Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 50

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
March 5, 2026 8 Mins Read
24 Comments

**ދެ އަހަރު ފަސް**

ފައިމަައްޗަށް ތުއްތު ތުއްތު ދަރިފުޅު ލައިގެން އެ ކުއްޖާ ނިންދަވަން އަރީން މަދަހައެއް ކިޔަމުން ދިޔައެވެ. ދެފައި ހަލުވަމުން ދިޔަ އިރު އެ ކުއްޖާގެ ލޯ މަޑުމަޑުން މެރެމުން ދިޔައެވެ. ރަނގަޅަށް ނިދައިފި ކަން ޔަޤީންވުމުން އަރީން ވަރަށް ފަރުވާތެރިކަމާއެކު އެ ކުއްޖާ އެނދުގެ މެދުގައި ބާއްވާލިއެވެ. ރަޖާ އަޅާލުމަށް ފަހު އޭނާ ކޮޓަރިން ނުކުތެވެ. ދެން ބަދިގެއަށް ވަދެފައި އޭނާ އުޅުނީ އެތަން ހަމައަކަށް އަޅުވާށެވެ. މި މަންޒަރު ފެނި ސޯފާގައި އޮވެފައި ޖަންނަތު އެހީވާން އައެވެ.

“ޒެލީ މިރޭ ހާދަ ލަހުން ނިދި ދުވަހެއް. ކިހިނެއްވީ؟” އަރީން ފެން ތަށްޓެއް ބޯލަން ގޮނޑީގައި އިށީނުމުން ޖަންނަތު އެހިއެވެ. “ވީ ކަމެއް އެނގޭނީ ޒެލީ އަކަށްނު. ބައެއް ރޭރޭ އެހެން ހުރެފައި ބޮޑާ ހާކާލަނީ. ޖަންނާ ދެން ނިދާލަގަ. ވަރުބަލިވެފައެއްނު ހުންނާނީ.” އަރީން ތަށި ބަންޑުން ޖަހާލަމުން ބުނެލިއެވެ. “އެންމެ ރަނގަޅު. ރީން ވެސް ދޭ ނިދާލަން. އަނެއްކާ މާދަން ވެސް ހެނދުނާ ހޭލާނަމެއްނު.” ޖަންނަތު ސޯފާ ގޮނޑި ދަމާލާ އެނދަކަށް ބަދަލުކޮށްލަމުން ބުނެލިއެވެ.

އެއާއިކު އަރީން ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގައި އޮށޯވެ ގައިގައި ބްލެންކެޓު އޮޅާލަމުން ޒައިލީނަށް ފުން ނަޒަރެއް ދިނެވެ. އެ ކުޑަކުޑަ މޫނަށް ބަލައިލާ ކޮންމެ ފަހަރަކު، އޭނާގެ ލޯ މައްޗަށް ސިފަވެގެން ދަނީ ޒަވިއަންގެ ހިތްގައިމު ސޫރައެވެ. ލިބިފައިވަނީ ހަމަ ޒަވިއަންގެ ކަޅުކަންގަދަ، ފުން ދެލޮލެވެ. އެ ތޫނު ބަލައިލުމެވެ. އެ ރަތްކުލައިގެ ރީތި ތުންފަތާއި، ފަށުވިކޮޅެއް ފަދަ އޮމާން، ކަޅުކަންގަދަ ފަން އިސްތަށިކޮޅެވެ. ޒައިލީންގެ ކޮލުގައިވާ އޮމާންކަމާއި މައުސޫމް ހިނިތުންވުން ފެނިފައި، އަތުގެ ތެރެއަށް ބޮނޑިކޮށްލާ، އެ ކޮލަށް ބޮސްދީ، ލޯބިން ފިތާލުމަށް ހިތް އެދި ގޮވަނީ އިޚްތިޔާރުން ބޭރުގައެވެ.

މިއަދު ދެމަފިރިންގެ ދެމެދުގައި ރާސްތާއެއް އޮތަސް، ޒަވިއަންގެ އަޅާލުމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. ކޮންމެ ހުކުރު ދުވަހަކީ ދަރިފުޅު ޒައިލީންއަށް އަންނަ އީދު ދުވަހެއް ފަދައެވެ. ޒަވިއަން އައިސް ޒައިލީން ގޮވައިގެން ދަނީ އެ ކުއްޖާ އާއި އެކު ވަގުތު ހޭދަކުރާށެވެ. ބައްޕައެއްގެ އޯގާތެރިކަމުން އެ މުޅި ހަޔާތް އުޖާލާކޮށްދޭން އޭނާ އިންތިހާއަށް ބޭނުންވާ ކަހަލައެވެ. އެ މައުސޫމް ދަރިފުޅު އަތުގެ ތެރެއަށް ބޮނޑިކޮށްލައިގެން ހުންނައިރު، ޒަވިއަންގެ ލޮލުން ފެންނަނީ ބަޔާންކުރަންދަތި ލޯތްބެކެވެ.

​އަރީން ހައިރާންވަނީ ޒަވިއަން އޭނާއަށް ޓަކައި ވާ ގުރުބާނީ ފެނިފައެވެ. ދުރުގައި ހުރެގެން ވެސް، އަރީން ބުނުމުގެ ކުރިން ބޭނުންވާނެ ހުރިހާ ކަމެއް ހުންނަނީ ހަމަޖައްސާފައެވެ. ކޮންމެ މަހަކު ގޭގެ ޚަރަދުތަކުން ފެށިގެން، ޒައިލީންގެ ނެޕީއާއި ކާނާއާ ހަމައަށް، ހުރިހާ އެއްޗެއް ހުންނާނީ އެންމެ ފުރިހަމައަށް ގެއަށް ފޮނުވާފައެވެ. އަރީން ކުޑަކޮށް ބަލިވިޔަސް، އޭނާގެ ހާސްކަން މެސެޖުތަކުން ފާޅުވެއެވެ. ނުވީތާކަށް ޕްރައިވެޓް ޑޮކްޓަރަކު ގެއަށް ފޮނުވާ އެ ކުރިމަތިވި ބައްޔަކަށް ފަރުވާ ކުރާނެއެވެ. މިފަދަ ކުދިކުދި އަދާތަކުން އަރީންގެ ހިތް މަޑުކުރުވަން ޒަވިއަން އާދޭސްކުރާ ފަދައެވެ. ނަމަވެސް، އެ އޯގާތެރިކަމުގެ ތެރެއިންވެސް އަރީންގެ ހިތް ބިރުގަންނަނީއެވެ. އޭނާގެ ހިތުގައި އުފެދުނު ފުން ޒަޚަމްތައް އަދިވެސް ވަނީ ތާޒާ ކަން މަތީގައެވެ. އެހެންކަމުން ޒަވިއަނަށް އިތުބާރު ކުރަން އުނދަގުލީއެވެ.

އޮފީހުގައި ބުރަކޮށް އުޅެފައި ޒަވިއަނަށް ގެއަށް އާދެވޭ ވަރު ވީ އެގާރަ ޖަހާ ބޮޑުވި ފަހުންނެވެ. ކޮޓަރިއަށް ވަދެފައި އޭނާ އެންމެ ފުރަތަމަ ވެސް އުޅުނީ ފެންވަރާށެވެ. ތާޒާވެލުމަށް ފަހު އޭނާ ގޮސް އެނދުގައި އޮށޯތެވެ. ފޯނު އެލާމަށް ޖައްސާ ސައިޑް ޓޭބަލް މަތީގައި ބާއްވައިފައި އޭނާ އެ ތަނުން ފޮޓޯ ގަނޑެއް ނެގިއެވެ. އެއީ ޒައިލީންގެ ފުރަތަމަ އުފަންދުވަހު ދެމައިން އެކުގައި ނަގައިފައިވާ ފޮޓޯ ގަނޑެކެވެ. އަރީންގެ މައުސޫމް މޫނަށް ޒަވިއަންގެ ނަޒަރު ހުއްޓުނެވެ. މި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އޭނާއަށް އަރީނާއި ރުހެވިއްޖެއެވެ. ދެމަފިރިންގެ ގޮތުގައި ތިއްބެއް ކަމަކު އަދިވެސް އެ ލޯބި ފާޅު ކުރަން އޭނާ ފަސްޖެހެއެވެ. މާޒީގައި އޭނާ އަށް އަރީނަށް ދެވުނު ވޭނުގެ މަތިން ހަނދާންވެ އޭނާ އަށް އެ ފުރުސަތު ޙައްޤުވެގެން ނުވާކަމަށް ޤަބޫލުކުރެވެނީއެވެ.

އެލާމު ކަނޑާލައިފައި ތެދުވެ ލީވާން މޯޅިއަކަށް ދެމިލިއެވެ. ކަލަންޑަރުގައި ރަތް ކުލައިން ފާހަގަ ކޮށްލެވިފައިވީ ދުވަސް އައިސް ޖެހުމުން އޭނާގެ މޫނުމަތީގައި ހިތްގައިމު ހިނިތުންވުމެއް ކުޅެލިއެވެ. ތެދުވެ ތާޒާވެލުމަށް ފަހު އޭނާ ފުރަތަމަ ދިޔައީ ނަމާދަށެވެ. އެއަށްފަހު ކަސްރަތަށް ގޮސް ގެއަށް އައިސް ފެންވަރަން އެހެން ދުވަސް ދުވަހަށް ވުރެ ގިނަ އިރު ހުއްޓެވެ.

ބޮލުން ފެންފޮޅަމުން ފާޚާނާ އިން ނުކުމެގެން އައިސް ލީވާން އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އެތަނުގައި ހުރި ގަމީސްތައް ނަގާ ފަހަރަކު އެއްޗެއް ޖައްސާ ބަލަމުން ދިޔައީ ހިތްހަމަޖެހޭ ވަރުގެ އެއްޗެއް ޖެހޭތޯއެވެ. ލީވާނަށް ކަމުދިޔައީ މަޑު ދަނބުކުލައިގެ ގަމީހެކެވެ. އޭގެ މަތިން ކަޅު ކުލައިގެ ކޯޓެއް ލުމަށް ފަހު އަނެއްކާވެސް ލޯގަނޑުން އޭނާގެ ސޫރަ ބަލައިލިއެވެ. ދެން އުޅުނީ އިސްތަށިގަނޑުގައި ޖެލްލައި ސްޓައިލް ކުރާށެވެ. އެހެން ދުވަސް ދުވަހަށް ވުރެ ފުރިހަމައަށް ތައްޔާރު ވެލައިފައި އޭނާ ސެންޓު ފުޅި ނަގާ އެ ހުސްވާނެ ވަރަށް ޖެހިއެވެ.

ހެނދުނު ހެނދުނާ އަރީން ހޭލައިގެން އުޅުނީ ސައި ހެދުމުގައެވެ. އޭނާ ކާން ތައްޔާރު ކޮށްލީ ކޮއްތުރޮށްޓެވެ. ކައި ނިމިގެން ޒައިލީން ނަގައި ފެންވަރުވާ ރީތި ކުރަން އުޅުނެވެ. މަޑު ފިޔާތޮށިކުލައިގެ ހެދުން ކޮޅެއް ލައްވައިފައި ހުރި އިރު ތިރިން ހުދު ކުލައިގެ ޓައިޓެކެވެ. ފަރުވާތެރިކަމާއެކު އަރީން ޒައިލީންގެ ބޮލުގައި ފުނާ އަޅަމުން ދިޔައިރު އެ ކުއްޖާ އިނީ ބޮލިރަވައެއް ތަޅުވާށެވެ. އެއިން އިވޭ އަޑަށް ހެމުން ދިޔަ އިރު ދޭތެރެއަކުން އިސް އުފުލާލާ އަރީނަށް ބަލައިލައެވެ. ދެ އަހަރަށް އަޅައިފައި ވިއެއް ކަމަކު މިހާރު ވަރަށް ހަލަންޏެވެ. މިހާރު ނުފަރިތަ ގޮތަކަށް ވާހަކަ ދައްކަން އެ ކުއްޖާ އަށް އެނގެއެވެ.

ރީތިކޮށް ނިންމާފައި އަރީން ޒައިލީން އުރާލައިގެން ސިޓިންރޫމު ބަޔަށް ނުކުތެވެ. “ފެންވަރައިން ނުކުންނަންދެން ބަލާލަދީ.” ފަލަކް އާއި ޒައިލީން ހަވާލުކޮށްފައި އޭނާ ކޮޓަރިއަށް ވަނެވެ. ފެންވަރާލުމަށް ފަހު އަރީން ތައްޔާރު ވާން ފެށީ ލޯވް ފާރމަށް ދާށެވެ. ފައިތިލަ އާއި ހަމައަށް އަރާ ފެހިކުލައިގެ ހެދުމެއް ލައިގެން ހުރި އިރު އޭނާ އަޅަމުން ދިޔައީ ގަދަ ފެހިކުލައިގެ ޝޯލް އެކެވެ. އޭގެ މަތިން ކަޅުކުލައިގެ ކޯޓެއް ލިއެވެ. ސެންޓު ބުރުވާލުމަށް ފަހު އަރީން ކޮނޑުގައި ދަބަސް އަޅުވާލިއެވެ.

ކޮޓަރިން ނުކުމެފައި އަރީން ބޫޓު ހަރުން ބޫޓެއް ނަގައި އެރިއެވެ. ޒައިލީންގެ އަތުގައި ހިފައިގެން އޭނާ އެ ހޮޓެލް ރޫމުން ނުކުތެވެ. އެ މީހުންގެ ފަހަތުން ފަލަކް އައެވެ. ލިފްޓުން ތިރިއަށް ދިޔައިރު ހޮޓެލް ލައުންޖްގައި ޖަންނަތު އިންތިޒާރުގައި އިނެވެ. އެ މީހުން ނުކުމެގެން ގޮސް އެރީ ކަޅުކުލައިގެ ބީއެމްޑަބްލިއު އަކަށެވެ. ދުއްވަން އެރީ ޖަންނަތުއެވެ. އެ ކާރަކީ ޒަވިއަން އަރީނަށް ދަތުރުކޮށް އުޅެން ފަސޭހައަކަށް ދީފައި އޮތް އެއްޗެކެވެ.

ހުޅުމާލޭގެ ފުލެޓު ނަންބަރު 151 ގެ ކައިރިއަށް ކާރު ހުއްޓާލުމުން ފަލަކް އާއި އަރީން ޒައިލީން ގޮވައިގެން ކާރުން ފޭބިއެވެ. ހިނގާލައިފައި ގޮސް އެ މީހުން އެ އިމާރާތުގެ ތެރެއަށް ވަނެވެ. އަރީން އޮފީހަށް ދާ ދުވަސްތަކުގައި ޒައިލީން ބަލަން ހަވާލު ކުރަނީ ޔަނާލަށެވެ. ފަލަކް ވެސް ހުންނަނީ އެ ކުއްޖާ ރައްކާތެރި ކުރަން ގާތުގައެވެ. އަރީނާއި އެކު އުޅޭނީ ޖަންނަތުއެވެ. އޮފީހުގައި މަސައްކަތް ކުރާ އިރު ވެސް ޖަންނަތު އުޅޭނީ އަރީން ކައިރީގައެވެ. ދާން ޖެހޭ ކޮންމެ ތަނަކަށް އަރީނާއި އެކު ދާނެއެވެ. މިހެން އުޅުމުގެ ތެރެއިން އެމީހުންގެ މެދުގައި ވަރުގަދަ ގުޅުމެއް ވަނީ އުފެދިފައެވެ.

ފަލަކް އަކީ ނިކަމެތި އާއިލާއަކުން އައިސް ހުރި އަންހެން ކުއްޖެކެވެ. އޭނާގެ މައިންބަފައިން ނިޔާވީ ފަލަކްގެ އުމުރުން އަށާރަ އަހަރުގައެވެ. އޭނާ ޓްރައިނިން އަށް ލާރި ހޯދީ މާލޭގެ ފިހާރައެއްގައި މަސައްކަތް ކޮށްގެންނެވެ. މިހާރު އޭނާގެ އުމުރުން ނަވާވީސް އަހަރެވެ.

ޖަންނަތު އަކީ ކުޑަކުދިން ހިޔާގައި އުޅެ ބޮޑުވި ކުއްޖެކެވެ. އޭރު އެތަނުގައި ތިބި އެހެން ކުދިންގެ މަލާމާތް އޭނާއަށް އަމާޒުވަމުން ދިޔައީ އަންހެން ކުއްޖަކަށް ބަލައިފައި މާ ދިގުވުމުންނެވެ. ދެން  މަދަރުސާ އަށް ގޮސް އުޅުނު އިރު އޭނާ އަކީ ކިޔެވުމަށް މޮޅު ދަރިވަރެއް ނޫނެވެ. ކިޔެވީ ވެސް ދިހަޔަކާއި ހަމައަށެވެ. އެއަށްފަހު ކުޑަ ކުދިން ހިޔާ އިން ވަކިވެގެން އޭނާ އުޅުނީ މުއްސަނދި އާއިލާއެއްގައި ސާފު ކުރާ މީހަކަށެވެ. ބޮޑީގާޑަކަށް ވާން އޭނާ ޓްރައިނިން ހަދަން ފެށީ އެކާވީސް އަހަރުގައެވެ. މިހާރު އޭނާއަށް ސައްބީސް އަހަރެވެ.

“ޒެވް. މި ގަޑީ އެއާޕޯޓަށް ދިޔަސް އޯކޭތަ؟ ޝެޑިއުލްގައި ހުރި މުހިންމު ކަންކަން ނިމިއްޖެއްނު. ދެން އަހަރެން ކުރަން ހުރި ކަންކަން ވެސް ނިންމައިފިން.” ލީވާން ގޮނޑިން ތެދުވަންނަމުން ހުއްދަ އަށް އެދުނެވެ. “އެންމެ ރަނގަޅު. އެކަމަކު މާ ގިނަ އިރު ނުކުރާތި މެންދުރު ޖެހޭނެ އޮންލައިން މީޓިން އަކަށް ވަންނަން.” ޒަވިއަން ހުއްދަ ދެމުން ބުނެލިއެވެ. ލީވާން އާއެކޭ ބުނެފައި އެތަނުން ނުކުމެގެން ގޮސް ފުރަތަމަ ވަނީ ފާޚާނާއަށެވެ. ލީވާން ލޯގަނޑުން އަމިއްލަ ސޫރަ ބަލައިލަމުން އިސްތަށިގަނޑު ރީތި ކޮށްލިއެވެ.

ކާރަށް އަރާ ދުއްވާލި އިރު ލީވާންގެ މޫނު މަތީގައި ވަނީ ނިކަން ހިތްގައިމު ހިނިތުންވުމެކެވެ. ދެ އަހަރަށް ފަހު ނައުރީން އަނބުރާ ރާއްޖެ އަންނަ ދުވަހަށް ވުމުން އެ ސޫރަ ދެކިލަން އެ ހިތް އެދެމުން ދިޔައީ އިންތިހާއަށެވެ. ނާއިލް ޖަލަށް ލެވުމަށް ފަހު ނައުރީން އޭނާގެ މަސައްކަތުން ބްރޭކެއް ނަގައިފައި ސްވިޓްޒަރލޭންޑަށް ދިޔައީ އުޅޭ މާޙައުލާއި ދުރުގައި ވަގުތު ހޭދަކޮށްލުމަށެވެ.

އެއާޕޯޓުގެ އެރައިވަލްސް ގޭޓަށް ނަޒަރު ހުއްޓާލައިގެން ލީވާން ހުރީ ނައުރީން ފެނިލާނެ ވަގުތަކަށް އިންތިޒާރު ކުރާށެވެ. މީހުން ގިނަ ކަމުން އެ ތަން އޮތީ ތޮއްޖެހިފައެވެ. މީހުންގެ ތެރެއިން ފުރޭނިގެން ނުކުތް ނައުރީން އޭނާގެ ލޮލުގައި އަޅައިގަތުމުން ލީވާނަށް އެ ދިމާލަށް ދެވުނު ގޮތެއް ވެސް ނޭނގުނެވެ.

“އަހަރެންގެ އެއަރޕޯޓް ޑްރައިވާރ އަދިވެސް ހުރި ގޮތަށް ބަދަލެއް ނައިސް ދޯ މި ހުރީ. ސޯ ނައިސް އެންޑް ލޯޔަލް.” ލީވާން އަތުގައި ހިފާ ސަލާމް ކޮށްލަމުން ނައުރީން ވާހަކަ ދައްކަން ފެށިއެވެ. “ހެހެ. އާނ އަހަރެން ދުވަހަކުވެސް ނޫރީ އެކަހެރިކޮށެއް ނުލާނަން. އާ އަލްބަމެއް ރިކޯޑު ކޮށްފަ ދޯ ތި އައީ. ބްރޭކަށޭ ކިޔާފަ ގޮސް ވެސް މި ކޮއި މަސައްކަތް ކުރުން ހުއްޓައެއް ނުލާނެ. ތިހެން އުޅެމުން މަދަޙަ އަލްބަމެއް ވެސް ރިލީޒް ކޮށްލަބަލަ.” ލީވާން ބުނެލިއެވެ.

“މަސައްކަތް ނުކޮށް ދެއަތް އުރާލައިގެން މިހާ ގިނަ ދުވަސް ވަންދެން ހުރިއްޔާ އޭޖެންސީ އިން ބޮނޑި އަޅާލާނޭ. ދެން ވެސް އަވަހަށް ހިނގާ ކާރަށް އަރަން. މީހުން ވަރަށް ބަލާއެބަ.” ވައި އަޑުން ނައުރީން ބުނެލިއެވެ. ލީވާނަށް އެކަން ރެއަކާ ލުމުން އަވަހަށް ނައުރީންގެ ލަގެޖް އަތުލައިފައި ބޭރަށް ނުކުންނަން ދިޔައެވެ. ދުރުގައި ޕާކުކޮށްފައި ވީ އޭނާގެ ކާރު ތެރެއަށް ލަގެޖް ލައިފައި ލީވާން ކާރަށް އެރިއެވެ. ޕާކިން ޒޯނުން ކާރު ނެރެފައި އޭނާ އެ ދުއްވާލީ ވަރަށް ފަރިތަކަމާއި އެކުގައެވެ.

“ސުވާލެއް ކޮށްލަންތަ؟” މިފަހަރު ނައުރީން އެހީ ވަރަށް މަޑުމަޑުންނެވެ. “ތިހެން ނޭހިޔަސް ވެސް ނޫރީ ކުރާ ސުވާލަކަށް އަހަރެން ޖަވާބު ދޭނަމޭ.” ލީވާން ބުނެލިއެވެ. “ސެން. ސެން އަދިވެސް އުޅެނީ… ސުމައްޔާ އާއި ރައްޓެހިވެގެންތަ؟” އިނގިލިތަކާއި ކުޅެލަމުން ނައުރީން އިސްޖަހާލަމުން އެހިއެވެ. ލީވާން ނައުރީނަށް އަވަސް ނަޒަރެއް ދިނެވެ. އަދިވެސް ނައުރީންގެ ހިތުގައި ވަނީ އިޙުސާނުގެ ނަން ކަން އެނގުމުން އެ ހިތުގައި ތޫނު ރިހުމެއް އުފެދުނެވެ.

“ހޫމް. ހަތަރު މަހެއްހާ ދުވަސް ފަހުން މެރީ ކުރާނެ. މިހާރުއްސުރެ ތައްޔާރުވަމުން އެ ދަނީ. ދެން އިޙުސާނު މަތިން ހަނދާން ނައްތާލަން ވީނުން. އުނދަގޫ ވިޔަސް އެންމެ ރަނގަޅު ވާނީ މޫވް އޮން ކުރުން. ވަން ސައިޑެޑް ލަވް އިޒް ޕެއިންފުލް.” ލީވާން ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. ނައުރީން ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލިއެވެ. “ހިތަކީ ފާޑެއްގެ އެއްޗެއް. ފުރަތަމަ ލޯބީގެ މަތިން ހަނދާން ނައްތާލެވޭ ކަމަކަށް ނުވޭ.” ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ނައުރީން ބުނެލީ އެހެންނެވެ. އެހެނަސް އޭނާއަށް ނޭނގުނީ އެ ހިތް މިހާރު މަގުން ކައްސާލައިފިކަމެވެ. އެ ހިތުގައި ތަފާތު ލޯބީގެ ވިންދެއް ޖަހަމުން ދާކަމެވެ. އިޙުސާނާއި އަޅައިގަނެފައި ހުރި ވަރުން އަމިއްލަ ނަފްސަށް އެ އަންނަމުންދާ ބަދަލު ދެނެނުގަނެވެނީއެވެ.

“ދެން އައި ދުވަހު އެ ވާހަކަ ދައްކާފަ މޫޑު ގެއްލުވާލާނެ ކަމެއް ނެތް. ސްވިޓްޒަލޭންޑުގައި އުޅުނު އިރު މަޖާ ކަމެއް ނުވޭތަ؟” ކާރު ތެރޭގައިވީ ނުތަނަވަސްކަން ކަނޑުވާލުމުގެ ގޮތުން ލީވާން މައުޟޫ ބަދަލުކޮށްލިއެވެ. “ދިމާވާ ހުރިހާ ކަމެއް ވާން އަށް ކިޔައިދީފަ އެއްނު ހުންނާނީ. ގަވާއިދުން ކޮންމެ ރެއަކު ގުޅާ ވިއްޔާ. ލޯބިވެރިޔަކު ނުހޯދަ އަބަދު އަހަރެންނަށް ސަމާލުކަން ދެންޏާ ކޮން ކުރިއެރުމެއްތަ ލިބޭނީ. ތިރީސް އަހަރު ވާން އުޅޭ އިރު ވެސް އެ ކަހަލަ ކަމަކަށް އިންޓްރެސްޓެއް ނުހުރޭތަ؟” ނައުރީން ރައްދުގައި ބުނެލިއެވެ.

“ލޯބިވާ ކުއްޖަކު ހުރޭ. އެކަމަކު ހިޔެއް ނުވޭ ދުވަހަކު ވެސް އެ ކުއްޖާ އަހަރެން ޗޫޒް ކުރާނެހެންނެއް.” ޓްރެފިކް ލައިޓަށް ކާރު ހުއްޓާލި ވަގުތު ލީވާން ނައުރީނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އެ ނައުރީނަށް އެ ފުން ނަޒަރުން ވަކި އެއްޗެއް ދޭހަ ކުރާކަށް ނޭނގުނެވެ. “އެ ކީއްވެޔޯ. ތިކަހަލަ ކެއަރިން ހަރުދަނާ މީހަކަށް ނޫނެކޭ ބުނާނެ އަންހެން ކުއްޖަކު މި އުޑުހިޔާ ދަށުގައި ހުންނާނެތަ؟ ފުރަތަމަ ކަމަކަށް އެ ކުއްޖާގެ ގާތުގައި އެހިންތަ؟ ލޯބިވާ ވާހަކަ ބުނިންތަ؟” ނައުރީން ހައިރާންވެފައި ސުވާލުގެ ނަޒަރެއް ދިނެވެ.

“އެ ކުއްޖާ ލޯބި ވަނީ އެހެން މީހެއް ދެކެ. އެހެންވެ ނުބުނަން މި ހުންނަނީ.” ލީވާން ރައްދުގައި ބުނެލިއެވެ. ނައުރީނަށް އެއާއި ވިއްދައިފައި ބުނާނެ އެހެން އެއްޗެއް ނޭނގުނެވެ. “ކޮން ނަމެއް ކިޔާ ކުއްޖެއްތަ؟” ހިމޭނުން އިރުކޮޅަކު އިނދެފައި އޭނާ އެހިއެވެ. “ނަން ބުނާނަން އެ ކުއްޖާ އަހަރެން އެކްސެޕްޓް ކުރިއްޔާ އެ ދުވަހަކުން.” ލީވާން ބުނެލީ އެހެންނެވެ.

“އިއްސޭ. ދެވަނަ ފިޔަވަހީގަ ވަރަށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިގެން އެބަ އުޅޭ. ސްޓެލްކޯ ފުލެޓުތައް ކައިރިން. ހަމަ މިހާރު ދާން އެބަ ޖެހޭ.” ކެބިން ތެރެއަށް ބޯ ދިއްކޮށްލަމުން ސުމައްޔާ ބުނެލިއެވެ. އިޙުސާނު އަވަހަށް ގިޔަރު އަޅާލަމުން ނުކުތެވެ. އެ ގުރޫޕް މިސްރާބު ޖެހީ އެކްސިޑެންޓް ހިނގި ސަރަހައްދަށެވެ.

އެ ހިސާބަށް ފޯރި އިރު އެމްބިއުލެންސަކަށް އަނިޔާވީ މީހާ ލަނީއެވެ. އެ ހިސާބުން އަކްމަލް ޒައިން އަދި އަފާފް ޖިޕުން ފައިބާ އެ ތަނުގައި ހަރަކާތްތެރިވާން ފެށިއެވެ. ސުމައްޔާ އާއި އިޙުސާނުގެ މިސްރާބަކަށްވީ އެކްސިޑެންޓުވާން މެދުވެރިވި މީހާ އަތުލައިގަންނަން ދިއުމެވެ. އެކޮޅުން ޚަބަރު ލިބިފައިވާ ގޮތުން އޭނާ މިހާރު ހުޅުމާލޭގެ ތިންވަނަ ފިޔަވައްސަށް އަރަނީއެވެ. ސައިރެން އަޅުވަމުން އިޙުސާނު ފަރިތަކަމާއި އެކު ދުއްވައިފައި ދިޔައީ އެ މީހަކު އަތުލައިގަންނާށެވެ.

އެހެން ފުލުސް ކާރުތަކެއްގެ އެހީ އާއި އެކު އެ މީހާ އަތުލައިގަނެވުނީ ޑައިމަންޑް ސްކައި އެޝޫރަންސްގެ އިމާރާތާއި މާ ދުރު ނޫން ހިސާބަކުންނެވެ. ސުމައްޔާ ޖިޕުން ފައިބައިގެން ދުވެފައި ގޮސް އެ ކާރުގެ ބިއްލޫރިގަނޑުގައި މަޑުމަޑުން ޖަހާލިއެވެ. އެ ދޮރު ނުހުޅުވުމުން ސުމައްޔާ އޭނާގެ ޖީބުން ފާޑެއްގެ ތޫނު އެއްޗެއް ނަގާ ތަޅުވަޅަށް ކޮށްޕާލަމުން އަންލޮކް ކޮށްލިއެވެ. ދޮރު ހުޅުވާލައިފައި އޭނާ އެ ފިރިހެން ކުއްޖާގެ އަތުގައި ބިޑި އަޅުވާލަމުން ކާރުން ނެރުނެވެ.

ސުމައްޔާ އަތުލައިގަތް ކުށްވެރިޔާ އާއި އެކު ޖިޕުގެ ފަހަތު ބަޔަށް އަރައި ހަމަޖެހިލުމުން އިޙުސާނު އެ ދުއްވާލިއެވެ. ސުމައްޔާ ކަރުން ހަން ދާ ވަރަށް ސުވާލު ކުރި ނަމަވެސް އެ ސޮރު ޖަވާބެއް ދޭން ހިތަށް ވެސް ނާރުވާ ކަހަލައެވެ. ދެއަތް މުށްކަވާލައިގެން އެއްފަރާތަކަށް ބަލަން އިނީއެވެ.

އިންޓަރިގޭޝަން ރޫމަށް ވަދެ އެ ފިރިހެން ކުއްޖާ އާއި ސުވާލު ކުރަން ޙަވާލުވީ އިޙުސާނާއި ސުމައްޔާ އެވެ. ކުށްވެރިއެއްގެ ގޮތުގައި ގެނެވުނީ އަށާރަ އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ.

“ކީއް ކުރަންތަ މަށާ ތިޔަހާ ބައިވަރު ސުވާލެއް ކުރަނީ. ކެމެރާ ތައް ބަލާފަ ތި ބުނީނުން ގަސްތުގަ މަ ކުރި ކަމެކޭ. ސަބަބު ހޯދަނީ ވަކި ކީއްކުރަންތަ؟” އައްފާނު މޭޒުގައި ޖަހައިފައި ހަޅޭއްލަވައިގަތެވެ.

“ބޭރުފުށަށް ބަލައިފައޭ އެގޮތަށް ބުނީ. އައްފާނު އެ ކަން ކުރި ސަބަބު ހިއްސާ ކުރީމައެއްނު އިތުރު ގޮތެއް ނިންމަން އެނގޭނީ.” ސުމައްޔާ ބުނެލިއެވެ. “އަހަރެން ބޭނުމެއް ނޫން ކަލެޔާ ވާހަކަ ދައްކާކަށް. އަމީރު ކައިރީ ބުނޭ ލޯޔަރެއް ފޮނުވަން.” އައްފާނު އަޑަށް ބާރުލައިފައި ބުނެލިއެވެ.

“އަރީން. މި އޮއް ކޭސް އާއި ހަވާލުވާން ވީނުން. ދެންމެ އަކު ލިބުނު ކޭސް އެއް. ކްލައިއެންޓު ހުރީ ފުލުސް ސްޓޭޝަނުގައި. މި ވަގުތު ބައްދަލު ކުރަން ބޭނުން ވާ ކަމަށް ބުނި.” ޗީފް ލޯޔާރ ރޫހާން އައިސް އަރީންގެ ކެބިނަށް ވަދެފައި ބުނެލިއެވެ. “ސަރ. އަޅުގަނޑު އެދިފައެއްނު އޮންނާނީ ކްރިމިނަލް ކޭސްތަކާއި ޙަވާލުވާން އުނދަގޫ ވާހަކަ.” އަރީން އެ ފައިލް ބަލައިލައިފައި ބުނެލިއެވެ. “އެކަމަކު މި ވަގުތު އެއްވެސް ކޭހަކާއި ހަވާލު ނުވެ ހުރި ލޯޔަރަކީ ތިއީ. ބޭނުން ނުވިޔަސް ބައެއް ފަހަރު މި ގޮތަށް ކޭސް ތަކާއި ޙަވާލުވާން ޖެހިދާނެ. މި ގަނޑުގައި ސޮއި ކޮށްލާ.” ރޫހާން ބުނެލިއެވެ. އަރީން ދެފިކުރެއްގައި ހުރެ އެ ފައިލަށް ކަޅިއެއް އެއްލިއެވެ. އެއަށްފަހު ސޮއި ކުރާ ގަނޑަށެވެ. އެ ކޭސް އާއި ހަވާލު ނުވުމަކީ ރަނގަޅު ކަމަކަށް ނުވާނެތީ އަރީން ގަލަން ނެގިއެވެ. ފުން ނޭވާއެއް ލައިފައި އޭނާ އޭގައި ސޮއި ކޮށްލިއެވެ. “ގުޑްލަކް.” ރޫހާން އެހެން ބުނެފައި ގަނޑު ހިފައިގެން އެ ކެބިނުން ނުކުމެގެން ދިޔައެވެ.

އަރީން ކޮނޑުގައި ދަބަސް އަޅުވާލަމުން އަތުން ފައިލް ހިފައިގެން ކެބިނުން ނުކުތެވެ. ފަހަތުން ޖަންނަތު ވެސް އައެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ ނުކުމެގެން ގޮސް ކާރަށް އެރިއެވެ. “ހުޅުމާލޭ ފުލުސް ސްޓޭޝަނަށް.” އަރީން ބުނެލިއެވެ. ޖަންނަތު ސަރަކައިގައި ހިފާ އަނބުރާލަމުން ކުރިއަށް ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު އަރީންގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ކޭސް ފައިލަށެވެ. އޭނާ ކްރިމިނަލް ކޭހަކާއި ހަވާލު ނުވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. ސުމައްޔާ ރަހީނުކޮށްފައި ބިރު ދައްކާލި ފަހުން އޭނާ ބްލޫ ވޯޓާސްގެ ނަން އިވުނަސް ހާސްވެއެވެ. ކޭހަކީ ބްލޫ ވޯޓާސް އާއި ގުޅިފައިވާ އެއްޗަކަށް ނުވުމަށް އެދި އޭނާ އިނީ ދުޢާ ކޮށްލަ ކޮށްލައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މިހިތުގެ ދިރުން – 2

Next

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 1)

Next
March 5, 2026

ވުމޭ އެދެނީ ތިބާޔާ އެކީ (ޕާޓް 1)

Previews
March 5, 2026

މިހިތުގެ ދިރުން – 2

24 Comments!

  1. Anonymous says:
    March 5, 2026 at 11:59 am

    ‘Xaileen’ such a cute name. Xev aa gulhuvaafa dhw name choose kuree
    Xev haadha caring ey☺️
    Reen dhn Xev ah trust kohba. You can see how much he’s changed.
    Xev v vs dhn Reen dheke loabi veyey buneba
    I wish Naureen ah realize vaane nama ey Leevaan loabi vaakan
    Sumee and ihsaan getting married soon dhw! Vrh excited!
    Is affaan from blue waters?? Susan vey eba.
    I think jannath and falak is innocent but the blue waters people will force them to hurt reen??? 🤔🤔
    Whn nxt??????
    Luv u 💗

    1. White rose White rose says:
      March 5, 2026 at 4:08 pm

      Both Zavian and Areen, happy to hear u liked the name 😄😄
      Adhi madu kohlama, change viyas ehaa avahah furusatheh dheykah nuvaanehnu, considering wht she went through 😒😒
      Same here, how will she realize it 🤔🤔
      Maybe he’s from blue waters, not for sure yet 🙃🙃
      Yhh, the bodyguards seem righteous, its a possibility for them to be forced into hurting her 😔😔
      IA next Monday
      Shukran Anonymous, super duper ecstatic to hear this ✨✨✨
      Lyt darl 🫰🏻🫰🏻🫰🏻

  2. Your fav bab Your fav bab says:
    March 5, 2026 at 1:29 pm

    Omg mihaaru zely uraalaa hih vejje😚
    Leevan’s gonna be so hurt😭😭 oh gosh nau mihaaru move on kuran vejje ehnu? One sided love is painful ey buni iru it goes to him as well!!
    Ooo… Reen’s first criminal case after a long time…. Interesting!!
    But hope that ain’t related to blue waters!!
    When next?
    Tysm for this entertaining ep!
    Ly💗

    1. White rose White rose says:
      March 6, 2026 at 3:46 pm

      Fr, nau should move on
      Dhww, leevan ves hithuga jehifa e hunnany 😒😒
      Could be related, who knows 🫢🫢
      IA next Monday
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  3. Miss jennie says:
    March 5, 2026 at 1:59 pm

    Mi part ves varah reethi. Reen and zev ekkoh ulheyne dhuvahakah inthizaaru kurevenee. I think leevaan loabi vaa kujja akee naureen . curiously waiting for next part???

    1. White rose White rose says:
      March 5, 2026 at 4:09 pm

      I’m also waiting for that day to come 🫠🫠
      Yep, leevan is head over heels for naureen
      Shukran Miss jennie ✨✨

  4. xxx_dodo_xxx says:
    March 5, 2026 at 2:52 pm

    WOW WOW WOW
    Mi prt heekuri vrh vuren maa kamudhey.
    “Xaileen”. Haadha cute ey dhwww.
    Finally… Sumee n Issey ge marriage ah kuri inthizaarah nimumeh are dhww.
    4 months later….. WOW
    yaqeeney eii blue waters ge cade eh kan.haadha foohi vaa bayekey.
    Nxt ?????????

    1. White rose White rose says:
      March 5, 2026 at 4:17 pm

      I’m glad to know that 😄😄
      Yhh, she’s such a cutie 😊😊
      Hehe, emyhun ge inthizaaru nimumakah annany 🫠🫠
      Let’s see if its blue waters ge scheme eh thoa noonthoa, stay tuned for next 😀😀
      IA next Monday
      Shukran xxx_dodo_xxx ✨✨

  5. Ayaaa says:
    March 5, 2026 at 3:41 pm

    Mi part ves vrh vrh reethi
    When next?
    Luv you 😘

  6. White rose White rose says:
    March 5, 2026 at 4:18 pm

    IA next Monday
    Shukran Ayaaa ✨✨
    Lyt darl 🫰🏻🫰🏻

  7. R@@jihà🧕 says:
    March 5, 2026 at 6:14 pm

    Ownnn they are so cuteeee
    Sorry for not commenting Hama handhaan netheney…ekamves gavaaidhun story kiyan ingay…v v reethi …
    When next
    Lysm

    1. White rose White rose says:
      March 5, 2026 at 6:20 pm

      Hehe, issoke, more than happy to hear you read regularly 😄😄
      IA next Monday
      Shukran R@@jiha🧕 ✨✨
      Lyt darl 🫰🏻🫰🏻

  8. Verrr says:
    March 6, 2026 at 2:26 am

    Varah reethi mi part ves
    Waiting for the next part
    Love yahhh.!!!❤️

    1. White rose White rose says:
      March 6, 2026 at 7:02 am

      Shukran Verrr ✨✨
      Lyt darl 🫰🏻🫰🏻

  9. Caspian says:
    March 6, 2026 at 5:17 am

    Omg
    Even vx bunihen Xaileen vx advice enables vx vrh reethi dhww.
    Naughty reanimated indhe visnaa lane nama dhww Vaan Aa medhu.
    Next Monday GA dhww.
    This part is excellent

    1. White rose White rose says:
      March 6, 2026 at 7:03 am

      Yes, on Monday, stay tuned 😄😄
      Happy to hear that, Shukran Caspian ✨✨

  10. Exxo says:
    March 8, 2026 at 1:37 pm

    Wow. Reethi ingey.
    Xaileen ge Pic eh cover page akah nulaanan tha ??????????.
    Kathi fiyavalhu vx vrh reeeethi ingey.

    1. White rose White rose says:
      March 8, 2026 at 4:06 pm

      Yeaa nulan 😅😅
      Happy to hear that 🥰🥰
      Shukran Exxo ✨✨

  11. Mariyam Reem says:
    March 8, 2026 at 9:11 pm

    Heyy White Rosiieee!
    Avas kohla dhehva next episodeee! v v curious vefa mhr mihuree. I love your story and it’s been keeping me totally hooked hama <3
    This is prolly ur first time seeing my comment, but just know I'm a big fan of youuu. I've read all your previous stories, and just like them, I love this one too.
    Takeee careee! and when next episode up kohladheveynee?

    1. White rose White rose says:
      March 9, 2026 at 1:16 pm

      Now uploaded 😄😄
      I’m overjoyed to hear that, really appreciate it 🥰🥰.
      Shukran Mariyam Reem ✨✨

  12. Oreo gurll says:
    March 8, 2026 at 9:15 pm

    Heyy Rosieee! (can i call you rosie from now on? Cux i really don’t know your name ehnve)
    I love this episode, as much as I love all the otherss! Its keeping me totally hooked. Zailyn is such a cute nameee. V V V lawbbs <3
    and when next episoode? mhr kiyaa hithun hureveneekee noon. and varah dhera vey eba story nimen ulheyhen heevaathee. also hama e varah eba ufaa vey ux areen nd xev are getting closer day by day. My heart literally melted hama xev care kuraa varu fenunyma.
    Takee careee! and avahah next ep upkohladhehvahcheyyy

    1. White rose White rose says:
      March 8, 2026 at 9:36 pm

      Yea, u can call me rosie 😄😄
      So ecstatic to know that 🥰🥰
      Mihaaru submit kohlaifin, IA maadhan kiyaalan libeyne, stay tuned!
      Dw, there’s still a lot to happen in this story before it ends 🫠🫠
      Shukran Oreo gurll ✨✨

  13. Anonymous says:
    March 9, 2026 at 1:42 pm

    Where is the next part

    1. White rose White rose says:
      March 9, 2026 at 3:22 pm

      It’s now uploaded

Comments are closed.

Next Episodeދެވުނީ ވޭނޭ 51←


All Right Reserved!