“ހެއި..” ކޮޓަރިން ނިކުތް އިރު ނަވްޔާ ހޫނު ކޮފީ ޖޯޑެއް ހިފައިގެން އިނެވެ.”ނަވް ދެން މިކޮޅުގަ އުޅެނީ؟؟..” ނުކްޝާން އެހިއެވެ.”ނޭނގެ.. މަ ބޭނުމީ މިކޮޅުގަ އުޅެން.. ނީކް އާ ނުކްއާ ދޫކޮށްލާފަ ދާކަށް ބޭނުމެއްނޫން..” ނަވްޔާ ޖަވާބު ދިނެވެ.”އެހެން… އޯކޭ..” ނުކްޝާން ޓީވީ ހުޅުވާލިއެވެ. ނުކްޝާން ބޭނުންވަނީ ނަވްޔާ ނިޝްފާގެ ހަނދާންތަކުން ދުރުވެ ދިރިއުޅުމުގައި ކުރިއަށް ދާންށެވެ. އެ ހަނދާންތައް ނަވްޔާގެ ދިރިއުޅުން ވަށާލާފާނެތީ ނުކްޝާން ބިރުގަނެއެވެ.”ކޮބާ ޒާއިފް..” ނުކްޝާން އެހިއެވެ.”ކޮޓަރީގަ..” ނަވްޔާ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. […]
“ނުކްޝާން.. ސުދާ..” ނުކްޝާން ފޯނު ނެގުމުން އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ޔަމްހާ ބުންޏެވެ.”މަޑު ކުރޭ..” ނުކްޝާން ފޯނު ކަނޑާލިއެވެ.”ނީކް.. ނީކް..” ނުކްޝާން ގުޅީ ނީކީޔާ އަށެވެ.” ވަރަށް އަވަހަށް ޔަމްހާ ކޮޓަރިއަށް ދޭބަލަ.. ސުދާ..” ނުކްޝާން ބުންޏެވެ.”ސާބަސް.. ނިކުމޭ ހަމަ މިހާރު.. މިގެއަށް ވެސް އައިސްގެނެއް ނުވާނެ..” ނީކިޔާ ޔަމްހާގެ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ސުދާ ސިހިފައި ދޮރާއި ދިމާއަށް ބަލާލިއެވެ.” އާހ.. ދޮރު ވެސް ތަޅު ނުލެވޭތަ..” ސުދާ ދަތްކުނޑި ވިކާލިއެވެ. އިތުރު ގޮތެއް […]
“ކައެ ކޮން ވާހަކައެއްތަ ދައްކަން އުޅުނީ..” ލަމާން އެހިއެވެ.”އަސްލު..މީ… މަގޭ ބައްޕައަކީ ކާކުކަން އިނގި ދިމާވެގެން..ދެން އަނެއްކާ ނަވް ޒާއިފްއާ ރައްޓެހިވީފަހުން މީހަކު މަންމަ ކައިރިއަށް ނަވްގެ ކައިވެންޏަށް އެދިގެން އައީމަ ނަވް ޒާއިފް ކައިރީ އެވާހަކަ ބުނަން ނުކެރިގެން އޭނަ ގުޅީމަ ފޯނެއް ނުނަގާ.. ދެއަނެއް ކަމަކީ ހަމް އާ މަށާ ދޭތެރޭ އޮތް ފްރެންޑްޝިޕް ގެއްލިއްޖެ.. އެއްކަލަ ސުދާގެ ހަމަލާއަކަށް ވެސް ތައްޔާރުގަ ހުންނަން މި ޖެހެނީ..” ނުކްޝާން ފުން ނޭވާއެއް ލިއެވެ. ލަމާންގެ […]
ނުކްޝާން އިރުކޯކޮޅާ ގަޑި ބަލަމުން ދިޔައެވެ. ހީވަނީ ގަޑި ހިނގާލެއް ލަސްވެގެން އުޅޭހެންނެވެ. ނުވަގަޑި ބައި ނުވަނީސް ދޮރުގައި ޓަކި ޖަހާ އަޑު އިވުނެވެ.”ހާދަ އަވަހަކަށް ތި އައީ.. އަދި ބައި ނުވެސް ވޭ…” ހަމްނާ އާއި ދިމަ ބަލާލަމުން ނުކްޝާން ގާތަށް ހިނިއައެވެ.”ނޭނގޭނެނުން.. އަސްލު މިތާ ކައިރިގެއެއްގަ އިނީމަ އެހާ އަވަހަށް އާދެވުނީ..” ހަމްނާ ބުންޏެވެ.”އާދޭ އިށީންނަން.. އަސްލު އެއްކަލަ ފައިލް ހަވާލު ކޮށްލަން މި ގެނައީ… އެބަ އަންނަން…” ނުކްޝާން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.”އެއީ […]
“ދަރިފުޅާ ނަވް.. އަވަހަށް ނިކުމޭ އެކުއްޖާ އައިސް އެބައިން..” ޒާއިފް ގުޅަމުން ދިޔަ ފޯނު އަތަށް ލައިގެން އިން ނަވްޔާ ސިހުނީ ނިޝްފާގެ އަޑަށެވެ. ނަމަވެސް ހެޑްސެޓް ނަގަމުން ލަވައެއް އަޑުއަހަން ފެށީ ނިޝްފާގެ އަޑު ނީވޭކަމަށް ހަދަންވެގެންނެވެ. ނުކްޝާން ނަވްޔާގެ ފޯނު އަތުލިއެވެ.”ނުކް..” ނަވްޔާ ފޯނު ބަލައި ދުއްވައިގަތެވެ. ނުކްޝާންގެ މިސްރާބު ހުރީ ދޮރާއި ދިމާއަށެވެ. ނަވްޔާއަށް ނުކްޝާންގެ މަޤްސަދު އިނގުމުން އަނބުރާ އެނދުގައި އިށީނެވެ.”އައްސަލާމް ޢަލައިކުމް..” ކުއްލިއަކަށް އެއްކަލަ ފިރިހެން މީހާގެ އަޑު ނުކްޝާންމެންގެ […]
“ނަވް ތީ ހަމަ އެއްވަނައިގެ މީހެއް..” ނަވްޔާ ހެދުން ބަދަލު ކޮށްގެން އައުމުން ނީކިޔާ ހޭން ފެށިއެވެ.”ދެން ހުއްޓާލަން ވެއްޖެއްނު.. ނަވްޔާ ލަދުން ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.”އަވަސް ރަށަށް ދާން ރެޑީވޭ ލަވް ވާރޑް..” ނުކްޝާން ވެސް ދިމާ ކުރިއެވެ.”ވަރަށް ފޫހި..” ނަވްޔާ ޕެކް ކުރަމުން ބުންޏެވެ. ނަވްޔާ ޕެން ކޮށް ނިމެންދެން ދެން އޮތީ ހުސް ދިމާ ކުރުމެވެ. ބޯޓު ކައިރިއަށް ގޮސް ވެސް ނުކްޝާންމެން ދިމާ ކުރިއެވެ.”ނަވް..” ޒާއިފް ނަވްޔާ ކައިރިއަށް އައެވެ.”ހްމްމްމްމްމް ލަވް […]
” ނަވް ކިހިނެއްވީ.. ޕްލީޒް ޓެލް މީ..” ނީކިޔާ ނަވްޔާގެ އަތުގައި ހިފިއެވެ. އޭރު އެ ބޮޑު ދެލޯ ވަނީ ފެންކަޅިވެފައެވެ.” އަޅެ ބުނެބަލަ..” ނުކްޝާން ހާސްވިއެވެ.” ކަމެއް ނުވޭ.. ދެން އާދޭ އެތެރެއަށް.. ލައްމުމެން ތިބޭނެ އަހަރެމެންގެ އިންތިޒާރުގަ..” ނަވްޔާ އެހެން ބުނެފައި އެތެރެއަށް ވަނެވެ.” އައިމް ޝުއާރ ކޮންމެސް ކަމެއް ވެއްޖެ.. ނަވް ނުރޯނެ އެހާ ދެރަ ނުވަންޏަކާ..” ނީކިޔާ ނުކްޝާން އާއި ދިމަ ބަލާލިއެވެ.” ހިނގާ..” ނުކްޝާން އަވަސް އަވަހަށް ޕާޓީ ތެރެއަށް […]
” ނީކްއާ ނަވް ދޭ ގެއަށް މަ ދާނަން އައި ލާފަ..” ކޮފީ ބޮއި ނިމިގެން ނުކްޝާން ބުންޏެވެ. ނީކިޔާ އޯކޭއޭ ބުނެފައި ހިނގައިގަތެވެ. ނަވްޔާ އަދިވެސް ހުރީ ޝައްކެއްގެ މަތީގަ އެވެ.” ނީކް.. ނުކްގެ ވައިފްއެއް ހުރޭ އެކަމް އެހެން އަންހެން ކުދިންނާ އެއްކޮށް އެ އުޅެނީ… މަށަށް ފެންނަނީ ނުކް ކައިރީ އެހެން ނޫޅޭށޭ ބުނަން..” ނަވްޔާ ވިސްނާލިއެވެ.” ނުކް ނޫޅޭނެ އެހެނެއް.. އޭނައަކީ ވަރަށް ރަނގަޅު މީހެއް.. ޔަމްހާ ދެކެ ރުޅި އަޔަސް […]
ޔަމްހާ އޭނައަށް ހަމަޖެހިފައިވާ ކޮޓަރީގައި އިނީ ވިސްނަންށެވެ. ދޮގު ހަދައިގެން ހުރިހާ މޮޅެއް ނުލިބޭނެއެވެ. ނަމަވެސް އޭނާއަށް ނުކްޝާން ލިބިއްޖެއެވެ. ދެން ވާނެ ގޮތެއް ނޭނގެއެވެ. ނުކްޝާން ރުޅި އަންނަކަމެއް ކުރެވިއްޖެއްޔާ އޭނަ އަށް ކޮންމެ ގޮތެއް ވެސް ހަދައިފާނެއެވެ. ޔަމްހާ ވިސްނަން އޮއްވައި އިރު އެރިއެވެ. އެހެން ތަންކޮޅެއް ގިނައިރު ވަންދެން އޮވެފައި އެނދުން ތެދުވިއެވެ. ޔަމްހާ ފެންވަރައިގެން ރީތިވެ ނުނިމެނީސް ނިޝްފާ އައިސް ޔަމްހާގެ ކޮޓަރިއަށް ވަނެވެ.” ދަރިފުޅު ދާންވީނުން ނުކް އަށް ގޮވަން… […]