Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ޙަޤީޤަތް ހޯދުމޭ 26

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
October 30, 2024 5 Mins Read
12 Comments

“ރިފް ބުނެބަލަ ތި އަތޮޅަށް ގޮސްގެން އުޅޭ ސަބަބު. މަ ވެސް އެނގެން ބޭނުމޭ. އަހަރެންގެ ދައްތަ ވިއްޔާ ގެއްލުނީ. އަހަރެން ހުއްޓާ ކުރިން ޝީން ދައްތަ ހޯދުމުގެ މަސައްކަތް ކުރީ. ފަހުން ފަހުން ތި ކުރާ ކަމެއްގެ ވާހަކަ ނުބުނަން ތިޔަ ހިފައްޓަނީ ކީއްވެގެންތަ؟” ޝެހެނާޒު ޝަކުވާގެ ރާގަކަށް އެއްސެވެ. އޭނާ މިވަގުތު އަނދިރީގައި ބަހައްޓަން ޖެހޭތީ އަހަރެން ދެރަވެއެވެ. އެހެނަސް މި ޙާލަތުގައި އޭނާ އައްޔަށް ނެރުމަށް ވުރެ ރަނގަޅުވާނީ އަނދިރީގައި ބެހެއްޓިއްޔާއެވެ. 

“ޝަހިކްސް! އަހަރެމެން ދޫކޮށްލައިފިން ޝީ…ޝީން ދައްތަގެ ކޭސް. މިތަނަށް އައީ އެހެން ކަމަކު.” އަހަރެން ބުނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. އެހެން ބުނީ މާ ގިނައިން ޝެހެނާޒު އަހާނަމަ އަހަރެންނަށް ބުނެވިދާނެތީއެވެ. “އައިމް ސޮރީ!” އަހަރެން އެހެން ބުނެލީ މަޑުމަޑުންނެވެ. “ރިފް! ކީ…ކީއް…. ކީއްވެ އެހެ…އެހެން ހެ…ދީ” ކެނޑިކެނޑިގެން އިވުނު ޝެހެނާޒުގެ އަޑާއި އެކު މަޑު ގިސްލުމެއްގެ އަޑު އިވެން ފެށިއެވެ. އަހަރެން ތުންފަތުގައި ދަތް އަޅާލީމެވެ. ކޯތާފަތް މަތިން ހޫނު ކަރުނައެއް ދަތުރު ކޮށްލައިފައި ދިޔަކަން އިހުސާސް ކުރެވުނެވެ. 

“އެ މައްސަލައަށް އެކަށީގެންވާ މިންވަރަށް ހެއްކެއް ނުހޯދުނެއްނު.” އެހެން ބުނެލަމުން އަހަރެން ފޯނު ކަނޑާލީ އިތުރު އެއްޗެއް ބުނަން ބޭނުން ނުވާތީ އެވެ. މިހާރު ވެސް އެ ރޮއްވާލެވުނީއެވެ. އެ ގޮތަށް ވާހަކަ ދެއްކީ އަހަރެންނަށް ޙަޤީޤަތް ވަންހަނާކުރަން މިވަގުތު މަޖުބޫރު ވީމައެވެ. އަހަރެން ދެން ގުޅާލީ ހޫދަށެވެ. ޝެހެނާޒުގެ ގާތުގައި ބުނި ވާހަކަ ބުނާށެވެ. 

އެ ދުވަހަށް ފަހު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައެވެ. އަހަރެމެންގެ މަސައްކަތް ދިޔައީ ކުރިއަށެވެ. އެ ދުވަސްތަކުގެ ތެރޭގައި ޔަޤީން ކުރެވުނީ ލައިލާ އާއި ޝަފަޤަކީ ރަހީނުކުރާ ގުރޫޕުގެ ބާވީސްވަނަ އަމާޒުފަތްގަނޑެއް ނޫން ކަމެވެ. މިހާރު ޔަގީން ނުކުރެވި އިނީ އަނިލްގެ އެކުވެރީންގެ ގޮތް ބަލައި އެއީ ރަނގަޅު ބައެއް ކަން ޔަޤީން ކުރުމެވެ. ނައިލް އަހަރެމެންނަށް ވުރެ ތަތް ބޮޑުކަމުން ނުނިމެނީއެވެ. އިހަވަންދޫގައި އަދި މަޑުކުރަން ޖެހެނީ އެހެން ވެގެންނެވެ. 

އަންގާރަ ދުވަހަށް އިރު އެރީ އަހަރެން ޓްރައިނިން ސެޝަނުގައި އިންދައެވެ. އެނެވާސަރީއަށް ޚާއްޞަކޮށް އަންގާރަ އާއި ބުދަ މި ދެ ދުވަސް ބަންދު ކުރި ކަން ރަނގަޅެވެ. ޓްރައިނިން ސެޝަން ނިމުނީ ހަތެއް ޖަހަނިކޮށެވެ. ނިމުމުން ކޮޓަރިން ނުކުމެލީމެވެ. އޭރު ކާ މޭޒު ދޮށުގައި އާހިލާއި ނައިލް ކާން ތިއްބެވެ. “ވަޓްސް އަޕް ރިފް!” މިއަދު ފުރަތަމަ އަނގަ ހުޅުވާލީ ނައިލެވެ. “ކަލޭގެ މަސައްކަތް މަށަށް ދިނަސް ހެވޭ. މިއަދު އަހަންނަށް އަދި ޖެހޭ ފާޑެއްގެ އެނިވާސަރީ ބެނިވާސަރީއަކަށް މުޅި ދުވަހު ހެން އުޅެން. މީނާގެ ލަސްކަމާއި ބުރަހެލިކަމާއި ހެދި ހުރިހާ އުނދަގުލެއް މަށަށް.” ނައިލަށް ދެލޯ އަޅާލަމުން އަހަރެން ވެސް ސައި ބޯން އިށީނީމެވެ.

“ބްލޫ އައި ސްޓޯކާ ވެސް ހަމަ އެ ވަޒީފާއިން ކެނޑެން ވީނުން. ބަލާބަލަ މަށަށް. ކިހާ ފްރީކޮށް މިއުޅެނީ.” ފޮނި ކަނޑާލަމުން އާހިލް ބުންޏެވެ. “އެނޮއިން ކެޓް އުޅުނީ ވަޒީފާއެއްގައެއް ނޫނެއްނު. އެހެން ނޫނަސް ދެ ދެހަފްތާ ނިންމާލަން ޖެހެޔޭ. ޑަބްލިޔު ސަރ އެކަން ހަމަޖެއްސީ އެހެންނޭ.” އަހަރެން ރައްދުގައި ބުނެލީމެވެ. “ހޭވް ފަން!” އެއްލޯ މަރާލަމުން އާހިލް ބުނެލިއެވެ. “ދެން ކަރާ ނުފަޅަބަލަ. އޮށް ބުރާއެބައޭ.” އަހަރެން މޫނުގައި އަތް އަޅާލީމެވެ. 

ކައިނިމިގެން އަހަރެން ތައްޔާރު ވެލީ މަދަރުސާއަށް ދިއުމަށެވެ. އަހަރެމެން ދިވެހި ޑިޕާޓްމެންޓަށް ޖެހުނީ ލުއި ކާނާ ތައްޔާރު ކުރާށެވެ. އެގޮތުން ބާރަ މުދައްރިސުން ބަހާލީ ކުޅިއާއި ފޮންޏަށެވެ. އަހަރެންނާއި ލައިލާ އެއް ގުރޫޕެއް ކަން ރަނގަޅެވެ. އަދި އަހަރެމެންނަށް ޖެހުނީ ވެސް ފޮންޏެވެ. ތަކެތި ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ ލައިލާގެ އެޕާޓްމަންޓުގައެވެ. އެކަން ކުރަން ހަމަޖެހިފައިވަނީ މިއަދު ހަވީރަށެވެ. ހަތަރެއް ޖަހާއިރު އެގެއަށް ދާން ޖެހޭނެއެވެ. 

އަހަރެން ތައްޔާރުވެ ނިމުމުން އަވަސްވެގަތީ މަދަރުސާއަށް ދާށެވެ. ދިޔައީ ލޭންޑް ކެޕްސޫލްގައެވެ. އޭރު އެހެން މުދައްރިސުން މަސައްކަތް ފަށައިފިއެވެ. އެއްބަޔަކު ސްޓޯލް ތައްޔާރު ކުރުމުގެ މަސައްކަތެވެ. އަނެއް ބަޔަކު ރޭގަނޑުގެ ހަރަކާތްތަކަށް ފަރިތަ ކުރަނީއެވެ. އެނޫން ވެސް ތަފާތު ކަންކަމުގައި ގިނަ ބަޔަކު މަޝްޣޫލުވެގެން އުޅެއެވެ. އެކި މުދައްރިސުންނަށް އެކި ކަންކަމެވެ. ސޯޝަލް ޑިޕާޓްމެންޓަށް ރޭގަނޑުގެ ޑްރާމާއެވެ. ފަންނުވެރިކަމުގެ ޑިޕާޓްމެންޓަށް ރޭގަނޑުގެ ކޮމެޑީ ޝޯއެކެވެ. ފިޓްނެސް ޑިޕާޓްމެންޓާއި ސައިންސު ޑިޕާޓްމެންޓަށް ހަވީރީ ކުޅިވަރުތަކެވެ. ބިޒްނެސް ޑިޕާޓްމެންޓަށް ޖަންކް ސޭލްއަކާއި ޑްރިންކު ވިއްކުމެވެ. އިސްލާމް ޑިޕާޓްމެންޓަށް ދީނީ ވޯކްޝޮޕެއް ހިންގުމެވެ. އައިޓީ ޑިޕާޓްމެންޓަށް ޓެކްނިކަލް ހުރިހާ ކަމެއް ހަމަޖެއްސުމެވެ. 

އެ ނިމުނީ މުދައްރިސުންގެ ބައެވެ. އަދި ކުދިންގެ މަސައްކަތް ކުރިއަށް އޮތީއެވެ. ފަހަކުން މަތީގެ ކުދިންނަށެވެ. ދެން ޅަ ބޭބީ ކުދިންނަށް މަސައްކަތް ޖައްސަން ޖެހޭ ހެއްޔެވެ؟ ދުވަހަށް ޚާއްޞަ އެސެންބުލީ ހިންގާނީ އެކުދިންނެވެ. އެކަމުގައި ބައިވެރިނުވާ ކުދިންގެ މަސައްކަތަކީ ސުކޫލު ގޯތިތެރެއާއި ހޯލުގެ ތިރީ ބައި ޑެކަރޭޓު ކުރުމެވެ. ބެލެނިވެރިންގެ ހަމައެކަނި މަސައްކަތަކީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމެވެ. ހުރިހާ މުދައްރިސުންނާއި ކުދިންނާއި ބެލެނިވެރިންނަށް ވާވަރަށެވެ. އެ އަކީ ވަކި ކުޑަ މަސައްކަތެއް ނޫނެވެ. 

ރޭވިފައިވާ ހުރިހާ ކަމެއް ވެސް ކުރަން ހަމަޖެހިފައި ވަނީ މާދަމާ އަށެވެ. ހެނދުނު އެސެންބުލީއެވެ. މެންދުރު ދީނީ ވޯކްޝޮޕެވެ. ހަވީރު ސްޓޯލްތައް ހިންގުމާއި ކުޅިވަރުތަކެވެ. ރޭގަނޑު ޑްރާމާއާއި ކޮމެޑީ ޝޯއެވެ. ލައްކަ ގިނަ ކަންކަމެއްނު ހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ މަދަރުސާއަށް އަހަރެން ދާން ޖެހޭ އެންމެ ފަހު ދުވަހަކީ ވެސް އެއީއެވެ. ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ކަންތައް ބޮޑު ދުވަހަކަށް އެ ދުވަސް ވާނެއެވެ. 

އަހަރެންނަށް ޖެހުނީ ޕޯސްޓަރު ހަދާށެވެ. ލެޕުންނެވެ. ހަދާ ޕްރިންޓުކޮށް ލުމުން އާޝޯހު ވާހާ ރީތިވާނެއެވެ. އެހެނަސް ބޮޑު މަސައްކަތަކަށް ވާނީ އޭގައި ތެރަސް ލާ ތަތް ކުރުމެވެ. ލެޕުން އޭއައި ބޭނުން ކޮށްގެން ސިކުންތު ކޮޅެއްގެ ތެރޭ ބޭނުންވާ ގޮތަށް އެ ޕޯސްޓަރުތައް ހަދާލެވިދާނެއެވެ. އެ ޕްރިންޓުކޮށް ނިންމައިފައި ކަފަން އިނީމެވެ ހުރިހާ ކަފާ ތަތްކުރަން ޖެހޭ ތަންތަނުގައި ތަތްކޮށް ނިންމާލީ އެއް ގަޑިއިރުގެ ތެރޭގައެވެ. 

“އަހަރެންގެ މަސައްކަތް ނިމުނީނުން. ދެން އޯކޭ ތަ ދިޔަޔަސް.” ނުވައެއް ޖެހުމާއި އެކު ހެން އަހަރެން ޢާލިމް ސަރ ގެ ގާތުން ހުއްދައަށް އެދުނީމެވެ. އަހަރެން ދިޔަޔަކަ ދިނީ އަހަރެންގެ މަސައްކަތް ނިމުމުން ދެން ކުރާނެ އެހެން ކަމެއް ނެތީމައެވެ.

“އައްސަލާމު ޢަލައިކުމް ރިފް! އެހާ އަވަހަށް ނައްޓާލަނީތަ؟ ޕިސްޕިސް ބަލާބަލަ އެހެން މީހުން ބުރަކޮށް މާދަމާއަށް ތައްޔާރު ވާއިރު ވެސް މިސް ކުރާ ކަންތައް. އެކަމަކު އަހަރެމެން ކުދިންނަށް ނަމޫނާ ދައްކަން ތިބި ބައެކޯ.” އަށެއް އެފް ކުލާހުގައި އުޅޭ ޒަލަފް އަހަރެންނަށް ގޮވާލަމުން ވާހަކަ ދެއްކިއެވެ. އެއީ މާ އެކުވެރިވެގެން އުޅޭ ސޮރެކެވެ. އަހަރެންނަށް ‘ރަފާ މިސް’ އޭ ކިޔާ މުޚާޠަބު ކުރާނީ ހާލަކުން ފަހަރަކުއެވެ. ގިނައިން ކިޔާނީ ‘ރިފް’ އެވެ. 

“ވަޢަލައިކުމުއް ސަލާމް. ޒަފް! އަހަރެންގެ މުރާލިކަން ޔޫ އަށް ނޭނގެނީ. އައީ ހަދަން ޖެހުނުހާ ޕޯސްޓަރެއް ހަދާ ކަފާ ތަތްކޮށްފައޭ.” އަހަރެން ރައްދުގައި ބުނީމެވެ. “ދެން ދަނީ އޭ! މާދަމާ ބުރަ ވާނެ ދޯ. ޕްލަސް މާދަމާއަކީ އައި މި ސްކޫލަށް އަންނާނެ ފަހު ދުވަސް. ސަލާން ކިޔާލަން ވާނެއްނު.” އަހަރެން ކެނޑޭ ވާހަކަ އެ ސޮރު ގާތު ބުނީމެވެ. އަޑު އިވުނު އިރަށް ދެލޯ ތަންމިނަށް ހުޅުވާ ބަލައިލިއެވެ. “އޭ ނޯ! ދެން ތިކަހަލަ ސަމާސާ ނުކޮށްބަލަ. މަގޭގެ ފޭވަރިޓް ޓީޗަރޭ ތިއީ. އަދި އެންމެ ދެހަފްތާ ވެސް ނުވާނެ ކަންނެ އައި ފަހުން. ހަމަ މަޑުކުރަން ވީނުން.” އާދޭހުގެ ރާގަކަށް އެ ސޮރު ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ. “ނޫނޭ ނުހުރެވޭނޭ. މި ރަށުން ފުރަނީވިއްޔާ.” އަހަރެން އެހެން ބުނެލައިފައި ބޮޑު ގޭޓުން ނުކުމެގެން ދިޔައީމެވެ.

އަހަރެން ދެން އުޅުނީ ފަހު ފަހަރަށް ނަމަވެސް ރަށުތެރޭގައި ހިނގާލުމަށެވެ. ނައިލް އޭނާގެ މަސައްކަތް މާދަމާ ނިމޭނެ ކަމުގެ ޔަޤީންކަން ދީފައި ވުމުން އަހަރެމެން މިރަށުން ފުރަނީ ބުރާސްފަތި ދުވަހުއެވެ. ހޯރަފުށްޓަށެވެ. އެ ރަށުގައި ވެސް ރަހީނުކުރާ މީހުންގެ އަމާޒަކަށް ވާނެ ހެން ހީވާ ތިން މީހަކު އެބަހުއްޓެވެ. އެ ރަށުގައި ވެސް ކަންކުރާނީ ހަމަ މި ރަށުގައި ވެސް ކަންކުރި ގޮތަށެވެ. ތަފާތަކީ އެ ރަށުގައި އޮށްގާ ގޭންގުގެ ގޮތްޕެއް އޮންނަ ކަމެވެ. އެ މީހުންގެ ޙަރަކާތްތަކަށް ވެސް ލޯ އަޅަން ޖެހޭނެއެވެ. އެއީ ވެސް ރަހީނުކުރާ ގުރޫޕު މީހުންނަށް ވާގިވެރިވާ ބައެއް ވިއްޔާއެވެ. 

ރަށް ކުޑަކޮށްފައި ހޮޓެލަށް ދިޔައީ މެންދުރު ވާން ތައްޔާރުވެފައި ވަނިކޮށެވެ. އެ ވަގުތުގެ ދިލަ ހޫނު އަވިން އުނދަގޫ ނުވަނީ މަގުގެ އެއްފަރާތުގައި އިންދައިފައިވާ ހިޔާދޭ ބޮޑެތި ގަސްތަކުގެ ސަބަބުންނެވެ. އެހާ ވަރަށް ގަސް ހުއްޓަސް މަގުތައް އޮންނާނީ ސާފުކޮށެވެ. ކޮންމެ ރެއަކު ރޯޑް ކްލީނިން ރޮބޮޓުތައް ދުއްވާތީއެވެ. މަގުތަކުން ދަޅެއް ބިއްލޫރި ފުޅިއެއް ނުފެންނަނީ ރަށު ރައްޔިތުން އެމީހުންގެ އަމިއްލަ ފަރުދީ ޒިންމާ އަދާކުރާތީއެވެ. 

ހޮޓެލަށް ވަދެ އަހަރެން ހިނގައިގަތީ ހިފި ދެ ކޮޓަރީގެ ތަނަށް ވަންނާށެވެ. ފިންގަރ ޖަހާ ކާޑު ޖައްސާލުމުން އެ ދޮރު ހުޅުވުނެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ސޯފާއަށް ވެޑުވިގެން އޮތް އާހިލެވެ. ބާސްކެޓު ބޯޅަ މެޗެއް އަޅުވައިގެން އެ ބަލާށެވެ. “އެނޮއިން ކެޓްގެ ކަންނެތްކަން އިންތިހާއެއްނު.” ކުދި ކިޔާލައިފައި އަހަރެން ދިޔައީ ހެދުން ބަދަލު ކުރާށެވެ. 

އަހަރެން އަނބުރާ ސިޓިންރޫމަށް ނުކުމެލީ މިވަގުތު އަންނާނެ ޕްރޮގްރާމެއް ކަމަށް ވާ ‘ދުނިޔޭގެ ކަޅި’ ބަލާލުމަށެވެ. އެންމެ ފަހުން އޭގެ އެޕިސޯޑެއް ބަލާލެވުނީ ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. އެއީ ދުނިޔޭގެ ތަފާތު ޚަބަރުތައް ދައްކައިދޭ ޕްރޮގްރާމެކެވެ. 

“ބޭފުޅާ! މިހާރު ވާވަރަށް ބެލިއްޖެއްނު. ދެން ގެނޭ މަށަށް ރިމޯޓު.” އަހަރެން އަތް ދިއްކޮށްލީމެވެ. “ނޫނުން ނުދޭނަން!” އޮތް ގޮތަށް އޮވެފައި އަކުރުތަކަށް ދަމާލަމުން އެ ސޮރު ބުންޏެވެ. ދެން އަހަރެން މަސައްކަތް ކުރީ އޭނާގެ އަތުން އެ އަތުލެވޭތޯއެވެ. “އޭތް! ދެން ތި ދޭން ވީއޭ.” އަހަރެން އޭނާގެ ކޮނޑުގައި ހިފާ ތަޅުވާލީމެވެ. ހަމަ ވާކަމެއް ހަރާން ފަދައެވެ. އަހަންނަށް ބީރު ކަންފަތެއް ދީގެން އިނީއެވެ. 

“ހެޔޮ ރިމޯޓު ނުދިނަސް. ގެނޭ ސޯފާއިން ތަންކޮޅެއް.” ބަލި ޤަބޫލުކޮށްފައި އަހަރެން ބުނީމެވެ. “ޔޫ އެނޯއިން ބްލޫ އައި ސްޓޯކާ! ޖަސްޓް ލީވް މީ އެލޯން.” އޭނާ މިފަހަރު ވެސް ދެކޮޅު ހެދީއެވެ. މިއިވާ ފޮނި، ކިބުރުވެރި، ފަތަރާސީ ފިރިހެނެކެވެ. ރިމޯޓެއް ދިނީ އެއް ނޫނެވެ. ސޯފާގައި އިށީނދެލަން ތަންފުކެއް ދިނީ އެއް ނޫނެވެ. 

އަހަރެން އެންމެ ފަހުން ރުޅިގަދަވިއެވެ. އަތަށް ލައްވައިފައިވާ ވަޅިނަގައި އޭގެ ކަވަރު ތިރިޔަށް ވައްޓާލައިފައި އޭނާއާއި ދިމާއަށް ހޫރާލީމެވެ. އެ ހެރުނީ ސޯފާއަށެވެ. އާހިލްގެ ކަރުގައި ނުޖެހި އެ ދިޔައީ އިންޗިއެއްގެ ދުރުމިނުންނެވެ. އެއީ އަހަރެން އަމާޒުކުރި ގޮތް ވެސް މެއެވެ. އަނެއް ވަޅި ވެސް ނަގާ އަހަރެން އޭނާއާއި ދިމާކޮށްލީމެވެ. “ގެނޭ ރިމޯޓު” އެ ސޮރު ފޫކޮޅުގައި ކައްޓެއް ޖެހުނު ފަދައިން ފުންމައިގެން ތެދުވިއެވެ. 

“ވޯހް. ޗިލް ބްރޯ… ޗިލް” އަހަރެން އަތުން ޙަރަކާތް ކުރަމުން އަހަރެންނާއި ދިމާލަށް އައެވެ. “ވަން ފްރެންޑްލީ ފައިޓް. މޮޅުވާ މީހަކަށް ރިމޯޓާއި ސޯފާ!” އަހަރެން ކުރިއަށް ފިޔަވަޅު ތަކެއް އަޅާލީ. “އޭ. ފެއާ އެއް ނޫން. ބްލޫ އައި ސްޓޯކާ ތޫނު ހަތިޔާރު ހިފައިގެން ތިއުޅެނީ ތި ވާނީ ބިރު ދެއްކުމަށް. ޕޮލިހަށް ރިޕޯޓުކުރާނަން.” އޭނާ ހީކުރި އަހަރެން ކައިރީ އެހެން ބުނެގެން ވަޅި ދޫކޮށްލާނެ ކަމަށް ހެއްޔެވެ؟ އެހެނެއް ނުވާނެއެވެ. އަހަރެން ކުއްލިއަކަށް ސޯފާގެ މައްޗަށް އަރާ އާހިލާއި ދިމާލަށް އެ ވަޅި ދިމާކޮށްލީމެވެ. “ބްރޯ. ޔުއާ ސްޓްރެންގތް އިޒް ޔުއާ ވެޕަން.” އަހަރެން ތޫނު ނަޒަރެއް ދިނީމެވެ. 

އަހަރެން ވިސްނާނުލާ ހުއްޓާ އާހިލް ދެން ކޮށްލި ކަމަކުން ދެލޯ ބޮޑުކޮށްލެވުނެވެ. މުޅި ހަށިގަނޑު ތެރޭގައި އެޑްރިނާލިންގެ އޮއިވަރެއް ދަތުރު ކޮށްލިކަމުގެ އިހުސާސް ކުރެވުނެވެ. 

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ލޯބިން އެކީ

Next

ޝަލީން 14

Next
October 31, 2024

ޝަލީން 14

Previews
October 30, 2024

ލޯބިން އެކީ

12 Comments!

  1. Jennie says:
    October 30, 2024 at 5:38 pm

    V reethi mi part ves. when next part can’t wait??

    1. White rose White rose says:
      October 31, 2024 at 4:27 am

      Thnx Jennie.
      Next week IA. 💕

  2. Nau says:
    October 30, 2024 at 6:41 pm

    mi prt vrh reethi..plus vrh interesting gothakah nimmaalaafa othee…so waitin for the next prt!!

    1. White rose White rose says:
      October 31, 2024 at 4:29 am

      Thnx Nau.
      Next week IA. 💕
      Interesting gothakah nimmaaleema ehnu bodah inthizaaru kureveynii.
      That’s one technic I use. 😅😅

  3. nawar says:
    October 30, 2024 at 8:43 pm

    Mi part vx varah varah reethi…
    Vrh intresting thankolheii thininmaaly…
    Whn next?

    1. White rose White rose says:
      October 31, 2024 at 4:32 am

      Thnx nawar. 💕
      As per normal, next week IA.

  4. kai says:
    October 30, 2024 at 9:04 pm

    mi part vx varah reethi when next

    1. White rose White rose says:
      October 31, 2024 at 4:33 am

      Thnx kai. 💕
      Pretty soon, IA.

  5. Lia says:
    October 30, 2024 at 10:57 pm

    I just love this story.. Vara has reethi

    1. White rose White rose says:
      October 31, 2024 at 4:33 am

      Thnx a lot Lia. 💕

  6. ❤ says:
    October 31, 2024 at 7:39 pm

    woww kihineh baa e hedhi ?
    im really curious about that
    anyways the vhk is really good
    keep it up !
    my fav author

  7. White rose White rose says:
    October 31, 2024 at 9:17 pm

    Thnx ♥️

Comments are closed.

Next Episodeޙަޤީޤަތް ހޯދުމޭ 27←


All Right Reserved!