Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް – 7 ވަނަ ބައި

wish
wish Level 2100 Login10 Stories
April 27, 2026 3 Mins Read
2 Comments

ކިންގް ސައިޒް އެދެއް ބަހައްޓާލާފާވާއިރު ގަދަ ފެހި ވެލްވެޓް ހެޑްބޯޑް މަތިން ފާރުގައި ރީތި ކުރެހުމެއް ހަރުކޮށްލާފާވެއެވެ. އެދުގައި ވަނީ ކޮޓަރިއާއި ގުޅެނޭހެން ފެހި ކުލައިގެ ބެޑްޝީޓް އެއް އަޅާފައެވެ. ކޮޓަރީގައި ވަދެވޭ ގޮތަށް ހަދާފާވާ އަލަމާރި ކޮޓަރި ތެރޭ ފެހި ކުލައިގެ ބެންޗް އެއް ހުއްޓެވެ. އަދި ރީތިވާ އެއްޗިސް ބަހައްޓަން ހަދާފާވާ ތަނުގެ ކައިރީ ވަށް ފެހި ކުލައިގެ ގޮޑިއެއް ހުއްޓެވެ. އެ ކޮޓަރީގައި ވަނީ އެކި ދިމާލުގައި ލޯގަޑެވެ. އެދުގެ ކުރިމަތީ ބިއް އެއްކޮށް ވަނީ ފެހި ކުލައިގެ ދޮރު ފޮތިން ނިވާކޮށްލާފައެވެ. ޔޫލީ ދޮރު ފޮތިގަނޑު ކަހާލިއެވެ.

” ވާއޮ”  ފޮތިގަނޑު ކަހާލުމުން ފެނުނު ރީތި މަންޒަރުން ޝިފްނާއަށް ބުނެލެވުނެވެ. ބޮޑު ބިއްލޫރި ދޮރުފަތުން ގޯތިތެރޭގައިވާ ގުތުރަތުގެ ރީތި ފެހިކަން ފެންނަލެއް ވަރަށް ހިތްގައިމެވެ. ހާމަކޮށް އުޑުމަތިވެސް ފެންނަން އޮތުމުން އެ ދޮރު ހުޅުވާލުމުން ކޮޓަރިއަށް އެ ފެންނަ ‘ވިއު’ ވަރަށްވެސް ޗާލެވެ. ދޮރު ދަމާލާ ކޮޓަރިން ނިކުމެވެން ހުރި ފުޅާ ބެލްކަންޏަށް ދެމީހުން ނިކުމެލީ އެ މަންޒަރު ބަލާލުމުގެ ޝައުގުވެރިކަން އިތުރުވެފައިވާތީއެވެ. ކޮޓަރިން ނިކުމެވޭ ގޮތަށް ވަނީ ބެލްކަންޏަކަށް ނޫނެވެ. އެއީ ބޭރު ކޮރިޑޯ އެކެވެ. އެތާގައި ގޮޑިއާއި މޭޒެއް ބަހައްޓާލާފައިވާއިރުވެސް ރީތިކޮށް ހިނގާލެވޭނެ ޖާގަ ވެއެވެ. ހުރިހާ ކޮޓަރިއަކުން ނިކުމެވެންހުރި މި ކޮރިޑޯ އިން ދެވޭ ގޮތަށް ބޮޑުކޮށް ހިޔާ ކޮށްލާފައި އިށީންދެވޭނެހެން ގޮޑި ޖަހާ ހަދާލައިފައިވާ ‘ވެރަންޑާ’ އެއްވެއެވެ. އެ ތަނުން ސީދާ ގޭގެ ގޭޓާއިވީ ފަޅި ފެންނަން ހުރެއެވެ.

ދެމީހުންވެސް ދަތުރު ވަރުބަލި ވެފައި ތިބުމުން އިތުރަށް ގޭތެރެ ބަލަން ނޫޅެ ކޮޓަރިއަށް ވަދެ ޖައްސާލިއެވެ.

*****

އޭސީ 16 އަށްލާފައި ހުރުމުން ޔޫލީ އަށް ހޭލެވުނީ ފިނި ބޮޑުވެގެންނެވެ. ގަޑި ބަލާލިއިރު ރޭގަނޑު 10 ޖެހީއެވެ. އޭނާއަށް ވަރަށް ނިދާލެވިއްޖެއެވެ. އަދިވެސް ޝިފްނާ އޮތީ ބޯ ރަޖާގަނޑު ދަށުގައި ގަދަ ނިދީގައެވެ. ފިނިބޮޑުވެފައި ހުރުމުގެ ސަބަބުން ޔޫލީ ނިކުމެލީ ބޭރަށެވެ. އޭނާ އިނީ ބޭރުގައި ހިޔާކޮށްފާ އޮތް ތަނުގައި ބަހައްޓާލާފައިވާ ސޯފާ އެއްގޮތަށް އިން އިނދޯލީގައެވެ.

މަސައްކަތުގެ ބުރަ ކަމުން މާންއަށް ކުޅުދުއްފުއްޓަށް އާދެވުނީ ރޭގަނޑުގެ ފްލަޓުންނެވެ. ފެންވަރާލާ ރީތިވެލައިން އޭނާ ނިކުމެލީ ބޭރަށެވެ. އޭނާގެ ކޮޓަރިން ނިކުމެވެނީ ހިޔާކޮށްފައިވާ ‘ވެރަންޑާ’ އަށެވެ. ސޯފާ އިނދޯލީގައި ފޯންއަށް ގެއްލިފާ އިން ޔޫލީ އޭނާއަށް ފެނުނެވެ. ޔޫލީ އިނީ އެއަރ ޕޮޑްސް ޖަހާލައިގެން ކަމުން މާން ނިކުތް އަޑު ވެސް އޭނާއަށް ނީވުނީއެވެ. ޔޫލީގެ ދޮން މޫނަށް ފޯނުގެ އަލި އެޅިފައި ހުރުމުން އަދިރީގެ ތެރެއިން އޭނާގެ މޫނު ފެންނަލެއް ވަރަށް ހިތްގައިމެވެ. އެ މަންޒަރު މާންގެ ހިތުގައި ފޮރުވާލީ އެ ރީތި އަންހެންކުއްޖާއަށް ތައުރީފް ކުރަމުންނެވެ.

މާން މަޑުމަޑުން ޔޫލީއާއި ދިމާއަށް ހިގައިގަތެވެ. ފޯންގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެންހުރެ ކުއްލިއަކަށް ތެދުވެގެން އައި ޔޫލީ ލައިގަތީ މާންގެ ގައިގައެވެ. މާންގެ ފައި ކައްސާލައިގެން ވެއްޓެންދިޔުމުން އޭނާ ޔޫލީގެ ގައިގައި ހިފަހައްޓާލުމުން ޔޫލީ އޮތީ މާންގެ ބާރުގަދަ އަތުގެ ތެރޭގައެވެ. މާންގެ ހާމައަށް އޮތް މޭމަތީ ޔޫލީ އަށް އޮތީ ގުޑިލަންވެސް ނުކެރިފައެވެ. ދެ ހަށިގަނޑު ފިތި ބާރުވެފައިވާއިރު ހުރަހަކަށްވަނީ ހަމައެކަނި ޔޫލީ ލާފައިވާ ތުނި ޓިޝާޓެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާގެ އިހްސާސް ދެ މީހުންނަށް ކުރެވޭ ވަރަށް ގާތުގައި ދެމީހުން ވާއިރު ދެމީހުންވެސް ވަނީ ހަރަކާތްކުރުމަށް ނުކުޅެދިފައެވެ. މާން ޔޫލީގެ މޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. އޭނާގެ އެ ރީތި މަޑު ނޫ ކުލައިގެ ލޮލުގެ ތެރެއަށް މާން ގެބިގެންދިޔައެވެ. ރީތި ދޮން މޫނުން ލަދުރަކިކަން ފާޅުވެއެވެ. ކޯތާފަތަށް ވަނީ ރީތި ޖަންބު ކުލައެއް އަރާފައެވެ. އެހާ ގާތުގައި އެ ރީތި އަންހެންކުއްޖާ ވުމުން މާންގެ ހިއްސުތައް އޭނާއަށް ނުރައްކާތެރި ކަމުގެ ސިގްނަލެއްދިނެވެ. އޭނާގެ ރީތި އަދާތައް ދަމަހައްޓަން އުދަގޫވެ މަގުން ކައްސާލަފާނެ ކަމުގެ ބިރު އެ ހިތަށް ވެރިވިއެވެ. އެ ބިރު ހިތަށް ވަނުމާއެކު މާންއަށް ޔޫލީ އޭނާގެ ގައި މަތިން ފޮޅާލެވުނީ ނުރައްކާތެރި ސުއިއްޕެއް ވެސް ފޮޅާލާނެ ގޮތަށެވެ.  ވާނުވާ ނޭންގި ހުރި ޔޫލީ ގޮސް ބިމުގައި ޖެހުނު ގޮތުން އޭނާގެ ބުޑުމައްޗަށްވީ ތަދުން ‘އާހް’ ލައްވާލިއެވެ. ވަގުތުން ޔޫލީގެ އިހްސާސްތައް ރުޅިވެރި ކަމަށް ބަދަލްވެ މާން އާއި ދިމާއަށް ދެލޯ ވައްކޮށްލާ ލޯ އަޅާލިއެވެ.

” ކިހާ ދެރަ ކަމެއް.. ކުރި މައްޗަށް އެރީ ކަލޭ ދޯ…. އަހަރެން ގައިގަ އޮޅުލައިގަތީވެސް ކަލޭއެއްނޫންތަ…. ދެން އަހަރެންނަށް ކޮން އަނިޔާއެއް ކުރާކަށް.. ހާދަ ގެތެއްވެސް ނެތޭ..” ޔޫލީއަށްވީ ތަދުން ފައްޗަކަށް އަމުނާލިއެވެ.

” ސޮރީ.. ގަސްދުގައެއްނޫން.. މަންޖެ ކުއްލިއަކަށް ތެދުވެ ހިނގާގަންނާނެކަމެއް ނޭންގޭނެއެއްނު…”

” ހޫން .. ވަރަށް ރީއްޗެއްނު… ނޭންގިގެންތަ އަޅެ ބިރެއްފެނުންހެން އަހަރެން ފޮޅާލާ އަހަންނަށް އަނިޔާ ކުރީތި..” ޔޫލީ ހުރީ ދޫ ކުރާ ގޮތަކަށް ނޫނެވެ.

މާން މަޑުމަޑުން އޭނާގެ ނޭވާގެ ހޫނުކަން ޔޫލީއަށް އިހްސާސް ކުރެވޭހާ ގާތަށް ޖެހިލާ، އޭނާގެ މޫނު ޔޫލީއާއި ޖެހޭ ނުޖެހޭހާ ގާތްވެލުމަށްފަހު ބުނެލިއެވެ. “މަންޖެގެ ހަށިގަނޑުގައި ހަމައެކަނި ތިވަނީ ލައިގެން ތިހިރަ ޓީޝާޓާއި ތި ކުރު ސޯޓު.. މިވަގުތު ޔޫލީ ތިހުރީ އަމިއްލަ ގޭގެ ހިމާޔަތުގައެއްވެސް ނޫން.. ހާމަ ތަނަކަށް ތިޔަ ނިކުތީ ބަޑުހައިވެފައިވާ ސިންގާއެއްގެ ނަޒަރު ހުއްޓި ޝިކާރަވެގެންދާފަދަ ގޮތަކަށް… ރުޅިއިސް ކުރުމުގެ ބަދަލްގަ ޝުކުރުކުރުން މުހިންމު.. އެއީ އަހަރެންނަކީ އޭގެ ޖަނަވާރަކަށް ނުވީތީ” މާންގެ މަގްސަދަކީ މި ފޮނި ބޮޑާ އަންހެންކުއްޖާ ލަދު ގަންނަވާލުމެވެ. އެކަން އޭނާއަށް ހާސިލްވިއެވެ. ވަގުތުން އެ ދޮން މޫނަށް ރަތް ކުލަ އެރިއެވެ. މަގްސަދް ހާސިލްވުމުން މާންއަށް އެއްމިޔަކަނުން ހީލެވުނެވެ.

މާންގެ ލަފްޒުތަކުން ލަދުގަތް ޔޫލީ އެ ވަރަށް ރުޅިވެސްއައެވެ. ނަމަވެސް އޭނާ އެތާ އިތުރަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

” ހާން… ތީ އެކަހަލަ ޖަނަވާރަކަށް ނުވިޔަސް ތީ ބޮޑު ފުރޭތައެއް.”  ފަޔަށް ބާރުލާފާ ހިނގައިގަންނަމުން ޔޫލީ ބުނެލިއެވެ.

އެ އަޑަށް މާންގެ ހިނިގަނޑު މައިތިރި ނުކުރެވުނެވެ.

ޔޫލީ ދިއުމުން މާން ހަމަޖެހިލަމުން ހިނގައިގަތެވެ. އެއްޗަކަށް އެރި ވީ ތަދުން އޭނާއަށް ފައި ދަށަށް ބަލާލެވުނެވެ. އޭނާއަށް އެރުނީ ޔޫލީގެ ‘އެއަރ ޕޮޑްސް” ގެ އެއްފަޅިއަށެވެ. ދުރުނޫން ހިސާބެއްގައި ޔޫލީގެ އައި ފޯން އޮތެވެ. ” މި އަންހެންކުއްޖާގަނޑު އެ ދިޔައީ ފޯންވެސް ނުލާ… މި ކަމުން ސަލާމަތް ވެވޭކަށް ނެތް” ކޮޓަރިއަށް ވަންނަނިކޮށް ފޯން ނެތްކަން އެނގި އެބުރި އައި ޔޫލީއަށް އެ އަޑު ސާފުކޮށް އިވުނެވެ. އޭނާގެ ރުޅި އިންތިހާއަށް ގަދަވިއެވެ. ދެ އަތް މުށް ކަވާލެވުނު އިރު އޭނާގެ ހިތަށް އަރަނީ ހަމަ އެ ރީތި ފިރިހެންވަންތަ މޫނުގައި ވަކި އަޅައިގަންނާށެވެ. ތުންފަތުގައި ދަތް އަޅާލީ އެއްޗެއް ބުނެވިދާނެތީއެވެ. ބާރު ހިގުމުގައި ގޮސް އޭނާގެ ފޯނާއި އެއަރ ޕޮޑްސް ނަގައިގެން ރުޅިވެރިކަމާއެކު މާން އަށް ލޯ އަޅާލާފައި ޔޫލީ ދިޔައީ ކޮޓަރިއަށެވެ.

ކޮޓަރިއަށް ވަންއިރުވެސް ޔޫލީގެ ރުޅިގަނޑު މަތައެއް ނުވެއެވެ. ވަން ގޮތަށް ބާރަށް ހަޅޭއްލަވައިގަތެވެ. އެ އަޑަށް ސިހުނު ވަރުން ނިދާފައި އޮތް ޝިފްނާވެސް ކޮޅަށް ޖެހުނެވެ. އެ އަޑު ބޭރުގައި ހުރި މާންއަށްވެސް އިވޭނެކަން ގައިމެވެ. ޝިފްނާ އަވަސް އަވަހަށް ޔޫލީއާއި ގާތްވެލިއެވެ. އޭނާވަނީ ވަރަށް ހާސްވެފައެވެ. ޔޫލީ އޭނާއަށް އެ ވާހަކަ ކިޔާދިނުމުން ހާސްކަން ފިލާ އޭނާއަށް ހީގަނެވުނެވެ. ޝިފްނާ ހޭންފެށުމުން ޔޫލީ ތުން އޫ ކޮށްލާފައި ދެން އެއްވެސް ވާހަކައެއް ނުކިޔާދޭނަމޭ ބުންޏެވެ. ޝިފްނާ މައާފަށް އެދި ޔޫލީ ގައިގާ ބައްދާލީ އޭނާ ހަމައަކަށްއެޅޭތޯއެވެ.

**ނުނިމޭ**

ވާހަކަ ކަމުދިޔަނަމަ ކޮމެންޓެއް ކޮށްލަ ދެއްވާ ….

ވާހަކައިގެ އިތުރު އަޕްޑޭޓްސް އަޅުގަނޑުގެ ފޭސްބުކް ޕޭޖް އިންވެސް ލިބޭނެ..

ހުރިހާ ކިޔުންތެރިންނަށް ޝުކުރިއްޔާ

-ވިޝް-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 12)

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 46

Next
April 28, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 46

Previews
April 27, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 12)

2 Comments!

  1. Anonymous says:
    April 28, 2026 at 2:41 pm

    vrh reethi

    1. wish wish says:
      April 28, 2026 at 2:42 pm

      Thank You for the lovely comment

Comments are closed.

Next Episodeނޭދެން ވަކިވާކަށް 8 ވަނަ ބައި←


All Right Reserved!