އަނެއް ދުވަހު ހެނދުނު އާނިޔާ ހޭލި އިރު ހާނިމް އޮތީ ގަދަ ނިދީގައެވެ. ކުރިން އުޅުނު ގޮތަށް އާދައިގެ މަތިން އާނިޔާ ތައްޔާރު ވެގެން ނިކުމެ ސައި ހެދި އިރު ރީޝަމް ދަބަސް ހިފައިގެން ނިކުންނަނީއެވެ. ކޮލެޖަށް ދަނީ ކަމަށް ބުނެ ސައި ނުބޮއި ރީޝަމް ދިޔައީ ހާނިމް އިނދެދާނެ ކަމަށެވެ. ރީޝަމް ދިއުމުން އާނިޔާ ފުން ނޭވާއެއް ލިއެވެ. މިހާރު ހާނިމް އަދާ ކުރާ ވަޒީފާއާއި މެދުވެސް އާނިޔާގެ ހިތުގައި ޝައްކު އުފެދިއްޖެ އެވެ. ރަނގަޅު […]
ހެނދުނު ރީޝަމްއަށް ހޭލެވުނީ ސިއްސައިގެން ގޮސްގެންނެވެ. ކައިރީގައި އަނގަމަތީ އަތް އަޅައިގެން ހޭން ހުރި މާހީ ފެނި ރީޝަމް ތުން ދަމާލިއެވެ. މާހީ އޭނާ ކަންފަތް ކައިރިއަށް ފުމެލީއެވެ.”ސޮރީ ހަހަހަ..” މާހީ ހެމުން މަޢާފަށް އެދުނެވެ.”މާދަމާ ބޮޑު ލަނޑެއް ދޭނަމޭ. ބަލަން ހުންނައްޗޭ..” ރުޅި އަންނަކަމަށް ހެދިފައި ރީޝަމް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުތް އިރު މާހީ ވީ ގޭތެރޭގައެވެ. ކުޑަގޮތަކަށް ރީތިވެލައިގެން ރީޝަމް ގޭތެރޭގެ މަސައްކަތް ތަކުގައި އާނިޔާއަށް އެހީވެދޭނެ އުޅުނެވެ. **7 ވަނަ […]
“ހޫމް.. ފިރިހެނެއްގެ ވާހަކަ ދައްކާއިރު ކިހިނެއްތަ ތި ވަނީ އެލީ އަށް؟..” ރީހާން މަޖަލަކަށް ހަދާފައި ސުވާލު ކުރިއެވެ.”ނުވޭ ކަމެއް..”އެލީޒާ ލަދު ނުގަންނަ ކަމަށް ހެދުނެވެ.”ހާދަ ގަބޫލު ނުކުރެވެއޭ.. ދެން ދޭ ރެޑީ ވާން އަވަހަށް..” ހިނިގަނޑެއް ޖަހާލާފައި ރީހާން އެތެރެއަށް ވަތްތަން ބަލަން އެލީޒާއަށް ހުރެވުނީ އެސްފިޔަ ޖަހާނުލައެވެ. ސަބަބަކާއި ނުލައި ހިނިތުންވެސް ވެވުނެވެ. އެކަމަށްޓަކައި ނަފްސަށް ކުދި ކިޔާލަމުން އެލީޒާ ވަނީ ގެއަށް ދިޔައެވެ.ކޮޓަރިއަށް ވަތް ގޮތަށް ފުރަތަމަ ވެސް އެލީޒާ ދިޔައީ އަލަމާރި […]
އެކަނި ވެރިކަން އިޙްސާސް ވުމާއި އެކު ރީހާންގެ ދެލޯ ފެންކަޅިވިއެވެ. ފަސްއަހަރު ލޯތްބަށްޓަކައި މަސައްކަތް ކުރުމުން ވެސް މިހެން މިވީ ކީއްވެ ހެއްޔެވެ؟ ރީހާން ކުށެއް ކޮށްގެން ހެއްޔެވެ؟ ވެގެން ވާނަމަ މިހާރު ޔަޤީނުންވެސް ލިއީޝް އާއި ހެދި އެ ހިތް ފޮތި ފޮތި ވެފައިވާ ގޮތް ދައްކާނެއެވެ. ކޮންމެ އަކަސް ހަލާކު ވެފައި އޮންނަ އެއްޗެއް އަލުން ނުހެދޭނެ ކަން ރީހާން ވެސް ދަނެއެވެ. ކުއްލިއަކަށް ސިކުނޑިއަށް ޚިޔާލެއް އައެވެ. ފުރަތަމަ ނުތަނަވަސްވި ނަމަވެސް ދެން […]
ހުކުރު ދުވަސް ކަމުން ހޭލައިގެން ކުރާނެ ކަމެއް ނޯންނާނެތީ މާހީ ރީޝަމްއަށް އުނދަގޫ ކޮށްފައި އަލުން އާނިޔާ ކޮޓަރިއަށް ގޮސް ނިދީއެވެ. ފެންވަރާލައިގެން ރީޝަމް އުޅުނީ ކޮޓަރިތެރެ ސާފު ކޮށްލަންށެވެ. ކިޔެވުމުގައި ބިޒީ ވުމުން މިހާރަކަށް އައިސް ރީޝަމް އަށް އެކަމުގައި އުޅެވޭނީ މަދު ފަހަރަކުއެވެ. ކޮޓަރިތެރޭގައި އޮތް ކުޅޭ އެއްޗެހިތައް ނެގުމަށްފަހު ބިތުގައި މަދު މަދުން ހުރި ކިލާތައް ފޮޅާ ސާފު ކުރިއެވެ. ދޮންނަން ވެފައި ހުރި އަންނައުނުތައް ވަށިގަނޑަކަށް އަޅައިގެން ދޮރު ކައިރީގައި ބަހައްޓާފައި […]
ހޫނު ކަރުނަތިކިތައް ފައިބަމުން ދިޔައިރު އެ ފުހެލަން ރީހާން މަސައްކަތެއް ނުކުރެއެވެ. އަނބުރާ ރާއްޖެ ދާންވީ ކަންނޭނގެއެވެ. ނަމަވެސް ލިއީޝްއަށް ކުރެވޭ އިންތިޒާރެއްގެ ބޮޑު ކަމުން ރީހާންއަށް އިތުރަށް ވިސްނާކަށް ނުކެރުނެވެ. އެވަގުތު އައި ކުއްލި ރުޅީގެ ހުރިހާ ވަރެއް ބޭލުނީ އޮށޯވެ އޮތް އެނދުގެ ބާލީސް ތަކަށެވެ.”ވައި ޑިޑް ޔޫ ޑޫ އިޓް ލިޝް.. އައި ޑިޑް މައި ބެސްޓް ޓު ފައިންޑް ޔޫ އެން ލުކް އެޓް ނައު.. އައި ކާންޓް ޓޭކް ދިސް […]
އާނީޔާ އަށް ވިސްނެމުން ދިޔައީ ދެންމެ ވީ ކަންތަކާއި މެދުއެވެ. ސިކުނޑި އަށް ބާރުވަމުން ދިޔަ އިރު އާނިޔާ ކަންބޮޑުވުމުން ދިޔައީ އެންމެ ކަމަކާ މެދުއެވެ. ރީޝަމްއަށް ކިހާ ސަމާލުކަން ދޭންޖެހޭނެކަން އާނިޔާ އޮޅިފައެއް ނެތެވެ.”ދައްތާ ކީއްވެ ރުޅި އައީ ދެންމެ..” އާނިޔާ ވިސްނަމުން ދަނިކޮށް ރީޝަމް ވާހަކަ ދެއްކިއެވެ.”ރީޝް އަށް ވެސް އިނގޭނެ ދައްތަ ރީޝް ދެކެ ކިހާ ލޯބިވާކަން.. ދައްތަ ރީޝްއަށް ގެއްލުމެއް ވާން ބޭނުން ނުވާނެކަން.. ނުދަންނަ މީހުންނާ ވާހަކަ ދެއްކުމަކީ ދައްތަ […]
އެއީ ހަމަ އެ ހިނިތުންވުމެވެ. އެ ރީތި ދެ ލޮލެވެ. ދުށުމަށް ބޭގަރާރު ވި އަންހެން ކުއްޖާއެވެ. ލައިގެން ހުރި ހުދު ހެދުމާއި އެއާއި ގުޅޭ މޭކަޕުން އެ އަންހެން ކުއްޖާގެ ރީތިކަން ހާމަވާން ހުއްޓެވެ. ވެޑިންގް ޑްރެސް އެއްގައި ހުއްޓިގެން ހުރި މީހަކާ އެކުއްޖާ ވާހަކަ ދައްކަން ހުރި އިރު އެމީހާއަށްޓަކައި އެކުއްޖާ އުފާވެފައި ވާވަރު އިނގުނެވެ. އެއީ މުޅި އުމުރު ހުސްކޮށްގެން ނަމަވެސް ހޯދަން އަޒުމު ކަނޑައަޅައިގެން އުޅުނު އަންހެން ކުއްޖާއެވެ. ކައިރީގައި ހުރި […]
ރީހާން އާއި ލިއީޝް އަކީ ޚާއްޞަ ގުޅުމެއް އޮންނަ ދެ ފަރާތެކެވެ. ފެށުނީއްސުރެ ދުރުނުކުރެވޭނެ ފަދަ ގާތްކަމެއް އެދެމެދުގައި ވެއެވެ. އެހެނަސް އެކަން ރީހާންގެ އެންމެ ގާތް އެކުވެރިޔާ، އެލީޒާއަށް ސިއްރު ކުރެއެވެ. ރީހާންގެ ހިތުގައި ލިއީޝްއަށް ދެވިފައިވާ މަޤާމަކީ އެހެން އަންހެން ކުއްޖަކަށް އެ ހިތުން ދެވޭނެ މަޤާމެއް ނޫނެވެ. އެހެނަސް ލިއީޝް އާއި ޒާންއަށް ކުރެވޭ ކަންތަކުންނާއި ބީރައްޓެހިކަމުން ރީހާންގެ ހިތަށް އެތައް ޒަޚަމެއް ލިބެއެވެ. ނުވަތަ ފާޅުގައި ދެނީ ހެއްޔެވެ؟ އެހެން […]