ދެވުނީ ވޭނޭ 52
މޫނު ބަލައިފައި އެންމެ ފަހުން ނުކުތީ ސުމައްޔާއެވެ. އޭނާ ނުކުންނަން ދިޔަ ވަގުތު އެ ދިމާލަށް ދުވެފައި އައި ފިރިހެނެއްގެ ގައިގައި ލައިގަނެފައި ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން ބެލެންސް ކޮށްލެވުނު ކަމީ އޭނާގެ ނަސީބެވެ. “ސޮރީ.” މަޢާފަށް އެދިފައި އެ ފިރިހެން މީހާ ގޮސް އަޙްމަދު ޝިފާގެ ގާތުގައި އިށީނދެ ‘ބައްޕާއޭ’ ކިޔާ ރޯން ފެށިއެވެ. ސުމައްޔާ އަށް ބަލަން ހުރެވުނީ ހުއްޓުން އަރައިފައެވެ. އެއީ ކާކު ކަން ވަކި ކުރަން އޭނާ އަށް އުނދަގުލެއް ނުވިއެވެ. އެއީ އެހެން ދެވަނަ މީހެއް ނޫނެވެ. އަރީނާއި ދެމީހުން ވެގެން ހޯދާ ހޯދާ ވެސް ނުފެނުނު ރިޝްވާން އަޙުމަދެވެ.
“ސޫމޯ. ދެން ވެސް ހިނގާބަލަ. ކުރަންޖެހޭ މަސައްކަތް އެބަހުއްޓެއްނު” ސުމައްޔާ އަނބުރާ އެތެރެއަށް ވަންނަން އުޅެނިކޮށް އެ އަތުގައި ހިފީ އިޙުސާނެވެ. ސުމައްޔާ އެ ވަގުތު އެ ސޮރު ފަހަތުން ދިޔައީ މިހާރު ލަސްވެފައި ހުރުމުންނެވެ.
“ރީން. އެކްސިޑެންޓުވިއެއްނު އަހުމަދު ޝިފާ އެއް. ރިޝްވާން އަޙުމަދަކީ އޭނާގެ ފިރިހެން ދަރި. ވަގުތުގެ ގޮތުން ދިމާކޮށްލާނެ ފުރުސަތެއް ނުލިބުނު.” ސުމައްޔާ އަރީނަށް ގުޅާލައިފައި އެ ވާހަކަ ބުނީ ކްރައިމް ޔުނިޓަށް ވަނުމަށް ފަހު އެވެ. އޭނާ ވާހަކަ ދެއްކީ އެހެން މީހުންނަށް ނީވޭނެހާ މަޑުންނެވެ.
“ހަމަ އަސްލުތަ؟ ޤަބޫލުކުރަން ވެސް ދަތި. އެންމެފަހުން ތާށިވެފަ އޮތް މަސައްކަތް ކުރިއަށް ގެންދަން ފަހި ފުރުސަތެއް މި ލިބުނީ. ރޭގަނޑުން ފްރީ ވީމަ އޭނާ އާއި ބައްދަލުކޮށްލަން ދަމާ ހިނގާ.” ސުމައްޔާ ދިން ޚަބަރު އިވިފައި އަރީނަށް އުފަލުން ފުންމައިގަނެވުނެވެ. އަޒާޔާގެ ކޭސް އަލުން ހުޅުވައިފައި ކާމިޔާބު ކުރަން ރިޝްވާން ވާނީ މުހިންމު ހެކިވެރިއަކަށެވެ.
އަރީނަށް ހުސް ވަގުތެއް ލިބޭ ވަރު ވީ ނުވައެއް ޖެހި ފަހުންނެވެ. ޒައިލީން ނިންދަވައިފައި އަރީން ކޮޓަރިން ނުކުމެ ފަލަކް ގާތު ކޮޓަރީގައި އިންނަން އެދުނެވެ. އެއަށްފަހު އަރީން ހޮޓެލް ރޫމުން ނުކުމެގެން ދިޔައީ ޖަންނަތު ކައިރިއަށެވެ. އަރީން އެ ހޮޓެލުން ނުކުތީ ޖަންނަތު އާއި އެކުގައެވެ. އޭރު ބޭރުގައި އިންތިޒާރުގައި ސުމައްޔާ ހުއްޓެވެ. އެ ތިން މީހުން އެރީ އަރީންގެ ކާރަށެވެ.
“ހެންވޭރު އަތިރިއާގެއަށް.” އަރީން ބުނެލިއެވެ. ސުމައްޔާ އައީ ރިޝްވާން އައިސް މަޑުކުރި ގެ ހޯދައިގެންނެވެ. އެއީ އަޙްމަދު ޝިފާ ދިރިއުޅުނު ތަނެވެ. ހުޅުމާލެ އިން މާލެ ދާން ދިޔަ ބައި ގަޑި އިރު އެ ދެމީހުން ތިބީ ކެތްމަދުވެފައެވެ. ހަމައެހެންމެ އިންތިހާއަށް ހާސްވެފައެވެ. އެ ކަހަލަ ނުރައްކާތެރި ވާހަކައެއް އެމީހުންނާއި ހިއްސާ ކުރަން ރިޝްވާން ދެކޮޅު ހަދައިފާނެ ކަމުގެ ބިރު އޮތީމައެވެ.
އަތިރިއާގޭގެ ތިންވަނަ ފުލޯ އަށް އަރައިފައި އަރީންމެން ހަމަޖެހިލިއެވެ. މިއަދު އަހުމަދުގެ އަންހެނުންނާއި ދެބަސްވުމެއް ހިނގައިފައި ވުމުން އަރީން އިހަށް މަޑުކޮށްލީ ތަން ކޮޅެއް ދުރުގައެވެ. ދޮރު ހުޅުވާލާ ވަގުތު އަރީން ހުރިއްޔާ މޫނު މައްޗަށް ދޮރު ޖަހައިފާނެއެވެ. ސިޑިގޮޅި ކައިރިއަށް ލެނގިލައިގެން ހުރި އިރު އެ ނަޒަރު އަމާޒުވެފައި ވަނީ ސުމައްޔާ އަށެވެ.
“ކީއްކުރާ ކުއްޖެއް.” ދޮރު ހުޅުވާލާފައި ނުކުތީ އަހުމަދުގެ އަންހެނުންނެވެ. “ރިޝްވާން އެބަ އުޅޭތަ؟” ސުމައްޔާ ބަދަލުގައި ކޮށްލީ ސުވާލެކެވެ. “މިރޭ ރިޝްވާން ފުރައިގެން އެ ދިޔައީ. ފުވައްމުލަކުން ވަޒީފާއެއް ލިބިގެން އެ ތަނުގައި މިހާރު އުޅެނީ” އެ އަންހެން މީހާ ބުނެލިއެވެ. “އެހެންތަ. ކޮން ތަނަކު މަސައްކަތް ކުރަނީ؟ ފުވައްމުލަކުގައި އުޅޭ ގޭގެ ނަން އެނގޭތަ؟” ސުމައްޔާ އެހިއެވެ. “ތިއީ ރިޝްވާންގެ ކާކު؟” އެ އަންހެން މީހާ ޝައްކުގެ ނަޒަރެއް ދިނެވެ. “ފްރެންޑެއް.” ސުމައްޔާ އެހެން ބުނެލީ އެ އަންހެން މީހާގެ ފަރާތުން ޖަވާބެއް ނުލިބި ދާނެތީއެވެ. “ރިޝްވާން އަހަރެމެންނަށް ތި މައުލޫމާތު ހިއްސާއެއް ނުކުރޭ.” އެ އަންހެން މީހާ އެންމެ ފަހުން ބުނެލިއެވެ. ސުމައްޔާ ޝުކުރު އަދާކޮށްލައިފައި ދިޔައީ އަރީން ގާތަށެވެ.
“ކޮބާ ކިހިނެއް ކަންތައް ދިޔައީ؟” އަރީން އުންމީދާއި އެކު އެހިއެވެ. “ރިޝްވާން ފުރައިގެން ހިނގައްޖެއޯ. ފުވައްމުލަކުގައި އުޅޭ ކަމަށް ވަނީ. ހިނގާބަ މި ހުކުރު ދުވަހު އެ ރަށަށް ދާން. ހޮނިހިރު ދުވަހަށާއި އާދީއްތަ ދުވަހަށް ދެމީހުން އޮފް ނެގީމަ ވީނުން. ކޮންމެ ގޮތެއް ހަދާފަ ވެސް ވާނެ ރިޝްވާނާއި ބައްދަލުކޮށްފައި މައުލޫމާތު ހޯދަން. އަޒާގެ މައްސަލައިގެ ޙަޤީޤީ ތަފްސީލު އެނގޭނެ އެހެން ގޮތެއް ނެތް. މިހާރު ކިހާ ދުވަހެއް ވެއްޖެތަ އެ މައްސަލައިގެ އަޑި ނޭނގިގެން އުޅޭތާ. އެ މައްސަލައިގެ ފަހަތުގައިވީ އަނިޔާވެރީން އަތުލައިނުގަނެވެނީސް އަހަރެންނަށް ހަމަނޭވައެއް ނުލެވޭނެ.” ސުމައްޔާ ބުނެލިއެވެ. “އެންމެ ރަނގަޅު. އެހެންވީމަ މި ޖެހުނީ އައްފާނުގެ ކޭސް އެއް ކޯޓު އަޑުއެހުމުން ނިންމާލެވޭ ވަރު ކުރަންތާ. އަހަރެން ވެސް ބޭނުމީ ވީހާ ވެސް އަވަހަކަށް ފުވައްމުލަކަށް ދާން.” ލިފްޓަށް އަރަމުން އަރީން ބުނެލިއެވެ.
ސުމައްޔާ އުޅޭ ފުލެޓު ކައިރިއަށް ކާރު ހުއްޓާލުމުން އޭނާ އެއިން ފޭބިއެވެ. ހިނގާލައިފައި ގޮސް އޭނާ އެ ޢިމާރާތުގެ ތެރެއަށް ވަންނަން ދިޔައެވެ. އޭނާ ސިހުނީ ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފާ ދަމައިގަންނަމުން ސިޑިގޮޅިއަށް ވައްދާލުމުންނެވެ. ސަލާމަތް ވުމުގެ ގޮތުން ކަމެއް ކުރަން ވާއިރަށް އެ މީހަކު ސުމައްޔާގެ ކުރިމައްޗަށް އެރިއެވެ. “އުންމަތުލް ވަބާ؟” ސުވާލުގެ ރާގަކަށް ސުމައްޔާ ދަމާލިއެވެ. “އުންމަތުލް ވަބާއޭ ކިޔާނެ ކަމެއް ނެތް. ސަންތި ހަމަ ހަނދާން ނެތީތަ މިރޭ އަށް ގަޑި ފަނަރައިގައި ރެސްޓޯރެންޓަށް ޑޭޓަކަށް ދާން ބުނި ހަނދާން.” ހިތްހަމަނުޖެހިފައި ހުރެ އިޙުސާނު ފާރުގައި އަތް އަޅުވާލަމުން ހަތަރު ކަޅި ހަމަކޮށްލިއެވެ. ސުމައްޔާ އަށް އަނގަމަތީގައި އަތް އަޅާލެވުނީ އެ ކަން ހަނދާން ނެތިފައި ހުރި ކަން އެނގުމުންނެވެ. ވާނީ ވެސް އެހެންތާއެވެ. ހޯދާ ހޯދާ ނުފެނިގެން އުޅުނު މީހަކު ފެނުމުން އެ ކަމާއި ވިސްނަން ހަދައިގެން މިރޭގެ ޑޭޓް މަތިން ހަނދާން ނެތުނީއެވެ.
“އަމްމް. އެހެން ކަމެއްގަ އުޅެން ޖެހުނީމަ ހަނދާން ނެތުނީއޭ. ސޮރީ.” ސުމައްޔާ އިސްޖަހާލަމުން ބުނެލިއެވެ. އިޙުސާނު ސުމައްޔާގެ ދަތް ދޮޅީގައި ހިފާ އުފުއްލާލަމުން އެ ލޮލަށް ފުން ނަޒަރެއް ދިނެވެ. “ކިހިނެއް ބަދަލު ދޭން ތި ވިސްނަނީ؟” އިޙުސާނު ލާނެތް ގޮތަކަށް ހީނލަމުން އެހިއެވެ. އެއަށްފަހު ސުމައްޔާގެ ތުންފަތުގައި އިނގިލި ހިންގާލިއެވެ. ނޭވާ އިޙުސާސްވާހާ ގާތުގައި ހުރެފައި އިޙުސާނު އޭނާގެ ތުންފަތުގައި ބޮސް ދޭން ވެސް ފަސް ނުޖެހޭނެހެން ހީވުމުން ސުމައްޔާ އަށް ހިން ދިރުވާލެވުނެވެ. އެއަށްފަހު ދެލޯ މަރާލަމުން އިޙުސާނުގެ މެދު ހަށީގައި ބައްދާލީއެވެ. އެ ތަނަވަސް މެޔަށް މޫނު ގަންނަވާލި އިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
ސުމައްޔާގެ މި ޢަމަލު އިޙުސާނުގެ ގާތަށް އައީ ޒާތެއްގެ ހިންޏެކެވެ. އެހެން ހުރެފައި ސުމައްޔާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލިއެވެ. “އަބަދު ހަގެއްތަ ދެނީ؟ އެހެން ގިފްޓެއް ނުލިބޭނެތަ؟” އިޙުސާނު ނުލަފާ ގޮތަކަށް ހީނލަމުން ބުނެލިއެވެ. ސުމައްޔާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިޙުސާނުގެ ވިސްނުން ހުރި މިސްރާބު ހިތަށް އެރުމުން ތުންފަތުގައި ދައިގަނެވުނެވެ. ގަތް ލަދުން އެ މޫނު ފިނިފެންމަލެއްހެން ރަތްވެ ފޮޅިގެން ދިޔަ ކަހަލައެވެ.
“ޔޫ ޑާރޓީ މައިންޑެޑް ބްރެޓް. އެހެން ފުރުސަތެއް ލިބޭނީ މެރީ ކޮށްފަ. ދެން މާކަ ގިނަ ދުވަހެއް ނެތޭ. ހަމައެކަނި އެންމެ ހަތަރު މަސް ދުވަސް.” އިޙުސާނުގެ މޭގައި ތަޅައިގަންނަމުން ސުމައްޔާ ބުނެލިއެވެ. “ކާކުތަ މި ތަނުން ޑާރޓީ މައިންޑެއް ހުރީ؟ އަހަރެން ބުނީ ހަގެއްގެ ބަދަލު އެހެން ހަދިޔާ އެކޭ. ސަންތިއެއްނު އޭގެ ނުބައި މާނަ ނެގީ.” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ހޭންޑް ލޮކެއް އަޅުވާލިއެވެ.
މި ވާހަކަ އިވިފައި ސުމައްޔާ ލަދުން ބިން ފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ ހިތަށް އެރިއެވެ. މިހެން ވާހަކައިން ކުރާ ސަމާސާ ތަކުގައި މުޅީން ވެސް ރަކިވާން ޖެހެނީ ސުމައްޔާ އަށެވެ. ރައްދުގައި ބުނާނެ އެއްޗެއް ވިސްނުމަށް ނައުމުން އޭނާ އަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ސުމައްޔާގެ ލޯބިކަން ފެނި އިޙުސާނަށް ހީނލެވުނެވެ. ނަފްސް ކޮންޓްރޯލް ކުރަން އުނދަގޫ ވެދާނެތީ އޭނާ އަވަހަށް ސިޑިގޮޅިން ބޭރަށް ނުކުތީ ސުމައްޔާގެ އަތުގައި ހިފައިގެންނެވެ. އެ ބުނިހެން އަދި ސުމައްޔާ އޭނާގެ މީހަކަށް ހަދާ އެ ކަހަލަ އުފާތައް ޙާސިލުކުރުމަށް ހަތަރު މަސް ނިމެންދެން ކެތްތެރިވާން ޖެހޭނެއެވެ.
“ކޮން ތާކަށް ތި ދަނީ؟” އިޙުސާނު ސުމައްޔާ ގޮވައިގެން ގޮސް ކާރަށް އެރުމުން އެހިއެވެ. “ރެސްޓޯރެންޓަށް ނުދެވުނީމަ އޭގެ ބަދަލު ވައި ޖައްސާލަން ކައިރީ ގޮނޑުދޮށަށް. ކިހިނެއްވީ؟ އެހެން ތާކަށް ދާން ހިތުލައިގެންތަ ތި ހުރީ.” އިޙުސާނު ޖަވާބުގައި ބުނެލިއެވެ. “ނޫން. މިތާ ކައިރި ގޮނޑުދޮށް އެއީ ސަޅި ތަނެކޭ. އޯހް. އަދި އެއް ކަންތައް އަހަރެން ބޭނުން އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހަށް އޮފް ނަގަން. މެސެޖް ރިލޭ ކޮށްލަދެއްޗެ. މިހާރު ޒަމާންގަނޑެއް ވެދާނެ އޮފެއް ނުނަގާތާ. އެހެންމަ ފަސޭހައިން ލިބެން ޖެހޭނެތާ. މި އުޅެނީ ރީން އާއި އެއްކޮށް ފުވައްމުލަކަށް ޖައްސާލަން. އަހަރެމެން ދެމީހުން ހޯދަން އުޅުނު ވިޓްނެސް އުޅެނީ އެ ތަނުގައި. އެހެންވީމަ ކޮންމެ ގޮތެއް ހަދާފަ ވިޔަސް ދާން ކަމަށް.” ސުމައްޔާ އެ ވާހަކަ ހިއްސާ ކޮށްލިއެވެ.
ކޯޓު އަޑުއެހުން އޮތް ދުވަހެވެ. ލޯވް ފާރމަށް ދެވުނީއްސުރެ އަރީން އުޅުނީ ހަވީރު އޮންނަ ކޯޓު އަޑުއެހުމަށް ފަރިތަކުރުމުގައެވެ. މެންދުރު ބްރޭކަށް ގެއަކަށް ވެސް ނުދެއެވެ. ކައިރި ރެސްޓޯރެންޓަކުން ބަތް ގަނޑެއް އޯޑަރުކޮށްފައި ކެއީއެވެ. އައްފާނު ދިން ތަފްސީލުތަކުގެ އެހީގައި އަރީންގެ ކޮޅަށް ބާރުލިބޭ ހެކި ކުރިން ހޯދިފައި ހުރި ކަން ރަނގަޅެވެ.
ހަވީރުގެ ވަގުތެވެ. ޖަންނަތު އާއި އެކު ގޮސް އަރީން ކޯޓު ރޫމަށް ވަތް އިރު އެ ހިތް ވަނީ އަރަބި އަހެއްހާ އަވަސް ވެފައެވެ. އަހުމަދު ޝިފާގެ އާއިލާ މެންބަރުން އޭނާ އަށް ބަލަހައްޓައިގެން ހުރި ގޮތުން ވެސް ހީވަނީ ފިއްސާލަފާނެ ހެންނެވެ. އެކަމާ ނުވިސްނާން މަސައްކަތް ކުރަމުން ފުން ނޭވާއެއް ލައިފައި ގޮސް އަރީން އޭނާގެ މަޤާމުގައި ހުއްޓުނެވެ. ފުލުހުން އައްފާނު ގެނެސް ޑިފެންޑަންޓް އަށް ޚާއްޞަ ގޮނޑީގައި ބޭނދީ ދެނެވެ. ޤާޟީ އައުމާއި އެކު އެ އަޑުއެހުން ފެށިގެން ދިޔައެވެ.
އަރީން ލިބޭ ފުރުސަތުތަކުގައި އައްފާނު ދިފާޢުކޮށް ވާހަކަ ދައްކަމުން ދިޔައެވެ. ފަރިތަކަމާއި އެކު ހުށަހެޅި ހެއްކާއި ޤަރީނާގެ އެހީގައި އަރީން ކުރި މަސައްކަތް ވަރަށް ފުރިހަމައެވެ. ޕްރޮސެކިޔުޓަރުންގެ ވާހަކަތައް މުގުރާ އަޅަމުން ދިޔަ ގޮތުން އަހުމަދު ޝިފާގެ އާއިލާ އިން ރުޅިގަދަވެގެން އެ ތަނުގައި އަޑުގަދަ ކޮށްލިއެވެ. އެމީހުން މައިތިރިވީ އެ ކަން ހުއްޓާނުލިއްޔާ ކޯޓުން ނެރޭނެ ކަމުގެ އިންޒާރު ޤާޟީ ދިނުމުންނެވެ.
އަރީން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށް ފޮންޏެވެ. ދެވަނަ އަޑުއެހުމަކަށް ދާން ނުޖެހި އައްފާނަށް ހުކުމް ކުރެވުނެވެ. ތިން އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. އައްފާނު އަރީނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ބަދަލުގައި އަރީން ވެސް ހީނލިއެވެ. އިންސާނުންނަށް ވީމާ ކުށް ކުރެވޭނެއެވެ. ކުރެވުނު ކުށަށް އިއުތިރާފު އަދަބު ލިބިގަތުމަކީ ރަނގަޅު ގޮތެވެ. އަމިއްލަ ނަފްސު އިޞްލާޙު ކުރެވޭނީ އޭރުންނެވެ.
ކޯޓު އަޑުއެހުން ނިމިގެން ލޯވް ފާރމަށް އައި އިރު އަރީން ހުރީ ހަމަޖެހިފައެވެ. އައްފާނުގެ ފައިލް ރައްދުކުރުމަށް ފަހު އޭނާ ގޮސް ކެބިނަށް ވަދެ ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު އަރީން ފޯނު ނަގާ ގުޅާލީ ޒަވިއަނަށެވެ. ފުވައްމުލަކަށް ދާން އުޅޭ ޚަބަރު ދިނުމުން އޭނާގެ ރައްދު އައިސްފާނެ ގޮތަކާއި މެދު ވިސްނަމުން ދިޔައެވެ. އޭނާ އެންމެ ހާސްވަނީ ދިއުމުގެ ހުއްދަ ނުދީފާނެތީއެވެ. އެހާ ވެސް އޯވާޕްރޮޓެކްޓިވް ވެއްޖެ ވިއްޔާއެވެ.
“އަމްމް…. މާދަން މެންދުރު ފުވައްމުލަކަށް ދާން ޓިކެޓް ނަގައިފިން. އާދީއްތަ ދުވަހު އަންނަ ގޮތަށް. ސޮރީ ކުރިން ނުބުނެވުނީމަ. މި ދެ ދުވަހު މަސައްކަތުގައި ބުރަ ކަމުން ވަގުތެއް ނުވީ.” އަރީން ލަސްލަހުން ބުނެލިއެވެ. “ކޮން ކަމަކު ދަނީ؟” ޒަވިއަން ރައްދުގައި ކޮށްލީ ސުވާލެކެވެ. “ކޭސް އަކަށް މުހިންމު ވިޓްނެސް އެއް ހޯދާފަ އިންޓަވިއު އެއް ކޮށްލަން. ސުމީ ވެސް ދާނެ.” އަރީން ބުނެލިއެވެ.
“އެންމެ ރަނގަޅު. ޖަންނަތު ގޮވައިގެން ދޭ. ބީ ސޭފް. އެ ދުވަސްކޮޅަށް ޒެލީ ގެނޭ މި ގެއަށް. މަސައްކަތުގައި އުޅެމުން އެ މަންޖެ ބަލަން އުނދަގޫ ވާނެއްނު.” ހިމޭންކަމުގެ ސުކޫތަކަށް ފަހު ޒަވިއަން ބުނެލިއެވެ. މި ޖަވާބުން އަރީންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެއާއި އެކު އޭނާ އެ ފޯނު ކޯލު ކުރުކޮށްލީ ޒަވިއަނާއި ދައްކާނެ އެހެން ވާހަކައެއް ނެތުމުންނެވެ.
ޖެހިގެން އައި ދުވަހެވެ. ޒައިލީން އާފިޔާމެންނާއި ޙަވާލުކުރަން އަރީން ދިޔައީ ބާރަ ޖަހަނިކޮށެވެ. އޭނާ ލައިގެން ހުރީ ނޫކުލައިގެ ފައިތިލަ އާއި ހަމައަށް އަރާ ހެދުމެކެވެ. މަތިން ތުނި ލޭސް ޖެކެޓެއް ލައިފައި ވުމުން އަޅައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ. ގަދަ ނޫކުލައިގެ ޝޯލްއެއް ރީތި ގޮތަކަށް އަޅައިފައި ހުރި އިރު ތުންފަތުގައި ފިޔާތޮށިކުލައިގެ ލިޕް ގްލޮސް އެއް ޖައްސާލައިފައި ހުއްޓެވެ. މި ރީތިކަން ފެނިފައި ޒަވިއަނަށް ނޭވާލާން ވެސް ހަނދާން ނެތުނެވެ. ކަޅި ޖަހާ ނުލާ އަރީންގެ މޫނަށް ބަލަން ހުރެވުނީ އާވާރާވެފައިވާ މީހެއް ފަދައިންނެވެ. އޭނާ އަށް ހަމަ ބިމަށް އާދެވުނީ ޒައިލީން ބައްޕާއޭ ކިޔާ ގޮވާލަމުން ފައިގައި އޮޅުލައިގަތުމުންނެވެ.
“ދަރިފުޅާ ބަލައިގެން އުޅޭތި. ޖަންނަތު އާއި ވަކިން އެއްވެސް ތަނަކަށް ނުދާތި.” އާފިޔާ އަރީންގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ލައްބަ. މަންމަ ހާސްނުވޭ. އެހާ ނުރައްކާތެރި ކަމެއްގައެއް ނޫނޭ މި ދަނީ” އަރީން ބުނެލިއެވެ. ސަލާން ގަލާން ކުރުމަށް ފަހު އަރީން އެ ގެއިން ނުކުތެވެ. ޖަންނަތު އާއި އެކު ޓެކްސީއެއްގައި އޭނާ މިސްރާބު ޖެހީ އެއާޕޯޓަށް ދާށެވެ.
އަރީން ސުމައްޔާ އާއި ދިމާކުރީ އެއާޕޯޓުންނެވެ. ސުމައްޔާ ހުރީ ކަޅުކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމަކާއި ޖިންސެއްގައެވެ. ޝޯލެއްގެ ބަދަލުގައި އޭނާ އަޅައިގެން ހުރީ ކަޅު ޕްލީޓެޑް ކަތި ބުރުގަލެކެވެ. ޖަންނަތު ހުރީ އޭނާ އަބަދުވެސް ލައިގެން ހުންނަ ވައްތަރުގެ ކަޅު ލެދަރ ޖެކެޓަކާއި ޓްރައުޒާގައެވެ. ބޮލުގައި ހުޅިއެއް ޖަހާލައިފައި ހުރި އިރު އޭނާ އެއްވެސް ވަރަކަށް މޭކަޕެއް ނުކުރެއެވެ.
ތިން މީހުން އެއާޕޯޓުގެ ކެފޭ އަކަށް ވަދެލީ ޗެކިން ނިންމައިފައެވެ. އެ ތަނުން ފިނި ބުއިމެއް ބޯލައިފައި އެކި ވާހަކަތައް ދައްކަން ތިބީ ބޯޑިން ވާ ގަޑި ޖެހޭންދެނެވެ. ބޯޑިން ވާން ގޮވާލުމުން ތިން މީހުން ތެދުވެގެން ދިޔައެވެ.
ފުވައްމުލައްކުގެ އެއާޕޯޓު ރަންވޭގައި ފުލޭޓު ޖައްސާލުމާއި އެކު ޖަންނަތު ނިދިފައި އޮތް އަރީނަށް ގޮވާލިއެވެ. ދެލޯ ހުޅުވާލައިފައި އަރީން އިނގިލިތަކަށް ދަމާލިއެވެ. އެ މީހުންނަށް ފައިބަންނަން ފުރުސަތު ލިބުމުން ތެދުވެ ހިނގައިގަތެވެ. އެއާޕޯޓުން އަރީންގެ ފޮށި ތަކާއި ހަވާލުވީ ޖަންނަތުއެވެ. ތިން މީހުން ތިބެން ހަމަޖެހިފައިވާ ހޮޓެލަށް ދިޔައީ ޓެކްސީއެއްގައެވެ.
އަރީންމެންނަށް ރިޝްވާން ހޯދަން ރަށު ތެރެއަށް ނުކުމެވޭ ވަރުވީ ހަވީރުވީ ފަހުންނެވެ. “ދައްތާ. ރިޝްވާން ދެކުނިންތަ؟” ފޯނުން ރިޝްވާންގެ ފޮޓޯއެއް ދައްކާލަމުން އަރީން މަގުމަތިން ދިޔަ މީހެއް ގާތު އެހިއެވެ. އެ ތިން މީހުން އެހެން މީހުންނާއި ސުވާލު ކުރަމުން ދިޔައީ ރިޝްވާން ދަންނަ މީހަކު ފެނޭތޯއެވެ. އިރު އޮއްސެންދެން ތިން މީހުން އެ އުތުރު އަވަށުގައި އެނބުރުނު އިރު ވެސް އެހި އެކަަކަށް ވެސް ރިޝްވާން ފެނުނު ކަމަކަށް ނުވިއެވެ. އެ ހިސާބުން މެދުކަނޑާލީ ދެ ނަމާދު ދޭތެރޭގައި ބޭރުގައި އުޅެން ބޭނުން ނުވުމުންނެވެ.
ހޮނިހިރު ދުވަހު ހެނދުނު ހެނދުނާ އަރީންމެން އަނެއްކާވެސް މަގުމައްޗަށް ނުކުތީ ރިޝްވާން ހޯދާށެވެ. އެ މީހުން މުޅި ދުވަހު ރިޝްވާން ފެނޭތޯ ފުވައްމުލަކުގެ އެކި ހިސާބުތަކުގައި ހިނގައިގެން ވެސް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އެ ދުވަސް ނިމިގެން ދިޔައީ ވެސް ނާކާމިޔާބު ގޮތަކަށެވެ.
“އަނެއްކާ އެ ދައްތަ އެ ބުނީ ތެދު ވާހަކަ އެއްތަ؟ މިހާރު ފުވައްމުލައްކުގައި އުޅޭ ގިނަ ބައެއްގެ ގާތުގައި އެހިއްޖެ ކަންނެ. ފިހާރަތަކަށް ވެސް ނުވަންނަ މީހެއްތަ؟ އެހާ ވަރަށް ހޯދާ އިރު ވެސް ނުފެނޭ ވިއްޔާ.” އިރު އޮއްސުމުން ސުމައްޔާ ބެންޗަކަށް ވެއްޓިގަންނަމުން މޫނުގައި އަތް އަޅާލިއެވެ. އޭނާ ހުރީ ވަރަށް ނާއުންމީދުވެފައެވެ. އަރީން ވެސް ފުން ނޭވާއެއް ލަމުން ސުމައްޔާގެ ގާތުގައި ބެންޗުގައި އިށީނެވެ.
“ކީއް ކުރާނީ؟ ރިޝްވާން މި ތަނަށް އެ އައީ ބްލޫ ވޯޓާސްގެ މީހުންނަށް ފިލާކަށްނު. އެހެންވެ ބޭރު ތެރެއަށް އެހާ ވަރަށް ނުނިކުންނަނީ ކަންނޭނގެ. މާދަން ރޭގަނޑަށް ޓިކެޓް ނެގުނުކަން ރަނގަޅު. އޭރުން މާދަމާ ވެސް ރިޝްވާން ފެނޭތޯ ރަށުގައި އަތް ފުނާ އެޅޭނެއްނު.” އަރީން ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.
“މީހުންނަށް ފިލައިގެން އުޅެންޏާ ވަކި އަހަރެމެންނަށް ރިޝްވާން ހޯދޭނެތަ؟” ސުމައްޔާ އެހިއެވެ. އަރީން އިސްޖަހާލީ އެއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Reen asluves vaa kulhadhaana lawyer ekey dhw🙊
Alhe sumy e vaguthu e soru fahathu alhuvailinama!! Mihaaru e soru filaigen oth thaneh hoadhan haadha udhagoo vaane ey😭
But hih varu kohgen dhw e soru hoadheynee ves!
Anyways loved this part sm^³!! Especially sumy n isse ge bai. They r lovebirds fr💘
When next?
Lyssm💗
Ofc, she’s one of the best 🤌🏻🤌🏻
Aan vrh hiyvaru kohgen ehaa varah filaa meega hoadheyni
IA tomorrow
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
OMG Mi Bai kureege even Bai thakah vuren reethi. Hama aashohu vefa mihuree.
Emeehunnah “Rishvaan” nufenigen e ulheny keevvegentha ???. Anekka eyna ethanuga netheeta ????
Luv U ❤️❤️ tc
I’m glad to know that 😄😄
Yep, he left after the janaazah
Shukran for ur unwavering support xxx_dodo_xxx ✨✨
Lyt darl 🤌🏻🤌🏻
When nexxxt part ??????????
IA next Monday
Mi part ves vrh reethi MA!
Reen vrh kaamiyabu kamaa ekee case ninmaalaifi dhw. Amazing lawyer 💖
Ahmad ge wife ah vs neyngey tha Rishwaan ulhey thaneh? Ehaa varah filaigen tha e ulhenee?? Reen men hoadhaa hoadhaa varubali v iruves esoru nufennanee haadha varakah filaathee ey dhw
Sumee date mathin vs handhaan nahthaalaafa Rishwaan hoadhan dhw dhiyaee😂🤣
Ihsaan vs haadha naughty ey. They’re Sooooo cute❤️
Whn nxt????
Luv u 💗
Yeaa, mifaharu alhamdhulilah vrh faseyha in case kaamiyaabu kohlevijje 🫠🫠
Blue waters viyya, rangalhah filaaanehnu
Hehe, date ah vure azaa ge case sumee ah muhimmu vee thaa 😅😅
IA next Monday ga submit kohlaanan
Shukran Anonymous ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi. Alhey anekka ahumadhu ge anhenun dhogu hedheetha rishvaan fuvamulakah dhiyayee yey kiyaafa? Curiously waiting for next part???
Eii ves possibility eh dhw, let’s see if they will be able to find him or not, stay tuned
Shukran Miss rose ✨✨
Hey, miss rose, where is miss jennie? Are u guys friends or siblings? U sound very similar to miss jennie so I thought. Imma big fan lyvm
Ma v reethi mi part ves🥰
Wish them luck 🤞
Alhey isse ves haadha naughty ey sumo abadhuves dirty minded vefa dhw 🤭
Can’t wait for the next part!☺️
BTW koba aree ge bro yazaan mihaaru?🤔
I’m so curious ehenve hama ahaalee ☺️
Hehe, ehkahala dhe meehunnehnu sumee aa isse akee 🤣🤣
Yazaan aai oiy relationship distance vefa oiy varun eynage bai ehaa varah naanany.
Shukran Sheex ✨✨
😃
Shukran 😘 ✨✨
kobaa aneh epp?
IA tomorrow
Shukran reader ✨✨
Who is the most important supporter to you?
Commenters
Shukran Krystal ✨✨
Hey white rose, I am a regular reader but every time it’s too late when I catchup but today I thought I wanna comment even if I read late. Love this story, is has a drop of every emotion which makes the story beautiful. U r my favourite author lysm. Waiting for next eps
Vrh ufaavejje mi comment fenifa
Shukran sm Miss jennie fan ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Heekuree
Vrh burn teeth. Hiyeh nukuran mi bayah comment kuran libeyne Kamala.
Love U
Bye bye
Overjoyed to know 😄😄
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻