Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް – 3 ވަނަ ބައި

wish
wish Level 2100 Login10 Stories
April 10, 2026 4 Mins Read
8 Comments

“ޝިފްނާ ކަމެއް ކުރިނަމަ އެއްނު ޝިފްނާ މާފަށް އެދެން ވާނީ، ޝިފްނާ އަދި މާފަށް އެދޭވަރު ކަމެއް ނުކުރަމެއްނު. އެ ކުއްޖާއަށް ކިޔަނީ ޔޫލީ ތަ؟ ޝިފްނާ މީތި ޔޫލީ އާއި ހަވާލްކޮއްލަ ދީފާނަންތަ؟” މާން ހިނިތުންވެލަމުން ފެހި ކުލައިން ބަންދުކޮށްލާފައި އޮތް ޕާރްސަލްއެއް ޝިފްނާއަށް ދިއްކޮއްލިއެވެ. ” އަދި އަހަރެންގެ ފަރާތުން މާފަށް އެދޭތި”

ޝިފްނާ ބޯޖަހާލަމުން ޕާރްސަލްގައި ހިފިއެވެ.

*********

އޮފީސް ނިމުމުން ޝިފްނާ ދިޔައީ ޔޫލީ މެން ގެއަށެވެ. ޔޫލީ އިނީ ދެފައި ވަށް ކޮއްލައިން ސޯފާގައި ޓީވީ ބަލާށެވެ.

“ޝިފް.. މި ގަޑީގަ މި ގެއަށް ތޮ އައީއޯ؟” ޝިފްނާ އާންމުކޮށް ނުފެންނަ ގަޑިއެއްގާ ފެނުމުން ޔޫލީއަށް އަހާލެވުނެވެ.

“އަމާނާތެއް ރައްދުކުރަން” ޝިފްނާ ދިމާކޮށްލުމުގެ ރާގެއްގާ ބުނެލުމަށްފަހު ޕާރްސަލް ދިއްކޮލިއެވެ.

“އަ ގިފްޓް .. ކާކު ދިން އެއްޗެއް؟” ޔޫލީ ހައިރާންކަމާއިއެކު އަހާލިއެވެ.

“މާން”

“އެ ކާކު”

“އެއީ އަހަރެންގެ ބޮސް. މާފަށް އެދުމަށްވެސް ބުނި”

“އޯ.. ޔޫ މީން ދަ ކޭޝިއަރ.” މިހެން ބުނެލަމުން ޔޫލީ ޕާރްސަލް ކަޑާލިއެވެ.

އޭގައިވާ އެއްޗިސް ފެނުމުން ޔޫލީގެ މޫނު ފުސްވެގެން ދިޔައެވެ. އަދި ތުން އޫ ކޮއްލަމުން އޭނާ ބުނެލިއެވެ. ” މީ ދެން ކޮންކަމެއް؟ ކޮން ކަހަލަ ބޮޑާ މީހެއް؟ އަހަރެން ނުގަނެ އައި އެއްޗެއް މި ފޮނުވީ އަހަންނަށް މަލާމާތް ކުރަންތަ؟ . އަހަރެން މި ބޭނުމެއް ނޫން. ގެންގޮސް އޭނަ އަށް މި ދީ.”

” ނޫން ޔޫ. އަހަންނަށް ލާހިކު ކުޅަދާނައެއް ނުވާނެ ތި ގެންގޮސް އޭނަ އަށް ދޭކަށް. ތި ބޭނުން ނުކުރަންޔާ ޔޫ ބެނުން ގޮތެއް ތިއަށް ހަދާ.” ޝިފްނާ މިހެން ބުނަމުން ޔޫލީ ދިއްކޮށްލި އެއްޗިސް ޔޫލީއާއި ދިމާއަށް ޖައްސާލިއެވެ. މި ސަކަރާތްގަޑުގައި އޭގެ ތެރެއިން ގަޑުކޮޅެއް ވެއްޓުނެވެ. ޔޫލީ ގަޑުކޮޅު ނަގާ ކިޔާލިއެވެ. އިގިރޭސި އަކުރުން ގަޑުކޮޅުގައި ވިއެވެ. ‘ އައި އެމް ސޮރީ. ހޯޕް ޔޫ ވުޑް ފޮގިވް މީ. ދަ ޝާރޓް ވޮޑް ބީ ގޮޑް އޮން ޔޫ.’ ޔޫލީގެ ދޮން ކޯތާފަށް ޖަންބު ކުލަ ވެރިވެގެން ދިޔައެވެ. ތުންފަތަށް ދެމިލީ ބޭއިހްތިޔާރުގައެވެ.

ޝިފްނާ އަށް މިތަން ފެނި ހިނިގަނޑު މަތައެއް ނިވިއެވެ. ޕަކަޕަކަ ލާ ހީގެންފިއެވެ. ޔޫލީ އޭނާއަށް ތުން އަބުރާލާ ލޯ ވަށް ކޮއްލިއެވެ. ވަގުތުން ޝިފްނާ ހިނިގަނޑު މަތަ ކުރިއެވެ.

ޔޫލީ އޭގައި އޮތް ރަތް ކުރުތާ ނަގައި ޝިފްނާ އަށް ދިއްކޮށްލަމުން ބުނެލިއެވެ. “އަހަރެން މި ޔޫސް ކޮށްފާނަން އެކަމް ޝިފްއަށް ސެލެކްޓް ކުރި ކުރުތާ ޝިފް ވާނެ އެކްސެޕްޓް ކުރަން.”

ޝިފްނާ ހީލަމުން ކުރުތާގައި ހިފިއެވެ. ގޭގައި ކުރަން ޖެހޭ މަސައްކަތް ހުރުމުން މާ ގިނައިރު މަޑުކުރެވެން ނެތް ވާހަކަ ބުނެ ޝިފްނާ ދިޔައެވެ.

********

ރިސޯޓް ޕްރޮޖެކްޓް ‘އެމް ޑިޒައިންސް ޕރވ ލމޓ’ އަށް ލިބުމުން މާން އިނީ ހިތްހަމަޖެހިފައެވެ. ނަމަވެސް ރިސޯޓްގެ ވެރިޔާ އެ ކޮންސެޕްޓްއަށް ކުއްލި ގޮތަކަށް ގެންނަން ބޭނުންވި ބަދަލުތަކެއްގެ ސަބަބުން އެ މަސައްކަތް ފުރިހަމައަށް ނިންމާލަން މާންއަށް އަދި ވިއްސަކަށް ދުވަސް ބޭނުންވެއެވެ. އެހެންކަމުން އޭނާގެ މުވައްޒަފުން ތެރެއިން އެންމެ އިތުބާރު ކުރާ ދެމީހުން ގެނެސް އެ މީހުންނަށް އިރުޝާދު ދިނުމަށްފަހު މަސައްކަތް އެމީހުނާ ހަވާލްކޮށްފިއެވެ.

“ދޮންބޭ” މާން މީޓިން ރޫމް އިން ނިކުތް އިރު މާހިން އޮފީހަށް ވަނީއެވެ.

“މާހިން. ކޮބާ ދަތުރު ކިހިނެއް؟” މާހިން ކޮޑުގައި ޖަހާލަމުން މާން ބުނެލިއެވެ.

“ދަތުރު ހަމަ ވަރަށް ސަޅި. ވަރަށް އެއްޗިސް އޮންނާނެ ފިހާރައަށް ގެނެސްފަ. ކިހިނެއްތަ ފިހާރައިގެ ކަންކަން ދިޔައީ. މިއަދު ސަލާން ނަގައި ކުއްޖާއަށް ވަޒީފާ އަށް ނިނުކުންނަން އަންގާފިން.”

“އެ ކީއްވެ؟ އިންސާނުން ބަލިވެސް ވާނެ. މާހިން އެކުއްޖާއާއި ވާހަކަ ދައްކާ އޮޅުންފިލުވާލިންތަ ވެގެންއުޅޭ ގޮތެއް. ވިޔަފާރިއެއް ދެމެހެއްޓޭނީ ވަރަށް ހިތްވަރު ހުރެގެން. ފިހާރައެއް ހިންގޭނީ ވަގުތަށް ހުޅުވާ ހިސާބުތައް ބަރާބަރަށް ބަލަހައްޓާ ޒިންމާދާރުކަމާއެކު ލާރީގެ މުއާމަލާތް ކުރެވިގެން. ފިހާރައަށް ނުކަތާވަރަށް މީހުންނަގާ ދޮންބެގެ ޖީބުން އެ ކުދިންގެ މުސާރަ ހަމަޖެއްސީމަ ކަމަކުނުދާނެ އިނގޭ.” މާން މާހިންއަށް ވިސްނާދިނެވެ.

“އަހަރެން ދެން ފިހާރައަށް އިތުރަށް ކުއްޖެއް ނަގާކަށް ނުވިސްނަން. މޯރނިން ފިހާރަ ހުޅުވާ ގަރލް ވަރަށް ބަރާބަރު. ދެން ރޭގަނޑު މި ވިސްނަނީ އަހަރެން ފިހާރައިގަ އިންނަން.” މާހިން ވިސްނުންތެރިކަމާއެކު ބުނެލިއެވެ.

“ތީ ވަރަށް ރަގަޅު ގޮތެއް.” މާހިންގެ ވާހަކައަށް އެއްބާރުލުންދެމުން މާން ބުނެލިއެވެ. ދެމީހުން ސައިކަލަށް އެރީ ގެއަށް ދިއުމަށްޓަކައެވެ.

މާހިންއަކީ މާންގެ އެއްބަޑުއެއްބަފާ ކޮއްކޮއެވެ. މާން މާހިންއަށްވުރެ 4 އަހަރު ދޮއްޓެވެ. އެދެބެންގެ މިޒާޖާއި އެއްވަރަށް ދެބެންގެ ސިފަވެސް ތަފާތެވެ. މާންއަކީ ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ އަތުގެ މަސްތައް ވަރުގަދަވެފައި އަތުގެ ނާރުތައް ފުފިލާފައިވެއެވެ. އެއާއި ހިލާފަށް މާހިން، މާންއަށް ވުރެ ދިގުވެފައި ހިއްކެވެ. މާހިންގެ ހަށިގަނޑުގެ އަނަރޫފަ ކަމަކީ، މާހިންގެ މާޒީގެ ނަތީޖާއަށްވުން ގާތެވެ. މާހިން އަކީ ގައިގެ ކުލަ އަލި ދޮން މީހަކަށްވާއިރު މާން އަކީ ދޮން މީހެކޭ ނުބުނެވޭނެއެވެ. ނަމަވެސް މާން އަކީވެސް ކަޅު މީހެއްނޫނެވެ. މާންގެ ހަށިގަނޑުގެ ކުލައަކީ ގިނަ ދިވެހިންގެ ކުލައެވެ. މެދުމިނެކެވެ. މާންގެ ލޮލުގެ ކަޅި މަޑު މުށި ކުލައަކަށްދާއިރު މާހިންގެ ލޮލުގެ ކަޅީގެ ކުލައަކީ ގަދަ މުށި ކުލައެވެ. މާންގެ ފަން އިސްތަށިގަނޑު ވަނީ ކުރުކޮށް ކޮށާލާފައެވެ. މާހިންގެ ބުޅި އިސްތަށިގަނޑު އޭނާގެ ކޮޑުން ތިރިއަށް ފައިބައެވެ. މާންގެ ތުބިޅިއާއި މަތިމަސް ކޮށާލައި އޭނާގެ މޫނާ ގުޅޭނެހެން ރީއްޗަށް ބައްޓަން ކޮށްލާފައިވެއެވެ. އެއާއި ހިލާފަށް މާހިން ވަނީ ތުބިޅިއާއި މަތިމަސް ބާލާ އެއްވަރު ކޮށްލާފައެވެ. މިޒާޖުގެ ތަފާތަށް ބަލާއިރު މާން އަކީ މަޑުމައިތިރި، ބަސްމަދު، ހަރުދަނާ، ހިތްހެޔޮ އަދި މަސައްކަތަށް ލޯބި ޖެހިފައިވާ ޒިވާނެކެވެ. މާހިން އަކީ ސަކަ ގޮތްގަޑެއް ހުންނަ އަނގަ ގަދަ، ރުންކުރު، ރުޅިގަދަ އަދި ހަމަ އެހާމެ ފަރުވާކުޑަ ޒުވާނެކެވެ.

ޔޫލީ ވަނީ ފުން ހިޔާލެއްގައެވެ. އޭނާ އެ ވިސްނަމުން ދަނީ އޭނާއަށް އެ ޕާރްސަލް މާން ފޮނުވުމުގެ މަގްސަދެވެ. ކިތަންމެ ވަރަކަށް ވިސްނި ކަމުގައި ވިޔަސް އޭނާ އަކަށް ނިންމުމަކާއި ހިސާބަކަށް ނުދެވުނެވެ. ވާނީވެސް އެހެންތާއެވެ. އެ ދީގެން ވަކި މާންއަށް ހާސިލްވާނީ ކޮން ކަމެއް ހެއްޔެވެ. ނަމަވެސް އެ ހިޔާލް ހިތުން ފިލުވާލެވޭ ގޮތެއް ނުވިއެވެ. މަންމަ އަބަދުވެސް ޔޫލީ ގާތި ބުނާ ބަހެއްގެ މަތިން ހަނދާންވެފައެވެ. “އެދުމެއްނެތި ވެދުމެއް ނުކުރާނެއެވެ.” އޭނާގެ އެދުމެއް ވޭބާއެވެ. އޭނާގެ އެ އަމަލުގެ ފަހަތުގައި ފޮރުވިފައިވާ ބޭނުމެއް ވޭބާއެވެ. ސުވާލުތަކުގެ ޖަވާބު ނުލިބި ޔޫލީގެ ސިކުނޑި ހާސްވާން ފަށައިފިއެވެ. ސިކުނޑީގަ އުފެދިފައިވާ ހައިޖާނު ފިލާތޯ އޭނާ ސީރީޒް އެއްވެސް ބަލަން ފަށައިފިއެވެ. ނަމަވެސް ސިކުނޑިއަށް ބަރުވެފައިވުމުން ޝައުގުވެރިކަމެއް ނެތެވެ. ކުއްލިއަކަށް އޭނާއަށް ހިޔާލެއް އައެވެ. ވަގުތުން ފޯނު ނަގާ ޝިފްނާއަށް ގުޅިއެވެ. ވަރަށް އަވަހަށް ޝިފްނާ ފޯނަށް ޖަވާބުދިނެވެ.

” ޝިފް، ހިނގާބަލަ މިރޭ ބޭރަށް ގޮސްލަން. ”

” އެ ކޮނަކްމެއްލާގަތީ އަނެއްކާ؟ މިހާރު ޝޮޕިންވެސް މިވިއްޖެއެއްނު. ” ޝިފްނާ ސަމާސާ ރާގަކަށް ޔޫލީ އާއި ދިމާކޮށްލިއެވެ.

” ދެން ޝިފް .. އަހަރެންގެ ބޯ ހަމަޖައްސާލަން.. ޕިއްޒާއެއް ކާލަން ދެވޭނެއެއްނު…ނޫނީ ޖޫގޯ ބޯންވެސް ދެވިދާނެ. ” ޔޫލީ އޭނާގެ މަގްސަދު ހާމަ އެއްނުކުރެއެވެ. އޭނާ ބޭނުންވަނީ ޝިފްނާ ބޭރަށް ދާން އެއްބަސް ކުރުވާށެވެ.

” ހޫމްމް… ޔޫ ވިއްޔަ ދޯ.. ތިގެއަށް އަހަރެން ދާނަން އެއިޓް ތަރޓީ ގަ. ”

އަށްގަޑި ބައި ވިއިރު ޔޫލީ ހުރީ ރީތިވެލައިން ސިޓިން ރޫމްގަ ޝިފްނާ ގެ އިންތިޒާރުގައެވެ. ޔޫލީ ހުރީ ކުކުޅު ބިސް ކުލައިގެ އަތްދިގު ގަމީހެއްލާފައެވެ. އެއީ ހަމަ އެ ގަމީހެވެ. އެ ކުލަ ޔޫލީ އާއި ވަރަށް ގުޅެއެވެ. މާން ބުނިހެން އެ ގަމީހުގައި ޔޫލީ ފެންނަލެއް ވަރަށް ވެސް ޗާލެވެ. ބާރު ކަޅު ސްކިނީއެއްލާފައި ހުރި އިރު އޭނާގެ ހިމަ ފައިގެ ބައްޓަން ރީއްޗަށް އެނގެއެވެ. ތުންފަތުގައި ކެއްކި ރަތް ކުލަ ޖައްސާލާފައި ވާއިރު އޭނާގެ ދޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވިއެވެ. ބޮޑު ލޯ ފަވާލާފައި ވަނީ ކަޅު އައިލައިނަރ އިންނެވެ. ދިގު އެސްފިޔަތަކުގައި މަސްކަރަ އަޅާލައިފައިވާއިރު އޭނާގެ ކަޅީގެ ނޫ ކުލަ ފާހަގަވާލެއް ބޮޑެވެ. ހަމަ ޔަގީނުންވެސް އެ އަންހެން ކުއްޖާއަށް ފެންނަ ކޮންމެ މީހަކު ތައުރީފް ކުރާނެކަން ގައިމެވެ.

” ވާއޮ .. ހާދަ ރީތިވެލައިން މިރޭ ތިހިރީ… އަނެއްކާ އަހަރެން ކައިރި ނުބުނާ ކަމެއް އޮތީތަ؟ އަނެއްކާ އިތުރު މީހަކު އަންނަނީތަ؟ ” އެވަގުތު އެ ގަމީސް ޝިފްނާ އަށް ފާހަގަ ވިއެވެ. ” ޔޫ ތީ އެ ފިހާރައިން ނެގި ގަމީސް ދޯ ؟ އަނެއްކާ ކޮން ކަމަކު ތި އުޅެނީ؟ ޔަގީން ހަމަ މިރޭ ތިޔަ އުޅެނީ ކޮންމެސް ކަމަކު. ” ޔޫލީ ލައިން ހުރި ގަމީހުގަ އަތް ޖައްސާލަމުން ޝިފްނާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 2100 Login10 Stories

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ…؟ 11

Next

ހިތް އެދޭ މަންޒިލަކީ… 31

Next
April 10, 2026

ހިތް އެދޭ މަންޒިލަކީ… 31

Previews
April 10, 2026

ހަގީގަތަކީ ކޮބައިހޭ…؟ 11

8 Comments!

  1. Aisherr says:
    April 10, 2026 at 12:13 pm

    How old are you wish

    1. wish wish says:
      April 10, 2026 at 12:48 pm

      Haha I’ll keep that a mystery 🙂 But rest assured I am old enough to share the story. So what do you think of the story so far? Would love to hear the thoughts

  2. Eviee says:
    April 10, 2026 at 1:27 pm

    first story aa balaafa rangalhu hama. ginain liyun varakah writing improve vaane. You have potential so dont give up and keep up the good work 🙂

    1. wish wish says:
      April 10, 2026 at 1:39 pm

      Thank You Eviee for the kind words. Means a lot. I really appreciate the encouragement. 🙂

  3. Anonymous says:
    April 10, 2026 at 3:25 pm

    Sheeeees asking you What’s ur age not for a long paragraph
    Kithah aharu hoooo

    1. wish wish says:
      April 10, 2026 at 10:59 pm

      I did reply for that. And I will not entertain negativity

  4. Aisherr says:
    April 10, 2026 at 5:19 pm

    Fr 😭

  5. Anonymous says:
    April 11, 2026 at 10:49 am

    Really?

Comments are closed.

Next Episodeނޭދެން ވަކިވާކަށް – 4 ވަނަ ބައި←


All Right Reserved!