ސައިރެންގެ އަޑާއެކު ހޮސްޕިޓަލްގެ ތެރެއަށް އެމްބިއުލެންސް ވަދެގެން ދިޔައެވެ. ހޮސްޕިޓަލުގެ ދޮރުމަތީގައި މަޑުކޮށްލުމާއެކު ފަހަތު ދޮރު ހުޅުވާލުމަށްފަހު އެތެރޭގައި ތިބި މެޑިކަލް އޮފިސަރުން ވެގެން ސްޓްރެޗަރ އެއްގައި ސޯބިރާ ބޭރަށް ނެރުނެވެ. އެވަޤުތު ހޮސްޕިޓަލުގެ ތެރެއިން ނިކުން ޑޮކްޓަރުންނާއި ނަރުހުންގެ އެހީއާއެކު އަވަސް ފަރުވާދޭ ބަޔަށް ސޯބިރާ ގެންދިއުމުގެ މަސައްކަތް ވަޤުތުން ފެށިގެން ދިޔައެވެ. އެންބިއުލެންސްގައި އައި ވަޤުތު އައިވިން ނަޔާއަށް ގުޅުމަށްފަހު ވީގޮތް ކިޔައިދިނުމުން ނަޔާވެސް އައިސް ހުއްޓެވެ. ސޯބިރާގެ ދިރުމެއްނެތް މޫނު ފެނުމާއެކު ނަޔާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.
***********
އެމަރޖެންސީ ރޫމްގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައިވިން އޭނާގެ އިސްތަށިގަނޑާއެކު މޫނުގައި އަތް ހިންގާލިއެވެ. ވިސްނަން ބޭނުން ނުވިޔަސް އޭނާގެ ހިއްސުތައް ނުބައި އިންޒާރެއް ދެމުން ދިޔައެވެ. މިއީ އޭނާ އުންމީދުކޮށްގެން ހުރި ގޮތެއް ނޫނެވެ. ޒޯޔާގެ ދިރިއުޅުމާ ގުޅޭ ހުރިހާ ސުވާލަކަށް އޭނާއަށް ޖަވާބު ހޯދެން އޮތީ ސޯބިރާގެ ކައިރިންނެވެ. ނަމަވެސް ދިއްލިގެން ދިޔަ އުންމީދުގެ ހުޅުކޮޅު ކަނިވެގެން ގޮސް ނިވިދާނެތީ އޭނާ ބިރުގަނެއެވެ.
އެމަރޖެންސީ ރޫމްގެ ދޮރު ހުޅުވުނު އަޑަށް އައިވިން އެދިމާއަށް އެނބުރުނެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ގޮނޑި ބަރީގައި އިށީނދެގެން އިން ނަޔާވެސް ކައްޓެއް ޖެހުނު ހެން އަވަސް އަވަހަށް ތެދުވެ ޑޮކްޓަރުގެ ކުރިމަތީގައި ހުއްޓުނެވެ. ދެމީހުންވެސް ނޭވާ ހިފަހައްޓާލައިގެން ތިބީ ޑޮކްޓަރުގެ ޖަވާބު އަންނާންގޮތެއް ނޭނގޭތީއެވެ.
“އައިމް ވެރީ ސޮރީ..ބަޓް ޝީސް ނޯ މޯރ..” ޑޮކްޓަރު އިސްޖަހާލަމުން ބުނެލި ވާހަކައިން އައިވިން އާއި ނަޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ޕޭޝަންްޓް ހޮސްޕިޓަލަށް ގެނެވުނު އިރުވެސް މާ ލަސްވެފަ ވަނީ.. ބެލި ބެލުމުން އެނގުނު ގޮތުގައި ޕޭޝަންޓަށް ވަނީ ސްޓްރޯކެއް ޖެހިފަ..” ޑޮކްޓަރުގެ ވާހަކަ އާއެކު ނަޔާ އަށް އަނގަމަތީ އަތް އަޅާލެވުނެވެ. އޭރު ނަޔާގެ ދެލޮލުން ކަރުނަތައް ދިޔައީ ފައިބަމުންނެވެ.
އައިވިންގެ ކަންފަތައް ޑޮކްޓަރުގެ ވާހަކަތައް އިވުނީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ. ސޯބިރާގެ ވަކިވެދިއުން ޒޯޔާއަށް އިނގިއްޖެ ނަމަ ވާނެ ގޮތަކާ މެދު އޭނާ ފިކުރު ބޮޑުވިއެވެ. ޒޯޔާގެ ޙަޔާތުގައި ހުރި އެންމެ މުހިއްމު މީހަކީ އޭނާގެ މަންމަކަން އައިވިން އަށް އެނގެއެވެ. އެމަންމަ މިދުނިޔެއާއި ޢަލްވަދާޢު ކިޔައިފިކަން އޭނާ ޒޯޔާއަށް ބުނެދޭނީ ކޮން ދުލަކުންހެއްޔެވެ؟
ޓެކްސީގައި އައިސް އައިވިން ހުއްޓިލީ ޒަފަރްގެ ގޭގެ ކުރިމަތީގައެވެ. ހަރަކާތެއް ކޮށްނުލާ އައިވިން އިރުކޮޅަކު މަޑުޖެހިލައިގެން ހުއްޓެވެ. އޭނާގެ ނަފްސު ކޮންމެވެސް ކަމަކަށް ތައްޔާރު ކުރުވަނީ ކަންނޭނގެއެވެ. ފިނި ނޭވާއެއް ބޭރުކޮށްލުމަށްފަހު އައިވިން ހިނގައިގަތީ ގޭގެ އެތެރެއަށެވެ.
ބެލް ޖަހާ އަޑު އިވުމާއެކު ޒޯޔާ އައިސް އެޕާޓްމެންޓްގެ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އައިވިން ފެނުމުން ކޮންމެވެސް ވަރަކަށް ސިހުން ލިބިގެން ދިޔައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ޒޯޔާ އިސްޖަހާލީ ހެނދުނު ދެމީހުންގެ ކުރިމަތީ ހިނގި ދެބަސްވުން ހިތަށް އަރާފައެވެ.
“ޒޯޔާ..” އައިވިންގެ ދެއަތުން ޒޯޔާގެ ކޮނޑުގައި ހިފަހައްޓާލުމާއެކު ޒޯޔާގެ ނަޒަރު އައިވިން އަށް އަމާޒުވެގެން ދިޔައެވެ. އައިވިން އަށް އޭނާ ބުނަން އައި ވާހަކަ ދެއްކުން ފަސޭހައެއް ނުވިއެވެ. ޒޯޔާގެ ސޫރަ ފެނުމާއެކު އޭނާއަށް އެކަން ހައްތަހާ އުނދަގޫ ވެގެން ހިނގައްޖެއެވެ. ހީވަނީ ދުލުން ބޭރުކުރަން ބޭނުންވާ ލަފްޒުތައް އަރު ތެރޭގައި ތާށިވެފައި ވާހެންނެވެ. ދެވަނަ ފަހަރަށް ވާހަކަ ދެއްކުމުގެ ކުރިން އައިވިން ދެތިން ފަހަރަކު އޭނާގެ ދެތުންފަތް ތެތްމާލިއެވެ.
“ޒޯޔާ…ހިނގާ..ހިނގާ އަހަންނާއެކު ހޮސްޕިޓަލަށް..” އައިވިން އެދުނު ކަންތައް އަޑުއިވުމާއެކު ޒޯޔާގެ ނިތަށް ރޫގިނަ ވެގެން ދިޔައެވެ. އެހެނަސް އިރުކޮޅެއްނުވެ ޒޯޔާގެ މޫނުމަތިން ހިތްހަމަ ނުޖެހުން ފާޅުވެ އައިވިންގެ ދެއަތް އޭނާގެ ކޮނޑުން ދުރުކޮށްލިއެވެ.
“އައިވިން.. އަހަރެން ކިތަށް ފަހަރުތަ ބުނާނީ އަހަރެން ރަނގަޅޭ… އައިވިން އަށް ގަބޫލު ނުކުރެވުނަސް އަހަރެން އުޅެނީ ބަލައިގެންނޭ..” ޒޯޔާ ހީކުރީ އައިވިން އެ އެދުނީ އޭނާ ޑޮކްޓަރަށް ދެއްކުމަށް ކަމަށެވެ. މިއަދު ހެނދުނު ވީ ދެބަސްވުން އަދިވެސް އައިވިން ކުރިއަށް ގެންދަނީ ކަމުގައި ޒޯޔާއަށް ހީވިއެވެ.
ޒޯޔާގެ ވާހަކަ އަޑު އިވުމާއެކު އައިވިން އަށް ދެލޯ މަރާލެވުނެވެ. އޭނާ ހިފައިގެން އައިސް އެހުރި ޚަބަރަކީ ޒޯޔާ ޚިޔާލަށްވެސް ގެނެސްފައި ނުވާ ޚަބަރެއްކަން ޒޯޔާގެ ވާހަކަތަކުން އޭނާއަށް ދޭހަވެއެވެ. އިއްޔެ ވާހަކަ ދައްކާ ހެޔޮ ހާލުގައި ހުރި މަންމަ މިއަދު ދުނިޔެއިން ވަކިވެގެން ހިނގައިދާނެ ކަމަށް ވިސްނާނީވެސް ކާކުހެއްޔެވެ؟ އެހެނަސް ދުނިޔޭގެ އުސޫލާ ޤަވައިދަކީ ބަދަލު ކުރެވޭނެ ކަންކަމެއް ނޫނެވެ. ވަޤުތު ޖެހުމުން ލަހެއް ފަހެއް ނެތި މި ފަނާވަނިވި ދުނިޔެ ދޫކޮށް ހުސް އަތާ ޖެހޭނީ ދާށެވެ.
“ޒޯޔާ ޑޮކްޓަރަށް ދައްކާކަށް ނޫނޭ އަހަރެން މިބުނީ ހިނގާށޭ.. ދެވުނީމަ އިނގޭނެ.. ޕްލީސް.. އިތުރަށް އަހަންނާ ދެބަސްނުވެ ހިނގާބަލަ..” އައިވިންގެ އަޑުގައިވާ އާދަޔާޚިލާފު މަޑުމޮޅިކަން ޒޯޔާ އަށް އިހްސާސްވީ ދެނެވެ. އެދެލޮލުންވެސް އޭނާއަށް ފެންނަނީ ކަމަކާ ހާސްވެ ކަންބޮޑުވެފައި ހުރި ކަމުގެ އަސަރު ތަކެވެ. އައިވިންގެ މޫނަށް ބަލަން ހުރި ޒޯޔާގެ ހިތް ނުބައިގޮތަކަށް ތެޅިލިއެވެ.
އިތުރު ދެބަސްވުމެއް ނެތި ޒޯޔާ އައިވިން އެދުނު ފަދައިން ކަންތައްކުރިއެވެ. ހޮސްޕިޓަލަށް ދިއުމަށް ކާރުގައި ދަތުރު ފެށި އިރު ޒޯޔާ އިނީ ވާން މިއުޅޭ ގޮތެއް ނޭނގި ނުހަނު ކަންބޮޑު ވެފައެވެ. ކާރުގެ ބޭރަށް ނަޒަރު ހުއްޓާލައިގެން އިން އައިވިން އަށް ޒޯޔާ ބަލައިލިއެވެ. އެތައް ސުވާލެއް އައިވިން އަށް ކުރަން ބޭނުންވި ނަމަވެސް ޚުދު ޒޯޔާގެ އަމިއްލަ ނަފްސު އެކަން ކުރުމަށް ޖެހިލުން ވަމުން ދިޔައެވެ. ކާރުގެ ތެރޭގައި އުދާސްވެފައި އިން ޒޯޔާ ދެއަތް ދެއަތާ މޮޑެމުން ދިޔައިރު ދެއަތުން ލޮނު ދާހިތްލަމުން ދިޔައެވެ.
ހޮސްޕިޓަލްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު އައިވިން ފައިބަމުން ޒޯޔާއަށް ދޮރުހުޅުވާލަ ދިނެވެ. އައިވިންގެ ފަސް ފަހަތުން ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އައި ޒޯޔާއަށް މިދެވެނީ ކޮންތަނަކަަށް ކަން ނޭނގި އެކި ފަރާތް ފަރާތަށް ބެލެމުން ދިޔައެވެ
ވަކި ހިސާބަކަށް ދެވުނު ތަނާ ދޮރެއްގެ އެއްފަރާތުގައި “މޯގް” ޖަހާފައި ހަރުކުރެވިފައިވާ ނަންބޯޑު ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. މޯގް އަކީ މަރުވެފައިވާ މީހުންގެ އިތުރު ތަޙްލީލްތައް ކުރުމަށާއި ވަޅުލެވެންދެން ބޭއްވުމަށް ހަދާފައިވާ ތަނެއްކަން ޒޯޔާއަށް އިނގެއެވެ. އެހެނަސް އައިވިން އެކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން ބިރެއް ފެނުނު މީހެއްހެން ޒޯޔާއަށް އައިވިންގެ ޓީޝާޓުގައި ހިފަހައްޓާލެވުނެވެ.
“އައިވިން.. ކީއްކުރަން އަހަރެން މިތަނަށް ގެނައީ.. އަހަރެން އަނބުރާ ގެންދޭ ގެއަށް…” އައިވިން އަށް ފަސް އެނބުރި ޒޯޔާއަށް ބަލާލެވުނެވެ. އޭރު ޒޯޔާގެ މޫނުމަތިން ބިރުގެންފައި ހުރިކަން ރީއްޗަށް ފާޅުވަމުން ދިޔައެވެ. އައިވިން ޓީޝާޓުގެ ކޮޅުގައި ވަކިން ބާރަށް ޒޯޔަ ހިފާލިއެވެ.
އައިވިން އަށް ހަދަންވީގޮތެއް ނުވިސްނުނެވެ. އިތުރަށް ސޯބިރާގެ ވާހަކަ ޒޯޔާއަށް ސިއްރު ކުރެވޭކަށް ވެސް އޭނާއަކަށް ނެތެވެ. ނޫންނަމަ ޒޯޔާގެ މުޅި އުމުރަށް އެޚަބަރު އޭނާ ސިއްރު ކުރީހެވެ. ލިބެން އުޅޭ ހިތާމައިން ޒޯޔާއަށް ކުރާނެ އަސަރު އަންދާޒާ ކޮށްލެވުމާއެކު އައިވިންގެ މޭގައި ދިލަ ރިހުމެއް އުފެދިގެންދިޔައެވެ.
“ނަޔާ..” ބިރުގަނެފައި ހުރި ޒޯޔާގެ ސަމާލުކަން ހޯދީ މޯގް އޭރިއާ ގެ ތެރެއިން ނުކުން ނަޔާ ފެނުމުންނެވެ. އަވަސް އަވަހަށް ނަޔާގެ ކައިރިއަށް ގޮސް ޒޯޔާ ހުއްޓިލިއެވެ.
ނުރޯން ހިތްވަރުކުރަމުން ދިޔަ ނަޔާއަށް ޒޯޔާ ފެނުމުން އޭނާގެ ހިތްވަރު އެލިގެންދިޔައެވެ. ލޯފުރާލި ކަރުނަތަކާއެކު ނަޔާއަށް ވަޤުތުން އިސްޖެހިގެން ދިޔައެވެ.
“ނަޔޫ..މި އައިވިން ނޭނގެ އަހަރެން މިތަނަށް ގެނައީ ކީއްކުރަން ކަމެއް.. އަހަރެން ބޭނުމެއް ނޫން މިތާ ހުންނާކަށް.. ނަޔޫ ހިނގާ އަހަންނާއެކު ދާން މިތަނުން..”އެއްފަހަރު މޯގް އޭރިއާއަށް އަނެއްފަހަރު ދެތިން ފޫޓު ދުރުގައި އޭނާއަށް ބަލަހައްޓައިގެން ހުރި އައިވިން އަށް ބަލާލަމުން ޒޯޔާ ވާހަކަ ދެއްކިއެވެ. އައިވިން އޭނާއަށް ބަލަމުން ދިޔަ ހިތާމަވެރިކަން އެކުލެވޭ ބެލުމުން ޒޯޔާގެ ހިތް ބިރުގަންނަނީއެވެ.
” ޒޯ..” ނަޔާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ޒޯޔާގެ ގައިގާ ބައްދައިގަންނަމުން ނަޔާއަށް އިތުރަށް ރޮވެން ފެށުނެވެ. ނަޔާގެ މި ޢަމަލުން ޒޯޔާ އިތުރަށް ހާސްވާން ފެށިއެވެ. އޭނާއަށް ނޭނގި ބޮޑު ކަންތައްގަނޑެއް ހިނގައިފި ކަމުގައި ހިތްބުނަން ފެށިއެވެ.
“ނަޔޫ.. ނަޔޫ ރޮނީތަ..ކީއްވެ..ކިހިނެތް ވެގެންތަ މިއުޅެނީ..ހެޔޮ ނުވާނެ ނަޔޫ.. މިވެގެން އުޅޭ ގޮތެއް އަހަރެން ކައިރި ބުނެބަލަ.. އަހަރެން ވަރަށް ބިރުގަނޭ އެބަ..” ނަޔާއަށް ވީގޮތް ބަލަން ހުރި ޒޯޔާގެ ހިތް ނެގި ނެގިފައިޖެހެމުން ދިޔައެވެ.
“ޒޯ..ޒޯގެ މަންމަ..” ނަޔާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ. އެހެނަސް މަންމައޭ ބުނުމުން ޒޯޔާ ވަޤުތުން ހުއްޓުން އެރިއެވެ. އޭނާގެ ދެލޯބޮޑުވެ ލާން އުޅުނު ނޭވާވެސް އަރުތެރޭ ތާށިވެއްޖެއެވެ.
“ސޯބިރާއްތަ.. ނިޔާވެއްޖެ..” ނަޔާގެ އަޑު ނިކުތީ ކެނޑި ކެނޑި ގެންނެވެ. ސިކުންތުކޮޅަކަށްފަހު ޒޯޔާގެ އެއްވެސް ޚަބަރެއް ނުވުމުން ޒޯޔާގެ ކޮނޑުގައި އަޅައިގެން އޮތް އޭނާގެ ބޯ އުފުލާލަމުން ނަޔާ ޒޯޔާއަށް ބަލަައިލިއެވެ. ހުއްޓުން އަރާފައި ޒޯޔާ ހުރި އިރު އޭނާގެ ދެލޯ އަދިވެސް ހުރީ ބޮޑުކޮށްލައިގެންނެވެ.
“ޒޯ..!” ގަބުވެފައި ހުރި ޒޯޔާގެ ދެކޮނޑުގައި ހިފާ ނަޔާ ތަޅުވާލިއެވެ. ހޭވެރިކަން ލިބުނު މީހެއް ފަދައިން ޒޯޔާ އޭނާގެ އެސްފިޔަތައް ތަޅުވާލިއެވެ.
“ނަޔޫ..” މިއީ ސަމާސާ ކުރަންވި ވަޤުތެއް ނޫނޭ.. އަހަރެން އިތުރަށް ބިރު ނުގަންނުވާ ހިނގާ އަވަހަށް މިތަނުންދާން..” ޒޯޔާ ނަޔާގެ އަތަށް ދަމާލާމުން ބުނެލިއެވެ. ނަޔާގެ ކުރެހިފައިވާ އަޑާއި ރޮމުން ދިޔަ ރުއިން ޒޯޔާއަށް އެތައް ވާހަކައެއް ބުނެދެމުން ދިޔަ ނަމަވެސް އޭނާ އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ. ޒޯޔާ ބޭނުންވަނީ އެހުރިތަނުން ވީ އެންމެ އަވަހަކަށް ދާށެވެ.
“ޒޯ.. އަހަރެން މިހަދަނީ ދޮގެއް ނޫނޭ.. މިފަދަ ބޮޑުކަމެއްގަ އަހަރެން ދޮގު ހަދަންވީ ކީއްވެ.. ޒޯ ޤަބޫލޫ ނުކުރެވެންޏާ ހިނގާ އަހަންނާއެކު އެތެރެއަށް. އޭރުން ޒޯގެ އަމިއްލަ ލޮލަށް ހަޤީޤަތް ފެންނާނެ..” ނަޔާ ހިތްވަރު ކުރަމުން ޒޯޔާގެ އަތުގައި ހިފާލާމުން މޯގް އޭރިއާގެ ތެރެއަށް ވަންނަން ދިޔައެވެ. ޒޯޔާ ހީވަނީ އަމިއްލަ ބާރެއް ނެތި ޗާބި ދީފައިވާ ބުދެއްހެންނެވެ. ނަޔާގެ އަތުގައި ހިފައިގެން އޭނާ ދާ ތާކަށް ހިނގަމުން ދިޔައެވެ. ޒޯޔާގެ މުޅި ނަފްސުވެސް ނަޔާ ދެއްކި ވާހަކަ ދޮގު ކުރަމުން ދިޔައެވެ. އޭނާ އެދަނީ އެ ޚަބަރަކީ ދޮގެއްކަން ކަށަވަރު ކުރާށެވެ. ނަޔާ އާއެކު ޒޯޔާ ހިނގައިގަތުމުން އައިވިން ވެސް އެމީހުންގެ ފަހަތުން އެތެރެއަށް ހިނގައިގަތެވެ.
ކޮޓަރީގެ ތެރޭގައި ބޭއްވިފައި އޮތް މީހާ ޒޯޔާގެ ލޮލަށް ފެނިގެން ދިޔައެވެ. އޭނާގެ ފައިލާ ކޮޅުގައި ނަޔާގެ ފަހަތުން ޒޯޔާ މަޑު ޖެހިލި އިރު މޫނު ފިޔަވާ އެމީހާގެ މުޅި ހަށިގަނޑު ވަނީ ހުދު ފޮތިން ނިވާ ކުރެވިފައެވެ. އެމީހާގެ ބޯލާ ކޮޅާ ދިމާއަށް ނަޔާ ޖެހިލުމާއެކު ޒޯޔާއަށް ކޮންމެ ފިޔަވަޅެއް އެޅުނީ ލަސް ލަހުންނެވެ. ހިންދިރުވާލުމަށްފަހު އެމީހާގެ މޫނަށް ބަލައިލި ވަޤުތު ޒޯޔާ ހުއްޓުން އެރިއެވެ. ހީވީ އޭނާގެ ހިއްސުތައް މަަަސައްކަތް ކުރުންވެސް ކުޑަ ހިނދުކޮޅަކަށް މަޑު ޖެހިލިހެންނެވެ. ސޯބިރާގެ ހުދުވެފައިވާ މޫނާއި ނޫވަމުން އަންނަ ތުންފަތް ފެނުމުން ޒޯޔާގެ ފައިން ބިންގަނޑު ދެމިގެން ދިޔަ ދިޔައެވެ. ބޯ ހޫރުވާލި ޒޯޔާގެ ތުރު ތުރު އަޅަމުން ދިޔަ ދެތުންފަތް ހަރަކާތް ކޮށްލަމުން މަންމައަށް ގޮވާލެވުނެވެ. އެހިނދު ގައިގާ ވަރުނެތް މީހެއްފަދައިން ޒޯޔާ ތިރިއަށް ވެއްޓެން ދިޔައެވެ. އެފަދަ ކަމަކަށް ހުށިޔާރުވެ ހުރި އައިވިން އަވަސް އަވަހަށް ޒޯޔާގެ ގައިގާ ހިފަހައްޓާލިއެވެެ. އައިވިންގެ މޭގައި ލައްވެލުނު ޒޯޔާއަށް ގިިސްލަމުން ރޮވެން ފެށުނެވެ.
“ޒޯ..ހިތްވަރު ކުރަންވާނެ.. މިއި ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް..” ނަޔާ ތިރިވެލަމުން ޒޯޔާގެ ބޮލުގައި ފިރުމާލިއެވެ. އެހެނަސް ޒޯޔާއަށް އެއިން އެއްވެސް ވާހާކާއެއް އަޑު ނީވޭފަދައެވެ. މަންމައަށް ގޮވަމުން ޒޯޔާ ރޮމުން ދިޔައެވެ.
ޒޯޔާގެ ވޭނީ ގިސްލުމުގެ އަޑު އިވެމުން ދިޔައިރު އައިވިން އިނީ ޒޯޔާއަށް ވަޤުތު ދީގެންނެވެ. އެ އަޑު އަހަން އެހިތަށް ކިތަންމެ ބޮޑު ތަކުލީފެއް ލިބެމުން ދިޔަނަމަވެސް ރުއިން ހުއްޓާލާކަށް އައިވިން ނޭދެއެވެ. އެހެނަސް ޒޯޔާގެ ކައިރިން އޭނާ ދުރަށް ނުދެއެވެ. ޒޯޔާގެ ބުރަކަށީ ގައި އަތް ޖައްސާލާއިގެން އައިވިން އިނެވެ. ޒޯޔާ މަންމަ ވަކިވެގެން ދިޔަސް ޒޯޔާ މިދުނިޔޭން އެކަނި ނުވާކަން އޭނާ އަންގައިދޭން ބޭނުންވިއެވެ. ކޮންމެ ހާލެއްގައިވެސް ޒޯޔާ އާއެކު އައިވިން ވާނެކަން ޒޯޔާއަށް އިޙްސާސް ކޮށްދޭން އޭނާ ބޭނުންވެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Wow??????????? varah varah reethi mi part vx??????????????? but thankolheh kuru dhw? and repeat vefa vx ebain.. but its ok??? wonder dhooni ge sifa kurun varah varah furihama?❣ ekm zoa haadha dhera vaaney dhw☹☹☹☹☹☹☹☹ anehka zafar gandu ge aniyaa vx dhn kuri ah vureh bodu vx vedhaane.. aivin vx rashah dhaan jeheyneynun☹☹ Alhe zoayaa haadha ekani vaaney☹????????… curiously waiting for the next part??? when next??? #stay safe wonder? ly♡?
Thank u soo much Maee. Dear bunelyma aslu rangalhah mi balaaly.. v bodah sorryy rangalhah check nukohla upload kohlevunyma.. ekam mi bai dear ah kamudhiyaeema v ufaavejje. Yes.. zoa v dheravaane dhw.. hingaa dhn vaagotheh ves balamaa.. next part In sha Allah dhethin dhuvas therey up kohle dheveythoa balaanan. U too stay safe dear.. ly more..n thank u mistakes faahaga kohal dhinyma?❤️
Hellow readers.. wonder ah mi part ga repeat vefa huri baithah fenuny upload kohli fahun. Repeat vefa in kan neynge word limit ah balaafa wonder mi part up kohlevuny.. In sha Allah mirey alun 18th vana part edit kohlumah fahu adhi ithurah dhigu kohlumahfahu up load kohla dheynan.. wonder ge careless kamahtakaa kiyuntheringe kibain v bodah ma’aafah edhen.
Aleyy sisooo it’s ok
Mistake vaanee insaanunakahnu dhw issoke sisoo
Thank u Ril for understanding.. ?❤️
Wow mi part ves vrh sali❤️❤️❤️??
Masha Allah❤️❤️❤️❤️❤️
Aleyyy Zoya ge mom maruvee dhw no way ????vrh sad soobiraatha maruveemaa???
I feel pity for Zoya.??????
Rageeney Zafar ge hitha naaraanekan ekehche vss haadha haru hie gadeh ona sorekey zahaadei??????
Ril aa dhimaavaaduvahakun duniyeyge dekolu dhakaalaanan hehe?????????????????
Btw vrh Curious for next part ❤️❤️❤️
Love uuuuu sisoo❤️❤️❤️
Stay safe sis ❤️❤️❤️❤️
Thank u soo much Ril. V ufaavejje dear ah mi part ves kamudhiyaeema.. yes it’s really sad but this is how i have planned the story line so i can’t help it?. Hehe.. u can do it Ril. Next part In sha Allah avahah up kohleveythoa try kuraanan. Lymm dear.. u too stay safe?❤️
edit kohfa up kuraa part ah wait kuran mi feshy mihaarun feshigen….. love you wonderr….. ❤️ ❤️ ❤️ ❤️ ❤️……
Hope u liked the edited part Princess. Lymm dear?❤️
Maasha allah v reethi mi part vx sisoo
Alhey Zoya mom maruvee Dhw.. Zoya ah Dhn dhiri ulhen vx V dhathivaane kaneyge.. E Zafar ge hithakah naaraane E kahcheh vx.. Aivin avahah Zoya Zafar kairin salaamaiy kurey
Curiously waiting for nxt part
Stay safe n Tc sis
Lyyysssmmm
Thank u so much LamHaa. V ufaavejje dear ah mi part ves kamudhiyaeema. Hingaa dhw dhn vaagotheh ves balamaa.. Aivin hadhaa ehcheh ves ingidhaanethaa dhw?. Next part In sha Allah avahah up kohleveythoa try kuraanan. U too b safe n tvgc. Lymmm dear?❤️
Oh no?????????????Alhe Zoa dhera vaane dho????? ekam Aivin haadha rangalhey???? Zoa dhen vejjehnu Aivin ah kiyaadheyn alhe????????????? ماشاءالله♥️??????????? Sifa kohdheefa huri gothun heevani kurimathin fenna hen hama rovey varu vey????❤️❤️❤️❤️?????? Varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah varah FURIHAMA mi part ves?♥️♥️❤️❤️♥️♥️❤️❤️??❤️❤️??????❤️❤️❤️???♥️♥️♥️??????????????????
Awwn Thank u soo much Sher.. mi part kamudhiyaeema v ufaavejje.. yess.. zoa v dheravaane dhw. Hingaa dhw dhn huri part thakah inthizaaru kuramaa.. hurihaa kameh ves enme perfect time ga ingigen dhaane. Sifa kurunthah kamudhiyaeema v ufaavejje ?❤️
Maasha allah … mi baives v reethi … v ufaavi aslu mistake eh hedhunukan inguneema rangalhu kohleethee … v madhun thikahala writers fennaanee … btw curiously waiting for the next part ?
Vbb