Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 54

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
March 19, 2026 7 Mins Read
38 Comments

“ޒެވް… ވަރަށް ސަކަރާތް ކަމެއް ވެއްޖެ.” ލީވާން މަޑުމަޑުން ބުނެލިއެވެ. “ކިހިނެއްވީ؟” ޒަވިއަން ކޮންޕިޔުޓަރުން ނަޒަރު ވަކި ނުކޮށްލާ އިނދެ އެހިއެވެ. ލީވާން ދެން ބުނެލި އެއްޗަކުން ޒަވިއަންގެ ޙަރަކާތްތައް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި ގޮނޑިން ފުންމައިގެން ތެދުވި އިރު ރުޅި އައިސްގެން އޭނާ ތުރުތުރު އަޅަމުން ދިޔައެވެ.

“ކީއްވެ އެ މީހުން ޖަލުން ދޫކޮށްލަންވީ؟ އޭނ. ދިހަ އަހަރު ދެ އަހަރަށް ވާންވީ ކީއްވެ. ފައިސާ އަށް ވިކޭ މީހުން ތިއްބަސް އެ ވަރުގެ ކަމަކަށް ބެހެވޭނެތަ؟” ޒަވިއަން ވާހަކަދެއްކީ އޭނާގެ ނަފްސު ކޮންޓްރޯލުން ނެއްޓިފައިވާ ފަދަ ހަރުކަށި ރާގަކަށެވެ. އެ ބާރު އަޑުގައި ވަނީ ބަޔާންކުރަންދަތި ހިތްހަމަނުޖެހުމަކާއި، ފުން ރުޅިވެރިކަމެއް އެކުލެވިފައެވެ. “ފަހަދު ލައްވާ އެ ކަން ކުރީ. މި އޮތީ ރިކޯޑިން ތަކެއް. އެ ގުރޫޕް ރޭގައި އެއްވެފަ ވަރަށް ވާހަކަ ދެއްކި. އެމީހުން މަސައްކަތް ކުރޭ އެބަ މެސެޖު ފޮނުވި މީހެއް ހޯދަން. އެ މީހުން ގެންގުޅޭ ހެކަރެއް ވެސް. އެކަމަކު އެހާ މޮޅެއް ނޫން. އެހެންވެ އަދި އަހަރެމެންނާއި ދިމާ ނުކޮށް އެ ހުރެވެނީ. އެންމެ މީހެއްގެ ފޯނުން ސާފު ވާނެހެން ރިކޯޑު ވެފަ ހުރީ. މި މީހުންގެ ބައެއް ޕްލޭންތައް އަހަރެމެންނަށް ނުހޯދެނީ ރީއްޗަށް އަޑު އަރާނެހެން ޑިވައިސްތައް ނުގެންގުޅޭތީ. ވަރަށް ފަރުވާތެރި ބައެއް.” ލީވާން އޭނާގެ ލެޕުން ރިކޯޑިން ތަކެއް އަޅުވާލިއެވެ.

“ސަގަރޭ އެއީ ކާކު؟ އަހަރެމެން ބެލި ބެލުމުން ސަގަރޭ އެއް ނުހޯދެއްނު.” ޒަވިއަން ސުވާލުގެ ރާގަކަށް އެއްސެވެ. “ތިއީ އަދި މިސްޓަރީ އެއް. އަހަރެންނަކަށް ތި މީހެއްގެ އެއްވެސް މަޢުލޫމާތެއް ނުހޯދުނު. އެއިން އެކެއްގެ ފޯނުގައި ވެސް އެ މީހަކާއި މުޢާމަލާތު ކޮށްފައެއް ނެތް. ވާހަކަ ދައްކާ ގޮތުން ހީވަނީ މެދުއުމުރުން މައްޗަށް ގޮސްފައި ހުރި މީހެއް ހެން” ލީވާން ރައްދުގައި ބުނެލިއެވެ. “އެއީ ކިހިނެއް ވާނެ ކަމެއް. އެއްވެސް ތަނެއްގެ ކެމެރާ އަކަށް އަރައިފަކާ ނެތްތަ؟ ސަސްޕިޝަސް މީހަކު ފެނުނިއްޔާ ފާހަގަ ކުރަން ފެންނަނީ.” ޒަވިއަން ޚިޔާލެއް ދިނެވެ.

“އޯލްރައިޓް. އެކަމަކު އޭރުން އަހަރެން ކުރަން ޖެހޭ އޮފީސް މަސައްކަތް ތަކަށް ވަގުތު ހުސްނުކުރެވިދާނެ. މިއީ ފަސޭހަ ކަމެއް ނޫން ވިއްޔާ. ވަރަށް ވަގުތު ނަގާކަމެއް. ކޮންމެ ކްލިޕެއް ބަލާއިރު ވެސް ވަރަށް ވިސްނައިގެން އިންނަން ޖެހޭނީ އެންމެ މުހިންމު ޑީޓެއިލެއް މިސް ނުވޭތޯ” ލީވާން ބުނެލިއެވެ. “މައްސަލައެއް ނޫނެއްނު. އިލެވެން ކުރާ މަސައްކަތް ހަވާލުކުރާން މި ތަނުން މުވައްޒަފެއް ކަނޑައެޅިދާނެއްނު. ސީދާ މި ރޫމަށް ނަޔަސް އެކަހަލަ ކަންކަން ކުރެވިދާނެ.” ޒަވިއަން ބުނެލިއެވެ.

“އާން. ޖަންނަތު އާއި ފަލަކް އަށް އަންގަން ޖެހޭނެ މިހާރު އިތުރަށް ސަމާލުވާން. ޒެވް އަވަހަށް އެ ކަން ކުރޭ. ޖަލުން ނުކުމެވުނީމަ އެ މީހުން އަންނާނީ ރީން އާއި ދިމާލަކަށްނު.” ލީވާން ހާސްވެފައި ބުނެލިއެވެ. ޒަވިއަން ފޯނު ނަގާ ފުރަތަމަ ގުޅާލީ ޖަންނަތަށެވެ. އެއަށް ފަހު ފަލަކަށެވެ.

“ނާއިލަށް ވެސް އިންޒާރުގެ މެސެޖެއް ފޮނުވާލަން ވީނުން. އަދި ހަނދާން ނެތިފައޭ މިހުރީ ރޭގައި ޖަންނަތު ގުޅާފަ ބުންޏޭ އަޒާ މަރާލުމުގައި ޢަމަލީގޮތުން ބައިވެރިވީ ތިން މީހެކޭ. އެއިން އެކަކީ ނާއިލް. ދެން ހުރި ދެމީހުންގެ ގޮތެއް އަދި ނޭނގޭ.” ލީވާން އަތް ޖަހާލަމުން ބުނެލިއެވެ. “ކިހިނެއް ޖަންނަތު އަށް އެ ކަން އެނގުނީ؟” ޒަވިއަން ހައިރާންވެފައި އެއްސެވެ.

“ސުމީ ރީން ގޮވައިގެން ފުވައްމުލަކަށް ދިޔައީ އެ ކަމެއް ހޯދަން ހެން ހީވަނީ. އިތުރު ތަފްސީލެއް ނުދޭ. އަހަރެމެން ގާތު ނުބުނީ ރީން ބުނީމަޔޯ.” ލީވާން ރައްދުގައި ބުނެލިއެވެ. ޒަވިއަން އެ ކަމާއި މެދު ފުންކޮށް ވިސްނާލިއެވެ. އަރީން އަމިއްލައަށް އެ ކޭސް ދިރާސާ ކުރަނީބާއޭ އޭނާ ހިތަށް އެރިއެވެ. އެހެން ކަމަށް ވިއްޔާ އަރީން ވާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.

“އާހް. އަދި ކިރިޔާ ހަމަ ނޭވާ ލެވޭ ވަރު މިވީ. ހާދަ ދުވަހަކު މި ނަރަކައިގަ އުޅެން ޖެހިއްޖެޔޭ. ބިއުޓީ ޓްރީޓްމަންޓް ނުހަދާ ގޮސް އަހަރެންގެ ސިފަ ހުތުރުވާން ފަށައިފި. މުޅިން ވެސް އެ *** ** ގެ އަހުވަ. މިހާރު ދަރި ލިބިގެން ހިތް އާސްމާނަށް އަރުވައިގެން އުޅޭނެއްނު. ނިކަން ހުރެބަލަ. މި ކަމުގެ ހިތި ބަދަލު އެ *** އަށް ދައްކާލާނަން. އަހަރެން ޖަލު ތޭރި ތަކުގެ ބިއްދޮށަށް ލުމަކީ ކިހާ ބޮޑު ކުށެއްކަން އިހުސާސް ކޮށްދޭނަން.” ޖަލުން ދޫކޮށްލުމުން ގެއަށް ގޮސްފައި ޝައުލާ ކޮޓަރިއަށް ރޯޅިއެއް ބޭލިއެވެ. ލޯ މައްޗަށް އިސްތަށި ވެއްޓިފައި ހުރި އިރު އޭނާގެ މޫނުމަތީގައި ވަނީ ނުރައްކާތެރި އަސަރެކެވެ. އަތުގައި އޮތް ފޯނުން އޭނާގެ ‘އެހީތެރިޔާ’ އަށް ގުޅާލައިފިއެވެ.

“ރީން. އަހަރެންނާއި ވަކިން އެއް ތަނަކަށް ވެސް ނުދާތި. ޝައުލާ އާއި ނާއިލް މިނިވަންވެއްޖެ.” ޖަންނަތު އަރީންގެ ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަމުން އެ ޚަބަރު ދިނެވެ. އަރީނަށް ބިމަށް ތިރިވެވުނެވެ. ޒައިލީނާއި މެދު އޭނާ ކަންބޮޑުވިއެވެ. އެ ކުއްޖާ އަށް ގޮތެއް ވިއްޔާ އޭނާ ދުނިޔެއަށް މޮޔަވެދާނެއެވެ. އޭނާގެ އަނދިރި ދިރިއުޅުން އުޖާލާ ކޮށްދިން ފުރާނަ އަކީ އެއީއެވެ.

“ޖަންނާ. ފަލަކް އަށް ގުޅާފަ ބުނޭ ޒެލީ ބޭރަށް ނުނެރެން. ޒެލީ އާއި ދުރަށް ނުގޮސް އަބަދު ގާތުގައި ހުންނަން. އަހަރެންގެ ޒެލީ. އެ މީހުން އަނެއްކާވެސް ޒެލީ އަށް ގޮތެއް ހަދާފާނެ.” އަރީން ރޮއި ގަންނަމުން އެދުނެވެ. އޭނާގެ ލޯ މައްޗަށް ސިފަވާން ފެށީ މި ކޮޓަރި ތެރެއަށް ނާއިލް އާއި ޝައުލާ ވަދެގަތް ދުވަހެވެ.

ޖަންނަތު އައިސް އަރީނާއި ހަމައަށް ތިރިވެލަމުން އެ ހަށީގައި ދެއަތް ވަށާލިއެވެ. ފަލަކް އަށް ގުޅާ އަރީންގެ މެސެޖު ރައްދު ކޮށްފައި އޭނާ އަރީންގެ ބޮލުގައި ފިރުމަމުން ވާހަކަ ދައްކަން ފެށިއެވެ. “އިރާދަކުރެއްވިއްޔާ ދެން އެ މީހުންނަށް ޒެލީ އަށް ގެއްލުމެއް ނުދެވޭނެ. ކުރިން އެ ކަން ވީ ސަލާމަތީ ފިޔަވަޅު ނާޅާ ހުރުމުންނެއްނު.” ޖަންނަތު މަސައްކަތް ކުރީ އަރީނަށް ހިތްވަރު ދޭށެވެ.

“އަހަރެންނަކީ ހާދަ ބަދުނަސީބު މީހެކޭ. ސޯޅަ އަހަރުން ފެށިގެން އަބަދުވެސް ކޮންމެވެސް ބިރުވެރިކަމެއްގެ ތެރޭގައި އުޅެން މި ޖެހެނީ. ކީއްވެގެންތަ އަހަރެން އަމާޒަކަށް ހަދާފަ މިހެން އަނިޔާކުރަނީ؟ އަހަރެންގެ ކޮން ކުށެއް އޮވެގެންތަ؟ ޖަންނާ އަށް އެނގޭތަ؟ އަހަރެން ދިހައެއްގަ އުޅުނު އިރު އެ ބަޔަކު ފުރަތަމަ ގެއްލުމެއް ދިނީ. އެ ކަމުގައި އެ އުޅޭ ޝައުލާ އަކީ ޒެވް އާއި ހެދި މޮޔަވެފަ ހުންނަ މީހެއް. ވެއާރއޭޒް ނާއިލް އިޒް އޮބްސެސްޑް ވިތް މީ. އަހަރެންނަށް ލޯބި ވެވުނީ ޒެވް ދެކެ. އަހަރެންގެ ވޭނީ ސަފުޙާތަކުގައި ކުލަ ޖެހުނީ ސުކޫލުން ޒެވް ގައިގައި ލައިގަނެ ވެއްޓުނު ހިސާބުން. ފުރަތަމަ ކޫސަނި ގޮތްގޮތަށް ބެހުނީ. ދެން ސީދާ މާރޑާ އެޓެމްޕްޓެއް. ވަޅި ހަރާފަ ލެބް ސްޓޯރ ރޫމެއްގައި އަލިފާން ރޯ ކޮށްލީ. ދެން… ދެން އަޒާ. ޒެވްގެ ހުރި ހަމައެކަނި ކޮއްކޮ އަޒާ. އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަނިޔާވެރި ގޮތަކަށް މަރާލީ. އޭގެ ބަދުނާމު އަހަރެންގެ ބޮލުގައި އެޅުވުމުން ހިތާ ފުރާނައިން ލޯބިވި ފަރާތުގެ ނަފުރަތުގެ އަލިފާން އަހަރެންނަށް އަމާޒުވީ. އަހަރެންނަށް ޔަޤީން އެއީ ޒެވް އަހަރެންނާއި ގާތަށް ނާންނާނެ ވަރު ކުރަން ޖެހި މަޅިއެއް ކަން. އެހާ ރަޙުމްކުޑަ ގޮތަކަށް އަހަރެންގެ ކޮޓަރިތެރޭ އަޒާ މަރާލައިފައި އޮތް މަންޒަރު ފެނި ފާޑަކަށް ނަފްސާނީ ވި. ކެނެޑާގައި އުޅެމުން އެ ބިރުވެރި ނަފްސާނީ ބަލިމަޑުކަމުން އަރައިގަންނަން ވަރަށް ދުވަސް ނެގި. އެއަށްފަހު އަނބުރާ މި ޤައުމަށް އައި ކަމުން އަހަރެންނަށް ލޯ އަޅައިގެން ތިބި ދެ މީހުން އަނެއްކާވެސް އަހަރެންނާއި ބެހެން ފެށީ.” ކަރުނަ އަޅަމުން އަރީން ވާހަކަ ދައްކަން ފެށިއެވެ.

“އެ މީހުންގެ އަލިފާން ރުޅިގަނޑަށް ޕެޓްރޯލް އެޅުނީ މަންމަމެން ރާވައިގެން އަހަރެންނާއި ޒެވްގެ ކައިވެނި ކުރުވި ހިސާބުން. އެރޭ ވެސް ކިރިޔާ މަރުގެ އެތިފަހަރެއް ކަހަލަ އެކްސިޑެންޓެއް ނުވެ ސަލާމަތް ވީ. ދެން ނާއިލް އަހަރެންނަށް ހެރޭސް ކުރާ މިންވަރު ދެގުނަ ތިންގުނަވި. ޝައުލާ އަހަރެން ފެންނަ ކޮންމެ ފަހަރަކު އަވަގުރާނު ގޮވާފަ ބެހިލާނެ. ނުވީތާކަށް ޒެވް ވެސް… ޒެވް އޭރު ގަބޫލުކުރަމުން ދިޔައީ އަހަރެންނަކީ އަޒާ މަރާލި އަނިޔާވެރިޔާ ކަމަށް. އެހެންވެ… ހީ ހާރޓް މީ އީވެން މޯރ އަންބެއަރަބަލީ.” އަރީން ނޭފަތް ދަމަމުން ބުނެލިއެވެ.

“ދެން ވަޒީފާގައި މަސައްކަތް ކުރި އިރު ނާއިލް އޭނާގެ ބައްޕަ އާއި އޭނާގެ ވިޔަފާރި އާއި ގުޅުން ހުރި ކޭސްތަކުގައި މަސައްކަތް ނުކުރަން ބުނެ އިންޒާރު ދޭން ފެށީ. އެ އިންޒާރުތަކަށް ބީރު ކަންފަތެއް ދިނުމުން ދެން ހިފީ އަހަރެންގެ ބަލިފައިގަ… ސުމީ މަރާލާން އެ މީހުން އުޅުނީ. ސުމީ އެރޭ ކިރިޔާ ސަލާމަތްވީ. އަހަރެން ނާއިލް ބުނިހެން އެ ކޭސްތައް ދޫކޮށްލިން. އެއަށްފަހު އަހަރެން ބަނޑުބޮޑުކަން އެ މީހުންނަށް އެނގުނު. އަހަރެން ޒެވް އާއި ވަކިވެގެން ހޮޓެލަށް އައި ދުވަސްކޮޅުގަ އެއީ. އަހަރެން ޒެވް އާއި ވަކިން އުޅެން ގެއިން ނުކުތް ދުވަހު ޒެވް އަށް އަޒާގެ މާރޑާ ކޭހުގެ ޙަޤީޤަތް އެނގޭ ވަރުވީ. އެއް ރެއަކު އެ މީހުން މިތަނަށް ވަދެގަނެފައި އުޅުނީ ޒެލީ މަރާލަން. ބަނޑުދަށަށް ވަޅިއެއް ވެސް ހަރާލި. އެ ދުހު ސަލާމަތްވީ ޒެވްގެ ސަބަބުން. މިހާރު އެހާ އަވަހަށް އެ މީހުން ޖަލުން ނުކުތީ. އަހަރެން ކިހިނެއް ހަދާނީ؟ އަބަދު ބިރުވެރިކަމެއްގައި ތަ އަހަރެންނަށް އުޅެން ޖެހެނީ؟ ޒެވް އާއި ދިމާ ނުވިނަމަ އަހަރެންގެ ދިރިއުޅުން ތަފާތު ވާނެތަ؟ އަހަރެންނަށް މިނިވަންކަމާއި އެކު އުފަލުގައި އުޅޭނެ ފުރުސަތެއް ނުލިބެންވީ ކީއްވެތަ؟” އަރީން ރޮއި ރޮއި ގޮސް ހުރީ ދެ ލޮލަށް ރަތް ލޭ ކުލަ އަރައިފައެވެ.

“ވަޓް ދި ފްރީކިން ހެލް! ޝައުލާ ތުއިތެޅުވިޔާ ނާއިލްގަނޑު މިނިވަންކުރިއްޔޭ. މިހާރު މި ޤައުމުގައި އިންސާފު ހިނގަނީ އިދިކޮޅަށް ތަ؟ އެހާ އަވަހަށް ދޫކޮށްލަން ޖެހޭތަ؟” ސުމައްޔާ ގާތު އިޙުސާނު އެ ވާހަކަ ބުނުމުން ފުންމައިގެން ތެދުވެއްޖެއެވެ. ދެ އަތް މުއްކަވާލައިގެން ހުރި އިރު އޭނާގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.

“އިހަށް ހަމަޖެހޭ. މި ތަނުގަ އަޑުގަދަ ކުރިއްޔާ ވީ ގޮތް ބަލަން އެހެން މީހުން އަންނާނެ. މިހާރު އޮތް ގޮތުން ކަމެއް ކުރެވޭކަށް ނެތް. ހަމައެކަނި އެ މީހުންނަށް ފިލައިގެން އުޅެން ޖެހޭނީ. ޖަލަށް ލީ ކަމުގެ ބަދަލު ހިފަން އަންނާނީ ރީން އާއި ދިމާލަށް. ނަސީބެއް ޒެވް ބޮޑީގާޑެއް އަރީން ގާތު ސައުވީސް ގަޑިއިރު ބަހައްޓާކަން.” އިޙުސާނު ސުމައްޔާގެ އަނގަމަތީގައި އަތް އަޅާލަމުން ބުނެލިއެވެ.

“ކިހިނެއްތަ ހަމަޖެހޭނީ. މަށަކަށް ހަމައެއް ނުޖެހެވޭނެ. ހާދަ ދުވަހަކުންނޭ ރީން އަށް އެމީހުންގެ ގޯނާތަކުން ސަލާމަތް ވެވުނީ. އެންމެ ދެ އަހަރު ދުވަހު އެ ފަކީރަށް ހަމަޖެހިލައިގެން އެ އުޅެވުނީ. ސަހާދެއް މި ކުރި. އެމީހުން މަ އަތުން މަރާލައިގެން ނޫނީ އެ ކަމުން ސަލާމަތް ވެވޭކަށް ނެތް.” ތުން ފިއްތާލަމުން ސުމައްޔާ ބުނެލިއެވެ.

“ވޯހް ވޯހް. ޗިލް ގާލް. ޗިލް. ސޫމޯ ފުން ނޭވާއެއް ލައިބަލަ. އެހެން ކަމަކާ ވިސްނާ. ތިހެން ވާހަކަ ނުދައްކާ. ފުލުހަކަށް ވެހުރެ މީހަކު މަރާލާނެ ވާހަކަ ދައްކަން ހެޔޮ ނުވާނެ. ކިތަންމެ ޝައިޠާނީ ކުށްވެރިން ތަކަކަށް ވިޔަސް ޤާނޫނީ އަދަބު ނޫން އަދަބެއް ނުދެވޭނެ.” އިޙުސާނު މަސައްކަތް ކުރީ ސުމައްޔާގެ ރުޅިގަނޑު ފިނިކޮށްލެވޭތޯއެވެ. އޭނާ މައިތިރި ކުރެވުނީ ވަރަށް އުނދަގުލުންނެވެ.

“ރީން އޮފީހަށް ދާ ގަޑި ޖެހެނީނުން. އަވަހަށް ދޭ ދެން ފާޚާނާ އަށް ވަދެފައި ފެންވަރާލައިގެން ނުކުންނަން. އެ މީހުންނާއި މެދު ނުވިސްނާ. އައި ވިލް ޕްރޮޓެކްޓް ޔޫ.” ޖަންނަތު އަރީންގެ މޫނުގައި ހިފާލަމުން ބުނެލިއެވެ. އަރީން ހުއްޓާލައިފައި ޖަންނަތު ބުނި ގޮތަށް ކަންތައް ކުރަން އުޅުނެވެ. ޖެހިޖެހިގެން ދެ އޮފް ނަގައިފައި މިއަދު ނުގޮސް ހުރެވޭކަށް ނެތެވެ.

ލޯވް ފާރމުގައި މަސައްކަތް ކުރި އިރު ވެސް އަރީން ހުންނަނީ އިރު އިރު ކޮޅާ ބިރަށް ސިހިސިހިއެވެ. ކެބިނުގައި އިންނަ އިރު ހީވަނީ ދެންމެ ދެންމެ ވެސް ނާއިލް އައިސް އެ ތަނަށް ވަދެގެންފާނެ ހެންނެވެ. ސޯފާގައި އިން ޖަންނަތަށް ބަލައިލަމުން އެ ނަފްސަށް ހަމަޖެހުން ގެންނަން ކުރި މަސައްކަތް ވަނީ ބޭކާރެވެ. އެ ކަމާއި ހެދި ކުރަން އިން މަސައްކަތަށް ސަމާލުކަން ދޭން ވެސް އުނދަގޫވިއެވެ.

އަނބުރާ ގެއަށް އާދެވުމުން ނާއިލްގެ މޫނުމަތީގައި އުޖާލާ ހިނިތުންވުމެއް ދުވެލިއެވެ. އޭނާގެ ލޯބިވާ ދޮންތަ ނުފެންނަތާ ވެސް މިހާރު ދެ އަހަރު ވެދާނެއެވެ. އޭނާ ޖަލުގައި ހުރި އިރު ބައްދަލުކުރަން ނައީ ހިތްހަމަނުޖެހިފައި ހުރުމުން ކަމަށް އޭނާ ނިންމިއެވެ. ނާއިލް ބޭނުންވީ އެ ނުތަނަވަސްކަން ނައްތާލާށެވެ. ބައްޕަ އަކީ އެހާ ވަރަށް ވާހަކަ ދައްކާ މީހެއް ނޫނެވެ. އެންމެ ޅަ އުމުރުއް ސުރެ އޭނާގެ ހުރިހާ ވެސް މީހަކީ ނައުރީނެވެ. ނައުރީން އޭނާ އަށް އިމެއް ނެތި ލޯތްބާއި އަޅާލުން ދިނެވެ. ކުޑައިރު ކަމަކާ ދެރަވެ ބިރުގަނެއްޖެ ނަމަ ހިތްހަމަޖައްސަން ނާއިލާއި އެކު ކުޅެ ހަދާނެއެވެ. އަނެއްކޮޅުން މަންމަ ބައްޕަ ގާތުން ވަރިވެގެން ގޮސް އުޅެނީ ކޮންތާކު ކަމެއް ވެސް ނޭނގެއެވެ.

ނައުރީންގެ ކޮޓަރީގައި ޓަކި ޖަހާ އެތެރެއަށް ވަން އިރު އެ ތަނުގައި އެކަކު ވެސް ނެތެވެ. ފާޚާނާއިގައި ކަމަށް ހީކޮށް އޭނާ އެ ކޮޓަރި ސޯފާގައި އިށީނދެ އިރުކޮޅަކު އިނެވެ. ނައުރީން ނުނުކުތުމުން އޭނާ ގޮސް ފާޚާނާއިގެ ދޮރުގައި އަތް ޖައްސާލަމުން ދޮންތާއޭ ކިޔާ ގޮވާލިއެވެ. ފާޚާނައިގެ ދޮރު ހުޅުވައިފައި ހުރުމުން ނައުރީން ނެތް ކަން އޭނާ އަށް އެނގުނެވެ. ކަރު އެލުވާލަމުން އޭނާ އެ ކޮޓަރިން ނުކުމެގެން ގޮސް އަމިއްލަ ކޮޓަރިއަށް ވަނީ ދެނެވެ.

ނާއިލް އެންމެ ފުރަތަމަ ވެސް ކަބަޑު ތެރޭގައި އޮތް އޭނާގެ ފޯނު ނަގާ ހުޅުވާލިއެވެ. “ކަލޭ ހީކުރީތަ އަޒާޔާ މަރާލައިފަ ތިހެން މިނިވަންކަމާއި އެކު ތާ އަބަދު އުޅެވޭނޭ. އޭރު އެ ކަމަށް ފަސްއަޅާ ފޮރުވާލިޔަސް އެ ޙަޤީޤަތް ކޮނެފަ ނުނެގޭނެ ކަމަށް ހީކުރީތަ؟” ނާއިލަށް ސިހިފައި އޭނާގެ ފޯނު އެއްލާލެވުނީ ފޯނަށް އައި މެސެޖެއް ފެނިފައެވެ. އަތް ތުރުތުރު ލަމުން ދިޔަ ޙާލު އޭނާ އަށް ފަހަތަށް ޖެހިލެވުނެވެ. އިސްތަށިގަނޑަށް އަތް މަހާލެވުނު އިރު އޭނާ ދާހިއްލައިފިއެވެ. ފޯނު ނަގައިފައި އޭނާ ކޮޓަރިން ނުކުމެގެން ދިޔައީ ބައްޕަ ހޯދާށެވެ. ގޭގައި ނެތް ކަން އެނގުމުން ބައްޕައަށް ގުޅާލިއެވެ.

ޢަލީ އަހުމަދު ފޯނު ނެގީ ނާއިލް ގުޅާ ގުޅާ އަވަދިވީ ފަހުންނެވެ. “ކިހިނެއްވީތަ؟ އެހާ ވަރަށް ތި ގުޅަނީ؟ ނާއިލަށް ހަމަ ނޭނގެނީތަ އަހަރެންނަކީ ކިހާ ބިޒީ މީހެއް ކަމެއް. ޖަލުން ނެރެފަ ތި ހުރީ. ދެން ޖެހޭނީ މި ކުންފުންޏާއި ގުޅެން. އަންހެން ކުއްޖަކާއި ހެދި އިތުރު ގަމާރު ފިޔަވަޅެއް ނާޅާތި.” އެކޮޅުން ހިތްހަމަނުޖެހިފައި ހުރެ އެއްޗެހި ކިޔައިގަތެވެ. “ބައްޕާ. އަހަ… އަހަރެންގެ ފޯނަށް ގޮތް ނޭނގޭ މީހަކު އެބައޮތް މެ… މެސެޖެއް ފޮނުވާފަ. އަޒާޔާ ޒިޔާދު މަރާ… މަރާލުމުގައި އަހަރެން ބައި…ވެރިވި ކަން އެ މީހަކަށް އެނގޭ.” ނާއިލަށް ބިރުގެންފައި ހުރި ވަރުން ވާހަކަ ދެއްކުނީ އުނދަގުލުންނެވެ.

“ނާއިލް އަށް ވެސް އިންޒާރުގެ މެސެޖު ފޮނުވަން ފެށީތަ؟ ރާފިލް އަށް ގުޅާފަ ބުނޭ. އެހެން މީހުންނަށް ވެސް އެބަހުރި ތިޔަ ކަހަލަ މެސެޖު ފޮނުވާފަ. ފޮނުވީ ކާކު ކަމެއް ނޭނގޭ. އަދި ހާސްނުވޭ. ހިޔެއް ނުވޭ އެހާ އަވަހަށް އެ މެސެޖު ފޮނުވާ ބަޔަކު އަހަރެމެންނަށް ގެއްލުމެއް ދޭނެ ހެންނެއް.” ޢަލީ އަހުމަދު ރައްދުގައި ބުނެލިއެވެ.

“އާރގް **. *** **. ހޫ ދަ ހެލް އިޒް ޓްރައިނަ ބްލެކްމެއިލް މީ. އަދި މިއަދޭ ޖަލު ގޮޅިން ނުކުމެވޭ ވަރު މިވީ.” ނާއިލް ފޯނު ބާއްވަމުން ހަޅޭއްލަވައިގަތެވެ. އޭނާ ހުރީ ވަރަށް ހާސް ވެފައެވެ. އެރޭ ކުރި ކަންތައް މީހަކަށް އެނގި އޭނާ އަށް އިންޒާރު ކުރުމުން ނާއިލް ހުރީ މޮޔަ ވާ ވަރު ވެފައެވެ. ޢަލީ އަހުމަދު ބުނިހެން ރާފިލް އަށް ގުޅައިފައި އޭނާ ވާހަކަ ބުނުމުން އެ ސޮރު ބުނީ އިރުކޮޅަކުން އެ ގެއަށް އަންނާނެ ވާހަކައެވެ. ރާފިލް އަންނާން ދެން އެ ސޮރު އުޅުނީ ގަޔަށް ހިނި އަރައިގެން އުޅޭ ކަހަލަ ގޮތަކަށެވެ.

ރޭގަނޑުގެ ވަގުތެވެ. އޮފީސް ނިންމާފައި އަރީން މިސްރާބު ޖެހީ ރޯޝަނީ ގެއަށް ދާށެވެ. ފުވައްމުލަކަށް ދިޔަ ފަހުން އަދި ޒައިލީނާއި ބައްދަލެއް ނުވެއެވެ. ގުޅާ ކޮންމެ ފަހަރަކު ވެސް ޒައިލީން އަރީން ގާތު އަންނާށޭ ބުނެ ރޯނެއެވެ. އެހެނަސް އަރީން އެހެން ވާހަކައެއް އަޅުވާލައިގެން ރުއްސާލާނެއެވެ.

އެ ހިސާބަށް އާދެވުމުން އަރީން ކާރުން ފޭބިއެވެ. ޖަންނަތު ދިޔައީ ކާރު ޕާކިން ޒޯނަށް ލާށެވެ. އަރީން ގޮސް ގޭޓުގައި ކޯޑު ޖަހަން ވާއިރަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. ގަހެއްގެ ފަހަތަށް އަރީން ގެނެސްފައި އެ މީހަކު އަރީންގެ ކަރުގައި ހިފާ ފާރުގައި ޖައްސާލިއެވެ. އަރީން ފާޑަކަށް ހަޅޭއްލަވައިގަތެވެ. އެ ވަގުތު އެ މޫނު ނިވާ ކޮށްގެން ހުރި މީހާގެ އިތުރުން އެހެން މީހަކު އައިސް އަރީންގެ އަނގަމަތީގައި އަތް އެޅިއެވެ. އެއަށްފަހު އޭނާ މިޔަ ތޫނު ވަޅި އެއް ނަގާ އަމާޒުކޮށްލީ އަރީންގެ މެޔަށް ހަރާލާށެވެ.

– ނުނިމޭ –

ބަރަކާތްތެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ، ތިޔަ ލޮބުވެތި ކިޔުންތެރިންނަށް އަރިސްކުރަން.      ✨🌟 ޢީދު މުބާރިކް 🌟✨

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ލޯބިން އަރިހުގާ – 4

Next

ލޯބިން އަރިހުގާ-5

Next
March 19, 2026

ލޯބިން އަރިހުގާ-5

Previews
March 19, 2026

ލޯބިން އަރިހުގާ – 4

38 Comments!

  1. Sheex says:
    March 19, 2026 at 1:10 pm

    Wow mi part v reethi rose ❤️
    Alhey aree ah ehen nahadha🥺 efakeeruge kushakee koba? 🤌
    Alhey janah aadhebala avahah aree salaamay kuran 😖
    Zev koba pls save ur wife? 🤭
    Tc 💛
    Eid mubaarak 🌙

    1. White rose White rose says:
      March 19, 2026 at 5:17 pm

      Lets hope she comes to save areen 😔😔
      Shukran Sheex ✨✨

  2. Your fav bab Your fav bab says:
    March 19, 2026 at 2:53 pm

    What the actual hell??? E meehun hama serious kohves neruneetha?? Alhey😭😭 reen fakeerah enme dhe aharu hama jehigen e ulhevuny😭
    Anekka kaaku eii?? Shaula hen heevany…
    Anyways mi part vx MA vrh furihama!💗
    When next?
    LOVE YOU✨
    EID MUBARAK TO U TOO ROSIE🎉🎊

  3. Ayyu.. says:
    March 19, 2026 at 3:01 pm

    Wow mi part ves varah reethi
    Alhey kaaku tha areeen e hifehehhtee . curiously waiting for the next part?
    TC
    🌝Eid Mubarak 🌛

    1. White rose White rose says:
      March 19, 2026 at 5:18 pm

      Who knows 🤔🤔
      Shukran Ayyu.. ✨✨

    2. White rose White rose says:
      March 23, 2026 at 7:16 am

      Yep, naail men release kohfi 😒😒
      Shaula ge kamakah vedhaane
      Its submitted
      Shukran Your fav bab ✨✨

  4. Anonymous says:
    March 19, 2026 at 3:04 pm

    omg omg this part is so ……..
    janna pls come…yageen aee e Shula kan

    1. White rose White rose says:
      March 19, 2026 at 5:19 pm

      That’s a possibility as she’s free now 😒😒
      Shukran Anonymous ✨✨

  5. xx_dodo_xxx says:
    March 19, 2026 at 3:29 pm

    Omg mi Bai vx vrh reethi ingey.
    Rmrehun jakun nerunee dhww. Haadha foosseyy. Haadha foni bayekey.
    Alhey Reen salaamaiyy koh dhehchceyy.
    Rid Mubaarak
    Luv U tc

    1. White rose White rose says:
      March 19, 2026 at 5:20 pm

      Ali Ahmed viyya, nubai kameh viyya kuraaanehnu 😒😒
      Let’s hope she’s gonna be saved 🫠🫠
      Shukran xx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  6. xxx_dodo_xxx says:
    March 19, 2026 at 3:32 pm

    When next?????

    1. White rose White rose says:
      March 19, 2026 at 5:21 pm

      IA next Monday
      Shukran xxx_dodo_xxx ✨✨

  7. Miss rose says:
    March 19, 2026 at 3:35 pm

    Mi part ves varah reethi. What? Naail and shaula jalun salaamay vee? Alhey naureen kobaibaa? Anekka naail baa areen gendhiyay e? Curiously waiting for next part???
    Eid mubarak

    1. White rose White rose says:
      March 19, 2026 at 5:22 pm

      Yep, they are freed 😒😒
      Naail ah ves vedhaane 👀👀
      Shukran Miss rose ✨✨

  8. Exxo says:
    March 19, 2026 at 3:44 pm

    Wow Wow Wow.
    vth vx reethi inAlheyy Xely ge pic eh laani kon irakun thrr
    Eid Mubaarak
    When Next Part
    Lyssm Tc
    Good Luck White Rose.
    i’ll make sure to read next part IA

    1. White rose White rose says:
      March 19, 2026 at 5:24 pm

      Soon, lets wait a lil more to see that cutie 🥺🥺
      IA next Monday
      Shukran Exxo, more than happy to hear that ✨✨
      Lyt darl 🫰🏻🫰🏻

  9. Anonymous says:
    March 19, 2026 at 5:25 pm

    WHAAAAAT! NAAIL AND SHAULA JALUN NERUNEE EYYYY!!!
    Faisaa ah vikifa thibey meehun thakeh 😡😡
    Reen haadha bodu biruveri kameh ge therey ga ey e ulhenee. I feel so bad for her.
    Aslu keevve tha e meehun Reen fahathun nehten neyngigen e ulhenee?? Just curious
    Kaakutha Reen stab kuran e ulhenee?? Xev come and save Reen!
    Whn nxt????
    Luv u 💗💗

    1. White rose White rose says:
      March 20, 2026 at 8:32 am

      Yeaa, sadly they are released 😒😒
      Same, she’s going through a lot
      Naail is obsessed with areen and Shaula wants zev
      IA next Monday
      Shukran Anonymous ✨✨
      Lyt darl 🫰🏻🫰🏻

  10. Anonymous says:
    March 19, 2026 at 5:26 pm

    Eid Mubarak 🌙

    1. White rose White rose says:
      March 20, 2026 at 8:32 am

      🌟 Eid mubarak dear 🌟
      Shukran Anonymous ✨✨

  11. Gurly curly says:
    March 19, 2026 at 8:02 pm

    Maashaa Allah mi part vx varah varah reethi..
    When next??
    May this day bring peace and smoothness in your life, may it provided you the best time of your life. Happy eid day! On eid-ul-fitr, wish that Allah’s blessings light up the path and lead to happiness.
    !!EID MUBARAK!!

    1. White rose White rose says:
      March 20, 2026 at 8:34 am

      IA next Monday
      🌟 Eid mubarak dear 🌟
      Shukran Gurly curly ✨✨

  12. Shiu says:
    March 19, 2026 at 8:52 pm

    Mi part vx varah Reethi Masha Allah…
    Long time no seee, hehe 😁 bruhh!! WTH Naail and Shaula jalun neruny tha Mihaaru 🤬 kanthah bodu meehun thakeh huvaa 🙄 Zev ge rulhi Adhi madu!! Mi sagarey akee Adhi kaakutha?? Ali Ahmed, Naail and Shaula ge moonu nolhaalan beynumy hama🤬😤 Naail Adhi haadha bireh eba gane ey dhw… message eh fennairah edhany bappa gaathah roan..Kaakuba Reen ah ehn Ehedhee?? Naail and Shaula or Ali Ahmed ge meeheh kanneynge dhw?? Reen ah dhera gotheh nahadhacheyy.. Pls 🥺🙏 Areen ah dhera gotheh vejjeyya, I story thereah vadhefa e meehun maraalaanan Ingey 😁.. When Next??? Curiously waiting for the next part… varah dhuvas kohlaafa dhw comment eh mi kollevveny, 😩 Was really busy.. Appreciate your hard work 🥰 Lyssm💗
    تقبل الله منا ومنكم، عيد مبارك✨🤍

    1. White rose White rose says:
      March 23, 2026 at 7:14 am

      Yep, they are released 😒😒
      Sagarey ge identity adhi ambiguous gothakah othy.
      Mihaaru submit kohlaifa vy.
      Issoke, thank you sm for this comment
      Shukran Shiu ✨✨
      Lyt darl 🫰🏻🫰🏻

  13. Shaba_73 says:
    March 19, 2026 at 11:22 pm

    Mi part ves vrh Reethi MA! ✨
    Alhey reen save kurahchey plss…🙏
    Mizamaanuga meehun thibeyny rf ah vikifa vihya 😒
    Curiously waiting for the next part
    When’s next?
    EID MUBARAK ✨
    Ly and Tc

    1. White rose White rose says:
      March 20, 2026 at 8:36 am

      Dhw, sad truth of today
      IA next Monday
      Shukran Shaba_73 ✨✨
      Lyt darl 🫰🏻🫰🏻

  14. Leeshaa says:
    March 20, 2026 at 4:56 am

    Omg haadh arulhi Anna bayekeyy dhww mee ves. Emeehun avadhuves even tha hadha nee.
    Kihinehtha?????.
    Mi Bai vrh vx reeethi .salhi.
    Xeli ge pic next ep in tha ????
    LuvU and Ur storys

    1. White rose White rose says:
      March 20, 2026 at 8:38 am

      Happy to hear that 😄😄
      Not next ep, I will try to add her for 57th
      Shukran Leesha ✨✨

  15. Anonymous says:
    March 22, 2026 at 1:25 pm

    Submitted

    1. White rose White rose says:
      March 22, 2026 at 3:45 pm

      Nope, tonight IA
      Shukran Anonymous ✨✨

  16. Anonymous says:
    March 22, 2026 at 5:12 pm

    Ooh I thought Monday kamah Miadhu

  17. Anonymous says:
    March 23, 2026 at 1:57 am

    what have i missed i remember leaving this when i just couldnt handle the abuse she faced under zavian and naail damn now they have a kid too why is areen always suffering why cant zavian be stabbed

    1. White rose White rose says:
      March 23, 2026 at 5:04 am

      Zavian areen dheke rulhi aee azaaya maraali kamah e anhen kujjaa ah thuhumathu kurevi areen aa dhekolhah huri ba eh heki fenifa othyma. He does have a bad temper but after learning areen’s innocent, he starts regretting it. That changes him completely and tries to improve himself, caring Areen. Bodah understand vaany story kiyaaaleema 😊😊
      Shukran Anonymous ✨✨

  18. Gurl 10 says:
    March 23, 2026 at 2:40 am

    Can you write a paragraph on how bad white rose’s story is and that she needs to stop using ai generated cover for the stories

  19. Gurl_10 says:
    March 23, 2026 at 2:41 am

    White Rose’s story has been falling short in a lot of ways, mainly because it feels inconsistent, underdeveloped, and lacking in originality. The plot doesn’t seem to build toward anything meaningful, and the characters often come across as flat or poorly motivated, which makes it hard to stay invested. On top of that, relying on AI-generated covers only adds to the sense that the project isn’t being handled with genuine care or creativity. If White Rose wants people to take her work seriously, she needs to focus on improving the storytelling itself and consider using more authentic, thoughtfully designed covers instead of defaulting to AI-generated ones that can feel generic and disconnected from the story.

  20. Gurl_10 says:
    March 23, 2026 at 2:46 am

    No offense to white rose I hope she takes this positively

  21. White rose White rose says:
    March 23, 2026 at 4:59 am

    First of all I don’t use AI generated covers for my story. This is a story I developed through heavy thinking and planning. The story board was developed months before I started uploading, therefore every single thing that happens and to happen is decided until the end.
    However, I am still learning on how to enhance the story quality, which means there will be a lot of mistakes compared to experienced writers. So I understand if the story is poorly written. I will try my best to improve storytelling. Thank you for the feedback Gurl_10 ✨✨

  22. gurrl_11 says:
    March 25, 2026 at 12:58 am

    First of all i never said your cover was ai generated it just seems likely it and chat gpt even checked it and said it is likely ai generated or at least ai enhanced.

Comments are closed.

Next Episodeދެވުނީ ވޭނޭ 55←


All Right Reserved!