Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 10 ވަނަ ބައި

wish
wish Level 2100 Login10 Stories
May 6, 2026 4 Mins Read
2 Comments

‘އޭގެ މާނަ އަކީ ކޮބާ ހެއްޔެވެ. ބަލި މިވީ އަހަރެން ނޫން ހެއްޔެވެ’ ޔޫލީގެ ހިތުގައި ވިއެވެ.

“ލެޓްސް ސީ” ޔޫލީ ކޮޑު އަރުވާލަމުން މިހެން ބުނެލާފައި މީޓިން ރޫމް އިން ނިކުތެވެ.

****

ޔޫލީ ނިކުމެގެން ދިއުމުން މާންގެ މޫނުމަތީގައިވި ހަމަޖެހުމުގެ ކުލަވަރު ގެއްލި އޭނާގެ ދެބުމަ ގާތްވެލިއެވެ. ‘ އަހަރެންނަށް މި ކުރެވުނީ ކޮން ކަހަލަ ކަމެއްބާއެވެ. މި އަންހެންކުއްޖާއާއި ކޮންމެ ދުވަހަކު ކުރިމަތިލުމަކީ ބޮޑު އިމްތިހާނެކޭ އެއްވަރެވެ.’ އޭނާގެ ސިކުޑީގައި އެބުރެމުން ދިޔަ ހިޔާލްތަކުން އޭނާގެ ބޮލަށް ވަނީ ބަރުވެފައެވެ.

އޭނާ މީޓިން ރޫމް އިން ނިކުތް އިރު ލަޔާލް ޔޫލީއަށް ފުރަތަމަ ދުވަހުގެ ތައާރަފް ދެނީއެވެ.

“ވެލްކަމް، އެންޑް އައި ލުކް ފޯވަރޑް ވޯކިން ވިތް ޔޫ” ސަލާމަށް އަތް ދިއްކޮށްލަމުން ސީނިއަރ އިންޖިނިއަރ ރިލްވާން ރީތި ހިނިތުންވުމަކާއިއެކު ބުނެލިއެވެ. އެ އަތުގައި ހިފާލާ ޔޫލީ އޭނާއަށް ހިނިތުންވެލަމުން ސަލާމް ކޮށްލިއެވެ. ލޮލުގެ ހިމަ ކޮޅުން މި މަންޒަރު ފެނުން މާން ހަރުކޮށް ހިގާފައި ކެބިންއަށް ވަނެވެ. އޭނާގެ ހާސްވެފާވާ ސިކުޑި އިތުރަށް ބަރު ވެއްޖެއެވެ. އޭނާގެ ހިތުގައި ނޭންގޭ ހުޅުކޮޅެއް އުފެދިއްޖެއެވެ.

” ލަޔާލް އިސް ދިސް އެކްސެޕްޓަބަލް ނައު؟ އަހަރެން ހީކުރީ މި އޮފީހުގައި ވަކި ގަވާއިދެއް ހެދުން އެޅުމަށްވާ ކަމަށް.” ފައިނޭންސްގައި މަސައްކަތް ކުރާ ސާދާ މިހެން ބުނެލީ މަލާމާތުގެ ރާގެއްގައެވެ.

” އިޓްސް ހަރ ފަސްޓް ޑޭ.. ޑްރާމާ އެއް ކްރިއޭޓް ކުރަން ނޫޅޭ.” ލަޔާލް ބުނެލީ އަޑުގައި ބާރުވެރިކަން އެކުލެވޭ ރާގެއްގައެވެ.

‘ މިކަމުގެ ސަބަބުންވެސް ކަމުގެ ސީރިއަސްކަން ޔޫލީއަށް ވިސްނޭނެނަމައެވެ. ބަދުނާމް ވެގެންދާނީ މާން ސަރ އެވެ.’ އެންމެން ތެރޭ ޔޫލީ ދިފާއު ކުރި ކަމުގައި ވިޔަސް ލަޔާލްގެ ހިތުގައިވެސް ޝަކުވާ ވިއެވެ.

އޮފީހުގެ މުއައްޒަފުންނަށް ޔޫލީ ތައާރަފް ކޮށްދީ ނިމުމުން ޝިފްނާގެ އެދުމަށް ދެމީހުން ދިޔައީ ސައި ބްރޭކަށެވެ. ސައި ބޯން އެމީހުން ދިޔައީ އާންމުކޮށް އެ އޮފީސް މީހުން ދާ، އެ އިމާރާތުގެ މަތީގައިވާ ރެސްޓޯރެންޓް އަށެވެ.

“ވައި ޑިޑް ޔޫ ޑޫ ދެޓް” ޝިފްނާ އަޑުގައިވީ ޝަކުވާއެވެ. އޭނާވަނީ ޔޫލީއަށް ވަރަށް ރަގަނޅަށް އޮފީހުގެ މިންގަނޑުތައް ކިޔާދީފައެވެ.

” އައި ވޯންޓެޑް ހިމް ޓު ރިއެކްޓް. އެކަމަކު ހީ ވޭސް ޓޫ ކަރމް. ” ޔޫލީ މިހެން ބުނެލީ ވިސްނުމެއްގެ ތެރޭ އިދެއެވެ. ‘ އެ ފިރިހެނާ އަށް ހަމަ އަސަރެއް ނުކުރަނީ ބާވައެވެ.’

” އަޅެ ޔޫ ތިކަންތައް ދޫކޮށްލަބަލަ. ”

” ނޯ އައި ކާންޓް. ޝިފް އަށް އިގޭތަ އޭނަ އަހަންނަށް ޖޮބް ވެސް އެ ދިނީ ޓް ޕްރޫވް އަ ޕޮއިންޓް .. އެން އައިމް ޓޫ އެންގްރީ ޓު ލެޓް އިޓް ގޯ.. އެ ޕާރްސަލް ގަޑު ފޮނުވީވެސް ޔަގީން އޭނާގެ މޮޅުކަން ދައްކަން.. އަހަރެން ފަކުރެއްހެން އެއްލާލީމަ ވެސް ހާދަ ކަޑަ ވިއޭ.. އަހަރެން ހީކުރީ އެ ވަރަށް ނައިސް މީހެއް ކަމަށް.. އެކަމް އެއީ ހެންޑްސަމް ބީސްޓް އެއް. ” ޔޫލީ އޭނާގެ އުދާސްތައް ބޭރުކުރަމުން ދިޔަ އިރު ޝިފްނާ ލޮލުން ކުރަމުން ދިޔަ އިޝާރާތް ރޭކާ ނުލިއެވެ.

އޮފީހުގެ ޕްލޭނިންގް ހެޑް އިމްތިޔާޒް އާއި އެކު ރެސްޓޯރެންޓް އަށް ވަދެގެން އައި މާންއަށް ޔޫލީ ބުނެލި ޖުމްލަ ރީއްޗަށް އަޑު އިވުނެވެ.

” ހެންޑްސަމް ބީސްޓް؟.. ރިއަލީ؟..” ޔޫލީ އިން ގޮނޑީގެ ފަހަތުން އަތް އަޅުވާލާ އޭނާގެ މޫނު ޔޫލީއާއި ގާތް ކޮށްލަމުން ކަންފަތް ދޮށުގައި މާން ބުނެލިއެވެ.

” ވަޓް؟” ސިއްސައިގެން ގޮސް ދެލޯ ބޮޑު ކޮއްލަމުން ޔޫލީ ފަހަތަށް ބަލާލިއެވެ. އޭނާގެ ކޯތާފަތް ވަނީ ރަގަނޅަށްވެސް ލަދުވެތިކަމުން ރަތްވެފައެވެ.

” ކްލޯސް ޔުއަރ މައުތު ޔޫލީ.” މާން ހަށިގަނޑު ސީދާ ކޮށްލަމުން ބުނެލިއެވެ. އޭނާގެ ތުންފަތުގައި ލާނެތް ހިނިތުންވުމެއް ވިއެވެ. އިތުރަށް އެއްޗެއް ބުނުމުގެ ފަރުސަތު ނުދީ ދުރުގައިވާ މޭޒެއްގައި އެ ދެމީހުން އިށީނެވެ.

” އެހެންވެ ދޯ މޫނަށް އެ ވައްތަރުތައް ޖެއްސީ.. އަގައެއްނެތްތަ ބުނާކަށް.. ” ގަތް ލަދާ އައި ރުޅިން ކައިރީގައި އިން ޝިފްނާއަށް ޔޫލީ ކުދި ކިޔާގަތެވެ.

” އަޅެ ނުބުނެވޭނެ ދޯ… ކުރިމަތީއޭ ހުރީ.. ދެން އެކަމް އައި ގޭވް ޔޫ ސައިންސް…. ” ޝިފްނާ އަގައަށް ވައްތަރެއް ހަދާލާ ކޮނޑު އަރުވާލަމުން ބުނެލިއެވެ.

****

” ޔޫލީގެ ފުރަތަމަ ޓާސްކް… އަހަރެންނާއެކު ޔޫލީ މަސައްކަތް ކުރާނީ ދެ ހަފްތާ. މި މަސައްކަތަކީ މުޅިން އައު މަސައްކަތެއްވީމަ އަހަރެން ހޭންޑްއޯވަރ ކުރާނެކަމެއް ތި ޓާސްކްގަ ނެތް. މަޑުމަޑުން މަސައްކަތްތަށް ޔޫލީއަށް އަހަރެން ހަވާލްކުރާނަން ދިއުމުގެ ކުރިން.” އޮފީހަށް ވަނުމުން ލަޔާލް ޔޫލީއަށް ފައިލް އެއް ދިއްކޮށްލަމުން ބުނެލިއެވެ.

ޔޫލީ ފައިލްގެ ގަޑުތަށް މަތިމަތިން ފަރުވާކުޑަކޮށް ބަލާލިއެވެ.

ފުރަތަމަ ނަޒަރުން ބަލާއިރު، އެއީ ވަރަށް އާދައިގެ ކަމެއްހެން ހީވިއެވެ.

ކްލައިންޓުންނާ ވިލަރެސްކުރުމާއި، ތާވަލުތައް ހެދުމާއި، އެ ތާވަލުތަކާއި އެއްގޮތަށް މަސައްކަތްތައް ރޭވުމާއި މިކަހަލަ މަދު ލިޔެކިޔުންތަކެކެވެ.

” ސީރިއަސްލީ .. ދިސް އިސް އީޒީ.. ” ޔޫލީ އަމިއްލަ ނަފްސާއި މުހާތަބުކޮށް ބުނެލިއެވެ.

ދިހަ ވަރަކަށް މިނެޓް ފަހުން މާން އައިސް ކެބިން އަށް ވަދެލިއެވެ. އޭނާ ގޮސް އިށީދެލީ ޔޫލީއަށް އައުމަށް އިޝާރާތް ކޮށްލުމަށްފަހުއެވެ. ރެސްޓޯރެންޓްގައި ހިނގި ހާދިސާ ހަނދާންވުމުން ޔޫލީގެ ކޯތާފަތަށް އިހްތިޔާރަކާއި ނުލާ ޖަންބު ކުލަ ވެރިވިއެވެ. ނަމަވެސް މޫނުމަތިން އެ ލަދުވެތިކަމާއި ހާސްކަން ފިލުވާލަމުން މާންގެ މޭޒު ކައިރިއަށް ގޮސް އިށީނދެލިއެވެ.

” ކިޔާފިންތަ؟” މާން މަޑުމައިތިރިކަމާއެކު އަހާލިއެވެ.

” ޔޭސް .. ވަރަށް އީޒީ ޓާސްކްއެއް” ޔޫލީ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ.

” ރަގަނޅު .. ތި މަސައްކަތް ކުރިއަށްދާނީ ޔޫލީގެ ބެލުމުގެ ދަށުން. ތި މަސައްކަތުގެ ޒިންމާ ނަގާނީ ޔޫލީ……. ތިން ޑިޕާޓްމަންޓެއް. ތަފާތު ތާވަލުތައް. އެއް ކްލައިންޓެއް” އިތުރު ފައިލްއެއް ޔޫލީއާއި ދިމާއަށް ޖައްސާލަމުން މާން ބުނެލިއެވެ.

ޔޫލީ އެ ފައިލްގައިވާ ލިޔެކިއުންތަކަށް ނަޒަރު ހިންގާލިއެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ކުޑަކޮށް ބަދަލުވިއެވެ. އޭނާ އުންމީދު ކުރި ވަރަށްވުރެ ތަފްސީލުތައް ގިނައެވެ.

“މުއާމަލާތްތައް ވިލަރެސްކުރާނީ ޔޫލީ،” މާން ކުރިއަށް ގެންދިޔައެވެ. “ކޮންމެ އަޕްޑޭޓެއްވެސް ދާންވާނީ ޔޫލީ މެދުވެރިކޮށް.”

“ސޯ ބޭސިކަލީ އައެމް ޑުއިން އެވްރީބޮޑީސް ޖޮބް ނު؟” ހިތްހަމަ ނުޖެހުން އެކުލެވޭ ރާގެއްގައި ޔޫލީ އަހާލިއެވެ.

“އެންމެން އެމީހުންގެ މަސައްކަތް ކުރޭތޯ ކަށަވަރުކުރުމަކީ ޔޫލީގެ ޒިންމާއެއް.” މާންގެ އެ ޖަވާބު ސާދާވެފައި ކުރެވެ.

ހިނދުކޮޅެއްގެ ހިމޭންކަމެއް ކެބިން އަށް ވެރިވިއެވެ.

“އިފް ދޭ ޑޯންޓް؟”

 

“ޔޫ ފޮލޯރ އަޕް .. ކުރިންވެސް ބުނިހެން އެމީހުން އެކަން ކުރޭތޯ ޔަގީން ކުރުމަކީ ޔޫލީގެ ޒިންމާއެއް. މަސައްކަތަށް ބުރޫ އަރައިން ނުވާނެ” މާން ހަރުކަށިކަމާއެކު ބުނެލިއެވެ.

ޔޫލީ އަނެއްކާވެސް އެ ސަފުހާތައް އުކަން ފެށިއެވެ. މިފަހަރު ކުރިއަށްވުރެ ލަހުންނެވެ.

މުއްދަތުތަކެވެ. އެއް ކަމަކާ އަނެއް ކަމެއް ވަނީ ގުޅިފައެވެ. މަސައްކަތުގައި ބައިވެރިވާ ގިނަ ބަޔަކުވެއެވެ.

“މިއީ އެންމެ ދުވަހަކުން ނިމޭނެ ކަމެއް ނޫން،” ޔޫލީ ދެ ބުމަ ކައިރިކޮށްލާ ފައިލް އިން ނަޒަރު ވަކިކޮށްލުމެއްނެތި ބުނެލީ ވިސްނުންރެތިކަމާއެކުއެވެ.

“ރަގަނޅު” މާންއަށް އެކަން އެނގެއެވެ.

‘ މީ ހަމަ މި ފިރިހެނާ ސީދާ އަހަންނަށް ޖެއްސުން ކުރަން ހަވާލް ކުރިކަމެއް… ހަމަ ޔަގީން’ ޔޫލީގެ ހިތަށް އެރިއެވެ.

” މީ ގަސްދުގަ އަހަންނާ ހަވާލް ކުރި ކަމެއްދޯ.. ” ޔޫލީ ސީދާ މާންގެ މަޑު މުށި ކުލައިގެ ލޮލަށް ބަލާލަމުން ބުނެލިއެވެ.

“ހުމްމްމްމް… ” މާންގެ އެ ޖާވާބުގައި އިންކާރެއް ޖެހިލުންވުމެއް ނެތެވެ.

“ކީއްކުރަން؟ އަހަރެން މަސައްކަތުގައި މަޝްއޫލުކުރުވަންތަ؟” ޔޫލީ ދެލޯ ކުޑަކޮށްލިއެވެ.

“ޔޫލީއަކީ ޒިންމާދާރު މީހަކަށް ހެދުމަށް.”

‘ ޒިންމާ .. ޒިންމާ .. މީ ހާދަހާ ވަރުގަދަ ކަމެކޭ.. ‘ ޔޫލީގެ ހިތުން މާންއަށް ކުދިކިޔަމުން ދިޔައެވެ.

” ތި ބޭފުޅާގެ ސްޓޭންޑަރޑްސް އަށް އަހަރެންނަށް މަސައްކަތް ނުކުރެވިއްޖެއްޔާ.. ދެން؟” ޔުލީ ފުން ނޭވާއެއް ދޫކޮށްލަމުން އަހާލިއެވެ.

” އަހަރެން ހިތްހަމަޖެހެންދެން އެކަމުގައި ވަގުތު ހޭދަކުރަންޖެހޭނީ..” މާންގެ ޖަވާބު އަވަހެވެ. ” ޔޫލީ އެ މަސައްކަތުން ވަތްކެއް ނުކުރާނެ.. ޔޫ ހޭވް ޓު ޑޫ އިޓް އަންޓިލް އިޓްސް ޕަރފެކްޓް” ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު މާން އިތުރުކޮށްލިއެވެ.

އެ ބުނި ބަހުގެ އަސަރު ޔޫލީއަށް ކުރިއެވެ. ‘ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. އެހެން މީހަކާ ހަވާލުކުރެވޭކަށް ނެތެވެ. އަދި އެކަން ދޫކޮށްލާފައި ދެވޭކަށްވެސް ނެތެވެ. ފިސާރި ވަރުގަދަ ކަމެއްތާއެވެ.’ ޔޫލީގެ ހިޔާލްތައް ގިނަވިއެވެ.

” ސޯ ބޭސިކަލީ އައެމް ސްޓަކް.. ވަރަށް ވިސްނާފަ ޖެހި މަޅިއެއްތާ” ޔޫލީ ގޮނޑީގައި ލެގިލައި، ހަށަންބަދެލަމުން ބުންޏެވެ.

” ތިގޮތަށް ޔޫލީ ވިސްނާ ކަމަށްވަންޏާ ތި މަޅީގަ ޔޫލީ ތިވަނީ ޖެހިފަތާ… އަހަރެން ރަގަނޅަށް ނުވިސްނާ އެއްވެސް ކަމެއް ނުކުރަން.” ޔޫލީގެ ލޮލަށް ނަޒަރު ސީދާ ކޮށްލަމުން ސާބިތުކަމާއެކު މާން ބުނެލިއެވެ.

“އެކަމަކު އަހަރެންވެސް ތިބޭފުޅާއަށް މިކަން ފަސޭހަކޮށްދޭނެ ކަމަށް އުންމީދު ނުކުރާތި.” ޔޫލީ ހަރުކޮށް ބުނެލިއެވެ.

“އަހަރެން ފަސޭހަވާނެ ކަމަކަށް އުންމީދެއް ނުކުރަން،” މާން ބުންޏެވެ. “އަހަރެން ބޭނުންވަނީ ކުރިއެރުން.”

ޔޫލީ ގޮނޑިން ތެދުވިއެވެ. އަދި ކުޑަކޮށް މަޑުޖެހިލިއެވެ.

“..އަދި އަހަރެންނަށް މިކަން ގޯސްކޮށް ކުރެވިއްޖެއްޔާ.. ދެނޯ؟” މާންއާއި ދިމާއަށް ބަލާލުމެއްނެތި ޔޫލީ އެހިއެވެ.

“ގޯސްކޮށް ކުރެވޭނެ،” މާން ބުންޏެވެ.

އެ ބުނި ބަހަށް ޔޫލީ ވަގުތުން މާންގެ ލޮލަށް ބަލާލިއެވެ.

“ކީކޭ؟”

“ޔޫ ވިލް މޭކް މިސްޓޭކްސް” ވަރަށް ހަމަޖެހިލައިގެން އިނދެ މާން ބުންޏެވެ. “ދެން ވިސްނުންތެރިކަމާއެކު އެކަންކަން އިސްލާހުކުރާނީ” އޭނާގެ ވާހަކަ ދެއްކުމުގައި އެއްވެސް ނުރުހުމެއް ނެތެވެ.

” ޔަގީން މިފަހަރު އަހަރެން މަރުވާނެ.” އަނގައަށް ގޮތެއް ހަދާލަމުން ޔޫލީ ބުނެލިއެވެ. ނަމަވެސް އޭނާއަށް ކުރިމަތިކުރުވި ގޮންޖެހުން ބަލާގަނެ އޭނާ ބޯ ޖަހާލިއެވެ.

***ނުނިމޭ***

ވާހަކައިގެ މި ބައި ވެސް ކަމުދިޔަކަމަށް އުންމީދުކުރަން.

ވާހަކަ ކަމުދާނަމަ ކޮމެންޓެއް ކޮށްލަދެއްވާ.

ކިޔުންތެރިންނަށް ޝުކުރިއްޔާ

  • ވިޝް –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (27)

Next

ވަފާތެރިމަވީމޭ 2 (1)

Next
May 6, 2026

ވަފާތެރިމަވީމޭ 2 (1)

Previews
May 6, 2026

މި ހަމަހިމޭންކަން… ހިލަމެއް އެބަވޭ މަށަށް (27)

2 Comments!

  1. Kujja says:
    May 6, 2026 at 7:54 pm

    Varah reethi
    Whn next part ?

    1. wish wish says:
      May 6, 2026 at 8:01 pm

      Thank you for the lovely comment. Hafthaa aku eh part kiyaalan libeyne

Comments are closed.

Next Episodeނޭދެން ވަކިވާކަށް 11 ވަނަ ބައި←


All Right Reserved!