ދެވުނީ ވޭނޭ 53
“ކީއް ކުރާނީ؟ ރިޝްވާން މި ތަނަށް އެ އައީ ބްލޫ ވޯޓާސްގެ މީހުންނަށް ފިލާކަށްނު. އެހެންވެ ބޭރު ތެރެއަށް އެހާ ވަރަށް ނުނިކުންނަނީ ކަން ނޭނގެ. މާދަން ރޭގަނޑަށް ޓިކެޓް ނެގުނުކަން ރަނގަޅު. އޭރުން މާދަމާ ވެސް ރިޝްވާން ފެނޭތޯ ރަށުގައި އަތް ފުނާ އެޅޭނެއްނު.” އަރީން ހިތްވަރު ދިނުމުގެ ގޮތުން ބުނެލިއެވެ.
“މީހުންނަށް ފިލައިގެން އުޅެންޏާ ވަކި އަހަރެމެންނަށް ރިޝްވާން ހޯދޭނެތަ؟” ސުމައްޔާ އެހިއެވެ. އަރީން އިސްޖަހާލީ އެއަށް ދޭނެ ޖަވާބެއް ނޭނގުމުންނެވެ. “އަދި އެންމެ ދެކުނު ކޮޅަކަށް ނުދަމެއްނު. ފަހަރެއްގަ އެ ހިސާބުން ރިޝްވާން ދަންނަ މީހަކާ ދިމާވެދާނެ. ކުޑަ ކުޑަ އުންމީދެއް އޮތަސް ހިތްވަރު އެލުވާލާކަށް ނުވާނެ. ދެން ހިނގާ ހޮޓެލަށް ދާން.” ޖަންނަތު ބުނެލިއެވެ.
ހޮޓެލަށް އައިސް ތާޒާ ވެލުމަށް ފަހު ތިން މީހުން ރޭގަނޑު ދިޔައީ މޫޑިޖް ކިޔާ ރެސްޓޯރެންޓަކަށެވެ. ކުޅީގައި ހަދައިފައިވާ އެ ރެސްޓޯރެންޓަކީ ރަށަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި މަޤުބޫލު ތަނެކެވެ. ކާން އޯޑަރުކުރުމަށްފަހު، ސުމައްޔާމެން އަވަސްވެގަތީ އެ ހިތްގައިމު މަންޒަރުތައް ފޯނުގެ ކެމެރާގައި ރައްކާކޮށްލުމަށެވެ. އެއީ ހަނދުވަރުގެ ރީތިކަން މުޅި އުދަރެހަށް ފެތުރިފައިވާ ބުރުހަމަ ރެއަކަށް ވުމުން ކުޅީގެ މަޑުމައިތިރި ފެންގަނޑު އޮތީ ރިހިކުލައިގެ ދޫލައެއް ފަދައިން ހަނދުވަރުގެ އަލީގައި ވިދަވިދައެވެ. ފެންގަނޑުގެ މަތިން ޖެހެމުންދިޔަ ފިނި ރޯޅިތަކާއެކު، ހަނދުގެ ސޫރަ ފެންގަނޑުގެ ތެރޭގައި ނަށަމުންދާ ފަދަ ހިތްގައިމު މަންޒަރަކުން މުޅި މާހައުލު ވަނީ އުޖާލާވެފައެވެ.
ސުމައްޔާ އިޙުސާނަށް ވީޑިއޯ ކޯލް ކޮށްފައި ފޯރީގައި ސަޅި ބައިސާ ކަނޑަމުން ދިޔައެވެ. އިޙުސާނު ދެރަނުވާން ވެގެން ރައްދު ދެމުން ދިޔައެވެ. އެ ދެމީހުންގެ ކޯޅުން އިވިފައި ޖަންނަތު އާއި އަރީނަށް އިނދެވެނީ ހެވިފައެވެ. އެހާ ވެސް ސަކަރާތް ގަދަ ދެ މީހުންނެވެ.
***
އަނެއް ދުވަހަށް އަރައިގެން އައި އިރާއި އެކު ސުމައްޔާމެން އެމީހުންގެ މަސައްކަތް ފަށައިފިއެވެ. ހިނގަމުން ގޮސް ދިހައެއް ޖެހުމުން ފިހާރަ އަކަށް ވަނީ ފިނި ދަޅެއް ގަންނާށެވެ. އައިސްއަލަމާރި ހުޅުވާލައިފައި ތިން މީހުން ނެގީ އެކްސެލް ދަޅެކެވެ. އެ ހިފައިގެން ގޮސް ލާރި ދައްކަން ކައުންޓަރު ކުރިމަތީގައި އެމީހުން ހުއްޓުނެވެ. އެ ވަގުތު އެހެން މީހަކު އައިސް ފިހާރަ ތެރެއަށް ވަނެވެ. އަރީން އެއްލި ކަޅިން ފެނުނު ސޫރައަކުން އެ ތުންފަތް ދެ ފަރާތަށް ދެމިލިއެވެ. ވަގުތުން ގޮސް އެ ފިރިހެން މީހާ އާއި އަރާ ހަމަކުރިއެވެ. ސުމައްޔާ އަވަސް އަވަހަށް ދަޅުތައް ހިފައިގެން އަރީންގެ ފަހަތުން ދިޔައެވެ.
“ރިޝްވާން.” އަރީން ގޮވާލިއެވެ. އެ މީހާ ސިހިފައި ބަލައިލުމަށް ފަހު އެ ފިހާރައިން ނުކުންނަން ދިޔައެވެ. އަރީންމެން އޭނާގެ ފަަހަތުން ދިޔައެވެ. އެސޮރު އެމީހުންގެ ކިބައިން ފިލަންވެގެން ދުއްވައިގަތެވެ. ފަހަތުން ގޮސް ރިޝްވާނާއި އަރާ ހަމަކުރެވުނީ ސުމައްޔާ އާއި ޖަންނަތު އަށެވެ. އަރީނަށް ލަސްކަމުން އާދެވުނީ އިރުކޮޅެއް ފަހުންނެވެ.
“އަހަރެމެން ރިޝްވާން މި ހޯދަނީ އެހީއަކަށް އެދި. އަހަރެމެންނަށް ވާހަކަ ދައްކަން ފުރުސަތެއް ދެއްވާ.” ސުމައްޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. “މި ތަނުގައި އުޅޭ އެހެން މީހުން ގާތުން އެހީ ހޯދިދާނެއްނު. މަ ދިޔަޔަކަ ދީ.” ރިޝްވާން ނުރުހުންތެރިކަމާއި އެކު ބުނެލިއެވެ. “އެހެން މީހަކަށް އެހީ އެއް ނުވެވޭނޭ. އަޒާޔާގެ މާރޑާ ކޭސް. އަހަރެމެން މިއީ އަޒާޔާ އެންމެ ގާތް ރަޙުމަތްތެރިން. އެ ކޭސްގައި ފްރޭމްކުރެވުނު މީހަކީ އަހަރެން.” އަރީން ވައި އަޑުން ބުނެލީ އެހެން މީހަކަށް ނީއްވަންވެގެންނެވެ. ކުއްލިއަކަށް ލިބުނު ސިހުމާއެކު ރިޝްވާން ހުރި ފިޔަވަޅު މަތީގައި ގަނޑުވިއެވެ.
“ތާކުން މީހަކު މަރާލިޔަސް އަހަރެންނަށް ކަމެއް އެނގޭނެތަ؟” ނަފްސް ހަމައަކަށް އަޅުވާލަމުން ރިޝްވާން ބުނެލިއެވެ. “އަހަރެންނަށް އެނގޭ އެ ރޭ އަޒާޔާ މަރާލައިފައި އޮއްވާ ފެނުނު އެޕާޓްމަންޓާއި ޖެހިގެން ހުރި އެޕާޓްމަންޓުގައި އުޅުނީ ރިޝްވާން އާއި މާނިއު ކަން. އިތުރަށް މިހެން ހާމަ ތަނެއްގަ އެއްޗެއް ބުނެވޭކަށް ނެތް.” ސުމައްޔާ ބުނެލިއެވެ. “ދެން އެ ކޭސް އަލުން އޯޕަން ކުރަންތަ ތި އުޅެނީ. އަހަރެންނަށް ހެކި ބަހެއް ނުދެވޭނެ.” ރިޝްވާން ބުނެލިއެވެ. “ހެކި ބަސް ނުދިނަސް ހެވޭ. ހަމައެކަނި އެރޭ ކަންތައް ވީ ގޮތް ކިޔައިދޭންވީ.” އަރީން ބުނެލިއެވެ.
“އެންމެ ރަނގަޅު. އެކަމަކު މި ވާހަކަތައް ކިޔައިދިނީ އަހަރެން ކަން އެކަކަށް ވެސް އެނގިގެން ނުވާނެ. އާދެ އަހަރެންނާއި އެކު. އަހަރެން އުޅޭ ގެ މާ ދުރެއް ނުވާނެ.” ރިޝްވާން އެންމެ ފަހުން ގޮތް ދޫކުރިއެވެ. އަރީނާއި ސުމައްޔާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ރިޝްވާންގެ ފަހަތުން ދިޔައީ އޭނާގެ ގެއަށެވެ.
ގެއަށް ވަދެ ދޮރު ތަޅުލައިފައި ރިޝްވާން ބުނެލީ އަރީންމެން ގާތު ސޯފާގައި އިށީންނާށެވެ. އެއަށްފަހު ކޮޓަރިއަށް ވަދެ ދަބަސްގަނޑެއް ހިފައިގެން އައިސް ގޮނޑީގައި އިށީނދެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“އެރޭ އަހަރެން ބެލްކަންޏަށް ނުކުތީ ހިއްކަން އަޅައިފައި ހުރި އެއްޗެހި ނަގަން. މާނިއު ވެސް އަހަރެންނާއި އެކު ނުކުތް. އެ ވަގުތު ޖެހިގެން ހުރި އެޕާޓްމަންޓުގެ ބެލްކަންޏަށް ތިން މީހަކު ނުކުތް. އަހަރެން ފަހަތަށް ޖެހިލައި ނިވާވެލީ މާނިއު ބުނުމުން. އެއަށްފަހު އަހަރެންގެ ފޯނުން ސިއްރުން ވީޑިއޯ ކެމެރާ ޖައްސާލިން. އެ މީހުން ހުރެފައި ދައްކަން ފެށި ވާހަކައަކުން މޭގަނޑު އަނގަޔަށް އައި ކަހަލަ.” ރިޝްވާން ވާހަކަ ދައްކަން ފެށިއެވެ. ދެން ދަބަސް ތެރެއިން ފޯނެއް ނަގާ ހުޅުވާލަމުން އޭނާ ކުރި ވީޑިއޯ ދައްކާލިއެވެ.
“ކަލޭމެން ބުނީމެއްނު އެ އަންހެން ކުއްޖާ މަރައެއް ނުލާނަމޭ. އެހެންވެޔޭ މި ކަމުގަ ބައިވެރިވާނަމޭ ބުނީ.” އެކަކު ވަރަށް ހިތްހަމަނުޖެހިފައި ބުނެލިއެވެ. “އަނެއްކާ ވެސް އެ ވާހަކަ. ބަލަ އެ އަންހެން ކުއްޖާ މަރާ ނުލާ ދޫކޮށްލިއްޔާ އަހަރެމެންނާއި ދެކޮޅަށް ހެކި ބަސް ދީފަ ޖަލަށް ގަޅާލަފާނޭ. އޭރުން ވަގަށް ނެގި ރުފިޔާ ތަކާއި ލިޔުންތައް ޒިޔާދަށް އަނބުރާ ހޯދިދާނެ. މީނާ ކަހަލަ ހިތް ބަލި ތާކުން ތާކު ނުޖެހޭ މީހަކު ނަގަން މި ނާއިލް ވެސް ބުނަން ވެއްޖެ.” ދެން ވާހަކަ ދެއްކީ މެދު އުމުރުން މައްޗަށް ގޮސްފައި ހުރި މީހެކެވެ.
“މި ތާކުން ތާކު ނުޖެހޭ ސޮރު ނުގެނައްޔާ މި ޕްލޭން ވޯކެއް ނުކުރާނޭ. ދެން ވެސް މިތާ ވަގުތު ބޭކާރު ނުކޮށް ހިނގާ ދާން. **. ކަލޭމެންނަކާ ހަދައިގެން އެ ވެއްޓުނީ މަރާލަން ބޭނުން ކުރި ވަޅި. އަނެއްކާ އަނެއް ކަންތައް.” ނާއިލް ފާޑަކަށް ހަޅޭއްލަވައިގަތީ އެ މީހުން ގެންގުޅުނު ދަބަހަކުން ވަޅިއެއް ބެލްކަނިން ބޭރަށް ވެއްޓެމުންނެވެ. “އެ ދޫކޮށްލާ ދެން. އަހަރެމެންގެ ފިންގަރ ޕްރިންޓެއް އެއްޗެއް ނެތިއްޔާ އެ ވަޅި އޮތަސް ކަމެއް ނުކުރެވޭނެ. ފުލުހުންގެ ތެރެއިން މިކަން ނިންމާލާނެ ގޮތް އޮންނާނީ ހަމަޖައްސާފަ.” އެ މެދު އުމުރުގެ ފިރިހެން މީހާ ބުނެލިއެވެ. އެއަށްފަހު ފެނުނީ ތިން މީހުން އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ފުންމަމުން ދިޔަ މަންޒަރެވެ.
އަރީން އިނީ ބުނާނެ އެއްޗެއް، ކުރާނެ އިޝާރާތެއް ނޭނގިފައެވެ. އޭނާގެ ވަށައިގެންވީ ހިމޭންކަމަށް ވުރެ އެ ހިތުގެ ތެޅުން ބާރުވެއްޖެއެވެ. މި ކަމުގައި ނާއިލް ބައިވެރިވި އިރު ވާނީ ސޯޅަ އަހަރެވެ. އެ އުމުރުގައި މި ވަރުގެ ކުށަކަށް އަރައިގަންނަން ޖެހުނީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. ދެން ފުރަތަމަ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކި މީހާގެ އަޑެވެ. ސީދާ ކާކުކަން ނޭނގުނެއް ކަމަކު އެއީ ދަންނަ އަޑެއްކަން ޔަޤީންކުރެވުނެވެ.
“ޖެކްޕޮޓް. މި އެނގުނީ އެއް ކަލްޕްރިޓް. ދެން މި ތިބީ ދެމީހުންގެ ގޮތް ހޯދަން އެ ސޮރާއި ދިމާލަށް މާފުއްޓަށް ދާންވީ.” ސުމައްޔާ ފޯރީގައި ބުނެލިއެވެ. “މި މީހުން އެ ބުނާ ނާއިލް އަކީ ބްލޫ ވޯޓާސްގެ ޗެއަރމަން ޢަލީ އަހުމަދުގެ ފިރިހެން ދަރި. ދެން ތިބި މީހުންގެ ނަމެއް ނުކިޔާ. އެހެންވެ ކޮން ބައެއް ކަމެއް ވަކި ކުރާކަށް ނޭނގުނު. ބަލާބެލުމަށް އެކަކަށް ހީވަނީ ފަންސާސް އަހަރު ފުރެން ގާތްވެފަ ހުރިހެން. ދެން ހުރީ ސޮރު ވަރަށް ޒުވާން. ވިއްސަކަށް އަހަރުގެ މީހެއް ވައްތަރު ޖަހަނީ.” ރިޝްވާން ފޯނު ނަގަމުން ބުނެލިއެވެ.
“މި މީހުންނަކީ ނުރައްކާތެރި ބައެއް ވީމަ ދިމާލަށް ދާކަށް ނުކެރުނު. ނުވީތާކަށް އެ މީހުން ތިބީ ސްޓޭޝަންގެ ބައެއް ފުލުހުން ގަނެލާފަ. ހަދާނެ ގޮތް ނޭނގި އަތަށް ގޮވާފަ ތިއްބާ ކުއްލިއަކަށް މި މައްސަލަ އޮއްބާލައިގެން ދިޔައީ. ވަރަށް ދުވަސްވާން ދެން އަހަރެމެން ހިމޭނުން ތިބިން. އެކަމު ވަކި ހިސާބަކުން މާނިއު ރުޅިގަދަވެގެން އެ ވާހަކަ ބުނީހެން ހީވަނީ. އެ ހުރީ ހަދާލި ގޮތް. ފިރިހެން ދަރިފުޅާއި އެކު ދުއްވަން އިން ޖެޓް ސްކީގަ އެކްސްޕްލޯސިވް ހަރުކޮށްފަ ގޮއްވާލީ. އަހަރެން މި ރަށަށް ފިލައިގެން އައީ އެހެންވެ. އެ މީހުންނަށް ފިލަން.” ރިޝްވާން އިސްޖަހާލަމުން ވާހަކަ ދެއްކި އިރު ހުރީ ފެންކަޅިވެފައެވެ.
“މާނިއު އަށް އިންސާފު ލިބިއްޖެ. އޭނާގެ އަންހެނުން ކެނޑިނޭޅި ކުރި މަސައްކަތުން އެ ކަން ކާމިޔާބު ވީ. އަހަރެން ލިވާޒާގެ ލޯޔަރުގެ ގޮތުގައި މަސައްކަތް ކުރީ. މި ވީޑިއޯ އަހަރެންނަށް ފޮނުވާލަބަ.” އަރީން ރިޝްވާންގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. “އެހެންތަ؟ އަލްޙަމްދުލިއްލާހި. އަރީން ހާދަ ހިތްވަރުގަދައޭ އެ ކަހަލަ ބަޔަކާއި ދެކޮޅަށް ނުކުންނަން. އިރާދަ ކުރެއްވިއްޔާ މި ކުއްޖާ އަށް ވެސް އިންސާފު ލިބޭނެ. އަރީން އެދެފިނަމަ ހެކި ބަސް ދޭން ވެސް މި ހުރީ ތައްޔާރަށް. ތި ކަހަލަ އަންހެން ކުއްޖަކު ބިރު ކަނޑާލައިފައި އެ މީހުންނާއި ކުރިމަތިލާ އިރު އަހަރެން ކަމެއް ނުކޮށް ހުރުމަކީ ލަދުވެތި ކަމެއް.” ރިޝްވާން ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“މި އޮތީ އެ މީހުން އަޒާޔާ މަރާލަން ބޭނުންކުރި ވަޅި.” ރިޝްވާން ދަބަސް ތެރެއިން ޕްލާސްޓިކް ކޮތަޅަކަށް ލައިފައި އޮތް ވަޅި އަކާއި ޕެންޑްރައިވްއެއް ނަގާ އަރީން އަތަށް ދިނެވެ. “ޝުކުރިއްޔާ. ރިޝްވާންގެ ނަންބަރު ދެވިދާނެތަ؟” އަރީން އޭގައި ހިފަމުން ބުނެލިއެވެ. ރިޝްވާން އަރީންގެ ފޯނުގައި އޭނާ ނަންބަރު ލިޔެ ރިންގެއް ޖަހާލިއެވެ. ތިން މީހުން އެ ގެއިން ނުކުމެގެން ދިޔައީ ދެނެވެ. އެ ރަށަށް އައި މަޤްޞަދު ޙާޞިލުވުމުން ތިން މީހުން ވެސް ހުރީ އުފަލުން ފޮޅިފައެވެ.
އަނބުރާ ހޮޓެލަށް އައިސް އަރީން ފޮށި ޕެކް ކޮށްލިއެވެ. ޕްލާސްޓިކް ކޮތަޅު އިތުރު އެތެރެ ނުފެންނަ ކޮތަޅަކަށް ލައިފައި ފޮށީގެ އެންމެ އެތެރެއަށް ކޮށްޕާލިއެވެ. ޖަންނަތު އާއި އަރީން ފޮށްޓެއް ގެނައި އިރު ސުމައްޔާ ގެނައި ދަބަހެކެވެ.
“ހިނގާބަލަ ދެން މި ހުރި ވަގުތު ތަކުގައި ފުވައްމުލަކުގެ ރީތި ތަންތަން ބަލައިލަން ދާން. މި ރަށަށް އައިސް ހަވިއްތަ ބަލާ ނުލާ ވޭތަ. ބަންޑާރަ ކިއްލި ކަންނޭގެ ކޮންމެވެސް ބްރޯޑް ވޯކެއް ވެސް އޮވެއެއްނު. އެ ތަނުގައި ހިނގާ ނުލާ ދިޔައިއްޔާ ކޮން ތާކު އެ ޖެހުނީ. ހިޔެއް ނުވޭ މިއިން ޒަމާނަކުން ރީން އާއި އެކު މި ތަނަށް އާދެވޭނެހެންނެއް.” ސުމައްޔާ ނިކަން ފޯރީގައި ބުނެލިއެވެ. “އެ ތެދެއް. އަހަރެން ވެސް މި ރަށަށް އައި ފުރަތަމަ ފަހަރު މިއީ. ޒިޔާރަތް ކޮށްލުން މުހިންމު ތަންތަނަށް ދާން ވާނެއްނު. މި ރަށުގަ ދެ ކުޅި ވެސް އޮވޭ ވިއްޔާ. ޒެލީއަށް ދައްކާލަން ވިޔަސް އެ ކަހަލަ ތަނެއްގައި ރީން ފޮޓޯއެއް ނަގަން ވާނެއްނު.” ޖަންނަތު ވެސް ސުމައްޔާގެ ވާހަކައަށް ބާރު ދެމުން ބުނެލިއެވެ.
“އަހަރެން ނުބުނަމެއްނު ނުދާށެކޭ. ދެން އެކަމު މެންދުރު މި އޮއް ރަތް ދަކަ އަވީގައިތަ ދަނީ.” އަރީން އޭނާ ދެކޭ ގޮތް ބުނެލިއެވެ. ސުމައްޔާ އައިސް އަރީންގެ ކޮނޑަށް އަތް ވައްޓާލިއެވެ. “ލުކް. މިރޭ އަހަރެމެންނަށް ފުރަން ޖެހޭ. އިރު ތިރި ވާއިރު ހުންނާނީ ފަހެއް ޖަހާފަ ކަންނޭގެ. އެހާ އިރު ވާންދެން މަޑުކުރިއްޔާ އެންމެ ތަނަކަށް ދެވޭނީ. އަހަރެން ވަރަށް ދުރާލާ ވިސްނާފަ މި ދޭ ނަސޭހަތެއް މިއީ. ނިކަން އަޑު އަހައިގެން މެންދުރު މަޖަލުގެ ދަތުރު ފަށަން ހިނގާ.” ސުމައްޔާ ޙަރަކާތާއި އެކު ކުޑަ ކުއްޖަކު އެއްބަސް ކުރަން އުޅޭ ފަދައަކުން ބުނެލިއެވެ.
“ހެހެހެ. ސުމީ އެހާ ބޭނުންވެފަ ހުރިއްޔާ ދާން ވާނެތާ. އިރު އޮއްސުމުގެ ކުރިން ދާން ބޭނުން ހުރިހާ ތާކަށް ދެވޭތޯ ބަލަން ވާނެ. އެހެންވީމަ މިހާރުއްސުރެ ތައްޔާރު ވާންވީ.” އަރީން އެނދުން ތެދުވަންނަމުން ބުނެލިއެވެ. އަރީންގެ ޖަވާބު އިވިފައި ސުމައްޔާ ކުޑަކުއްޖެއް ހެން ފުމެމުން ކޮޓަރި ތެރޭ އެނބުރޭން ފެށިއެވެ.
ފުވައްމުލައްކުގެ ޚާއްޞަ ސަރަޙައްދު ތައް ބަލާލަން ގޮސް ފޮޓޯ ނެގުމުގައި ތިން މީހުން އުޅުނީ އަވަދިނެތިއެވެ. އެހެނަސް އެންމެ ވަގުތުކޮޅަކަށް ވެސް ސުމައްޔާ ވަރުބަލިވެފައި ހުރި ކަމުގެ އަސަރެއް ނުދައްކާލައެވެ.
“ސަގަރޭ ނޫން އެހެން އެންމެންނަށް މި ކަހަލަ އިންޒާރުގެ މެސެޖު ފޮނުވާފަ އެބަހުރި. މި ކަމުގެ ފަހަތުގައި ހުރި ބަޔަކު ހޯދަން މަސައްކަތް ކޮށްބަލަ.” ފޯނު މޭޒުމައްޗަށް ޖަހައިފައި ޢަލީ އަހުމަދު ރުންކުރު ގޮތަކަށް ބުނެލިއެވެ. “ފަހަދު ކަލޭ ކައިރީ ބުނީމެއްނު ނާއިލް ޖަލުން ނެރޭށޭ. މަ ވާވަރަށް ލާރި ދީފީމެއްނު. ޝާމިންގެ އަންހެން ދަރި ޝައުލާ ވެސް ނެރޭތި. އޭނާ ވެސް ދަރި ޖަލަށް ލެވުނު ފަހުން މަސައްކަތުގައި ފަރުވާ ކުޑަވެއްޖެ.” ފަހަދުގެ ގަމީހު ގިރުވާނުގައި ހިފަމުން ޢަލީ އަހުމަދު އިންޒާރުގެ ކަޅިއެއް އެއްލިއެވެ.
“ހަމަޖެހޭ. ވަރަށް އަވަހަށް އެ މީހުން ދޫކޮށްލެވޭނެ.” ފަހަދު އަލީގެ އަތް ނައްޓުވާލަމުން ބުނެލިއެވެ. “މެސެޖް ފޮނުވީ އެކި ގައުމުތަކުން. ސީދާ ލޮކޭޝަން ޓްރެކެއް ނުކުރެވުނު. ހީވަނީ ހެކަރެއްގެ ކަމެއް ހެން. އެކަމަކު ކިހިނެއް އެކި ގައުމުތަކުގައި ތިބި ބަޔަކު އަހަރެމެންނާއި އަމާޒު ކުރަން އެނގޭނީ؟ މި މީހުން ހޯދާކަށް ފަސޭހައެއް ނުވާނެ.” ލެޕްޓޮޮޕެއް ހިފައިގެން އިން ރާފިލް ބުނެލިއެވެ. އެ ތަނަށް އެއްވެފައި ތިބީ މުޅީން ވެސް ޢަލީ އަޙްމަދަށް މަސައްކަތް ކޮށްދޭ މީހުންނެވެ. މުޅިއަކު ބާރަ މީހުންނެވެ. އެއީ އެ ގުރޫޕްގެ އެންމެ ނުފޫޒުގަދަ މީހުން ވެސްމެއެވެ.
ރޭގަނޑުގެ ފްލައިޓުން އަނބުރާ މާލެ އާދެވުމާއި އެކު ތިން މީހުން ވެސް ދިޔައީ ލަގެޖް ނަގާށެވެ. އެއަށްފަހު ތިން މީހުން ކާރަކަށް އަރައިގެން ދިޔައީ ސުމައްޔާ އުޅޭ އެޕާޓްމަންޓަށެވެ. ލިބުނު ހެކި ރައްކާތެރިކުރަން އެންމެ ރަނގަޅު ތަނަކީ އެއީ ކަމަށް އެމީހުންނަށް ޤަބޫލުކުރެވުމުންނެވެ. އޭރު އެގާރަ ޖަހަން ގާތް ވަނީއެވެ.
ސުމައްޔާގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފައި އަރީން ފޮށި ނަގާ ހުޅުވާލިއެވެ. އޭގެ ތެރެއިން ވަޅި ލައިފައި އޮތް ޕްލާސްޓިކް ކޮތަޅާއި ޕެންޑްރައިވް ނެގިއެވެ. ސުމައްޔާ އޭނާގެ ސިއްރު ކަބަޑު ހުޅުވާލިއެވެ. އެއިން ވަކި ވަތްގަނޑެއް ހުޅުވާލައިފައި އެ އެއްޗެހި ލީ އެ ތަނަށެވެ.
“ދެން ޖެހޭނީ ކޮންމެވެސް ގޮތަކުން ނާއިލް އާއި ކުރިމަތިލައިފަ އޭނާގެ އަނގައިން އިތުރު ޖަވާބެއް ނެރެވޭތޯ ބަލަން. އެކަމުގައި ބައިވެރިވި ދެމީހުންގެ ގޮތް އެނގޭނީ އެ ސޮރަކަށްނު.” އަރީން ބުނެލިއެވެ. “އާނ. ޖަލަށް ދާން ޖެހޭނީ. މާފުއްޓަށް އަނެއް ދަތުރު އަޅާކަށްނު މި ޖެހުނީ. އެކަމަކު އަދިވެސް ހާދަ ޤަބޫލުކުރަން އުނދަގުލޭ. އެއް ކުލާހެއްގައި އެކުގައި ކިޔެވި ކުއްޖަކަށް އެ ވަރު ކޮށްލަން ނާއިލަށް ހިތްވަރު ލިބުނީ ކިހިނެއްބާ؟ އެންމެ ސޯޅަ އަހަރުގަ އެ ކަހަލަ ކަމެއްގެ ތެރެއަށް ވަންނަން ޖެހުނު ސަބަބެއް އޮންނާނެއްނު. މި މީހުން މަސައްކަތް ކުރާނީ ޢަލީ އަހުމަދަށް. ސަހާދެއް މި ކުރި. ހާދަ ނުލަފާ ފިރިހެނެކޭ. އެ ފިރިހެނާގެ ނުފޫޒު ގަދަ ކަމުން މި ކަހަލަ ކޭސްތަކަށް ފަސް އަޅާ ފޮރުވާތީ މައްސަލަ އަކީ.” ސުމައްޔާ ހިތްހަމަނުޖެހިފައި ހުރެ ބުނެލިއެވެ.
“މިގޮތަށް އުންމީދު ކަނޑާނުލައި މަސައްކަތް ކުރީމަ ކޮންމެވެސް ދުވަހަކުން އިންސާފު ލިބޭނެ އިންޝާ ﷲ. ދެން ދަނީއޭ.” އަރީން ތެދުވެ ގޮސް ފޮށި ލައްޕާލައިފައި އެ ކޮޅަށް ޖެހިއެވެ. އޭނާ އެ ހިފައިގެން ދާން އުޅުމުން ޖަންނަތު އެ އަތުލައިފައި ނިކުމެގެން ދިޔައެވެ.
“ޖަންނާ އަބަދު ތިހެން ބުރަކޮށް މަސައްކަތް ކުރަން އުނދަގުލެއް ނޫންތަ؟ އެންމެ ކުޑަ މިނުން ފޮށީގަ ހިފިޔަކަ ނުދޭ.” ލިފްޓަށް އަރަމުން އަރީން ބުނެލިއެވެ. “ރީންގެ ބޮޑީގާޑަކީ އަހަރެންނޭ. މި ކަހަލަ ބަރު އެއްޗެއް ގެންގުޅުމުގެ ފުރުސަތު ދެވޭތަ. އަހަރެންގެ މަސައްކަތަކީ ރީން ރައްކާތެރިކުރުން. ސާރވް ޔޫ. ޙަޔާތުގައި އެންމެ ކުރާ ހިތުން އަދާ ކުރާ މަސައްކަތަކީ މިއީ. އެ ހެޔޮ އަހަރެންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅުނަސް. ރީން ރައްކާތެރިކުރެވިއްޖެ ނަމަ އަހަރެން މަރުވެގެން ދާނީ ނިކަން އުފަލުގައި.” ޖަންނަތު ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“ޑޯންޓް. އަހަރެން ރައްކާތެރި ކުރިޔަސް އަމިއްލަ ނަފްސު ނުރައްކަލަކަށް ހުށަހެޅެންޏާ އެ ކަމެއް ނުކުރާތި. ޖޮބުން ކެނޑުނަސް ޖަންނާ ވާނީ ވަރަށް އަހަރެންގެ ވަރަށް ގާތް އެކުވެރިއަކަށް.” އަރީން ޖަންނަތުގެ ތުންފަތުގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ. ޖަންނަތު ވަކި އެއްޗެއް ނުބުނެ ހިމޭނުން ހުރީ އެވެ. ދެމީހުން އަނބުރާ ހޮޓެލަށް ދިޔައީ ޓެކްސީއެއްގައެވެ.
ދަތުރު ވަރުބަލިވެފައި ހުރުމުން ޖަންނަތު ވެސް ސޯފާގައި ނިދަން ޖައްސާލީއެވެ. އަރީން ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްގެން ނިދަން އޮށޯތެވެ. އެހެނަސް އޭނާގެ ލޮލާއި ނިދި ރުޅިވެފައި ހުރި ކަހަލައެވެ. އަދިވެސް އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ނާއިލް ވާހަކަ ދެއްކި އަޑެވެ. ހީކުރި ވަރަށް ވުރެ ނާއިލް ނުބައި ކަން އެނގުމުން އޭނާގެ ހިތަށް ފާޑެއްގެ ގޮތެއް ވިއެވެ. އޭނާ އަށް ވިސްނައިނުގަނެވުނީ އެހާ ޅަ އުމުރުގައި ނާއިލް އެ ކަހަލަ ކަމެއް ކުރި ސަބަބެވެ.
ޒަވިއަން އޭނަގެ ކެބިނަށް ވަނީ އަށެއް ޖެހުމަށެވެ. އެންމެ ފުރަތަމަ ވެސް ކޮންޕިޔުޓަރު ދޮށުގައި އިނދެގެން އޭނާ ވިޔަފާރި މެއިލްތައް ކިޔަން ފެށިއެވެ. މުހިންމު މެއިލްތައް ފާހަގަ ކޮށް ބައެއް އެއްޗެހިނަށް ރައްދު މެއިލް ލިޔެފައި ފޮނުވިއެވެ. ލީވާން އައިސް ކެބިނަށް ވަނީ ވެސް ޒަވިއަން އެ މަސައްކަތުގައި އިންދައެވެ.
“ޒެވް… ވަރަށް ސަކަރާތް ކަމެއް ވެއްޖެ.” ލީވާން އިސްތަށިގަނޑަށް އަތް މަހާލަމުން ބުނެލިއެވެ. “ކިހިނެއްވީ؟” ޒަވިއަން ކޮންޕިޔުޓަރުން ނަޒަރު ވަކި ނުކޮށްލާ އިނދެ އެހިއެވެ. ލީވާން ދެން ބުނެލި އެއްޗަކުން ޒަވިއަންގެ ޙަރަކާތްތައް މަޑުޖެހިލިއެވެ. ދެވަނަ ސިކުންތުގައި ގޮނޑިން ފުންމައިގެން ތެދުވި އިރު ރުޅި އައިސްގެން އޭނާ ތުރުތުރު އަޅަމުން ދިޔައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.







varah reethi
Shukran AA ✨✨
Masha allah varah reethi mi part vx 😍❤️anehkaa koache baa zev ah e dhehkee 😭😭 curiously waiting for the next episode 🥹💜
Let’s see wht it is in the next ep
Shukran Mrs just black 🖤 ✨✨
salhi
Shukran aa ✨✨
nice
Shukran aal ✨✨
nice mi part ves
Shukran aal ✨✨
varah salhi invey
Shukran sal ✨✨
maashaallah vrh reethi.
when next?
IA next Thursday
Shukran Anonymous ✨✨
Hurihaa part eh ves v reethi Masha allah
Azaa ah isaafu hoadhaa dheche
Shaula aa naail jalun nunereythi
Miaye varah saugu veri kamakaa eku kiyaa vaahaka eh curiously waiting for next part
Zev n reen guluvache they both are good for each other
Leevan koncheh bunegen baa Zev ehaa rulhi gadha vee
Reen men varah hih varugadha
Glad to hear that.
Let’s hope they succeed in getting justice.
Ehaa rulhi ai sababeh engeyne next part kiyaaleema, stay tuned
Shukran Cutie girl ✨✨
Vrh reethi mi part ves MA!
Sumee ulhey gothun fuvamulakah dhaa hih vejje
Sumee and Reen Hama gadha ee ey. Rishwaan ge hekibas vs hoadhaa lee via.
Jannath is soo sweet 😍
Xev ah eleven e dinner Kon habareh baa?? 🤔🤔
Whn nxt??????
Luv u 💗
Hehe, reethi rasheh veema ehen vaanehnu 😅😅
E khabarakee kobaakan engeyni next ep kiyaaleema
IA next Thursday
Shukran Anonymous ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi. I guess azaaya maraaligadeega azaaya ah eivunu dhanna adakee naail ge adu? Ali ahumadhu islaahu veveythow balaabala naail aa shaula salaamay kuraanegotheh nuvisnaa. Eleven zev kaireega keekey baa bunee? Curiously waiting for next part???
Could be his voice, but who knows 🤔🤔
Ali Ahmed kahala nubai meehaku islaahu vaane thrr 😒😒
E buni ehcheh engeyne fahun, stay tuned 😄😄
Shukran Miss rose ✨✨
Mi part ves varah reethi
When next?
IA next Thursday
Shukran Ayyu… ✨✨
V v reethi mi part MA ❤️
Hope everything is oki 😖💙
Can’t wait 4 the next part! 🧡
Love + TC 💛
Happy to hear that 😄😄
Shukran Sheex ✨✨
Lyt darl 🫰🏻🫰🏻
Mi part vrh ves rythi MA
Oh great! Rishvaan heki bas ves dheyn thayyaaru dhw?!
What the heck!! Naail??? Eynage atheh veehen heevi but bro amalee gothun baiveri kameh neyge! Wallahi!! At the age of 16!!😱😱
Anekka blue waters meehunah leevaan men track kurevuny thr??😭
When next?
Lyssm💗
Yep, areen’s determination motivated him 😄😄 Ik right, it’s unbelievable for such a youngster to involve in a murder, wht could be the reason 🤔🤔
Track kurevumakee ves oiy possibility eh, who knows 🫢🫢
IA next Thursday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
Wow wow wow
Mi prt vx veg reethi ingey. Veg vx salhi. Kamudhey.
Eyrun vx heeviyey ekahala thanakun hen Rishvaan fennaanee.
Anekkaaa………
Leevan keekay tha Xev kaireega bunee ?????
Xev keevve tha ehaa rulhi aii ????
When Nexxt ????????
Glad to know 😄😄
Zev ehaa rulhi annan jehunu sababeh engeyni dhen oiy bain, any guesses???
IA next Thursday
Shukran xxx_dodo_xxx ✨✨
Omg , Mi bai heskiyaafa salhi.
Asluves Hama Fuvammulah ehaa reethi tha ???
Mi inthizaaru kuranee Sumee men ge Marriage ah. 4 months later dhww. Ekamaku adhives maa las hen heevanee.
Mi faharu suvaalu bondi eh U ah comment Thakuga libijje dhww. Hehe.
❤️❤️❤️
Lyssm tc white Rose
I’ll make sure to read next part
Whennnn ????????
Reethi veema thaa sumy men ethan balan foari huree 😅😅
Yep, it set for four months later
Hehe, ehennu vaany cliffhanger akah nimmaalyma.
IA next Thursday
Shukran Exxo ✨✨
Lyt darl 🫰🏻🫰🏻
Wow
Anekka ves vrh dhuvas koffa mi kiyaa levuny.
Reethi ingey.
Kureege bai thakah comment nukurevayne a sorry ingey.
Vrh happy mi bayah comment kurevuneema
Alhe keevve tha Xev maa rulhi aiiii Leeann buni echchakun ?????
Next part Thursday ga tha ????
Love you so much 💕
I’m more than happy to hear that 🥰🥰
Issoke, good to see ur comment today 🫠🫠
Konmeves nubai kameh veema thaa e rulhi aee, stay tuned to know wht happens 😄😄
Yes, IA Thursday ga
Shukran Leesha ✨✨
Lyt darl 🫰🏻🫰🏻
varah reethi u are a. Author who can go kuri araagen on this site ❤️❤️❤️ sending lots of love
Waiting for the next partv
So happy to hear that, truly appreciate it 🥰🥰🥰
Shukran y&wr fan ✨✨✨
Lyt darl 🫰🏻🫰🏻🫰🏻
OOHMYGOSHHHH
Azaa maraaly Naail?? Ok I knew Naail definetly had a bad side since his own dad is an expert on those kinda stuff. But murdering Azaa… I expected him to be bad, but not that baddd!
I’m so glad Rishwaan aa dhimaavikan, and he agreed hekibas dheyyn. Sumy men ge target haasil vydhw..
Can’t wait to know what info will Areen men figure out when they go to Naail. I think Areen boluge beynun koffiyyaa she can get Naail to spill those dirty beans out.. All the best to Areen on that- from Oreo gurly
What did Leevaan sayyyy.. im so curious
When next Rosieee?
Takee careeeee
Naail was a part of it 😒😒
Yeahh, naseebeh rishwan aa dhimaa kurevunu kan, they are very close to their target 🫠🫠
Leevan buni ehcheh engidhaane thaa dhen oiy bai kiyaaleema, stay tuned 😄😄
IA next Thursday
Shukran Oreo gurll, super delighted to see ur sweet comment ✨✨✨
Submitedd?????
Yes, hoping it gets uploaded tmr 😄😄
Shukran Anonymous ✨✨