ކައި ނިމުމުން ސުމައްޔާ ތަށި ދޮވެލުމަށް ފަހު މޭޒުމަތި ސާފު ކޮށްލިއެވެ. ބަދިގެ ނިންމާލުމަށް ފަހު ސުމައްޔާ ގޮސް ޢަބްދުއްރަޙްމާން އުޅޭ ކޮޓަރި ދޮރު މަތީގައި ހުއްޓުނެވެ. އެއަށްފަހު ތަޅުގައި ހިފާ އަނބުރާލީ ނިދީތޯ ނޫންތޯ ބަލާށެވެ. އެތެރެއަށް ވަތް އިރު ކޮޓަރި ތެރޭގައި ވަނީ އޮރެންޖް ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލި ކަމެވެ. ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި އެނދު ހުސްކޮށް ހުރުމުން، ސުމައްޔާ ކުރިއަށް ހިނގާލައިފައި ގޮސް ފާޚާނައިގެ ތަޅުގައި ހިފާލިއެވެ. އެ […]
“ޑޯންޓް އަންޑައެސްޓިމޭޓް މީ. އެ ހެކީގެ ކޮޕީ އަހަރެންގެ އަތުގައި އެބަހުއްޓޭ. ހާސްނުވޭ. ހެއްކެއް ލިބުނިއްޔާ އެންމެ ފުރަތަމަ ވެސް އަހަރެން އެކި ކޮޕީތަކޭ ހައްދަނީ. ކަމެއް ދިމާވާނީ ބުނެފަކާ ނޫނެއްނު. ދެން މި ބުނާ ވާހަކަ އިތުރު އެހެން މީހަކަށް އެނގިގެން ނުވާނެ. ޤަބޫލުކުރަން ދަތިވިޔަސް މިއީ ތެދު ވާހަކައެއް.” ސުމައްޔާ އަތް މައްޗަށް ނަގަމުން ވާހަކަ ދައްކަމުން ދިޔައެވެ. “އަހަރެންގެ އަސްލު ނަމަކީ ސުމައްޔާ އެއް ނޫން. އަހަރެން އުފަންވި ދުވަހު ކިޔުނު ނަމަކީ […]
ވަކި ހިސާބަކުން އަރީނަށް ހުއްޓާލެވުނީ ބޮލުގައި ރިއްސައިގަތުމުންނެވެ. ލަސްލަހުން ކައިރީގައި އޮތް ގޯޅިއާއި ދިމާލަށް ނަޒަރު ހުއްޓާލައިފިއެވެ. “ރީން. ކިހިނެއްވީ؟ ކުއްލިއަކަށް ބޮލުގައި ރިއްސަން ފެށީ ދޯ! ވެއިޓް.” ސުމައްޔާ އަށް އެއީ އަރީން އެކްސިޑެންޓްވި ހިސާބު ކަން ރެއަކާލީ ދެނެވެ. އަމިއްލަ ނަފްސަށް އަޑުލަމުން އަރީންގެ އަތުގައި ހިފައިގެން އަނބުރާ އައި ކޮޅަށް ދާން މިސްރާބު ޖަހައިފިއެވެ. “ނޫން. ސުމީ. އިހަށް މަޑުކޮށްލާ. އަހަރެންނަކަށް ނުހިނގޭނެ. ރަނގަޅަށް ތަންތަނެއް ނުފެނޭ. ފުސް ހަނދާންތަކެއް އާވަނީ.” އަރީން […]
ޢަބްދުއްރަޙްމާންގެ ހުއްދަ ހޯދުމަށް ފަހު އިޙުސާނު ވަނީ ސުމައްޔާގެ ކޮޓަރިއަށެވެ. އެ ކޮޓަރިއަށް އެއްވެސް ބަދަލެއް އައިސްފައެއް ނެތެވެ. ކަބަޑު މަތީގައި ފޯނު ބާއްވާފައި އޭނާ ބޭނުންވީ އެ ތަން ހާވާލާށެވެ. ހުޅުވާ ބަލަމުން ދަނިކޮށް އޭނާގެ ސަމާލުކަން ހުއްޓުނީ ފާޑެއްގެ ފިތަކަށެވެ. އެ އަށް އޮބާލުމުން އިތުރު ބަޔެއް ކަޝްފުވެގެން ދިޔައެވެ. ކޯޑެއް ޖަހަން އެރުމުން އޭނާއަށް މޫނު ކުނިކޮށްލެވުނެވެ. ސުމައްޔާ ޖަހާނެހެން ހިވާ ކޯޑު ތަކެއް ޖަހަމުން ދަނިކޮށް ތިންވަނަ ބުރުން އެ ހުޅުވިއްޖެއެވެ. […]
އެހެން އިރުކޮޅަކު އިނދެފައި ނައުރީން ކޮޅަށް ތެދުވެއްޖެއެވެ. “ވީ ބްރޯކް އަޕް.” ކިރިޔަ ކިރިޔާ އިވޭ ވަރަށް ނައުރީން ބުނެލިއެވެ. އަރައިގެން ހުރި ފައިވާން ބާލައިފައި އޭނާ ހިނގައިފައި ދިޔައީ ހިލަތަކާއި ދިމާލަށެވެ. ނައުރީން އެ ބުނި އެއްޗެއް ވިސްނައިގަންނަން މަސައްކަތް ކުރަމުން ދިޔަ ލީވާނަށް ތެދުވެވުނީ ނައުރީން ހިލަތަކުގެ މައްޗަށް އެރި ފަހުންނެވެ. ނައުރީން ކުރިން ވެސް އިޙުސާނުގެ ސަބަބުން ހިތުގައި ޖެހިފައި ހުރި ދުވަހަކު އެ ތަނުން ފުންމާލި ކަން ހަނދާން ވުމުން ލީވާންގެ […]
“ފަލަކް ދައްތީ އައިސްކްރީމް. ކޮއްކި ބޭނުން އައިސް ކްރީމް.” ފަލަކްގެ ފައިގައި ހިފަހައްޓާލަމުން ޒައިލީން އެދުނެވެ. ފަލަކް ޒައިލީންގެ އަތުގައި ހިފާލައިގެން ލުއިކާނާ ވިއްކާ ސްޓޭންޑާއި ދިމާލަށް މިސްރާބު ޖެހީ އައިސްކްރީމް ގަންނާށެވެ. “ވަން ބްލޫބެރީ އައިސްކްރީމް.” އެކޮޅުން ގޮވާލުމުން ފަލަކް އޭނާގެ ވޮލެޓް ނަގައިފައި ދިހަ ރުފިޔާ ދިނެވެ. އެއަށްފަހު އައިސްކްރީމް ތަށި ނަގައިފައި ޒައިލީނަށް ދޭން އެފަރާތަށް އެނބުރުނެވެ. އޭރު އެ ތަނުގައި ޒައިލީން ފެންނާކަށް ނެތެވެ. ”މިތާ ހުރި ކުޑަ ކުއްޖާ ދިޔަ […]
“ހަހް. ކަލެއަށް ފިހާރައެއް ހުޅުވުނީމަ ހިތް އާސްމާނަށް އަރުވައިގެން ދޯ ތި ތެޅެނީ. ހަނދާންތައް ދިޔައިމަ މައެ މަތިން ހަނދާން ނެތުނީމަތަ އެހާ ވަރަށް ތި ބަލަނީ؟ ތިޔަހެން މާ އުފަލުގައި އަބަދަކު ނޫޅެވޭނެ. ޒެވް އާއި ވަކިވާން ދެކޮޅު ހަދަންޏާ އަނެއްކާ ވެސް ކަލެއަށް ހަމަލާއެއް ދޭނަން. މިހާރު އެހެރަ ކުޑަކުއްޖާއަށް ތޮޅެލަން ވީތަ؟” ޝައުލާ ކައުންޓަރު ބިއްދޮށަށް ވަދެފައި އަރީންގެ ހެދުމުގައި ހިއްޕެވެ. މި ނުދަންނަ އަންހެނާގެ އުޅުން ހުރި ގޮތް ފެނި އަރީން […]
“ކޮން ކްލާސް މޭޓެއް؟ ކޮން ކަހަލަ ހަނދާންތަކެއް އާވީ؟” ޒަވިއަން އެހިއެވެ. “ވަރަށް އަންކޮމްފޮރޓެބަލް ހަނދާންތަކެއް. އެހާ ރަނގަޅަކަށް ސާފެއް ނޫން. ފަހަރެއްގައި ދެވަނަ ފަހަރަށް ދިމާވިއްޔާ އެނގިދާނެ ކަންނެ އޭނާ ކުރި ކަންކަން. އެ ކްލާސްމޭޓަކީ ނާއިލް. ބުންޏަސް ޒެވް އަށް ނޭނގިދާނެ ކަންނެ.” އަރީން ބުނެލިއެވެ. އެ އަޑު އަހައިފައި ޒަވިއަންގެ ދެލޯ މުދުނަށް އެރިއެވެ. ރުޅިގަނޑު ކޮންޓްރޯލް ކުރަން އުޅޭ ފަދަ ގޮތަކަށް ދަތްކުނޑި ވިކާލިއިރު އެ މޫނުމަތިން ފެންނަނީ ނުތަނަވަސްކަމާއި ނުރުހުމުގެ […]
“ހިނގާ ދޯ ސަވައިވަލް ގޭމް ފަށަން.” ރިޒޭ އަފާފް ނަގާ އުރާލަމުން އެނދުމައްޗަށް ބަންޑުން ވައްޓާލިއެވެ. އޭރު އެތަނުގައި ތިބި އެންމެންގެ ދަހިވެތި ނަޒަރު އަމާޒުވެފައި ވަނީ އަފާފަށެވެ. ރިޒޭ އިޝާރާތްކޮށްލުމާއި އެކު އެހެން ދެމީހަކު ދެ ޗާބޫކުން އަފާފްގެ ހަށިގަނޑަށް ހަމަލާ ދޭން ފެށިއެވެ. އަފާފްގެ މުޅި ހަށީގައި ވޭން އަޅަމުން ދިޔައީ އިންތިހާއަށެވެ. އެ ދެލޮލުން ހޯސްލައިފައި ކަރުނަ އޮހޮރެމުން ދިޔައީ އެ ކަމަށް ކެތްތެރިވާން އުނދަގޫވުމުންނެވެ. “އައްދޭ! އެހާ އަވަހަށް ރޮވެން ފެށީތަ؟” […]