔާއަށް އެހާލުގައި އުޅެން މަޖުބޫރުވީ ކީއްވެތޯ..؟” އައިވިން އަށް ހިތް އަވަސްވެ ހުރެ ސުވާލު ކޮށްލެވުނެވެ. އެއީ މިވީހާތަނަށްވެސް އޭނާ ވިސްނާ ވިސްނާވެސް ޖަވާބު ނުލިބިފައިވާ ސުވާލެކެވެ. އައިވިންގެ ދެލޮލުން ފެންނަނީ އެސުވާލުގެ ޖަވާބު އިނގެން ކެތްމަދުވެފައިވާ ކަމުގެ އަސަރުތަކެވެ.

“އެއީ..” ސޯބިރާއަކަށް އޭނާގެ ވާހަކަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ފިޔަވަޅުތަކުގެ އަޑު ކަންފަތުގައި ޖެހުމާއެކު ސޯބިރާ ބޯ ނުއަތަށް އަނބުރާލަމުން އަވަސް އަވަހަށް ކަރުނަތައް ފޮހެލާ މީހާ ހަމައަކަށް އެޅިލިއެވެ.

ޒޯޔާ އައިސް އައިވިން އަށް ޖޫސް ތަށި ދިއްކޮށްލުމުންވެސް އައިވިން އަށް އިނދެވުނީ ގަބުވެފައެވެ. ޒޯޔާ ކުޑަ ތަންކޮޅެއް ލަހުން އައިނަމައެވެ. އޭރުން އެހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަކަށް ޖަވާބު ލިބުނީސްކަން ޔަޤީނެވެ. އެހެނަސް މިވީ ގޮތުން އައިވިންގެ ސިކުނޑިއަށް އިތުރަށް ބަރުވުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ.

އިރުކޮޅަކު އެގޭގައި މަޑުކޮށްލުމަށްފަހު އިސްވެ ދާން ތެދުވީ ޒޯޔާއެވެ. ޒަފަރް ގެއަށް އަންނަން ވާއިރަށް އޭނާ ނޫޅޭނަމަ ވަރުގަދަ ޒަލްޒަލާއެއް އަންނާނެކަން ޔަޤީނެވެ. އައިވިން ޒޯޔާގެ ފަހަތުން ތެދުވީ ދާންބޭނުން ނުވެ އިނދެއެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަަކުގެ ޖަވާބު ހޯދަން އޭނާ ބޭނުންވެއެވެ. އެހެނަސް ޒޯޔާ ހުރުމުގެ ސަބަބުން އޭނާއަށް އެފުރުސަތެއް ނުލިބުނެެވެ.

ގޭގެ ދޮރާށިން ނިކުންނަމުންވެސް ފަހު ފަހަރަށް އައިވިން ސޯބިރާއަށް ބަލާލިއެވެ. އޭރު ސޯބިރާގެ ދެލޯވެސް އަމާޒުވެފައިވަނީ އައިވިން އަށެވެ. ހިތާމައާއި އާދޭހުން ފުރިފައިވާ އެދެލޮލުން އައިވިން އަށް އެތައް ވާހަކައެއް ބުނެދެމުން ދާފަދައެވެ.

ޓެކްސީގައި އިން އައިވިން އަށް ފަހަތުގައި އިން ޒޯޔާއަށް ބަލާލެވުނެވެ. އޭރު ޒޯޔާ އިނީ ކާރުގެ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. ސޯބިރާ ދެއްކި ހުރިހާ ވާހަކައެއް އައިވިންގެ ކަންފަތުގައި ގުގުމަމުން ދިޔައެެވެ. ޒޯޔާގެ ކެތްތެރިކަމާމެދު އައިވިން ހައިރާންވިއެވެ. އޭނާ އަބަދުވެސް ހީކުރަނީ އަންހެނުންނަކީ ބަލިކަށި ބައެއް ކަމަށެވެ. އެހެނަސް ޒޯޔާ އޭނާގެ އެވިސްނުމަކީ ކުށްހީއެއް ކަން ސާބިތު ކޮށްދީފިއެވެ.
********

ޒޯޔާ ގެއަަށް އައި އިރު ނަޔާ އުޅެނީ މެންދުރަށް ކައްކާށެވެ.
“ނަޔޫ.. ދެން ކޮންމެ އިރަކަށް ކައްކަން ނަޔަސް ހެޔޮވާނެ އޭ.. އަހަންނަށްވެސް ތިކަންތައް ކޮށްލެވިދާނެ.. ޔަޤީން ޑިއުޓީ ނިންމިގޮތަށް ދޯ ތިއައީ..؟ ޒޯޔާ އަށް އޭނާގެ ހުރިހާ ކަމެއް ނަޔާ ބަލަހައްޓަމުން ދާތީ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.

“ނޯވޭ ޒޯ.. ޒޯ ރެސްޓް ކުރަން ވިއްޔޭ.. މީ އެވަރު ކަމެއް ނޫނެންނު..އަހަންނަށް މިކަންތައް ކޮށްލާފަ ގޮސްވެސް ޖައްސާލެވޭނެ.. ކޮންތާކަށްތަ ގޮއްސާ ތިއައީ..” ނަޔާ އޭނާ ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދަމުން ސުވާލުކުރިއެވެ.

ޒޯޔާ ކަންތައްވީގޮތް ކިޔައިދިނުމުން އައިވިންގެ ރަނގަޅު ކަމުގެ ވާހަކަ ނަޔާ ދައްކަން ފެށިއެވެ. އަދި ޒޯޔާ ހޮސްޕިޓަލުގައި އޮތް އިރު ނަޔާ ޑިއުޓީގައި ހުރި ވަޤުތުގައި ޒޯޔާގެ ކައިރީ އައިވިން އިން ވާހަކަ ބުންޏެވެ. ޒޯޔާއަށް ޤަބޫލު ނުކުރެވިފައި ނަޔާއަށް ބަލާލެވުނެވެ. އޭނާ ހީކުރީ އައިވިން އޭނާގެ ކައިރިއަށް ވަދެވެސް ނުލާ ކަމަށެވެ. އެހެނަސް ކަންވީގޮތް އެނގުމުން ޒޯޔާގެ ތުންފަތިގައި ހިނިތުންވުމެއް ދުވެލިއެވެ. އެހެނަސް އެހިނިތުންވުން ދާދި އަވަހަށް ފިލައިގެން ދިޔައީ ޒަފަރްގެ މަތިން ހަނދާންވުމުންނެވެ. ޒަފަރް ދީފައިވާ އިންޒާރު އޭނާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އައިވިން އަކީ އޭނާގެ ލޯކުރިމަތިން ފެންނަ އަވާމެންދުރެއްފަދައެވެ. އިރުކޮޅެއްގެ ތެރޭގައި އެ އަވާމެންދުރުން ނިކުމެ ހަޤީޤަތާއި ކުރިމަތިލާން ޖެހިދެއެވެ. އެ ހަޤީޤަތާއި ބައްދަލުވާ ކޮންމެ ފަހަރަކު އެހިތް ގިސްލަމުން ރޮމުން ގެން ދެއެވެ.
******

އައިވިން އަށް ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނެވެ. ހިނގަމުންދިޔަ ގަޑީގަ ކަށްޓާއެކު އޭނާއަށް ލިބިފައިވާ ވަޤުތުވެސް ދަނީ މަދުވެ ހުސްވަމުން ނެވެ. އެންމެފަހުން އައިވިން އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ. އޭނާ ޒޯޔާ އަށް ނޭނގި ސޯބިރާއާ ބައްދަލުކުރަން ދިއުމަށެވެ. އޭނާގެ ހިތަށް ނުތަނަވަސްކަން ދެމުން އަންނަ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށްފަހުގައި ނޫނީ ދެން އޭނާ ހުއްޓައެއް ނުލާނެއެވެ.
******

ޖެހިގެން އައި ދުވަހުގެ ހެނދުނު ވަޤުތެވެ. އިއްޔެ އެކޭވެސް އެއްގޮތަށް ނަޔާ އައިސް ޒޯޔާއަށް ސައި ހަދާދިނުމަށްފަހު ވަޒީފާއަށް ދާން ނުކުތެވެ. ޒަފަރް ހޭލިގޮތަށް ސައިބޮއެގެން  އާދައިގެ ޓީ ޝާޓަކާއި ސޯޓު ބުރިއެއްގައި ގެއިން ބޭރަށް ނިކުތެވެ. މިގަޑީގައި އޮފީހަށް ދިއުމުގެ ބަދަލުގައި ޒަފަރް ދާ ތަނަކާމެދު ޒޯޔާ ސުވާލު އުފެދުނެވެ. އެހެނަސް އޭނާއަކީ ޒަފަރް އާ އެއްވެސް ސުވާލެއް ކުރެވޭފަދަ މަޤާމެއްގައި ހުރި މީހެއް ނޫންކަމުން ޒޯޔާ ހަނު ހުއްޓެވެ.

“ޒޯޔާ..” ޒަފަރް ނިކުތުމަށްފަހު އިރުކޮޅެއްވީތަނާ ޒޯޔާއަށް ގޮވާލި އަޑު އިވުނެވެ. ޒޯޔާ އަވަސް އަވަހަށް އެޕާޓްމެންޓްގެ ދޮރު ހުޅުވާލި އިރު ލިފްޓު ދޮށުގައި ޒަފަރް ހުއްޓެވެ. އޭނާ އިޝާރާތް ކޮށްލީ ލިފްޓަށް އެރުމަށެވެ. މިވަނީ ކިހިނެއްކަން ނޭނގޭ ހާލުގައި ހުރެ މަޑު ހިނގުމެއްގައި ގޮސް ޒޯޔާ ލިފްޓަށް އެރިއެވެ. ލިފްޓު ގޮސް އެންމެ ތިރިއަށް ހުއްޓުމާއެކު ޒަފަރް ކުރީގައި ހުރެގެން ލިފްޓުން ފޭބިއެވެ. ގޭގެ ގޯތިތެރެއަށް ނިކުމެ އުކުޅުގައި ދެއަތް ވިއްދާލަމުން ޒަފަރް ޒޯޔާއަށް ބަލައިލިއެވެ.

“ޒޯޔާއަށް ނުފެންނަނީތަ މިތަން ގޮނޑުވެފައި އޮންނަ ވަރު އޭ! ކުނި ކަހަން ނުކެރެންޏާ ގަސް ނީންދާނީ.. މިގޭގެ ތިރީ ދެ ފަންގިފިލާ އަކީ އަހަރެން ކުންފުނީގެ ކަންކަމަށް ބޭނުންކުރާ ތަންތަން ކަން ކަލެއަށް ރަނގަޅަށް އިނގޭނެ.. ގޭގެ ގޯތިތެރެ މިފާޑަށް އޮތީމަ އަހަންނަށް ކިހާ ހުތުރު.. މިތަން ކުނި ކަހާފަ ނޫނީ ތާކަށް ހިރުވާލިޔަސް ނިމުނީ..!” ޒޯޔާއާ ދިމާއަށް ޝަހާދަތް އިނގިލި މަޅާ ލަމުން ޒަފަރް ބުނެލިއެވެ. ޒަފަރް ދެކޭގޮތުގައި ބިރުދައްކައިގެންނާއި އަމުރު ކޮށްގެން ހުރިހާކަމެއްވެސް ހައްލު ވާނެއެވެ.
*******

އައިވިން ތެދުވިގޮތަށް އަވަސް އަވަހަށް ތައްޔާރުވީ ސޯބިރާގެ ކައިރިއަށް ދިއުމަށެވެ. ފެންވަރައިގެން ތައްޔާރު ވަމުން ދިޔަ އިރުވެސް އައިވިންގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ކަނޑު ނޫކުލައިގެ އަތްކުރު ޓީ ޝާޓަކާއި ކަޅު ޖީންސެއް ލުމަށްފަހު އައިވިން ލޯގަނޑުން ބަލައިލިއެވެ. އަދި ހަމަޖެހިލަމުން ޓެކްސީއަށް ގުޅާލުމަށްފަހު އައިވިން ބެލްކަންޏަށް ނިކުތީ ކާރު އަޔަސް އެތާ ހުރެ ފެންނާނަތީއެވެ.

ބިމުގައި އެއްޗެއް ކޭއްތޭ އަޑު ކަންފަތުގައި ޖެހުމާއެކު އައިވިން އަށް އެ އަޑަށް ސަމާލުކަން ދެވުނެވެ. ބެލްކަނިން ބޯ އަރިކޮށްލަމުން އައިވިން ތިރިއަށް ނަޒަރު ހިންގާލިއެވެ. އެހިނދު ގޭދޮށް ކުނި ކަހަމުން ދިޔަ ޒޯޔާ ފެނުމާއެކު އައިވިންގެ ދެބޮމަ ގޮށްޖެހުނެވެ. ބާރު ފިޔަވަޅުތަކުގައި އައިވިން ކޮޓަރިން ނިކުމެގެން ދިޔައެވެ.

އައިވިން އައިގޮތަށް އައިސް ޒޯޔާގެ އަތުގެ މުލައްދަނޑީގައި ހިފަމުން އޭނާއާ ދިމާއަށް އަނބުރާލިއެވެ.

“ޒޯޔާ މިހާރު ތީ ކޮންކަމެއް..؟ ޑޮކްޓަރު ބުނި އެއްޗެއް އަދިވެސް ޒޯޔާއަށް ނުވިސްނެނީތަ..؟ އައިވިންގެ އަޑުގައި ހުރި ނުރުހުންވުން ސިއްރެއްނުވިއެވެ. އެހެނަސް އެ ދަނޑިވަޅުގައި އައިވިންގެ އެ ޢަމަލުވެސް ޒޯޔާއަށް ފަޙުމްވީ ނުބައި ގޮތަކަށެވެ. އެންމެންވެސް އޭނާ ދެކެ ރުޅިއައިސް އަޑުލަނީ ކަމުގައި ހީވެ ޒޯޔާ ހިތުގައި ޖެހޭ ގޮތްވިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލަމުން އެހިތްދަތިކަން ޒޯޔާ ބޭރުކޮށްލީ ރުޅީގެ ސިފައިގައެވެ.

“އައިވިން އަށް ކޮންކަމެއް އަހަރެން ކޮންމެ ކަމެއްކުރިޔަސް.. އައިވިން ވެސް ރަނގަޅުވާނީ އަހަރެން ކުރާ އެއްވެސް ކަމަކާ ނުބެހި ހުރިއްޔާ.. އަހަރެން ކުރާ ކަމަކުން ދެރަ ލިބޭނީ ހަމަ އަހަންނަކަންނު.. އައިވިންގެ ގައިން ތަންގަނޑެއް އުންޏެއްނުވާނެ..” ޒޯޔާ ރުޅިވެރި ކަމާއެކު ބުނެލިއެވެ.

ޒޯޔާގެ ވާހަކައާއެކު އައިވިން އަށް ދަތްކުނޑި ވިކާލެވުނެވެ. ޒޯޔާ އަށް ނުވިސްނުނަސް ޒޯޔާއަށް ލިބޭ ކޮންމެ ގެއްލުމަކުން ހީވެސް ނުކުރާ ވަރަށް އޭނާއަށް އަސަރު ކުރާނެއެވެ. ޒޯޔާގެ ކޮންމެ ހަރަކާތަކާއި އަދާއަކީ އައިވިން އަށް އެކަންކަމަށް ސަމާލުކަން ދީ މުހިއްމުކަން ދެވޭ ކަންކަމެވެ.

“ޒޯޔާ އަށް ތިކިޔޭ އެއްޗެއް އެބަ އިނގޭތަ.. ޒޯޔާ ތިކުރާ ކަންތަކުން ގެއްލުންވާނީ ޒޯޔާއަށް އެކަންޏެއް ނޫނޭ.. ޒޯޔާގެ ދަރިފުޅަށްވެސް…” އައިވިން އަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް ޒޯޔާ އޭނާގެ އަތް ފޮޅުވާލިއެވެ.

“އައިވިން އަށް ހީވަނީތަ އަހަރެން އަހަރެންގެ ދަރިފުޅާ މެދު ނުވިސްނައޭ.. މިދުނިޔޭން އެކަކަށްވުރެވެސް ބޮޑަށް އަހަރެން އެދަރިފުޅާ މެދު ވިސްނަން..” ޒޯޔާގެ އަޑު ބާރުވީ ނަމަވެސް އެ އަޑުގައިވަނީ ހިތްދަތި ކަމެވެ. ވާރޭން ބަރުވެފައިވާ ވިލާތައް ވިއްސާރަ އޮށްސާލުމަށް ތައްޔާރުވެފައިވާ ފަދައިން އެދެލޮލުގައި ބަރާވަމުން އައި ކަރުނަތައް ހީވަނީ ދެންމެ ދެންމެ ކޯތާފަތަށް ފައިބަން ތައްޔާރު ވެފައި ވާހެންނެވެ.

ކާރުގެ ބަރު ގޮނުގެ އަޑު އިވުމާއެކު އައިވިން ބޭރުބަލައިލިއެވެ. އޭނާގެ އިންތިޒާރުގައި ޓެކްސީ އޮތްކަން އިނގުމާއެކު އައިވިން ފުންނޭވާއެއް ދޫކޮށްލިއެވެ. އިލޮށި ފަތީގައި ބާރަށް ހިފަހައްޓާލައިގެން އިސްޖެހިފައި ހުރި ޒޯޔާއަށް އައިވިން ބަލައިލިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލުމަށްފަހުވެސް އައިވިން މަޑުޖެހިލިއެވެ. ހަތިޔާރު ބަހައްޓަމުން އައިވިން ހިނގައިގަތީ ކާރާ ދިމާއަށެވެ.
****

ޒޯޔާއާ ދެމެދު ވީ ދެބަސް ވުމަށްފަހު އައިވިން އަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާއަށް މާ ހަރުކަށި ވެވުނީ ކަމުގައި ސިކުނޑި ވިސްނައިދިނެވެ. ޒޯޔާގެ ކިބައިން މަޢާފަށް އެދެން ނިންމަމުން އައިވިން ޓެކްސީ އިން ފޭބިއެވެ. އައިވިން ބޭލުމަށްފަހު ޓެކްސީ ނަށްޓާލުމުން އައިވިން ދޮރުއަށި ހުޅުވާލުމަށްފަހު ސަލާމް ގޮވާލިއެވެ. ދެފަހަރަކު ސަލާމް ގޮވާލުމުންވެސް ޖަވާބެއް ނުލިބުމުން ސޯބިރާ ނިދިފައި އޮވެދާނެ ކަމަށް ބަލާ އައިވިން މައިގެ ފެންޑާގެ ތެރެއަށް މަޑު މަޑުން ވަދެލިއެވެ. އޭނާ އެހުރީ ހިތުގައިވާ ސުވާލު ތަކުގެ ޖަވާބު ނުހޯދާ ނިކުމެގެން ދާނެ ގޮތަކަށް ނޫނެވެ.

ފެންޑާގެ ތެރޭގައި ހުރި ފަށްޖެހެނދު ހުސްކޮށް ހުރުމުން އައިވިން އަށް މާޔޫސްކަން ލިބިގެން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ފަށްޖެހެނދުގެ ފުރަގަހަށް ވެއްޓިފައި އޮތް ސޯބިރާ ފެނުމާއެކު އައިވިންގެ ދެލޯ ބޮޑުވިއެވެ. އަވަސް އަވަހަށް ސޯބިރާގެ ކައިިރިއަަށް އައިސް އޭނާ ހިއްލާލަމުން ފަށްޖެހެނދުގައި ބޭއްވިއެވެ. ސޯބިރާގެ ނޭފަތުންނާއި އަނގައިން ފައިބައިފާވާ ލޭތައް އައިވިން އަށް ފެނުނީ ދެނެވެ. ފެންނަމުންދާ ހަޤީޤަތް ދޮގަކަށް ވުމަށް އެދި އައިވިން އަށް އޭނާގެ ބޯ ދެފަރާތަށް ހޫރާލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Wonder

Level 910 Stories100 Login100 Comments500 Login500 Comments100 Stories

- Writing is an art. And Art is a way of survival- Author of vaashey mashaa eky. Author of Neydhemey vakivumeh.

Other Articles

Previous

ލޯބިވާވަރު އަންގަދޭހިތްވޭ 5

Next

ލޯބީގެ ހައްގުގައި 21

Next
October 7, 2020

ލޯބީގެ ހައްގުގައި 21

Previews
October 6, 2020

ލޯބިވާވަރު އަންގަދޭހިތްވޭ 5

24 Comments!

  1. Wonder says:
    October 6, 2020 at 11:54 pm

    Salaam dear readers.. Hope u all will enjoy 17th part of Neydhemey vakivumeh.. pls leave a feedback of this part after reading.. Enjoy ?❤

  2. Fairy says:
    October 7, 2020 at 12:50 am

    Me first tha…. Vvvvv reethi ingey but zoya mom maru v tha aivin ge questions thah hutta ????? No way!!!!!! Next part kiyaalaa hithun mi iny… So avahah up kollahchey….. Love you darling so much ??????????

    1. Wonder says:
      October 7, 2020 at 6:17 pm

      Yes fairy.. u got first.. congratss! Thank u dear. V ufaavejje mi bai kamudhiyaeema..hinga dhw zoaya ge mom ah veegotheh ves balamaa. In sha Allah avahah up kohleveythoa balaanan.. lym dear ?❤

  3. reader says:
    October 7, 2020 at 4:32 am

    varah reeethi maasha allah

    1. Wonder says:
      October 7, 2020 at 6:19 pm

      Thank u reader. V ufaavejje mi bai kamudhiyaeema ?❤

  4. Naa says:
    October 7, 2020 at 6:20 am

    Alhey haadha heart touching eye. Naa maruvaane kanneyge mi vaahaka nimunu dhuvahakun. Haadha hithuga eba jeheyey. Huvaa aivin ah challenge akah fahu challenge eh. Zafar kanneyge zoya ge mamma maraaly. Aivin zoya dheke loabi vaakan aivin ge mamma ah ingih jiyyaa dhen aivin aa zoya aa dhurukuran mamma anikkaa zafar aa gulheyny kanneyge. Alheyyyyyyy sisooooooo avahah aneh part up kurahchey

    1. Wonder says:
      October 7, 2020 at 6:21 pm

      Alheyy Naa.. anehkaa Naa marunuvahchey.. eyrun wonder v dheravaane?. Ekam v ufaavejje deara ah mi bai ves kamudhiyaeema ingey.. hingaa dhw dear thi buni gothah thw kanthah vany balamaa. In sha Allah next part avahah up kohleveythoa balaanan.?❤

  5. Sher says:
    October 7, 2020 at 6:25 am

    Alhe nun Wonder Zoa ge mom maraa nulahchey??????????? Zoa kihaa dhera vaane?????? Alhe Aivin ah avahah haqeeqai ingeynama??????????? Aah Aivin haadha loabi ey ekam?? Zoa ves nuvaanu dhen Aivin aa eha rulhi aiss vaahaka dhakkaakah??? Zafar gandu konthaakah tha mi nattaaleekeee??? Zoa kuni kahaane kameh neh??????????? Zafar gandah landeh dheefa bahattaa?
    ماشاءالله?????????????????????????????????????????? Mi part ves varah furihama????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Manzaruthah hama loa kuri mathin fenna kahala?♥️?♥️?♥️?♥️?♥️??????????????????????????????❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️??????????????????????????????

    1. Wonder says:
      October 7, 2020 at 6:24 pm

      Aww thank u sher. V ufaavejje mi baives kamudhiyaeema.. hingaa dhw zoa ge mom ah veegotheh ves balamaa. Hehe. Asluves Aivin v loabi dhw.. egady zoa dheravefa huryma rulhi aadhevuny oa zoa buny. Yes In sha Allah zafar ah adhi landeh libeyne. Sifa kurunthah kamudhiyaeema v ufaavejje as always ?❤

  6. ?LamHaa? says:
    October 7, 2020 at 7:08 am

    ???Maasha allah V reethi Mi part vx
    Zoya Zafar aa marry kuree Kon majubooree eh dhimaavegentha.. Dhn Aivin akah nuvx hoadheyne e majubooree akee kobaa Kameh.. Sobiraa maruvee kaneyge ??
    Curiously waiting for nxt part dear
    Stay safe n Tc
    ❤️❤️❤️Lyyysssmmm

    1. Wonder says:
      October 7, 2020 at 6:26 pm

      Thank u LamHaa. V ufaavejje dear ah mi part ves kamudhiyaeema. Hingaa dhw dhn vaagotheh ves balamaa. In sha Allah next part v avahah up kohla dheynan. U too stay safe n tvgc. Lymmmm?❤

  7. Maany says:
    October 7, 2020 at 8:06 am

    Alhey sis zoya ge mom maraa nulahchee mi part vx varah reethi masha Allah keep it up sis
    Waiting for the next
    Luv uuu ❤️❤️❤️

    1. Wonder says:
      October 7, 2020 at 8:22 pm

      Thank u Maany. V ufaavejje dear ah mi part ves kamudhiyaeema.. hingaa dhw zoage mom ah vaagotheh ves balamaa. In sha Allah next part will b out soon. Lym dear?❤

  8. Epiphany says:
    October 7, 2020 at 8:46 am

    Maashaa Allah V v v v v v v v v v v v v Salhi……. I like it…….. Keep it up…… Love you….

    1. Wonder says:
      October 7, 2020 at 8:23 pm

      Thank u Epiphany.. v ufaavejje dear ah mi part ves kamudhiyaeema. Thank u for the encouragement.. lym dear?❤

  9. ?Ril? says:
    October 7, 2020 at 8:54 am

    Wow mi part ves vrh sali❤️❤️
    Masha Allah keep it up sis ❤️❤️❤️
    Pis Pis zafaru kantha haadha bodeyyyyy i hate him??
    Zoya mom Ah kihineh veee baa so curious ❤️❤️❤️
    Waiting for the next part ❤️❤️
    Love u sooo muc sis ❤️❤️❤️
    Stay safe and sound ❤️❤️❤️

    1. Wonder says:
      October 7, 2020 at 8:25 pm

      Thank u Ril. V ufaavejje mi bai ves dear ah kamudhiyaeema. Yes dhw.. zafar ah konme kamehga ves zoa ge fault hoadheythoa balany.. such a bad husband!? Hingaa dhw zoaya ge mom ag veegotheh ves balamaa. In sha Allah next part avahah up kohla dheynan. Lym dear.. u too stay safe!?❤

  10. Naayooo says:
    October 7, 2020 at 10:01 am

    Maasha Allah Vara reethi waiting for the next part

    1. Wonder says:
      October 7, 2020 at 8:26 pm

      Thank u Naayoo.. v ufaavejje mi bai ves kamudhiyaeema.. next part In sha Allah avahah up kohla dheynan?❤

  11. ? BLACK PINK ? says:
    October 7, 2020 at 1:29 pm

    Hey wonder…. Varah bodah soryy last prt thakah comment nukurevunyma..????????????????
    BTW mi part ves varah varah varah varah… nice and wonder….keeep going
    DEAR.. curiously waiting for next part..???????????????
    LUV U SOOOOOOOOOOOOOOOOOOO MUCH…TC WONDER…….????????????????❤️?❤️?❤️????????????????????????????????????????????❣️.

    1. Wonder says:
      October 7, 2020 at 8:28 pm

      It’s okay BLACK PINK. Ehenves vaane baeh faharu.. no problem. Thank u dear. V ufaavejje mi bai ves dear ah kamudhiyaeema. N thanks for the encouragement. Lym dear.. u too tvgc dear?❤

  12. magnumm says:
    October 7, 2020 at 1:30 pm

    Hello my wondering writer??.. So happy to meet u again.. As usual this part is also really amazinnn??!!.. So curious to knw abt zoya’s mom… Pleeesh don’t do anythinn bad fr her??.. Hope i’ll get to read next part soon?.. Saranghae more n pleesh be safe at home❤❤!! N don’t forget to wash ur handssss k???…hehe

    1. Wonder says:
      October 7, 2020 at 8:31 pm

      Haai Magnumm.. nice to meet u again too. Thank u dear. V ufaavejje mi bai ves kamudhiyaeema. Hingaa dhw dhn vaagotheh ves balamaa. Yes In sha Allah.. next part avahah up kohla dheynan. Lym dear n u too stay safe. Hehe.. u too!?❤

  13. Livy says:
    October 8, 2020 at 11:40 pm

    Mi part ves Varah Varah Varah reethi ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ maa sha Allah ❤️❤️❤️❤️❤️❤️❤️ Curiously waiting waiting for the next part ❤️❤️❤️❤️❤️❤️❤️ love you wonder ❤️❤️ take care ❤️❤️❤️❤️❤️ stay home and stay safe ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.

Next Episodeނޭދެމޭ ވަކިވުމެއް-18( ބަދަލު ގެނެވިފައި)←


All Right Reserved!