Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 14

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
September 17, 2024 6 Mins Read
7 Comments

އަހަރެެމެން ތިން މީހުންނަށް ގެއަށް އާދެވުމާއި އެކު އުޅެގަތީ ކޮޓަރިއަށް ދާށެވެ. އެހެނަސް ނެގި ފިޔަވަޅު މަތީ ހުއްޓެން މަޖުބޫރުވީ ސިޓިންރޫމުގައި ހުރި ޓީވީއިން އިވެމުން ދިޔަ ޚަބަރެއްގެ ސަބަބުންނެވެ. އެ ޓީވީއާއި ދިމާއަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. އިވުނު އެއްޗެއް އިވުނީ ހަމަ ރަނގަޅަށް ކަން އެނގުމުން އަހަރެންގެ ސިކުނޑި ފުރުނީ ސުވާލުތަކާއި ޝަކުވާތަކުންނެވެ. މިވީ ކިހިނެއް ހެއްޔެވެ؟ މިހާ އަވަހަށް ޝާނާގެ ކޭސް ‘ޑްރޮޕް’ ކޮށްލީ ކީއްވެގެން ހެއްޔެވެ؟ މިއުޅޭ ރަހީނުކުރާ ގުރޫޕު މިކަމަށް ވެސް ބާރު ފޯރުވާން ފެށީ ހެއްޔެވެ؟ ވަރުގަދަ މުސީބާތެއް ކަހަލަ ބައެއް ނޫން ހެއްޔެވެ؟ އަހަރެން ފުލުންނާއި ދެކޮޅަށް ނުކުނަންވިއްޔޭ ހިތަށް އެރިއެވެ. އެހެނަސް އެ ޚިޔާލުން ބޭރުވެވުނީ ގެއަށް އައިސް ވަން ރަވާނު ފެނުމުންނެވެ. ޙަޤީޤަތުގައި އެ ވީގޮތް ދެނެގަނެވުނީ އެ ހިސާބުންނެވެ. އިތުރަށް އުފާވިއެވެ. މިހެން ހެދުމުން ‘ކުޅިވަރުގައި’ އަހަރެމެންނަށް ވެސް ބައިވެރިވެވޭނެތީއެވެ. 

އަހަރެން ކޮޓަރިއަށް ވަދެލީ ނެގި ކާޑުގައި ހުރި އެއްޗެއް ބަލާށެވެ. އެ ކެމެރާ ހަލާކުކޮށް ފުނޑާލައިފައި އެ ވަނީ އެއަށް ކޮންމެވެސް އެއްޗެއް އެރީމަ ތާއެވެ. އޭގައި ވެސް ބައިވަރު ރިކޯޑިންތައް ހުއްޓެވެ. އެ ކެމެރާއަކީ ފަންނިއްޔާތުގެ މޮޅު އުފެއްދުމެއް ކަމުން އޭގެ އޮޓޮމޭޝަން ހަދައިފައިވާ ގޮތުން އެ ހަލާކުވާން ދެން ރެކޯޑްކުރެވޭ އެއްޗެހި މެމޮރީ ކާޑަށް ސޭވް ވާނެއެވެ. އަހަރެން އަޅުވާލީ އިއްޔެ ރޭގެ ރިކޯޑިން އެވެ. އޮޅާލާފައި ދޫކޮށްލީ ފަހު ހިސާބު ބަލާށެވެ. އެ ކެމެރާއަށް ވަރަށް ރީއްޗަށް ޝާނާ އަރައިފައި ވިއެވެ. ޝާނާގެ މޫނު މަތީގައި ވަނީ ހާސްކަމެވެ. ހީވަނީ އެ އިމާރާތުން ކަމެއް ފެނިގެން ދިޔަ ހެންނެވެ. 

ހަމަޖެހިލައިގެން އެ ބަލަން ހުއްޓާ އަހަރެންގެ ސަމާލުކަން ދަމައިގަތީ ޝާނާ ދިޔަ ފަހުން އެތަނަށް އައި މީހެކެވެ. މޫނު ވަރަށް ސާފުކޮށް ފެނުނެވެ. އޭނާ އެ ކެމެރާގައި ލަކުޑި ބުރި އަކުން ޖެހި ކަން ވެސް ވަރަށް ރީތިކޮށް އަރައިފައި ހުއްޓެވެ. އެއީ ހައްދުން ނައްޓާ ގޭންގު ގޮލައެއްކަން އަހަރެންނަށް އެނގުނެވެ. އަނެއްކާ މި މީހުން ގެއްލޭ މައްސަލަައިގެ ފަހަތުގައި ވެސް ވަނީ އެމީހުން ހެއްޔެވެ؟ 

“ހިނގާ އެ ސޮރު ފަހަތުން މުގޯލި އަޅަން” ރަވާނުގެ އަޑު އިވުމުން އަހަރެން ސިހުނެވެ. މި ސޮރު މިތަނަށް ވަނީ ކޮން އިރަކު ހެއްޔެވެ؟ އޭނާ ބުނީ ރަނގަޅު ވާހަކައެކެވެ. އެ ސޮރު ފަހަތުގައި ވިއްދާފައި ތިބެންވީއެވެ. “މަ ބޭނުން އެ ސޮރުގެ ފޯނު ހެކުކޮށްލަން.” އަހަރެން ވަރަށް ކުރާ ހިތުން ބުނީމެވެ. އެއްވެސް ޙާލެއްގައި އެމީހުން އެއްބަސް ވާނެ ކަމަކަށް ނޫނެވެ. ހީކުރި ގޮތާ ޚިލާފަށް އެމީހުން އަހަރެންގެ ޚިޔާލަށް ތާއީދު ކުރިއެވެ.

އެ ސޮރުގެ ފޯނު އަހަރެން ބޭނުންވާ ގޮތަށް ހެކު ކޮށްލަން ބޭނުން ވިއްޔާ އެ ފޯނު އޮތް ތަނަކާއި ކައިރި ވާން ޖެހޭނެއެވެ. އުނދަގޫ ވާނީ އެކަމެވެ. އެ ސޮރުގެ ފޯނު ވީ ހިސާބެއް ހޯދުމެވެ. އެވާހަކަ ރަވާނުގާތު ބުނުމުން އޭނާ ޖަހާލީ ހިނިގަނޑެކެވެ. އަދި މީހަކަށް ގުޅާލައިފައި އެ އޮތް ތަން ބުނެލިއެވެ. ހޯދި ގޮތެއް ނުބުނެއެވެ. ހެކު ކުރުން މަނާ ކަމަކަށް ވުމުން ރަވާނުގެ ގުރޫޕު މީހުން އެކަމެއް ނުކުރާނެއެވެ. 

އެ ފޯނު އޮތް ކަމަށް ބުނީ ކައިރި ހިސާބަކުންނެވެ. ގެއާއި ކައިރި ފަސްތަރީގެ ހޮޓެލަކުންނެވެ. އެވަގުތު ބަންގި ގޮވަން ފެށުމުން އެކަމާ ނުވިސްނާ ނަމާދަށް އަރަން އުޅެގަތީމެވެ. ހޮޓެލަށް ދާން އުޅެގަތީ ރަވާނުމެން ނަމާދުކޮށްގެން އައުމުންނެވެ. އަވަސް އަރުވާލައިފައި އަހަރެންގެ ލެޕު ދަބަހަށް ލަމުން ނުކުތީމެވެ. ޝެހެނާޒާއި ހޫދު އެ ކޮޓަރިއަށް ދޫކޮށްލައިފައެވެ. އެހެން އެއްޗެއް އެ ރިކޯޑިން ތަކުން ފެނޭތޯ ބަލާށޭ ކިޔައިފައެވެ. އަހަރެން އެ ހޮޓެލަށް ދިޔައީ ރަވާނާއި އެކުގައެވެ. ހިނގާލައިފައެވެ. އެ ހޮޓެލަށް ގޮސް އެ ދުވަހުގެ ބާކީ ބަޔަށް ކޮޓަރިއެއް ނެގީމެވެ. 

ނެގި ކޮޓަރިއަކީ ގޭންގު ސޮރު ހުރި ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރިއެވެ. އަވަހަށް ކޮޓަރިއަށް ވަދެ ތަޅުލައިފައި މަސައްކަތް ފެށީމެވެ. އެ ސޮރު މި ހޮޓެލުން ދިއުމުގެ ކުރިން މިކަން ނިންމާލަން ޖެހޭނެއެވެ. ފަސްވަރަކަށް މިނެޓު އެކަމަށް ހޭދަވި ނަމަވެސް ނިންމާލެވުނީ ކިރިޔާއެވެ. ލިވާޒު ސޮރު ފޯނު ހިފައިގެން ދިޔައީއެވެ. އެ ފޯނާއި ކަނެކްޓް ވެލުމުން ފުރަތަމަ ވެސް ބަލައިލީ މެސެޖުތަކެވެ. މަތިމަތިންނެވެ. 

އަހަރެމެން އެ ހޮޓެލުން ނުކުމެގެން ދިޔައީ އެތަނުގައި ނުހުންނަން ވެގެންނެވެ. ރަވާނާއި އެކު ހިނގައިފައި ދިޔައިރު ވާހަކައެއް ނުދައްކަމެވެ. ކަމާއި ގުޅޭ ވާހަކައެއް މި ހާމަ ތަނުގައި އެހުން ރަނގަޅު ނުވާނެތީއެވެ. ހަވީރު ވަގުތަށް ވުމުން ގިނަބަޔަކު ބޭރަށް ނުކުމެ އުޅެއެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. 

ގެއަށް އާދެވުމުން އަހަރެން މިފަހަރު ވެސް މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. ސިޓިންރޫމުގައި ތިބި މާމަގެ އެކުވެރިންނަށް ހިނިތުންވުމެއް ހަދިޔާ ކޮށްލައިފައި މަތީ ބަޔަށް އަރަން ދިޔައީމެވެ. ހޫދުމެންނާއި އެކު ލިވާޒުގެ ފޯނު ދިރާސާކޮށްލަންވެގެންނެވެ. އެއިން ކޮންމެވެސް އެއްޗެއް ފެނިދާނެ ވިއްޔާއެވެ. ޝާނާ އެ ޢިމާރާތާއި ދިމާއަށް ދާން މެދުވެރިވި ސަބަބު ވެސް ހޯދި ދާނެއެވެ. 

ކޮޓަރިއަށް ވަން އިރު ހޫދު މެން ތިބީ އެ ވީޑިއޯތައް ބަލަން ގެއްލިފައެވެ. އަހަރެން ވަތް ކަމެއް ވެސް ނޭނގެއެވެ. ސިއްސުވާލަން ވީއެވެ. އެ ނިޔަތުގައި އެހިސާބަށް ދިޔައީ އަޑެއް ވެސް ލައްވާނުލައެވެ. ދެން އެމީހުންގެ ކޮނޑުގައި ޖަހާލަން އަތް ނެގީމެވެ. ކުއްލިއަކަށް ބާރަށް އެމީހުންގެ ކޮނޑުމަތީގައި ‘އަޅުވާލުމުން’ އިށީނދެ އިން ގޮނޑި ވައްޓާލައިފައި ތެދުވިއެވެ. 

އަހަރެން ހޭން ފެށުމުން އެ ދެމީހުން އަހަރެންނަށް ކަޅިއަޅާލިއެވެ. ޝެހެނާޒު ތުން އަނބުރާލައިފައި މަޖަލެއް ނޫނޭ ކިޔާފައި ގޮނޑި ނަގާ އިށީނެވެ. ރަވާނު އައިސް ވަދެލީ އެވަގުތެވެ. 

“ޝީން ދައްތަ އާއި އެކު މަސައްކަތް ކުރާ ނަރުހަކު ޝީން ދައްތައަށް ވުރެ ކުރިން އެ ޢިމާރާތާއި ދިމާއަށް ދިޔަ” ހޫދު ބުނެލިއެވެ. ކާކުތޯ ދިޔައީ އަހާލީމެވެ. “ލިއުއްތަ” ޝެހެނާޒު ބުނެލީ އެހެންނެވެ. “އޭ ވިނަބެއްޔާ! ރިފް ވެސް ބޭނުން ޝީން ދައްތަ ގެއްލުމުގެ މަސައްކަތުގައި ތި ގުރޫޕާއި އެއްކޮށް މަސައްކަތް ކުރަން.” އަހަރެން އެދުނީމެވެ. އޭނާގެ މޫނު މައްޗަށް އެރި ކުލަވަރު ދޭން އުޅުނު ޖަވާބު އަހަރެންނަށް އެނގުންވިއެވެ. 

“ނެވާ މައިންޑް. ރިފް ބުނެފާނަން ޑަބްލިޔު ސަރ ގާތު ޝީން ދައްތަގެ ކޭސް ނިންމާލުމުގައި ބައިވެރި ވުމުގެ ފުރުސަތު ދީބަލާށޭ.” އަހަރެން ވަގުތުން ވާހަކަ ބަދަލުކޮށްލީމެވެ. މިހާރު ޓްރައިނިންގެ ދެބައިކުޅަ އެއްބައި ނިމިއްޖެއެވެ. އަހަރެންގެ ހުނަރުތަކާއި އުކުޅުތައް ޑަބްލިޔު ސަރ އަށް ވަރަށް ކަމުދާނެއެވެ. ހޫދާއި އަހަރެންގެ މިންނެތް މަސައްކަތުން އަދި ނެގިހާ ޓެސްޓަކުން ފާސްވިއެވެ. މި ޓްރައިނިންގައި ނަގާ ޓެސްޓުތަކަކީ އިމްތިހާނު ހަދާ ހޯލެއްގައި އިނދެގެން ލިޔާ އެއްޗެއް ނޫނެވެ. ކުށްވެރިން އަތުލައިގަތުން ފަދަ އެ އުކުޅުތައް ބޭނުން ކުރަންޖެހޭ ޙާލަތް ތަކުގައި އެބޭނުން ކުރަން ޖައްސަނީއެވެ. ކާމިޔާބު ވިއްޔާ ފާސްވާނެއެވެ. 

އަހަރެމެން ކުށްވެރިން ހައްޔަރުކުރާ ގޮތް ފުލުހުންނާއި ހާސް ތަފާތުވާނެއެވެ. އެއްވެސް ބަޔަކަށް ނޭނގޭ ގޮތަށް ސިއްރުވެރި ކަމާއެކު އަހަރެމެން މަސައްކަތް ކުރާން ޖެހެއެވެ. ކުށްވެރިން އަތުލައިގަންނަން ޖެހެނީ އެމީހުން ހޭނައްތައިގެން ނޫނީ އެނޫންވެސް ގޮތަކުން މީހާގެ ހަރަކާތްތައް ހުއްޓުވާލައިގެންނެވެ. އެކަން ކުރަން ބޭނުން ކުރެވޭނެ އެކައްޗަކީ ‘ފެއިންޓް ސައުންޑް’ އެވެ. އެއީ ދިވެހި ސައިންސުވެރިއެއްގެ މޮޅު ހޯދުމެކެވެ. އެ އަޑު ޖައްސައިފިނަމަ އޭގެ އަޑު އިވޭ ކޮންމެ މީހަކު ހޭނެތޭނެއެވެ. އެ އަޑުން ކަންފަތުގެ ސެންސަރީ ނިޔުރޯނަށް ދޭ މެސެޖެއްގެ ސަބަބުން ސިކުނޑި، މީހާގެ ހިތް ޕަންޕު ކުރުމާއި ނޭވާލާ ނިޒާމު ފިޔަވާ ހަށިގަނޑުގެ ހުރިހާ މަސައްކަތެއް ހުއްޓާލާނެއެވެ. އޭގެ ބޭނުންކޮށްގެން ހޭނެތޭ މީހަކު ހޭއަރުވާނީ ‘ކޮންޝިއަސް’ ސައުންޑް ބޭނުންކޮށްގެންނެވެ. އެ އަޑު އުފައްދަނީ ކުޑަކުޑަ ވަސީލަތެއްގެ އެހީގައެވެ. މި ދުނިޔޭގައި ވެސް އެ ވަސީލަތް ބޭނުން ކުރާ ހަމައެކަނި ބަޔަކީ އަހަރެމެންނެވެ. ޓްރައިނަރުންނާއި ފާސްވާ އެޖެންޓުންނެވެ. ކަން އެހެން އޮތް ކަމަށް ވިޔަސް މިހާރު އަހަރެމެން ހައްޔަރު ކުރަން ޖެހިއްޖެ ޙާލަތެެއްގައި އެކަން ކުރަން ޙަވާލު ކުރަނީ ފުލުހުންނަށެވެ

އެ އަޑު ހޯދައިގަތް ސައިންސުވެރިޔަކީ ޑަބްލިޔު ސަރގެ ބައްޕައެވެ. ފުލުހުންގެ ތެރެއިން ޢާންމުންނަށް ސިއްރުން ތަޙުޤީޤު ކުރާ ސްޕެޝަލް ޑާރކް ފޯސް އެޖެންޓުންތަކެއް ތަމްރީނު ކުރުމުގެ ޚިޔާލު ދިން މީހަކީ ވެސް އެއީ އެވެ. ރާއްޖޭގައި ހިނގާ ގޮތް ނޭނގޭ މައްސަލަތަކުގެ އަދަދު އިތުރުވެ ކަންކަން ބޮއްސުންލައިގެން ދާން ފެށުމުން އެކަމުގެ ޙައްލަކަށެވެ. މިހާތަނަށް ގިނަ އަދަދެއްގެ މައްސަލަތަކެއްގެ ޙަޤީޤަތް އެޖެންޓުން ހޯދައިފައި ވެއެވެ. 

ޑަބްލިޔު ސަރ އަކީ މިހާރު އެޖެންޓުންގެ ލީޑަރެވެ. އަސްލު ނަމަކީ ޑަބްލިޔުއެއް ނޫނެވެ. އޭނާ އަންގައިފައި ވަނީ ޑަބްލިޔު ކިޔުމަށެވެ. ސަބަބަކީ އޮށްގާ ގޭންގުގެ އޮށްގާ ވެސް އޭނާގެ ނަން ވަންހަނާ ކޮށްގެން އުޅުމެވެ. ޑަބްލިޔު ސަރ އެހާ ވަރަށް ޖާސޫސް ކޮށްގެން ވެސް އެ އޮށްގާއަކީ ކާކު ކަމެއް ނުހޯދުނެވެ. އެކަމާ ރުޅިގަދަވެގެން ސަރގެ ނަން ވެސް މީހުންނަށް އެނގުނަކަ ނުދީ ވަންހަނާ ކުރީއެވެ. ސަރގެ އަސްލު ނަން އެނގޭނީ ރަސްމީކޮށް އެޖެންޓަކަށް ވުމުންނެވެ. އެ ރަވާނުގަނޑުގެ ބޮލުގެ އިސްތަށި އުފުރައިގެން ވެސް ނަމެއް ނުބުންޏެވެ. 

އަހަރެެމެންގެ ޓްރައިނިން ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. ފީލްޑާއި ޑެސްކެވެ. ބިޒްނަސްގައި ފީލްޑް ރިސާޗާއި ޑެސްކު ރިސާޗު ކިޔާ ހެންނެވެ. ފީލްޑުގައި ހުންނަ ބައިތަކަކީ ތެޅުމާއި ޖާސޫސް ކުރުމާއި ސަވައިވަލް ސްކިލްސާއި ހިއްސު ހޭނުމެވެ. ހިއްސު ހޭނުމަކީ ވަކި ވަކި ހިއްސުތަކަށް ސަމާލުކަން ދޭ މިންވަރު އިތުރުކުރުމެވެ. އަހަރެންނަށް އެކަން ކުޑަކޮށް އުނދަގޫވިއެވެ. އެހެން ބައިބައި ވަރަށް ފުރިހަމައަށް ނިންމާލެވުނެވެ. 

ޑަބްލިޔު ސޯ އެންމެ ތަޢުރީފު ކުރަނީ އަހަރެންގެ ވަޅީގެ އުކުޅު ތަކަށެވެ. އެކަން ދަސްކޮށްދިނީ ރަވާނު ކަމަށް ވިޔަސް އޭނާއަށް ވުރެ އަހަރެން އެކަމަށް ކުޅަދާނަވާނެއެވެ. އަހަރެން ވަޅި އެ ގޮތް މިގޮތަށް އަނބުރައިގެން މީޒާނަށް އަމާޒުކޮށް ދޫކޮށްލުމުން ކާމިޔާބު ކަމާއެކު ވާޞިލުވާނެއެވެ. ތެޅުމުގެ ބައިން ވެސް ފާސްވީ ވެސް އަހަރެން އަތް ބޭނުން ކުރުމުގެ ގޮތްތައް އޮމާން ވެފައި ފުރިހަމަ ވީމައެވެ. 

ޑެސްކު ބައިގައި ސައިކޮލޮޖީ ވެސް ކިޔަވާން ޖެހެއެވެ. ސައިކޮލޮޖިސްޓުން އަށްވަރަކަށް އަހަރު ތެރޭގައި ކުރާ މަސައްކަތް އަހަރެމެން ނިންމާލަން ޖެހޭނީ ދެ މަހުންނެވެ. ކިހާ އުނދަގޫ ވާނެ ހެއްޔެވެ؟ އެހެނަސް އަހަރެމެން އެބައި ދަސްކުރަނީ ނަފްސާނީ ބައްޔަށް ފަރުވާކުރާކަށް ނޫނެވެ. ކުށްވެރިންގެ ވިސްނުން ދެނެގަނެ އެމީހުން ހައްލާލުމަށެވެ. އެމީހުންގެ ދުލުން މުހިންމު ވާހަކަތައް ނެރުމަށެވެ. 

ސައިކޮލޮޖީގެ އިތުރުން ހެކި ބޭނުންކޮށް ޙަޤީޤަތް ހޯދާނެ ގޮތާއި އައިޓީގެ ރަނގަޅު ލެވެލެއް ދަސްކުރާން ޖެހެއެވެ. މިކަން ކަމުގެ ކުރިން އޮޕްޝަން ދީފައި އިންނަ ތިން ކަމަކުން ކަމެއްގެ ތަމްރީނު ލިބިގަންނަން ޖެހެއެވެ. އެއީ ހުރިހާ ވައްތަރެއްގެ އުޅަނދު ފަހަރު ދުއްވަން ދަސްކުރުން ނުވަތަ މެޑިކްސް ނުވަތަ އެކްސްޓްރީމް މެރިން ޓްރައިނިން އެވެ. އަހަރެން އިޚްތިޔާރު ކުރީ އުޅަނދު ދުއްވުމެވެ. ހޫދު ނެގި ރަވާނެކޭ އެއްފަދައިން މެރިން ޓްރައިނިންއެވެ. 

މޯލްޑިވިއަން ސެކިޔުރިޓީ ސިސްޓަމަށް ފްރީ އެކްސެސް ލިބުމަކީ އެޖެންޓަކަށް ވުމުން ލިބޭ އެއްފައިދާއެވެ. އެހެން ކަމަށް ވިޔަސް ހެކު ނުކޮށެއް ނުހުރެވޭނެއެވެ. އަހަރެންނަކީ މޮޅު ގްރޭ ހެޓް ހެކަރެއް ވިއްޔާއެވެ. އެކަން ކުރުމަކީ އަހަރެންގެ ޠަބީޢަތުގައި ލައްވާފައިވާ ކަމެއް ފަދައެވެ. އިލީގަލް ކަމަކަށް ވިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. ގައިމު ބްލެކް ހެޓް ހެކަރަކަށް ވުރެ އަހަރެން ރަނގަޅުވާނެއެވެ. އެކަހަލަ ހެކަރުން ފަދައިން އަހަރެން މީހުންނަކަށް ގެއްލުމެއް ނުދެން ވިއްޔާއެވެ. 

އަހަރެން ފޯނު ނަގާ ޑަބްލިޔު ސަރ އަށް ގުޅާލީ. އޮފިޝަލް ކޮށް އޭގައި ބައިވެރިވާން ބޭނުން ވާތީއެވެ. އެކޮޅުން ފޯނު ނެގުމާއި އެކު އަހަރެން ސީދާ މައުޟޫޢަށް ދިޔައީމެވެ. އެއީ ދުރު ދުރުން ވާހަކަ ފެށުމަކީ ސަރ ވަރަށް ހިތްހަމަނުޖެހޭ ކަމަކަށް ވާތީއެވެ. އަދި އެކަހަލަ ގޮތަކަށް ފަށައިފިނަމަ ދެން ދައްކާ ވާހަކަ އެއް އަޑެއް ވެސް ނާހާނެއެވެ. 

ހީކުރި ވަރަށްވުރެ ފަސޭހައިން ޑަބްލިޔު ސަރ ގެ ރުހުން ލިބުނެވެ. އަހަރެން މަޢުނަވީ ގޮތަކަށް ހިނިތުންވެލުމުން ރަވާނު ދެދަތް ޖައްސާ ބާރުކޮށްލަމުން ދެކޮޅު ހެދިއެވެ. މެސެޖު ލިބުނީ ކަމަށް ވެދާނެއެވެ. އެހެނަސް ރަވާނަކަށް ޑަބްލިޔު ސަރ ގެ ނިންމުމަކާއި ދެކޮޅު ހެދުމުގެ ބާރެއް ނޯންނާނެއެއްނު ހެއްޔެވެ؟ ލީޑަރުގެ އަމުރަށް ބޯލަނބަން ޖެހޭނެއެވެ. ލީޑަރަކީ ސަރ ވިއްޔާއެވެ. 

އަހަރެން ދެން އުޅުނީ ލިވާޒުގެ ފޯނު ދިރާސާ ކުރާށެވެ. ހާވަމުން ދަނިކޮށް އަހަރެންގެ ލޯ ދަމައިގަތީ މީގެ އިރުކޮޅެއް ކުރިން އެ ފޯނުން ކޮށްފައިވާ މެސެޖެކެވެ. އޭގައި ވަނީ އެރޭ ގަރާޖަކުން ބަޔަކާއި ބައްދަލުކުރާ ވާހަކައެވެ. ލިވާޒު އެ މެސެޖު ވަކި ވަކިން ހަ މީހަކަށް ފޮނުވައިފައި ވެއެވެ. އެވަގުތު އަހަރެންގެ ސިކުނޑިއަށް އައި ތާކުން ތާކު ނުޖެހޭ ޚިޔާލަކީ އެތަނަށް ގޮސް އެމީހުން ކުރާ ކަމެއް ބެލުމެވެ. ރަވާނު ހޫދާއި އެކު މަޣްރިބަށް މިސްކިތަށް ދިއުމުން އެ ވާހަކައެއް ނުބުނެވުނެވެ. އަހަރެން އޭގައިވާ ވަގުތަށް އެތަނަށް ދާން ނިންމީމެވެ. 

އަހަރެން ތައްޔާރުވެލައިގެން ނުކުތީ އަށް ގަޑި ސާޅީހުގައެވެ. ނުވައެއް ޖަހާއިރު އެ ލިވާޒުމެން ގަރާޖަށް ދާތީ އަހަރެން ކުޑަކޮށް ހައިރާންވިއެވެ. މާ އަވަސް ވަގުތަކަށް ވުމުންނެވެ. ދަންވަރު ވިއްޔާ މީހަކަށް ޝައްކު ވެދާނެތީ ހަލަބޮލި ވަގުތަކު ދަނީ ކަމަށް ވެދާނެއެވެ. އެއީ އޮށްގާ ގޭންގުގެ މީހުންނެވެ. މި ރާއްޖެއަށް މަޝްހޫރު ބައެކެވެ. 

ދާން ނުކުމެ ހިނގައި ގަނެފައި އަހަރެން ހޫދަށް ގުޅާލީމެވެ. އޭރު އެ ގަރާޖާއި ވަރަށް ކައިރި ވެއްޖެއެވެ. ނުވައެއް ޖަހަން ހަތް މިނެޓަށް ވެއްޖެއެވެ. އެ ގަރާޖުގެ އެއްފަރާތުގައި ހަނިހަނި ގޯޅިގަނޑެއް ވެސް ހުއްޓެވެ. ހަންޏޭ ވާ ހަނި ގޯޅިގަނޑެކެވެ. މި ގަރާޖު ހެދި ބަޔަކު އެތަން ފަރުމާ ކޮށްފައި ހުރި އެކަހަލަ ގޯޅިގަނޑެއް ހެދޭ ގޮތަކަށެވެ. އެހެނަސް އެ ގޯޅިގަނޑު ހުރި ގޮތުން ގަރާޖު ކުރިމަތިން އެތަން ރަނގަޅަކަށް ނުފެނެއެވެ. 

އަހަރެން ސިހުނީ ފަހަތުން ބަޔަކު އަންނަ އަޑު އިވުމުންނެވެ. ހުރެވުނީ ގަރާޖާއި ވީ ފަރާތަށް ކުރިމަތިލައިގެން ކަމުން އަހަރެން ހައްތަހާ ހާސްވިއެވެ. އެވަގުތު އަންނާނީ އެ ލިވާޒު ސޮރުމެން ކަމަށް ވާތީ އިތުރަށް ބިރުގަންނަ ގޮތް ވިއެވެ. އިރު ވިދިފައި އިން މާކަނައެއް ހެން (ކަމަކާއި މެދު މާ ބޮޑަށް ދެރަވެ ހާސްވެ ހަދާނެ ނުހަދާނެ ގޮތެއް ނޭނގި ހުއްޓިފައި އިނުން) އަހަންނަށް ގަނޑުވެފައި އިނދެވުނީއެވެ. ލިވާޒަށް ބަސްޓުވިއްޔާ ރީއްޗެއް ނުވާނެއެވެ. ހޫދު ވެސް އަދި ނާދެއެވެ. ކުރިން ނާންގާ ކަންތައް ކުރެވުމުން މޮޔަ ހިތަށް އަރަން ފަށައިފިއެވެ. އެހެނަސް ދެން ކުރެވޭނެ ކަމެއް އެބަ އޮތް ހެއްޔެވެ؟ މިހާ ހަމަނުޖެހޭ ކަމެއް ކުރެވެން އަހަރެން އެހާ ގަމާރުވީ ކޮން އިރަކު ހެއްޔެވެ؟

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ކާމިލް

Next

ހިނިތުންވެލާށޭ ކަލާ އިއުލާން

Next
September 18, 2024

ހިނިތުންވެލާށޭ ކަލާ އިއުލާން

Previews
September 17, 2024

ކާމިލް

7 Comments!

  1. Nawar says:
    September 17, 2024 at 6:47 pm

    No
    Rifga an gotheii nahadhahcheyy… e manje ey eii meehaky 🤣
    E manje aa nulaa e rawan menakah vx kameii nuvaane…
    Rifga thikuraa hiyy varah saabas..
    Mi part vx vrh vrh reethi

    1. White rose White rose says:
      September 18, 2024 at 6:15 pm

      Thnx Nawar. 🤍
      Aan. Rifga akee hama enme rangalhu meehakee.

  2. Cutie girl says:
    September 17, 2024 at 10:15 pm

    Rifga ah gotheh nuhadhachey
    Mi part ves v Reethi masha allah
    Curiously waiting for next part
    Keep it up
    Curiously waiting for next part
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey

    1. White rose White rose says:
      September 19, 2024 at 9:31 am

      Thnx Cutie girl! 💕

  3. Kamana says:
    September 18, 2024 at 10:53 am

    e thedheh. rifga ah gotheh nahadhaathi.
    mi part ves hama habeys.

    1. White rose White rose says:
      September 19, 2024 at 9:32 am

      Then Kamana! 🤍

    2. White rose White rose says:
      September 19, 2024 at 9:32 am

      Thnx*

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 15←


All Right Reserved!