ދެވުނީ ވޭނޭ 51
އަރީން ކޮނޑުގައި ދަބަސް އަޅުވާލަމުން އަތުން ފައިލް ހިފައިގެން ކެބިނުން ނުކުތެވެ. ލިފްޓުން ތިރިއަށް ފައިބައިފައި އޭނާ ނުކުމެގެން ގޮސް ކާރަށް އެރިއެވެ. “ހުޅުމާލޭ ފުލުސް ސްޓޭޝަނަށް.” އަރީން ބުނެލިއެވެ. ޖަންނަތު ސަރަކައިގައި ހިފާ އަނބުރާލަމުން ކުރިއަށް ދުއްވާލިއެވެ. ކާރު ދުއްވަމުން ދިޔައިރު އަރީންގެ ނަޒަރު ހުއްޓިފައި ވަނީ އަތުގައި އޮތް ކޭސް ފައިލަށެވެ. އޭނާ ކްރިމިނަލް ކޭހަކާއި ހަވާލު ނުވާތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. ސުމައްޔާ ރަހީނުކޮށްފައި ބިރު ދައްކާލި ފަހުން އޭނާ ބްލޫ ވޯޓާސްގެ އަޑު އިވުނަސް ހާސްވެއެވެ. ކޭހަކީ ބްލޫ ވޯޓާސް އާއި ގުޅިފައިވާ އެއްޗަކަށް ނުވުމަށް އެދި އޭނާ އިނީ ދުޢާ ކޮށްލަ ކޮށްލައެވެ.
ފުލުސް ސްޓޭޝަނަށް ވަދެފައި އަރީން ވަނީ އައްފާނު ހުރި އިންޓަރިގޭޝަން ރޫމަށެވެ. ޖަންނަތު މަޑުކޮށްލީ ބޭރުގައެވެ. ވަކިން ވާހަކަ ދައްކަން ފުރުސަތު ދެމުން ސުމައްޔާމެން އެ ތަނުން ނުކުތީ އަރީނަށް ހައިރާން ކަމުން ފުރިފައިވީ ނަޒަރެއް ދެމުންނެވެ. ކްރިމިނަލް ކޭހަކާއި ހަވާލު ނުވާން އަމިއްލަ ނަފްސަށް ހުވާ ކޮށްގެން ހުރި މީހަކު އައުމުން އަޖައިބު ނުވެ ނުދާނެތާއެވެ.
“އަޅުގަނޑުގެ ނަމަކީ ޢާއިޝަތު އަރީން އަފްޒަލް. މިއީ އައްފާނުގެ ކޭހާއި ހަވާލުވި ލޯޔާރ. އެކްސިޑެންޓުގައި ވީ ކަންތައްތައް ކިޔައިދެއްވާ.” އަރީން ގަލަމަކާއި ނޯޓުފޮތެއް ނަގަމުން ބުނެލިއެވެ.
“މިއަދު ހަވީރު އަހަރެންނަށް އެނގުނީ މަންމަ އަކީ ބަލިވެގެން ނިޔާވި މީހެއް ނޫންކަން. އެއީ އަމީރު ޑޮކްޓަރަކަށް ވެ ހުރެ ކުރި ކަމެއް ކަން. ކިހިނެއް އިނގޭނީ އޭނާއަށް އަމިއްލަ އަންހެނުން މަރާލަން ކެރިދާނެ ކަމެއް. އެ ކަމާ ބޯގޮވާފަ ރުޅިގަދަވީމަ އަހަރެންނަށް ނަފްސް ކޮންޓްރޯލް ނުކުރެވުނީ. ބާރަށް ކާރު ދުއްވަމުން ގޮސް އެކްސިޑެންޓް ވީ ފަހުން އަހަރެންނަށް ހަމަ ވިސްނުން ލިބުނީ. އެކަމާ ބިރުގަތް ވަރުން އަހަރެން އެ ތަން ދޫކޮށްފައި ދިޔައީ. އެކަމަކު ފުލުހުން ވަކި ހިސާބަކުން އަހަރެން އަތުލައިގަނެފި. މި ވީ ގޮތަކީ. އަހަރެން އެ ކުށަށް އެއްބަސް ވެވިދާނެ. އެކަމަކު އަހަރެންގެ އިތުރު ރިކުއެސްޓެއް އެބަ އޮތް. އެއީ އަރީން އަހަރެންގެ މަންމަ މަރާލި މީހާއަށް ޙައްޤު އަދަބު ދޭން އެހީވުން. ދައްކަން ޖެހޭ ލާރި އެކަމަށް އަހަރެން އަމިއްލައަށް ހޭދަ ކުރާނަން. މަ ބޭނުން އެ އަމީރު މަށަށް ދިން ލާރިން އޭނާގެ ކޮރަޕްޓް ދިރިއުޅުމަށް ނިމުމެއް ގެނައިމަ ވާނެ ގޮތް ބަލައިލަން. މި ކަމަށް ފަހު ޖަލަށް ދާން ޖެހުނިއްޔާ އެ ވަގުތު ހޭދަކޮށްފައި ވިޔަސް ހެޔޮ.” އައްފާނު ހުރިހާ ކަމެއް ތަފްސީލު ކޮށްލަދިނެވެ. އަރީން އިނީ ބަސް ހުއްޓޭ ވަރު ވެފައެވެ. އޭނާ އަށް ޙަޔާތުގައި ވެސް މި ކަހަލަ ކްލައިއެންޓަކާއި ބައްދަލުވި ފުރަތަމަ ފަހަރަކީ މިއެވެ.
“އެންމެ ރަނގަޅު. ތި ކަން ކޮށްދޭނަން. އެ ހިނގީ އެކްސިޑެންޓެއް ކަން ޕްރޫވް ކުރުން ދެން އޮތް ކަމަކީ.” އަރީން އޭނާގެ ޚިޔާލު ހިއްސާކޮށް ވާހަކަ ދައްކަން ފެށިއެވެ. އަރީން ބުނިހެން އަމަލު ކުރަން އައްފާނު އެއްބަސް ވިއެވެ. އަރީން އެ ތަނުން ނުކުމެގެން ދިޔައީ ވަރަށް ވާހަކަ ދައްކައިފައެވެ.
“ހިނގާ ލޯވް ފާރމަށް. ކުރަންޖެހޭ މަސައްކަތެއް އެބައޮތް.” އަރީން ޖަންނަތު ގާތު ބުނެލިއެވެ. އެއާއެކު ދެ މީހުން ކާރުގައި މިސްރާބު ޖެހީ ލޯވް ފާރމަށް ދާށެވެ.
އަރީން ދިއުމަށް ފަހު ސުމައްޔާމެން އަނެއްކާ ވެސް އިންޓަރިގޭޝަން ރޫމަށް ވަނެވެ. މި ފަހަރު އެ ސޮރު ނިކަން ފަސޭހައިން ކުރި ސުވާލުތަކަށް ޖަވާބު ދިނެވެ. ސުމައްޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ. އެ ކޭހުގައި މަސައްކަތް ކުރަން ޖެހުމުން ސުމައްޔާމެންނަށް ޑިޔުޓީ ގަޑިއަށް ފަހު ވެސް މަޑުކުރަން ޖެހުނެވެ.
ލޯވް ފާރމުން ނިމިގެން އަރީން ޔަނާލްމެންގެ އެޕާޓްމަންޓަށް ދިޔައިރު ނުވައެއް ޖަހަނީއެވެ. އަރީން ފެނުމާއި އެކު ދުވެފައި ޒައިލީން އައެވެ. އަރީން އެ ކުއްޖާ އުރާލަމުން ސަމާސާ ކޮށްލިއެވެ. ލަސް ނުކޮށް އޭނާ ދެން ހޮޓެލަށް ދާން މިސްރާބު ޖެހީ ޒައިލީން ނިންދަވަން ޖެހޭ ގަޑި ފަހަނަ އަޅައި ގޮސްފައި ވުމުންނެވެ. އާންމު ގޮތެއްގައި އަރީން އަށެއް ޖަހާއިރު އޮފީސް ނިންމައިފައި ޒައިލީން ބަލައި ދާނެއެވެ.
ކޮޓަރިއަށް ވަދެ ދަބަހާއި ކޯޓު ގޮނޑި މައްޗަށް ވައްޓާލުމަށް ފަހު އަރީން ޒައިލީން ނިންދަވަން ތައްޔާރު ކޮށްލިއެވެ. ފައި މައްޗަށް ބާލީސް ލައި ޒައިލީން ބޭއްވުމުން މިރޭ ތެޅިގަނެފައި ތެދުވެއްޖެއެވެ. “ބައްޕި… ބައްޕި ގެނޭ” ޒައިލީން ތުން އޫކޮށްލަމުން ބުނެލިއެވެ. “ބައްޕި އަކަށް ނާދެވޭނޭ ދޫނީ. ކޮންމެ ހުކުރު ދުވަހަކު ބައްޕި ފެންނާނެއްނު. ދެން ނިދާލަން ހިނގާ.” އަރީން ނިކަން ލޯބިން ޒައިލީންގެ މޫނުގައި ހިފާލަމުން ބުނެލިއެވެ.
“ނޫން. ބައްޕި ގެނޭ.” ޒައިލީން އެހެން ބުނެފައި ރޯން ފެށިއެވެ. ގާތުން ދިނުމުން ވެސް ހުއްޓާނުލިއެވެ. ޒައިލީން ރޯ އަޑަށް ފަލަކް އައިސް ޓަކި ޖަހައިފައި އެތެރެއަށް ވަނެވެ. “ޒެލީ ހުއްޓާލަބަ. ބަލާ. ފީކޯ. އައްޗާ.” ލޯމަތީ އަތް އަޅާ ނަގަމުން ފަލަކް މަސައްކަތް ކުރީ ޒައިލީން ހުއްޓާލާތޯއެވެ. އަރީން ކުޅޭ ވޯޓާމެލަން ޕްލަޝީއެއް ޒައިލީންގެ އަތަށް ލައިދިނެވެ. އެހެނަސް ނޫނެކޭ ކިޔާ ބޯ ހޫރާލަމުން ޒައިލީން އެ ދުރަށް އެއްލާލިއެވެ. ދެ މީހުން އެހާ ވަރުން އުޅެގެން ވެސް ޒައިލީން ހުއްޓައެއް ނުލިއެވެ. އެންމެ ފަހުން އަރީން ޒަވިއަނަށް ގުޅާލީ މިރޭ ނުފެންނަނީސް ޒައިލީން ހުއްޓާނުލާނެކަން އެނގޭތީއެވެ.
“ހަލޯ. ބިޒީ ނޫނިއްޔާ ހޮޓެލަށް އާދެވިދާނެތަ؟ މިރޭ ޒެލީ އެއްގޮތަކުން ނިދާކަށް ނޫޅުނު.” އަރީން ފަސްޖެހުނު ނަމަވެސް ހިތްވަރު ކޮށްފައި ބުނެލިއެވެ. “މި ދަނީ.” ޒަވިއަން އެހެން ބުނެފައި ފޯނު ކަނޑާލީއެވެ. “ބައްޕި އާދޭއެބަ. ދެން ހުއްޓާލާ.” އަރީން ޒައިލީން އުރާލަމުން މަސަލަސް ކުރެވޭތޯ އުޅުނެވެ.
ކުރަން ހުރި މަސައްކަތް ދޫކޮށްލައިފައި ޒަވިއަން ތެދުވެ މޭޒުމަތީގައި އޮތް އޭނާގެ ކާރު ތަޅުދަނޑި ނެގިއެވެ. ހަރުގައި އޮތް ކޯޓު ނަގާ ލައިފައި އޭގައި ގޮށް އަޅުވަމުން އޭނާ ނުކުތެވެ. އަރީން އެހެން ޙާލަކުން ފަހަރަކު ގުޅާފަ ކަމަކަށް އެދުނިއްޔާ ޒަވިއަން ކިތަންމެ މުހިންމު ކަމެއްގައި ހުއްޓަސް މަސައްކަތް ދޫކޮށްލާފައި ދާނެއެވެ. ކުރީގެ ޒަވިއަން އާއި މިހާރުގެ ޒަވިއަން އުޑާއި ބިމާ ހައި ތަފާތޭ ވެސް ބުނެވިދާނެއެވެ. އެހެނަސް އަދިވެސް އެހެން އަންހެނުންނަށް ހިތް ހަރެވެ. އަރީން ނޫނީ ރީތިކޮށް ވާހަކަ ދައްކާނީ ސުމައްޔާ އާއި އަރީންގެ ބޮޑީގާޑުންނަށެވެ.
ބެލް އަޅާލުމުން ދޮރު ހުޅުވާލީ ފަލަކެވެ. ޒަވިއަން ގޮސް ވަނީ ކޮޓަރިއަށެވެ. ޒައިލީން ބައްޕަ ފެނުމާއި އެކު ހުއްޓާލައިފިއެވެ. އެއަށްފަހު ޒަވިއަނާއި ދިމާލަށް އަތް ދަމާލީ އުރާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ދަރިފުޅުގެ މައުސޫމް ކަން ފެނި ޒަވިއަނަށް ހީނލެވުނީ ބޭއިޚްތިޔާރުގައެވެ. އަރީން އަތުން ޒައިލީން ނަގާ އުރާލަމުން އެ ކުއްޖާ އާއި ސަމާސާ ކޮށްލިއެވެ. އަރީން ވޯޑްރޯބަށް ވަދެލީ އަދިވެސް ހުރީ އޮފީސް ހެދުމުގައި ކަމަށް ވާތީއެވެ. ނިދަން ލާ އަތް ދިގު ޓީޝާޓަކާއި ހަރަވާޅެއް ހިފައިގެން ނުކުމެގެން ގޮސް އޭނާ ވަނީ ފާޚާނާއަށެވެ.
ޒައިލީން ގޮވައިގެން އެނދުގައި އިށީނދެފައި ޒަވިއަން އުޅުނީ އެ ކުއްޖާ ނިންދަވާށެވެ. ޒަވިއަން ނިންދަވަން އުޅުމުން ވަރަށް ކިޔަމަންތެރި ކަމާއެކު އެ ކުއްޖާ ދެލޯ މަރާލިއެވެ. މަޑު ރާގެއް އަޅުވާލައިގެން ޒައިލީންގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ނިކަން ލޯބިންނެވެ. ނިދައިފި ކަން ޔަޤީންވުމުން ޒަވިއަން އެ ކުއްޖާ ކޮނޑުމަތިން ނަގާ އެނދުމަތީގައި ބޭއްވިއެވެ. އެ ލޯބި މޫނުކޮޅަށް ބަލަހައްޓައިގެން އިނދެ ޒަވިއަން އެ ކުއްޖާގެ ބޮލުގައި ފިރުމާލިއެވެ.
“ޒެލީ ބައްޕިގެ ދޫނިކޮޅާ. ކުރިން ކުއްޖަކު ބޭނުން ނުވިޔަސް މިހާރު މި އެނގެނީ އަމިއްލަ ދަރިއެއް ލިބުމަކީ ކިހާ ބޮޑު ނިއުމަތެއްކަން. އަހަރެންނަށް ރީން އާއި ދިމާވި ވަގުތަކީ ރަނގަޅު ވަގުތަކަށް ނުވުން މައްސަލައަކީ. އަޒާގެ ކޭސް ރަނގަޅަށް ދިރާސާ ކުރެވުނު ފަހުން ދިމާވިނަމަ މި ގޮތަށް ކަންތައް ނުވީސް.” ޒައިލީންގެ އިނގިލި ކުރީގައި ހިފާލަމުން ޒަވިއަން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.
ފާޚާނާއިން ނުކުމެފައި އަރީން ވޯޑްރޯބަށް ވަދެ ބޭލި އެއްޗެހި ކޮނޑުގައި އެޅުވިއެވެ. ވަށް ބުރުގާ އެއް އަޅާލައިގެން އޭނާ ކޮޓަރި ބަޔަށް ވަން އިރު ޒަވިއަން އެނދުން ތެދުވަންނަނީ އެވެ. އަރީން އިސްޖަހާލަމުން ޝުކުރު އަދާކޮށްލިއެވެ. “އެއީ އެހާ ވަރުގެ ކަމެއް ނޫނެއްނު. ޒެލީ އަކީ އަހަރެންގެ ވެސް ދަރިއެއް ވިއްޔާ. ރީން ކޮން އިރަކުންތަ އަނބުރާ ގެއަށް އަންނާނީ. އޭރުން ޒެލީ ބަލަން ވެސް ކިހާ ފަސޭހަ ވާނެ.” ޒަވިއަން މަޑުމަޑުން އަރީންގެ އަތުގައި ހިފާލަމުން ވާހަކަދައްކަން ފެށިއެވެ. އެ ބީހިލުމުން އަރީންގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދުވެލައިފިއެވެ. ޒަވިއަންގެ އެ ތޫނު ނަޒަރު އަރީންގެ ދެލޮލަށް ހުއްޓިފައި ހުރީ ހިތުގެ އެންމެ ފުންމިނަށް ފޯރާފަދަ ގޮތަކަށެވެ. އެ ދެމީހުންގެ ހަތަރުކަޅި ހަމަވި ހިނދު، ދެ ހިތުގެ ވިންދު އެއް ރާގަކަށް ބަދަލުވެ، ބަޔާންކުރަންދަތި ޖަޒުބާތީ ތޫފާނެއް މުޅި މާހައުލަށް ވެރިވެއްޖެއެވެ.
“އައިމް ސޮރީ. އަދި ތައްޔާރެއް ނޫން. ޒެލީ އަށް ދެ އަހަރު ވާ ދުވަހު ތި ކަމަށް ޖަވާބެއް ދޭނަން.” ޒަވިއަންގެ ގާތުގައިވުމަށް އަރީންގެ ހިތް އެދުނުނަމަވެސް އޭނާ އެހީ ސިކުނޑީގެ ބަހެވެ. އެގޮތުން އަރީން އޭނާގެ ނަޒަރު ބަދަލުކޮށްލުމަށްފަހު، ބާރަށް އަތް ދަމައިގަތީ ޒަވިއަންގެ ހިތް ކުދިކުދިކޮށްލަމުންނެވެ. އެ އަމަލުން ޒަވިއަންގެ ހިތުގައި ފުން ރިހުމެއް އުފެދުނު ނަމަވެސް، ވަކި ދުވަހަކުން ޖަވާބެއް ދޭނެކަމަށް އަރީން ބުނުމަކީ އޭނާއަށް ލިބުނު ފަނޑު އުންމީދެކެވެ. އަރީންގެ ބުނުމަށް އިހުތިރާމްކުރުމުގެ ގޮތުން ދުލުން އިތުރު ބަހެއް ބޭރުކޮށް ނުލާ ޒަވިއަން އެތަނުން ނުކުމެގެން ދިޔައީ މަޑުމައިތިރިކަމާއެކުގައެވެ.
އަރީން ކޮޓަރިން ނުކުތީ ޒަވިއަން ދިޔަތާ އިރުކޮޅެއް ފަހުންނެވެ. ބަދިގެއަށް ވަދެފައި އޭނާ މެންދުރު ބްރޭކަށް އައިސް ކެއްކި ނޫޑުލީހުގެ ބާކީ ބައި ކާން ފެށިއެވެ. ކަމުން ދިޔައިރު އޭނާއަށް ވިސްނެމުން ދިޔައީ ޒަވިއަންގެ ވާހަކަ އާއި މެދުގައެވެ. ޒައިލީނަށް އަހަރެއް ފުރުނީއްސުރެ އެ ގެއަށް ބަދަލުވާން ޒަވިއަން ބުނަމުން ދިޔައެވެ. ދެމީހުން ވަކި ކޮޓަރިއެއްގައި ހުންނަން ޖެހުނަސް ހެޔޮ ކަމަށް ބުނެއެވެ. ވަޒީފާއަށް ދަމުން ޒައިލީންގެ ހުރިހާކަމެއް އެކަނިން ބަލަހައްޓަން އުނދަގޫވާނެއްނުހޭ ބުނެއެވެ. އެހެނަސް އަނބުރާ އެ ގެއަށް ދާން އެ ހިތް ބިރުގަންނަނީއެވެ. މި ނުތަނަވަސްކަން އެއްފަރާތްކޮށް އަނބުރާ ދާންވީ ހެއްޔެވެ؟ ޒައިލީނަށް ދެ އަހަރު ފުރޭން ބާކީ އޮތީ ހަތަރެއްކަ މަސްދުވަހެވެ. އެ ދުވަހަކުން އަރީނަށް ޒަވިއަންގެ އެދުމަށް އާނ ބަސް ބުނެވިދާނެ ހެއްޔެވެ؟ މި ފިކުރުގައި އިނދެ އަރީން ކައި ނިންމާލައިފިއެވެ. އެއަށްފަހު ތަށިތައް ދޮވެ ބަދިގެ ނިންމާފައި އައިސް އޭނާ ކޮޓަރިއަށް ވަނެވެ.
ޖެހިގެން އައި ދުވަހެވެ. ލޯވް ފާރމުގައި އަރީން އުޅުނީ އައްފާނުގެ ކޭސް އަޑުއެހުމަށް ތައްޔާރު ވާށެވެ. މާދަމާ އެ އަޑުއެހުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތުގައި އުޅެނިކޮށް ނުދަންނަ ނަންބަރަކުން އަރީނަށް ގުޅަން ފެށިއެވެ. ފުރަތަމަ އޭނާ އަޅާ ނުލާ ދޫކޮށްލީ ސްޕޭމް ކޯލަކަށް ވެދާނެތީއެވެ. ދެވަނަ ފަހަރަށް ގުޅަން ފެށުމުން އަރީން ފޯނު ނެގިއެވެ. އެކޮޅުން ވާހަކަ ދެއްކީ އައްފާނުއެވެ. “އަރީން. އެކްސިޑެންޓުވި ބޭބެ… އަހުމަދުބޭ ނިޔާވެއްޖޯ. އަހަރެން ދެން ކީއްކުރާނީ؟ އާއިލާ އިން ވަރަށް ހިތްހަމަނުޖެހިފަ ހުރީ. އަހަރެންގެ ސަބަބުން އެ ބޭބެ…” ފޯނުގެ އަނެއްކޮޅުން އިވެމުންދިޔަ އައްފާނުގެ އަޑުގައި ހުރީ ބަޔާންކުރަންދަތި މަޑުމޮޅިކަމެކެވެ. ކޮންމެ ޖުމުލައަކާއެކު އޭނާގެ ހިތް ރޮމުންދާކަން އެ ކުރަކިވެފައިވާ އަޑުން ހާމަވަމުން ދިޔައެވެ.
“ކީކޭ؟ އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. އެކްސިޑެންޓުވީ ފަރުވާކުޑަ ކަމުން ކަމަށް ބަލައިފައި ވަނިކޮށް ވިކްޓިމް ނިޔާވުމުން ހީވަނީ ހުކުމް ވަރުގަދަ ވެދާނެހެން. އެކަމަކު މަސައްކަތް ކުރާނަން ލުއި ޙުކުމެއް ކުރޭތޯ.” އަރީން ރައްދުގައި ބުނެލިއެވެ.
“އިލެވެން. ބީޑަބްލިއު ގޭންގް އާއި ދެކޮޅަށް އެނަނިމަސް އެޓޭކް ކުރަންވީނުން ދެން. މިހާރު އަހަރެމެންނަށް ވާ ވަރަށް ބަދަލު ހިފުމަށް ތައްޔާރު ވެވިއްޖެ. ޕްލޭންގެ ދެވަނަ ސްޓެޕް ނަގަން ހިނގާ. ފަހަރަކު ދުންޏެއް އެއްލަމުން ގޮސް އެ މީހުން ބަލިކަށިކޮށްލަން ވާނެ.” ޒަވިއަން ލިޔަން އިން ރިވިއު ނިންމައިފައި އައިސް ލީވާންގެ މޭޒު ދޮށުގައި ގޮނޑި ދަމާލައިފައި އިށީނެވެ. “ޓައިމް ޓު ޔޫޒް މައި ރިފައިންޑް ހެކިން ސްކިލްސް.” އިނގިލިތަކަށް ދަމާލަމުން ލީވާން ބުނެލީ ނުރައްކާތެރި ގޮތަކަށެވެ.
ނިމިދިޔަ އަހަރު ތެރޭގައި ބޭރުގެ އެކުވެރިއެއްގެ އެހީގައި ލީވާން ވަނީ މޮޅަށް ހެކު ކުރަން ދަސްކޮށްފައެވެ. ޒަވިއަން ބޭރުގައުމަކުން ޚާއްޞަ ބަޔަކު އައްޔަނުކޮށް އެ މީހުން ލައްވާ ބީޑަބްލިއު ގޭންގަށް މަސައްކަތް ކުރާ މީހުންގެ ފަތިފުށް ހޯދިއެވެ. އޭނާގެ ބޭނުމަކީ އެ މީހުންގެ އަނގައިން އަޒާޔާ މަރާލުމަށް ކުރި ކަންތައްކަތުގެ ވާހަކަ ނެރޭ ހިސާބަށް ދިއުމެވެ. ފުރަތަމަ މަރުޙަލާގައި އެ މީހުން ކުރި ކަމަކީ އެ ނުބައި މީހުންގެ ޑިވައިސްތަކުގައި ސިއްރު ސްޕައި ކެމެރާތަކާއި ރިކޯޑާރސް އެކްޓިވޭޓް ކުރުމެވެ. ދެވަނަ މަރުޙަލާ ފަށާ ދުވަހަކީ މިއެވެ. ބީޑަބްލިއު ގޭންގްގައި އުޅޭ މުޑުދާރު މަސައްކަތަކުގައި ބައިވެރިވާ މީހުންނަށް އިންޒާރެއް ދޭނެ ދުވަހެވެ. ފުލުހުންނަށް މައްސަލަ ޙަވާލުކޮށްގެން މަސައްކަތް ކުރުމުގެ ބަދަލުގައި އޭނާ މި ގޮތް އިޚުތިޔާރު ކުރީ ކުރިން ކަންތައް ވެފައިވާ ގޮތުންނެވެ. އަނެއް ސަބަބަކީ ފުލުހުންގެ ތެރޭގައި ވެސް ބީޑަބްލިއު ގޭންގަށް މަސައްކަތް ކުރާ މީހުން އުޅޭކަން އެނގުމެވެ.
ވިޔަފާރި ދަތުރުތަކުގައި އުޅެމުން ލީވާން އުފެއްދި ފޭކް އައިޕީ އެޑްރެސްތައް ބޭނުން ކޮށްގެން ފަހަރަކު މީހަކަށް އިންޒާރުގެ މެސެޖެއް ފޮނުވަމުން ދިޔައެވެ. މެސެޖުތައް ކިތަންމެހާ ވެސް ތަފާތެވެ. އެއީ ޒަވިއަން އެޅި ބުއްދިވެރި ފިޔަވަޅެކެވެ. ބީޑަބްލިއު ގޭންގް އިން އެ މެސެޖު ފޮނުވި މީހާ ހޯދަން ކުރާ މަސައްކަތް ނާކާމިޔާބު ކުރުމަށް ބޭނުން ކުރި އުކުޅެކެވެ.
“މި މީހުންގެ ރިއެކްޝަން އަންނާނީ ކިހިނެއްބާ؟ ބީޑަބްލިއު ގޭންގާއި ހެދި އެހެން މީހުން ބިރުވެރިކަމެއްގެ ތެރޭގައި އުޅުނު ޙާލު އިހުސާސް ވުމުން ވާނެ ގޮތެއް ބަލައިލަން ބޭނުން. ގޭންގްސްޓާރުންނަށް ވަޒީފާ ދީގެން އުޅެންޏާ މިކަހަލަ ލަނޑު ލިބޭނެ.” ލީވާން އޭނާގެ މަސައްކަތް ކާމިޔާބު ކަމާއި އެކު ނިންމާލުމުން ޒަވިއަންގެ މޫނުމަތީގައި ދުވެލީ ފަތަޙައިގެ ހިނިތުންވުމެކެވެ. މި މަސައްކަތަކީ ހަމައެކަނި ލީވާނާއި ޒަވިއަނަށް އެނގޭ ކަމެކެވެ. ބީޑަބްލިއު ގޭންގަށް މަސައްކަތް ކުރާ މީހުންގެ ފަތިފުށް ހޯދަން އައްޔަނު ކުރެވުނު މީހުންނަށް ވެސް އެ ކަމުގެ ފަހަތުގައި ތިބީ އެ މީހުން ކަމެއް ނޭނގޭނެއެވެ. ޢާއިލާގެ މީހުންނަށް ވެސް ކަމުގެ ހިލަމެއް ގިލަމެއް ނުވާނެއެވެ. އެންމެ ކުޑަ މިނުން ދެމީހުންގެ މިތުރު އިޙުސާނަށް ވެސް މިކަން އެނގިފައެއް ނޯންނާނެއެވެ.
“އަޙްމަދު ޝިފާ ނިޔާވެއްޖެ. މިއަދު އަޞުރު ނަމާދަށް ފަހު އޮވޭ ޖަނާޒާ. އޭނާގެ ދޮށީ ދަރިފުޅަށް އާދެވޭންދެއް ލަސްކޮށްލީ. މޫނު ބަލާފަ ތައުޒިޔާ ކިޔަން ދާން ވާނެއްނު.” އިޙުސާނު ކެބިނުން ނުކުމެފައި އެ ޚަބަރު ދިނެވެ. “އާން. މެންދުރު ފަހު އެންމެން ވެސް ހުސްވާނެ. އެ ގަޑީ ދާން ހިނގާ.” ޒައިން ރައްދުގައި ބުނެލިއެވެ.
އަރީން ހަސްފަތާލަށް ދިޔައީ ވިކްޓިމްގެ އާއިލާ އާއި ބައްދަލުކޮށްލުމުގެ ނިޔަތުގައެވެ. އެ މީހުން ތިބި ހިސާބަށް ދެވުނު އިރު އެ ރޫމުގައި އެއް އަޑަކަށް ހިފާލައިފައި ވަނީ ރުއިމުގެ އަޑެވެ. ބައެއް ކުޑަކުދިން ބޭރުގައި ހުރެގެން ވެސް ރޮމުން ދިޔައެވެ. އަހުމަދު ޝިފާ އަށް ވެފައި އޮތް ގޮތުން ކުޑަކުދިން އެ ތަނަށް ނުވައްދަނީއެވެ. ޝިފާ އޮތް ހާލަތު ފެނިފައި، އަރީނަށް ކެތްނުކުރެވިގެން ދެލޯ މަރާލެވުނީ ފެނުނު މަންޒަރުގެ ބިރުވެރިކަމުންނެވެ. އައްފާނަށް ހެދުނު ކުޑަކުޑަ ގޯހެއްގެ ސަބަބުން، މިއަދު މި ދުނިޔެއާ ވަކިވެގެން އެދިޔައީ އެއްވެސް ކުށެއްނެތް މައުސޫމް ފުރާނައެކެވެ.
ކިތަންމެ ހިތްހަމަނުޖެހުނަސް އައްފާނުގެ ލޯޔަރުގެ މަޤާމުގައި ހުންނަން މި ޖެހުނީ އަރީނަށެވެ. މި ގޮތަށް ޙަވާލުވާ މައްސަލަ ތަކުގައި އޭނާ މަސައްކަތް ކުރަނީ ހިތާއި ދެކޮޅަށެވެ. ކުށްވެރިޔާ އެދޭ ގޮތަށް ވާހަކަ ދެއްކި ނަމަވެސް އޮޅުވާލުމާއި ދުރުހެލިވެގެންނެވެ. ކުށްވެރިޔާ ދޮގު ހަދައިގެން އޭނާ ސަލާމަތް ކުރަން އެދެފިނަމަ ބީރު ކަންފަތެއް ދީގެންނެވެ. އެކަމަކު ޝަހުދުގެ މައްސަލައިގައި އޭނާ ދޫކޮށްލީ ނުރައްކާތެރި މީހަކަށް ވުމުންނެވެ.
އައްފާނުގެ ފަރާތުން މަޢާފަށް އެދި އަރީން ވާހަކަ ދެއްކީ އަހުމަދު ޝިފާގެ އަންހެނުންނާއި އެވެ. އޭނާ ޖަޒުބާތުގައި ޖެހިފައި ހުރުމުން އަރީންގެ މޭގައި އަޅާ ކޮށްޕާލިއެވެ. “އަހަރެންގެ ފިރިމީހާ މަރާލާފަ އޭނާ ކީއްކުރަން މާފުގެ މެސެޖު ރައްދު ކުރަނީ. ޅަ ޒުވާނަކަށް ވިޔަސް އޭނާ ޖެހޭނީ ޖަލުގައި މަރަށް ތެޅެން. އެ ފަކީރު މުސްކުޅި އުމުރުގައި ހުއްޓާ އެ ކަހަލަ ގޮތަކަށް މަރާލަން ކޮން ކުށެއްތަ ކުރީ. ވިސްނާލަބަލަ. ފުރާނަ ވަކި ވުމުގެ ކުރިން އަހަރެންގެ ފިރިމީހާގެ ހަށީގައި ކިހާ ވޭނެއް އަޅާނެ. ތި ވަކީލަރާއި ވާހަކަ ދައްކާކަށް މަ ބޭނުމެއް ނޫން. މި ތަނުން ނުކުމެގެން ދޭ.” އަހުމަދުގެ އަންހެނުން އަރީންގެ ކޮނޑުގައި ހިފާ އެ ތަނުން ނެރެ އެތިވަރު ގޮވިއެވެ. އަރީން އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. އެ ވަގުތު އެ ދެމެދަށް ވަނީ ޖަންނަތުއެވެ. އަރީންގެ މޫނު މަތީގައި ޖަހަން އެ އަންހެން މީހާ އުފުއްލާލި އަތުގައި އޭނާ ހިފެހެއްޓިއެވެ. އަރީން އެއްޗެއް ނުބުނަނީސް އަތުގައި ހިފައިގެން ޖަންނަތު އެ ތަނުން ނުކުމެގެން ދިޔައެވެ.
ޓީމުގެ މެންބަރުން މެންދުރު ފަހު ޓްރީޓޮޕަށް ދިޔައީ އަހުމަދު ޝިފާގެ ޢާއިލާއަށް ތައުޒިޔާ ކިޔާށެވެ. މޫނު ބަލާ ތަނަށް ވަދެވުމާއި އެކު އަފާފް އަށް މޫނުގައި އަތް އެޅުނެވެ. އެ އެކްސިޑެންޓް ވީ ގޮތުން ކާރުގައި ޖެހިފައި އަޙްމަދު ދިޔައީ ވިއްސައިގެން ކަހަލަ ގޮތަކަށެވެ. އެހާ އުމުރުން ދުވަސްވެފައި ހުރި ބަލި މީހަކު ގޮސް ތާރުގަނޑު މައްޗަށް ޖެހުމުން ސަލާމަތް ވުމުގެ ފުރުސަތު ހަނި ވާނެތާއެވެ. ތާރުގަނޑުގައި ޖެހުނީ މޫނު ވަތަށް ކަމުން ސިފަ ވަކިކުރަން އުނދަގޫ ގޮތެއް ހުއްޓެވެ. ލިބުނު ޒަޚަމުތައް ގުނާ އަދަދު ކުރަން އުނދަގޫވާހާ ވެއެވެ. މޭކަށިގަނޑު ފުނޑިފައި ސްޕައިން އަށް ގެއްލުން ވެފައި ހުއްޓެވެ. ފައި ބިނދި އަތުގެ ކޮނޑު ހުޅު ވަނީ އެއްފަރާތަކަށް ކެހިގެން ގޮހެވެ. ޑަކުޓަރުން ކެނޑިނޭޅި އެ ފުރާނަ ސަލާމަތް ކުރާން މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ނުވީއެވެ.
މޫނު ބަލައިފައި އެންމެ ފަހުން ނުކުތީ ސުމައްޔާއެވެ. އޭނާ ނުކުންނަން ދިޔަ ވަގުތު އެ ދިމާލަށް ދުވެފައި އައި ފިރިހެނެއްގެ ގައިގައި ލައިގަނެފައި ނުވެއްޓުނީ ކިރިޔާއެވެ. ވަގުތުން ބެލެންސް ކޮށްލެވުނު ކަމީ އޭނާގެ ނަސީބެވެ. “ސޮރީ.” މަޢާފަށް އެދިފައި އެ ފިރިހެން މީހާ ގޮސް އަޙްމަދު ޝިފާގެ ގާތުގައި އިށީނދެ ‘ބައްޕާއޭ’ ކިޔާ ރޯން ފެށިއެވެ. ސުމައްޔާ އަށް ބަލަން ހުރެވުނީ ހުއްޓުން އަރައިފައެވެ. އެއީ ކާކު ކަން ވަކި ކުރަން އޭނާ އަށް އުނދަގުލެއް ނުވިއެވެ. އެއީ އެހެން ދެވަނަ މީހެއް ނޫނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
36 Comments!
Comments are closed.







Mi part ves vrh reethi MA!
Reen mi criminal case ninmaalaa goi ingey hih vey eba
I don’t think Affaan is lying. Aamir is Affaan’s dad???
Xeli misses her dad soo much😢💔
Vrh heevey Reen anburaa Xev kairi ah dhaakah hen.
Aaahhhh! Kaakutha Ahmad shifaa ge son akee??🤔🤔 Visnaa visnaa neyngunu 😕
Whn nxt?????
Luv u <3
I think it’s Naail
Yea, aamir is affan’s dad
Gosfaane dhw, but not sure yet 🤔🤔
Ahmed shifaa ge son engeyne fahun, I can assure you that its not naail
IA next Thursday
Shukran Anonymous ✨✨
Lyt darl 🫰🏻🫰🏻
Zev actually changed dhw?? 😌 Reen then maaf nukuriyas ge ah change vaan v kanne… Xely vx beynun vaane dhw zev konme dhuvahaku fenilan..
So affan’s dad is aamir? and he killed his wife who’s affan’s mum? and in the accident bro accidentally killed his uncle?? N what does bro mean by mashah dhin laarin?
Anyways who’s that ahmed’s son sumy know???
When next?
Ly💗
Yes, he changed after learning the truth
Aan ekujja beynunvaane, hingaa balamaa vaa gotheh
Yes affan’s dad is amir. Amir did kill his wife, Affan’s mum. Accident ga niyaavee affan aa ehves gulhumeh neiy faraatheh.
Rich dad eh veema son ah spending ah laari dheynehnu, that money.
Hope that answers your questions
IA next Thursday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
Yeah im suspecting ihsaan and naail, sorry i kind of forgot some parts
Mibai varah salhi
Maasha allah
Early eid mubarak
Whn nexttt
It can’t be either of em 😔😔
Eid Mubarak to you asw
IA next Thursday
Shukran Diva_gurly ✨✨
V v reethi mi part ves MA
Naseebeh hama reen salaamay vikkan I also thought aii BW ge meeheh kamah
I wondering kaakubaaey sumo gaigajehunee
So when next ?
Story ge past oiy gothun heevaany bw gang ba eh hen dhww 😒😒
IA next Thursday
Shukran Sheex ✨✨
Omg kaaku tha sumo ah edhimaavee imm soo curious
Anywayss mi part ves varah reethi
Waiting for the next partttt
Love yahhh.!!!❤️
Happy to hear that 😄😄
Shukran Verrr ✨✨
Lyt darl 🫰🏻🫰🏻
Awwwnnnnn. Vrh reethi.
🌸🌸🌸🌸🌸🌸
Reen dhaanr nama dhww Xev kairiah. Eyrun Xev kihaa happy vaane dhww. Xelee vx happy vaane ehnu.
Alhe bunela dheeba sumee gaiga laigathee kurin mi story ga ulhunu character eh tha. or new character eh thrr ?????
When Nxxxt Prt ??????
Reen ehaa faseyhainneh nudhaanehnu 🫠🫠
That character was mentioned before 😁😁
IA next Thursday
Shukran xxx_dodo_xxx ✨✨
Ummmn. Kureegebai thakuga Issey ekiyaneenu Sumoa ah “fathafolhi” eyyy. Aslu ” santhi ” ahvuren enan maa reethi. GL4U.
Alhe Xaileen ge pic eh laba cover page ah. emanje ge cute face dhekilan beynumey.
Nxt ?????
I had to change that nickname after learning that it had a bad double meaning 😔😔
IA I will put a pic of her in a later episode
Next Thursday ga submit kohlaanan IA
Shukran Caspian ✨✨
Haadha avahah aai Bbby eh bodU vee Eww….
Maa avahah Zaileen Bodu vee
Xai ge pic eh laaba!! Areen Vexxx
Hehe, she did grew up fast
Shukran Idc if you ignore me, I’m buried!! ✨✨
Eekko vx buneemey nula hey Xailee ge Pic eh. U nikan laaba dhww.
Vrh vx reethi ingey mi Bai vx.
U ah Goog Luck ingey.
Nxxtt prrrrtttt ?¿?¿?¿?¿?¿?.
Alrss, I will add her pic some more episodes later 😄😄
Shukran Exxo ✨✨
Hint dheeba sumy laigaith meeha ge😭
Okay, both areen and sumee visited apartment next reen’s former one to find a man. That’s the hint 😁😁
Shukran Uj ✨✨
mi part vs hama perfect as usual
keep it up sissy
Shukran shynyx ✨✨
Mi part ves varah reethi. Reen pls zev kairi ah dhchchey anburaa. Sumayya ah efenunu firihin meehaa akee kaakubaa? Pls dont tell me eyee ihsaan ey . curiously waiting for next part???
Let’s hope she goes back
We’ll see who sumee met later, it’s not ihsaan as he also came with her ethanah, stay tuned 😄😄
Shukran Miss rose ✨✨
mi hate cmt eh noon inge
Assu v faahaga kureve ehn liyunthereen ge ehchis copy kuraa kan thi author…Aadhaige nan thah beynun kurumun massalayeh neiim… ekamaku Zailin fadha nan nan mi famous vhk thakuge main kudheenge nanthah…..zelly es ei yoon story ehgai nezeli ah kiyaanameh..
Zaileen is a name of a character in yooon’s story. Alhugandah zavian aa areen ge namaa gulhuvaalevey namakah engey namakee eii kamah veema choose kury. And abt her nickname, I don’t remember zelly was used, Zaileen e nan alhugandah kuru kohlevunu goiy eii.
I haven’t directly copied another writer’s story, its always based on my imagination, heavy brainstorming.
Shukran Anonymous ✨✨
ehen vejjeyya zaara zareen zaireen zuraa zivaa zirvin miothi hus Nan dho qabuulenukurrve
mi stryhadi vaahaka eh noon mibunani…. stry kithammehaa es furihama..ekamaku alhugadu mi ekahala kanthah dheke ehaa lowbikuraa faraathei noon..ehnve buneli…keep it up❤️..ingey thi author vs thi yoon ge reader eh kan…ehnve assu
Hiii white rose
I can say a wowww to this part
This part is also so nice and perfect..can’t wait zeley ah 2 Aharu furry dhuvehah😂
MA mi part vex v reethi
Lysm
When next?
I’m glad to hear that 😄😄
IA tomorrow
Shukran R@@jiha🧕 ✨✨
Lyt darl 🫰🏻🫰🏻
Heevejje rishvaan hen? Noontha alhe?
Maa bodu hinteh dhw dhevuny, yeah its him
Shukran Your fav bab ✨✨
Submitedd??
submit kuri tha?