“މިފަހަރު މި ގޮނޑި މޭޒާ ފައިންޑިން ނީމޯއާއި ޝޯތަކާ ހިޓުފުޅި އަރާމުގަ އުޅުނަކަ ދީގެން ނުވާނެ.” އަޑު އައީ މަލަކުގެ ފަރާތުންނެވެ. “އަހަންނަކަށް ހިޔެއް ނުވޭ ދެން އިތުރަށް މިކަމަށް ހެކި ހޯދޭނެހެންނެއް. މަރާލުމަށް ބޭނުންކުރާ ހަތިޔާރުތައް ވެސް އެމީހުން ނައްތާލާ ވިއްޔާ” ރަވާނު ދެން ބުނެލި ވާހަކައަކުން އަހަރެން މާޔޫސްވެ ހިތްވަރު އެލުނެވެ. ގިނަ މައްސަލަތަކެއްގެ ޙަޤީޤަތް ނުހޯދި ފުނި ޖެހިފައި އެ ވަނީ މި ސަބަބާއި ހުރެއެވެ. “މަ ބުނެފާނަން ގޮތެއް. އެކަމަކު އެ […]
“އޭނ” ބާރު ބާރަށް އަހަރެންނަށް ބުނެލެވުނެވެ. ދޮރު ކުރިމަތީގައި ހުއްޓިލައިގެން އެހުރީ ހުރެދާނެ ކަމަށް ޚިޔާލަށް ވެސް ގެނެވޭނެ ވަރުގެ މީހެއް ނޫނެވެ. ލާމަށޭ ކިޔާފައި މީހަކު މިތަނުގައި ހުރީމާ ވާނީ އެހެންނެއް ނޫން ހެއްޔެވެ؟ “ބަލާބަލަ ހުރި ވަގުކަން. ރިފް އަށް އަންގާވެސް ނުލައެއްނު ތިއައީ. ކިހިނެއް؟ ކީއްވެގެން؟ ކޮން ވަގުތަކު؟ ކީއްކުރަން ތިއައީ؟” އަހަރެން އުކުޅުގައި އަތްވިއްދާލަމުން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. “މަތިންދާ ބޯޓުން. ކޭސް ބަދަލުވީމަ. ތިނެއް ޖެހިއިރު. އެ ކޭސް […]
ހޫދާއި ދިމާލަށް އަހަރެންނަށް ބަލައިލެވުނީ ދެނެވެ. އޭނާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ބުނެދޭން ދައްޗެވެ. ނިތްކުރީގައި ދާ ތިކިތިކި ބަބުޅަމުން ދިޔައެވެ. ނޭވާލަނީ އަވަސް އަވަހަށެވެ. ލޮލުން ކަރުނަައިގެ އަސަރު ފެންނަން ހުއްޓެވެ. ހީވަނީ ދެންމެ ދެންމެ އޭގެ މަޤާމު ދޫކޮށް ކަރުނަތައް އޮހިގަނެފާނެހެނެވެ. އެހެނަސް ދެރަވުމަށް ވުރެ ބޮޑަށް އެ ހުރީ ރުޅިއައިސްފައި ކަން އަހަންނަށް ނަގައިގަނެވުނެވެ. އެކަމަކު މި ވަނީ ކީއް ހެއްޔެވެ؟ އެ ވީޑިއޯ އިން ހޫދަށް ފާހަގަ […]
ވާހަކައިގައި އިނދެފައި އަހަރެން ބަސް ސްޓޮޕުގެ ބިއްލޫރިގަނޑުން ބޭރު ބަލައިލީމެވެ. އޭސީގެ ފިނިކަން ހުއްޓަސް އަހަރެން ދާހިއްލައިފިއެވެ. ޝެހެނާޒުމެންނަށް އަހަރެން އިނީ ފާޑަކަށް ކަން އިހުސާސް ކުރެވުނީ ތޯއްޗެ އެވެ. ގޮވާލައިފިއެވެ. އެހެނަސް އަހަރެންނަށް އެ އަޑު ނީވޭ ކަހަލައެވެ. ކުއްލިއަކަށް ޝެހެނާޒު ތޫލި އަޑުން ހަޅޭއްލަވައިގަތެވެ. ރަނގަޅަށް ވިއްޔާ އޭނާއަށް ވެސް އެ މަންޒަރު ފެނުނީއެވެ. ހަމަޖެހޭ ކަމެއް ކުރަން ވިސްނުނީ ހޫދަށެވެ. އެމްބިއުލެންސެއް ފޮނުވަން އެދި ގުޅީއެވެ. ހޫދު ބޭރަށް ނުކުތް އިރު ވެސް […]
ލެޕު ނިވާލައިފައި އެނދާއި ހަމައަށް ދިޔައިރު ލޯމައްޗައް އަނދިރި ވާހެން ވެސް ހީވެއެވެ. ނިދަން އޮށޯވެލީ ސިކުނޑި ހުސްކޮށް ލެވޭ ތޯއެވެ. އެހެނަސް ލޯ މަރާލައިރަށް ސިފަވަނީ ޝާހިދު މަރާލައިފައި އޮތް މަންޒަރެވެ. ނިމާލެވެ. އެހެން އޮއްވާ އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކުޑަދޮރުގައި ޓަކިޖަހަން ފެށުމުންނެވެ. ބާރަށެވެ. ކުޑަދޮރާއި ދިމާއަށް ނަޒަރު ހިންގާލީ ލަސްލަހުންނެވެ. ކުޑަކޮށް ނަމަވިޔަސް ފޭވެފައިވާ ދޮރުފޮތީގެ ދޭތެރެއިން ފެނުނު މީހާގެ ސަބަބުން ބިރުގަތެވެ. މި ގަޑީގައި ފެނުމުން ތުރުތުރު އަޅައިގަތީ ބިރުގަތް […]
– މި އެޕިސޯޑުގައި އަޅުގަނޑު ވާހަކައިގެ ނަޒަރު ބަދަލުކޮށްލީ އެންމެ ފުރިހަމައަށް ވީގޮތް ކިޔުންތެރީންނަށް އަންގައިދޭށެވެ. – **** އަހަރެންގެ ޖީބުން ފޯނު ނެގީ އެ ރިންގު ވާތީއެވެ. ގުޅަނީ ކާކު ތޯ ބަލައިލީމެވެ. ދެން ގަޑި ބަލާލި އިރު އެގާރަ ގަޑި ބައިވެފައި ވާތަން ފެނުނެވެ. މި ކަހަލަ ވަގުތަކު ގުޅާނީ ބޮޑު ކަމަކު ކަން އެނގޭތީ ތެޅިގަނެފައި ފޯނު ނެގީމެވެ. “ރިފް! ޔާރާ ހޭއަރައިފި” ޝެހެނާޒުގެ އަޑު އައީ ހީކުރި ގޮތަކަށް ނޫނެވެ. މަހަކަށް […]
އަހަރެން ހައިރާންވީ މަރުގެ ތުންފަތް މަތީގައި ވެސް އެ ސޮރު ހޭން ފެށުމުންނެވެ. ސަބަބު އެނގުނު އިރު މާ ލަސްވެއްޖެއެވެ. ނިމާލު އިންޖެކުޝަނެއް އަހަރެންގެ ކަރަށް ޖެހީއެވެ. އަހަރެންގެ އަތުން ވަޅި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. ނިމާލު އަހަރެންގެ މޭގައި އަޅާ ކޮށްޕާލުމުން އަހަރެން ދިޔައީ ފަހަތަށެވެ. އެ ދިޔަ ބާރު މިނުގައި ގޮސް އަހަރެންގެ ބޯ ދަގަނޑު ކަހަލަ ހަރު އެއްޗެއްގައި ޖެހުނު ކަހަލަ ތޫނު އިހުސާސެއް ކުރެވުނެވެ. އިސްތަށިގަނޑުގައި ތެތް އެއްޗެއް ހޭކެން ފެށިކަން […]
“އޭނ! ކީކޭ ކިޔާފަ އެތާ ހުންނަނީ. މާ ރަނގަޅުވާނެ ބޭރުގައި ހުރިއްޔާ. އޭނާ ވަންނަ މަންޒަރު ފެނުނީމަ ޕޮލިހަށް ގުޅާނީ.” އަހަރެން ބުނެލީ އެހެންނެވެ. ހޫދު އެކަމަކަށް އެއްބަހެއް ނުވިއެވެ. ބުނީ ނޭނގި ވަދެފަ މަރާލައިފިއްޔާ ޕްލޭން އެއްކޮށް ފަނި ވާނިއްޔޯލައެވެ. އެކަމަކު އަހަރެން ހުރީ އެ ގޮތް ޤަބޫލުކުރާ ކަހަލަ ގޮތަކަށް ނޫނެވެ. އަހަރެމެން ދެމީހުންގެ ދެމެދުގައިވީ ޒުވާބު ހުއްޓުނީ މީހަކު ތޫލި އަޑަކުން ހަޅޭއްލަވައިގަތުމުންނެވެ. ހޫދާއި ދިމާލަށް ކަޅިއެއް އެއްލައިފައި އަހަރެން ހިނގައިގަތީ ކޮޓަރިން […]
އަހަރެންގެ ލެޕު ހުޅުވާލީ އިހަށް ދުވަހު ރަވާނަށް އަހަރެން ހެކު ކޮށްލަދިން ފޯނުގެ މައުލޫމާތު ހުރި ފޯލްޑާއެވެ. އަހަރެން އަވަސް އަރުވާލައިގެން އުޅުނު ވަރުން ކާކު އެއްޗެއް ތޯ ވެސް އެރެއަކު ނުބަލަމެވެ. އަހަރެން ބަލާލީމެވެ. ކާކުގެ ފޯނެއް ތޯއެވެ. އެނގުމުން ވިސްނާލެވުނެވެ. އެއީ ކޮންމެވެސް އިރަކު އަޑު އެހި މީހެއްގެ ނަމެވެ. ދެން ކުއްލިއަކަށް ސިކުނޑި ފަޅައިފައި އަހަރެންގެ ހަނދާނަށް އައެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ކާކުކަން އެނގުމުންނެވެ. އަހަރެންގެ ހިތް ތެޅިގަތީ އެހެނެއް ނޫނެވެ. މީހާ […]