‘އޭގެ މާނަ އަކީ ކޮބާ ހެއްޔެވެ. ބަލި މިވީ އަހަރެން ނޫން ހެއްޔެވެ’ ޔޫލީގެ ހިތުގައި ވިއެވެ. “ލެޓްސް ސީ” ޔޫލީ ކޮޑު އަރުވާލަމުން މިހެން ބުނެލާފައި މީޓިން ރޫމް އިން ނިކުތެވެ. **** ޔޫލީ ނިކުމެގެން ދިއުމުން މާންގެ މޫނުމަތީގައިވި ހަމަޖެހުމުގެ ކުލަވަރު ގެއްލި އޭނާގެ ދެބުމަ ގާތްވެލިއެވެ. ‘ އަހަރެންނަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއްބާއެވެ. މި އަންހެންކުއްޖާއާއި ކޮންމެ ދުވަހަކު ކުރިމަތިލުމަކީ ބޮޑު އިމްތިހާނެކޭ އެއްވަރެވެ.’ އޭނާގެ ސިކުޑީގައި އެބުރެމުން ދިޔަ […]
މީޓިން ރޫމް ތެރެއަށް ވަދެ ވަދެ ހުރި މާންގެ ލޮލުގައި އޮފީހުގެ މައި ދޮރުން ވަތް ޔޫލީ އަޅައިގަތެވެ. މާންއަށް ލޯ ހިމަކޮށްލެވުނީ ޔޫލީ ލާފާ ހުރި ހެދުމުންނެވެ. ހިތްހަމަ ނުޖެހިފާ ހުރި މާން އިތުރަށް ރުޅި ގަދަވިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެކަން ހާމައެއް ނުކުރެއެވެ. ޔޫލީގެ އެ އަމަލަކީ އޭނާގެ ކިބައިން ރުޅިވެރިކަން ފެނޭތޯ ކުރި ކަމެއް ކަމަށް އޭނާއަށް ޔަގީނާއި ގާތަށް ޝައްކެވެ. ކެބިން ތެރެއިން ނިކުތް ލަޔާލްއާއި ރެސެޕްޝަންގައި އިން ޝިފްނާއަށްވެސް […]
ކޮޓަރިއަށް ވަންއިރުވެސް ޔޫލީގެ ރުޅިގަނޑު މަތައެއް ނުވެއެވެ. ވަން ގޮތަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑަށް ސިހުނު ވަރުން ނިދާފައި އޮތް ޝިފްނާވެސް ކޮޅަށް ޖެހުނެވެ. އެ އަޑު ބޭރުގައި ހުރި މާންއަށްވެސް އިވޭނެކަން ގައިމެވެ. ޝިފްނާ އަވަސް އަވަހަށް ޔޫލީއާއި ގާތްވެލިއެވެ. އޭނާވަނީ ވަރަށް ހާސްވެފައެވެ. ޔޫލީ އޭނާއަށް އެ ވާހަކަ ކިޔާދިނުމުން ހާސްކަން ފިލާ އޭނާއަށް ހީގަނެވުނެވެ. ޝިފްނާ ހޭންފެށުމުން ޔޫލީ ތުން އޫ ކޮށްލާފައި ދެން އެއްވެސް ވާހަކައެއް ނުކިޔާދޭނަމޭ ބުންޏެވެ. ޝިފްނާ […]
ކިންގް ސައިޒް އެދެއް ބަހައްޓާލާފާވާއިރު ގަދަ ފެހި ވެލްވެޓް ހެޑްބޯޑް މަތިން ފާރުގައި ރީތި ކުރެހުމެއް ހަރުކޮށްލާފާވެއެވެ. އެދުގައި ވަނީ ކޮޓަރިއާއި ގުޅެނޭހެން ފެހި ކުލައިގެ ބެޑްޝީޓް އެއް އަޅާފައެވެ. ކޮޓަރީގައި ވަދެވޭ ގޮތަށް ހަދާފާވާ އަލަމާރި ކޮޓަރި ތެރޭ ފެހި ކުލައިގެ ބެންޗް އެއް ހުއްޓެވެ. އަދި ރީތިވާ އެއްޗިސް ބަހައްޓަން ހަދާފާވާ ތަނުގެ ކައިރީ ވަށް ފެހި ކުލައިގެ ގޮޑިއެއް ހުއްޓެވެ. އެ ކޮޓަރީގައި ވަނީ އެކި ދިމާލުގައި ލޯގަޑެވެ. އެދުގެ ކުރިމަތީ ބިއް […]
ޔޫލީ އިނީ ސްޓަޑީގައި ވާހަކައެއް ކިޔާށެވެ. ސްޓަޑީ އަކީ އެގޭގައި ސިޓިންރޫމް ތެރެއިން ވަދެވޭ ގޮތަށް ހާދާފާވާ ބޮޑު ތަނެކެވެ. އެ ތަން ފަރުމާ ކޮށްފާވަނީ އޮފީސް މަސައްކަތް ކޮށްލާ ފޮތް ކިޔާލެވޭ ގޮތަށެވެ. އެކި ކަހަލަ ފޮތް އެތާވެއެވެ. ލައިބްރަރީ އެކޭ އެއްގޮތެވެ. ޔޫލީ ނިކުމެގެން މާބޮޑު ސަމާލުކަމެއް ސިޓިންރޫމްއަށް ނުދީ ބަދިގެއާއި ދިމާއަށް ހިގައިގަތެވެ. ‘ މަންމަ ވެސް ޝިޔާނާއްތަ ކައިރިއަށް މިރޭ ދާންވެއްޖެ. ޑޭޑް ވެސް އެހާ ގިނަ މެއިޑް އިން ގޭގަ […]
“ދޮންތައަށް ގުޅާލާނަން މިއަދު.” މާހިން އަވަސް އަވަހަށް ބުނެލިއެވެ. މިހެން ބުނެ މަޑުކުރުމެއްނެތި މާހިން ނިކުތެވެ. މާން ވިސްނާލިއެވެ. މާހިން އަށް އެހާ ބޮޑު ބަދަލްތަކެއް އަންނަމުންދާތީ އޭނާ އެކަމާ އުފާވި ނަމަވެސް ކަންބޮޑުވުން ފިލާ ނުދެއެވެ. މާހިން އަކީ އެ އާއިލާގެ އެންމެ ހަގު ކުއްޖާއެވެ. އަދި މަންމައާއި ބައްޕަގެ ވަކިވުމުން އެންމެ އަސަރުކުރީވެސް މާހިން އަށްކަން މާން ގަބޫލްކުރެއެވެ. އެހެންކަމުން މާހިންގެ އުޅުމާއި ދޭތެރޭ މާންއާއި މާޝާ ވެސް ވިސްނާ ފިކުރުކުރެއެވެ. އޭނާއަށް ދިމާވާ […]
” ވާއޮ .. ހާދަ ރީތިވެލައިން މިރޭ ތިހިރީ… އަނެއްކާ އަހަރެން ކައިރި ނުބުނާ ކަމެއް އޮތީތަ؟ އަނެއްކާ އިތުރު މީހަކު އަންނަނީތަ؟” އެވަގުތު އެ ގަމީސް ޝިފްނާ އަށް ފާހަގަ ވިއެވެ. ” ޔޫ ތީ އެ ފިހާރައިން ނެގި ގަމީސް ދޯ ؟ އަނެއްކާ ކޮން ކަމަކު ތި އުޅެނީ؟ ޔަގީން ހަމަ، މިރޭ ތިޔަ އުޅެނީ ކޮންމެސް ކަމަކު.” ޔޫލީ ލައިން ހުރި ގަމީހުގަ އަތް ޖައްސާލަމުން ޝިފްނާ ބުނެލިއެވެ. ” ކީއްވީ؟ […]
” އައި ޑޯންޓް ނީޑް ޔުއަރ ސޮރީ. ޑޮސް ޔުއަރ ބޮސް ނޯ ދެޓް ޔޫ އަރ ކެއަރލަސް އެންޑް އެރޮގެންޓް. މި ފިހާރައިން އެއްޗެއް ގަންނާކަށް އަހަރެން ބޭނުމެއްނޫން. ޗަސްޓް ކީޕް ދެމް.“ އޭނާ ނެގި ވަށިގަނޑު ކައުންޓަރު މައްޗަށް ޖެހުމަށްފަހު ޝިފްނާގެ އަތުގައި ހިފައިން ބާރަށް ފިހާރައިން ނުކުތެވެ. “ރީތި ކަމެއް ހުރީމަ ކަންނޭގެ ކޭޝިއަރ ގަޑަކަށް އިންނައިރުވެސް އެހާ ފޮނީ. މާ ގިނައިން ވިޔަފާރި ވަނީ ކަންނޭގެ. އެހެންނު ވާނީ ވިޔަފާރިވެރިޔާއަށް ވާ […]
“ޝިފްނާ ކަމެއް ކުރިނަމަ އެއްނު ޝިފްނާ މާފަށް އެދެން ވާނީ، ޝިފްނާ އަދި މާފަށް އެދޭވަރު ކަމެއް ނުކުރަމެއްނު. އެ ކުއްޖާއަށް ކިޔަނީ ޔޫލީ ތަ؟ ޝިފްނާ މީތި ޔޫލީ އާއި ހަވާލްކޮއްލަ ދީފާނަންތަ؟” މާން ހިނިތުންވެލަމުން ފެހި ކުލައިން ބަންދުކޮށްލާފައި އޮތް ޕާރްސަލްއެއް ޝިފްނާއަށް ދިއްކޮއްލިއެވެ. ” އަދި އަހަރެންގެ ފަރާތުން މާފަށް އެދޭތި” ޝިފްނާ ބޯޖަހާލަމުން ޕާރްސަލްގައި ހިފިއެވެ. ********* އޮފީސް ނިމުމުން ޝިފްނާ ދިޔައީ ޔޫލީ މެން ގެއަށެވެ. ޔޫލީ އިނީ ދެފައި […]