އެ ކަޅާއި ހުދުން ފަރުމާ ކުރެވިފައިވާ ކޮޓަރި ފެނި އަރީނަށް އަނގަ ޗޭ ކޮށްލެވުނެވެ. ހާދަހާ ރީތި ޝާހީ ކޮޓަރިއެކެވެ. ކުރިއަށް ހިނގާލަމުން ގޮސް އަރީން ފުރަތަމަ އިށީނީ ކަޅުކުލައިގެ ސޯފާމަތީގައެވެ. ހަމަ އިށީން ހެނެއް ނުވެ ތެދުވެއްޖެއެވެ. ބިރު ގަނެ ހާސްވެފައި ހާލު އަރީނަށް ފަހަތަށް ފިޔަވަޅު އަޅަން ފެށުނެވެ. “އާހް” އަރީން ބޮލުގައި ދެއަތުން ހިފަހައްޓާލީ ދުވަހަކު ވޭން ނާޅާ ވަރަށް ރިއްސައިގަތުމުންނެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ މަތަވީ އެނދުގައި ޖެހިފައެވެ. ސިކުނޑި […]
“ވައި އާރ ޔޫ ގިވިން މީ އެ ހާޑް ޓައިމް.” ސުމައްޔާ ބުރުގާ ދަށުން އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އިޙުސާނުގެ އުޅުން ހުންނަ ގޮތަކުން ސުމައްޔާ އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވަނީ އިންތިހާ އަށެވެ. ސުމައްޔާ ދިޔަ މަންޒަރު ބަލަން ގެއްލިފައި އިން އިޙުސާނުގެ މޫނުމަތި ހީވަނީ މޮޅީގެ ތަސްވީރެއް ހެންނެވެ. “ކީއްވެގެންތަ ސުމައްޔާ އަހަރެންގެ ހިތަށް އެހާ ވަރުގެ ވޭނެއް ތި […]
“ސަރ. މިހާރު ނުވާނެ ކަމެއް މި އާޓިކަލްތައް ފުހެލުމަކީ. މިހާރު ވެސް ރިސޯޓާއި ހޮޓެލްތަކުގެ 70 އިންސައްތައިގެ ބުކިންގްސް ކެންސަލު ވެއްޖެ. ޕްރެސް ކޮންފަރެންސް އެއް ބާއްވަން ފެންނަނީ. އެހެން ނޫނީ އަތު ނުޖެހޭ ވަރަށް މައްސަލަ ގޯސް ވެދާނެ. ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެ ކަން ކުރަން އެބަ ޖެހޭ.” ސީއީއޯ އާދަމް ޝާމިން ބުނެލިއެވެ. ޢަލީ އަހުމަދުގެ ދެލޯ ރުޅިން ރަތްވެ، މޫނުގެ ނާރުތައް ފުފިގެން އައެވެ. […]
ނިދީގައި ފުރޮޅެމުން އައިސް ޒަވިއަންގެ ހަށިގަނޑުގައި އަރީން ދެއަތް ވަށާލުމުން އެ ސޮރަށް ސިހިފައި ހޭލެވިއްޖެއެވެ. އަރީންގެ އަތް ފިނިކަމުން ގަނޑުފެން ކޮޅެއް ކަހަލައެވެ. ކުއްލިއަކަށް ހޭޖެހުނު މީހެއް ފަދައިން އޭނާ އޭސީ ރިމޯޓު ނަގާ ފިނިކަން ދަށް ކޮށްލިއެވެ. “އެހާ ވަރު ވާ އިރު ވެސް ނުބުނެ އޮތީ ކީއްވެބާ؟ ފަންސަވީހަށް ލައިފައި ބެހެއްޓިޔަސް ފިނިވާ ކުއްޖެއްތަ؟” ހިތާހިތުން އެހެން ބުނެލަމުން ޒަވިއަން އަރީންގެ އަތް ނައްޓުވާލިއެވެ. ހަމަ ނައްޓާލުމާއި އެކު އަރީން އިތުރަށް ގާތް […]
“އާރގް. ވައި؟ ހާދަ އަންފެއާރ އޭ. ކީއްވެތަ އެ ނާއިލްމެންގެ ކޮޅަށް އަބަދުވެސް މޮޅު ލިބެނީ. ހަމަ އިންސާފު ހޯދަން އެހާ ގާތްވެފައި ވަނިކޮށް މިހުރީ ކޮށްލި ކަންކަން. އަހަރެމެންގެ ބަލި ފައިގައި ހިފައިގެން އަހަރެމެންގެ މައްޗަށް ބާރު ހިންގަނީ. އަހަރެންނަށް މިއިން ކަމެއް އެހެން މީހަކާ ހިއްސާ ކުރެވޭކަށް ނެތް. ކުރިން ހުރި ނަމަ ވެސް މީހަކީ ރީން. މިހާރު ރީންގެ ހަނދާންތައް ގެއްލުނީމަ އެއްވެސް ކަމެއް ހިއްސާ ކުރެވޭކަށް ނެތް. ކީއްވެތަ އިންސާފު ހޯދުމަށް […]
Note: the medical information I’ve mention in the story may not match reality directly އަރީން އަތް ދަމައިގަތުމުން ޒަވިއަނަށް ސިހިފައި ތެދުވެވުނެވެ. އޭރު އެނދުގައި ލެނގިލައިގެން ޒަވިއަނަށް ކަޅި ޖަހާ ނުލާ ބަލަން އަރީން އިނެވެ. ލިބުނު އުފަލެއްގެ ބޮޑު ކަމުން ޒަވިއަނަށް އަރީންގެ ހަށިގަނޑުގައި ދެއަތް ވަށާލެވުނެވެ. މި އަމަލުން އަރީންގެ ހިތް އަވަސްވީ ވަރުން ހީވީ މޭފަޅައިފައި ނުކުމެދާނެހެނެވެ. “އައިމް ސޮރީ. ތިއީ ކާކު؟ އަހަރެން މި ތަނަށް […]
“ހުސް ދޮގު. ސޫމޯ ކޮން ކަމެއްތަ ތިޔަ ސިއްރުކުރަނީ؟ ތި ދެލޮލުން ހެކި ދެޔޭ ސުމައްޔާ އަހަރެން ދެކެ ވާ ލޯބި.” އިޙުސާނު ބުނެލިއެވެ. “އަހަރެން މޮޅު ދޯ އެކްޓް ކުރަން. ފުލުހަކަށް ނުވި ނަމަ ކުރިއަށް ދާން ރަނގަޅު ދާއިރާއެއް. ދެން ސޮރީ މިހެން ކަލޭގެ ވަގުތު ފެނަށް ދުއްވާލެވުނީމަ. މީގެ ފަހުން އަހަރެންނަށް ޕާރސަނަލް ކަމެއްގަ ނުގުޅާތި.” އެހެން ބުނެފައި ސުމައްޔާ ސިޑި ގޮޅިން ނުކުމެފައި ގޮސް ލިފްޓަށް އަރައިފިއެވެ. މޭގައި އަތް އަޅާލަމުން […]
އިޙުސާނު ކޮޅަށް ހުރީ އަތުގައި ޖަހައިފައިވީ ހިލަހިލާގަނޑުގެ ބާރަށެވެ. ހެޔެއް ނެތެވެ. މަތިން އެކައްޗެއް ނުލާ ހުރި އިރު އެ ހަށިގަނޑުގައި ތާޒާކަން މަތީ ޒަޚަމު ހުއްޓެވެ. ބިމުގައި ކޯރެއް ހެދިފައި އެވަނީ އިޙުސާނުގެ ހަށިގަނޑުން އޮހޮރިފައި ހުރި ލެއިން ކަން އެނގުމުން ސުމައްޔާ އަށް ދެއަތް މުއްކަވާލެވުނެވެ. ހިތުގެ އަޑީގައި އުފެދުނު ރިހުން ހީވީ އޭނާގެ މުޅި ދިރިއުޅުން އަނދިރިކަމުގެ ތެރެއަށް ދަމައިގަންނަން އުޅޭ ހެންނެވެ. އެވަގުތު އަމިއްލަ ތުންފަތުގައި ދައިގަނެވުނީ، އެތެރެހަށީގައި އުތުރިއަރަމުން ދިޔަ […]
އަރީން ކާރުގެ ދޮރު ހުޅުވާލައިފައި ނުކުމެގެން ދިޔައީ ދުވެފައެވެ. އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައިރު ވެސް އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. އެހެން ކަމަކާ ވިސްނޭ ވަރަށް ވުރެ އޭނާ ހުރީ ހިތުގައި ޖެހިފައެވެ. ނާއިލް އެ ވާހަކަތައް ބުނުމުގެ ކުރިން ކަންފަތް ބީރުވި ނަމައޭ އަރީން ހިތަށް އެރިއެވެ. އެ ވަގުތު މަގުމަތީގައި ތިބި މަދު ބައެއްގެ ނަޒަރު އަމާޒުވެފައި ވަނީ އަރީނަށެވެ. މަގަށް ނުކުތް ވަގުތު އަރީންގެ މޫނުމައްޗަށް އެޅުނީ ބޮޑު ލޮރީއެއްގެ […]