Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް – 2 ވަނަ ބައި

wish
wish Level 2100 Login10 Stories
April 11, 2026 3 Mins Read
0 Comments

” އައި ޑޯންޓް ނީޑް ޔުއަރ ސޮރީ. ޑޮސް ޔުއަރ ބޮސް ނޯ ދެޓް ޔޫ އަރ ކެއަރލަސް އެންޑް އެރޮގެންޓް. މި ފިހާރައިން އެއްޗެއް ގަންނާކަށް އަހަރެން ބޭނުމެއްނޫން. ޗަސްޓް ކީޕް ދެމް.“ އޭނާ ނެގި ވަށިގަނޑު ކައުންޓަރު މައްޗަށް ޖެހުމަށްފަހު ޝިފްނާގެ އަތުގައި ހިފައިން ބާރަށް ފިހާރައިން ނުކުތެވެ.

“ރީތި ކަމެއް ހުރީމަ ކަންނޭގެ ކޭޝިއަރ ގަޑަކަށް އިންނައިރުވެސް އެހާ ފޮނީ. މާ ގިނައިން ވިޔަފާރި ވަނީ ކަންނޭގެ. އެހެންނު ވާނީ ވިޔަފާރިވެރިޔާއަށް ވާ ގެއްލުމަކަށް ކޭޝިއަރުން ނުބަލާނެ” ފިހާރައިން ނިކުމެ ހިނގައިގަން އިރުވެސް ޔޫލީގެ ރުޅި މައިތިރިއެއް ނުވިއެވެ.

“ޔޫ، އެތާ ކޭޝިއަރ އަކަށް އިނީ ޝިފް އޮފީސް ބޮސް. އެކަމަކު ނޭންގެ ދޯ އޭނަ އެތާ ކޭޝިއަރ އަކަށް އިނީ ކީއްވެ ކަމެއް. މައިޓް ބީ ހިސް ޝޮޕް. ޝިފް މާދަން އޮފީހަށް ދާން ވެސް ވަރަށް ލަދު ގަންނާނެ ޔޫ އޭނައާއި ދިމާއަށް ތި ގޮތަށް އެއްޗިސްކީމަ” ޝިފްނާގެ މޫޑް ވަނީ ސަކަރާތްވެފައެވެ.

“ޝިފް، އަހަރެންނަށް ކިހިނެއް އެނގެނީ އެއީ ޝިފްގެ ބޮސް ކަމެއް. ޝިފް ވެސް ކުރިން ނުވެސް ބުނޭ. ދެން އަނެއްކާ އޭނާ ވެސް ނުޖެހޭނެ ދޯ ކަސްޓަމަރުން ވާހަކަ ދައްކާ އިރުވެސް ސަމާލުކަން ނުދީ އިސް ޖަހައިގެން ފޯނަށް ގެއްލިފަ އިންނާކަށް، އަދި ދެން އޭނާ އަކީ އެތާ ބޮސް ވިޔަސް. ޝިފް އަށް މިކަމުން ގެއްލުމެއް ވެއްޖެއްޔާ ޔޫ ވިލް ބީ ވެރީ ސޭޑް. ބަޓް އައި ޑޯންޓް ރެގްރެޓް ވަޓް އައި ސެޑް. އައި ހޭޓް ހިމް.” ޔޫލީ ފައްޗަކަށް އަމުނާލިއެވެ.

“އަހަރެންނަކަށް ވެސް ނޭންގެއޭ. ވަން އިރުވެސް އޭނާގެ މޫނު ނުދެކެން އިސް ޖަހައިގެން އިނީމަ. ދެން އެކަން ބާއްވާ. ޔޫ އެއްޗިސް ނުގަނެ ނިކުތީމަ ކިހާ ދެރަ. މިހާރު ފިހާރަތައް ވެސް ބަންދު ކުރާނެ. ދެން ޖެހޭނީ އަނެއްކާވެސް އެހެން ދުވަހަކުން މިކަމާ ނިކުންނާކަށްނު.” ޝިފްނާ ބުނެލިއެވެ.

“ހުމްމްމް.. ރުޅިއައިވަރުން ނުގަތީ. އަސްލު ދެން މި އީދަށް އެހާ ޝޮޕިން ކުރާ ހިތެއްވެސް ނެތޭ. ދިސް ޓައިމް ޑޭޑް އިސް ޕްލޭނިން ކޮންމެސް ރާއްޖެތެރެ ރަށަކަށް ހޮލިޑޭސް އަށް ދާން. އައިމް ސޯ ޕިސްޑް. ދެން އެކަމް ކޮސްމެޓިކްސް ހުސްވެފަ ހުރީމަ މި ނިކުތީ.”

ދެ މީހުންގެ މިސްރާބު ހިރީ ޔޫލީމެންގެ ކަމަށްވާ މ.އޯކިޑްމާގެ އާއި ދިމާއަށެވެ.

“ރާއްޖެތެރޭ ރަށަކަށް ދަންޔާ އަހަރެންނަށް ވެސް ދެވިދާނެ. އީދު ބަންދަށް އޮފީސް ވެސް ބަންދުވާނެ.” ޝިފްނާވެސް މާލޭގެ ހަލަބޮލި ބައިބޯ މާހައުލާއި ދުރަށް ގޮސްލަން ބޭނުންވެއެވެ.

“ޝިފް އަށް ދެވެންޔާ އިޓް ވިލް ބީ ގްރޭޓް. އެހެންނޫނީ ޔޫ ފޫހިވެގެން މަރުވާވަރު ވާނެ.” އޭނާގެ އެކުވެރިޔާ އާއިއެކު މި ދަތުރު ދެވިއްޖެއްޔާ ޔޫލީއަށް ހިތްހަމަ ޖެހުމެއް ލިބޭނެއެވެ.

******

ފިހާރަ ބަންދުކޮށްފާ ނިކުތް މާން ވަނީ ފުން ހިޔާލެއްގައެވެ. އޭނާ ވިސްނަމުން އެ ދަނީ މިރޭ އޭނާ އާއި ދިމާވި އަންހެންކުއްޖާ އާއި ދޭތެރޭގައެވެ. ހަމަ ޔަގީނުންވެސް އެ ކުއްޖާއާއި އެކު ހުރީ އޭނާގެ އޮފީހަށް މީގެ މަސް ދުވަސް ކުރިން ރިސެޕްޝަނިސްޓް އެއްގެ ވަޒީފާއަށް ނެގި ކުއްޖާއެވެ.

އެ ފިހާރަ އަކީ މާންގެ ކޮއްކޮ މާހިންއަށް އޭނާ ފަށައިދިން ވިޔަފާރިއެކެވެ. މާހިން ފިހާރައަށް ބޭނުންވާ ބައެއް ސާމާނު ގަނެލަން ރާއްޖެއިން ބޭރަށް ދިއުމުން މާންއަށް އެ ތަނުގެ ކަންކަން ބަލަހައްޓަން ޖެހެނީއެވެ. މާހިން ދިޔައީވެސް ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖަކަށް ފިހާރައިން ވަޒީފާ ދީފައެވެ. ވަޒީފާއަށް ނެގި ފިރިހެން ކުއްޖާ، މާހިން ފުރިތާ ދެ ވަނައަށްވީ ދުވަހު ވައްކަމުގެ މައްސަލައިގައި ވަޒީފާއިން ވަކި ކުރީ މާން އެވެ. ހިސާބުގަ މައްސަލަ ޖެހޭތީ ކެމެރާ ބެލިއިރު އޭނާ ލާރި ވައްގަޑުން ނަގާތަން ސާފުކޮށް ފެންނަން ހުއްޓެވެ. ސުވާލު ކުރުމުން ދެބަސްވުމެއްނެތި އެކަމަށް އިއުތިރާފު ވުމުން ވަޒީފާއިން ވަކި ކުރީއެވެ. ފިހާރައަށް ނެގި އަންހެންކުއްޖާ ސަލާމުގައި ހުންނަތާ މިއީ ދެވަނަ ރެއެވެ. ފިހާރައިގެ މުއައްޒަފުންގެ އަދަދު މަދުވުމުން ސަލާން ނެގުމުން ފިހާރަ ހުޅުވަން އަންނަނީ މާން އެވެ. މިކަމުގެ ސަބަބުން އޭނާ ގެ މަސައްކަތައް ބުރޫ އަރާތި މާހިންގާތު އަވަހަށް އައުމަށް މާން ވަނީ ބުނެފައެވެ.

މިރޭވެސް މި ދިމާވި ހާދިސާ އަކީ ފޯނުން އޭނާގެ އޮފީސް މަސައްކަތް ކުރަން ޖެހުމުގެ ސަބަބުން ވީގޮތެވެ. އެހެން ނަމަވެސް އެ މަސައްކަތް ނުކޮށް ވާކަށްނެތެވެ. އެއީ މާދަމާގެ މީޓިން އަކަށް އޭނާ ކޮންމެހެންވެސް ނިންމަން ޖެހޭ ރިސޯޓް ކޮންސެޕްޓްއެކެވެ. ނަމަވެސް އޭނާއާއި ދިމާއަށް އަންހެންކުއްޖަކު އެގޮތަށް އެއްޗިސް ކިއުމުން އޭނާ ވަރަށް ލަދު ގަންފިއެވެ. ވާނީވެސް އެހެން ތާއެވެ. ކައިރީގައި ހުރީ އޭނާގެ މުއައްޒަފެކެވެ. މާން ފިހާރަ ބަންދުކޮއްފާ ނިކުތީ އެ ކުއްޖާ ކައިންޓަރު މައްޗަށް ދޫކޮއްލި ތަކެތި ކޮތަޅަކަށް އަޅާއިގެންނެވެ.

” ހާދަ ރުޅިގަދަ ކުއްޖެކޭ އެއީ، އެހެން މީހަކާ ދޭތެރޭ ވިސްނާލުމެއް ނެތް. ތަންކޮޅެއް ރީތި ސިފައެއް ލިބުނީމަ މީހާއަށް މީހާ ފެނިފަ އެހުރީ” ސައިކަލު ވަށިގަޑަށް ކޮތަޅުލުމަށްފަހު ސައިކަލަށް އަރަމުން މާން ކުދި ކިޔާލިއެވެ. އެ ކުއްޖާ ކަންތައްކުރި ގޮތުން ފޫހިވީ ނަމަވެސް މާން އަށް އެ ކުއްޖާއާއި ދޭތެރޭ ވިސްނުނެވެ. އެ ކުއްޖާއަށް ލިބިފާވާ ތަފާތު ރީތި ސިފައާއި އޭނާގެ އެ ކެރޭ މިޒާޖުގެ ސަބަބުންނެވެ.

*********

ޔޫލީއަށް އެއްގޮތަކަށްވެސް މިރޭ ނިދޭ ގޮތެއް ނުވެއެވެ. ދެކޮޅަށް ފޮރޮޅި ފޮރޮޅި އޭނާ އޮތެވެ. އޭނާއާއި މިރޭ ފިހާރައިން ދިމާވި ފިރިހެން މީހާ އާއިމެދު ވިސްނަނީއެވެ. އިށީންދެލާއިން އިން އިރު އޭނާގެ ފިރިހެންވަންތަކަން ފާޅުވެއެވެ. ހަށިގަނޑުން އޭނާއަކީ ފިޓްނަސްއަށް ބަލާ މީހެއްކަން ހާމަ ވެއެވެ. ލައިގެންހުރި އަތްކުރު ގަދަ ނޫ ޓީޝާޓް ވަނީ ގަޔަށް ކުޑަކޮށް ހިފާލާފައެވެ. އަތްކުރު ޓީޝާޓެއް ކަމުން އޭނާގެ ފުފިފާވާ އަތުގެ ބައިސެޕްސް ވަނީ ހާމައަށެވެ. އަތުގެ ނާރުތަށް ފުފިލާފައި ހާމާވާން ހުރި އިރު އޭނާގެ އެ ރީތި ކަމަށް ތައުރީފް ހައްގެވެ. އެއްވެސް ތަރުތީބެއްނެތް ކަޅު ކުލަ ގަދަ ކުރުކޮށް ކޮށާލާފައިވާ އިސްތަށިގަޑު އިތުރު ފުރިހަމަ ކަމެއް އޭނާއަށް ގެނެސްދެއެވެ. އޭނާގެ ސްޓައިލުން އަދި އޭނާ ފެންނަލެއް ހަގު ކަމުން އެއީ އޮފީހެއްގެ ސީ.އީ.އޯ ކަމަށް ގަބޫލުކުރަން ދަތިވެއެވެ.

****

ޝިފްނާ އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރު ވިސްނަމުން ދިޔައީ އޭނާ މިއަދު އޮފީހައް ގޮސް މާން އާއި ކުރިމަތިލާނެ ގޮތަކާމެދުއެވެ. މާން އަށް އޭނާ އެނގުނުބާއެވެ؟ ހިތަށް ހަމަ ޖެހުމެއް ލިބޭތޯ އެނާ ހިތާ ހިތުން ދުއާ ކުރަމުން ދިޔައީ މާން އަށް އޭނާ ފާހަގަ ނުވޭތޯއެވެ. މާން އޮފީހަށް މިއަދު ނާދޭތޯ ވެސް އޭނާ އުންމީދުކުރިއެވެ. މަޑު ފިޔާތޮށި ކުލައެއް ތުންފަތުގައި ޖައްސާލާފައި، އޭނާގެ ދިގު ބުޅި އިސްތަށިގަނޑު މައްޗަށް ނަގާ އައްސާލިއެވެ. ކަޅުކުލަ ގަދަ ބުޅި އިސްތަށިގަނޑު އެ ގޮތަށް އައްސާލީމާ ވަރަށް ރީއްޗެވެ.

އޭނާގެ ނަސީބު ވަރަށް ދެރައެވެ. އޮފީހަށް ވަދެ އިށީންދެލިތަނާ މާންގެ ސެކެޓަރީ ލަޔާލް އައިސް އޭނާ ގާތު މާންގެ ކެބިންއަށް ދިއުމަށް އެދުނެވެ. ހީވީ ހަމަ އޭނާ އޮފީހަށް ނުވަދެގެން ހުރިހެންނެވެ. ބިރުގެންފާވާ ޝިފްނާ ލަދުވެތިކަމާއެކު މާންގެ ކެބިންއަށް ވަދެލިއެވެ.

“ޝިފްނާ އިށީދޭ” މާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“އަޅިގަނޑަށް މާފް ކުރައްވާ. ޔޫލީއަކީ ވަރަށް ރުޅި ގަދަ ރުންކުރު ކުއްޖެއް. އެހެން ދިމާވީ އޭނާއަށް ނުވިސްނޭތީ.” އަވަސް އަވަހަށް ފައްޗަކަށް ޝިފްނާ ބަސްތައް އަމުނާލިއެވެ.

“ޝިފްނާ ކަމެއް ކުރިނަމަ އެއްނު ޝިފްނާ މާފަށް އެދެން ވާނީ، ޝިފްނާ އަދި މާފަށް އެދޭވަރު ކަމެއް ނުކުރަމެއްނު. އެ ކުއްޖާއަށް ކިޔަނީ ޔޫލީ ތަ؟ ޝިފްނާ މީތި ޔޫލީ އާއި ހަވާލްކޮއްލަ ދީފާނަންތަ؟” މާން ހިނިތުންވެލަމުން ފެހި ކުލައިން ބަންދުކޮށްލާފައި އޮތް ޕާރްސަލްއެއް ޝިފްނާއަށް ދިއްކޮއްލިއެވެ. ” އަދި އަހަރެންގެ ފަރާތުން މާފަށް އެދޭތި”

ޝިފްނާ ބޯޖަހާލަމުން ޕާރްސަލްގައި ހިފިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ސޫރަ

Next

ހިތް އަވަސްވާ ގޮތް ވިޔޭ 1

Next
April 11, 2026

ހިތް އަވަސްވާ ގޮތް ވިޔޭ 1

Previews
April 11, 2026

ސޫރަ



All Right Reserved!