މިއީ މާންއަށް ޔޫލީއާއި ރިލްވާން މަގުމަތިން ފެނުނު ރޭ، މާން އޭނާގެ ފެހި ފޮތުގައި އޭނާގެ ހިތުގެ ޒަހަމްތަކަށް ފަރުވާއެއް ލިބޭތޯ ދޫކޮށްލާފައިވާ ޅެމެކެވެ. ********* ހައްގު ތެދެކޭ މީ ބުނާ، ހިތްވަނީ އަދު ފިސްވެފާ ގަސްތަކުން ނޫނޭ އިނގޭ، ހިތުގައި ތިނަން އަދު ލިޔެވުނީ ނަފްސު ނެތް ބާރެއް މަގޭ، ބޭނުން ވިޔަސް ދުރުގާ ވުމަށް ހަތުރު ކަމު ހީކޮށް ކަލާ، ހިތްދަތި ކަމޭ މިހިތަށް ދެނީ މަކަރު ދޮގު ހެދުމުން ކަލާ، މިހިތަށް މަގޭ […]
މާހިންއާއި އެހާ ގާތުގައި، ދެމީހުން އެކަނި ހޭދަކޮށްލަން ލިބުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ހިތުގެ އެ ޖަޒުބާތުތައް ފޮރުވަން މަސައްކަތްކުރަމުން އޭނާ ހިނިތުންވެލިއެވެ. “ކޮން ފިލްމެއްތަ ޝިފޫ ބަލާނީ؟ ނުބުނާތި ރޮމާންސްއެކޭ… ޕްލީސް!” މާހިން އޭނާގެ އާދައިގެ މަތިން ލާނެތް ސަކަ މިޒާޖެއްގައި، ސޯފާގެ ކައިރީގައި މަޑުކޮށްލަމުން އަހާލިއެވެ. “އައި ޑޯންޓް މައިންޑް… މާހިން ބޭނުން ފިލްމެއް އެންމެ ރަނގަޅު” ޝިފްނާ އޭނާގެ އަވަސްވެފައިވާ ނޭވާ ހަމައަކަށް އަޅުވާލަމުން، ސޯފާގައި ހަމަޖެހިލިއެވެ. ޝިފްނާ ސޯފާގައި ހަމަޖެހިލުމުން، […]
“ކާކުތަ؟” ޔޫލީ ވިސްނައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “ޑޯންޓް ޓެލް މީ އިޓްސް ރިލްވާން!” “ނޯ… ނޯ… އެކަމަކު ކީއްވެތަ އޭނާދެކެ ކުއްލިއަކަށް ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ؟” ޝިފްނާ ހައިރާންވެފައި އަހައިލިއެވެ. “ހާއި ޝިފޫ” ފަހަތުން އިވުނު ފިރިހެންވަންތަ އަޑަށް ޔޫލީ މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލިއެވެ. “މާހިން؟؟” ދެލޯ ބޮޑުކޮށްލަމުން ހައިރާންވެފައި ޔޫލީ ބުނެލިއެވެ. ‘މާހިން، މާންގެ ކޮއްކޮ ކިހިނެއް ޝިފްއާއި މިހާ ގާތްވީ.. ސްމޯލް […]
އެވަގުތު ޔޫލީގެ ލޮލުގައި އަޅައިގަތީ މަގުގެ އަނެއްފަރާތުގައި އޮތް ކާރެކެވެ. އެއީ މާންގެ ކާރެވެ! ކާރުގެ ބިއްލޫރިގަނޑު ހުރީ ކުޑަކޮށް ތިރިކޮށްފައެވެ. ކާރުގެ އެތެރޭގެ ފަޑު އަނދިރިކަމުގެ ތެރެއިން، މާންގެ ތޫނު ދެލޯ ސީދާ ޔޫލީއަށް އަމާޒުވެފައި ހުއްޓެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ. އޭނާ އެ މަންޒަރު ދުށްކަން ޔޫލީއަށް ޔަގީންވިއެވެ. މާން އެސްފިޔަޖަހައިލުމެއް ނެތި ފުން ނަޒަރަކުން ޔޫލީއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު، ކާރުގެ ބިއްލޫރިގަނޑު މައްޗަށް އުފުލައިލިއެވެ. ރިލްވާންގެ މޫނުމަތިން […]
“ތޭންކްސް ރިލްވާން…” ޔޫލީ މަޑުމަޑުން ބުނެލިއެވެ. “އޯކޭ، ދެން ބާއްވަނީ… ފަހުން ގުޅާނަން” ރިލްވާން ފޯނު ކަނޑާލިއެވެ. ޔޫލީ ފުން ނޭވާއެއް ދޫކޮށްލަމުން ދެލޯ މަރާލައި، ސޯފާގެ އަތްގަނޑުގައި ބޯއަޅާލަމުން ހަމަޖެހިލަން މަސައްކަތްކުރިއެވެ. ނަމަވެސް، އެ ހަމަހިމޭންކަން ދެމިގެންދިޔައީ އެންމެ ސިކުންތުކޮޅަކަށެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަދެގެން އައި މާން ފެނުމުން ޔޫލީގެ ލޭ ކެކިގަތެވެ. މޫނުމަތީގެ ކުލަވަރު އެކަމަށް ހެކިދެމުންދިޔައިރު، އޭނާ ދަތްކުނޑިވިކައި ބާރުކޮށްލިއެވެ. އޭރު ހާސްކަމާއިއެކު އޭނާގެ ނޭވާ ވަނީ އަވަސްވެފައެވެ. ނަފްސު […]
މާންގެ ލޯ ބޭއިހްތިޔާރުގައި އެ ފޯނުގެ ސްކްރީނަށް ހުއްޓުނީ، ޔޫލީއަށް ގުޅަނީ ކާކުތޯ ބަލައިލުމުގެ ޝައުގުވެރިކަމެއް ހިތުގައި އުފެދުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމާއިއެކު، މާންގެ މުޅި މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައެވެ. ދެލޮލުން ކުއްލިއަކަށް ފާޅުވި ގަދަ ރުޅިވެރިކަމާއިއެކު، ދަތްކުނޑިވިކާލެވުމުން އޭނާގެ ކަތުރުކަށިގަނޑަށް ބާރުވެގެންދިޔައީ ހިތުގައި އުފެދުނު ނުރުހުމެއްގެ ބޮޑުކަމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ‘ރިލްވާން’ ގެ ނަން ފެނުމާއިއެކު، ޔޫލީ އަވަސްއަވަހަށް ފޯނު ސައިލެންޓް ކޮށްލިއެވެ. އޭނާ އެ ކޯލަށް ޖަވާބުދޭން ކުޑަކޮށްވެސް ބޭނުންނުވާ […]
“ކާކު ބެލް ޖެހީ؟” ސިޑިން ފައިބައިގެން އެ ދިމާއަށް އައި ޔޫލީގެ ސުވާލުގެ އަޑު އިވުނެވެ. “ޔޫ.. ވަޓް އިސް ހެޕެނިން.. ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ… ޔޫ ސޭ ދެޓް އައި އެމް ޔުއަރ ބެސްޓް ފްރެންޑް އޭ.. އިސް ދެޓް ހައު ޕީޕަލް ޓްރީޓް ބެސްޓްފްރެންޑްސް..” ޔޫލީ ފެނުމާއިއެކު ޝިފްނާ ޔޫލީއާއި ދިމާއަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އެ އަޑުގައިވަނީ ޝަކުވާއެވެ. “ޝިފް…” ކިރިޔާ އިވޭވަރަށް ޔޫލީގެ ދުލުން އެ ނަން ބޭރުވިއެވެ. އޭނާގެ […]
މާން ޔޫލީގެ މޫނާ އިތުރަށް ގާތްވެލިއެވެ. އެ ދެމެދުގައިވާ ވައި ރޯޅިއަށްވެސް ޖާގައެއް ނެތް ފަދައިންނެވެ. މާންގެ އެ އަމަލުން ޔޫލީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. މާންގެ ދެލޯ ސީދާވެފައިވީ ޔޫލީގެ މޫނަށެވެ. ފަޑު އަލީގެ ތެރޭ އެ ރީތި އަންހެން ކުއްޖާ ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގެ ސަބަބުން، އެ ރީތި ދޮން ކަނދުރާ ހާމައަށް ފެންނަން އޮތް އިރު އެ މޫނުގެ ބައްޓަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މާންގެ ހިތް […]
އޭނާ ގޮސް އެ ކުއްޖާގެ ކުރިމައްޗަށް ހުއްޓިލި ވަގުތު، އެ ކުއްޖާ ސިހިފައި މާހިންގެ މޫނަށް ބަލައިލިއެވެ. އެ ވަގުތަކީ، ފެމިލީ ކޯޓުގެ ދޮރުން ނުކުމެގެން ބާރު ފިޔަވަޅުތަކެއްގައި މާން އެދިމާއަށް އައި ވަގުތެވެ. މާންގެ ނަޒަރު އެ ކުއްޖާއަށާއި މާހިންއަށް ހުއްޓުމާއިއެކު، އޭނާގެ ފިޔަވަޅުތައް މަޑުޖެހި، މޫނުގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. “މާހިން؟” މާންގެ އަޑުން ހައިރާންކަން ފާޅުވިއެވެ. މާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. މޫނުމަތީގައިވީ ހައިރާންކަމުގެ ކުލަވަރު ފޮހެލަމުން، ތުންފަތަށް ހިނިތުންވުމެއް […]