Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 9 ވަނަ ބައި

wish
wish Level 2100 Login10 Stories
May 2, 2026 5 Mins Read
7 Comments

މީޓިން ރޫމް ތެރެއަށް ވަދެ ވަދެ ހުރި މާންގެ ލޮލުގައި އޮފީހުގެ މައި ދޮރުން ވަތް ޔޫލީ އަޅައިގަތެވެ. މާންއަށް ލޯ ހިމަކޮށްލެވުނީ ޔޫލީ ލާފާ ހުރި ހެދުމުންނެވެ. ހިތްހަމަ ނުޖެހިފާ ހުރި މާން އިތުރަށް ރުޅި ގަދަވިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެކަން ހާމައެއް ނުކުރެއެވެ. ޔޫލީގެ އެ އަމަލަކީ އޭނާގެ ކިބައިން ރުޅިވެރިކަން ފެނޭތޯ ކުރި ކަމެއް ކަމަށް އޭނާއަށް ޔަގީނާއި ގާތަށް ޝައްކެވެ. ކެބިން ތެރެއިން ނިކުތް ލަޔާލްއާއި ރެސެޕްޝަންގައި އިން ޝިފްނާއަށްވެސް ރިސެޕްޝަން އާއި ދިމާއަށް ހިނގާލާފައި އައި ޔޫލީ ފެނުނެވެ.

“އޯ ގޯޑް” ދެމީހުނަށް އެއްފަހަރާ ބުނެލެވުނެވެ.

މާންގެ ނަޒަރު އޮފީސްތެރެއަށް ހިންގާލިއެވެ. ހުރިހާ ފިރިހެން މުއައްޒަފުން އާޝޯހްވެފައި ޔޫލީއަށް ބަލަހައްޓައިން ތިބި އިރު ގިނަ އަންހެން މުއައްޒަފުންގެ މޫނުމަތީގައި ވަނީ ހަސަދަވެރިކަމެވެ. މާން ލަޔާލް އަށް ބަލާލުމަށްފަހު ބޯ ޖަހާލާފައި ވަނީ މީޓިން ރޫމްއަށެވެ. އެ އަމަލުން ލަޔާލްއަށް އެ ބުނީ ޔޫލީ މީޓިން ރޫމްއަށް ފޮނުވަންކަން އެނގުނެވެ.

‘ކޮންފަދަ އަންހެންކުއްޖެއް ހެއްޔެވެ؟ ގަޑިޖެހިގެން އައި އިރު ލައިފާ ހުރި އެއްޗިސް އެހުރީއެވެ. މީ އަޅެ ފަހެ ޔޫރަޕްގެ އޮފީހެއް ހެއްޔެވެ. މާން ސަރ ހިތްހަމަ ނުޖެހޭ ކަންތައްތަކު ތެރޭގައި ގަޑިއަށް ފަރުވާތެރިނުވުން ހިމެނޭހެން ހެދުން އެޅުމުގައި ތުނި ކުރު އެއްޗިސް ބޭނުންކުރުންވެސް ހިމެނެއެވެ. އަހަރެން ކުންފުނީގެ އުސޫލުވެސް އެ ކުއްޖާއަށް ފޮނުވީމެވެ. ދެންވާނީ ކިހިނެއްބާއެވެ.’ ލަޔާލްގެ ހިޔާލުތައްވަނީ ގިނަވެފައެވެ.

“ހައި ޔޫލީ. އަޅުގަނޑު އޮފަރ ލެޓަރ އާއިއެކު ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް ފޮނުވާލިން. ކިޔާލިންތޯ؟” ލަޔާލް ޔޫލީ ގާތު އެހިއެވެ.

” ޔޭސް. ސޮރީ އޭތި ކިޔާކަށް ވަގުތެއްނުވި. ދެން އޭގަ އޮންނާނީ ހަމަ ސޭމް ދޯ.” ޔޫލީ ގަސްދުގައި އޮޅުވާލިއެވެ. އޭނާ އެ ގަވާއިދު ކިއެވެ. ޔޫލީއަށް ލަޔާލް އެހެން އެހީ ކީއްވެގެންކަންވެސް އެނގެއެވެ. އެ ނުކިޔާ ކަމަށް ބުނީ އޭގައި ހެދުން އެޅުމުގެ ގަވާއިދު ވާކަން އޭނާއަށް އެނގޭތީއެވެ. މިއަދު ޔޫލީ އެ ގޮތަށް ހެދުން އެޅި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެ އުސޫލެވެ. އޭނާއަށް ޝިފްނާގެ ފަރާތުންވެސް މާންއަށް ހެދުން އެޅުމުގައި ބޭރުގެ ގޮތްގަޑު ގެންގުޅުން ކަމުނުދާކަން އެނގެއެވެ. އެހެންކަމުން ޔޫލީ އެހެން ކަންތައް ކުރީ މާން ރުޅިއައިސްގެންވެސް އޭނާ އެ އޮފީހުން ކަނޑާލާތޯއެވެ.

ޔޫލީ  ލަޔާލްގެ އިރުޝާދަށް މީޓިން ރޫމްއަށް ވަނެވެ. ޔޫލީ މީޓިންރޫމް އަށް ފަސްޖެހުމެއްނެތި ވަދެގެން އައި އިރު މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އޭނާ މިކަމަށް ތައްޔާރުވެގެން ހުރި ކަހަލައެވެ.

“ސޯ” މާން އައި ގާތުން ގޮޑިއެއް ދަމާލާ އިށީނދެލަމުން ލުއި ގޮތަކަށް ޔޫލީ ވާހަކަ ދައްކަން ފެށިއެވެ. ” މީ ލެކްޗަރ މީޓިންއެއްބާ ނޫނީ އަހަރެންގެ ފުރަތަމަ ދުވަސް ފަހު ދުވަހަށް ބަދަލްވުންތަ؟” ހަމަޖެހިލާފައި މިހެން އަހާލިއިރު އޭނާގެ މަގްސަދް މާން އަށް ފަހުމްވިއެވެ.

” ގޮތެއް ނިންމުމުގެ ކުރިން އަދި އެއް ވާހަކަ. ޔޭސް، އައި ޑިޑް ރީޑް ދަ ކޯޑް އޮފް ކޮންޑަކްޓް” މަލާމާތުގެ ހިނިތުންވުމަކާއިއެކު ޔޫލީ އިތުރު އެ ވާހަކަ އިތުރުކޮށްލުމުން އޭނާގެ މަގްސަދް ސާފެވެ.

އޭނާ ހެދުން އަޅާފައި ވަނީ އޮފީސް މާހައުލާ ގުޅޭނެހެންނެވެ. ނަމަވެސް އެއީ މާންގެ އޮފީހެއްގައި ބަލާގަނެވޭނެ ކަމެއްނޫނެވެ. ސަބަބަކީ މި އޮފީހުގައި ހިނގާނީ މާންގެ އުސޫލުތަކެވެ. ޔޫލީއަށް ހަމަ ރަގަނޅަށް މިކަން އެނގެއެވެ. އެ ސުވާލް މާން އާއި ކުރިމަތި ކުރީވެސް އެހެންވެއެވެ.

ވާހަކަ ދެއްކުމެއްނެތި މާން މަޑުމަޑުން، ގަސްދުގައި ޔޫލީގެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލުމަށްފަހު އޭނާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ނިވާކަންކުޑަ އެ ހެދުމުގައި އެ އަންހެންކުއްޖާ ވާއިރު ފިރިހެނުންގެ ޝަހުވަތްތެރި ނަޒަރު އެ އަންހެން ކުއްޖާ އަށް އަމާޒުވާނެކަން ގައިމެވެ. ރީތި އަދާތައް ހިފަހައްޓާ އިސްލާމީ ރިވެތި އުސޫލުތައް ގާއިމް ކުރާ މާންގެ ހިއްސުތައްވެސް މި އަންހެންކުއްޖާ ހޭލައްވާލައެވެ. މިކަމުގައިވެސް މާން ކުއްވެރި ކުރަނީ ޔޫލީއެވެ. އޭނާގެ ފަރުވާކުޑަކަމާއި ވިސްނުމުގެ ކޮށިކަމެވެ. ނަމަވެސް މާންގެ މޫނުމަތިން އެކަހަލަ އެއްވެސް އަސަރެއް ފެނުނަ އޭނާ ނުދިނެވެ. ހުޝިޔާރުކަމާއެކު އޭނާ ވަނީ އޭނާގެ އިހްސާސްތައް މޫނުމަތީގައިވާ ހަމަޖެހުމުގެ ކުލަވަރުން ފޮރުވާލާފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މަޑުމައިތެރިކަމެވެ. އެ މޫނުން އެއްވެސް އެއްޗެއް ޔޫލީއަށް ދޭހަވިޔަ މުދިނުމަށެވެ.

މާންގެ އެ އަމަލުން ޔޫލީގެ ރުޅިވެރިކަން އިތުރުކުރުވިއެވެ.

” ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓް ކީން” ޔޫލީ ދެއްކި ވާހަކަ ރަގަނޅަށް އެނގި ހުރެ މާން އަހާލީ ޔޫލީގެ ފަރާތުން ރުޅިވެރިކަން ފެންނާނެކަން އެނގި ހުރެއެވެ.

‘އޭނާ އަނެއްކާވެސް އެހެން އެހުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. އަހަރެން ފުރަތަމަވެސް އެހެން ބުނީމެވެ.’ ޔޫލީގެ ހިތުގައި ވިއެވެ. މާންގެ މަގްސަދު ހާސިލްވިއެވެ. ޔޫލީގެ ލޯ ވިދާލީ ރުޅިވެރިކަމުގެ ކަނިންނެވެ.

” ކުރިންވެސް އަހަރެން ބުނިން ދޯ އެ ކީމޭ.” ނަމަވެސް ޖަވާބު ދިނީ މަޑުމަޑުންނެވެ. އޮފީސްކަމުން ‘ޕްރޮފެޝަނަލް’ ގޮތްގަޑު ދެއްކުމަށެވެ.

” އަޅާނުލާ ދޫކޮށްލީ އެހެންނު. ބޭނުމަކީ އަހަރެން ރުޅިއެރުވުން.” އެއީ މާން ކުރި ސުވާލެއްނޫނެވެ.

” އަހަރެން ހެދުން އަޅާފައި މިވަނީ އޮފީހެއްގެ މާހައުލާ އެކަށޭނެހެން. ދިސް އިސް ޕްރޮފެޝަނަލް. ދެން ކޮބާތޯ ބޭފުޅާގެ މައްސަލައަކީ؟” ޔޫލީ ގޮޑީގައި ހަމަޖެހިލާ އެއްފައި މަތީ އަނެއް ފައި ހުރަސްކޮށްލަމުން ބުނެލިއެވެ. އޭނާގެ ޖަވާބު ސީދާ މާންއަށް އަމާޒުކުރީވެސް މާންގެ އެ މަޑުމައިތިރިކަމުގެ ބޯ މާސްކް ފޫ އަޅާތޯއެވެ.

” އިޓް އިސް ޕްރޮފެޝަނަލް..” މާން އެއްބަސްވިއެވެ. އޭނާގެ ވާހަކަ މަޑުޖައްސާލާ ޔޫލީގެ މޫނަށް ފުން ނަޒަރަކުން މާން ބަލާލިއެވެ. ” ނަމަވެސް، މިތަނުގައި ތިއީ ބަލައިގަނެވޭނެ ކަމެއް ނޫން” ކުޑަވަގުތުކޮޅެއްގެ ހިމޭންކަމަކަށްފަހު މާން ބުންޏެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ރުޅިވެރިކަމެއްނެތެވެ. ނަމަވެސް ޔޫލީއަށް އުދަގޫވި ވަރުގަދަ އަޒުމަކާއި ހަރުކަށިކަމެއް މާންގެ ވާހަކަ ދެއްކުމުގެ ރާގުގާ ވިއެވެ.

“އެހެންވީމާ، ތިބޭފުޅާ ގެންގުޅޭ މިންގަނޑުތަކަކީ ބޭނުންވާ ވަރަށްވުރެ ހަރުކަށި މިންގަނޑުތަކަކީ ނޫންތޯ؟”

” މިތަނުގެ އުސޫލްތައް ގާއިމް ކުރެވިފައިވާނީ އަހަރެން ބޭނުންވާ ގޮތަށް. މިތަނުގެ އުސޫލްތައް ޔޫލީއަށް އޮތީ އަންގާދީފައެއްނު. އަދި އެކަމަށް ޔޫލީ އެއްބަސްވެ ސޮއެ ވެސް ކޮށްފައޮތީ. އެހެންނު؟” ހިމޭން ވަގުތުކޮޅަކަށްފަހު މާން ބުނެލިއެވެ.

” ޓްރޫ އައި ސައިންޑް. އެކަމަކު އަހަރެން އެއްބަސްވީ ވަޒީފާއަށް.” ގަސްދުގާ ޔޫލީ އެހެން ބުނެލީ މާން ރުޅިއަރުވާށެވެ. އެތައް މަސައްކަތެއް އޭނާ އެކަމަށް ކުރަމުންދާއިރުވެސް އޭނާއަށް އެކަން ކާމިޔާބުވާގެތެއްނުވެއެވެ. ‘ މީ ކޮންކަހަލަ އިންސާނެއްބާއެވެ. އަހަރެން މިހާ ވަރު ކުރާއިރުވެސް އޭނާގެ މަޑުމައިތިރިކަމަކަށް ބަދަލެއް ނާދެއެވެ.’ ޔޫލީ ހިތަށް އެރިއެވެ.

” ޔޫލީ މިތަނަށް އައި އިރު ޔޫލީ އަށް ހަމަ ރަގަނޅަށް މި އޮފީހުގައި ޔޫލީ ހިފަހައްޓަންޖެހޭ ހަމަތައް އެނގޭނެ.” މާންގެ މޫނުމަތީގެ ކުލަވަރަށް ބަދަލު ނައި ނަމަވެސް އޭނާގެ އަޑު މިފަހަރު މަޑުވެފައި ބާރުވެރިކަން އެކުލެވެއެވެ.

” އަޅެ.. އަނެއްކާވެސް މި ބުނަނީ.. ބަލާބަލަ .. އަހަރެން މިތަނަށް މި އައީ ކިހާ ތައްޔާރުވެގެން .. ރީތިކޮށް އޮފިޝަލް ކޮށްނޫންތަ؟ އަހަންނަށް ހީވަނީ މައްސަލަ އަކީ އެހަންނެއްނޫންހެން.” އޭނާގެ އަމިއްލަ ނަފްސަށް އަތުން އިޝާރާތް ކޮށްލަމުން ޔޫލީ ބުނެލިއެވެ.

“މިއީ ހަމައެކަނި ބޭރުފުށުގެ ސިފައާ ގުޅިފައިވާ ކަމެއް ނޫން” މާން ބުންޏެވެ. “މިއީ އިހުތިރާމާ ގުޅިފައިވާ ކަމެއް.”

” ކާކަށް ކުރާ އިހްތިރާމެއްތަ؟”

” މި އޮފީހަށް .. މިތަނުގެ އުސޫލްތަކަށް ..”

” އެ އުސޫލުތައް އަހަރެން ގަބޫލުނުކުރަންޏާ .. ދެން؟” މޭޒުމަތީގައި އުޅަނބޮށި ވިއްދާލަމުން، ޔޫލީ ކުޑަކޮށް ކުރިއަށް ޖެހިލާ މާންގެ ލޮލަށް ނަޒަރު ސީދާ ކޮށްލިއެވެ.

“ޔޫ އަރ ސްޓިލް އެކްސްޕެކްޓެޑް ޓު ރެސްޕެކްޓް ދެމް.” ނަޒަރު ވަކިކޮށްލުމެއްނެތި މާން ޖަވާބު ދިނީ ހަމަ އެ ރާގުގައެވެ. އެ ބާރުވެރިކަން ޔޫލީއަށް އިހްސާސްވާ ކަހަލައެވެ. އެއާއެކު މުޅި މާހައުލަށް ހިމޭންކަން ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރޭގައި ނުތަނަވަސްކަމެއް އެކުލެވިފައިވެއެވެ.

” ޔޫ އަރ ވެރީ ސީރިއަސް”  ޔޫލީ ވަރަށް ފަރުވާތެރިކަމާއެކު މާންއަށް ބަލައިލިއެވެ.

“އަހަރެން މިތަނުގެ ކޮންމެ ކަމެއްވެސް ނަގަނީ ވަރަށް ސީރިއަސްކޮށް”

“އީވަން ދިސް؟” އޭނާގެ މޭގައި އިނގިލި ޖައްސާލަމުން ކުޑަ ކިއްޖަކު ފަދައިން ޔޫލީ ބުނެލިއެވެ.

“ޔޭސް” މާންގެ ޖަވާބު އައީ އެއްވެސް ފަސްޖެހުމެއް ނެތިއެވެ. އޭނާގެ މޫނުން ނުފެނުނު ކަމުގައި ވިޔަސް ޔޫލީގެ އެ ޅަ އަދާއިން އޭނާގެ ހިތް ތެޅިލިއެވެ.

ޔޫލީ މަޑުމަޑުން ފުން ނޭވާއެއް ދޫކޮށްލަމުން، ގޮނޑީގައި ލެގިލިއެވެ. “..ޑޫ ޔޫ ނޯ، އަހަރެން މިކަން ކުރީ ގަސްތުގަ؟”

އެންމެ ފަހުން އެ ވާހަކަ ބޭރުވިއެވެ. ސީދާސީދާކޮށް، ފާޅުގައެވެ.

“އައި އެސިއުމްޑް،” މާންގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނުނެވެ. ‘މި އަންހެންކުއްޖާ ހާދަ މޮޔައެވެ.’ އޭނާގެ ހިތުގައި ވިއެވެ.

“ހެދުން ބަދަލުކުރަން އަހަރެން ގެއަށް ފޮނުވާލާނީތަ؟ ނޫނީ އަހަރެން ވަޒީފާއިން ވަކި ކުރާނީތަ؟” އިތުރު އެއްޗެއް މާން ނުބުނުމުން ޔޫލީ ސުވާލް ކޮށްލިއެވެ.

” ނޫން. އެކަމަކު މީގެ ފަހުން މިފަދަ ކަމެއް ތަކުރާރެއް ނުވާނެ.” އޭނާގެ އަޑުގައި އެއްވެސް ރުޅިވެރިކަމެއް ނެތެވެ. އަޑު ބާރެއްވެސް ނުކުރެއެވެ. އަޑުގާ ވަނީ ސާބިތުކަމެވެ.

“ސޯ .. ތި ބޭފުޅާ އަހަރެން ވަޒީފާއިން ވަކި ނުކުރާނެ؟” އޭނާ އެ ސުވާލު ކޮށްލިއެވެ. މިއަދުގެ ކުރިމަތިލުމުން އޭނާ ބަލިވީ ހެއްޔެވެ.

“ނޫން،” ވަގުތުން، ސާބިތުކަމާއެކު މާން ޖަވާބުދިނެވެ. ވަޒީފާއިން ވަކި ކުރުމަކީ މިއަދު ޔޫލީގެ ބޭނުންކަން މާންއަށް އެނގޭ ފަދައެވެ.

ޔޫލީގެ ލޯ ކުޑަކޮށް ހަނިކޮށްލިއެވެ. ކުރިން ހުރި ސަކަ މިޒާޖުގެ ބަދަލުގައި މިހާރު އޭނާގެ ކިބައިން ފެންނަނީ ކަންކަން އޮޅުންފިލުވަން ބޭނުންވެފައި ހުރި ކަމުގެ ނިޝާންތަކެވެ. “ކީއްވެ؟ އެއީ މައްސަލަ ހައްލުވާނެ ގޮތެއްނު؟”

“އޭރުން ހައްލުވާނީ ޔޫލީގެ މައްސަލަ،” އޭނާ އިސްލާހުކޮށްދިނެވެ. “އަހަރެންގެ މައްސަލައެއް ނޫން .. ޔޫލީ ވަޒީފާ ބޭނުމެއް ނުވޭ. ޔޫ އަރ ޓްރައިން ޓް އެސްކޭޕް މިހާރުވެސް. މިއީ، ޔޫލީ އަމިއްލައަށް ހޯދި އެއްޗަކަށް ނުވިޔަސް، ޔޫލީއަށް ލިބިފައިވާ ފުރުސަތެއް. މި ފުރުސަތުގެ ބޭނުން ހިފާ ޔޫލީއަކީ މި ވަޒީފާ އަދާ ކުރެވޭނެ ގާބިލް މީހެއްކަން ސާބިތު ކޮށްދިނުން ބުއްދިވެރި”

މާންގެ ވާހަކައިން ޔޫލީއަށް މަޑުޖެހިލެވުނެވެ. މުޅި ކެބިންނަށް ހިމޭންކަން ވެރިވިއެވެ.

ޔޫލީ އޭނާގެ އަމިއްލަ ހެދުމަށް ނަޒަރު ހިންގާލުމަށްފަހު، މާންގެ މޫނަށް ބަލައިލިއެވެ. “ސޯ، ތި ފަށަނީ މި ހިސާބުންތަ؟” އޭނާ އެހިއެވެ. “އަހަރެންގެ ހެދުމުންތަ؟”

“ނޫން، މި ފަށަނީ ޔޫލީގެ އަހުލާގާއި އަމަލުތަކުން،” މާން ޖަވާބުދިނެވެ.

އިތުރު އެއްޗެއް ބުނާކަށް ޔޫލީ ނުހަދައެވެ. ނިކުންނަން ހިގައިގަތެވެ.

” ޔޫ އަރ ނޮޓް ގޮއިން ޓް ފަޔަރ މީ” ނިކުތިމުގެ ކުރިން ކުއްލިއަކަށް މަޑުކޮށްލާ އެބުރި މާން އަށް ބަލާލަމުން އަނެއްކާވެސް މިހެން އަހާލީ އެއްޗެއް ޔަގީންކޮށްލާ އުސޫލުންނެވެ.

“ނޯ”

“އީވަން އިފް އައި މޭކް ދިސް ޑިފިކަލްޓް؟”

” އައި އެކްސްޕެކްޓް ޔޫ ޓު.” ވަގުތުކޮޅަކަށް ޔޫލީއަށް ބަލާލުމަށްފަހު މާން ބުނެލި ޖުމަލައިން ޔޫލީ ހައިރާންވިއެވެ. ނަމަވެސް އެކަން އޭނާ ފޮރުވާލިއެވެ.

‘މި ފިރެހެނާ ހީކުރަނީ ކޮންމެ ކުރިމަތިލުމަކުން އޭނާއަށް ކުރި ލިބޭނެ ކަމަށް ހެއްޔެވެ. ހިލާ އެހެން ވިޔަކަ ނުދޭނަމެވެ’ ޔޫލީ ހިތަށް އެރިއެވެ. ” މޮޅުވާނެ ކަމަށް ހީކުރަނީ” ޔޫލީ ތުން ހަދާލަމުން ހިތުގައި އުފެދުނު ޖަޒުބާތުގެ ސަބަބުން ބުނެލިއެވެ.

” މޮޅުވާކަށް ނޫޅެން. އައިމް މޭކިން ޝުއަރ ޔޫ ޑޯންޓް ލޫސް.” މާން ބުނެލިއެވެ. ބުނެލި އެއްޗެއް ގަބޫލް ނުކުރެވިފާ ހިނދުކޮޅަކު މާން އަށް ބަލަން ޔޫލީ އަށް ހުރެވުނެވެ.

‘އޭގެ މާނަ އަކީ ކޮބާ ހެއްޔެވެ. ބަލި މިވީ އަހަރެން ނޫން ހެއްޔެވެ’ ޔޫލީގެ ހިތުގައި ވިއެވެ.

“ލެޓްސް ސީ” ޔޫލީ ކޮޑު އަރުވާލަމުން މިހެން ބުނެލާފައި މީޓިން ރޫމް އިން ނިކުތެވެ.

**ނުނިމޭ**

ވާހަކައިގެ މި ބައި ވެސް ކަމުދިޔަކަމަށް އުންމީދުކުރަން.

ވާހަކަ ކަމުނިޔަނަމަ ކޮމެންޓެއް ކޮށްލަދެއްވާ.

ކިޔުންތެރިންނަށް ޝުކުރިއްޔާ

– ވިޝް –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 13)

Next

އެދިގެން ކަލާ ލިބޭތޯ 67

Next
May 2, 2026

އެދިގެން ކަލާ ލިބޭތޯ 67

Previews
May 2, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 13)

7 Comments!

  1. Anonymous says:
    May 2, 2026 at 7:46 pm

    I wish I can see you wish… How old are you?

    1. Anonymous says:
      May 3, 2026 at 12:20 am

      Does it matter?

    2. wish wish says:
      May 5, 2026 at 3:42 pm

      Is age important to share the story? I would like to remain mysterious 🙂

  2. highhh says:
    May 2, 2026 at 9:10 pm

    When is the next part?
    Can’t wait

    1. wish wish says:
      May 3, 2026 at 12:27 am

      Konme hafthaa aku ves madhuvegen 1 part kiyaalan libeyne…

  3. Exxo says:
    May 5, 2026 at 5:55 pm

    Hey mee new reader eh ingey.
    Hedge buneba u Ge age if u don’t mind.
    And “Yooly” a really cute name.
    Next ep nerey date eh buneba

    1. wish wish says:
      May 5, 2026 at 6:14 pm

      I would like to keep it a secret. Next episode varah avahah kiyaalan libeyne. Thank you for the lovely comment 😊

Comments are closed.

Next Episodeނޭދެން ވަކިވާކަށް 10 ވަނަ ބައި←


All Right Reserved!