ދެވުނީ ވޭނޭ 49
ހެކިބަސް ދިނުމަށް އަރީނަށް ގޮވާލުމުން އޭނާ ގޮނޑިން ތެދުވިއެވެ. ސުމައްޔާ އަރީންގެ އަތުގައި ހިފައިގެން ވަކި ހިސާބަކަށް ދިޔައެވެ. އަރީން ހެކިވެރިންނަށް ޚާއްޞަ ގޮނޑީގައި އިށީނެވެ. ފުން ނޭވާއެއް ލައިފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް އޭނާއަށް އެ ވާހަކަތައް ދައްކަން ފަސޭހައެއް ނުވިއެވެ. ނާއިލް، ޝައުލާގެ އިތުރުން ރީމާޒުގެ ތޫނު ނަޒަރު އަމާޒުވެފައި ހުރުމުން ހިތް ބިރުގަތެވެ.
“އަރީން. އަޅުގަނޑުމެންނަށް ސާފުވާނެހެން ވާހަކަ ދައްކަބަލަ.” ޤާޟީ ބުނެލިއެވެ. އަރީން އިސްޖަހާލިއެވެ. ޒަވިއަންމެން ހާސްކަމުގެ ނަޒަރެއް ދީގެން އިންތިޒާރު ކުރަމުން ދިޔައީ އަރީން ވާހަކަދައްކާނެ އިރަކަށެވެ. އަރީން ހެކިބަސް ނުދީފިނަމަ މިހާރު މި އޮތް ގޮތުން ރަނގަޅު ޙުކުމެއް ނުކޮށްފާނެއެވެ.
“އަހަރެން ހޮޓެލް ރޫމަށް ދިޔައީ މާޝަލް އާއި އެކު. މާޝަލް ދިއުމުން އަހަރެން ފުރަތަމަ ވަނީ ކޮޓަރިއަށް. އެއަށްފަހު ހެދުން ބަދަލުކޮށްގެން ނުކުތް ވަގުތު ޓަކި ޖަހާ އަޑު އިވެން ފެށީ. ލޯކޮޅުން ބޭރު ބަލާލި އިރު ނާއިލް އާއި ޝައުލާ ހުރީ. އެމީހުން އަހަރެން ގެއްލިގެން އުޅުނު ކީ ކާޑު ނެގީމަ އަހަރެން ބިރުން ކޮޓަރި އަށް ވަނިން. އަހަރެންނަށް ގުޅުނީ ޒަވިއަނަށް. ފޯނު ނުނަގަނީސް ކޮޓަރި ދޮރުގައި ތަޅައިގަތުމުން ސިހިފައި އަހަރެންގެ އަތުން ފޯނު ވެއްޓުނު. އޭރު ހާސްވެފައި ހުރުމުން އެހާ ރަނގަޅު ޚިޔާލެއް ވިސްނުމަކަށް ނައި…” އަރީން ދެލޯ މަރާ ތަގުޅިކޮށްލަމުން ވާހަކަ ދައްކަން ފެށިއެވެ.
“ފައިން ޖަހާ ޑްރެސިން ޓޭބަލް ދަށަށް ފޯނު ވައްދާލައިފައި އަހަރެން ގޮސް ވަނީ ވޯކްއިން ވޯޑްރޯބު ތެރެއަށް. އެ ތަނުގައި ހުއްޓާ ޝައުލާ އައުމުން އަހަރެން ނުކުތީ ބޭރަށް. އެ ވަގުތު ނާއިލް އަހަރެންގެ ގައިގައި ހިފެހެއްޓީ. ދެން ޝައުލާ އައިސް އަހަރެންގެ އަނގަތެރެއަށް އެ ބޭސް ފުޅި އަޅާލި. އަހަރެންނަށް އެ ބޭސްތައް އަނގައިން ބޭރަށް ބުރުއްސާލެވުނީ ލިބުނު ހަނި ފުރުސަތެއްގައި ތެޅިގަނެގެން. އެއަށްފަހު އެ މީހުންނާއި ދުރަށް ދުވެފައި އަހަރެން ކޮޓަރިން ނުކުތިން. އެކަމަކު…” މިފަހަރު އަރީން ވާހަކަ ދެއްކީ ދެލޯ ހުޅުވާލަމުން ސާބިތު ކަމާއި އެކުގައެވެ.
“އެކަމަކު ފަހަތުން އެ މީހުން ހިފަހައްޓައިފި. ދެން ޝައުލާ ބަދިގެއަށް ވަދެފައި ވަޅިއެއް ހިފައިގެން އައިސް އަހަރެންގެ ބަނޑަށް ހަރާލީ. އެ ވަގުތު ސެކިޔުރިޓީއިން އައީ.” އަރީން ނާއިލް އާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. “ދެން ހެރޭސްކުރި ކަމުގެ ކްލިޕްތައް. އޭގައި އެ ވަނީ ތެދު މަންޒަރު ތަކެއް. އަހަރެންނަށް ބިރުން ނުކެރިފައި ހުރީ އެ ކަންތައް ރިޕޯޓު ކުރަން.” އަރީން އިތުރަށް ބުނެލިއެވެ.
އެއަށްފަހު ޕްރޮސެކިޔުޓަރުން ކުރި ސުވާލުތަކަށް އަރީނަށް ވަރަށް ފަސޭހައިން ޖަވާބު ދެވުނެވެ. ދެން ސުވާލު ކުރަން އައީ ރީމާޒެވެ. “ނާއިލް އަރީނަށް ހެރޭސްކުރާކަމަށް ބުނާތާ މިހާ ގިނަ ދުވަސް ވީއިރު ވެސް ރިޕޯޓު ނުކޮށް ހުރީ ކީއްވެ؟ އޭގެ މާނައެއް ނޫންތަ އަރީން ވެސް އެ ކަމާ ރުހެނިއްޔޭ؟” ރީމާޒު އެހިއެވެ. “އެއީ… އެއީ…” އަރީން އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. “ޢިއްޒަތްތެރި ޤާޟީ. މި ކްލިޕްތަކުގައި ވާ ކަންކަމަކީ ތެދު ކަމާއި މެދު ވެސް ޝައްކު. އަރީން ޖަވާބު ދޭން ފަސްޖެހުން އެއީ އޭނާ ދޮގު ހަދާ ކަމުގެ ނިޝާނެއް ނޫން ތޯ.” ރީމާޒު ޤާޟީ އާއި ކުރިމަތިލަމުން ބުނެލިއެވެ.
“އެ ހުރިހާ ދުވަހަކު ރިޕޯޓު ނުކޮށް ހުރެފައި މިހާރު އިތުރު މައްސަލައެއް ކުރިމަތިވުމުން ރިޕޯޓު ކުރި ސަބަބަކީ ކޮބާ؟ އެންމެ ފުރަތަމަ އެކަން ކުރި ދުވަހު އެ ލޯވް ފާރމްގެ ބޮޑުންނަށް ރިޕޯޓު ކުރި ނަމަ އެ ކަން ތަކުރާރު ނުވީސް. އަރީންގެ ކުށެއް އެ ކަންކަމަށް ރުހިގެން ވަޒީފާ އަށް ދިއުމަކީ.” ރީމާޒު އަޑަށް ބާރުލައިފައި ވާހަކަ ދެއްކިއެވެ. މި އަޑު އިވިފައި ޒަވިއަނަށް ތެދުވެ ބާރަށް އެއްޗެއް ބުނެވުނެވެ. ލީވާން ވަގުތުން ޒަވިއަންގެ އަތުގައި ހިފާ ދަމާލީ އިތުރު ގޯހެއް ހަދައިފާނެ ކަމުގެ ބިރު އޮތީމައެވެ. ސުމައްޔާ ދަތްކުނޑި ވިކާލައިފައި ރީމާޒަށް ލޯ އަޅާލައިގެން ހުރި އިރު އެ ރުޅިގަނޑު ބޭރުވިޔަކަ ނުދޭން ވަރަށް މަސައްކަތް ކުރިއެވެ.
“އަޅުގަނޑަށް ކިހިނެއްތޯ ރިޕޯޓު ކުރަން ކެރޭނީ؟ ޗީފް އަކަށް ހުރީ ނާއިލް. ބާރުގެ ގޮތުން މަތީ ނާއިލް. ނާއިލް ބެހުނު ކޮންމެ ދުވަހަކު ވެސް އަހަރެން ބުނަން އެކަން ނުކުރަން. އަދި ފަހުން ފަހުން އައިސް އަހަރެންނަށް އަންގަން ފެށީ ބައެއް ކޭސްތަކާއި ހަވާލު ނުވުމަށް. ފަސް ވަނަ ކްލިޕްގައި އެ ފެންނަ މަންޒަރަށް ބަލާބަލަ. އެ ދުވަހު އޭނާ މަސައްކަތް ކުރީ އަހަރެން ކޯޓު އަޑުއެހުމަށް ދިޔަޔަކަ ނުދޭން. އެ ދުވަހު އަޅުގަނޑަށް ކޯޓަށް އާދެވުނީ ގަޑިޖެހިގެން. ދެން ހަވަނަ ކްލިޕާއި އަށެއް އަދި ނުވަވަނަ ކްލިޕްގައި އަޅުގަނޑަށް ބާރު އަޅަމުން ދިޔައީ އެ ކޭސް ދޫކޮށްލަން. މި ގޮތަށް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކޮށް އަންހެނަކަށް ވީތީ އަހަރެން ބަލިކަށި ކޮށްލަން ނާއިލަށް ކޮން ޙައްޤެއްތޯ އޮތީ؟” އަތް ތުރުތުރު އަޅަމުން ދިޔަ ޙާލު އަރީން ކޮޅަށް ތެދުވެ އަޑަށް ބާރުލައިފައި ބުނެލިއެވެ. މި އަޑު އިވިފައި އަޑުއަހަން ތިބި މީހުން ވެސް ސިހުނެވެ. ރީމާޒާއި ނާއިލް ވެސް ހާސްވެއްޖެއެވެ. ޒަވިއަންގެ މޫނުމަތީގައި ދުވެލީ އަރީނާއި މެދު ފަޚުރުވެރިވެފައި ހުރިކަމުގެ ހިނިތުންވުމެކެވެ. އަރީންގެ އެ ސާބިތުކަން ފެނި، ޒަވިއަންގެ ހިތުގައި އޭނާއަށްޓަކައި އޮތް ގަދަރު އެތައް ގުނައެއް އުފުލިގެން ދިޔައެވެ.
“އެއީ ތެދެއްތޯ؟ ނާއިލް. ތެދުތެދަށް ޖަވާބު ދޭން ވާނެ.” ޤާޟީ އެހިއެވެ. ނާއިލް ފަރާތް ފަރާތަށް ކަޅި ހިންގާލީ ދެން އެ ކަމާއި ދެކޮޅު ހަދައިފިއްޔާ އަރީން އިތުރަށް އޭނާ ބޭޒާރު ކޮށްލަފާނެ ކަމުގެ ބިރު އޮތުމުންނެވެ. ފުރަތަމަ ހެރޭސްކުރި ކަމަށް އެއްބަސްވި ނަމަ މި ސުވާލަށް ޖަވާބު ދޭން ނުޖެހުނީހެވެ. ކަންބޮޑުވެފައި ހުރެ އޭނާ ބަލައިލީ ރީމާޒަށެވެ.
“ޢިއްޒަތްތެރި ޤާޟީ. އަރީން ދައްކާ ވާހަކަ ޤަބޫލު ނުކުރައްވާ. އެހެން ކިހިނެއް ތޯ ސާބިތު ކުރެވޭނީ ނާއިލް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރި ކަމެއް. އެއީ ހުސް ހަދަހަދައިގެން ދައްކާ ވާހަކަ ތަކެއް.” ރީމާޒު އަވަސް އަވަހަށް އެ ވާހަކަ އޮއްބާލެވޭތޯ ވާހަކަ ދައްކަން ފެށިއެވެ.
“ލޯޔާރ ރީމާޒު އަޑު މަޑު ކުރޭ. ނާއިލް އާއި މި ސުވާލު ކުރަނީ އަޅުގަނޑު. ނާއިލް. އަރީން އެ ބުނިހެން ބައެއް ކޭސްތަކުގައި މަސައްކަތް ކުރިޔަ ނުދޭން ބާރު އެޅިންތަ؟” ޤާޟީ އަތް އުފުއްލާލަމުން ބުނެލިއެވެ. ނާއިލް އިސްޖަހާލިއެވެ. މިފަހަރު މި ކަމުން ސަލާމަތް ވެވެން ނެތް ކަން އެނގުމުން އޭނާ އަށް ގޮށް މުއްކަވާލެވުނެވެ. އޭނާ އެގޮތަށް ކަންތައް ކުރި ކޭސްތަކުގެ އިތުރު ތަފްސީލު ދީފިނަމަ އޭނާގެ ޒަމާން ދިޔައީ އެވެ. ބައްޕަގެ ނަފުރަތު އަރީނަށް އަމާޒު ވާނެއެވެ. އޭނާގެ ބައްޕަ އަރީނަށް ނުރުހުމުގެ ލޮލަކުން ބަލައިލައިފިނަމަ އަރީންގެ ވަސް ވެސް މި ދުނިޔެއިން ފުހެލާނެއެވެ. ސަބަބަކީ އެ ކޮންމެ ކޭހަކީ ވެސް ބްލޫ ވޯޓާސް އާއި ގުޅިފައިވާ ކޭހަކަށް ވާތީއެވެ. އެކަން އިންވެސްޓިގޭޓް ކުރިޔަ ނުދޭން ވާހަކަ އެއް ހަދާލުމަކީ މިހާރު އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ނާއިލަށް ޤަބޫލުކުރެވުނެވެ. އޭރުން އަރީނަށް އިތުރު ގެއްލުމެއް ނުލިބި ސަލާމަތް ވެވޭނެއެވެ. ގަދަކަމުން އަރީން ޙާޞިލުކުރަން މަސައްކަތް ކުރި ނަމަވެސް އޭނާގެ ހިތުގައި އަރީނަށް ޓަކައި ވަނީ ލޯތްބެވެ.
“ލައްބަ. އަޅުގަނޑު އަރީނަށް ހެރޭސް ކުރިން. އަދި ބޮޑު ރިޓެއިނާރ ފީ އެއް ދޭ ކޭސްތަކުގައި އަރީން މަސައްކަތް ކުރިޔަ ނުދޭން ބާރު އެޅިން.” ނާއިލް އިސް ޖަހާލަމުން ބުނެލިއެވެ. ރީމާޒު ނާއިލްގެ މޫނަށް ބަލައިލީ ޤަބޫލުނުކުރެވިގެންނެވެ.
އެ ވަގުތު އަރީން އެތެރެއިން އަނދަމުން ދިޔަ ނަމަވެސް އެ ކަމަށް އިތުރު އެއްޗެއް ނުބުނެ ހުރީ ވަރަށް މަސައްކަތުންނެވެ. ނާއިލް އެ މަސައްކަތް ކުރަނީ ބްލޫ ވޯޓާސް ރައްކާތެރި ކުރަން ކަން އެނގުމުން ހިތްހަމަނުޖެހުނެވެ. އެކަމަކު ދެން ނާއިލް އެހެން ބުނެ ކުށަށް އެއްބަސްވުމަށް ފަހު އަރީން އިތުރު އެއްޗެއް ބުނެފި ނަމަ މިހާރު ލިބިފައި އޮތް މޮޅު ގެއްލިދާނެއެވެ. އިތުރަށް ވާހަކަ ނުދައްކާ އޭނާ މަޑުމަޑުން އިނީ އެހެންވެގެންނެވެ.
“ކުޑަ ބްރޭކެއް ނެގިދާނެތަ؟” ރީމާޒު އެދުނެވެ. އެ ހުއްދަ ލިބުމުން ރީމާޒު ނާއިލް ވަކިން ދުރަށް ގެންގޮސްފައި ނާއިލްގެ ނިންމުމާއި މެދު ހިތްހަމަނުޖެހިފައި ހުރެ ވާހަކަ ދައްކަން ފެށިއެވެ. “ރީމާޒް. މިހާރު މި ތިބީ ކޯޓުގަ. އަރީން އަހަރެން އެ ގޮތަށް ދޫކޮށްލަން ބާރުއެޅި ކޭސްތައް ސަބަބާއި އެކު ބުނެފިނަމަ އެ ކަން އިންވެސްޓިގޭޓު ކުރަން އަންގާނެ. އޭރުންނޯ. ބްލޫ ވޯޓާސް އާއި ދެކޮޅަށް ހުރި ކްލޯޒްޑް ކޭސްތައް އަލުން އޯޕަން ކޮށްފާނެ. މިހާރު އެންމެ ރައްކާތެރިވާނީ އަހަރެން މިގޮތަށް ކުށަށް އެއްބަސްވުން.” ނާއިލް ވައި އަޑުން ބުނެލިއެވެ.
ކޯޓު އަޑުއެހުން އަލުން ކުރިއަށް ގެންދަން ފެށީ ފަނަރަ މިނެޓު ފަހުންނެވެ. މުޅި ނަފްސަށް ވެރިވެފައިވާ ބިރުވެރިކަމެއްގެ ސަބަބުން، އަރީން އިނީ ސުމައްޔާގެ އަތުން ދޫކޮށްލަން ނުކެރިފައެވެ. އޭނާގެ ހިތުގެ ތެޅުން ވަނީ އާދަޔާޚިލާފަށް އަވަސްވެފައެވެ. ފުރަތަމަ ހުކުމް އިއްވުނީ ޝައުލާ އަށެވެ. ހަތް އަހަރުގެ ޖަލު ހުކުމެކެވެ. އެއަށްފަހު ނާއިލެވެ. އޭނާ އަށް އިއްވުނީ ދިހަ އަހަރުގެ ޖަލު ހުކުމެކެވެ. ނާއިލްގެ ލޯޔާރ ލައިސެންސް ވެސް ގެއްލުނެވެ. ރީމާޒު ދެއަތް މުއްކަވާލަމުން އަރީނަށް އަލިފާނުގެ ނަޒަރެއް ދިނީ މި ކަން ޢަލީ އަހުމަދަށް އެނގިއްޖެ ނަމަ ވާނެ ގޮތެއް އަންދާޒާ ކޮށްލަން އުނދަގޫ ވުމުންނެވެ.
“އަލްޙަމްދުލިއްލާހި. ދަރިފުޅަށް އިންސާފު ހޯދައިދެވިއްޖެ. އެކަމަކު އަދިވެސް މަންމަ ހިތް ބިރުގަންނަނީ. އަނބުރާ ގެއަށް އަންނަންވީނުން. ޖާނުން ވަރުގަދަ ފާރަވެރިން ތިއްބާ ނާއިލްމެން ކަހަލަ ބަޔަކަށް އެތެރެއަށް ވަދެގަންނާކަށް ލާހިކެއް ނޫން.” އަރީންގެ ގައިގައި ބައްދާލަމުން އާފިޔާ ބުނެލިއެވެ. އަރީން ވަކި އެއްޗެއް ނުބުނެ ހިނިތުންވުމެއް ރައްދުކޮށްލީއެވެ.
“އެ ތެދެއް. މިހާރަށް އެންމެ ރައްކާތެރި ތަނަކީ އެއީ. ޒަވިއަނާއި ދެމީހުން ތި ޖެހުނު މައްސަލައިގެ ތަފްސީލު ދިނީމައެއްނު އެކަމެއް ހައްލުކުރަން މަންމަމެންނަށް އެހީވެވޭނީ. އެހެންނޫނީ ވަގުތީ ގޮތުން ގެއަށް އަންނަން ވީނުން. އެކަނި ހޮޓަލެއްގައި އުޅޭކަށް ނުވާނެ.” ޔަނާލް އެހެން ބުނެލީ ކަންބޮޑުވެފައި ހުރެއެވެ. އަރީން ތުންފަތުގައި ދައިގަތެވެ. މަންމަމެންގެ އެދުމާއި ދެކޮޅު ހަދަން ބުނާނެ އެއްޗެއް ނޭނގި އޭނާއަށް އާދޭހުގެ ކަޅިއެއް އެއްލުނީ ސުމައްޔާ އަށެވެ.
އަރީން އެ އިޝާރާތް ކޮށްލީ ކޮންކަމަކަށް ކަން އެނގުނެއް ކަމަކު ސުމައްޔާ ހަނު ހުރީއެވެ. އަރީން އެކަނިން އުޅެން ދޫކޮށްލަން އެ ހިތް ނުރުހޭތީއެވެ. އެއްފަރާތަކަށް ބަލަހައްޓައިގެން ހުރި އަރީންގެ އިހުސާސްތައް ނަގައިގަނެވުމުން ލީވާނަށް ފިނި ނޭވާއެއް ބޭރުކޮށްލެވުނެވެ. “މި ހުރިހާ ދުވަހަކު ރީނަށް ގެއްލުން ދިން މީހުންގެ ކިބައިން ސަލާމަތް ވީނުން. އިހަށް ރީން ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު ދޭން ފެންނަނީ. ހޮޓެލުން ރީނަށް ޚިދުމަތްކުރާނެ ފަރާތެއް އައްޔަނު ކުރެވިދާނެ. އެ ތަނުގެ ސެކިޔުރިޓީ ވެސް ވަރުގަދަ ކުރެވިފައި ވަނީ.” ލީވާންގެ ވާހަކައިން މާޔޫސް ވެފައި ހުރި އަރީންގެ މޫނަށް އުޖާލާކަމެއް އައެވެ. “ދަރިފުޅު ވިސްނާލާފަ ޖަވާބެއް ދީ. ގޭގައި ވަކި ކޮޓަރިއެއްގައި ވެސް ރީނަށް ހުރެވިދާނެ.” އާފިޔާ އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
ކޯޓުން ނުކުމެގެން ގިނަ މީހުން ވަޒީފާ އަދާކުރާ ތަނަށް ދާން މިސްރާބު ޖެއްސެވެ. އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ވަކިން ޚާއްޞަކޮށް ސުމައްޔާ އެވެ. އަރީންގެ ޙާލަތު އެންމެ ގާތުން ދެކުނު މީހަކީ ސުމައްޔާ އެވެ. އެ ކަމުން ސަލާމަތް އެވީ ވެސް އަރީން އަމިއްލަ ނަފްސު ދިފާޢުކޮށް، ފަސްއަޅާ ފޮރުވޭނެ ކަންކަން އަލިކަމަށް ގެންނަން ކެރިގެން ވާހަކަ ދެއްކުމުންނެވެ.
އަރީން މަގުގެ އެއްފަރާތުގައި ހުރެ ޓެކްސީއެއް ހޯދަން އަތް ހިއްލާލުމާއި އެކު ކުރިމައްޗަށް އައިސް ހުއްޓާލީ ޒަވިއަންގެ ކާރެވެ. “އަރަންވީނުން. ހޮޓެލަށް ގެންގޮސް ދޭން ކަމަށް.” ވިންޑްސްކްރީން ތިރިކޮށްލަމުން ޒަވިއަން ދައުވަތު ދިނެވެ. އަރީންގެ އަތްފައި ފިނިވިއެވެ. ދެފަރާތަށް ކަޅި ހިނގާލުމަށް ފަހު އޭނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އިންތިޒާރުގައި ހުރި ޒަވިއަންގެ ބުނުމަށް ދެކޮޅު ހަދަން ބުނާނެ ޖުމްލައެއް އޭނާގެ ދުލުކުރިއަކަށް ނައެވެ. ފަސްޖެހިފައި ހުރި ނަމަވެސް އަރީން ކާރުގެ ފަހަތު ސީޓަށް އަރައިފިއެވެ. އޭނާ އިސްޖަހާލައިގެން އިނގިލިތަކާއި ކުޅެލަކުޅެލާ އިނީ ހިތުގައިވީ ނުތަނަވަސްކަން ފަރުދާކުރެވޭތޯއެވެ.
ރިއަރވިއު ލޯގަނޑުން އަރީންގެ ލުއި ޙަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިން ޒަވިއަންގެ މޫނުމަތީގައި ހިނިތުންވުމެއް ދުވެލީ ޚުދު އޭނާއަށް ވެސް ނޭނގި ހުއްޓައެވެ. “އަމްމް.. ޝުކުރިއްޔާ. އަދުލު އިންސާފުގެ ކުރިމަތީގައި ނާއިލްމެން އިސްޖަހާލަން ޖެހޭނެހާ ފުރިހަމަ އަދި ސާބިތު ހެކިބަހެއް ދިނީމަ. އަހަރެންގެ ނަފްސަށް ހަމަޖެހުން ލިބިއްޖެ. ޔޫ އާރ ސޯ ޓެލެންޓެޑް. ހިތަށް އަރާ ލޯޔަރެއްގެ ގޮތުގައި އުޅޭއިރު ކިހާ ފުރިހަމައަށް ވާހަކަދައްކާނެ ބާއޭ.” ކާރު ދުއްވާލަމުން ޒަވިއަން އަރީނަށް ނިސްބަތްކޮށް ހުޝާމަދުގެ ބަސްތަކެއް އަމުނާލިއެވެ.
މިއާއި އެކު އަރީން އިސްއުފުއްލާލިއެވެ. އޭނާގެ ކަޅި ހުއްޓުނީ ރިއަރވިއު ލޯގަނޑުން ފެންނަމުން ދިޔަ ޒަވިއަންގެ ހިތްގައިމު ސޫރައަށެވެ. ގަބޫލުކުރަން ދަތި އިހުސާސަކާއެކު، އިވުނު ވާހަކައިގެ ސަބަބުން އޭނާ އިނީ ދުލުން ބަހެއް ބޭރުކޮށްލަންވެސް ނޭނގިފައެވެ. އެއާއިކު ޒަވިއަން ވެސް އެ ލޯގަނޑުން އަރީނަށް އަވަސް ނަޒަރެއް ދިނެވެ. ނުސީދާ ގޮތަކަށް ނަމަވެސް ދެ ނަޒަރު ބައްދަލުވުމާއި އެކު ދެ ހިތުގައި ވެސް ބުނެދޭން ނޭނގޭ ކަހަލަ ޖަޒުބާތެއް އުތުރި އަރަން ފެށިއެވެ.
މޫނު އަނބުރާލަމުން އަރީން ކައިރި ވިންޑްސްކްރީނުން ބޭރަށް ނަޒަރު ހުއްޓާލީ ފިނިވެފައިވީ ވަރުންނެވެ. މިހާ އަވަހަށް ޒަވިއަނަށް އިތުބާރު ނުކުރުމަށް ސިކުނޑިން އިންޒާރުކުރަމުން ދިޔައެވެ. ޒަވިއަންގެ ފަރާތުން ކުރިމަތިވި ހިތްދަތިކަމަށް ފަހު އެހާ ފަސޭހައިން އޭނާއަށް ފުރުސަތެއް ދިނުމަކީ ނުރައްކާތެރި ކަމެއް ކަމަށް އަރީންގެ ނަފްސު އަންގަމުން ދިޔައެވެ. ލޯ މަރާލަމުން އަރީން މަސައްކަތް ކުރީ އޭނާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑަށް ނިމުމެއް ގެނެވޭތޯއެވެ. އެހެނަސް އެ ބަންދު މާޙައުލުގެ ސަބަބުން އެ ފިކުރީ ތޫފާނުން މިންޖުވާން ފަސޭހައެއް ނުވިއެވެ. ދެލޯ މަރާ ތަގުޅިކޮށްލެވުނު ހިނދު އަރީންގެ ލޯމައްޗަށް ސިފަވެގެން ދިޔައީ މާޒީއެވެ. އެ ސިކުނޑީގެ ތެރޭގައި ޖަހާލާ ރަނގަބީލެއް ފަދައިން ގުގުމަމުން ދިޔައީ ޒަވިއަންގެ ފަރާތުން ރައްދުވެފައި ހުރި އިހާނެތި ބަސްތަކެވެ. އިސާހިތަކު ނޭވާލާން ދަތިވެ އަރީނަށް އެސްތްމާ އެޓޭކެއް ޖެހުނެވެ. “އާހް…”
އަރީން މޫނު އަނބުރާލުމުން ހީވީ ޒަވިއަންގެ ހިތުގައި ވިކައިގަތް ހެނެވެ. އެހެނަސް އޭނާއަށް އެ ނުރުހުން ޙައްޤުކަމަށް ޤަބޫލުކުރެވުމުން މަގަށް ސަމާލުކަން ހުއްޓާލިއެވެ. ހިނދުކޮޅެއް ފަހުން އަރީންގެ ދުލުން ބޭރުވި ވޭނީ އާހްގެ ސަބަބުން ޒަވިއަނަށް ބުރަކި ޖައްސާލެވުނެވެ. ފަހަތުން އުޅަނދުތަކުގެ ބަރުގޮނު އެޅުން އިވެމުން ދިޔައެއް ކަމަކު އޭނާގެ ފަރުވާލެއް ނެތެވެ.
ގޮށްމުއްކަވާލައިގެން ނޭވާލާން މަސައްކަތް ކުރަމުން ދިޔަ އަރީންގެ މިލައިފައިވާ މޫނު ފެނުމުން ކަނޑާލި ފޮޓޯ ޝޮޓެއްހެން އޭނާ އަށް ސިފަވީ އެއް ރެއަކު ގަސްތުގައި އަރީނަށް ދިން އަނިޔާއެކެވެ. ނޭވާ ނުލެވިގެން ދެއަތަށް ތެޅި އާދޭސްކުރަމުން ދިޔަ ނަމަވެސް ގަދަކަމުން އަރީންގެ ތުންފަތް ގައިދުކޮށްލެވުނުގޮތެވެ. ކުށްވެރިކަމުގެ ބިޔަ ރާޅެއް ސިކުނޑިއަށް ބިންދާލުމާއި އެކު ޒަވިއަން ފެންކަޅިވެއްޖެއެވެ. އަވަސް ހަރަކާތާއި އެކު ވިންޑްސްކްރީން ތިރިކޮށްލުމަށް ފަހު ފަހަތުބަޔަށް ދެމިގަނެ އަރީންގެ ދަބަހުން އިންހޭލަރު ފުޅި ނެގިއެވެ.
“ހިއަރ. ޔޫޒް ދިސް.” ތުރުތުރު އަޅަމުން ދިޔަ އަރީންގެ މަޑު އަތްތިލައިގެ ތެރެއަށް އެ ފުޅިލައިދެމުން ޒަވިއަން ބުނެލިއެވެ. އެއަށްފަހު ދުރަށް ޖެހިލީ އަރީނަށް އުނދަގޫ ވަނީ އޭނާގެ ސަބަބުން ހެން ހީވުމުންނެވެ. އެއަށްފަހު ލަސްލަހުން ކާރު ދުއްވާލީ ފަހަތުން މަގު ތޮއްޖެހި، ނުރުހުމުގެ ބަސްތައް ރައްދު ކުރާ އަޑު އިވެމުން ދާތީއެވެ. އެހެނަސް ދޭތެރެއަކުން އޭނާ އަރީނަށް ކަޅިއެއް އެއްލައެވެ.
އަރީން ހަމައަކަށް އެޅޭވަރުވީ ހޮޓެލާއި ހަމައަށް އާދެވުނު ފަހުންނެވެ. ބަހަކުން ބަހެއް ނުބުނެ އަރީން ނުކުމެގެން ދިޔަ މަންޒަރު ބަލަން ޒަވިއަން އިނީ މޮޅިވެރި ގޮތަކަށެވެ. އަމިއްލަ އަތުގައި ބާރަށް ދަތް އެޅީ އެ ހިތަށް ލުޔެއް ލިބޭތޯއެވެ.
ރޭގަނޑުގެ ވަގުތެވެ. ފަލަކާއި ޖަންނަތު ގޮވައިގެން ޒަވިއަނާއި ލީވާން ދިޔައީ ޑައިމަންޑް ސްކައި ހޮޓެލަށެވެ. ކާރުން ނުކުމެ އެ ދިމާލަށް މިސްރާބު ޖެހިވަގުތު ޒަވިއަން ނެގިމަޑުވެގެން ދިޔައީ މިއަދުގެ ހާދިސާ ހަނދާނަށް އައުމުންނެވެ. މިރޭ އަރީނާއި ބައްދަލުކުރަން އޭނާ ހުރީ ފަސް ޖެހިފައެވެ. އެހެނެއްކަމަކު ހަށިފާރަވެރިން އައްޔަނު ކުރެވުނު ކަން ހިއްސާ ނުކޮށް ހުރެވޭކަށް ނެތެވެ.
އަރީނަށް ޚާއްޞަ ކުރެވިފައިވާ ވީއައިޕީ ރޫމް ކުރިމަތީގައި ހުއްޓިލައިފައި ޒަވިއަން ހަމަޖެހެން މަސައްކަތް ކުރިއެވެ. ތުންފަތުގައި ދައިގަންނަމުން ބެލް އަޅާލިއިރު އޭނާ ވިސްނަމުން ދިޔައީ އޭނާ ފެނިއްޖެ ނަމަ އަރީނަށް ވެދާނެ ގޮތަކާއި މެދުގައެވެ. ހަމައެހެންމެ ހަށިފާރަވެރިން އައްޔަނު ކުރެވުނު ޚަބަރުން އަރީންގެ ރައްދު އައިސްފާނެ ގޮތަކާއި މެދުގައެވެ.
ބެލް އަޅާ އަޑަށް ފޮތެއް ކިޔަން އިން އަރީން ގޮނޑިން ތެދުވިއެވެ. ދެ ފިކުރެއްގެ މަތީގައި ހުރެ އޭނާ ގޮސް ދޮރުމަތީގައި ހުއްޓުނެވެ. އެއަށްފަހު އަލަށް އިންސްޓޯލް ކުރެވިފައިވީ ސްކްރީން ހުޅުވާ ބަލައިލީ ބޭރުގައި ތިބީ ކޮން ބައެއް ތޯއެވެ. ޒަވިއަން ފެނުމާއި އެކު އަރީން ކޮންމެވެސް ވަރަކަށް ސިހުނެވެ. ތުންފަތުގައި ދައިގަންނަމުން އޭނާ ފިންގަރ ޖަހާ ލޯ ސްކޭން ކޮށްލިއެވެ. އެއާއި އެކު ދޮރު ހުޅުވިގެން ދިޔައެވެ.
“ނާއިލްމެން ޖަލަށް ލެވުނަސް ރީން އަށް ނުރައްކަލަކާއި ކުރިމަތިލާން ޖެހިދާނެ. އެކަނި އުޅޭއިރު ރައްކާތެރި ކުރަން ބަޔަކު ހުރުން މުހިންމު. އެހެންވެ އަހަރެން ބޮޑީގާޑުންގެ ގޮތުގައި އައްޔަނު ކުރި ދެމީހުން މިއީ. ޝިފްޓު ބަދަލުވާ ގޮތަށް ފަލަކް އާއި ޖަންނަތު މަސައްކަތް ކުރާނީ. މި މީހުން އުޅޭނީ ރޫމް ނަންބަރ 200 ގަ.” ޒަވިއަން ލަސްލަހުން އެ ވާހަކަ ތަފްސީލު ކޮށްލަދިނީ ދޮރުމަތީގައި ހުރެފައެވެ.
އަރީން ދެކޮޅަށް އެއްޗެއް ބުނާކަށް ނޫޅުނެވެ. ބަނޑުގައި އޮތް ދަރިފުޅު ވެސް ރައްކާތެރި ކުރެވޭނީ މި ކަމަށް ހުއްދަ ދީގެންނެވެ. އަރީން އެ ކަމާއި ރުހިގެން ހުރުމުން ޒަވިއަން ލީވާނާއި އެކު ހިނގައިގަތީ އޭނާ ހުރުމުން އަރީންނަށް އުނދަގޫވާކަން އެނގޭތީއެވެ. އަރީން ފުޅާ ހިނިތުންވުމަކާއި އެކު ފަލަކްމެންނަށް މަރުހަބާ ކިޔަމުން އެތެރެއަށް ވަންނާން ފުރުސަތު ދިނެވެ.
ދެ މީހުން ތައާރަފުވެ ވާހަކަ ދައްކަން ފެށީ އުފަލާއި އެކުއެވެ. އަރީންގެ ހިތްހެޔޮ މިޒާޖުގެ ސަބަބުން ތިން މީހުންގެ މެދުގައިވީ ނުތަނަވަސްކަން އެއްފަރާތްވެ އެކުވެރިކަމާއި އެކު ވާހަކަ ދައްކަން ފެށީ ހިނދުކޮޅެއްގެ ތެރޭގައެވެ.
މައްސަލަ އަށް ފަސްއަޅާ ފޮރުވާލުމުގެ ބަދަލުގައި ނާއިލަށް ޙައްޤު އަދަބު ދިން ކަން އެނގުމުން ނައުރީނަށް ހަމަޖެހިލެވުނެވެ. އެހެނަސް މި ވަރުން ވެސް އޭނާ އާއި ދެކޮޅަށް ހުރި ހޭޓާރސްތައް މައިތިރިވީއެއް ނޫނެވެ. އޭޖެންސީގެ ހުއްދައާއި އެކު ނައުރީން އެކަމުން ކުޑަ ބްރޭކެއް ނަގާ ސްވިޓްޒަލޭންޑަށް ދާން ނިންމި ސަބަބަކީ އެއީއެވެ.
**ދެ އަހަރު ފަސް**
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.







Aaah 2 years later eyy😭
Varah reethi mi part ves 🥹
When next 💗
IA next Thursday
Shukran Mrs just black 🖤 ✨✨
2 yrs later kihiney vaanyy
So curious..
When nxt..
Tc.. Lyy
Let’s see wht happens, stay tuned 😄😄
IA next Thursday
Shukran maan lover ✨✨
Lyt darl 🫰🏻🫰🏻
Yayyy… Reen you nailed it! N Zev be like that’s ma gurrl🙊
Ekm heevey thr e meehun jalugai ehaa gina dhuvahu thibeyne hen? Laari ah vikifa thibey meehunnah rishfatheh jahaalee e dhookohlee..
Jannath and falak should protect areen no matter what!
But hith birugannanee eygen meehaku blue waters aa related vedhaane thy😭
This part, amazing as always
When next?
Lysm💗
Yea, she wrapped up wonderfully 😎😎
Let’s see kihaa gina dhuvaheh vaandheh emyhun thibeythoa 🫠🫠
Eygen meehaku blue waters aa related viyya anneh issue dhw 😒😒
IA next Thursday
Shukran Your fav bab for this sweet comment ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Soomoa ulheny brugaa alhaigen thr?
Yes, cover pic is just for reference. Story ga hunnnane accurate explanation
Shukran Riusha💙 ✨✨
OMG Heenukuraahaa Reen molhey dhw hekibas dheyn. U ge story that heeves nukuran mihaa salhi vaane kamakah.
Dhen eggothakah vx neynge dhw dhe aharu fahun vaane gotheh.
This one is breathtaking.
Nxt prt v eme avahah up koala dhehchey
NXT PRT WHN ???????????
❤️❤️. Luv u. ❤️❤️
I’m overjoyed to hear that, really appreciate it 😄😄
Yep, kulhadhaana lawyer ekehnu reen akee 😎😎
IA next Thursday
Shukran xxx_dodo_xxx ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
Hehe. Mi faharu ekkala Reen e kamuga kaamiyaabu hoadhaifi ehnu. 💥💥💥.
Xev haadha molhey dhww Reen ah copliment kuran. Xev nikan Reen ladhu gannavaalaba. Hehe. GL4U.
2 years later ……
Vaane gotheh lithah aruvaalan ves undhagoo
Next ???
Yup, she finally did it 😄😄
Hehe, adhi e dhemeehun ehaa close eh noonehnu
IA next Thursday
Shukran Caspian ✨✨
I thought U said Tuesday
Anyway,v v happy..
Finally areen is safe…
V v reethi
Yep, she’s safe now
Shukran R@@jiha🧕 ✨✨
Ummmmm………….
Hey, how can I find “Kathi fiyavalhu”.
Varah kiyaalan beynun. Really…….
go to white Ross’s author page and go for the seventh page
( esfiya.com/author/white-rose/page/7/ l
Check out my profile by clicking follow me. Its in the seventh page.
https://www.esfiya.com/author/white-rose/page/7/
Shukran Exxo ✨✨
Hey U ah haadha ebay comment libeyey.
Aslu olhigen balaalevunee.
Ekamaku fenuneema hithah eree comment eh kohlaanee ey.
V reethiu ge story athuraafa in goiy. Kamudhey.
Glad to hear that, Shukran Leesha ✨✨
2 years later naail will be outta jail, chilling out like nothing ever happened! My expectation~~😱
That’s also a possibility, let’s see if its true or not, stay tuned 😄😄
Shukran Unknown 000057 ✨✨
Mi part ves varah reethi. Woah two years later? Seems like next part is very interesting. Curiously waiting for next part???
Hehe, bodu time shift eh dhw, let’s see how it goes, stay tuned 😄😄
Shukran Miss jennie ✨✨
Thank you Thankyou Thankyou.
I’m so happy to read it. All thx to you.
Love u
Its in my profile, navigate through the pages and u will find out, page ge thireega innaane numbers
https://www.esfiya.com/author/white-rose/page/14/
There is until page 14 now
Glad to hear you like my stories
Shukran Exxo ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
How about ur other stories ?????????
Can I have the link to read those ???????
Miprt varah vessel re-think Maashaa Allah
Check out my profile.
https://www.esfiya.com/series/kathi-fiyavalhu/
https://www.esfiya.com/series/haqeeqaiy-hoadhumey/
Those links for my other two long stories
Shukran DINO ✨✨
Omg
Omg
Girllll 2 years later..can’t even image Kan Kan kihineih kammeih hunnaanee
Varah reethi mi part ves waiting for the next part
When next.??? Iove yahhhh
IA next Thursday
Shukran Verrr ✨✨
Lyt darl 🫰🏻🫰🏻
Eyyyyyyyy
Anekkaa 2 aharu fahun …….
Summer ulheynee indhwgentha. plus, vrhgina ehen kanthah vxvaane dhww.
Next prt ah mi wait kuranee.
Maybe sumee will be married, who knows 🤔🤔
Shukran Demon ✨✨
Assu zev kada ehnu? Ehkah reyge vhk ves jeheynu report kuran? Bro tried to rape her viyya🙄
He wanted to report it, areen ekan nukuran edhunu varun report nukury, its explained in the story.
Shukran Esta noache ✨✨
Noooo!! Areen doesn’t know about it ehnu? I’m talking about that day when somebody druged reen n by chance naail saw n took her from him n sped to his home to take her virginity? N zev j vegen viyas reen ge phone track koh gen bro saved her ehnu??????
Ouuh, sorry I misunderstood 😔😔
It will be difficult to prove that crime as reen was saved before any damage was done, plus there weren’t any proper evidence for that case. Hope you understand
Shukran Esta noache ✨✨
this story is shit tbh
This story may not meet everyone’s expectations.
Shukran Anonymous ✨✨
Submitedd???
Yhhh
Shukran Anonymous ✨✨