ސުމައްޔާގެ އަތުގައި ހިފާ ލޮނުގަނޑު މައްޗަށް އުފުއްލާލަމުން އިޙުސާނު އެއްގަމާއި ދިމާލަށް މިސްރާބު ޖެހިއިރު އެ ހިތް ދިޔައީ ޑަންޑަޑަން ލައިފައި ތެޅެމުންނެވެ. އަނދިރީގެ ތެރެއިން ވެސް ސުމައްޔާގެ މޫނުން ކުލަ އޮއްސިފައި ހުރިކަން ފާހަގަވެއެވެ. ލަސްވެފައިވީ ސުމައްޔާގެ ނޭވާ ހުއްޓުމަކަށް އައުމުން އިޙުސާނުގެ ދެލޮލުން ތާޒާ ކަރުނަ އޮހޮރެން ފެށިއެވެ. ކޮށި ދައްޗަކުން މޭގައި އަޅުވައި އޭނާގެ ހިތް ހަށިގަނޑާ ވަކިކޮށްލި ނަމަވެސް އެވަރުގެ ވޭނެއް އިހުސާސް ކުރެވޭނެކަމާމެދު އޭނާއަށް ޝައްކެވެ. އިޙުސާނު އެ ހަށިގަނޑު […]
Warning: Contains explicit references to domestic violence and abusive language ވަކި ހިސާބަކުން ދެ މީހަކު އައިސް ސިއްރު ސިއްރުން ސުމައްޔާ އާއި އަރާ ހަމަކުރިއެވެ. ސުމައްޔާ އަށް އެކަން ރެއަކާ ލުމުން ފަހަތަށް އެނބުރެލީ ކާކު ތޯ ބަލައިލުމަށެވެ. އެ އަމަލުން އެ މީހުން ސިހުނު ނަމަވެސް އެކަކު އަތުގައި އޮތް ފޮތިގަނޑެއް ސުމައްޔާގެ މޫނުމަތީގައި އަޅާ ބާރުކޮށްލިއެވެ. “ދީސް ބްރެޓްސް ޕްލެއިން ޑާރޓީ” ސުމައްޔާ އަށް ދަތްކުނޑި ވިކާލެވުނީ އެއިން ކްލޮރޯފޯމްގެ […]
Warning: Contains explicit references to domestic violence and abusive language “ކަލޭ ގާތު ވަރަށް ސާފު ރީތި ދިވެހި ބަހުން ބުނެފަ ދޯ އޮންނާނީ އަހަރެންގެ އެކުވެރިންނަށް ވައި އެޅިލައިގެން ވެސް ނުވާނޭ. ކިތަށް ފަހަރު ބުނެގެންތަ އަޑު އިވޭނީ؟” ޒަވިއަން އަރީންގެ އަތުގައި ހިފާ ކާރުގެ އެއްފަރާތު ބިއްލޫރިގަނޑު މައްޗަށް ކެހެމުން ދިޔަ ވަގުތު ބޭރަށް ނެރުނެވެ. އަރީނަށް އަތް ފިތުމުން ވީ ތަދުން ދެލޯ މަރާލެވުނީއެވެ. ކާރަށް އަރަން އައި އިޙުސާނަށް […]
TRIGGER WARNING❗❗❗ Contains explicit references to extreme level of domestic violence and abusive language worser than previous episodes “އަހަރެން ހިޔެއް ނުކުރަން ޒަވިއަންގެ އަންހެނުން މިހާ އަނިޔާވެރި ވެދާނެ ކަމަކަށް. ވިޔަފާރީގެ ވާހަކައެއް އަހާލަން އައިމަ ހެސްކިޔާފަ މޫނުމަތީގައި އެ ޖެހީ. އަހަރެންނަށް އެނގޭ ޒަވިއަން ތިއީ އަރީންގެ ޙައްޤެއް ކަން. އެކަމަކު ތިޔަހާ ވަރަށް ޕޮސެސިވް ނުވިޔަސް ވެދާނެ ކަންނެ.” ކަރުނަ އަޅަމުން ޔޫލީން މޮޅު ވާހަކައެއް ހަދާލިއެވެ. […]
Warning: Contains explicit references to domestic violence and abusive language “ދެން ބައްޕަ ވެސް ނިދާލާ. ވަރަށް ސަލާމް.” އެހެން ބުނެފައި ސުމައްޔާ ފޯނު ކަނޑާލިއެވެ. އެއަށްފަހު އުޑަށް ނަޒަރު ހުއްޓާލައިގެން އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ސިލްވިޔާއެވެ. އެ މަރުގެ މައްސަލައެވެ. ވަރުގަދަ މާރޑާ މިސްޓަރީ އެކެވެ. “ހަމައެކަނި ވިޓްނެސް އަކަށް ހުރީ ބައްޕަ.” ޚިޔާލުތަކަށް ގެއްލިފައި އިނދެ ސުމައްޔާ ބުނެލިއެވެ. އެ ވަގުތެވެ. ފަހަތުން […]
Warning: Contains explicit references to domestic violence and abusive language ޓިޝޫ ތެންމާލައިފައި ނައުރީންގެ ލޯ ކައިރި ފުހެދެމުން ދިޔައިރު ލީވާންގެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ނައުރީންގެ ލޮލުން ކަރުނަ އަންނަމުން ދިޔައީ ޗިލީ އޮއިލް އެޅިފަވުމުން ދިލަނަގާތީއެވެ. ލީވާން މަޑުމަޑުން އެ ލޮލަށް ފުމެމުން ކަރުނަ ފުހެދެމުން ދިޔައީ ފަރުވާތެރިކަމާއެކުގައެވެ. އެހާ ގާތުގައި ލީވާން ހުރުމުން ނައުރީނަށް ތަފާތު ގޮތެއް ވިއެވެ. ލީވާންގެ އަސަރު ގަދަ ލޮލަށް […]
Warning: Contains explicit references to domestic violence and abusive language “ނޯވޭ! އިމްޕޮސިބަލް.” ސުމައްޔާ އަށް ޤަބޫލެއް ނުކުރެވުނެވެ. ދެފައިލް އެއްކޮށް ހުޅުވާލައިފައި އޭނާ އަނެއްކާވެސް ފުން ނަޒަރެއް ދިނެވެ. އެއާއެކު އޭނާގެ ހީ ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އެ ފޮޓޯތައް އަޅާ ކިޔަމުން ދިޔަ ވަރަކަށް އެ ބައެއްގެ އިންސާނިއްޔަތުކަން ނެތް މިންވަރު ފެނި އެ ދެލޮލުން ކަރުނަ ހިލުނެވެ. “ދެޓް *** ބްލޫ ވޯޓާސް. އައިމް ގޮނަ އެކްސްޕޯޒް ޔޫ” ސުމައްޔާ […]
“އޭނާ މަސައްކަތް ކުރަނީ އެއާޕޯޓުގަ ދޯ.” އަތް މުއްކަވާލަމުން ނާއިލް ބުނެލިއެވެ. ފޯނު ކަނޑާލައިފައި އޭނާ ހަރު ހިނގުމެއްގައި ގޮސް ކެބިނުން ނުކުތެވެ. އޭރު އެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމެވެ. އިމާރާތުން ނުކުމެގެން ގޮސް އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ. ކެބިން ކުރޫއިންނަށް ޚާއްޞަ ލޮކަރ ރޫމަށް ވަދެފައި ޝައުލާ އޭނާގެ އަތް ދަބަސް ނެގިއެވެ. ލޮކަރު ލައްޕާ ތަޅުލުމާއި އެކު އެ ތަނަށް ފިރިހެނަކު ވަދެ އެ ތަނުގައި ތިބި […]
Warning: Contains explicit references to domestic violence and abusive language އަނދިރީގެ ތެރެއިން އިތުރު ޙަރަކާތެއް ކޮށްލަންވާއިރަށް މީހަކު އެ ތަނަށް ވަދެގަތެވެ. ދެން އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭ މީހަކު އިޙުސާނުގެ ގައިގައި ހިފައިގަތެވެ. ސަލާމަތްވުމަށް އިޙުސާނު މަސައްކަތް ކުރި ނަމަވެސް ހަމަލާ ދިން މީހަކަށް ވުރެ ގަދައެއް ނުވެވުނެވެ. އެ އުކުޅުތަކުން މީހާ ބޯ ހާސްވެގެން ދިޔައެވެ. ފުލުހަކަށް ވިއެއް ކަމަކު އެ ގޮތް ނޭނގޭ މީހާ އިޙުސާނު މޭޒުމައްޗަށް […]