ޙަޤީޤަތް ހޯދުމޭ 25
“ނާހަމެއްނު.” އާހިލްގެ މޭގައި އަޅާ ކޮށްޕާލަން އަހަރެން މަސައްކަތް ކުރީމެވެ. އެހެނަސް އޭނާ އެ ހުރި ތަނުން ގުޑާވެސް ނުލިއެވެ. އެހާ ވެސް ބާރު ގަދަ ފިރިހެނެކެވެ. “ހެހެހެ… ތިކަހަލަ ނިކަމެތި ކުދީންނަކަށް މަށަކާ ނުތޮޅެވޭނެ. ކޮން ބާރެއް ދައްކާނަމޭ ހިތާތަ ތި އުޅެނީ.” އާހިލް ކުއްލިއަކަށް އަހަރެންގެ އަތް ނައްޓުވާލާ މީހާ އަނެއްފަރާތަށް އަނބުރާލާ ބަނޑުމަތީގައި އެއް އަތް ވަށާލަމުން އަހަރެން ހައްޔަރު ކޮށްލީ އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
ކިތަންމެ ވަރަކަށް އަހަރެންގެ ރުޅިގަނޑު ކެކި އަރާނެހެން ހީވިޔަސް އަހަރެންނަށް ވީ މާ އާދަޔާ ޚިލާފު ގޮތެކެވެ. ހިތުގެ ތެޅުން ބާރުވެ ސިކުނޑި ތަފާތު ޚިޔާލު ތަކުން ފުރުނީއެވެ. އެހެނަސް ބޯހޫރާލަމުން މީހާ ސަމާލުކަމަށް ގެނައީމެވެ. “ބްލޫ އައި ސްޓޯކާ އަށް އަހަރެންގެ ބާރުގަދަކަން އަދި ނުފެންނަނީ!” އާހިލްގެ އަނގަ އަހަރެންގެ ކަންފަތާއި ކައިރި ކޮށްލައިފައި ބުނި ޖުމްލައިން ހައްތަހާ ފިނި ވިއެވެ. އޭނާ ހިފަހައްޓައިގެން ހުރީ އަހަރެންނަށް ކިރިޔާ ވެސް ހިރި ނުލެވޭނެ ވަރަށް ބާރަށެވެ. “ޔޫ ކްރޭޒީ ބްރެޓް. ހަމަ މިހާރު މަގޭ ގައިން އަތް ދޫކުރޭ! މި ބުނީނުން ދޫކުރާށޭ!” އަތުން ބާރެއް ނުދެއްކޭނެ ކަން އެނގޭތީ އަހަރެން މަސައްކަތްކުރީ ދުލުގެ ބޭނުން ކޮށްގެން ސަލާމަތް ވެވޭތޯއެވެ. އެހެނަސް މިއީ މާ ބޯހަރު އަހަރެންނަށް ބެހެން މާ ލޯބިކުރާ އިންސާނެކެވެ.
“އޭތް ކަލޯ. ކަލޭމެން ދެމީހުންނަށް މާ ފޮޅުވަން އެނގެނީ ވެސް މި ތަނުގައި ތަ؟” ކޮޓަރިން ނުކުމެގެން އައި ނައިލް ލޯމަތީ އަތްއަޅާލަމުން އަނެއް ފަރާތަށް އެނބުރުނެވެ. އަހަރެން އާހިލް ދެކެ ހައްތަހާ ރުޅިއައެވެ. މީނާގެ ޢަމަލުތައް ހުންނަ ގޮތުން އެހެން މީހުން އަހަރެންނަށް އަޅުވާ ކިޔަނީ ވިއްޔާއެވެ. މިހާރަކަށް އައިސް އަދި މާގިނައިން ބެހެނީއެވެ. “އައި ހޭޓް ޔޫ. ދެން ދޫކުރަންވީއޭ” އަހަރެން އޭނާގެ އަތުގައި ދަތް އަޅައިގެން ވިޔަސް ސަލާމަތް ވެވޭތޯ ކުރެވުނީ ބޭކާރު މަސައްކަތެކެވެ.
“ހާދަ މަޖަލޭ މީނާ ރުޅިއަރުވާލަން. ބެސްޓް އެންޓަޓެއިންމެންޓް އޮޕްޝަން އީޒިލީ އެވެއިލެބްލް.” އާހިލް އަހަރެންގެ ގައިން އަތް ދޫކޮށްލަމުން ދޫނެރެލިއެވެ. އަހަރެން އޭނާގެ ބޮލުގެ ފުށްކިބައިން ދިލަނަގާނެ ވަރަށް އިސްތަށިގަނޑަށް ދަމާލީމެވެ. ދެން އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީ އިތުރު ހަމަލާއެއް އައުމުގެ ކުރިންނެވެ.
އިރުކޮޅެއް ވަންދެން ކޮޓަރީގައި ހުރެފައި އަހަރެން ނުކުތީމެވެ. ހެދުން ބަދަލުކޮށްގެންނެވެ. ޑެނިމް ޖެކެޓަކާއި އެކު ކަޅު ދޫ ޖިންސެއް ލައިގެންނެވެ. އަހަރެންނަކީ ގަޔަށް ބާރު ތުނި އެއްޗެހިނަށް ނަފްރަތު ކުރާ މީހެއް ވީމައެވެ. އަހަރެން ލާ ހުޑީއާއި ސްވެޓާ ތަކަކީ ވެސް އޯވާސައިޒު އެއްޗެހިނެވެ. ފޫކޮޅު ނިވާ ނުވާ ވަރުގެ އެއްޗެހިންނެއް ވެސް އަހަރެން ނުލަމެވެ. ގިނައިން އުޅެނީ ވެސް އިސްޓާކީނާއި އެކު ބޫޓަށް އަރައިގެންނެވެ. އަހަރެންނަށް އަންހެނުންގެ ޢައުރަ އެނގެއެވެ. ބުރުގާ އަޅަން ޖެހޭނެކަން ވެސް ދަންނަމެވެ. އެހެނަސް އެކަން ފަސްކުރެވެނީ ކައިވެނިކުރަން އަޅާށެވެ. މަންމަ ވެސް އެގޮތަށް ކަންތައް ކުރީ ތީ އެވެ. ހެދުން އެޅުމުގެ އެހެން ހުރިހާ އަދަބުތަކަށް ތަބާ ވެވޭ އިރު ވެސް އެކަން ނުކުރެވިގެން އުޅޭ ސަބަބެއް ޚުދު އަހަރެންނަކަށް ވެސް ނޭނގެއެވެ.
ނަސީބަކުން ދެން ނުކުތް އިރަކު އެ ދުއްތުރާބޭ ފެންނާކަށް ނެތެވެ. ނައިލް ބޫޓަށް އަރަން އިނެވެ. ކަޅު ހުޑީއަކާއި ކެރެޓެއް ލައިގެންނެވެ. ހުޑް ބޮލަށް ވައްޓާލައިފައި މާސްކެއް އަޅައިގެންނެވެ. އަހަރެން އެވަގުތު ހަދާންވީ ހަފީފާ މިސްގެ ލެޕު ހެކުކޮށްލަން ދިޔަ ރޭގެ މަތިންނެވެ. އެ ދުވަހު އަހަރެން ވެސް ހުރީ އެ ގޮތަށް ހެދުން އަޅައިގެންނެވެ. އެރޭ އަހަރެން ދިޔައީ ސަކަ ކަމެއް ކޮށްލަން ކަމަށް ވިޔަސް އެ ދިޔަ ދިއުމުން ކިޔާރާގެ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންވެ، އެކަމުގެ ތެރެއަށް ވަދެގަތީއެވެ. އެކަންތަކުގެ ތެރޭގައި އުޅެނިކޮށް ޝާހިދުގެ މާރޑާ ކޭސްގެ ޙަޤީޤަތް ވެސް ހޯދުނެވެ. ސަކަރާތަކަށް އެރޭ ދިޔަ ނަމަވެސް އެކަމުގެ ސަބަބުން ހާދަ ކަމެއް ހިނގައިފިއެވެ.
“މިހާރު ރިފް ވެސް ބިޓެއް ނެގީ ދޯ! އަހަރެމެން ފަންސަވީސް ސައްބީސް ވެގެން ދާއިރު ވެސް ތިބެން މި ޖެހެނީ ހުސްހަށިބަޔަށް. އަޅެ އަހަންނަށް ޓިޕްސް ތަކެއް ދީބަލަ.” ލާނެތް ގޮތަކަށް ނައިލް އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. “ދެން ނައިލްގަނޑާ! މަ ނޫޅެމޭ ބިޓެއް ނަގައިގެންނެއް.” އަހަރެން ރުޅި މޫނު ހަދައިފައި ހުދު ސްނީކާސް އަށް އަރަން ދިޔައީމެވެ. “ލޮލުން ދެކި އަތުން ހިފީމާ ވެސް އިންކާރު ކުރޭ ބެ އެއްނު. މަށަށް ހެވޭ ކަލޭމެން ދެމީހުން ރައްޓެހިވެގެން ވެގެން އުޅުނަސް.” މި ނައިލްގެ އަނގަގަނޑުން އަރާކަށް ވެސް ފަސޭހައެއް ނޫނޭ ހިތަށް އެރިއެވެ.
“ހިތް ލޯބިން ފުރިއްޖެއޭ. ކަލާ ފެނުމުން އެވާ ގޮތެއް.” ނައިލް ސޮރު ލަވަ ރާގަކަށް ކިޔަން ފަށައިފިއެވެ. ވާތް ފަރާތުން މޭ މަތީގައި އަތް އަޅާލަމުންނެވެ. “އޭތް މިހިރަ ބީރު ބޮލާ. އަހަރެންނާއި އާހިލާއި ދެމެދުގައި ނަފްރަތު ނޫން އެއްޗެއް ނޯންނާނެ. އެނގޭތަ ނަފުރަތަކީ ކޮބައިކަން. ކުޑަކުއްޖަކަށް ވެސް އެނގޭނެ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ނަފުރަތު ކުރާ ވަރު. އަދި ހިތަކީ ވާތް ފަރާތުގަ އޮންނަ އެއްޗެއް ނޫން. އެ އޮންނާނީ މެދުގަ. ތިޔަހާ ގަޅި މީހުންނަކަށް އެކައްޗެއްވެސް ނޭނގޭނެ. އަހަރެން ނުދެނަހުރިން ނައިލަށް ވެސް ހެވާއިން ފަނިދަމަން އެނގޭކަމެއް” (ނޯޓް: ހެވާއިން ފަނިދެމުން، މީގެ މާނައަކީ މިނަށް ވުރެ ބޮޑުކޮށްފައި ވާހަކަ ދެއްކުން.) އަހަރެން ނައިލަށް ދެލޯ އަޅާލީމެވެ. “ހޫން. ރިފް އަށް އެނގޭތަ ނަފްރަތުން ވެސް ލޯބި އުފެދޭނެކަން. ބަލަން ހުންނާތި. މަށަށް ހަމަ ޔަގީން އެންމެ ފަހުން ތި ދެމީހުން ލޯބީގަ ޖެހޭނެކަން. އެ ލޯތްބަށްޓަކައި ޖާނުން ފިދާވާން ތައްޔާރަށް ހުންނާނެ ކަން.” ނައިލްގެ ވާހަކަ އަޑު ނާހަން ވެގެން އަހަރެން ދެކަންފަތުގައި އަތްއަޅައިގެން ހުރެ ބޭރަށް ނުކުތީމެވެ. އަނިލް އާއި ދިމާކުރާ ވާހަކަ އޭނާގެ ގާތުގައި ނުވެސް ބުނަމެވެ. ބުނަން ހިތުލައިގެން ނުކުތް ކަމަކު އެ ކަނޑީގެ މިޔަ ހާ ތޫނު ދުލާއި ހެދި އަހަރެން އެ ޚިޔާލު ބަދަލުކޮށްލީއެވެ. އެ ވަރަށް ދިމާކުރަންޏާ ވާނީ އެހެންނެވެ. ރަވާނުގެ ބަދަލުގައި ނައިލާއި އެކު މި އޮޕަރޭޝަނުގައި މަސައްކަތް ކުރަން ޖެހުމުން އުފާފައުޅު ކުރީމެވެ. އެހެނަސް މި ސޮރުގެ އަސްލު ކުލަތައް ފެނުމުން ދެ މީހުންގެ ތަފާތެއް ނެތް ކަން ސާބިތު ވެއްޖެއެވެ. ހުރިހާ ފިރިހެނުން ވެސް އެ ކަމުގައި އެއްގޮތީ ކީއްވެގެން ހެއްޔެވެ؟
ހޮޓެލުން ނުކުމެ އަހަރެން ފޯނު ނެގީ ‘ފައިން ވުޑް ވޯކްސް’ ހުރި ހިސާބެއް ބަލައިލުމަށެވެ. ފުދޭވަރަކަށް ދުރެވެ. އަހަރެން ހިނގައިގަތީ ލޭންޑް ކެޕްސޫލަށް އަރާށެވެ. އެ ހިސާބަށް ދެވުނު އިރު ބެންޗެއްގައި ޓެބްލެޓެއް ހިފައިގެން ނައިލް އިނެވެ. މީނާ މި އައީ އުދުހިފައި ހެއްޔެވެ؟ އެހާ އަވަހަށް އައީ ކިހިނެއް ހެއްޔެވެ؟ އަހަރެން ކަމެއް ނުކޮށް އެ ވޯކްޝޮޕަށް ވަންނަން ހިނގައިގަތީމެވެ. އެހެނަސް ޚިޔާލު ބަދަލުވުމުން އަހަރެން ވެސް ބެންޗެއްގައި އިށީނީމެވެ. މި ސޮރު ކުރާ ކަމެއް އޮބްޒާވް ކޮށްލުމުގެ ނިޔަތުގައެވެ.
އެ ނައިލް ސޮރު ނޭނގޭ ކަމަށް ހަދައިފައި ބަލަން އިންނަނީއެވެ. ހާދަހާ ގަޅި ސޮރެކެވެ. މިގޮތަށް ސައުވީސް ގަޑިއިރު އަނިލް އަށް ފާރަލިޔަސް އެ ސޮރަށް އެއް ކަމެއް ވެސް ނުވާނެއެވެ. އަހަރެން ބެންޗުން ތެދުވެލީ ދިހަވަރަކަށް މިނެޓު ފަހުންނެވެ.
ކުރިން ވެސް ކުރަން ހިތުލި ކަންތައް ކުރުމުގެ ނިޔަތުގައި އެ ވޯކްޝޮޕަށް ވަންނަން ހިނގައިގަތީމެވެ. އެހެނަސް ފިޔަވަޅުތައް މަތީ ހުއްޓެން މަޖުބޫރުވީ ދެން ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ހިންދިރުވާލަމުން އެދިމާއަށް ހިނގައިގަތީ ލަސްލަހުންނެވެ. “ހީ އިޒް ޑެޑް މީޓް” ވަށްކަޅިން ނައިލާއި ދިމާއަށް ވެސް ބަލައިލީމެވެ. ދެން ކުރާނެ ކަމެއް ނެތެވެ. މިހާރު މާ ލަސްވެއްޖެއެވެ.
ވޯކްޝޮޕުން ނުކުމެގެން އައި ގޮތަށް އަނިލް ހުއްޓުނީ ނައިލްގެ ކުރި މަތީގައެވެ. އެކަހަލަ މަޖާ ކަމެއް ބަލާލުމުގެ ފުރުސަތު ލިބުމުން އުފާ ކުރީމެވެ. އެހާ ވަރަށް އަހަރެން ނަސޭހަތް ދިނުމުން ވެސް އެ ޤަބޫލު ނުކުރުމުގެ ނަތީޖާ މި ފެންނަނީއެވެ. ރަނގަޅަށް ވިއްޔާ އަނިލް އަށް ނައިލްގެ ޢަމަލުތައް ސަހަލު ނޫންކަން ދެނެގަނެވުނީއެވެ.
“އޭތް! ކަލޭ ކީއްވެގެންތަ މަގޭ ފަހަތު އަޅުވާލައިގެން ތިޔައުޅެނީ. މަ ފަސްފަހަތުން ކަލޭ ބޮނދާކަން މަ ދެނަ ހުރީމޭ.” އަނިލް ގޮސް ނައިލް މޫނު ނިވާކުރަން އަޅައިގެން ހުރި މާސްކު ދަމައިގަތެވެ. ނައިލް ހުރީ އެކަހަލަ ކަމަކާ މެދު ވިސްނައިގެން ނޫން ކަމަށް ވެދާނެއެވެ. އަނިލްގެ މަސައްކަތް އެހާ ފަސޭހައިން ކާމިޔާބު ވީ އެހެން ވެގެން ކަމަށް ވެދާނެއެވެ. “ބުނެބަލަ މިހިރަ ފިރިހެނާ ކަލޭ ކީއްވެގެންހޭ މަގޭ އާއި އަވަލައިގެން ތި އުޅެނީ. އަވަލާ ޖިންނިއަކަށް މީނާ ދޫނުކުރޭ ވިއްޔާ.” ނައިލްގެ ހުޑީގައި އޭނާ ހިފިއެވެ. އެހެނަސް ނައިލް ކުއްލިއަކަށް އަނިލްގެ އަތް ނައްޓުވާލައިފައި ދުއްވައިގަތެވެ. ފަހަތުން އަނިލް ވެސް ދިޔައެވެ. އަހަރެން ބޯ ހޫރާލީމެވެ. މި ނައިލެއްގެ ގަޅިކަމާއި ގަމާރު ކަމުގެ ހައްދެއް ނެތޭ ހިތަށް އެރިއެވެ.
އަހަރެން ވެސް އެންމެ ފަހުން ދުއްވައިގަތީމެވެ. އަނިލް އަތުޖައްސާފަ ކަންކަން އޮޅުން ފިލުވައިދޭން ޖެހިއްޖެކަން އެނގުމުންނެވެ. އެ ފިނޑި ސޮރަކަށް އަނިލްގެ ކުރިމައްޗަށް ވެސް އަރާކަށް ނުކެރޭ ވިއްޔާއެވެ. އަހަރެން ވަދެގަނެގެން ނޫނީ ދެން ކަންކަން ހަމައަކަށް ނޭޅޭނެއެވެ.
ދާދި ފަސޭހައިން އަހަރެންނަށް އަނިލްއާއި އަރާ ހަމަކުރެވުނެވެ. މައިގަނޑު ސަބަބަކަށް ވީ އަނިލް ދުވުން ހުއްޓާލުމުންނެވެ. ނައިލް އަކީ ވެސް އެޖެންޓް ޓްރައިނިން ހެދި މީހަކަށް ވުމުން އެ ސޮރު ގޮސް ލޯ މަތިން އޮބާލައިފިއެވެ. “ވަރުގަދަ ސޮރެކެއްނު. ދެން ފެންނަ ފަހަރަކުން ވިއްޔާ ފުލުހުންނާ ހަވާލުކުރާނަން.” އަނިލް ކުދި ކިޔައިގަތް އަޑު އަހަރެންނަށް އިވުނެވެ. އޭނާ އަހަރެން ހުރި ފަރާތަށް އެނބުރުނީ ދެނެވެ. “އައްސަލާމު ޢަލައިކުމް އަނިލް!” އަހަރެން ހިނިތުންވެލަމުން ގޮވާލީމެވެ. އޭނާގެ ނިތްކުރި މައްޗަށް ރޫގިނަވިއެވެ. “ތީ ކާކު؟” އޭނާ އަހާލީ ރީއްޗަށެވެ. “ނަން ބުނެވިދާނޭ ފަހުން ވެސް. ތިއެއް ނޫނޭ. އެ ދިޔަ ފިނޑި ސޮރު ނުދެއްޗޭ ޕޮލިހަށް.” އަހަރެން އިސްތަށިގަނޑުގައި އަތް ހިންގާލީމެވެ.
“އެ ކީއްވެގެން؟” އެ ސޮރު އަނެއް ސުވާލު ކޮށްލިއެވެ. “އައި ވިލް އެކްސްޕްލައިން. އެކަމު މިތާ ކޮޅަށް ހުރެގެންތަ؟ ހިނގާ ޔޫ ގެ ވޯކްޝޮޕަށް” އަހަރެން ހިނގައިގަތީމެވެ. އޭނާ ވެސް ފަހަތުން އައެވެ. އަނިލް ގޮސް ވޯކްޝޮޕުގެ ކުޑަ އޮފީހެއް ކަހަލަ ތަނަކަށެވެ. “އެ ފިރިހެން ސޮރަކީ ނައިލް. އަދާކުރާނެ ރަނގަޅު ވަޒީފާއެއްގައި މަޑުނުވާ މީހެއް. އެކަމު މަ ފްރެންޑެއް.” އަހަރެން ތައްޔާރުކޮށްގެން އައި ދޮގު މޮޑިފައި ކޮށްލަމުން ބުނެލީމެވެ. ދެން އެ ސޮރަށް ހުރިހާ އެއްޗެއް ކިޔައިދެވޭ ހެއްޔެވެ؟ އަހަރެންނަކީ އެހާ މޮޔަ މީހެއް ނޫނެވެ. “ދެން އޭނަ މަގޭ ފަސް ފަހަތުން އެ އުޅެނިއްޔޯ؟” އަނެއްކާ އަނެއް ސުވާލެވެ. “ހަމަ ނޭނގެތަ؟ ތި ތަނަށް ވަޒީފާއަކަށް ވަންނަން ބޭނުން ވާތީ އެހާ ވަރަކުން އެ ބަލަނީ. އަނިލް ހައްލާލައިގެން ވިޔަސް ތިޔަ ތަނަށް ވަދެވޭ ތޯ!” އަހަރެން އިތުރަށް ކިޔައިދިނީމެވެ. އެ ސޮރު ދެން ފެށީ ހޭށެވެ.
“ހާދަހާވާ އާދަޔާ ޚިލާފު ގޮލައެކޭ. ހަމަ ދިމާލަށް އައިސް ވަޒީފާއެއް ދޭށޭ ބުނަންވީނުން. ކީކޭ ދެން ބުނާނީ ދޯ!” އޭނާ ހެމުން ހެމުން ބުނެލިއެވެ. “އާއެކޭ! ހިސާބަށް ވުރެ ލަދުގަންނަނީއޭ. އެހާ ވެސް ރަނޑު ފިރިހެނެއް.” އަހަރެން ނައިލަށް މަލާމާތް ކޮށްލީމެވެ. “ދެން އޭނާއަށް އަދާކުރެވޭނެ ކަހަލަ ވަޒީފާއެއް ލިބިދާނެތަ. އަހަރެންނަށް ކަންނޭނގެ ޖެހޭނީ އެ ސޮރުގެ ވަޒީފާ ހަމަޖައްސަން ވެސް.” އަހަރެން ބެލީ އޭނާ ކައިރިން ނައިލަށް ވަޒީފާއެއް ހަމަޖެއްސޭތޯއެވެ.
“އޯކޭ. ބަލާނަން. ދެން ބުނެބަލަ ތި ކުއްޖާގެ ނަން.” އަނިލް އަހަރެންގެ އެދުމަށް އެހާ ފަސޭހައިން އެއްބަސްވުމުން އަހަރެން ހިތްހަމަޖެހުނެވެ. “ރިފްޤާ” ހިނިތުންވެލައިފައި އަހަރެން ތެދުވީމެވެ. “މަޑުކޮށްބަލަ. އެ ރަނޑު ސޮރަށް ކޮންޓެކްޓު ކުރާނެ ނަންބަރެއް ދީބަލަ.” އަހަރެން ނުކުންނަން އުޅެނިކޮށް އޭނާ ބުނެލިއެވެ. އަހަރެން ގަނޑުކޮޅެއްގައި ނައިލްގެ ނަންބަރު ލިޔެލައިފައި އަނިލްގެ އަތަށް ދިނީމެވެ.
އެ ވޯކްޝޮޕުން ނުކުމެގެން އަހަރެން އުޅުނީ އަނބުރާ ހޮޓެލަށް ދާށެވެ. އައި ބޭނުން ފުދުނިއްޔާ މިތަނުގައި މަޑުކުރަނީ ކީއްކުރަން ހެއްޔެވެ؟ ހިނގައިގަތް ވަގުތު އަހަރެންނަށް ނައިލް ފެނުނެވެ. އޭނާ ހުރީ ފާޑަކަށް ބަލާށެވެ. އަހަރެން އެ ދިމާލަށް ދިޔައީމެވެ. “ހެލޯ ރަނޑު ފިރިހެނާ!” ލާނެތް ހިނިތުންވުމެއް ދެމުން އަހަރެން ގޮވާލީމެވެ. “މަށަށް ރަނޑޭ ނުކިޔަބަލަ. މަ ގައިމު ރިފް އަކަށް ފާޑުފާޑުގެ ނަންނަމަކުން ނުގޮވަމެއްނު.” މި ސޮރާއި ދިމާއަށް މަޖަލަކަށް ވެސް އެއްޗެކޭ ބުނެލެވޭކަށް ނެތޭ ހިތަށް އެރިއެވެ.
“ޕިސްޕިސް. ހެވޭ. ކަލޭއަށް ގުޅާނެ އަނިލް ބްރޯ ވަޒީފާ ހަމަޖެހުނުކަން އަންގާލަން. ވެލްކަމް!” އަހަރެން އޭނާއަށް ދޭން ބޭނުންވި މެސެޖު ފޯރުކޮށްލީމެވެ. “މަ ޝުކުރިއްޔާ އެކޭ ނުބުނަން އެހާ އަވަހަށް ވެލްކަމް ކިޔާކަށް.” މި ނައިލްގެ ދުލުގައި ހިފާ އެ ދޫ ބުރިކޮށްލަން ވީއެވެ. އާނ އެހެންޏާ އެހާ ވަރުން އޭނާ އަށް ނުވި ކަންތައް ކޮށްދިނީމާވެސް ވާހަކަ ދައްކަން ޖެހެނީ މިހެން ހެއްޔެވެ؟ “މަ ނޫޅެން ކަލެއަކާ ވާހަކަ ދައްކާކަށް.” އަހަރެން ގޮށްމުށްކަވާލައިފައި އެތަނުން ދިޔައީމެވެ. މި އުޅޭ ދެ ސޮރަކާ ހެދި އަހަރެން ހުންނަނީ ލޭ މައްޗަށް ދާ ވަރު ވެފައެވެ.
ހޮޓެލަށް ގޮސް އަހަރެން އަނެއްކާވެސް ހެދުން ބަދަލުކޮށްލީމެވެ. ކުކުޅު ބިސް ކުލައިގެ ސްވެޓާއަކާއި މުށިކުލައިގެ ފްލަފް ޓްރެކްޝޫޓަކަށެވެ. ދެން އުޅުނީ ޕޯޓަލަށް އަޕްޑޭޓު ދޭށެވެ. އެކަން ނިންމައިފައި ޓްރައިނިން ސެޝަނަށް ވެސް ވަންނަން ޖެހުނެވެ. ހުރިހާ ކަމެއް ނިމުނުއިރު ރޭގަނޑު ވެ ނުވައެއް ޖަހައިފިއެވެ.
އަހަރެން ފޯނު ނަގާ ޝެހެނާޒަށް ގުޅާލީ ޙާލު އަހުވާލު އަހާލާށެވެ. އެ ފަކީރު ހާދަ ފޫއްސެއް ވާނެއެވެ. ނުވީތާކަށް ރުޅިވެސް އަންނާނެއެވެ. އެންމެ ގާތް އެކުވެރިން އޭނާ އަނދިރީގައި ބަހައްޓާފައި ދިޔައީއެވެ. އެ ގޮތަށް ކަންތައް ކުރީ ކިޔެވުމުގެ ދުވަސްވަރުގައި އޭނާ ހިތާމައިގެ ފުން ކަނޑަކަށް ޣަރަޤުކޮށްލަން ބޭނުން ނުވާތީއެވެ. މި ކަންތައްގަނޑުގެ ފަހަތުގައި ވާ މީހުން ހޯދާ އޭގެ ފަހުގައި ބުނީމާ ވީއެވެ. އެންމެ އުނދަގޫ ވާނީ ‘ޕްރޮސެސް’ އެވެ. މިހާރު މި އުޅެނީ އެކަން ފަށައިގެންނެވެ. އަދި މާތް ﷲ ގެ އިރާދަފުޅުން އެމީހުންގެ ގޮތް ހޯދޭނެއެވެ. އެކަން ކުރުމަށް އެމީހުންގެ ބާވީސްވަނަ އަމާޒުފަތްގަނޑު ފާހަގަކުރަން ވީއެވެ. އޭނާ ބޭނުން ކޮށްގެން މި ‘އޯރގަން ސެލާސް’ ނުވަތަ ދިވެހި ބަހުން ނަމަ އިންސާނީ ވަގުފާރި ކުރާ މީހުންތައް ހޯދާލެވޭނެއެވެ.
“ރިފް ބުނެބަލަ ތި އަތޮޅަށް ގޮސްގެން އުޅޭ ސަބަބު. މަ ވެސް އެނގެން ބޭނުމޭ. އަހަރެންގެ ދައްތަ ވިއްޔާ ގެއްލުނީ. އަހަރެން ހުއްޓާ ކުރިން ޝީން ދައްތަ ހޯދުމުގެ މަސައްކަތް ކުރީ. ފަހުން ފަހުން ތި ކުރާ ކަމެއްގެ ވާހަކަ ނުބުނަން ތިޔަ ހިފައްޓަނީ ކީއްވެގެންތަ؟” ޝެހެނާޒު ޝަކުވާގެ ރާގަކަށް އެއްސެވެ. އޭނާ މިވަގުތު އަނދިރީގައި ބަހައްޓަން ޖެހޭތީ އަހަރެން ދެރަވެއެވެ. އެހެނަސް މި ޙާލަތުގައި އޭނާ އައްޔަށް ނެރުމަށް ވުރެ ރަނގަޅުވާނީ އަނދިރީގައި ބެހެއްޓިއްޔާއެވެ.
“ޝަހިކްސް! އަހަރެމެން ދޫކޮށްލައިފިން ޝީ…ޝީން ދައްތަގެ ކޭސް. މިތަނަށް އައީ އެހެން ކަމަކު.” އަހަރެން ބުނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. އެހެން ބުނީ މާ ގިނައިން ޝެހެނާޒު އަހާނަމަ އަހަރެންނަށް ބުނެވިދާނެތީއެވެ. “އައިމް ސޮރީ!” އަހަރެން އެހެން ބުނެލީ މަޑުމަޑުންނެވެ. “ރިފް! ކީ…ކީއް…. ކީއްވެ އެހެ…އެހެން ހެ…ދީ” ކެނޑިކެނޑިގެން އިވުނު ޝެހެނާޒުގެ އަޑާއި އެކު މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ. އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ. ކޯތާފަތް މަތިން ހޫނު ކަރުނައެއް ދަތުރު ކޮށްލައިފައި ދިޔަކަން އިހުސާސް ކުރެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Mi part vx varah varah reethi…
Next part thankolheii avahah genesdheiichey…
Mi buny mihaaru lahekey noon ingey…
Ekm miah vure vx avahah…
Ehn nu vaany vhk kiyaahithun abadhu abadhu beley up vehje thw??
Ehaa talented kuhjeii viyya thy…
Rifga mn ge zuvaabu emme majaly🤣🤣🤣
Once again mi part vx varah varah reethi….❤️♥️♥️❤️
A huuuge thnx for the lovely comment.
Sorry but i can’t speed it.
Scl ga v v v muhimmu ahareh veema aslu ^-^
Adhi majaa baithah kuriah othy..
once again thnakyou Nawar!
mi part vx vr reethi
Thnx Anonymous.
vrh reethi mi vhk masha allah
when next ?
this is my fav story
the best author ik 😊
Thnkyou….
Next one pretty soon IA.
School muhimmu ahareii v ma kiyevumah bodah focus kurey..
up kuraathy busy kh ulhemun vx…
Ehn kudhin thibeny muhimmu ahareii v ma vhk nuliye hitachi laign..
All the best for you…
Yh i’m focusing on it.
Thnxx Nawar, for yr unwavering support.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Rifga ah gotheh nuhadhachey
Rifga and aahil gulhuvachey
They both are made for each other
Good luck
Focus on studies
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Thnx for the sweeeet comment cutie girl.