Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 57

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
March 30, 2026 9 Mins Read
28 Comments

ތަޅުދަނޑި ހިފައިގެން ޖަންނަތު ގޮސް ވަނީ ހޮޓެލްގެ ޕާކިން ޒޯނަށެވެ. ކާރުގެ ތަޅުވަޅަށް ތަޅުދަނޑި ޖަހާލި ވަގުތު މީހަކު އޭނާގެ ފަހަތުން އައިސް ނޭފަތް މަތީގައި ފޮތިގަނޑެއް އަޅައި ބާރު ކޮށްލިއެވެ. ޖަންނަތަށް ކަމެއް ނުކުރެވުނީސް ހޭނެތުނީ އެ ފޮތިގަނޑުގައި ހުރި ކްލޮރޯފޯމްގެ އަސަރު ގަދަކަމުންނެވެ. އެ ފިރިހެން މީހާ އެއަށްފަހު ޖެހިގެން ހުރި ކާރަށް ޖަންނަތު ލައިފައި ދޮރު ލެއްޕިއެވެ. އޭރު އެ ދިމާލަށް އިން ކެމެރާ އިނީ އެއްޗަކުން ޖަހާ ހަލާކުކޮށްލައިފައެވެ.

ސަގަރޭ ޖަންނަތުގެ ޖީބުތައް ހާވާލައިފައި ނެގީ އޭނާގެ ފޯނެވެ. އެއަށްފަހު ޖަންނަތުގެ އިނގިލި ޖައްސާ ހުޅުވާލަމުން އަރީންގެ ނަން ޖަހައިފައި އިން ޗެޓަށް ވަދެލިއެވެ. ފުރަތަމަ އޭނާ މެސެޖުތައް ކިޔާލީ ޖަންނަތު އަރީނަށް ވާހަކަ ދައްކާއިރު ގެންގުޅޭ އުސޫލު ދެނެގަންނާށެވެ. އެހާ ވެސް ހިޔަޅު ވިސްނުމެއް ހުރި ފިރިހެނެކެވެ. އެކަން ދެނެގަނެވުމުން އަރީނަށް މެސެޖުތަކެއް ފޮނުވާލައިފައި އޭނާ ކާރު ދުއްވާލަމުން ޕާކިން ޒޯނުން ނެރުނެވެ.

ލިފްޓަށް އެރި ވަގުތު އަރީންގެ ފޯނަށް ނޮޓިފިކޭޝަނެއް އައިސްގެން އަރީންގެ އަތުގައި އޮތް ފޯނުގެ އިސްކިރީނު ދިއްލުނެވެ. ” ‘އައިމް ސޮރީ ރީން.’ ‘މިއަދު އޮފް އެއް ނެގިޔަސް އޯކޭތަ؟’ ‘ކުއްލިގޮތަކަށް ތަނަކަށް ދާން ޖެހިގެން މިއުޅެނީ.’ ” ޖަންނަތުގެ ފަރާތުން އައިސްފައި ވަނީ އެ ތިން މެސެޖެވެ. ވަރަށް މުހިންމު ކަމެއް ވެގެން ނޫނީ ޖަންނަތު އޮފެއް ނުނަގާނެކަން އެނގޭތީ އަރީން އެންމެ ރަނގަޅޭ ބުނެލިއެވެ. އޭނާގެ ބޮޑީގާޑުގެ މަގާމަށް އައި ފަހުން ޖަންނަތު އަދި އޮފެއް ނެގީ ހަމައެކަނި އަތުގައި ކާސްޓެއް އަޅައިގެން އުޅެން ޖެހުނު ދުވަހުއެވެ. އެއީ ދެ ހަފްތާ ކުރިން ޝައުލާ ދެ މީހަކު ފޮނުވައިގެން އަރީން މަރާލަން މަސައްކަތް ކުރި ދުވަހު ލިބުނު އަނިޔާ ފަސޭހަ ވާން ދެނެވެ.

އަރީން ހޮޓެލުން ނުކުމެފައި ދިޔައީ ބަސް ސްޓޮޕަށެވެ. ކުރިން ނުކުމެވުނު ކަން ރަނގަޅެވެ. މިނެޓެއް ނުހިނގަނީސް ލޯވް ފާރމް ކައިރިއަށް ހުއްޓާ ބަސް އައެވެ. ދުވަސްގަނޑަކަށް ފަހު ބަހަކަށް އަރާލެވުމުން އޭނާ އަށް ކުރެވުނީ ތަފާތު އިހުސާސެކެވެ.

ޖަންނަތު ގޮވައިގެން ސަގަރޭ ދިޔައީ ހުޅުމާލޭގެ ފުލެޓަކަށެވެ. އެ އިމާރާތުން އެތެރެއަށް ގޮސް އޭނާ ވަދެލީ ހަތް ވަނަ ފުލޯގައި ހުރި އެޕާޓްމަންޓަކަށެވެ.

އެ އެޕާޓްމަންޓުގައި ރަނގަޅަށް ފަރުނީޗަރުތަކެއް ނެތެވެ. ވަށައިގެން ކަޅުކުލައިގެ ދޮރު ފޮތި ދަމައިފައި ވުމުން އަނދިރިކަމުން އެ ތަނަށް ހީވަނީ ރޭގަނޑުވެފައި ހުރި ހެންނެވެ. ސަގަރޭގެ ފަހަތުން ވަތް ރައިފަލް ސުވިޗު ޖައްސާލިއެވެ. އެއާއި އެކު އޮރެންޖް ބޮއްކެއްގެ ފަނޑު އަލިކަން އެ ތަނުގައި ފެތުރިގެން ދިޔައެވެ.

ސަގަރޭ އާއި ރައިފަލް ވެގެން ޖަންނަތަށް ހިރި ނުލެވޭނެ ވަރަށް ބާރަށް ގޮނޑިއެއްގައި ބަނެވެ. ފޮތި ބޭނުން ކޮށްގެނެއް ނޫނެވެ. ކަރަންޓް ވަޔަރުންނެވެ. އެކަތައިން ހަދައިފައިވާ ހިލިހިލާ ގަނޑެއް ވެސް ޖަންނަތުގެ އަތާއި ފައިގައި ހަރު ކުރިއެވެ.

ޖަންނަތަށް ހޭވެރިކަމެއް ލިބުނީ މެންދުރުވީ ފަހުންނެވެ. އުނދަގުލުން ދެލޯ ހުޅުވާލައިފައި އޭނާ ދެފަރާތަށް ކަޅި ހިންގާލިއެވެ. އަނގަމަތީގައި ބާރަށް ފޮތިގަނޑެއް އައްސައިފައި ހުރުމުން ވާހަކައެއް ނުދެއްކެއެވެ. އަތާއި ފައިގައި އަޅައިފައިވާ ހިލިހިލާ ދޮން ކޮށްފައި ވުމުން އެ ހިސާބު ހުރީ ފިހިފައެވެ. ނަގާ ޒަވި ދިލަޔަށް ކެތްތެރިވާން މަސައްކަތް ކުރަމުން ޖަންނަތަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.

“ހޭއަރައިފި ދޯ. އޭތް މިހިރަ ފެންނަ ***އާ. އަރީން ކިހިނެއްތަ އަހަރެމެންނަށް އިންޒާރު ދީފައި މެސެޖު ފޮނުވާފަ އެ ހުރީ؟ ކާކުގެ ފަރާތުންތަ އެކަމަށް އެހީ ހޯދީ؟” ރައިފަލް އައިސް ޖަންނަތުގެ އަނގަމަތީގައި އައްސައިފައިވީ ފޮތިގަނޑު ނައްޓާލިއެވެ. ޖަންނަތު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިސްޖަހާލައިގެން އިނީއެވެ. “**** ވާހަކަ ދައްކަންވީ އޭ. ކަލޭ ހީކުރީތަ ތިހެން އިނަސް މީހަކު ސަލާމަތް ކުރަން އަންނާނޭ.” ރައިފަލް އިންޖެކުޝަނެއް ނަގާ ހަރާލީ ޖަންނަތުގެ ކަނދުރާ ދަށަށެވެ. ސަގަރޭ ހުރެފައި ފާޑެއްގެ ސުވިޗެއް ޖައްސާލިއެވެ. އެއާއި އެކު ޖަންނަތު ބަނދެފައި ހުރި ވަޔަރުތަކަށް ކަރަންޓު އައެވެ. ވީ ތަދުން ކެތްނުވެގެން ހަޅޭއްލަވައިގަންނަން ބޭނުންވިއެއް ކަމަކު އޭނާ ތުންފަތް ކަނޑައިގެން ދާހާ ބާރަށް ތުންފަތުގައި ދައިގަތެވެ. އެ އަނގައިން ކިރިޔާ ވެސް އަޑެއް ބޭރުވިޔަކަ ނުދީ އޭނާގެ އަމިއްލަ ނަފުސު ކޮންޓްރޯލް ކޮށްލިއެވެ.

“ކަލޭ ގޮތް ދޫކޮށްފައި ބުނަންވީއޭ. މަށަށް ނޫން އެހެން އެންމެންނަށް އެ އިންޒާރުގެ މެސެޖުތައް ފޮނުވަން އޭނާ އަށް މައުލޫމާތު ލިބުނީ ކިހިނެއް. ކިހިނެއް އަރީނަށް އެނގުނީ ފަހަދު އަކީ….” ސަގަރޭ ޖަންނަތުގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަންނަމުން އެ ސުވާލުތައް ކުރަން ފެށިއެވެ. ޖަންނަތު ގާތުގައި އެ މީހުން އެ ހުރިހާ ސިއްރެއް ބުނެ އެ ކަން އެނގުނު ގޮތަކާއި މެދު ސުވާލު ކުރަމުން ދިޔައެވެ. އެ މީހުންގެ ވާހަކަތައް އިވިފައި ޚުދު ޖަންނަތު ވެސް ހުރީ ޝޮކުގައެވެ. މިއީ އަރީން ހޯދާ ހޯދާ ވެސް އެނގިފައި ނުވާ މަޢުލޫމާތުތަކެވެ. އެ މީހުން އަރީން ކުށްވެރިކޮށްފައި ވާހަކަ ދެއްކި ގޮތުން އޭނާ ހުރީ އަޖައިބުވެ އަންތަރީސް ވެފައެވެ.

“ކަލެއަށް ހަމަ އަހަރެމެން ވާހަކަ ދައްކާ އަޑު ނީވެނީތަ؟ ކަންފަތް ބީރުވެފަ ހުރި އެއްޗެއްތަ މި. ގޮތްދޫކޮށްފަ އަހަރެމެން މި ކުރާ ސުވާލުތަކަށް ޖަވާބުދޭންވީއޭ. ދެން ކޮން ބަޔަކަށް ހޭ މި މައުލޫމާތު އެނގެނީ؟ ކޮންމެހެން މި ތަނުގަ ކަލޭގެ ގަޓު ހުރި ވަރު ދައްކާނެ ކަމެއް ނެތް.” ރައިފަލް ދެވަނަ ފަހަރަށް ސުވިޗު ޖައްސާލިއެވެ. ކަރަންޓް އަރައިގެން ދިއުމުން ޖަންނަތުގެ ހޭ ނުކެނޑުނީ ކިރިޔާއެވެ.

“ކަލެއަށް އިތުރަށް އަނިޔާވާން ބޭނުން ނޫނިއްޔާ އަހަރެމެންގެ ސުވާލުތަކަށް ޖަވާބު ދީ.” ސަގަރޭ ތޫނު ވަޅިއެއް ނަގައިފައި ޖަންނަތުގެ ފައިގައި އަޅާ ދަމާލިއެވެ. މި ހިސާބުން އެމީހުންގެ އަނިޔާވެރި އަމަލުތަކުގެ ކުރިމަތީގައި ކެތްތެރިކަން އިސްކުރުމަކީ ޖަންނަތުގެ ހިތްވަރުގަދަ ނަފްސަށް ކުޅަދާނަ ކަމަކަށް ނުވިއެވެ. އެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވަމުން ގޮސް މުޅި މަންޒަރު ފުސްވަމުން ދިޔައެވެ. ގިސްލުމުގެ ތެރެއިން އެ ދުލުން ބޭރުވަމުންދިޔަ ކޮންމެ ވޭނީ އާހަކުން އޭނާގެ މުޅި ރޫހު ކުދިކުދިވެގެން ދިޔަކަން ހާމަވަމުން ދިޔައެވެ.

އެހެނަސް އެ ނާޒުކު ޙާލަތުގައި ޖަންނަތު ބޭނުންވީ އަރީން ރައްކާތެރިކުރާށެވެ. އެ ކަން ކުރެވޭނީ ހިމޭނުން ހުރެގެން ކަމަށް އޭނާ އަށް ޤަބޫލުކުރެވުނެވެ. ނެތް ހިތްވަރުލައިގެން އެ މީހުން ކުރަމުން ދިޔަ އަނިޔާތައް ހިންދާލެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު އެ ހަށިގަނޑުގައި އެތައް ޒަޚަމެއް ލެވެމުން ދިޔައެވެ. އެ ވަރުން ވެސް ޖަންނަތު އެންމެ ސުވާލަކަށް ވެސް ޖަވާބު ނުދެއެވެ. ސަގަރޭމެން އަމިއްލައަށް ބޭޒާރުވަމުން ދައްކަމުން ދިޔަ ވާހަކަ ތަކުގެ ސަބަބުން ޖަންނަތު އިނީ ބިރުން ފިއްކަނޑައިގެން ދާ ވަރު ވެފައެވެ.

ކޯޓު އަޑުއެހުމަށް ދިއުމާއި ލޯވް ފާރމުގައި ކުރަން ހުރި މަސައްކަތް ގިނަ ކަމުން އަރީނަށް އެހެން ކަމަކާއި ވިސްނާލާނެ ވަގުތެއް މިއަދު ނުލިބެއެވެ. ބުރަ ދުވަހަކަށް ވުމުން ޑިޔުޓީ ނިމުނު އިރު އޭނާ ހުރީ ފާޑަކަށް ލޮޑު ވެފައެވެ. ޒައިލީން ބަލައި ފަހުން ދާން ނިންމައިފައި އޭނާ ފުރަތަމަ ބޭނުންވީ ހޮޓެލަށް ގޮސް ތާޒާ ވެލާށެވެ.

“އަދިވެސް ކަލޭ އެ އަރީންގެ ސިއްރުތައް ވަންހަނާ ކުރާނީތަ؟ ނުވައެއް ޖަހަން މިހާރު ގާތްވެއްޖެ. އެހެންވީމަ އޮރިންޑިއޯގެ އަސަރު ކުރަން ފަށާފަ ހުންނާނީ. ހީ ނުކުރާތި ދެން އަޅާ ވޭނަށް ކެތްތެރިވެގެން ތި *** އަނގަ ލައްޕައިގެން އިނދެވޭނޭ. އަރީނަށް ތިޔަހާ ވަފާތެރިވާން އޭނާ ކަލެއަށް ކޯއްޗެއް ދިނީތަ؟” ސަގަރޭ އަތް ވީއްލައިފައި ޖަންނަތުގެ މޫނުމަތީގައި ޖެއްސެވެ. ޖެހިލެއް ބާރު ކަމުން ޖަންނަތުގެ އަނގަމަތި ފަޅައިގެން ގޮސް ލޭ ހިލުނެވެ.

ސަގަރޭ ބުނިހެން ޖަންނަތުގެ އެތެރެ ހަށީގައި އަލިފާން ކަހަލަ ވޭނެއް ފެތުރެމުން ދާން ފަށައިފިއެވެ. ކުރިން އެޅި ވޭނަށް ވުރެ މި ރިހުމުގެ އަސަރުގަދަވެފައި ތޫނެވެ. ނޭވާ ހާސްވެ މުޅި ހަށިގަނޑު ގަނޑުވި ފަދަ އިހުސާސަކާއެކު ދެލޯ މުދުނަށް އަރައިފިއެވެ. ހީވީ ދެންމެ ދެންމެ އެ ހައްޓާއި ފުރާނަ ވަކިވެދާނެ ހެންނެވެ. ޖަންނަތު މަރަށް ތެޅެމުން ދިޔަ ގޮތް ފެނި ސަގަރޭ ނުބައި ގޮތަކަށް ހޭން ފެށިއެވެ. ހަމަ ރަޙުމާއި ކުލުނުގެ ކަންފުޅެއް ވެސް ނެތް ބައެކެވެ.

ރައިފަލް ޖަންނަތުގެ ހަށިގަނޑުގައި އޮޅައިފައިވީ ވަޔަރުތައް ނައްޓާލިއެވެ. ސަގަރޭ ހިލަހިލާގަނޑު ނައްޓާލިއެވެ. ހަކަތަ ނެތުމުގެ ސަބަބުން އެ އަންހެން ކުއްޖާ ވެއްޓި ޖެހުނީ ބިންމައްޗަށެވެ. މުޅި ހަށިގަނޑުން ނަގާ ޒަވި ދިލައިގެ ސަބަބުން ޖަންނަތު ހުރީ މަރުވާނެ ވަގުތަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ. މި ވޭނުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ އެއީ ކަމަށް އޭނާ އަށް ޤަބޫލު ކުރެވުނެވެ.

“ރީން! އަހަރެންނަށް… މަޢާފުކުރޭ. އަހަރެ…އަހަރެންނަށް ރީން މި… މީހުންގެ ނުރައްކަލުން ސަލާމަތް…ވެވޭން ދެން ގާތުގައި ރައްކާތެރި…ކުރާކަށް ނުހުރެވުނު. ރީންގެ ގާތުގައި މަސައްކަތް ކުރަން ލި… ލިބުނު ފުރުސަތަށް އަހަރެން ހިތުގެ އެންމެ ފުން މިނުން ޝުކު… ޝުކުރުވެރިވަން. އަހަރެންގެ ޙަޔާތުގައި އެ ކަމެއް ކުރަން އެންމެ ބޭނު…ބޭނުންވެގެން ކުރި ކަމަކީ ރީންގެ ގާތުގައި ހަށި…ފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން” ޖަންނަތު ކެކުޅުން އެކުލެވިފައިވީ އަޑަކުން އެ ހިތުގައިވީ އިހުސާސްތައް ބޭރުކޮށްލިއެވެ.

“ކަލޭ މޮޔަވީތަ. މަރުވާނެކަން އެނގުނީމަ ފަހު ވާހަކަތައް ބުނެލަނީތަ؟ ތި މެސެޖު އަހަރެމެން ލައްވާ އޭނާ އަށް ރައްދުކުރަންތަ ތިޔަ ވިސްނަނީ. ބުނަންތަ ވާހަކައެއް. އެ އަރީނަކަށް ތި ވާހަކައެއް ރައްދެއް ނުކުރެވޭނެ. ކަލޭ މިރޭ މި ކަހަލަ ވޭންދެނިވި ގޮތަކަށް މަރާލާއިރު އޭނާ ވެސް އެކްސިޑެންޓް ކޮށްލާފަ މަރާލެވޭނެ. ހީކުރީތަ ތި ޕިޓީ ޕާޓީގެ ވާހަކަ އޭނާއަށް ފޯރާނޭ.” ރައިފަލް ޖަންނަތުގެ ކަނައަތުގައި ވަޅި އަޅާ ދަމާލިއެވެ.

“ނޫން. ރީން. އެހެން… އެހެން ރީން އަށް ނުހަދާ. ކީއްވެ… ކީއްވެތަ އެ ފަކީރުގެ… ދިރިއުޅުން ހަލާކުކޮށްލާފަ… އަދި… އެ ކުއްޖާ މަރާލަން ތި އުޅެނީ… އެއީ ތުއްތު ކުއްޖެއްގެ މަންމައޭ.” އެ ޙާލުގައި އޮވެ ވެސް ޖަންނަތު ވިސްނަމުން ދިޔައީ އަރީނާއި މެދުގައެވެ.

“ސަހާދެއް މި ކުރި. މި ** އަށް އެ އަރީނެއް އެހާ މުހިންމު ވަނީ ކީއްވެގެންތަ؟ އެހާ ވަރަށް އަނިޔާކޮށްގެން ވެސް މި ދުލުން ޙަރާން ފަދަ ވާހަކައެއް ނެރެވުނު ކަން.” ސަގަރޭ ރައިފަލް އަތުން ވަޅި އަތު ލައިފައި ޖަންނަތުގެ ބަނޑަށް ހަރާލިއެވެ. އެއަށްފަހު ޖަންނަތުގެ ކަނައަތުގައި ދިގު ދެ ރޮނގު ދަމާލައިފައި މެދުން ރޮނގެއް ދަމާލިއެވެ. ލެއިން ތަތްތެޅިފައި އޮތް ޖަންނަތާއި ދުރަށް ޖެހިފައި ސަގަރޭ ލައިގެން ހުރި އެއްޗެހި ބަދަލު ކުރިއެވެ.

“މީނާ މި އިމާރާތުން ތިރިއަށް ވައްޓާލައިފައި އާދޭ. ދެން މި އެއްޗެހީގެ އުނދަގުލެއް ނުޖެހޭނެއްނު.” ސަގަރޭ އެ އެޕާޓްމަންޓުން ނުކުމެގެން ދިޔައީ ޖަންނަތު ރައިފަލް އާއި ޙަވާލުކޮށްފައެވެ.

“ހެހެހެ. ހިނގާ ދޯ ބެލްކަނިން ފުންމާލަން.” ރައިފަލް އުޑަފައި މައްޗަށް ތިރިވެލައިފައި ޖަންނަތު ނަގާ އޭނާގެ އަތް މައްޗަށް ލިއެވެ. ޖަންނަތުގެ އަސަރެއް ނެތް ދެލޮލަށް ފުން ނަޒަރެއް ދީފައި ރައިފަލް ބެލްކަންޏަށް ނުކުތެވެ. ޖަންނަތު ލަސްލަހުން ޝަހާދަތުގެ ދެ ކަލިމަ ކިޔާން މަސައްކަތް ކުރިއެވެ. މި ކަމުން ރައިފަލްގެ ހިތަށް ކުޑަ ވެސް އަސަރެއް ނުކުރިއެވެ. ތިރި ބަލާ ނުލާ ޖަންނަތު ހޫރާލައި އެއްލާލިއެވެ.

ރޭގަނޑުގެ ޕެޓްރޯލިން އާއި ޙަވާލުވެގެން މިއަދު އުޅުނީ ސުމައްޔާ އެވެ. ހުޅުމާލޭގެ އެކި ހިސާބުތަކުގައި ފުލުސް ކާރު ދުއްވަމުން ދިޔަ އިރު އޭނާ މަގަށް ކަޅި އަޅާލައިގެން ހުންނަނީ ނުބައި ނިޔަތެއްގައި އުޅޭ މީހަކު ފެނޭތޯއެވެ. މީހުން މަދު މަގަކަށް އަޅާލަމުން ކުރިއަށް ދިޔަ އިރު ސުމައްޔާ ހުރީ އިތުރަށް ސަމާލުވެފައެވެ. އާންމު ގޮތެއްގައި ނުބައި ޒާތެއްގެ ކަމެއް ވާނީ މި ކަހަލަ ހިސާބުތަކުގައެވެ.

“އަރީ. އަރީގެ ސުވާލުތަކަށް އަހަރެން މިރޭ ތެދުތެދަށް ޖަވާބު ދޭނަން. އާދޭ ބަންދުކޮށްފައި ހުރި ލައިމް ގްލޯ ކެފޭ ކައިރިއަށް. އެހެން އެކަކު ވެސް ނުގެންނާތި. އެކަކަށް ވެސް ނޭނގި އަންނަން ޖެހޭނީ.” ލިފްޓަށް އެރި ވަގުތު އަރީންގެ ފޯނަށް އައި މެސެޖު ފެނި އޭނާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ނާއިލް ނޫން މީހަކު އެ މެސެޖެއް ނުފޮނުވާނެކަން އަރީނަށް އެނގެއެވެ. ފުރަތަމަ އޭނާ މަޑުކޮށްގެން ހުރީ އެންމެ މައްޗަށް އެރޭން ދެނެވެ. އެއަށްފަހު ވީއައިޕީ ރޫމް 2 ކަށް ވަދެފައި އޭނާގެ ލެޕްޓޮޮޕް ދަބަހާއި ކޯޓު ސޯފާ މައްޗަށް އެއްލާލިއެވެ. ދެން ދޮރު ލޮކް ކޮށްލައިފައި އަނބުރާ ލިފްޓަށް އެރިއެވެ.

ޓެކްސީ އަކަށް އަރައިފައި އަރީން ބުނީ ލައިމް ގްލޯ ކެފޭ ކައިރިއަށް ގެންގޮސް ދިނުމަށެވެ. ދެވޭންދެއް އޭނާ އިނީ އަތުގެ އިނގިލިތަކާއި ކުޅޭށެވެ. މި އެޅެނީ ކިހާ ކަތި ފިޔަވަޅެއް ކަން ރެއަކާ ލެވޭ ވަރަށް ވުރެ އޭނާ ހުރީ އެ ޙަޤީޤަތް އެނގެން ފެންބޮވައިގަނެފައެވެ. ނާއިލް ނޫނިއްޔާ އެ ކަންތައް ހޯދޭނީ ކާކުގެ ފަރާތުން ކަމެއް ނޭނގެއެވެ.

ޓެކްސީ އަށް ލާރި ދައްކައިފައި އަރީން ދިޔައީ ލައިމް ގްލޯ ކެފޭ ކައިރިއަށެވެ. އެ ތަނުގައި ނާއިލް ފެންނަން ނެތުމުން ފޯނު ނަގާ އެ ނުދަންނަ ނަންބަރަށް ގުޅާލިއެވެ. އެއާއެކު ފޯނު ނަގައިފައި ނާއިލް ބުނެލީ ކައިރީގައި އޮތް ކަޅުކުލައިގެ ކާރަށް އަރާށެވެ. ދެ ފިކުރެއްގެ މަތީގައި ހުރެ އަރީން ކުރިއަށް ހިނގައިގަތެވެ.

އަރީން ކާރަށް އެރުމުން ނާއިލް ކާރު ލޮކް ކޮށްލިއެވެ. އެއަށްފަހު އަރީންގެ އަތުގައި ބިޑި އެއް ކަހަލަ އެއްޗެއް އަޅުވާލީ ކުއްލިއަކަށެވެ. “ނާއިލް. ވާހަކަ ދައްކާކަށްނު މި ތަނަށް އައީ. މި ނައްޓާލާ.” އަރީން ކަޅި އަޅާލަމުން ބުނެލިއެވެ.

“ހެހެހެ. އަހަރެން ހިޔެއް ނުކުރަން އެހާ ފަސޭހައިން މި ޓްރިކަށް ފޯލް ވާނެ ކަމަކަށް. އަރީ ލޯޔަރަކަށްވެ ހުރެ މިހާ ގަމާރު ފިޔަވަޅެއް އަޅާނެ ދަރަޖައަށް ވެއްޓޭ ވަރަށް އެ ކަންތައް އެނގެން ބޭނުންތަ؟” ނާއިލް ނުރައްކާތެރި ގޮތަކަށް އަރީންގެ ދަތްދޮޅީގައި ހިފާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

“އަހަރެން ދޫކޮށްލާ. މީހެކޭ އޭތް.” އަރީން ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. އެ ވަގުތު ނާއިލް އަރީންގެ އަނގަ ބަންދުކޮށްލީ އެންމެ ނުލަފާ ގޮތަށެވެ. ގަދަކަމުން އަރީންގެ ތުންފަތުގެ ފޮނިކަން ހާސިލުކުރަމުން ދިޔައެވެ. ހައްޔަރުވެފައިވީ ދެ އަތް ފަހަތަށް ގެންގޮސް ގަދަހަދަމުން ދިޔަ އަރީންގެ މަސައްކަތަށް ހުރަސް އެޅިއެވެ. އެ ކޯތާފަތުގައި ހިފައިގަނެފައި ހުރި ގޮތުން އެ ހިސާބު ރަތްވަމުން ދިޔައެވެ. އަރީނަށް ހިތުގައި ޖެހުނު ވަރުން ރޮވުނެވެ. ނާއިލް ހުއްޓުވަން އެންމެފަހުން އޭނާ އެ ތުންފަތުގައި ލޭކަނޑައިގެން ދާހާ ބާރަށް ދަތް އެޅިއެވެ.

“އާހް. އަރީ. ދެން ގަދަ ނުހަދަބަލަ. އަމިއްލަ އަށް ހިތުން ރުހުމުންނެއްނު މި ތަނަށް ތި އައީ. ފްރީކޮށް މައުލޫމާތެއް ނުދެވޭނެ. ޔުއަރ ލިޕްސް އާރ ސްވީޓް. އަހަ. އަނެއްކާ ވެސް ހަޅޭއްލަވަންތަ ތި ވިސްނަނީ. އޭރުން ދެވަނަ ފަހަރަށް ވެސް މި ގޮތަށް އަނގަ ބަންދުކޮށްލަން ޖެހޭނީ.” ޝޯލް ދަށުން އަރީންގެ އިސްތަށިގަނޑަށް ނާއިލްގެ އިނގިލިތައް މަހާލަމުން އިންޒާރެއް ދިނެވެ. އަރީނަށް ވަގުތުން ހިމޭންވެވުނެވެ. އެ ރީތި ދެލޮލަށް ހިޔަނި އަޅައިފައިވާ ދިގު އެސްފިޔަތައް ދެ ފަހަރަކު ޖަހާލުމާއި އެކު އެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް މިނިވަންވެގަތެވެ. ސަލާމަތަށް އެދި މީހަކަށް ގޮވޭކަށް ވެސް ނެތެވެ. އެ ވަގުތު ނާއިލް ޕިންތައް ނައްޓާލައިފައި އަރީންގެ ޝޯލް ދަމައިގަތެވެ. އަރީން ނަފްސަށް ބާރުލައި ނާއިލް ހުއްޓުވާން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަމުން ދިޔައީ އެއްގޮތަކަށްވެސް ދޫދޭން ބޭނުންނުވާ ކަމުގެ ނިޝާންތަކެވެ. ހައްޔަރުވެފައިވީ ދެއަތުން ނާއިލްގެ މޫނުގައި އޭނާ ހެސްކިޔާފައި ޖެއްސެވެ. ނާއިލް ދުރަށް ޖެހުނު ފުރުސަތުގެ ބޭނުން ހިފައިފައި އޭނާ ކާރު އަންލޮކް ކޮށްލިއެވެ.

“އަރީ. އަހަރެން ބުނާ ގޮތަކަށް ނުހަދަންޏާ އަރީއަށް އަނިޔާ ވާނީ. ކީއްވެތަ އަހަރެންގެ އިހުސާސްތައް ފާޅުކުރަން ފުރުސަތެއް ނުދެނީ؟ އައި **** ލަވް ޔޫ ސޯ މަޗް. ޔޫ ޑްރައިވް މީ ކްރޭޒީ. މިކަހަލަ ހިތްހަމަޖެހުމަކަށް އިންތިޒާރު ކުރާތާ ކިހާ ދުވަހެއް؟ ލެޓް މީ ** ވިތް ޔޫ ޓްނައިޓް.” ނާއިލް އަރީންގެ އަތުގައި ހިފަހައްޓާލަމުން އެ ސީޓް ތިރިއަށް ދަމާލިއެވެ. އަދި އަލުން ކާރު ދޮރު ލޮކް ކޮށްލިއެވެ. “ނާއިލް. ކަލޭ އަހަރެންގެ ގަޔަށް އަރަން މަސައްކަތް ނުކުރާތި. އަހަރެންނަށް އޮޅުވާލި ކަމުގެ ހިތި ދެކެން ޖެހޭނެ. ދުރަށް ޖެހޭ. ކަލޭ ދެކެ އަހަރެން ނުވޭ ލޯތްބެއް ނުވޭ. މަ ކަލެއަށް ނަފުރަތު ކުރަން. ތި ގޮތެއް ފޮތެއް ނެތް ފިރިހެނާއަށް އެންމެން ވެސް ނަފުރަތު ކުރާނެ. ކީއްވެގެންތަ އަބަދު މިހެން އަހަރެންނާއި ދިމާ ކުރަނީ؟ ހެޔޮނުވާނެ ތި ވިސްނުން ދޫކޮށްލާ.” އަރީން ދަތްކުނޑި ވިކާލަމުން އެއްޗެހި ކިޔައިގަތެވެ.

“އަރީ އަށް ހަމަ ނޭނގެނީތަ އަހަރެން މިހެން މިއުޅޭ ސަބަބު. އަރީގެ ލޯތްބަށް އެދި ސަލާން ޖެހީމަ ވެސް ޒަވިއަނަށް ހިތް ކިޔައިގެން އަހަރެންނަށް ފުރުސަތެއް ނުދިނީ އަމިއްލައަކަށްނު. އެންމެ ފުރަތަމަ އަރީ އަހަރެންނާއި ގުޅުނު ނަމަ އެ އަޒާޔާ މަރާލައިފައި އަރީން ފްރޭމް ކޮށްގެން ޒަވިއަންގެ ނަފުރަތު އަރީއަށް އަމާޒުކުރަން ނުޖެހުނީސް. އަހަރެން ލޯޔަރަކަށް ވީ ވެސް އަރީ މި ދާއިރާއަށް ނުކުންނަން ބޭނުންވާ ކަން އެނގިފަ އޮތީމަ. އަނެއްކާ ހަތް އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އަރީ ފެނުނީމަ އަހަރެންނަށް ލިބުނު އުފަލެއް ބަޔާންކުރަން ވެސް ދަތި. އެކަމަކު ހަމަ އެ ހަފްތާ އަރީ އެ ޒަވިއަނާއި ކައިވެނި ކުރަން ޖެހިއްޖެ. އަހަރެންގެ ކިބައިން ކޮން ސިފައެއް އުނިވެގެންތަ އަރީ އަހަރެންނާއި ގުޅެން ތިޔަ އިންކާރު ކުރަނީ. އޭނ. ގަދަކަމުން މި އުފާ ޙާސިލުކުރަން އަހަރެންނަށް މަޖުބޫރު ނުކުރުވާ ހިތުން ރުހުމުން އަހަރެންނާއި ކައިވެނި ނުކުރީ ކީއްވެގެންތަ؟” ނާއިލް އަރީންގެ ކޮލަށް ފިތާލަމުން ބުނެލިއެވެ.

“އަހަރެން ތި ކަހަލަ އަނިޔާވެރި ޤާތިލެއް ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވާނަން. ޒަވިއަންގެ ހިތުގައި އަހަރެންނާއި މެދު ނަފްރަތު އުފެއްދުން ކަހަލަ ދަށުދަރަޖައިގެ ކަމެއް ކުރަން ކެރުނު މީހެއް ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވާނަން. ނަމުގައި ލޯބިވެޔޭ ކިޔާފަ ކަލޭ އަހަރެންނަށް ކިހާ ގެއްލުމެއް ދީފިންތަ؟ ތާކުންތާކު ނުޖެހޭ ސަބަބެއްގައި ހިފާފަ އަހަރެންގެ ގާތް އެކުވެރިޔާ އަޒާ މަރާލަން ޖެހޭތަ؟ އާނ އެ ކަން ކޮށްގެން ކަލޭގެ މަޤްސަދު ވަރަށް ރަނގަޅަށް ޙާސިލުވި. ޒަވިއަންގެ އަނިޔާވެރިކަމުގެ ދިލަޔާ ހޫނު ދެކެން ޖެހުނު. އެ ވަރުން ނުވެގެން ސުމައްޔާ މަރާލަން ވެސް މަސައްކަތް ކޮށްފަ، އަހަރެންނަށް ބިރުދައްކާފަ، ހެރޭސްކޮށްފަ، ފުރަތަމަ ދަރިފުޅު މަރާލަން އުޅެފަ، މިހެން ޖިންސީ އަނިޔާކޮށް އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްގެންތަ ކަލޭ ލޯބިވާކަން އަންގައިދެނީ؟ އޭނ.” ކަރުނަތައް ފުހެލަމުން އަރީން ސާބިތުކަމާއި އެކު ބުނެލިއެވެ.

“*** **! ހުއްޓާލާ. އަހަރެން އެކަންޏެއް ނޫނޭ އަޒާޔާ މަރާލަން މަސައްކަތް ކުރީ…” ނާއިލް އަރީންގެ އިސްތަށިގަނޑުގައި ހިފައިގަންނަމުން އަޒާޔާ މަރާލި ރޭގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. އެ ތަފްސީލުތައް އިވެމުން ދިޔަ ވަރަކަށް އެ ހިތް ޒަޚަމުން ފުރެމުން ދިޔައެވެ. އަރީނަށް ޤަބޫލުނުކުރެވިގެން ބޯ ހޫރާލެވުނެވެ.

“އެހެން ނުވާނެ. ބުނޭ ތިއީ ދޮގެކޭ. އޭނާ އެ ކަހަލަ ކަމެއް ނުކުރާނެ. އެއީ އެ ވަރުގެ ކަމެއް ކުރާނެ މީހެއް ނޫން.” ހިތް ފޮތިފޮތިވަމުން ދިޔަ ޙާލު އަރީން އަޑަށް ބާރުލައިފައި ބުނެލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުގައި މަޑު ތުރުތުރެއް ވިއެވެ. ރަތްވެފައިވީ ދެލޮލަށް އިތުރަށް ކަރުނަ ޖަމާވެފައިވީއިރު ހީވަނީ ދެންމެ ދެންމެ އޭގެ މަގާމު ދޫކޮށް ކޯތާފަތް މައްޗަށް އޮހިގެން ފާނެހެންނެވެ.

ސުމައްޔާ ސިހުނީ ކުއްލިއަކަށް އެ ކާރުގެ ވިންޑްސްކްރީން މައްޗަށް ލެއިން ތަތްތެޅިފައިވީ ހަށިގަނޑެއް ވެއްޓުމުންނެވެ. ސިހުނު ވަރުން ކާރު ހުއްޓާލެވުނު އިރު އެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ކާރުގެ ވަތްގަނޑަކުން ކުޑަ ފިސްތޯލެއް ކަހަލަ އެއްޗެއް ނަގައިފައި އަވަހަށް އެއިން ނުކުމެ އޭނާ މައްޗަށް ނަޒަރު ހިންގާލިއެވެ. މަތީ ބެލްކަންޏެއްގައި ހުރި ފިރިހެނަކު ފެނުމުން ސުމައްޔާ އެ އަމާޒުކޮށްފައި ޖަހާލިއެވެ. އެއިން ބޯ ތޫނު ތިނޯހެއް ގޮސް ހެރުނީ ސީދާ އެ ފިރިހެން މީހާގެ ކަނދުރާއަށެވެ. އެ މީހާ ބެލްކަނި ތެރެއަށް ވެއްޓުމުގެ ކުރިން ސުމައްޔާ އެ މޫނަށް ފުން ނަޒަރެއް ދިނެވެ. ހީވަނީ ކާކުކަން ދެނެގަންނަން އުޅުނު ހެންނެވެ.

“އޭތް. ކުއްޖާ. ތެދުވެބަލަ.” ސުމައްޔާ ދެން ލެފިލީ ވިންޑްސްކްރީން މައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާގެ ގާތަށެވެ. އެ ކުއްޖާގެ ސިފަ އެނގި ފާހަގަކުރެވުމުން ސުމައްޔާގެ ނޭވާ އަރުތެރޭގައި ތާށިވި ކަހަލައެވެ. ރޮއި ގަންނަމުން ޖަންނަތުގެ ހަށިގަނޑުގައި ހިފައިގަތެވެ. މަގުމަތީގައި އުޅުނު މީހުން ވެސް ސިހި ބިރުގަނެފައި ހުރި ވަރުން ކަމެއް ނުކޮށް ބަލަން ހުރީއެވެ. އޭރު ޖަންނަތުގެ ވިންދު ނުކެނޑި ހުރީ ކިރިޔަ ކިރިޔާއެވެ. “ފަށް. އަހަރެންގެ. މޭޒު. ޕެން. ޕޮލިހުންނަށް… ނުދޭތި.” ޖަންނަތު ވަރަށް އުނދަގުލުން ބުނެލީ އެ ލަފުޒުތަކެވެ. އެއާއި އެކު ޖަންނަތުގެ ދެލޯ މެރުނެވެ. އޭނާގެ ނޭވާ ހުއްޓުމަކަށް އައެވެ. “ނޫން! ޖަންނާ!” އެއާއި އެކު އެ ހިސާބުގައި ގުގުމާލީ ސުމައްޔާގެ ވޭނީ ހަޅޭކުގެ އަޑެވެ.

“އަރީ ހޯދަން އުޅުނު ކަންތައް މިހާރު އެނގިއްޖެއްނު. ދެން ޖެހޭނީ އަހަރެންގެ ބޭނުން ފުއްދައިދޭން.” ނާއިލް އޭނާ ލައިގެން ހުރި ގަމީހުގެ މަތީ ގޮށްތައް ނައްޓަން ފެށީ އަރީން ބިރުގަންނަވާލާށެވެ. އޭނާ ސިއްރު ސިއްރުން ކާރުގެ ދޮރު އަންލޮކް ކޮށްލިއިރު ލޮލުގެ ހިމަކޮޅުން ކަރުނަ ތިއްކެއް ފޭދުނެވެ. އަރީން ނާއިލްގެ ބޭނުން ހާސިލު ވިޔަކަ ނުދޭން އޭނާގެ ގައިގައި އަތް އަޅާ ކޮށްޕާލިއެވެ. ނާއިލް ވެއްޓިގަތީ ގަސްތުގައެވެ. އަރީން ކާރުގެ ދޮރު ހުޅުވާލައިފައި ނުކުމެގެން ދިޔައީ ދުވެފައެވެ. އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައިރު އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އެހެން ކަމަކާ ވިސްނޭ ވަރަށް ވުރެ އޭނާ ހުރީ ހިތުގައި ޖެހިފައެވެ. ނާއިލް އެ ވާހަކަތައް ބުނުމުގެ ކުރިން ކަންފަތް ބީރުވި ނަމައޭ އޭނާ ހިތަށް އެރިއެވެ. މަގުމަތީގައި ތިބި މަދު ބައެއްގެ ނަޒަރު ނަޒަރު އަމާޒުވެފައި ވަނީ އަރީނަށެވެ. މަގަށް ނުކުތް ވަގުތު އަރީންގެ މޫނުމައްޗަށް އެޅުނީ ބޮޑު ލޮރީއެއްގެ އައްޔެވެ. ސަލާމަތްވުމަށް ދުވެފައި ނުދެވޭނީސް އެ ލޮރީ އައި ބާރު މިނުގައި ގޮސް އަރީންގެ ގައިގައި ޖެހުނެވެ. އަރީންގެ ހަށިގަނޑު ވައިގެ ތެރޭން ދިޔައީ ވިއްސައިގެންނެވެ. ހޮޅި ދަނޑިއެއްގައި ބޯ ޖެހިފައި އަރީން ވެއްޓުނީ ޕޭމަންޓު މައްޗަށެވެ. ލޭކޮށިފައި ވީ އިރު އަރީންގެ ދެލޯ ވަނީ މެރިފައެވެ. ދުނި ޖަހައިފައި އޮހޮރިގަތް ލެއިން އަރީން އަޅައިގެން ހުރި ހުދު ކުލައިގެ ޝޯލް ކަޅިވެގެން ދިޔައީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތިޔަ ނަން މި ހިތުގާ 3

Next

އެދިގެން ކަލާ ލިބޭތޯ 59

Next
March 30, 2026

އެދިގެން ކަލާ ލިބޭތޯ 59

Previews
March 30, 2026

ތިޔަ ނަން މި ހިތުގާ 3

28 Comments!

  1. Cutie girl says:
    March 30, 2026 at 12:25 pm

    Mi part ves varah reethi masha Allah
    Haadha curious kohlaafa thi nihmaaly
    Heyo nuvaane areen n Janna salaamaiy kurey areen ah gotheh vejja zev fakeeru Moya vedhaane
    Rahumeh kulhuneh huri baeh nama e nuhadhaane naail ves nuvaane azaa maraa laakah naail bappa ves haadha goahey
    Mi part kiyaafa hama rovijje
    Kuhverinah adabu dhee
    Mee varah saugu veri kamakaa eku kiyaa vaahaka eh

    1. White rose White rose says:
      March 30, 2026 at 1:53 pm

      Vrh ufaavejje mi comment fenifa, really appreciate it 😄😄
      Let’s see if they will be saved this time or not 🫠🫠
      Dhww, ehves insaaniyyathu kameh neiy ba eh 😒😒
      Shukran Cutie girl ✨✨✨

  2. 🥀 says:
    March 30, 2026 at 1:05 pm

    Janna tried her best and did the greatest sacrifice for Reen.
    I wonder Axaa murder kuran baiveri v kn baeh baa ey??? Reen ehaa shock vaan Naail e bunee kaakuge vaahaka eh baa ey???
    Plzzz save Reen or else Xev would be so heartbroken 💔 and Xeli baby that cutie pie… They’ll be so lonely
    That Sagarey and Raifal ge insaaniyyathu kameh vs netheetha Janna ah evaru thi kohlee????
    Whn nxt????
    Luv u 😯

    1. White rose White rose says:
      March 30, 2026 at 2:08 pm

      Frrr, she’s the best 👍👍
      Hopefully we will know who it was later on 😄😄
      Its true zev will be heart broken to see her dead body 😔😔
      Insaaniyyathu kameh nethyma dhw e varu kohlaany 😒😒
      IA next Thursday
      Shukran 🥀 ✨✨

  3. 🥀 says:
    March 30, 2026 at 1:07 pm

    *Luv u 💗

  4. LIM🖤 says:
    March 30, 2026 at 1:08 pm

    Gurrrllllllllll when’s next eppp????vrh vrh reethi ingey all the things in this story… Like sifa kurun vx

    1. White rose White rose says:
      March 30, 2026 at 4:44 pm

      So happy to hear that 🥰🥰
      IA next Thursday
      Shukran LIM🖤 ✨✨

  5. Your fav bab Your fav bab says:
    March 30, 2026 at 1:38 pm

    I did not sign up to read smthng like this😭😭heyo nuvaane janna n reen salaamaih kurey😭
    Idk.. Nail ge vhk in heevey he’s kinda right hen vx.. Reen e sorah aa bas buni nama she doesn’t have to suffer this hen vx heevey… But bro ge methods kamaku nudhiya ee..
    Azaa marali case gai e ulheny reen ge brother thr?? Eii tha e dhanna adakee??
    Sitting on the edge of My seat..
    LY n TC darling💗
    Btw this part is on another level✨
    N if I don’t mind next part thankolheh avhah up kohdhevi dhaane thr?! maybe tmrw?

    1. White rose White rose says:
      March 30, 2026 at 2:19 pm

      Mi varuge kamakah fahu 2 meehun salaamaiy vaane hen heeveytha 😖😖
      That could be possible, ekm areen would still be unhappy with naail 😒😒
      Adhi ehgothakah ves neynge kaaku ge adeh kameh e ivuny 🫠🫠
      More than happy to know 🥰🥰🥰
      I’m sorry, mi dhuvaskolhu vrh busy, but IA Thursday ga submit kohlaanan
      Shukran Your fav bab ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  6. Sheex says:
    March 30, 2026 at 2:09 pm

    V v v reethi
    Sahaadheh mibunee e naail ge ulhun dhuvahakuves ragalheh nuvane! pispis!
    Alhey dhen janna keehkuree alhe ehaabodu aniya eh efakeerah dheyvaanetha !
    ehen hadhan heyonuvaane !
    Aree anekaa maruveetha?🫣
    Sheex ah rovijje 😭
    Zev men kurikameh aree ge bolaH e jehyy “BW” gang ge meehun
    Wow rose cover v reethi 🤩
    Sheex gallery ah Save ves kohlin gey 🥰
    K pop fan eh tha? Hama ahaalee curious veema
    Sheex ah kurwn uploaded kohli parts ah comment nukerevuneema dheravejje!
    But e parts that ves v v v reethi
    Exams tha fesheytheeve gey comment ves nukurevunee !
    Tc

    1. White rose White rose says:
      March 30, 2026 at 4:39 pm

      Aaeyy, adhives mi Naail islaahu vaakah noolhey 😒😒
      Yep, areen naail ah e msg nufonuvi nama dhww
      Glad to know 🥰🥰
      Issoke, as a student I understand
      Shukran Sheex ✨✨

  7. Miss rose says:
    March 30, 2026 at 2:10 pm

    Mi part ves varah reethi . someone please naail dhan jassabala. Meehunnah huri bodu aniyaa eh naail akee. Alhey jannath maruveetha? Jannath maraalee azaaya ah dhin poison dheegen dhww? Curiously waiting for next part???

    1. White rose White rose says:
      March 30, 2026 at 4:43 pm

      Thi bunaahen Naail ge undhagoo bodu kamun ehen meehunge dhiri ulhun halaaku vany 😖😖
      The situation Jannath’s in means shes dead, yes same poison 😒😒
      Shukran Miss rose ✨✨

  8. White rose White rose says:
    March 30, 2026 at 2:15 pm

    Mi varuge kamakah fahu 2 meehun salaamaiy vaane hen heeveytha 😖😖
    That could be possible, ekm areen would still be unhappy with naail 😒😒
    Adhi ehgothakah ves neynge kaaku ge adeh kameh e ivuny 🫠🫠
    More than happy to know 🥰🥰🥰
    I’m sorry, mi dhuvaskolhu vrh busy, but IA Thursday ga submit kohlaanan
    Shukran Your fav bab ✨✨✨

  9. Xxx dodo xxx says:
    March 30, 2026 at 6:46 pm

    wow wow wow

    1. White rose White rose says:
      March 30, 2026 at 6:51 pm

      Shukran Xxx dodo xxx ✨✨

  10. Anonymous says:
    March 30, 2026 at 9:44 pm

    Meega hama ekache mi vanee abadhu areen maru vaan gaai vefa plot aumor aa hejdi abadhu salaamai vanee
    write better copycat writer

    1. U DUMB GIRL says:
      April 1, 2026 at 5:53 am

      R U dumb girl.
      Don’t read this if u hate the story.
      I think u r the copy cat commenter..
      If u hate the story, dhen write one story better than this n read it by ur self.
      I’ll read it and comment it. ” copy cat girl :

  11. Shira says:
    March 31, 2026 at 1:47 pm

    Mashah vrh heevey azaa maraalan ulhuny baail, YAZAAN n that sgarey hen. Vrh heevey.. Alhe noon tha???

    1. White rose White rose says:
      March 31, 2026 at 2:10 pm

      Let’s see whether that speculation becomes true or not 👀👀
      Shukran Shira ✨✨

  12. Exxo says:
    April 1, 2026 at 5:36 am

    Sooooooo happy to c ,Elias face thx so much.
    Mi Bai vx vrh reeethi

    1. White rose White rose says:
      April 1, 2026 at 8:56 am

      Glad to know 🥰🥰
      Shukran Exxo ✨✨

  13. xxx_dodo_xxx says:
    April 1, 2026 at 5:49 am

    Omgmi Bai vrh reethi.
    Euru vxheeviyey Janna ah ekahala gotheh hadhaanehen. 😭😭😭 dhe haadha dhera veyey jannaaaaa!.
    Areeen maru v tha ????????
    Nexxxxxxt prrrrt ?????..
    Luv U

    1. White rose White rose says:
      April 1, 2026 at 8:55 am

      Adhi yageenehnoon areen ah vaane gotheh
      IA tomorrow
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  14. xxx_dodo_xxx says:
    April 2, 2026 at 5:34 am

    Still pending right ??????

    1. White rose White rose says:
      April 2, 2026 at 5:59 am

      Yep 🥀🥀
      Shukran xxx_dodo_xxx ✨✨

  15. Anonymous says:
    April 2, 2026 at 1:27 pm

    Where?!?

    1. White rose White rose says:
      April 2, 2026 at 2:13 pm

      Now uploaded 😄😄
      Shukran Anonymous ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 58←


All Right Reserved!