ތަޅުދަނޑި ހިފައިގެން ޖަންނަތު ގޮސް ވަނީ ހޮޓެލްގެ ޕާކިން ޒޯނަށެވެ. ކާރުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހާލި ވަގުތު މީހަކު އޭނާގެ ފަހަތުން އައިސް ނޭފަތް މަތީގައި ފޮތިގަނޑެއް އަޅައި ބާރު ކޮށްލިއެވެ. ޖަންނަތަށް ކަމެއް ނުކުރެވުނީސް ހޭނެތުނީ އެ ފޮތިގަނޑުގައި ހުރި ކްލޮރޯފޯމްގެ އަސަރު ގަދަކަމުންނެވެ. އެ ފިރިހެން މީހާ އެއަށްފަހު ޖެހިގެން ހުރި ކާރަށް ޖަންނަތު ލައިފައި ދޮރު ލެއްޕިއެވެ. އޭރު އެ ދިމާލަށް އިން ކެމެރާ އިނީ އެއްޗަކުން ޖަހާ ހަލާކުކޮށްލައިފައެވެ. ސަގަރޭ ޖަންނަތުގެ […]
“ތިއީ ފެމިލީ އިން ފައިލް ކޮށްފައި އިން މައްސަލައެއް ނޫން. އަރީން އަށް އެނގެއެއްނު ލޯވް ފާރމްތަކުގައި ހަވާލުކުރެވޭ ކޭސްތަކަކީ އެ ބައެއްގެ އާއިލާ އިން ނުވަތަ އެ ކަހަލަ ގާތް ގުޅުމެއް އޮންނަ ބަޔަކު ލާރި ދެއްކީމަ ހަވާލުކުރެވޭ ކޭސް ތަކެއް ކަން.” ރޫހާން ރައްދުގައި ބުނެލިއެވެ. އެ ވަގުތު ރޫހާންގެ ކެބިނު ސޯފާގައި އިން އެހެން މުވައްޒަފަކު ސިހިފައި އެ ދިމާ ބަލައިލައިފިއެވެ. ވާހަކަ ދައްކަން ތިބި ދެ މީހުންނަށް މިކަމެއް ފާހަގައެއް ނުވިއެވެ. […]
ރޭގަނޑުގެ ވަގުތެވެ. އޮފީސް ނިންމާފައި އަރީން މިސްރާބު ޖެހީ ރޯޝަނީ ގެއަށް ދާށެވެ. ފުވައްމުލަކަށް ދިޔަ ފަހުން އަދި ޒައިލީނާއި ބައްދަލެއް ނުވެއެވެ. ގުޅާ ކޮންމެ ފަހަރަކު ވެސް ޒައިލީން އަރީން ގާތު އަންނާށޭ ބުނެ ރޯނެއެވެ. އެހެނަސް އަރީން އެހެން ވާހަކައެއް އަޅުވާލައިގެން ރުއްސާލާނެއެވެ. އެ ހިސާބަށް އާދެވުމުން އަރީން ކާރުން ފޭބިއެވެ. ޖަންނަތު ދިޔައީ ކާރު ޕާކިން ޒޯނަށް ލާށެވެ. އަރީން ގޮސް ގޭޓުގައި ކޯޑު ޖަހަން ވާއިރަށް މީހަކު އޭނާގެ އަތުގައި ހިފާ […]
“ޒެވް… ވަރަށް ސަކަރާތް ކަމެއް ވެއްޖެ.” ލީވާން މަޑުމަޑުން ބުނެލިއެވެ. “ކިހިނެއްވީ؟” ޒަވިއަން ކޮންޕިޔުޓަރުން ނަޒަރު ވަކި ނުކޮށްލާ އިނދެ އެހިއެވެ. ލީވާން ދެން ބުނެލި އެއްޗަކުން ޒަވިއަންގެ ޙަރަކާތްތައް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި ގޮނޑިން ފުންމައިގެން ތެދުވި އިރު ރުޅި އައިސްގެން އޭނާ ތުރުތުރު އަޅަމުން ދިޔައެވެ. “ކީއްވެ އެ މީހުން ޖަލުން ދޫކޮށްލަންވީ؟ އޭނ. ދިހަ އަހަރު ދެ އަހަރަށް ވާންވީ ކީއްވެ. ފައިސާ އަށް ވިކޭ މީހުން ތިއްބަސް އެ ވަރުގެ ކަމަކަށް […]
“ކީއް ކުރާނީ؟ ރިޝްވާން މި ތަނަށް އެ އައީ ބްލޫ ވޯޓާސްގެ މީހުންނަށް ފިލާކަށްނު. އެހެންވެ ބޭރު ތެރެއަށް އެހާ ވަރަށް ނުނިކުންނަނީ ކަން ނޭނގެ. މާދަން ރޭގަނޑަށް ޓިކެޓް ނެގުނުކަން ރަނގަޅު. އޭރުން މާދަމާ ވެސް ރިޝްވާން ފެނޭތޯ ރަށުގައި އަތް ފުނާ އެޅޭނެއްނު.” އަރީން ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. “މީހުންނަށް ފިލައިގެން އުޅެންޏާ ވަކި އަހަރެމެންނަށް ރިޝްވާން ހޯދޭނެތަ؟” ސުމައްޔާ އެހިއެވެ. އަރީން އިސްޖަހާލީ އެއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ. “އަދި އެންމެ […]
މޫނު ބަލައިފައި އެންމެ ފަހުން ނުކުތީ ސުމައްޔާއެވެ. އޭނާ ނުކުންނަން ދިޔަ ވަގުތު އެ ދިމާލަށް ދުވެފައި އައި ފިރިހެނެއްގެ ގައިގައި ލައިގަނެފައި ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން ބެލެންސް ކޮށްލެވުނު ކަމީ އޭނާގެ ނަސީބެވެ. “ސޮރީ.” މަޢާފަށް އެދިފައި އެ ފިރިހެން މީހާ ގޮސް އަޙްމަދު ޝިފާގެ ގާތުގައި އިށީނދެ ‘ބައްޕާއޭ’ ކިޔާ ރޯން ފެށިއެވެ. ސުމައްޔާ އަށް ބަލަން ހުރެވުނީ ހުއްޓުން އަރައިފައެވެ. އެއީ ކާކު ކަން ވަކި ކުރަން އޭނާ އަށް އުނދަގުލެއް ނުވިއެވެ. […]
އަރީން ކޮނޑުގައި ދަބަސް އަޅުވާލަމުން އަތުން ފައިލް ހިފައިގެން ކެބިނުން ނުކުތެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ ނުކުމެގެން ގޮސް ކާރަށް އެރިއެވެ. “ހުޅުމާލޭ ފުލުސް ސްޓޭޝަނަށް.” އަރީން ބުނެލިއެވެ. ޖަންނަތު ސަރަކައިގައި ހިފާ އަނބުރާލަމުން ކުރިއަށް ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު އަރީންގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ކޭސް ފައިލަށެވެ. އޭނާ ކްރިމިނަލް ކޭހަކާއި ހަވާލު ނުވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. ސުމައްޔާ ރަހީނުކޮށްފައި ބިރު ދައްކާލި […]
**ދެ އަހަރު ފަސް** ފައިމަައްޗަށް ތުއްތު ތުއްތު ދަރިފުޅު ލައިގެން އެ ކުއްޖާ ނިންދަވަން އަރީން މަދަހައެއް ކިޔަމުން ދިޔައެވެ. ދެފައި ހަލުވަމުން ދިޔަ އިރު އެ ކުއްޖާގެ ލޯ މަޑުމަޑުން މެރެމުން ދިޔައެވެ. ރަނގަޅަށް ނިދައިފި ކަން ޔަޤީންވުމުން އަރީން ވަރަށް ފަރުވާތެރިކަމާއެކު އެ ކުއްޖާ އެނދުގެ މެދުގައި ބާއްވާލިއެވެ. ރަޖާ އަޅާލުމަށް ފަހު އޭނާ ކޮޓަރިން ނުކުތެވެ. ދެން ބަދިގެއަށް ވަދެފައި އޭނާ އުޅުނީ އެތަން ހަމައަކަށް އަޅުވާށެވެ. މި މަންޒަރު ފެނި ސޯފާގައި […]
ހެކިބަސް ދިނުމަށް އަރީނަށް ގޮވާލުމުން އޭނާ ގޮނޑިން ތެދުވިއެވެ. ސުމައްޔާ އަރީންގެ އަތުގައި ހިފައިގެން ވަކި ހިސާބަކަށް ދިޔައެވެ. އަރީން ހެކިވެރިންނަށް ޚާއްޞަ ގޮނޑީގައި އިށީނެވެ. ފުން ނޭވާއެއް ލައިފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް އޭނާއަށް އެ ވާހަކަތައް ދައްކަން ފަސޭހައެއް ނުވިއެވެ. ނާއިލް، ޝައުލާގެ އިތުރުން ރީމާޒުގެ ތޫނު ނަޒަރު އަމާޒުވެފައި ހުރުމުން ހިތް ބިރުގަތެވެ. “އަރީން. އަޅުގަނޑުމެންނަށް ސާފުވާނެހެން ވާހަކަ ދައްކަބަލަ.” ޤާޟީ ބުނެލިއެވެ. އަރީން އިސްޖަހާލިއެވެ. ޒަވިއަންމެން ހާސްކަމުގެ ނަޒަރެއް […]