މާން… ޖަވާބެއް ނުދީ ހިމޭނުން ތިއިނީ ކީއްވެ؟ އަހަރެންގެ މި އާދޭސް ގަބޫލެއް ނުކުރާނަންތަ؟” ނާއިލްގެ އަޑުގައިވީ ނޭވާ ހާސްވާ ފަދަ ކަންބޮޑުވުމެކެވެ. އޭނާގެ ދެލޯ ހުއްޓިފައި ހުރީ ސީދާ މާންގެ މޫނަށެވެ. މާންގެ ޖަވާބަކަށް އޭނާގެ މުޅި ފުރާނަ އިންތިޒާރުކުރާ ފަދައެވެ. މާންގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް އަވަސްވެފައެވެ. މިއަދު ނިކަމެތިވެ އާރެއްބާރެއްނެތި އެ ވަނީ އަމިއްލަ ބައްޕައެއް ފަދައިން ލޯބިވާ، ގަދަރުކުރާ އިންސާނެކެވެ. އެ ދެލޮލުން ފެންނަމުންދިޔަ އާދޭހުގެ ކަރުނުން މާންގެ ހިތް […]
މުޅި ކެބިންގެ މާހައުލު ވަނީ ނޭވާ ހާސްވާ ވަރަށް ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ޔޫލީގެ މޭޒުމަތީގައި އޮތް ފޯނު ބާރަށް ރިންގުވާން ފެށިއެވެ. އެ އަޑުން ދެމީހުންގެ މެދުގައި އުފެދިފައިވާ ހިމޭންކަން މުގުރާލިއެވެ. “ހަލޯ…….ނޫން ތިހެނެއްނުވާނެ… ބުނޭ ތީ ދޮގެކޭ…..” ޔޫލީ ފޯން ނަގައި ވާހަކަދައްކަން ފެށުމާއިއެކު ބާރު އަޑުން ރޯން ފެށިއެވެ. އޭނާގެ އަތުން ފޯނު ދޫވެ، ތަޅުންގަނޑުމައްޗަށް ވެއްޓުނު އަޑާއިއެކު، މުޅި ކެބިން ތެރެއަށް ޔޫލީގެ ބާރު ރުއިމުގެ އަޑު ގުގުމާލިއެވެ. އޭނާ މޭޒުމަތީގައި ބޯޖަހާލައިގެން […]
ޒޯޔާ ވަރަށް ފަރުވާތެރިކަމާއެކު އެ ފޮތް އޮތްގޮތަށް ބާއްވާލިއެވެ. އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ އަލިފާންގަނޑުގައި ހުޅުހިފިއެވެ. އޭނާ ކެބިންއިން ނިކުތުމަށް އަވަސް އަވަހަށް އެނބުރުނު ވަގުތު، ކުއްލިއަކަށް ކެބިންގެ ދޮރުގެ ތަޅު އަނބުރާލި އަޑު އިވުނެވެ. ޒޯޔާގެ މުޅި ހަށިގަނޑު ގަނޑުވިއެވެ. އޭނާގެ ހިތް މޭގަނޑު ފަޅާލާފައި ނުކުމެދާނެހެން ހީވިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަތް ސޫރަ ފެނުމާއެކު، ޒޯޔާގެ ހިފަހައްޓާލެވިފައިވި ނޭވާ ބޭރުވިއެވެ. ހިތުގެ ތެޅުން މަޑުޖެހިލާ މީހާ ހަމައަކަށް އެޅުނެވެ. އެއީ މާންއެއް […]
ލިފްޓު ދެ ފްލޯ ދޭތެރޭގައި ހުއްޓުނެވެ. ތަނަށް ވެރިވީ ކަނު އަނދިރިކަމެވެ. ލިފްޓުގެ އެތެރޭގައިވާ އާދައިގެ ލައިޓުތައް ނިވި، ސިކުންތުކޮޅެއްގެ ތެރޭގައި ފަނޑު އިމަޖެންސީ ލައިޓްތައް ދިއްލިއްޖެއެވެ. މުޅި ތަނަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. “…ނޫން،” ޔޫލީގެ ދުލުން މަޑުމަޑުން ބޭރުވިއެވެ. މާން ވަގުތުން ހަރަކާތްތެރިވާން ފެށިއެވެ. އޭނާ ކޮންޓްރޯލް ޕެނަލްގައި ހުރި ފިތްތަކަށް ފިތަން ފެށީ ހާސްކަމެއް ނެތް ފަދަ ގޮތަކަށެވެ. އެއްވެސް ނަތީޖާއެއް ނުފެނުނެވެ. އަނެއްކާވެސް ފިތާލިއެވެ. އެކަމަކުންވާ ހަމަ އެއް ކަމެއްވެސްނެތެވެ. “ކަރަންޓު […]
ފުރުސަތަކަށް ބަލަ ބަލާ ހުރި ޒޯޔާ، ކެބިން ތެރެއިން މީހެއްގެ ހިލަމެއް ނުވާކަން ޔަގީންކޮށްލުމަށްފަހު ކެބިން ތެރެއަށް ވަދެލިއެވެ. އޭނާގެ މިސްރާބު ހުރީ ސީދާ މާންގެ މޭޒަށެވެ. މޭޒު މަތީވި ކަރުދާސްތައް ނަގާ، މޭޒުމަތީ ބަހައްޓާލާފައި ހުރި ކުޑަ ހަރުވެސް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ޒޯޔާގެ އަތް މާންގެ މޭޒުމަތީގައި ހުރި ފައިލްތަކާއި ކަރުދާސްތަކުގެ ތެރޭ ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އަވަހަށެވެ. އޭނާ ކޮންމެސް އެއްޗެއް ހޯދަން ބޭނުންވެފައި ހުރި ފަދައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ކައިރީގައި […]
“ޔޫލީ ، ބަލައިން ނޫޅެނީ އަޅެ ކީއްވެތަ؟” ޔޫލީގެ ނިތްކުރިއަށް ރޫއެރިއެވެ. ސަބަބަކީ ފުރަތަމަ ފަހަރަށް މާންގެ އެ ބަސްތަކުން ފާޑުކިޔުމުގެ ރާގަށްވުރެ ބޮޑަށް، ކަންބޮޑުވުމާއި އަޅާލުމުގެ އަސަރު ފާހަގަވުމެވެ. އެ އިހުސާސްތަކާމެދު ފުންކޮށް ވިސްނާލުމުގެ ކުރިން، ކެބިންގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ދެމީހުނަށް އެއްފަހަރާ ކެބިންގެ ދޮރާ ދިމާއަށް ބަލާލެވުނެވެ. އަދިވެސް މާންވަނީ ފަރުވާތެރިކަމާއިއެކު ޔޫލީގެ ގައިގާ ހިފަހައްޓާލާފައެވެ. ކުރިމަތީ ހުރީ އޮފީހުން އަދި ޔޫލީއަށް ނުފެންނަ މޫނެކެވެ. ރީތި ޒުވާން އަންހެނެކެވެ. އޭނާގެ […]
“ފައިނަލީ.. ” ލާނެތް ހިނިތުންވުމެއް ޔޫލީގެ ތުންފަތުގައި ވިއެވެ. މާން ލޯ ކުޑަކޮށްލާ ވަރަށް ފަރުވާތެރި ކަމާއެކު ދެތިން ފަހަރު އެ ލިޔެކިއުންތައް ބެލިއެވެ. ފުރަތަމަ އޭނާއަށް ހީ ކުރެވުނީ ޔޫލީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަސައްކަތުގައި ލަސްކަމެއް އޭނާއަށް ފާހަގަ ކުރެވުނީ ގަވާއިދު ތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ރަގަނޅަށް އެ ލިޔެކިއުންތައް ކިޔާލުމުން ކަން ހިނގާފައިވާ ގޮތް ސާފުވާން ފެށިއެވެ. ކޮންމެ ބައްދަލުވުމެއް ވެސް ވަނީ އާދަޔާ ހިލާފު ގޮތަކަށް ތަރުތީބު ބަދަލުކޮށްފައެވެ. ނުބައިކޮށް […]
މާންވެސް އޭނާގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. ނަމަވެސް އެ ހިތުގައި ރިއްސާލިއެވެ. އެ އަންހެންކުއްޖާގެ އަޑުގައިވި އަސަރުންނެވެ. **** އޮފީހުގެ ދެވަނަ ދުވަހެވެ. ޔޫލީގެ ހެދުން އެޅުން މިއަދު ތަފާތެވެ. އޮފީހުގެ މިންގަނޑުތަކަށް ފެތެއެވެ. ފިޔާތޮށި ކުލައިގެ އަތްދިގު ހެދުމެކެވެ. ހެދުމުގެ ދިގު މިން އޭނާގެ ތަބިކައްޓާ ހަމައަށް ހުރިއިރު އެއް ފަޅިން ވަނީ ކަކުލާ ހަމައަށް ފަޅާލާފައެވެ. މޭ މަތިން ހެދުން ވަކިކޮށްލާފައިވާއިރު މޭ މައްޗަށް ހެދުން ވަނީ ހިފާލާފައެވެ. ހެދުމުގެ ގިރުވާނު ސިފަ ކޮށްދެނީ […]
“އަދި އަހަރެންނަށް މިކަން ގޯސްކޮށް ކުރެވިއްޖެއްޔާ.. ދެނޯ؟” މާންއާއި ދިމާއަށް ބަލާލުމެއްނެތި ޔޫލީ އެހިއެވެ. “ގޯސްކޮށް ކުރެވޭނެ،” މާން ބުންޏެވެ. އެ ބުނި ބަހަށް ޔޫލީ ވަގުތުން މާންގެ ލޮލަށް ބަލާލިއެވެ. “ކީކޭ؟” “ޔޫ ވިލް މޭކް މިސްޓޭކްސް” ވަރަށް ހަމަޖެހިލައިގެން އިނދެ މާން ބުންޏެވެ. “ދެން ވިސްނުންތެރިކަމާއެކު އެކަންކަން އިސްލާހުކުރާނީ” އޭނާގެ ވާހަކަ ދެއްކުމުގައި އެއްވެސް ނުރުހުމެއް ނެތެވެ. ” ޔަގީން މިފަހަރު އަހަރެން މަރުވާނެ.” އަނގައަށް ގޮތެއް ހަދާލަމުން ޔޫލީ ބުނެލިއެވެ. ނަމަވެސް އޭނާއަށް […]