“ނީކް އިނގޭތަ ލައްމު އަންނާނެ އޯ މާދަން ނޫން އަނެއް ދުވަހުން.” ނީކިޔާއަށް ހީވީ ލަމާން ދެކެ އޭނާ ލޯބިވާކަން ނުކްޝާން އިނގުނު ހެންނެވެ.”އެހެން..” ހިތް އަވަސް ވެފައި ނީކިޔާ ބުންޏެވެ. ޔޫޝައު އާއި ޔަމްހާ ކާގެއަށް ވަނީ އެކުއެކީގައެވެ. ޔަމްހާ ގޮސް ނުކްޝާން ކައިރީގައި އިށީންއިރު ވެސް ޔޫޝައު އިނީ ރުޅިއައިސްފައެވެ. އޭނާ މިރަށަށް އައީ އެންމެ ދުވަހަކުން އެކަން ނިމޭނެ ކަމަށެވެ. ކުރިން ރީތިކޮށް ޔަމްހާ އޭނާއަށް ދިން ގެއްލުންތައް ކިޔާދިންނަމަ ވަކިވާނެ ކަން […]
“މަ އިނީ ހަމަ ފަޅައިގެންދާ ވަރު ވެފައޭ ޔޫޝައު.. އޭނަ އެ ތަށި ނުބޮއި ބެހެއްޓީ.. ތަންކޮޅެއް ގިނައިން ބުއިނަމަ އަސަރު ވެސް ކުރާނީ.. އެންމެ ފަހަރަކު ބޮއިފަ ނުބައޭ ކިޔާ އޭތި ބެހެއްޓީ އޭނަ..” ސުދާ ޔޫޝައު ކައިރީގައި ކިޔެވެ.”އަދި ހަމަ ޖެހިބަލަ.. މަށަށް ކަންތައް ކުރެވޭނެއޭ.. ނަވްޔާ މެން ވެސް މާދަމާ ހެނދުނު އަނެއް ގެއަށް ބަދަލު ވާނެ.. ނީކިޔާ އާ ނުކްޝާން ދާނީ ޖޮބަށް.. ސޯ މަށަށް ޗާންސް އެބަ އޮތޭ.. އޭނަ […]
“މަގޭ އަނގަ މައިތިރި ކުރާނެ ކަމެއް ނެތް ނުކްޝާން.. އަހަރެން ކިޔަންވީ އެއްޗެއް ކިޔާނަން.. ތި އައީ އަހަރެން ނުކްޝާން ދައްކާހާ ދަޅައަކަށް ހެއްލި ނުކްޝާން ޖަހާހާ ބެރަކަށް ނަށާނެ ކަމަށް؟؟ އެހެން ހީކުރާނަމަ އެއީ ކުށްހީއެއް..ނު..” “ސްޓޮޕް ޔަމް..” ޔަމްހާ ވާހަކަ މެދުކަނޑުވާލަމުން ނުކްޝާން އާދޭހުގެ ރާގަކަށް އެދުނެވެ.”ނުހުއްޓާނަން.. ތި އެކްޓް ނުކުރިޔަސް ތީ ހަމަ ނުލަފާ މީހެއް.. އަހަރެންގެ ހިތަށް އެހުރިހާ އަނިޔާއެއް ދިން އިރު ހިތަކަށް އެއްވެސް އެއްޗެކޭ ނާރާތަ؟؟ ކާކު ކީކޭ […]
“ގުޑް މޯނިންގް.. މިތާ ކީއްވެ ނިދީ؟.” ނަވްޔާ ޔަމްހާއަށް ގޮވާލިއެވެ.”ނިދުނީ.. ހެހެ ގުޑް މޯނިންގް..” ޔަމްހާ ހީލިއެވެ.”ޒާއިފް މެންގެއަށް ޗޭންޖް ވާން މިއުޅެނީ.. އަންނައްޗޭ އިނގޭ.. އެހާ ދުރެއް ނުވާނެއޭ.” ނަވްޔާ އެދުނެވެ. އަދި ގެ ހުންނަތަން ކިޔާދިނެވެ.”ކޮން އިރަކުން ދަނީ.” އަނެއްކާ ވެސް ޔަމްހާގެ ހިތް ނުތަނަވަސް ވިއެވެ.”ގެ ހުރީ ރެޑީގަ މިހާރު..ހަމަ ދާންވީ.. ދެ ކޮޓަރި އިންނަ ގެއެއް.. ކުރިން ޒާއިފް މަންމަ އުޅުނީ އެގޭގަ.. މިދިޔަ އަހަރު އޭނަ މަންމަ ނިޔާވެގެން އެގެ […]
ނީކިޔާ ހޭލެވުނީ ހޫނު ވެގެންނެވެ. ބޮލަށް ތަދުވާ ވަރުން ނިދުނީ އޭސީ ވެސް ނުޖައްސައެވެ. ތެދުވެ އޭސީ ޖައްސާލަމުން ނީކިޔާ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން އައިސް ނުކްޝާން ގެނެސްދިން ބޭސް ކައިލިއެވެ. ނިދުމުގެ ސަބަބުން ބޮލަށް ވަނި ކުޑަކޮށް ލުއިވެފައެވެ. ބޭސް ކައިގެން ފޯނު ހުޅުވާފައި ފުރަތަަމަ ވެސް ނީކިޔާ ބަލާލީ ލަމާން އޮންލައިންގަ އިންތޯ އެވެ. އެންމެ ފަހުން އޮންވެފައި އިނީ މިއަދު ހެނދުނެވެ. ނީކިޔާ ހައި ޖަހާލާފައި ރިޕްލައި ކުރަންދެން އިނެވެ. އިރުކޮޅެއް […]
އިރުއޮއްސި އަނދިރި ވުމުން ނުކްޝާން ގެއަށް ދާން ނިކުތެވެ.”ހަމް؟؟ކޮންތާކަށް؟؟” ހަމްނާ ފެނުމުން ނުކްޝާން އެހިއެވެ.”މިހިރި ފިހާރައަށް..” ކުރިމަތީގައި ހުރި ފިހާރަ ދައްކާލަމުން ހަމްނާ ބުންޏެވެ.”އެހެންތަ.. ހެހެ އެމީހުންގެ މައްސަލަ ނިންމަން މިގަޑީގަ މި އައީ.. އަދި އެބަ ޖެހޭ އެމީހުންނާ ދިމާއަށް ދާން..” ގަޑި ބަލާލަމުން ނުކްޝާން ހީލިއެވެ. ހަމްނާ ވެސް ހީލާފައި ފިހާރައަށް ވަނެވެ. ނުކްޝާން ގެއަށް ދާން ހިނގައިގަތެވެ.”އަދި ނުވޭ އަންނާކަށް..” ނުކްޝާން ގެއަށް ވަދުމާއެކީ ނަވްޔާ ބުންޏެވެ.”ދާންވީތަ އަލުން..” ކޮޓަރިއަށް ވަންނަމުން ނުކްޝާން […]
“ޔަމް މޮޔަވީތަ.. ކީއްވެގެން އެހެން ހެދީ.. ކާކު ބުނީ.. ނުކްޝާންތަ.. އެހެން ހަދާކަށް ނުވާނެއްނު..” ހޮސްޕިޓަލުން ގެއަށް އައި މަގުމަތީގައި ނީކިޔާގެ ސުވާލުތަކާ ޔަމްހާއަށް ކުރިމަތިލާން ޖެހުނެވެ.”ކަމެއް ނުވޭ..” ޔަމްހާ ހިނިތުންވެލިއެވެ.”ބަޓް.. ދެން އެކަހަލަ ކަމެއް ނުކުރާތި ޕްލީޒް..” ނީކިޔާ ތުން ފިއްތާލިއެވެ.”ހޫމް.” ހިނިތުންވުމުގައި ހުރެ ޔަމްހާ ޖަވާބު ދިނެވެ.”އެނީވޭސް އިނގޭތަ.. ނަވް މެން އަންނަން އެބަ އުޅޭ..” ނީކިޔާ އުފަލުން ބުންޏެވެ.”އަސްލު؟؟އަޅޭ ކޮން އިރަކުން؟؟” ޔަމްހާ ހިތް އުފަލުން ނަށާލިއެވެ. ދެން ޔޫޝައު އާ އެކީ […]
“އަޅެ ނަން ބުނެބަލަ..” ޔަޤީން ކުރަން ލަމާން ބޭނުންވިއެވެ.”ފަހުން ބުނާނަން.. ބުންޏަސް ލަމާންއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތްހެން ހީވަނީ.” ނީކިޔާ އިސްޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.”އަޅޭ އެހެންތަ.. އިރާދަކުރެއްވިޔާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން.. ޑޯންޓް ވޮރީ ނީކް..” ލަމާން ހިތަށް ތަދުވަމުން ދިޔަ ނަމަވެސް ހިނިތުންވެލިއެވެ. ޝައްކު ކުރެވުނަސް ޔަޤީން ނުވާތީ ލަމާން ވެސް ހިތް ނުތަނަވަސް ވިއެވެ.”އަސްލު ވެސް އެ އަންހެން ކުއްޖާ ލަމާން ދެކެ ލައިކް ވާނެ.. […]
“އަސްލު ނަސީބެއް ދޯ ޔޫޝައު އައިކަން ވެސް.. އަހަރެމެން ދެމީހުން ދާއިރު ޔަމް ހުންނަނީ ގޭގަ އެކަނި ފޫހިވެފަ..” ނީކިޔާ ހީލިއެވެ.”ދެން ނުޖެހޭނެއޭ ފޫހިވާކަށް ހެހެ..” ބޭނުންވާ ކަމެއް ކާމިޔާބު ވީފަދަ ހިނިތުންވުމެއް ހިނދުކޮޅަކަށް ޔޫޝައުގެ މޫނުމަތިން ފެނުނެވެ.”އޭ ހަމް ކޮބާތަ..” ނީކިޔާ ކުއްލިއަކަށް ހުރެފަ އަހާލި ސުވާލުން ޔަމްހާ ވެސް ޝައުގުވެރިވިއެވެ.”އޭނަ..އޭނަ ވީ މަގޭ ފްރެންޑެއްގެ ގޭގަ.. ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަސްލުގެއަށް ޗޭންޖް ވާނެ..” ނުކްޝާން ޖަވާބު ދިނެވެ. އެ ޖަވާބުން ވެސް […]