“މި އެބަ ޖަހާތަ ނުލަފާ މީހެއް ވައްތަރު..” އެމީހާ ފެނުމުން ނުކްޝާން ގާތަށް އައީ ހިންޏެވެ. ނާންނަންވީ ސަބަބެއް ނެތެވެ. އެ ފިރިހެން މީހާ ތަންކޮޅެއް ފަލަކޮށް ، ބަނޑެއް ލާފައި ހުރި އިރު ތުނބުޅި ވެސް ފުދޭވަރަކަށް ދިގެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާފައި ވާއިރު އެއީ މީހުން މަރާ މީހެކޭ އެއްވެސް މީހަކު ނުބުނާނެއެވެ. ކުއްލިއަކަށް އެއީ އެމީހައޭ ބުނުމުން ނުކްޝާން އަށް ޤަބޫލު ކުރަން ދަތިވީއެވެ.”ތެދޭ.. އުހުނ ކިތަންމެ ނުލަފާ މީހަކު ވެސް އުޅެދާނެ […]
ޒިޔާން މެންގޭ ކުރިމައްޗަށް ސައިކަލް ހުއްޓާލަމުން ނުކްޝާން ފޭބިއެވެ. އޭރު ކުޑަ ކުއްޖެއް ރޯއަޑު އިވުމުން ދިޔައެވެ.”އައްސަލާމް ޢަލައިކުމް..” ނުކްޝާން ސަލާމް ގޮވާލިއެވެ. އަންހެނެއް ސަލާމް ބަލައިގަންނަމުން އެތެރެއަށް އައުމަށް އެދުނެވެ. އޭރު ހަ ވަރަކަށް އަހަރުގެ ފިރިހެން ކުއްޖާ ރޮމުން ދިޔަ ތުއްތު ކުއްޖެއް ކައިރީގައި ހުއްޓާލެވޭތޯ ބަލަން އިނެވެ. ހީވާގޮތުން އެއީ ޒިޔާންގެ ދެކުދިންނެވެ.”ނުކްޝާން ދޯ.. އާދޭ..” ހިނިތުންވަމުން ކޮޓަރިއަށް އައުމަށް ޒިޔާން އިޝާރާތް ކޮށްލިއެވެ.”ވަރަށް ބޮޑަށް ސޮރީ އިނގޭ އެގަޑީގަ ހަޅޭއްލަވައި ގަނެވުނީމަ.. […]
“ބަލާއެއްކަހަލަ މީހެކޭ އެއީ.. މަށަށް އޭނަ ފެނުން ޔަމްހާއަށްވުރެ ކުރިން އެކަމަކު އެހެރީ ހިތުން މަށާ ޖައްސާލައިގެންނޭ.. ހިތަށް އަރާ.. ދެން ނޭނގެ ބުނަން ވެސް..” ސްރީލަންކާގައި އިން ނީޝާ ނިމާން ކައިރީގައި ބުންޏެވެ.”އެއްކަލަ ޖޭ ވާ މަންޖެ..” ސަމްހާ ފާޑަކަށް ބަލާލިއެވެ.”ކަލޭމެން މަށާ ދެކޮޅު ވަނީތަ..” ނުރުހުމާއެކު ނީޝާ ދަތްކުނޑި ވިކާލިއެވެ.”ހޫމް.. ޓު ބީ އޮނެސްޓް.. މަށަކަށް ކަމަކު ނުދޭ ނީޝާ އުޅޭގޮތެއް. އަބަދު ކޮންމެވެސް މީހަކާ ހިތްހަމަ ނުޖެހިފަ ނޫނީ ކޮންމެވެސް ތަނެއްގަ ހަމަނުޖެހުން […]
ނީކިޔާ އެއްޗެކޭ ނުބުނެ އެނދުގައި އޮށޯތެވެ. ނަވްޔާ ވެސް އިތުރަށް ވާހަކަ ނުދައްކާ ފާޚާނާއަށް ވަނީ ވަރުބަލިވެފައިވާ ވަރުންނެވެ. ނަވްޔާ ފާޚާނާއަށް ވަތް ވަގުތު ނީކިޔާގެ ކަރުނަތައް ފައިބަންފަށައިފިއެވެ. ދެންމެ އެ ކުރި ފޯނަށް ޖަވާބު ނުދެވުނު ނަމައޭ ނީކިޔާގެ ހިތަށް އެރިއެވެ. އެންމެ ފަހުން އެހެން އޮވެގެން ކެތް ނުވާ ވަރު ވުމުން ފޯނު ނަގައި އަލުން އެ ނަންބަރަށް ގުޅާލިއެވެ. ޖަވާބު ދިނީ އަންހެން ކުއްޖެކެވެ. ފުން ނޭވާއެއް ލަމުން ނީކިޔާ ދެލޯ މަރާލިއެވެ.”ކާކުތަ […]
އަތްމުއްކެވިފައި ހުރި ނުކްޝާން ފެނިފައި ޔަމްހާ ލާންއުޅުނު ނޭވާ ކާރުތެރޭގައި ތާށިވިއެވެ.”ނު..ކް..ޝާން..” ޔަމްހާ އަވަސްވެފައިވާ ހިތަކާ އެކީ ގޮވާލެވުނެވެ.”މަށާ ވާހަކަ ނުދައްކާބަލަ މިހިރަ ނުލަފާ ގަނޑާ.. ކަލެއާ ހެދިއޭ އާޒިމް ފިލައިގެން ގޮސް އެއުޅެނީ… ދާން އުޅޭ.. ދާންއުޅޭށޭ!..” އަތުޖެހުނު ބިއްލޫރި ސެންޓް ފުޅި ނުކްޝާން ޔަމްހާއާއި ދިމާއަށް އެއްލިއެވެ. އެއާއި އެކީ ޔަމްހާގެ ވޭނީ ހަޅޭކުގެ އަޑު މުޅިތަނުގައި ގުގުމާލިއެވެ. ނުކްޝާންގެ ރުޅިގަނޑު ފިނިވީ އެހިސާބުންނެވެ. އޭރު ވާނުވާ ބެލުމަށް ކޮޓަރިތެރެއަށް އެންމެން ވަންނަމުން ދިޔައެވެ. […]
“ޒާއި.. އަހަރެން ބޭނުން ޖޮބަށް ދާން.. ހާދަ ފޫހިވާނެއޭ ގޭގަ އެކަނި އޮންނައިރު..” ނަވްޔާގެ އުނގުގައި އޮތް ޒާއިފްގެ ބޮލުގައި ފިރުމަމުން ނަވްޔާ ބުންޏެވެ.”ދެން އަޅޭ… ދުވަސް ކޮޅަކު މަޑު ކޮށްލާފަ ދާނީ.. އޮޕަރޭޝަން ކޮށް ނިމިގެން ހަމަޖެހިލައިގެން..” ޒާއިފް ދެކޮޅު ހެދިއެވެ.”އޯކޭ އޯކޭ.. އެކަމް ވަރަށް ބޭނުމޭ.. ކުޑައިރުއްސުރެ ވަރަށް ގަޔާވާ ޖޮބެއް އެއީ..” ނަވްޔާ ބުންޏެވެ.”ނަވް އޮޕަރޭޝަން ކޮށް ނިމުނީމަ ޖޮބަށް ދާންވީ.. އެކަމް ދަރިއެއް ލިބިއްޖެއްޔާ ކެނޑެން ވާނެ.. ނަވްމެންގެ މަންމަ ހުރި […]
ނަވްޔާ މެންނާއި ވާހަަކަ ދައްކަން އިންދައި ނީކިޔާ ފޯނަށް މެސެޖެއް އައެވެ. އެއްކަލަ ސޭވް ނުކޮށް އިން ނަމްބަރުންނެވެ.”އައްދޭ.. އެއްކަލަ މީހާ..” ނަވްޔާ ދިމާ ކުރަން ފެށިއެވެ.”ދެން އަޅޭ..” ނީކިޔާ ދުރަށް ޖެހިލާފައި ފޯނު ހުޅުވާލިއެވެ. ނަވްޔާ ނީކިޔާ ކައިރިއަށް ދާން ހިނގައިގަތީ ދިމާ ކުރަމުންނެވެ. ޔަމްހާ ހެވިފައި އެހުރިހާ ކަމެއް ބަލަން ހުއްޓެވެ. ނީކިޔާއަށް ރިޕްލައި ނުދެވެނީސް އެ ކުއްޖާ ގުޅަން ފެށިއެވެ.”ހަލޯ.. މިގަޑިގަ ނެތް އިނގޭ ވާހަކަ ދެއްކޭކަށް.. ފްރީވީމަ މެސެޖެއް ކޮށްލާނަން..” ނީކިޔާ […]
“ނުކްޝާން އައިމް ސޯ ސޮރީ..” ގެއަށް ވަދެފައި ޔަމްހާ މައާފަށް އެދުނެވެ.”ހާދަ ގޮތެއްފޮތެއް ނެތް މީހެކޭ ކަލޭގެ ކޮއްކޮ އަކީ… މަގޭ ގަޔަށް އަތްލީއެ އައިސް ވެސް… ޗީ ޗީ.. ކަލޭ ވެސް އެކަހަލަ ދޯ.. ދެން އޭނަ ނުވާނެ މިގެއަށް ވައްދައިގެނެއް.. އޭނާގެ ފެންވަރުން ވެސް ހީވެއްޖެ އެހެންހެން އުޅޭނީ..” ނުކްޝާން ދެލޯ އަޅާލިއެވެ.”ސޮރީ.. އަސްލު އެއީ ނީޝާ އެކަނި އުޅޭ ގޮތެއް.. ނުކްޝާން ތިހީކުރާ ކަހަލަ ގޮތަކަށް ދެން ތިބޭ އެއްބަނޑު އެއްބަފާ ކުދިންނެއް […]
“ނަވް ހެއި..” ޒާއިފް ގެއަށް ވަދެފައި ގޮވާލިއެވެ. ނަވްޔާ ހީލާފައި ޒާއިފް އާއި ދިމަ ބަލާލިއެވެ.”ނަވް.. ސޮރީ ލަސްވީމަ.. އަސްލު ނިކުންނަން އުޅެނިކޮށް އެމަޖެންސީ ކޮށް އައީ.. ދެން އެ ޕޭޝަންޓް ނިމުނީމަ މި އާދެވުނީ..” ޒާއިފް މަޢާފަށް އެދުނެވެ. ޒާއިފް އަކީ ޑޮކްޓަރ އެކެވެ. އެންމެ ފުރަތަމަވެސް ރަށަށް އައިސް ޒާއިފް ހޯދީ ވަޒީފާއެވެ.”އިޓްސް އޯކޭ… އާދޭ ކާން..” ނަވްޔާ އެދުނެވެ.”މި ދަނީ ފާޚާނާއަށް ވަދެލާފަ..” ޒާއިފް ކޮޓަރިއަށް ވަނެވެ. ނަވްޔާ އޯކޭއޭ ބުނެފައި ކާގެއަށް […]